މީރާ ރޮމުން އެކަންތައް ވީ ގޮތް ހަނދާން ކުރަން ފެށިއެވެ. ޔަމާންވެސް އެ ހަނދާން ވުމުން ލޮލުން ކަރުނަ އައެވެ. މީރާއެކޭ އެއްގޮތަށް ޔަމާންވެސް ހަނދާން ކުރަމުން ދިޔައެވެ. މީރާ ބަނޑުބޮޑުކަން އެނގުނު ދުވަހުން ފެށިގެން އެ ހުރިހާ ކަމެއް ހިނގި ގޮތް ދެމީހުންނަށްވެސް ކުރިމަތިން ފެންނަމުން ދާކަހަލައެވެ. ******* ބަލިވެ އިންކަން އެނގުނު ފަހުން މީރާ ސިއްޙަތަށް ބަލަން ފެށިއެވެ. ކާހިތް ނުވި ނަމަވެސް ކޮންމެ ފަހަރަކުވެސް ކެވޭތޯ ބަލައެވެ. ބޭކާރު ޚިޔާލުތައް ނުކޮށް ރާހިލްއާ […]
“މީރާ، ދުވަހަކުވެސް މީރާ އެއްވެސް ކަމެއް އަހަންނަށް ތިގޮތަށް ޕްރޫވް ކޮށްދޭކަށް ނުޖެހޭނެ. އެކަން ހަނދާން ކުރައްޗޭ… ކިތަންމެ ބޭނުމަސް، ކިތަންމެ އިންތިޒާރު ކުރަން ޖެހުނަސް މީރާ އަހަރެންގެ މީހަކަށް ވަންދެން އަހަރެން މަޑު ކުރާނަން. އިނގޭ!” މީރާގެ މޫނުގައި ދެއަތުން ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން ޔަމާން ބުންޏެވެ. މީރާ ބޯ ޖަހާލިއެވެ. “ދެން ދޭ ޗޭންޖް ކުރަން… އެހެން ބުންޏަސް އަހަންނަށް ފެންނަ ހިސާބުގަ ތިހެން ހުންނަންޏާ ހިޔާލު ބަދަލު ވެދާނެ… އަހަންނަކީވެސް އިންސާނެއް” […]
“މަނާލް…” މީރާއަށް ގޮވާލެވުނެވެ. މަޑުމަޑުންނެވެ. އެއާއެކު މުޅި ގައިން ވާގި ދޫވެގެން ދިޔައެވެ. ނަމަވެސް ތަނެއްގައި ހިފަހައްޓާލާނެ ހިތްވަރެއް މީރާއަކަށް ނުކުރެވުނެވެ. ވެއްޓެން ދިޔަ މީރާ ގައިގައި ހިފާފައި ރާހިލް މީރާ ގެނެސް މޭގައި ޖައްސާލަމުން ދެއަތުން މީރާގެ ހަށިގަނޑުގައި ބައްދާލިއެވެ. “މީރާ…” ރާހިލް މަޑުމަޑުން މީރާގެ ނަން ކިޔާލިއެވެ. މީރާ އިސް އުފުލާ ރާހިލްގެ މޫނަށް ބަލާލިއެވެ. ނަފްރަތު ކުރަން ބޭނުންވި ނަމަވެސް މީރާއަށް ރާހިލް ދެކެ ނަފްރަތެއް ނުކުރެވުނެވެ. ހިތުގައި ރާހިލްއަށް ޓަކާ ވި […]
“ވިދާ އުޅެނީ ރާހިލްއާ އިންނަން. މީރާ، އަހަރެން އަސްލު ބޭނުމެއް ނޫން ވިދާ އޭނަޔާ އިންނާކަށް” ޔަމާން ބުންޏެވެ. އެއަޑު އިވުމުން މީރާގެ މެޔަށް ގޮތެއް ވެގެން ދިޔައެވެ. ހިތުގެ ތެޅުން މަޑުޖެހިލުމަށް ފަހު ބާރުވެލިއެވެ. ފިހާރައިން ރާހިލްއާ ވިދާދް ފެނުނު ވަގުތުން ފެށިގެން ހިތުގައިވި ޝައްކު ޔަގީނަށް ބަދަލުވީ ޔަމާން އެހެން ބުނުމުންނެވެ. “ކީއްވެ އެދެމީހުން އިންނަން ޔަމާން ބޭނުން ނުވަނީ؟” ހަމަޖެހިލަން މަސައްކަތް ކުރަމުން މީރާ އަހާލިއެވެ. “ރާހިލްގެ ފަރާތުން ވިދާއަށް ދެރައެއް ލިބުން […]
“އޭރު މީރާ ރާހިލް ދެކެ ވަރަށް ލޯބިވި… ވިދާ ތިބުނި ހެން ވަންޏާ މީރާ އަދިވެސް ރާހިލް ދެކެ ލޯބި ވާނެތަ؟” ހިތަށް އެރި ޚިޔާލު ޔަމާން ވިދާދްއާ ހިއްސާ ކުރިއެވެ. ވިދާދް ޔަމާންއަށް ބަލާލިއެވެ. ވިދާދްއަށް ބުނެވުނު އެއްޗަކުން ޔަމާންގެ ހިތް ނުތަނަވަސް ވެއްޖެކަން ވިދާދް ދެނެގަތެވެ. “ވެދާނެއެއްނު މީރާއަށް ހަގީގީ ލޯބި ވެވުނީ ޔަމާން ދެކެ ކަމަށް؟ އުފަލަށް ވުރެ ބޮޑަށް ހިތުގަ ހަރުލާފަ ހުންނާނީ ހިތާމަ… އެހެން ވީމަ ހިތުން ފޮހެލަން އުނދަގޫ […]
ވިދާދްއާ އެކީގައި ވަގުތު ހޭދަ ކުރަމުން ދިޔަ ނަމަވެސް މީރާގެ ހަނދާން ޔަމާންގެ ހިތުން ކުޑަކޮށްވެސް ފަނޑެއް ނުވެއެވެ. އެ ހަނދާނުން ޔަމާންގެ ހިތަށް ތަދުވާ ކޮންމެ ފަހަރަކު ޔަމާން ހޯދަނީ ވިދާދްގެ އެހީއެވެ. އެހެން އެއްވެސް ކަމެއް ހިތުގައި ނުވާނެ ވަރަށް ޔަމާން އެފަދަ ވަގުތުގައި ވިދާދްއާ ގާތްވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޔަމާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައެވެ. ވިދާދްގެ މުސްތަގުބަލާ މެދު ވިސްނާފައެވެ. ޔަމާންގެ ދިރިއުޅުމުގައި ފަހުން ވިދާދްއަށް ދޭންވީ މަގާމު އަދި […]
“ވިދާ ކިހިނެއް ޔަމާން ދަންނަނީ؟ ކޮން އިރަކުން ފެށިގެން؟” ރާހިލް އަހާލިއެވެ. ރާހިލް ކުއްލިއަކަށް ޔަމާންގެ ވާހަކަ އެހުމުން ވިދާދް ސިހުނެވެ. “އެއީ… އެއީ މާ ކުރީގެ ވާހަކައެއް…” ވިދާދްއަށް ޖަވާބު ދެވުނީ އިރުކޮޅެއް ފަހުންނެވެ. ވިދާދް ދިން ޖަވާބުން ވިދާދްއާ ޔަމާންގެ މެދުގައި ކޮންމެވެސް ގުޅުމެއް ވާހެން ރާހިލްއަށް ހީވިއެވެ. “އެހެން ވީމަ ވިދާގެވެސް ޕާސްޓްއެއް އެބަ އޮތެއްނު؟” ރާހިލް ބުނެލިއެވެ. “އަހަރެންގެ ޕާސްޓްގަ އަހަރެންގެ ފިއުޗަރއަށް އެފެކްޓްވާ ކަމެއް ހިނގާފައެއް ނޯންނާނެ… އެހެން ނޫނަސް […]
“ދޫނީ، އެއީ ދަރިފުޅުގެ ބައްޕަ… ދޭ ގޮސް ސަލާން ކޮށްލަން” މީރާ ބުންޏެވެ. މަލާކް ބޯޖަހާލާފައި ރާހިލްއާ ދިމާއަށް ބަލާލިއެވެ. “ގުޑް ލަކް ބޭބީ!” ޔަމާން މަލާކްގެ ބޮލުގައި ފިރުމާލިއެވެ. މަލާކް އަނެއް ފަރާތަށް އެނބުރި ކުދި ކުދި ފިޔަވަޅުތަކެއްގައި ގޮސް ރާހިލްގެ ކުރިމައްޗަށް ހުއްޓި ރާހިލްގެ މޫނަށް ބަލަން ހުރެ ކަނާއަތް ދިއްކޮށްލިއެވެ. “އައްސަލާމް ޢަލައިކުމް” މަލާކް ބުނެލިއެވެ. އެއަޑު އިވުމާއެކު ރާހިލްއަށް ހިން ދިރުވާލެވުނެވެ. އަވަސް އަވަހަށް މަލާކްގެ އަތުގައި ހިފާލަމުން ރާހިލް ސަލާން […]
މީރާ އެހެން ބުނެލީ ހަމައެކަނި އަސްލަމް ބުނި އެއްޗެއްގެ ޖަވާބުގައެއް ނޫނެވެ. ރާހިލްއާ ނުލާވެސް މީރާގެ ދިރިއުޅުން ކުރިއަށް ދާނެކަން ރާހިލްއަށް އަންގާލުމަށެވެ. އަދި މީރާގެ ހަޔާތުގައި ރާހިލްއަށް ދެން ފުރުސަތެއް ނެތްކަން ރާހިލްއަށް އަންގައި ދިނުމަށެވެ. މީރާ އެހެން ބުނުމާއެކު ރާހިލްއަށް ދެލޯ ބޮޑުކޮށްފައި މީރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. މީރާ އެބުނި އެއްޗެއް ގަބޫލު ކުރަން ބޭނުން ނުވެފައެވެ. “އެހެންތަ؟ މަރުޙަބާ އެހެން ވިއްޔާ” އަސްލަމް މީރާއަށް މަރުހަބާ ކިއެވެ. “ރާހިލް، ކީއްވެ އެއްޗެއް ނުބުނެ […]