“މީރާ، ކިހިނެއްވީ؟” ލުބްނާ ތެދުވެފައި މީރާގެ ކޮނޑުގައި ހިފާލިއެވެ. “ލުބްނާ، އަހަރެން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟ ޕްލީޒް…؟” ލުބްނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މީރާ އެދުނެވެ. “ކިހިނެއްތަ ވީ؟ އިހަށް ވީ ގޮތެއް ބުނެބަލަ! ރާހިލްސަރ އެއްޗެއް ބުނީތަ؟” ލުބްނާ އަހާލިއެވެ. “ނޫން… ބޮލުގަ ރިއްސާތީ… ޕްލީޒް، އަހަރެން ދަންތަ؟” މީރާ ދެފަރާތަށް ބޯހަލުވާލާފައި އަނެއްކާވެސް ގެޔަށް ދިޔުމުގެ ހުއްދައަށް އެދުނެވެ. “އާނ، އޯކޭ، އަހަރެން ސަރ ކައިރީ ބުނާނަން މީރާ ބަލިވެގެން ގޮއްސިއޭ. […]
ވާހަކަ ދައްކާ ނިމުނު އިރުވެސް މީރާ އިނީ މަލާކް ގައިގައި ބައްދާލައިގެންނެވެ. “ސޮރީ މީރާ، އެނގޭ މިވާހަކަ ދެއްކީމަ މީރާ ދެރަވާނެ ކަން، އެކަމަކު މަލާކްގެ—” މީރާގެ އަތުގައި ފިރުމާލަމުން ތާނިޔާ ދައްކަން އުޅުނު ވާހަކަ މީރާ މެދު ކަނޑާލިއެވެ. “ކުރިންވެސް އަހަރެންގެ ފެމިލީއަކީ ތީ… ތާނީގެ މަންމައާ ބައްޕަ އެއީ އަހަރެންގެވެސް މަންމައާ ބައްޕަ… މަލާކްގެ ފެމިލީއަކީވެސް ތީ… އަހަރެން ބޭނުން ހުރިހާ އެއްޗެއް ތި ފެމިލީ އިން އަހަންނަށް ލިބޭ… އިތުރު އެއްޗެއް އަހަންނެއްވެސް […]
ގެޔަށް ވަން ގޮތަށް އަތުގައި އޮތް ފައިލް ކުޑަމޭޒުމަތީ ބައްވާފައި މީރާ ސޯފާއަށް ވެއްޓިގަތެވެ. ބޭނުންވި ވަޒީފާ ލިބުނު ނަމަވެސް ހިތުގައިވި ހާސްކަން އަދިވެސް ފިލައިގެން ނުދެއެވެ. ސޯފާގައި ލެނގިލައިގެން ލޯމަރާލައިގެން އޮވެ ފުންކޮށް ދެތިން ނޭވާ ލެވުމުން އެހާސްކަން ކޮންމެވެސް ކުޑަވިހެން މީރާއަށް ހީވިއެވެ. ނަމަވެސް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ކޮޓަރިން ނިކުތް މަލާކްއަށް މީރާ ފެނުމާއެކު ދުވެފައި އައިސް މީރާގެ އުނގަށް އެރިއެވެ. މަލާކްގެ ފަހަތުން ކުޑަކުޑަ ޒައިކްވެސް އައިސް މީރާ ގައިގައި ހިފައިގަތެވެ. […]
އަހަރުތަކަކަށް ފަހު ހީވެސް ނުކުރާ ގޮތަކަށް ބައްދަލު ވުމުން މީރާއާ ރާހިލްއަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ. “މީރާ…؟” މިނަޓެއްހާ އިރު ފަހުން ލޮލަށް ފެންނަ ފެނުމާމެދު ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ރާހިލް ގޮވާލީ ގޮނޑިން ތެދުވެފައެވެ. ދެންވެސް މީރާއަށް އެއްޗެއް ނުބުނެވުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. “މީރާ… މީރާ… އަހަރެން…” ފަސް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ކުއްލިއަކަށް އެގޮތަށް ބައްދަލު ވުމުން ބުނާނެ އެއްޗެއް ރާހިލްއަކަށް ނުވިސްނުނެވެ. މީރާއަށް ދެތިން ފިޔަވަޅު ފަހަތަށް […]
މިޝާލް ވާހަކަ ދެއްކި އިރު ޒިހާންއާ ދިމާއަށް ބަލައެއް ނުލައެވެ. ނަމަވެސް މިޝާލް ވާހަކަ ދައްކަމުން ދިޔައިރު ޒިހާން ހުރީ ހައިރާން ކަމާ އެކީ މިޝާލްއާ ދިމާއަށް ބަލާށެވެ. މިޝާލްގެ ވާހަކަ ގަބޫލު ކުރަން ޝިޔާޒްއަށް ދަތިވި ނަމަވެސް ޒިހާންއަށް ގަބޫލު ކުރެވުނެވެ. މިޝާލްގެ އަޑުގައިވީ ސާބިތުކަމާ ތެދުވެރިކަން ޒިހާން ދެނެގަތެވެ. އަދި މިޝާލް އަނޫޝާ ދެކެ ވާ ލޯބިވެސް ޒިހާންއަށް އިހުސާސް ކުރެވުނެވެ. ގަބޫލު ކުރަން ދަތިވި ނަމަވެސް މިޝާލް ވާހަކަ ދެއްކި ގޮތުން އޭނަގެ […]
މިޒްނާ ދޮރު ހުޅުވާލިހާ މަޑުން ދޮރު ލައްޕާލާފައި ނިކުތެވެ. އެމަންޒަރު ފެނުމުން މިޒްނާގެ ހިތަށް ފިނިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ހަމަ އެވަގުތު ޒިހާން މަތިން ހަނދާން ވިއެވެ. އެދުވަހު ހޮސްޕިޓަލުގައި އަނޫޝާ ދެއްކި ވާހަކަވެސް ހަނދާން ވިއެވެ. “ޝިޔާޒް…” ލެޕްޓޮޕް ހުޅުވައިގެން އެނދުމަތީ އިން ޝިޔާޒް ކައިރީ އިށީންނަމުން މިޒްނާ ގޮވާލިއެވެ. “ހްމްމް…؟” ކުޅެން އިން ގޭމަށް ގެއްލި އިނދެ ޝިޔާޒް އަޑެއް ލައްވާލިއެވެ. “ދެން… އިހަށް އަޑު އަހާބަލަ” މިޒްނާ ޝިޔާޒްގެ މޫނުގައި ހިފާ […]
އެއި އެކަކު އަނެކަކުގެ އަތުތެރޭ ތިބެ އެދެމީހުންނަށް ނިދުނު ފުރަތަމަ ރެއެވެ. މިޝާލްގެ އަތުތެރޭ އޮވެ އަނޫޝާ ވިސްނިއެވެ. އަމިއްލަ ދިރިއުޅުމާ މެދުއެވެ. މިޝާލްއާ މެދުއެވެ. ޒިހާންއާ މެދުއެވެ. ޒިހާންގެ ޚިޔާލުތަކާ ދުރުވެ ހިތުން އެމަގާމު މިޝާލްއަށް ދިނުމަށް މަސައްކަތް ކުރަން އަނޫޝާ ނިންމިއެވެ. ލޯބި ނުވެނުނު ނަމަވެސް މިޝާލްއާ އެކުގައި އަނޫޝާއާ މިޝާލްގެ ދަރިފުޅާއެކު ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅެން އަނޫޝާއަށް ކުރެވުނު މަސައްކަތެއް ކުރާނެއެވެ. އަމިއްލަ ހިތަށް އެގޮތަށް ވިސްނައިދޭން އަނޫޝާ މަސައްކަތް ކުރިއެވެ. […]
“ދެން އިނަސް މީ އެހެން ގޮތަކަށް ލިބުނު ކުއްޖަކަށް ވާނެތަ މަންމާ؟ އެހެން ބައެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ހަލާކު ކުރުން ނޫން ކަމެއް ނުވާނެ… އެކަން އަހަންނަށް މިހާރުވެސް ކުރެވިއްޖެ… މިޝާލް އަހަންނާ ނީނަކަސް މީ އޭނަގެ ކުއްޖެއް ކަމަށް ގަބޫލު ކުރަންޏާ ފަހުންވެސް އޭނަ އެކަން ދަންނާނެ، އެހެން ވިއްޔާ އެނިމުނީ… އެހެން ކޮން ކަމެއްތަ ދެން އަހަރެން ބޭނުން ވާނީ؟” ޝަމްހާ ގޮތް ދޫކުރާކަށް ގަސްތެއް ނުކުރެއެވެ. އެހެންނާ ޝަމްހާގެ ވާހަކަ ހުންނަ […]
އަނެއްކާވެސް މިޒްނާ ބޯޖަހާލިއެވެ. ޝިޔާޒް ހިތަށް އަރާނެ އެއްޗެހި މިޒްނާއަށް ވިސްނެއެވެ. މިޝާލް ދެކެ އަންނާނެ ރުޅިވެސް ވިސްނެއެވެ. “މިޝާލް އަނޫއަށް ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން އަހަންނަކަށް ދެނެއް ނުހުރެވޭނެ، އޭނަގެ ކިބައިން އަނޫ މިނިވަން ކުރަން ކޮންމެ ކަމެއް ކުރަން ޖެހުނަސް އަހަރެން ކޮށްފާނަން… މިހާރު އެދުވަސް މިޖެހުނީ، މިއަދު އަނޫއަށް މިހުރިހާ ކަމެއް މިދިމާ ވަނީ ހަމަ އަހަރުމެންނާ ހެދިގެން، އަހަންނާ ޝަމްކޮއާ މަންމައާ ހެދި… މަންމަ އެގޮތަށް އަނޫއަށް މަޖުބޫރު ނުކުރި […]