އެއާއެކު ޔަމާން އައިސް މީރާގެ އަތުގައި ހިފި ގޮތަށް މީރާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ތާނިޔާ ގޮވާލުމުންވެސް ޔަމާން މަޑެއް ނުކުރިއެވެ. ދޮރު ތަޅުލުމާއެކު ޔަމާން މީރާގެ އަތުން ދޫކޮށްލާފައި ދޮރުގައި ލެނގިލިއެވެ. އަދި އެހުރި ގޮތަށް މީރާއާ ދިމާއަށް ބަލަން ހުއްޓެވެ. މީރާ ގެއްލިދާނެ ކަމުގެ ބިރު ޔަމާންގެ ހިތަށް ކުއްލިއަކަށް އެދުވަހު ވަނީ މީރާއާ ނުގުޅުމުންނެވެ. ހެނދުނުން ފެށިގެން ނިއްވާލާފައި އޮތް މީރާގެ ފޯނަށް ގުޅެން ފެށީ އެގާރަ ގަޑި […]
“ޔަމާން ކުއްލިއަކަށް ޚިޔާލު ބަދަލު ވެގެން އެއުޅެނީ ކީއްވެ ކަމެއް އަހަންނަކަށް ނޭނގެ، އަހަރެން ވިސްނާފަ އޮތް ގޮތެއް ބަދަލެއް ނުވޭ. މީހެއްގެ ހިތުގަ އޮތް ޝައްކެއް ފިލުވާނެ ގޮތެއް އަހަންނަކަށް ނޭނގެ” މީރާ އިސްޖަހައިގެން އިނދެ ބުންޏެވެ. “ކޮން އިރަކުންތަ މީރާ ގޮތް ދޫކުރާނީ؟” ޔަމާން ރުޅި އައިސްގެން މީރާއާ ދިމާއަށް އެނބުރިފައި އަހާލިއެވެ. “ޔަމާން ގޮތް ދޫކޮށްބަލަ، ތި ޝައްކު ފިލުވަބަލަ، އަހަރެން ކިތައް ފަހަރުތަ ބުނާނީ؟” މީރާވެސް ރުޅިއައިސްފައި ބާރަށް ބުންޏެވެ. “ޔަމާން… […]
އަހަރުތަކެއް ވަންދެން އެކުގައި އުޅެމުންދާ ބައިވެރިޔާއަށް ވިސްނައިދެވޭތޯ އިސްހާގު މަސައްކަތް ކުރީ ދަރިފުޅުގެ ޓަކައެވެ. ރާހިލްވެސް މަލާކްއަށް ޓަކާ މަންމައާ ބައްޕައަށް ވިސްނައި ދޭން މަސައްކަތް ކުރި ފަދައިންނެވެ. އެރޭ ރާހިލްއަކަށް ނުނިދުނެވެ. ހާފިޒާ، މަލާކް ބަލައިގަތުމަށް ދެކޮޅު ހެދުމުން ރާހިލްއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ހާފިޒާގެ ވިސްނުން ހުންނަ ގޮތް މާކުރިން ފެށިގެންވެސް ރާހިލްއަށް އެނގެއެވެ. އެހެން ކަމުން މަލާކްގެ ވާހަކަ ބުނުމުން ހާފިޒާ ނިންމާނީ އެފަދަ ނިންމުމެއް ކަންވެސް ރާހިލްއަށް އެނގެއެވެ. ނަމަވެސް […]
“މިއަދު ކޮޓަރީގަ…” ސުވާލު ކުރަން އުޅެފައިވެސް ޔަމާން ހުއްޓާލިއެވެ. ޔަމާން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި މީރާ އިނެވެ. ނަމަވެސް ޔަމާން އިތުރު އެއްޗެއް ނުބުނެ ލެޕްޓޮޕަށް ބަލަން އިނެވެ. “ކީކޭ އަހަން ތި އުޅުނީ؟ މިއަދު ކޮޓަރީގަ ވީ ކިހިނެއްހޭތަ؟ ނޫނީ ދެއްކީ ކޮން ވާހަކައެއްތޯ ބަލަންތަ އުޅުނީ؟” ޔަމާން އިތުރަށް އެވާހަކަ ނުދައްކާނެ ހެން ހީވުމުން މީރާ އަހާލިއެވެ. “ނޫން، އެއީ މީރާގެ އަމިއްލަ ކަމެއް، އަހަރެން ނުކުރާނަން އެއްވެސް ސުވާލެއް” ޔަމާން ބުންޏެވެ. […]
މި ވާހަކައިގެ ކިޔުންތެރިންނަށް، ސަލާމް ހުރިހާ ކުދިން… މިއަދު މާޝާއަށް ވާހަކަ ނުގެނެސްދެވުނީ މާޝާގެ ފެމިލީއަށް ދިމާވި ވަރަށް ދެރަ ކަމެއްގެ ސަބަބުން، މާޝާގެ ފެމިލީގެ ވަރަށް ގާތް ފަރާތެއް މިއަދު ނިޔާވެއްޖެ. އެހެންވީމަ މާޝާއަށް މިދުވަސްކޮޅު ވާހަކަ އަޕްޑޭޓް ނުކުރެވޭނެތީ އެވާހަކަ ކިޔުންތެރިން ކައިރީ ބުނެލަން ބޭނުން ވާތީ މި ޕޯސްޓް އަޕްކޮށްލީ.. މާޝާ ހީކުރަން ކިޔުންތެރިން މިވަގުތު މާޝާއާއެކީ ވާނެ ކަމަށް، އަދި ވަކިވެދިޔަ ފަރާތަށް ހެޔޮދުޢާ ކޮށްދޭނެ ކަމަށް ހީކުރަން… ކެތްތެރިކަމާއެކު މާޝާގެ […]
އެއާއެކު މީރާއަށްވެސް ރޮވުނެވެ. ވަކިވެ ގޮސްފައިވާ ދަރިފުޅަށްޓަކާ އެކަކު އަނެކަކުގެ އަތުގައި ހިފައިގެން ތިބެ މީރާއާ ރާހިލް ރުޔެވެ. އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ. “މީރާ… އަހަރެން ދިޔައިން ފަހުން… އަހަންނަށް ވިސްނުނީ މާފަހުން… އަހަރެން ދިޔައިން، އެކަމަކު އޭރު މީރާމެން އެހެން ތަނަކަށް ބަދަލު ވެއްޖެ… އެޑްރެސް ލިބޭތޯ މީރާގެ ކޮލެޖަށްވެސް ދިޔައިން… އެކަމަކު މީރާ ކޮލެޖުން ކެނޑުނު ކަން އެނގުނީ… ތާނީވެސް އެހެން ކޮލެޖަކަށް ޗޭންޖްވީ… އަހަރެން މަސައްކަތް ކުރިން، އަހަރެން ދިޔައިން މީރާ […]
މީރާގެ މޫނުގައި ދެއަތުން ހިފާލާފައި ނަދީމާ މީރާގެ ނިތްކުރިއަށް ބޮސްދީފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތް އިރުވެސް މީރާއަށް އިން ގޮތަށް އިނދެވުނީއެވެ. އެހާ ދުވަސް ވީއިރު އެވަރުގެ ކަމެއް މީރާއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ދުވަހު ޔަމާންގެ އިޝާރާތަކަށް ބަލަބަލާ ސިއްރުސިއްރުން ޔަމާންއަށް ބަލަބަލާ ޔަމާންގެ ފަރާތުން ކޮންމެވެސް އިޝާރާތެއްގެ އިންތިޒާރުގައި ހުރިއިރު އެއްވެސް ކަމެއް މީރާއަށް ނުފެނުނީ ކީއްވެ ހެއްޔެވެ؟ އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އެންމެން ވެގެން މީރާއަށް ސިއްރު ކުރީއެވެ. […]
އެގޮތަށް ދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ނޭވާ ހުސްވާހެން ހީވާން ފެށުމުން މީރާ ދުރަށް ޖެހިލަން އުޅުނެވެ. ޔަމާންވެސް އެކަން ވިސްނި މީރާގެ އިސްތަށިގަނޑުތެރެއަށް މަހާލެވިފައި ވި އަތްތިލަ ދޫކޮށްލިއެވެ. މީރާ އިސްޖަހާލުމާއެކު ޔަމާން މީރާގެ ނިތްކުރީގައި ތުންފަތް ޖައްސާލީ ދެއަތުން މީރާ ގައިގައި ބައްދާލަމުންނެވެ. ތިބެވުނު ގޮތާ ކުރެވުނު ކަންތައް މީރާއަށް އިހުސާސް ކުރެވުނީ ކުއްލިއަކަށެވެ. ޔަމާންއާ ދުރަށް ޖެހިލާ ޔަމާންގެ މޫނަށް މީރާ ބަލާލީ ސުވާލުން ފުރިގެންވީ ލޮލަކުންނެވެ. “މީރާ، ދެމީހުން […]
އެއަޑަށް އެންމެންނަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ އަނގައިން މީރާގެ ނަން ބޭރުވެފައި އެންމެން އެ ދިމާއަށް ދުއްވައިގަތް އިރު ޔަމާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ފުރޮޅެމުން މީރާ ތިރިއަށް ވެއްޓުނު މަންޒަރު ޔަމާންއަށް ފެނުނީ ލަސްލަހުންނެވެ. ހުރި ފިޔަވަޅު މަތީ ގަނޑުވެފައި ޔަމާން ހުއްޓާ އެހެން މީހުން މީރާ ކައިރިއަށް ދިޔައެވެ. ކޯތާފަތް މަތިން ތެތްކަމެއް އިހުސާސް ކުރެވުމުން ޔަމާންއަށް ސިހިފައި މޫނުގައި އަތް ޖައްސާލެވުނެވެ. ލޮލުން އައި ކަރުނަ ފޮހެލާފައި ޔަމާން ގޮސް މީރާ […]