އަޔާޒް ބޭނުން ވަނީ ދެ މީހުންގެ ކައިވެންޏަށް މައިހާގެ އާއިލާއިން ރުހުން ދިން ދުވަހަކުން އެ ވާހަކަ އާތިފްއާ ހަމައަށް ގެންދާށެވެ. އަޔާޒްގެ ހަޔާތުގައި އަންހެން ކުއްޖަކު ވާ ކަމެއް އާތިފްއަކަށް އެއް ގޮތަކަށްވެސް ނޭނގެއެވެ. އަޔާޒް މައިހާ ދެކެ ލޯބި ވާ ވަރު ނަދާއަށް އެނގެއެވެ. ދެ މީހުން ދިމާވާ ކޮންމެ ފަހަރަކު، މައިހާއާ ކައިވެނި ނުކުރެވި ލަސްވާތީ އެ ޝަކުވާ އަޔާޒް ކުރެއެވެ. އެކަމާ ދެރަ ވެގެން އެ ވާހަކަ ދައްކައެވެ. އެ ތިން […]
ބިރުން ގޮސް ވާހަކަވެސް ނުދެއްކިފައި އޮތް ނަދާ ވެއްޓެމުން ކަހަލަ ގޮތަކަށް އެނދުން ފައިބައިގެން ގޮސް އަޔާޒް ގައިގައި ބައްދައިގަތީ ބާރަށް ރޮމުންނެވެ. ކުރަން އުޅުނު ކަންތަކަށް ހުރަސް އެޅުމުން ރުޅިއައިސްފައި ހުރި ޝާމިލް ވެއްޓި ޖެހުމާއެކު ތެދުވެ ބަލާލި އިރު އަޔާޒްގެ އަތުތެރޭ ނަދާ ހުއްޓާ ފެނުމުން ވަކިން ރުޅި ގަދަވިއެވެ. “ހުދާ—!” ނަދާއާ އަޔާޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ޝާމިލް ގޮވާލިއެވެ. ކޮޓަރިއަށް ވަދެ ރޮމުން ދިޔަ އަޒްކާ އުރާލި ހުދާ އެނބުރި ޝާމިލްއާ […]
“މިގޭގަ… ޝާމިލްއާ… ޝާމިލްއާ ހުދާ އެކީގަ އުޅޭ ތަން ބަލަން ހުންނާކަށް ބޭނުމެއް ނޫން…” ސިއްރުން ކަހަލަ ގޮތަކަށް ނިހާލް އެންމެ ފަހުން ބުންޏެވެ. “ކީކޭ ތިބުނީ؟ ހުދާއާ ޝާމިލް އެކީ…” ލަތީފްއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ. “ހުދާ ބޭނުން ވެގެންނެއް ނޫން ޝާމިލްއާ އިންނަނީކީ، އޭނަ މަންމަ މަޖުބޫރު ކޮށްގެން… ދައްތަ ބުނެގެން ޝާމިލްއާ ހުދާގެ ކައިވެނި އެ ކުރުވަނީ… ހުދާ އަހަންނާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނީމަ ހުދާ މަންމަ ގަބޫލެއް ނުވި… […]
ހުދާ އަވަސް އަވަހަށް ފޯން ނަގާ ބަލާލި އިރު ގުޅަނީ ނިހާލްއެވެ. “ނިހާލް!” ހުދާއަށް ގޮވާލެވުނެވެ. “ބެލްކަނީ ދޮރު ހުޅުވާލަބަލަ، އަހަންނޭ” ނިހާލް އެހެން ބުނުމާއެކު ނަދާގެ އަތުން ދޫކޮށްލާފައި ގޮސް އެ ދޮރު ހުޅުވިއެވެ. އަދި ނިހާލްއަށް އެތެރެއަށް ނުވަދެވެނީސް ނިހާލް ގައިގައި ބައްދާލިއެވެ. “ހުދާ…” ނިހާލް ހުދާ ގޮވައިގެން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. “ދޮންތަބޭ، ކިހިނެއް…؟” ބެލްކަނީގެ ދޮރަށް އިޝާރާތް ކޮށްލަމުން ނަދާ ކުރަން ފެށި ސުވާލު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. “ކޮޓަރި […]
އެ ގޮތުން އެ ހަތަރު ކުދިންގެ މެދުގައި އުފެދިފައި ވަނީ ވަރަށް ގާތް އެކުވެރި ކަމެކެވެ. ވަކިން ޚާއްސަކޮށް އަޔާޒް އާ ނަދާގެ މެދުގައި އޮތީ މިސާލެއް ފަދަ އެކުވެރި ކަމެކެވެ. ނަދާގެ ހަޔާތުގައި ހިނގާ ކޮންމެ ކަމެއް، ނަދާގެ ކޮންމެ ސިއްރެއް ހިއްސާ ކުރެވޭ ފަރާތަކަށް އަޔާޒް ވިއެވެ. ސްކޫލްގައި އުޅުނު އިރުގެ އެންމެ ގާތް ތިން ރައްޓެހިންނަށް ވުރެވެސް ނަދާއަށް އިތުބާރު ކުރެވެނީ އަޔާޒްއަށެވެ. އެ މީހުންނަށް ކިޔާނުދެވޭ އެތައް ކަމެއް އަޔާޒްއަށް ކިޔާދޭން […]
ހަމަ އެދުވަސްކޮޅު ޝާމިލް ހުދާގެ ފަހަތުން އުޅެން ފެށިއެވެ. ހުދާ ފެންނަ ކޮންމެ ފަހަރަކު ޝާމިލް ހުދާއަށް ލޯބި ހުށައަޅައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ހުދާ ދެކޮޅު ހަދައެވެ. ހުދާ ޝާމިލްގެ ހުށައެޅުމަށް ދެކޮޅު ހަދަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. އެތައް ސަބަބެއް އެކަމުގައި ވެއެވެ. ފުރަތަމަ ކަމަކީ ހުދާ ނިހާލް ދެކެ ލޯބިވާތީއެވެ. ދެވަނަ ކަމަކީ ޝާމިލްގެ އުޅުމާ ހުދާ ނުރުހޭ ކަމެވެ. ތިންވަނަ ކަމަކީ ޝާމިލްއަކީ ނިހާލްގެ ދޮންމަންމަގެ ދަރިއަކަށް ވީތީއެވެ. ނިހާލް […]
ނަދާއާ އެކީ އެތެރެއަށް ވަދެ ނަދާއަށް ވުރެ ކުރިން އަޔާޒް ކޮޓަރިއަށް ވަނެވެ. ލަސްލަހުން ނަދާ ގޮސް ކޮޓަރިއަށް ވަން އިރު އަޔާޒް ވީ ފާހާނާގައެވެ. ހަދާނެ ގޮތެއް ނޭނގިފައި ނަދާ ހުއްޓާ އަޔާޒް ނިކުތް ގޮތަށް ދިޔައީ ކޮޓަރިން ބޭރަށެވެ. “އަޔާ—” އަޔާޒްގެ ފަހަތުން ނިކުމެ ނަދާ ގޮވާލިއެވެ. “އަންނާނަން…” ނަދާއާ ދިމާއަށް ބަލާނުލާ، ނަދާ ބުނާ އެއްޗެއް އަޑު އަހަން މަޑުވެސް ކޮށްނުލާ އަޔާޒް ގެއިން ނިކުތެވެ. އަލުން ކޮޓަރިއަށް ވަދެ އެއްފަރާތުގައި ހުރި […]
ނަދާއާ އެކީ އެތެރެއަށް ވަދެ ނަދާއަށް ވުރެ ކުރިން އަޔާޒް ކޮޓަރިއަށް ވަނެވެ. ލަސްލަހުން ނަދާ ގޮސް ކޮޓަރިއަށް ވަން އިރު އަޔާޒް ވީ ފާހާނާގައެވެ. ހަދާނެ ގޮތެއް ނޭނގިފައި ނަދާ ހުއްޓާ އަޔާޒް ނިކުތް ގޮތަށް ދިޔައީ ކޮޓަރިން ބޭރަށެވެ. “އަޔާ—” އަޔާޒްގެ ފަހަތުން ނިކުމެ ނަދާ ގޮވާލިއެވެ. “އަންނާނަން…” ނަދާއާ ދިމާއަށް ބަލާނުލާ، ނަދާ ބުނާ އެއްޗެއް އަޑު އަހަން މަޑުވެސް ކޮށްނުލާ އަޔާޒް ގެއިން ނިކުތެވެ. އަލުން ކޮޓަރިއަށް ވަދެ އެއްފަރާތުގައި ހުރި […]
ޔަމާން އައިސް ރާހިލްގެ ކުރިމަތީ ހުއްޓުނެވެ. “އެގޮތަށް މީރާއާ ވާހަކަ ދައްކަންތަ ރާހިލްގެ މަންމަ މިގެޔަށް ގެނައީ؟” ރުޅި އައިސްފައި ހުރި ޔަމާން އަހާލިއެވެ. “އަހަރެން ހިއެއް ނުކުރަން މަންމަ އެގޮތަށް ވާހަކަ ދައްކާނެ ކަމަކަށް… ސޮރީ” ރާހިލް ބުންޏެވެ. “އެއްވެސް މީހަކަށް މީރާއާ އެގޮތަކަށް ވާހަކައެއް ނުދެއްކޭނެ” ޔަމާން ބުންޏެވެ. ރާހިލް ބޯޖަހާލިއެވެ. ރާހިލްވެސް ހުރީ މީރާއާ ވާހަކަ ދެއްކި ގޮތުން ހާފިޒާއާ މެދު ހިތްހަމަ ނުޖެހިފައެވެ. ގެޔަށް ގޮސް މަންމައާ ވާހަކަ ދައްކަން ނިންމައިގެން […]