ނަމަވެސް މިއަދު ރާހިލްއަށް މީރާ މުހިންމެވެ. މީރާ ދޫކޮށްލާފައި މާލެ އައި ފަހުން ރާހިލްގެ ހިތް މީރާއާ މެދު ބަދަލު ވެފައި ވާތީއެވެ. އެކަން އެހެން އެއްވެސް މީހަކަށް ނޭނގުނަސް މިއަދު ރާހިލް އެދެނީ މީރާގެ އުފަލެވެ. މީރާގެ ހިތްހަމަޖެހުމެވެ. ޖެހިގެން އައި ދުވަހު އޮފީހަށް ވަދެވުމާ އެކު ރާހިލް ފުރަތަމަވެސް ބަލާލީ މީރާ އައިތޯއެވެ. ބަސްމާއާ ސުވާލު ކޮށްލުމުން މީރާ އަދި ނާދެޔޭ ބަސްމާ ބުނީ ރާހިލްއާ ދިމާއަށް ބަލާވެސް ނުލައެވެ. އެދުވަހު މީރާ އޮފީހަށް […]
…މި ކުއްޖާއެއްނު މައްސަލައަކީ؟ އަހަންނަށް މިކުއްޖާ ބެލޭނެ، އަހަންނާ އެކީ އަހަރެންގެ އާއިލާ ވާހާ ހިނދަކު އަހަރެން އިތުރު މީހެއް ބޭނުމެއް ނޫން… މި ކުއްޖާގެ ބައްޕައަކީ ރާހިލް… އެކަމަކު ނަމުގެ ފަހަތަށް އެނަން އައުން ފިޔަވާ މީކީ ރާހިލްއަކާ އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫން… ދެން އޭނަ އަހަރެން ހޯދަން އަޔަސް ނުދާނަން އޭނަ ކައިރިއަކަށް… ދުވަހެއްގެ ކޮޅުންވެސް ދެން އަހަރެން އޭނަ ހޯދާކަށް ނޫޅޭނަން، މާލެއަށް ދިޔަޔަސް އަހަރެން ނުދާނަން ރާހިލް ހޯދާކަށް. […]
އެންމެ ވަގުތުކޮޅަކަށްވެސް މީރާ އެކަނި ކޮށްނުލާ ކޮންމެވެސް މީހަކު އަބަދުވެސް މީރާ ކައިރީ ހުރެއެވެ. ތާނިޔާ ކޮލެޖަށް ގޮސް އެތަނުގައި ކޮންމެހެން ހޭދަ ކުރަން ޖެހޭ ވަގުތު ފިޔަވާ އިތުރު ވަގުތު މަޑު ނުކޮށް ގެޔަށް އާދެއެވެ. ލައިބްރަރީއަށް ދިޔުން ހުއްޓާލާފައި ފޮތްތައް ހިފައިގެން ގެޔަށް އައިސް ފިލާވަޅުތައް ހަދަން އިންނަނީވެސް މީރާގެ ކޮޓަރީގައެވެ. ރޭގަނޑުވެސް އަމިއްލަ ކޮޓަރިއަށް ނިދަން ދިޔުމުގެ ބަދަލުގައި ނިދަނީ މީރާ ކައިރީއެވެ. އަމިއްލަ ހާލާމެދު މީރާ ޝަކުވާއެއް ނުކުރެއެވެ. ރާހިލް ހޯދާކަށް […]
“އަޅާނުލާ، އެސުވާލުގެ ޖަވާބު އަހަރެން އަސްލު ބޭނުމެއް ނޫން…. އެކަމަކު… މީރާގެ ލައިފްގަ މިވަރުގެ ކަމެއް ވީއިރު އަހަރެން ގާތު ބުނެވެސް ނުލާ… އެންމެ ކުޑަމިނުން މީރާގެ ކައިވެންޏަށް އަހަންނަށް އިންވައިޓްވެސް ނުކުރި… މިހާރު އަހަންނަށް އެނގިއްޖެ މީރާގެ ލައިފްގަ އަހަރެން މުހިންމު ވަނީ ކިހާ ވަރަކަށް ކަން… ދެން ބުނެބަލަ! ކީއްކުރަން އަހަރެން މީރާގެ ކޯލަށް އާންސަރ ކުރަންވީ؟ އަހަރެން މީރާގެ ކޯލަށް އާންސަރ ނުކޮށްގެން މީރާ އަހަންނާ ސުވާލު ކުރުމުގެ މާނައަކީ ކޮބާ؟” ޔަމާން […]
“ތާނީ…” ޔަމާން ތާނިޔާގެ އަތުގައި ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. މީރާއާ މެދު ޔަމާންގެ ހިތުގައިވި ހާސްކަން އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ. ނަމަވެސް މީރާއާ ބެހޭ ގޮތުން ސުވާލެއް ކުރަންވެސް ޔަމާން ޖެހިލުންވިއެވެ. “ތާނީ، ކުރިންވެސް މިހެން ވޭތަ؟ މީރާ ގެޔަށް ނައިސް ފޯން ނުނަގާ ހުރޭތަ؟” ޔަމާން އަވަސްއަވަހަށް އަހާލިއެވެ. ޖަވާބުގައި ތާނިޔާ ދެފަރާތަށް ބޯހަލުވާލިއެވެ. “މީރާގެ… މީރާގެ ހަޒްބަންޑް… އޭނައަކީ ކޮން ކަހަލަ މީހެއް؟ މިބުނީ… އަނިޔާ ކުރާ ކަހަލަ މީހެއްތަ އެއީ؟” […]
“ގޭއެއްވެސް މީހަކަށް ނާންގާ މީހަކާ އިނދެފަ އަހަރެން މާލެ ދާ އިރު އޭނަ ދައްކާފަ މީ އަންހެނުންނޭ ބުނީމަ އެމީހުން ގަބޫލު ކުރާނެތަ؟ ގަބޫލު ކުރިޔަސް އެކަކުވެސް މިކައިވެންޏަކާ ނުރުހޭނެ. އަހަރެންގެ އަންހެނުންގެ ގޮތުގަ އެމީހުން ނުވެސް ދަންނަ އަންހެން ކުއްޖެއް ބަލައެއް ނުގަންނާނެ. އަހަރެންގެ މަންމައަކީ ފާޑެއްގެ މީހެއް، ބައްޕަވެސް… އެހެން ނޫނަސް އަހަރެންވެސް ބޭނުމެއް ނޫން މާލެ ދާއިރު އޭނަ ގެންދާކަށް. އަހަރެން ބޭނުމެއް ނޫން އިނދެގެން އުޅޭކަށްވެސް. ބުނެފީމެއްނު ފުރަތަމަ އޭނަޔާ އިން […]
“ކަމްއޯން މީރާ… ދުރަށް ނުދޭބަލަ… އައި ވޯންޓް ޔޫ ސޯމަޗް… އަހަރެން މީރާ ވަރަށް ބޭނުމޭ… ޕްލީޒް…” އަނެއްކާވެސް މީރާ ގެނެސް ރާހިލްގެ އުނގަށް ލަމުން ރާހިލް ބުންޏެވެ. “ނޫން ރާހިލް، ޕްލީޒް…” މީރާ ދެފަރާތަށް ބޯހަލުވާލަމުން ދުރަށް ޖެހިލިއެވެ. “ކީއްވެތަ މީރާ؟” ރާހިލް ސުވާލު ކޮށްލި އިރު އެއަޑުގައިވި ހިތްހަމަނުޖެހުން މީރާއަށް ފާހަގަ ކުރެވުނެވެ. އެސުވާލަށް ޖަވާބު ދޭނެ ގޮތެއް އެވަގުތު މީރާއަކަށް ނުވިސްނުނެވެ. މީރާ ރާހިލްއަށް އިތުބާރު ނުކުރަނީކީ ނޫނެވެ. ދެމީހުންގެ ގުޅުން އެހިސާބަށް […]
“މީރާގެ ދަރިފުޅު ބަލި ވެގެން ހެއްދި ޓެސްޓްގެ ރިޕޯޓް ބަލާ ދިޔައީ. ސަރ، ކިހިނެއް ވީތޯ؟” ބަސްމާ ރާހިލްގެ ސުވާލަށް ޖަވާބު ދީފައި އަހާލިއެވެ. “ކަމެއް ނުވޭ، އަޅާނުލާ…” ރާހިލް އަވަހަށް ފޯން ބޭއްވިއެވެ. އަތުގައި ހުރި ކަރުދާސްތައް އަނެއްކާވެސް ރާހިލް ބަލާލިއެވެ. އެވަރުގެ ކަމެއް މީރާ ރާހިލްއަށް ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ރާހިލް ރުޅިއައީ ކުއްލިއަކަށެވެ. ގޮނޑި ފަހަތަށް ކޮއްޕާލާފައި އަތުގައި ހުރި ލިޔުންތަކާއި އެކު ރާހިލް ކެބިން އިން […]
“މީރާ، ޕާސްޓް ހަނދާން ނައްތާލާފަ މީހުން ފާޑުފާޑުގެ ވާހަކަ ނުދައްކާނެ ގޮތަކަށް ނޫޅެވޭނެތަ؟” ރާހިލް ލަސްލަހުން އަހާލިއެވެ. މީރާ އިސް އުފުލާ ރާހިލްއާ ދިމާއަށް ބަލާލިއެވެ. “ވަރަށް ފަސޭހަ ދޯ ތިހެން ބުނެލަން؟ ހަނދާން ނައްތާލަން ބޭނުން ވިޔަސް އަހަންނަށް ހަނދާން ނައްތައެއް ނުލެވޭނެ. އެ ހަމަސް ދުވަސް އެއީ ރާހިލްއަށް އެއްވެސް އެއްޗަކަށް ނުވިޔަސް އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ދުވަސްތަކެއް އެއީ… އަހަރެން ހަނދާނެއް ނުނެތޭނެ…” ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން […]