މައިހާ ވިސްނާލިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އަޔާޒްއާ ކައިރީގައި އުޅެލަން ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނިންމީ ކުއްލިއަކަށެވެ. ދޭއް ޖެހި އިރުވެސް ނުނިދިފައި އޮތް ނަދާއަށް ގޭގެ ދޮރު ހުޅުވާލި އަޑު އޮވުނެވެ. އަޔާޒް ބޭރަށް ގޮސްފައި އައީއޭ ހިތަށް އެރުމުން ނަދާއަށް ހަމަޖެހިލުމުގެ ނޭވައެއް ލެވުނެވެ. އަނެއްކާވެސް ލޯ މަރާލަމުން ނަދާ އަނެއް ފަރާތަށް އެނބުރުނެވެ. އިރުކޮޅަކު އެހެން އޮވެފައި ނަދާ ކުއްލިއަކަށް ލޯ ހުޅުވާލީ އަޔާޒް ވާހަކަ ދައްކާ އަޑު އިވިގެންނެވެ. އެ ވަގުތު […]
ނައުޝީންއާ ނަދާ ދިޔައީ ޕާސްތާ ކައްކާނެ އެއްޗެހި ގަންނާށެވެ. އެންމެން ވެގެން ކައްކާ ނިމުނު އިރު ނުވައެއް ޖެހީއެވެ. އަޔާޒް އައިސްދާނެތީ ކަންބޮޑު ވި ނަމަވެސް ނަދާއަށް ހަމަޖެހިލެވުނީ ރޭގަނޑު ބޭރަށް ދާ ރެއެއްގައި އަޔާޒް ދާނީ އާތިފްމެން ގެޔަށް ކަން އެނގޭތީއެވެ. އެ ގެޔަށް ދާ ރެއަކު އަޔާޒް އަންނާނީ އެގާރަ ޖަހާ ކަންހާ އިރުއެވެ. އެހެން ކަމުން އެރޭ އަޔާޒް އަވަހަށް އަންނާނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ. އަޔާޒް އައުމުގެ ކުރިން، ދިހައެއް […]
ދިހަ ވަރަކަށް މިނަޓް ފަހުން ދެ ސައިކަލުގައި ދިޔަ ހަތަރު ފިރިހެނުން އެ ވަގުތު ނަދާ ހުރި ހިސާބުން ދިޔައެވެ. ތެމިފޯވެފައި، އެކަނިމާ އެކަނި ހުރި އަންހެން ކުއްޖަކު ފެނުމުން އެ މީހުން އައި ކޮޅަށް އަނބުރާލިއެވެ. އެމީހުން އައިސް ނަދާ ހުރި ދިމާލުން މަގުގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. ނަދާ ބިރުން ހުރެ ދޮރުގައި ބުރަކަށި ޖެހެން ދެން ފަހަތަށް ޖެހިލިއެވެ. އެ މީހުންނަށް ނުބަލަން ހުރި ނަމަވެސް އިރުއިރުކޮޅާ އެ ދިމާއަށް ބަލާލެވެއެވެ. އެ […]
އެރޭ އަހަންނަށް ނިދުނީ ވަރަށް އުނދަގުލުންނެވެ. ނިދަން އޮށޯތުމުގެ ކުރިން އަހަރެން އަޔާންގެ އެނދު ކައިރިއަށް ގޮސް އަޔާންގެ މޫނުގައި ފިރުމާލީމެވެ. އެމައުސޫމް މޫނުގައި ބޮސްދިނީ ރޮވިފައި ހުރެއެވެ. އަޔާން ހޭލައްވާފައި އެރޭ ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން ބޭނުން ވިއެވެ. އަހަރެން އަބަދުވެސް އަޔާން ދެކެ ލޯބި ވާނެކަން އަންގައިދޭން ބޭނުން ވިއެވެ. ނަމަވެސް އެވަގުތުވެސް އަހަރެން ނިންމައިގެން ހުރީ އަނެއް ދުވަހުންވެސް އަޔާންއާ ކޮންމެވެސް ވަރަކަށް ދުރުދުރުން އުޅުމަށެވެ. ނިދަން އެނދުގައި އޮވެވެސް […]
(މި ވާހަކަ އަކީ ކުރިންވެސް މި ސައިޓްގަ މާޝާ ގެނެސްދީފަ އިން ވާހަކައެއް، އަނެއްކާވެސް އަލުން މި ގެނެސްދެނީ ކިޔުންތެރިންނަށް ކަމުގޮސްފާނެ ކަމަށް) “މަންމާ، ޔާން ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… ބަސް އަހާނަމޭ… މަންމާ ޔާންއާ ވާހަކަ ދައްކަބަލަ ޕްލީޒް… ޕްލީޒް… ވާހަކަ ދައްކަބަލަ… ވާހަކަ ދައްކަބަލަ… މަންމާ، ބުނެބަލަ ޔާން ދެކެ ލޯބި ވެޔޭ… ބުނެބަލަ ޕްލީޒް… މަންމަ ޔާން ދެކެ ލޯބި ވެޔޭ ބުނެބަލަ…” އަހަރެންގެ ދަރިފުޅުގެ އާދޭސް އަހަރެންގެ ހިތާ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އެއް ފަހަރަކު ދެ ފަހަރަކު ނޫނެވެ. ވިހި ތިރީސް ފަހަރަކުވެސް ނޫނެވެ. […]
ކުއްލިއަކަށް ނަދާގެ ހަނދާނަށް އައީ އަޔާޒްއާ ވާހަކަ ދައްކަން އިން ދުވަހެއްގައި އަޔާޒްއާ ބެހޭ ގޮތުން ނަދާއަށް ކުރެވުނު ޚިޔާލެވެ. ދެ މީހުން އެކުގައި ނަދާގެ ހިތަށް ސިފަ ކުރެވުނު ގޮތެވެ. އެއާއެކު ނަދާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުރެވުނު އިހުސާސާއެކު ނަދާގެ ހިތް ބާރަށް ތެޅިގަތެވެ. ކުރިން އަމިއްލަ ނަފްސަށްވެސް ނޭނގޭ ކަމެއް، ކުއްލިއަކަށް އެއްވެސް ޝައްކެއް ނެތި ޔަގީންވެގެން ދިޔައެވެ. އަޔާޒް ދެކެ ނަދާއަށް ލޯބި ވެވުނީ ކޮން އިރަކު ކަމެއް ނަދާއަކަށް […]
“ނަދާ!” އަޔާޒް ގޮވާލި އަޑަށް ކޮޓަރީގެ ދޮރާ ހަމައިގައި ހުރި ނަދާ ސިހިފައި ހުއްޓި ބަލާލިއެވެ. “އޮފީސް ބަޔަކު މާދަމާ އަންނާނެ ކާން، ހަފްތާއެއް ވެއްޖެ އެ މީހުން އެ މީހުން އަންނަން ކިޔާތާ. މިގެޔަށް މީހަކު ނުވައްދައެއް ނޫޅެވޭނެއެއްނު؟ ހުކުރު ނިންމާފަ ދޭއް ޖަހަން ވާ އިރަށް އަންނާނެ. އަށް މީހުން އަންނާނީ” ނަދާއާ ދިމާއަށް ނުބަލާ ހުރެ އަޔާޒް ބުންޏެވެ. “ކޯޗެއް ހަދަން ވީ؟” ނަދާއަށް އަހާލެވުނީވެސް އިރުކޮޅެއް ފަހުންނެވެ. “ހެޔޮ ކޮންމެ އެއްޗެއް […]
އެދުވަހުވެސް ހަ ފަހަރު ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ހަމަ ފޯނެއް ނުނެގިއެވެ. އޮފީހުގެ ކަމެއްގައި އަޔާޒް ވަރަށް ބުރަކޮށް އުޅޭ ކަމުގައި އާތިފް ބުނީ، ނަދާ ގޮވައިގެން ހުރިހާ ކަމެއްގައި އާތިފް އުޅެން ޖެހުނު ސަބަބު ބުނެދިނުމަށެވެ. އަޔާޒް ނަދާގެ ފޯނަށް ޖަވާބު ދިނީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ކުރީރޭ ނަދާއަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އެ ދުވަހު އަޔާޒްއާ ނުގުޅިއްޖެ ނަމަ އަޔާޒްމެން ގެޔަށް ގޮސްގެން ވިޔަސް ވާހަކަ ދައްކަން ބޭނުން ކަމަށް ބުނެ […]
ދުވެފައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަން ގޮތަށް ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ފޯނެއް ނުނެގިއެވެ. އެއް ގަޑި އިރު ތެރޭ އަށް ފަހަރަށް ގުޅުމުންވެސް އަޔާޒް ފޯނެއް ނުނެގިއެވެ. ފުރަތަމަ ފަހަރަށް ނަދާ ގުޅުމުން ފޯންގެ އަޑު ކަނޑާލައިގެން އިން އަޔާޒް، އިރުއިރުކޮޅާ ދިއްލެމުން ދިޔަ ފޯންގެ ސްކްރީނަށް ބަލަން އިނެވެ. އެއީ ނަދާ ގުޅުމުން ގަސްތުގައި އަޔާޒް ފޯން ނުނެގި ފުރަތަމަ ފަހަރެވެ. ނަދާއާ ވާހަކަ ދައްކަން އަޔާޒް ބޭނުން ނުވަނީއެވެ. […]