Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 7

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
June 24, 2019 8 Mins Read
5 Comments

އަޔާޒް ބޭނުން ވަނީ ދެ މީހުންގެ ކައިވެންޏަށް މައިހާގެ އާއިލާއިން ރުހުން ދިން ދުވަހަކުން އެ ވާހަކަ އާތިފްއާ ހަމައަށް ގެންދާށެވެ. އަޔާޒްގެ ހަޔާތުގައި އަންހެން ކުއްޖަކު ވާ ކަމެއް އާތިފްއަކަށް އެއް ގޮތަކަށްވެސް ނޭނގެއެވެ.

އަޔާޒް މައިހާ ދެކެ ލޯބި ވާ ވަރު ނަދާއަށް އެނގެއެވެ. ދެ މީހުން ދިމާވާ ކޮންމެ ފަހަރަކު، މައިހާއާ ކައިވެނި ނުކުރެވި ލަސްވާތީ އެ ޝަކުވާ އަޔާޒް ކުރެއެވެ. އެކަމާ ދެރަ ވެގެން އެ ވާހަކަ ދައްކައެވެ. އެ ތިން އަހަރު ތެރޭ އެހާ ތަނަށް ދެ ފަހަރަށް އަޔާޒްއާ މައިހާ އެ ގުޅުން މެދު ކަނޑާވެސް ލައިފިއެވެ. ނަމަވެސް އަނެއްކާވެސް ގުޅެނީ އެކަކު އަނެކަކު ދެކެ ވާ ލޯބިންނެވެ.

“މައިހާ އަސްލު ހާދަ ލަކީއޭ، އަހަރެން ހިތަށް އަރާ އަހަރެން ދެކެވެސް ތިހާ ލޯބި ވާނެ މީހަކު ހުންނާނެ ނަމައޭ… އަޔާ ވަރަށް ލޯބި ވޭ ދޯ މައިހާ ދެކެ؟” ނަދާ އަހާލިއެވެ.

“ލޯބި ވާތީއެއްނު މެރީ ކުރަން ބޭނުން ވަނީ” ހިނި އައިސްފައި އަޔާޒް ބުނެލިއެވެ.

“ލޯބި ވީމަ ވާ ގޮތް ބުނެދީބަލަ އަހަންނަށްވެސް، އޭރުންނެއްނު އެނގޭނީ މީހަކު ދެކެ ލޯބި ވެވުނަސް” ސަމާސާ ރާގަކަށް ނަދާ ބުންޏެވެ.

“ލޯބި ވަންޏާ… ނުފެނި ގިނަ އިރު ވީމަ ވަރަށް މިސް ވާނެ… އަބަދުވެސް ވާހަކަ ދައްކާ ހިތް ވާނެ… ވާހަކަ ނުދެއްކުނަސް ފެންނަ ހިސާބުގަ ހުރިއްޔާ ވަރަށް އުފާ ވާނެ… ފެންނަން ނެތަސް އަބަދުވެސް އިމޭޖިން ކުރެވޭނީ އެކީގަ ހޭދަ ވާނެ ވަގުތު… އެކީގަ ހޭދަ ކުރެވޭ ވަގުތު ވަރަށް ހަނދާން ވާނެ… ހުވަފެނުންވެސް ފެންނާނެ… ދެން އެކަހަލަ ކަންތައްތައް…” ޚިޔާލަކަށް ގެއްލިފައި އިނދެ އަޔާޒް ކިޔައިދިނެވެ.

“މިހާރުވެސް ތީނީ އެންމެ ފަހުން ދެމީހުން އެކީގަ ހޭދަކުރި ވަގުތުގެ ހަނދާނުގަތަ؟” ހިނިއައިސްފައި އަޔާޒް އިން ގޮތުން ނަދާ ދިމާކޮށްލިއެވެ.

އެއާއެކު އަޔާޒްގެ ފަރާތުން ކުރިން ނުފެންނަ ސިފައެއް ނަދާއަށް ފެނުނެވެ.

ނަދާ އަޑު އަހަނީ ލަދުން އަންހެން ކުދިންގެ މޫނު ރަތްވާ ވާހަކައެވެ. ނަމަވެސް ނަދާ އެހެން ބުނުމުން އަޔާޒްގެ މޫނަށް ރަތްކުލައެއް އަރައިގެން ދިޔައީ ހަގީގަތުގައިވެސް އެ ވަގުތު އަޔާޒްގެ ހިތުގައި މައިހާއާ އެކުގައި ހޭދަ ކުރެވުނު ލޯބީގެ ވަގުތުކޮޅެއްގެ ހަނދާން ވީތީއެވެ.

ނަދާ ބާރަށް ހޭން ފެށީ އަޔާޒްއަށް ވީ ގޮތުންނެވެ.

“އެހެން ވީމަ ވާހަކަތަކުގަވެސް އެ ބުނަނީ ހަމަ ހަގީގަތަށް ދޯ؟ ތި މިސް ވާ ވާހަކަޔާ، އެއްކޮށް ސްޕެންޑް ކުރާ ވަގުތުގެ މެމޮރީސްއާ… ދެން އެ ކަންތައްތައް… އެކަމަކު މަށަށް ހީވަނީ ތި ފީލިންގްސް ތަކުގަ މިސްޓޭކެއް އެބަ އުޅޭ ހެން” ނަދާ ބުނެލިއެވެ.

“އެއީ…؟” އަޔާޒް އަހާލިއެވެ.

“އެއީ އަޔާ ތި ކިޔައިދިން ބައެއް ކަންތައްތައް… އަހަންނަށްވެސް އެހެން ވޭ… މިސާލަކަށް، އަޔާ ނުފެނި ގިނަ އިރު ވީމަ އަހަރެން ވަރަށް ހަނދާން ވޭ އަޔާ މަތިން، ވަރަށް މިސް ވޭ… މިހެން އަޔާއާ ވާހަކަ ދައްކަން ވަރަށް އިންނަ ހިތްވޭ… އަޔާއާ އަހަންނާ ދައްކާފަ ހުންނަ ވާހަކަތައްވެސް ވަރަށް ހަނދާން ކުރަން… ދެން ނުވާ ކަމަކީ، އަހަރެން އަޔާއާ މެރީ ކުރަން ބޭނުމެއް ނުވޭ… އެއީ އެކަނި ދޯ ނުވެގެން މި އުޅޭ ކަމަކީ” ނަދާއަށް އެ ވާހަކަ ވީ މަޖާ ވާހަކައަކަށެވެ.

“އެހެން ވިއްޔާ ލޯބި ނުވަނީ ހަމަ، ލޯބި ވަންޏާ ގައިމުވެސް މެރީ ކުރަން ބޭނުން ވާނެ، މުޅި އުމުރު އެކީ ދެމީހުން އެކުގަ އުޅެން ބޭނުން ވާނެ” އަޔާޒް ޔަގީން ކަމާއެކު ބުންޏެވެ.

“ދެން ތީގަ އޮތް ގޮތަކީ… މިސާލަކަށް މަންމަ ބޭނުން ވީ އަހަރެން މެރީ ކުރުވަން، ދެން ދެއްކީ އަޔާއާ އެހެން މީހަކާ… ޔަގީނުންވެސް އަހަރެން ޗޫޒް ކުރާނީ އަޔާ ދޯ؟ އެހެން ވިއްޔާ އަހަރެން އަޔާ ދެކެ ލޯބި ވަނީތަ؟” ނަދާއަށް އެކަންވެސް ވީ މަޖަލަކަށަވެ.

“ގައިމުވެސް ދެން ހުރި މީހާއަށް ވުރެ އަހަރެން ދެކެ ލޯބި ވާތީތާ އަހަރެން ޗޫޒް ކުރާނީ؟” ހެމުން އަޔާޒް ބުނެލިއެވެ.

“އާނ، ޔަގީނެއްނު؟ އަޔާ ނޫނިއްޔާ ނުހުންނާނެ އަހަރެން ވަގުތުން މެރީ ކުރަން އެއްބަސް ވާނެ މީހެއް… މިހާރުވެސް މީހަކު ސީރިއަސް ކޮށް ބުނެފިއްޔާ އަޔާއާ މެރީ ކުރަން އަހަރެން އާއެކޭ ބުނާނަން… އެކަމަކު އެހެންނެއް ނޫނެއްނު ދޯ ވާނީކީ؟ އަޔާ ތީ ހިތާ ފުރާނަޔާ އެކީ މައިހާގެ ހައްގެއް ވިއްޔަ… އެހެން ނޫން ނަމަތާ ޗާންސެއް ލިބޭ އިރަށް އަހަރެން އަޔާ ވެރި ކޮށްލާނީ” ނަދާގެ ވާހަކައިގައި ހުރީ ސަމާސާ ގޮތެވެ.

“އަހަންނަށް ބުނެދޭން ނޭގެނީ ކަންނޭނގެ ދޯ؟ އަސްލު މި ފީލިންގްސް ބުނެ ދޭކަށް އެހާ ފަސޭހައެއް ނޫން… ބުނެ ދިނަކަސް ނުވެސް އެނގޭނެ ހެން ހީވަނީ… އަމިއްލައަށް އެކްސްޕީރިއެންސް ކުރެވުނީމަ އެނގޭނީ ލޯބި ވާ މީހާއާ އެކީފަސޭހައެއް ނޫން… ބުނެ ދިނަކަސް ނުވެސް އެނގޭނެ ހެން ހީވަނީ އަމިއްލައަށް އެކްސްޕީރިއެނ ސްޕެންޑް ކުރެވޭ ވަގުތުގަ އެ ލިބޭ ހިތްހަމަ ޖެހުން… އެ ހަނދާނުން ހިތަށް ކުރެވޭ އިހުސާސް…” އަނެއްކާވެސް އަޔާޒް ޚިޔާލަކަށް ގެއްލިފައި އިންހެން ވާހަކަ ދައްކަން ފެށިއެވެ.

ނަދާ ހަނދާން ވީ ނަދާ ކިޔާ ވާހަކަ ތަކުގައި ލޯބިވެރިން އެކުގައި ހޭދަ ކުރާ ވަގުތުތަކުގައި ވާ ކަންތައްތަކެވެ. އެއާއެކު އަޔާޒްއާ މައިހާގެ މެދުގައި ހިނގާނެ ފަދަ ކަންތައްތައް ނަދާގެ ޚިޔާލަށް ސިފަ ކުރެވުނެވެ. އެ ޚިޔާލުން ނަދާގެ ހިތަށް ގޮތެއް ވެލިއެވެ. ނަދާގެ ހަޔާތަށްވެސް އެ ފަދަ ޚާއްސަ މީހަކު އަތުވެއްޖެ ނަމަ އެ ފަދަ ކަންތައް ވާނެ ހެއްޔެވެ؟ ލޯމަރާލުމާއެކު ނަދާގެ ހިތަށް އެފަދަ މަންޒަރެއް ސިފަވިއެވެ. އެ މަންޒަރުގައި ނަދާއާ އެކު ވީ… އަޔާޒްއެވެ.

ސިހިފައި ނަދާއަށް ލޯ ހުޅުވާލުމާއެކު އަމިއްލަ މޮޔަ ކަމާ ހެދި އަމިއްލައަށް ބޮލުގައި ޖަހާލެވުނެވެ. ބާރަށް ހީލެވުނީ ލޯ މަރާލައިގެން ގޮނޑީގައި ބޯ ޖައްސާލައިގެން މައިހާގެ ޚިޔާލަށް ގެއްލިފައި އޮތް އަޔާޒްއަށް ބަލާލާފައެވެ.

“ސާބަސް… ދެން ވަރަށް ލޯބިން މައިހާއަށް ބާއި ކިޔާލާފަ ތި އިމޭޖިނަރީ ވަރލްޑުން ނިކުންނަން ވެއްޖެއެއްނު؟” އަޔާޒްގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ނަދާ ބުންޏެވެ.

“ނަދާއާ އަހަރެން ދިމާ ކުރަން ފަށާ ދުވަހަކަށް ހުންނާތި ރެޑީ ވެގެން، މިހާރު އަހަންނާ ދިމާ ކޮށްލަކޮށްލާ ތިހެން ހުރެވިދާނެ” ތެދުވެގެން ނަދާގެ ފަހަތުން ކޮޓަރިން ނިކުންނަމުން އަޔާޒް ބުންޏެވެ.

އެއީ އަޔާޒްއާ ނަދާގެ އެކުވެރިކަމެވެ. އެކަކު އަނެކަކާ ހިއްސާ ނުކުރެވޭ ކަމެއް އެކަކަށްވެސް ދިމާ ނުވެއެވެ. ކަންކަމުގައި ލަފައެއް ހޯދަން ވެއްޖެ ނަމަ ހުދާ ގާތު އެހުމަށް ވުރެ ނަދާއަށް ފަސޭހައީ އަޔާޒްއާ ވާހަކަ ދައްކާލުމެވެ. ހަމަ އެހެން އަޔާޒްވެސް އެއްވެސް ފޮރުވުމެއް ނެތި ދިމާވާ ކޮންމެ ކަމެއް ނަދާއަށް ކިޔާދެއެވެ.

ނަމަވެސް ދެން އައީ އެ އެކުވެރިކަމަށް ލޮޅުމެއް އެރި ދުވަހެކެވެ.

ޝާއިންއާ މެދު ސާޖިދާ ވިސްނަމުން ދިޔައެވެ. ދެ ފަހަރަކަށް ނަދާ ކައިރީ ކައިވެނީގެ ވާހަކަ ދެއްކުމުން އަދި ނުވެޔޭ ބުނެ ނަދާ އަވަހަށް ސާޖިދާއާ ދުރަށް ދިޔައީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ނަދާގެ ކައިވެންޏާ މެދު ސާޖިދާ ވިސްނަމުން ދާ ކަމެއް ނަދާއަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

ޒުލްފާއާ އެ ދުވަހު ވާހަކަ ދައްކަން ނިންމައިގެން ސާޖިދާ އިނީ ހަވީރު ޒުލްފާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދާ މެންދުރު ނަމާދުން ފައިބައިގެން އާތިފް އެ ގެޔަށް އައެވެ. އެ ޚިޔާލު އާތިފްއާ ހިއްސާ ކޮށްލުމަށް ސާޖިދާ ހިތަށް އެރީ އާތިފް ދެކޭ ގޮތެއް ބަލާލުމަށެވެ.

“އާތިފް ކައިރިން ހިޔާލެއް އަހާލަން ވެފަ އޮއްވާ ތިއައީވެސް، މިހާރު މިކަމާ ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ” އާތިފް ކައިރީ ކާން ބުނެފައި، ކައި ނިމިގެން އައިސް ދުފަން އިންދާ ސާޖިދާ ވާހަކަ ފެށިއެވެ.

“ކޮން ކަމަކާ؟” އާތިފް އަހާލިއެވެ.

“މަގޭ ނަދާ… އޭނައަށް މިހާރު ވިހި އަހަރު ވީ، އަދިވެސް މީހަކާ އިންނަ ހިޔާލެއް ނުކުރޭ… އަހަރެން މި ވިސްނަނީ އޭނަގެ ކައިވެނި ކުރުވަން… ޖެހިގެން ހުރިގޭ ޒުލްފާގެ ހަގު ދަރިފުޅު ޝާއިންއަކީ މަށަށް ވަރަށް ކަމުދާ ކުއްޖެއް… ހިތަށް މި އަރަނީ ޒުލްފާއާ މި ވާހަކަ ދައްކާލަން” ސާޖިދާ ބުންނެވެ.

“ޝާމިލްގެ ކޮއްކޮ؟” އާތިފްއަށް އަހާލެވުނެވެ.

“އަހަންނަށް އެނގޭ ޝާމިލްއަކީ އަހަރެން ހީކުރިހާ ރަނގަޅު ކުއްޖެއް ނޫން ކަން… އެކަމަކު ޝާމިލްއާ ޝާއިން ތަފާތު… ޝާއިންއަކީ ޝާމިލް ކަހަލަ ކުއްޖެއް ނޫން… އާތިފްއަށް ހީވޭތަ މީ ރަނގަޅު ކަމެއް ހެން…؟” ސާޖިދާ އަހާލިއެވެ.

“އެ ކުދިންނަށް ގޯސް ވާނެ ގޮތަކަށް ސާޖިދާ ނުވިސްނާނެ ކަން އެނގޭ… އެކަމަކު… އަހަރެންވެސް ތިކަމާ ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ… ސާޖިދާ ކައިރީ ބުނަން ބުނަން މި ހުންނަނީ، މިއަދު ސާޖިދާ ތި ވާހަކަ ފެށީމަ އަހަންނަށް ފުރުސަތުވެސް މި ލިބުނީ… ނަދާއާ މެދު އަހަރެން ވަރަށް ވިސްނަން އެބަ…” އާތިފް އެ ވާހަކަ ބުނާނެ ގޮތެއް ވިސްނާލިއެވެ.

“ކީކޭ ބުނަން ތި އުޅެނީ؟” ސާޖިދާ އަވަސްއަވަހަށް އަހާލިއެވެ.

“އަޔާޒް ވަރަށް ސިއްރުން އެބަ ކަމެއް ކުރޭ… އަހާލީމަ ވަކި ޖަވާބެއް ނުދިން، އެކަމަކު އަހަންނަށް ހީވަނީ އަޔާޒްއަށް ނަދާ ކަމުދާ ހެން… މި ގެޔަށް އައިސް ދެ ކުދިން އެކީ ފެނުނީމަ ހިތަށް އެރި އެއްޗެއް މީ… ދެ ކުދިން އެކީގަ ސަކަރާތް ޖަހާ ހަދާ އިރު ސާޖިދާއަށް ފާހަގައެއް ނުކުރެވޭތަ އެކަހަލަ ކަމެއް؟” އާތިފް ސާޖިދާގެ މޫނަށް ބަލަން އިނެވެ.

ސާޖިދާ ވިސްނާލިއެވެ. އާތިފް އެ ބުނީ ތެދެކެވެ. އެ ގެޔަށް އަޔާޒް އައިސް އުޅޭ އިރު ފެންނާނީ އަބަދުވެސް ނަދާއާ ކޮންމެސް ސަމާސާއެއް ކޮށްލާ ތަނެވެ. ނޫން ނަމަ ދެ ކުދިން ތިބޭނީ ކޮންމެވެސް ވާހަކައެއްގައެވެ. ގިނަ ފަހަރު ތިބޭނީވެސް ކޮޓަރީގައި ދެ ކުދިން އެކަންޏެވެ. ވީ އިރު އާތިފް އެ ބުނާހެން އަޔާޒްއަށް ނަދާ ކަމުދަނީ ހެއްޔެވެ؟ އަޔާޒްއާ އެކުގައި ހޭދަވާ ވަގުތުގައި ނަދާގެ މޫނު މަތިންވެސް ފެންނާނީ އެހެންނާ ނުފެންނަހާ އުފާވެރިކަމެވެ.

“އަހަރެން ވަރަށް އެދޭ ކަމެއް ނަދާގެ ކައިވެނި އަހަރެންގެ އަޔާޒްއާ ކޮށްދިނުމަކީ… އަހަރެން މި ހީކުރާ ގޮތަށް އެ ދެކުދިން އަދި އެކަކު އަނެކަކު ދެކެ ލޯބި ނުވިޔަސް، ހުދާއަށް ވީ ކަހަލަ ގޮތެއް ނުވާނެ ކަމުގެ ޔަގީން ކަން އަހަރެން ދެން، އެހެން ނޫނަސް އަޔާޒްއާ ނަދާ ކައިރީ އަހާފަ، ދެ ކުދިންގެވެސް ރުހުން ހޯދާފަ ކުރިއަށް އެއްވެސް ވާހަކައެއް ދައްކާނީ” ކަންތައް ކުރިއަށް ގެންދާނެ ގޮތް އާތިފް ކިޔާދިނެވެ.

ސާޖިދާއަށް އެ ޚިޔާލު ވަރަށް ކަމު ދިޔައެވެ. ޒުލްފާއާ ވާހަކަ ދެއްކުމުގެ ކުރިން އާތިފްގެ ޚިޔާލެއް އަހާލެވުނު ކަން ނަސީބޭ ހިތަށް އެރިއެވެ. އަޔާޒްއަކީ ކުޑަކުޑަ އިރުން ފެށިގެން ސާޖިދާމެން ގެޔަށް އަންނަ ކުއްޖެކެވެ. ހަރުދަނާ ޒުވާނެކެވެ. ޝާއިންއަށް ވުރެ އެތައް ހާސް ތަނެއް ރަނގަޅު ކުއްޖެކެވެ. ވީ އިރު އިތުރަށް ވިސްނާނެވެސް ބޭނުމެއް ނެތެވެ.

“އަހަރެން ވަރަށް އުފާ ވެއްޖެ… އަހަރެންގެ ނަދާއަށް އަޔާޒްއަށް ވުރެ ރަނގަޅު ފިރިއަކު ނުވާނެ… އަހަންނަށް އެންމެ ރަނގަޅު… އާތިފްއަށް ރަނގަޅިއްޔާ ވީހާވެސް އަވަހަށް ކަންތައްތައް ހަމަޖައްސަން ފަށަންވީ” ސާޖިދާ ވީ އުފަލުގެ ކޮޅެއް ނެތް ފަދައެވެ.

އެރޭ ގެޔަށް ގޮސް އާތިފް ނުނިދާ އިނީ ރައްޓެހިންތަކަކާ އެކު އަޔާޒް ބޭރަށް ގޮސްފައި އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އާތިފް ގުޅާލާފައި އަންނާނެ އިރެއް އެހުމުން ބައިގަޑިއެއްހާ އިރުތެރޭ އަންނާނެ ކަމަށް އަޔާޒް ބުނުމުން ސިޓިންގް ރޫމްގައި އާތިފް އިނީ ޓީވީ ބަލާށެވެ.

އެގާރަ ޖެހިތަނާ އަޔާޒް އައިސް އާތިފް ކައިރީ އިށީނެވެ.

“މި އައީ ބޭބޭ، ކިހިނެއް ވީ؟” އަޔާޒް އެހިއެވެ.

“ބޭބެ އަޔާޒް ކައިރީ ވާހަކައެއް ދައްކާލަން ވެގެން” އާތިފް ޓީވީ ނިވާލިއެވެ.

“ކޮން ވާހަކައެއް؟” އާތިފްގެ މޫނަށް އަޔާޒް ބަލާލިއެވެ.

“އަޔާޒްގެ ފަރާތުން ކަމަކު އެދެން ބޭބެ މިއުޅެނީ، ހީ ކުރަން އަޔާޒް ދެކޮޅު ނުހަދާނެ ކަމަށް” އާތިފް ބުންޏެވެ.

“ބޭބެއަށް އެނގެއެއްނު ބޭބެ ބުނެފިއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކުރާނެކަން؟ އެއްވެސް ކަމަކު ބޭބެ އަހަރެން ކައިރިން އެދޭކަށްވެސް ނުޖެހޭނެ، ބުނެލަން ޖެހޭނީ… އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް ބޭބެ އެދޭ ކަމަކަށް އަހަރެން ދެކޮޅެއް ނުހަދާނަން” އާތިފްގެ އަތުގައި ހިފާލަމުން އަޔާޒް ޔަގީންކަން ދިނެވެ.

“ދަރިފުޅު ކޮން އިރަކުން ކައިވެނި ކުރަން ބޭނުން ވަނީ؟ ބޭބެ ބޭނުމީ ވީހާވެސް އަވަހަކަށް އަޔާޒްގެ ކައިވެނި ކުރަން، އަޔާޒް ހަމަ އެކަނި އާނއެކޭ ބުނަނިކޮށް ހުރިހާ ކަމެއް ބޭބެ ހަމަ ޖައްސާނަން” އަޔާޒްގެ ބޮލުގައި ފިރުމާލަމުން ހިނި އައިސްފައި އާތިފް ބުނެލިއެވެ.

ހައިރާންވެފައި އާތިފްގެ މޫނަށް ބަލަން އަޔާޒްއަށް އިނދެވުނެވެ. މައިހާއާ އަޔާޒްގެ ގުޅުން އާތިފްއަށް އެނގުނު ގޮތަކާ މެދު ހިތުގައި ސުވާލު އުފެދިފައެވެ. އަނެއްކާ ނަދާ ބުނީ ހެއްޔެވެ؟

“ބޭބެއަށް ކިހިނެއް އެނގުނީ؟ ނަދާ ބުނީތަ؟” އަޔާޒްއަށް އަހާލެވުނީ އެ ހުރިހާ ކަމެއް އެނގޭ ހަމައެކަނި މީހަކީ ނަދާއަށް ވާތީއެވެ.

ނަމަވެސް އަޔާޒްގެ ދުލުން އެ ވަގުތު ނަދާގެ ނަން ބުނުމުން އާތިފްގެ ހީ ޔަގީނަށް ބަދަލުވިއެވެ. ވީ އުފަލުން އަޔާޒް ގައިގައި އާތިފްއަށް ބައްދާލެވުނެވެ.

“އެހެން ވީމަ ބޭބެއަށް ހީވީ ހަމަ ރަނގަޅަށް ދޯ؟ އަޔާޒްއަށް ނަދާ ކަމުދޭ ދޯ؟ ދެ ކުދިން ވާހަކަ ދައްކައިފިންތަ؟ ނަދާ ކީކޭ ބުނީ؟ ބޭބެއަށް ތިހެން ހީވެގެން ސާޖިދާ ކައިރީވެސް މިއަދު މި ވާހަކަ ދައްކައިފިން، ސާޖިދާ އަޔާޒްއާ ވަރަށް ގަބޫލު… އިރާދަ ކުރެއްވިއްޔާ ހުދާއަށް ވީހެން ނަދާއަކަށް ނުވާނެ… ސާޖިދާ އުޅުނީ ނަދާގެ ކައިވެނި އެ ޝާމިލްގެ ކޮއްކޮއާ ކުރަން ވެގެން… ނަސީބެއްނު ބޭބެއަށް މި ވާހަކަ ދެއްކުނު ކަން؟ ދެން ސާޖިދާއަށް އަޔާޒް ކަމު ނުގޮހެއްވެސް ނުދާނެއެއްނު؟ ބޭބެ ހާދަ އުފާ ވެއްޖެއޭ މިރޭ” އުފަލުން ގޮސް އާތިފްއަށް އަޔާޒް ގައިގައި ފިރުމެނީއެވެ.

ބުނާނެ އެއްޗެއް ނުވިސްނިފައި އަޔާޒްއަށް އިނދެވުނެވެ.

“ބޭބެ ހާދަ ދެކެން ބޭނުން ވި ދުވަހެކޭ މީ، އަޔާޒްގެ އަނތްބަކަށް ނަދާ ވާނެ ދުވަސް… ބޭބެއަށް ޝައްކު ވާތާ ދުވަސްކޮޅެއް ވެއްޖެ… އަޔާޒް އެ ގެޔަށް ގޮސް ނަދާއާ އެކީ އުޅޭ ގޮތުން ބޭނެއަށް ހީވީ، އަޔާޒްއަށް ނަދާ ވަރަށް ކަމުދެޔޭ… ހިތަށް އެރި އެއީ ހީވާ ގޮތޭވެސް… އެކަމަކު މިހާރު ޔަގީން ވެއްޖެ… ދެން މިހާރު ކީއްވެ އަނގައިން ނުބުނެ ތިއިނީ؟ އަވަހަށް ބުނޭ ކައިވެނި ކުރަން ބޭނުން ވާ ދުވަސް… އަޔާޒް ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް، ބޭބެ ހުރިހާ ކަމެއް ހަމަ ޖައްސާނަނީ؟ އަވަހަށް ބުނޭ ކައިވެނި ކުރަން ބޭނުން ވާ ދުވަސް… އަޔާޒް ނުޖން، ނަދާއާ ވާހަކަ ދައްކާލާފަ ދަރިފުޅުމެން ބޭނުން ވާ ގޮތެއް ބޭބެއަށް އަންގާލަދީ އިނގޭ” އާތިފް ފޯރީގައި ބުނަމުން ދިޔައެވެ.

އަޔާޒް ބޯ ޖަހާލިއެވެ. ދެކޮޅު ހަދަން ބުނާނެ ބަހެއް އަޔާޒްގެ ދުލަކަށް ނައެވެ. ބޭބެ ބުނި ކޮންމެ ކަމެއް ކުރާނަމޭ އަޔާޒް ބުނީ ދެންމެ ނޫން ހެއްޔެވެ؟ އެއީ ދޮގެން ނޫނެވެ. އާތިފް ބުނެފި ނަމަ ކޮންމެ ކަމެއްވެސް ކުރަން އަޔާޒް ހުރީ ތައްޔާރަށެވެ.

ނަމަވެސް އާތިފް އެ އެދުނީ އަޔާޒްއަށް ކުރަން ކިހާ އުނދަގޫ ކަމެއް ކަން އާތިފްއަށް ވިސްނޭނެ ނަމައެވެ. މައިހާ ނޫން އެހެން އަންހެން ކުއްޖަކާ ކައިވެނި ކުރުމަކީ ދިރިދިރި އޮތް އަޔާޒްގެ ހިތް ކަތިލުން ފަދަ ކަމެކެވެ. މައިހާއާ ވަކި ވުމަކީ ނޭވަޔާ ނުލާ ދިރި ހުންނަން މަސައްކަތް ކުރުން ކަހަލަ ކަމެކެވެ.

އާތިފްއަށް ވެފައިވާ ކުށްހީ ފިލުވަން އަޔާޒް އެއްވެސް މަސައްކަތެއް ނުކުރިއެވެ. ނަދާއާ އަޔާޒްގެ ކައިވެނި ކުރުމަކީ އެކަމުން އާތިފްއަށް އެ ވަރުގެ އުފަލެއް ލިބޭ ކަމަކަށް ވާނަމަ އަޔާޒް އެ ކައިވެނި ކުރާނެއެވެ.

އަނެއް ދުވަހު ހެނދުނު ސައި ބޮއެ ނިމިގެން ނަދާ ކޮޓަރީގައި އިންދާ ސާޖިދާ ގޮވާލުމުން ނަދާ ތިރިއަށް އައެވެ.

“އިށީނދެބަލަ މިތާ، މަންމަ ނަދާއާ ވާހަކައެއް ދައްކާލަން ވެގެން” ސާޖިދާ ދައްކަން އުޅެނީ ކޮން ވާހަކައެއް ބާއޭ އަމިއްލަ ހިތާ ސުވާލު ކުރަމުން ނަދާ އިށީނެވެ.

“ނަދާވެސް ދެން މީހަކާ އިންނަންވީ. ހުދާއަށް ވީ ކަހަލަ ގޮތެއް ނަދާއަށް ވާކަށް މަންމަ ބޭނުމެއް ނޫން، އެހެން ވީމަ މި އަހަނީ، ނަދާ އިންނަން ބޭނުން ކުއްޖަކު އެބަ ހުރިތަ؟” ސާޖިދާ އަހާލީ ވަރަށް ލޯބިންނެވެ.

ނަދާ ނޫނެކޭ ބުނުމުގެ ގޮތުން ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“އެހެން ވިއްޔާ މަންމަ ބުނާ ކުއްޖަކާ ނަދާ އިންނާނަން ދޯ؟” ސާޖިދާ އަހާލިއެވެ.

“މަންމާ…” އަކުރުތަކަށް ދަމާލަމުން ނަދާ ގޮވާލީ އެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

“މަންމަ ވަރަށް ބޭނުން މަންމަ ދުނިޔޭގަ ހުއްޓާ ހުރިހާ ކުދިންވެސް ކައިވެނި ކޮށްގެން ދިރިއުޅުމެއް ފަށާތަން ދެކެން، ހުދާއަށް އެހެން ވީ މަންމަގެ ސަބަބުން ކަމަށް ގަބޫލު ކުރަން. މަންމައަށް އެނގޭ ނަދާ އަދިވެސް މީހަކާ އިންނަން ނުވިސްނާ ކަން، އެކަމަކު ދެން މިހާރު ވިހި އަހަރު ފުރުނީ، އަބަދު ތިހެން ހުންނާކަށް ނުވާނެ… މަންމަ ވަރަށް ވިސްނާފަ ނިންމައިފިން ނަދާގެ ކައިވެނި ކުރަން… އާތިފް ބޭބެއާވެސް ވާހަކަ ދެއްކިން މި ކަމާ، އާތިފް ބޭބެއަށްވެސް ވަރަށް ކަމުދޭ މަންމަގެ މި ހިޔާލު” އާތިފްވެސް ގަބޫލު ކަމެއް ނަމަ ނަދާ ނޫނެކޭ ނުބުނާނެ ހެން ސާޖިދާއަށް ހީވިއެވެ.

“ކާކާ…؟” ނަދާ އެއްޗެއް ނުބުނެ އިނދެފައި އެހިއެވެ.

“އަޔާޒް” ސާޖިދާ ވަގުތުން ޖަވާބު ދިނެވެ.

“އަޔާޒްއޭ…؟ އަޔާ…؟” ނަދާއަށް ގަބޫލެއް ނުކުރެވުނެވެ.

“އާނ، އާތިފްގެ އަޔާޒް” ސާޖިދާ ސާފު ވާނެހެން ބުނެލިއެވެ.

“އަޔާ ކައިރީ ބުނިންތަ؟ އަޔާއަށް ނޭނގި ދޯ މަންމަމެން ތި ވާހަކަ ތި ދައްކަނީ؟” އަޔާޒްއަށް އެ ކަމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ނޭނގޭނެ ކަމަށް ނަދާ ހީކުރިއެވެ.

“އަޔާޒް ގަބޫލު، އޭނަ ބޭނުން ވެޔޭ ނަދާއާ ކައިވެނި ކުރަން. މިއަދު ހެނދުނު އާތިފް ގުޅާފަ ބުނީ ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައް ފަށަން” ސާޖިދާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ.

“މަންމާ، އެކަމަކު… އަޔާޒް އާނއެކޭ ހަމަ ބުނީތަ؟” ނަދާއާ ކައިވެނި ކުރަން އަޔާޒް އެއްބަސް ވާނެ ކަމަށް ނަދާއަކަށް ގަބޫލެއް ނުކުރެވެއެވެ.

“ދެން އަޔާޒް ނުބުނަނީހެއް އާތިފްއެއް ނުބުނާނެ ދޯ އެހެންނެއް…؟ އަޔާޒް ނަދާއާ ކައިވެނި ކުރަން ބޭނުން ވަންޏާ ނަދާ ކީއްވެ އާނއެކޭ ނުބުނަން ތި އުޅެނީ؟ އަޔާޒްއާ އާތިފް ބޭނުން ވަނީ ވީހާވެސް އަވަހަކަށް މިކަން ކުރަން. އަންނަ ހަފްތާގެ ހުކުރު ދުވަހަށް ތައްޔާރު ވާން މަންމަ މިއުޅެނީ. މިއަދު ވާނެ ހެދުން ފަހަން ދާން، ދެ ދުވަހެއް ވަރު އޮއްވާ ހެދުން ނިމެން ޖެހޭނެ، އެހެން ނޫނީ ހެޔޮވަރު ނުވިޔަސް ރަނގަޅު ކޮށްނުލެވޭނެ. ހުދާ އޮފީހުން އައިމަ ތިން ކުދިން ދޭ ހެދުން ފަހަން ދޭން، މަންމަ ރައްޓެހި ނުސްރާ ބުނި ފަހާ ދޭނަމޭ ހުރިހާ ކުދިންގެ އެއްޗެހިވެސް، ދަރިފުޅުމެން ދާން ވާނީ އަޒްވެސް ގޮވައިގެން، އޭނައަށްވެސް ވަރަށް ރީތިކޮށް ހެދުމެއް ފަހަން ވާނެ. ނަދާމެން ބޭނުންވާ ޑިޒައިންއާ ކުލައާ ބުނީމަ އޭނަ އެއްޗެހި ގަނެގެން ފަހާނެ. މިއަދު ކޮންމެހެންވެސް ދާން ވާނެ އިނގޭ” ސާޖިދާ ވާހަކަ ދައްކަމުން ދިޔައެވެ.

“މަންމާ، އިހަށް މަޑުކޮށްލަބަލަ… އަހަރެން ބޭނުން ފުރަތަމަ އަޔާއާ ވާހަކަ ދައްކާލަން، އޭގެ ފަހުން އަހަންނަށް އާއެކޭ ބުނެވޭނީ، ޕްލީޒް މަންމާ” ސާޖިދާގެ އަތުގައި ހިފާލަމުން ނަދާ އެދުނެވެ. އަޔާޒްއާ ވާހަކަ ނުދެއްކެނީސް އެ ކަމާ ވިސްނަންވެސް ނަދާ ބޭނުމެއް ނޫނެވެ. އަޔާޒް ނަދާއާ ކައިވެނި ކުރަން ރުހޭނެ ކަމަކަށް ނަދާއަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވެއެވެ.

“ދެން… އެންމެ ރަނގަޅު، އެކަމަކު މިރޭ ވާނެ ހެދުން ފަހަން ދާން… ދެން ދޭ އަވަހަށް އަޔާޒްއަށް ގުޅަން” ސާޖިދާ އެންމެ ފަހުން އެއްބަސް ވިއެވެ.

ދުވެފައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަން ގޮތަށް ނަދާ އަޔާޒްއަށް ގުޅިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

733 (ތިންވަނަބައި)

Next

ބުނެދޭށޭ ރުހެމޭ 44

Next
June 24, 2019

ބުނެދޭށޭ ރުހެމޭ 44

Previews
June 24, 2019

733 (ތިންވަނަބައި)

5 Comments!

  1. Mar Sha Marsha says:
    June 24, 2019 at 3:12 pm

    7 vana bai kiyaalaafa views angaaladhehcgey, 8 vana bai Thursday ga genes dheynan,

  2. jiji says:
    June 24, 2019 at 3:13 pm

    Me first dhw❤❤❤❤…story seems really interesting..whn next dearr???????????????

    1. Mar Sha Marsha says:
      June 27, 2019 at 2:48 pm

      Thnq jiji, yes u 1st ?

  3. Aiksh says:
    June 25, 2019 at 12:14 am

    Sorry Marsha. Hama busy kamun comment eh nukurevenee. Ekam hurihaa bayeh ves kiyan. Varah varah varah reethi huriha part eh ves. Varah kiyaa hithun kiyaa levenee konme baeh ves. Masha Allah. Love ur stories always. Love u sweetheart ????❤️❤️❤️???????❤️❤️❤️❤️

    1. Mar Sha Marsha says:
      June 27, 2019 at 2:49 pm

      Hey, thnq dear, hope u like this, n will wait for ur comment ingey ?

Comments are closed.

Next Episodeކުށަކާ ނުލާ 8←


All Right Reserved!