އެދިގެން ތި ލޯތްބަށް 16
ދެ އަތުން ލޯ ފޮހެމުން ގެޔަށް ވަންނަން ދިޔަ ނާޔާ ސިހިފައި ހުއްޓުނީ ދޮރުމަތީ ހުރި ނާއިލް ފެނުމުންނެވެ.
އޮފީހުގެ މަސައްކަތެއް ކުރަން އިން ނާއިލް ކޮޓަރިން ނިކުތީ ކޮފީއެއް ބޯލަން ބޭނުން ވެފައި ހުރުމުންނެވެ. ލައިލާ ނިދާފައި އޮތުމުން އެ ގަޑީގައި އުނދަގޫ ނުކުރަން ވެގެން ތިރިއަށް ފޭބީ ބަދިގެއަށް ވަދެ އަމިއްލައަށް ކޮފީއެއް ގިރާލަން ވެގެންނެވެ. ނަމަވެސް ބަދިގެއަށް ނުވަދެ މަޑުކޮށްލީ ނައިހާއާ ނާޔާގެ އަޑު އިވުމުންނެވެ. ނާޔާއަށާ ނައިޙާއަށްވެސް ނުފެންނާނެ ހެން ދޮރާ ނިވާ ވެގެން ހުރި ނާއިލް ނާޔާގެ ފަހަތުން ބޭރަށް ނިކުތީ ނައިހާ މައްޗަށް އެރުމުންނެވެ.
ނާޔާއާ ޔާނިއުއާ ދެއްކި ވާހަކަ އަޑު އިވުމުން ނާއިލް ހުރީ ހައިރާން ވެފައެވެ. ޔާނިއު އެ އައީ ނާޔާގެ އެދުމަށް ކަން އަޑު އިވުނު ވާހަކައިން ނާއިލްއަށް އެނގުނެވެ. ޔާނިއުއާ މެދު ދެކުނު ގޮތް ރަނގަޅު ނޫން ކަން އެ ވަގުތު ނާއިލްއަށް ޔަގީން ވިއެވެ. އެހެން ނަމަވެސް އެއީ ޔަޒާންގެ ކޮއްކޮއަށް ވީތީ އަދިވެސް ޔާނިއުއާ ނާޔާ އެ ގޮތަށް ވާހަކަ ދައްކާ، އެ ދެމެދުގައި އެ ގުޅުން އޮންނާކަށް ނާއިލްގެ ހިތެއް ނޭދެއެވެ.
ނާއިލްގެ މޫނަށް ބަލާލާފައި ލޯ ފޮހެލަމުން ނާޔާ އެތެރެއަށް ވަނެވެ.
“ނާޔާ…” ނާޔާގެ އިންތިޒާރުގައި، ކޮޓަރީގެ ދޮރުވެސް ނުލައްޕާ އިން ނައިހާ، ނާޔާ ފެނުމާ އެކު ގޮވާލިއެވެ.
ރޮއެރޮއެ ހުރި ނާޔާގެ މޫނު ފެނުމުން ނައިހާ، އަނުމް ބާއްވާފައި ނާޔާ ގޮވައިގެން ގޮސް އިށީނެވެ. އެއްވެސް ސުވާލެއް ނުކޮށް ނާޔާ ގައިގައި ބައްދާލައިގެން ނާޔާ ހުއްޓާލަން ދެން ނައިހާ އިނެވެ.
“ދޮންތާ… ޔާނިއު ބުނީ އަހަރެން ދެކެ ލޯ ބި ވިޔަސް މަންމަމެން ގަބޫލު ނުވަންޏާ އަހަންނާ ވާހަކައެއް ނުދައްކާނަމޭ…” އިރުކޮޅެއް ފަހުން ދުރަށް ޖެހިލާފައި ދެ އަތުން ލޯ ފޮހެލަމުން ނާޔާ އެހެން ބުނުމާ އެކު އަނެއްކާވެސް ރޮވުނެވެ.
ހަމަ އެ ވަގުތު އެ ކޮޓަރި ދޮރުމައްޗަށް އައިސް ހުއްޓުނު ނާއިލްއަށްވެސް ނާޔާ ބުނި އެއްޗެއްގެ އަޑު އިވުނެވެ.
ނާއިލް ފެނުމާ އެކު ނާޔާ އަނެއް ފަރާތަށް އެނބުރުނެވެ. ރޯން އިން ކޮއްކޮ ފެނުމުން ނާއިލް ވަރަށް ދެރަ ވިއެވެ. އެތެރެއަށް ވަދެ ނާޔާގެ ބޮލުގައި ނާއިލް އަތް ޖައްސާލިއެވެ.
ނާއިލްގެ އަތް ފޮޅުވާލާފައި ނާޔާ ދުރަށް ޖެހިލިއެވެ.
“ނާޔާ…” ނާއިލް އެއްޗެއް ބުނަން އުޅުނެވެ.
“ދޮންތާ، ބުނޭ އަހަރެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް. އެ އައީ އަހަރެން ގައިގަ ޖަހަން ވިއްޔާ ޖަހާފަ ދާށޭ ބުނޭ. މިހާރު ދެން އެންމެން ބޭނުން ވާ ގޮތަށް ވީއެއްނު؟ ޔާނިއު އެ ބުނީނު ދެން އަހަންނާ ވާހަކައެއް ނުދައްކާނަމޭ؟” ނާއިލް ދެކެ ރުޅީ އައިސްފައި ހުރި ނާޔާ، އެއްވެސް ގޮތަކަށް ނާއިލްއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.
“ތުއްތުބޭ ނޫޅެމޭ ނާޔާ ގައިގަ ޖަހާކަށް… އެ ދުވަހުވެސް ޖެހުނީތީ ވަރަށް ދެރަ ވެއްޖެ، އައިމް ސޮރީ…” ނާއިލް ބުންޏެވެ.
ނާޔާ ޖަވާބެއް ނުދީ، ނާއިލްއާ ދިމާއަށް ބަލާވެސް ނުލާ އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
“ނައި…”
ނާއިލް ބުނަން އުޅުނު އެއްޗެއް އަޑު އަހާކަށް ނައިހާވެސް ބޭނުމެއް ނުވިއެވެ.
“ތުއްތުބޭ ނާޔާއާ ވަހަކަ ދައްކަން ބޭނުމިއްޔާ އޭނަ ބޭނުން ވާ ކަންތައް ކޮށްދީ. އެހެން ނޫނީ އޭނަ އުޅޭ ގޮތަކާ މެދު ކަންބޮޑު ވެގެން ނޫޅޭ. ދުވަސްކޮޅަކުން އާދަވެދާނެ އެހެން އުޅެން” ނައިހާ ބުންޏެވެ.
“ނައި ބުނި ހެން ޔަޒާން ދެކެ އަންނަ ރުޅި އެހެން މީހަކަށް ބާލަން ބޭނުން ވެފަ ހުރި ވަރުން އެ ދުވަހު ޔާނިއު ދެކެ އެހާ ރުޅި އާދެވުނީ. އިޝާމްވެސް އެތައް ފަހަރަކު ބުނެފި ޔާނިއު ދެކެ ރުޅީ އަންނާކަށް އެއްވެސް ސަބަބެއް ނެތޭ. އެކަމަކު ގޮތް ދޫ ނުކުރަން ހުރެވުނީ. މިރޭވެސް ޔާނިއު އައިސް އެ ބުނީ އަހަރުމެންގެ ރުހުމާ ނުލާ އޭނަ ނާޔާއާ ވާހަކައެއް ދެން ނުދައްކާނަމޭ. އޭނަ އަކީ ގޯސް ކުއްޖެއް ނަމަ އެހެންނެއް ނުބުނާނެ… މާދަން މަންމަ ކައިރީ ބުނާނަން ޔާނިއުއާ ނާޔާ ވާހަކަ ދެއްކިޔަސް ހެވޭ… ނައިވެސް ބުނެދީ ނާޔާ ކައިރީ އެހެން…” ދެރަވެފައި ހުރި ނާއިލް އެހެން ބުނެފައި އެ ކޮޓަރިން ނިކުންނަން ދިޔައެވެ.
“ތުއްތުބޭ…” ނައިހާ ގޮވާލިއެވެ.
ނާއިލް މަޑުކޮށްލާފައި ބަލާލިއެވެ.
“ތެންކިޔު!” ނައިހާ ބުންޏެވެ.
ނާއިލް ހީލާފައި އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
ދެ ވަނަ ފަހަރަށް ނާއިލްއަށް ގޮވާލަމުން ނައިހާ ގޮސް ނާއިލްގެ އަތުގައި ހިފާލިއެވެ.
“ސޮރީ… އެނގޭ އަހަރުމެން އެންމެން ރުޅި އައިސް ވާހަކަ ނުދައްކާ ތިބީމަ ތުއްތުބޭ ދެރަ ވި ކަން… ސޮރީ…” ނައިހާ ބުންޏެވެ.
“އިޓްސް އޯކޭ… ނައިއަށް ވީ ކަހަލަ ކަމެއް އެއްވެސް ކޮއްކޮއަކަށް ވާކަށް ތުއްތުބޭ ނޭދެން… އެހެންވެ އެހާ ރުޅި އާދެވުނީ… ސޮރީ…” ނާއިލްވެސް މާފަށް އެދުނެވެ. އަދި ނައިހާގެ ބޮލުގައި ފިރުމާލާފައި ނިކުތެވެ.
ހަމަ އެ ވަގުތު ނާޔާއަށް ގުޅާފައި އެ ވާހަކަ ބުނަން ނައިހާ ހިތަށް އެރިއެވެ. ނަމަވެސް މަޑުކޮށްލީ އަނެއް ދުވަހުން ނާޔާއަށް ސަޕްރައިޒްއެއް ދޭނީއޭ ހިތަށް އަރާފައެވެ. ހެނދުނު ނަޒްހާއަށް ގުޅާފައި އަންނަން ބުނާނީއެވެ. އަދި ނައިހާއާ ނަޒްހާއާ ނޫރާ ވެގެން ނާޔާ ސަޕްރައިޒް ކޮށްލާނީއެވެ.
އަނެއް ދުވަހު ސައި ބޯން އިނދެފައި ނާއިލް އެ ވާހަކަ ގޭ އެހެން މީހުން ކައިރީ ބުންޏެވެ. ނާއިލް އޮފީހަށް ދިޔުމުން ނައިހާ އެންމެން ކައިރިން އެދުނީ އެކަން އިހަށް ނާޔާއަށް ސިއްރު ކޮށްދިނުމަށެވެ. ހަވީރު ޑިޔުޓީ ނިންމާފައި ނަޒްހާ އައުމުން ނަރީމާ ކައިރިން ހުއްދަ ހޯދައިގެން އެރެއަށް ކުޑަ ކެއުމެއް ތައްޔާރު ކުރަން ރޭވުމުގައި ނައިހާއާ ނަޒްހާއާ ނޫރާއާ ލައިލާ އުޅުނެވެ.
ޔާނިއުއަށް ގުޅީ ނައިހާއެވެ. ވީ ގޮތް ބުނެދިނުމުން ޔާނިއު ވަރަށް އުފާ ވިއެވެ. އެރޭ ނާޔާއާ ބައްދަލު ކުރަން ދާން ވާ އިރަށް ނާޔާއަށް ދޭނެ ހަދިޔާއެއް ގަންނަން ޔާނިއު ނިކުތެވެ.
ނުވައެއް ޖެހި އިރު ކާން ކަމަށް ބުނެ އަނުމް ކައިރީ މަޑުކޮށްލުމަށް ބުނެފައި ނައިހާ ތިރިއަށް ދިޔައެވެ. އޭރު ޔާނިއު އައިސް ނަޒްހާ ކައިރީ އިނެވެ.
ލައިލާ ގޮވުމުން ނާއިލް ކާން އައި އިރު ޔާނިއު ފެނުމުން ނާއިލް މަޑުކޮށްލިއެވެ.
“ޔާނިއު… ސޮރީ އިނގޭ. އަސްލު މާ ބޮޑަށް ރުޅި އާދެވުނީ. އަބަދުވެސް އަހަރެންގެ މޮޓޯއަކަށް ވެފަ އޮންނަނީ ރިއެކްޓް ފަސްޓް، ތިންކް ލާސްޓް! އެހެންވެ އެރޭ އެހެން އެ ވީ. އެކަމަކު މިހާރު މޮޓޯ ޗޭންޖް ކުރަން ވެފަ މިހިރީ. އެރޭގެ ފަހުން ނާޔާ އަހަންނާ ވާހަކަވެސް ނުދައްކާ. ޔާނިއު އައީމަ ދެން ފަހަރެއްގަ ނާޔާ އަހަންނަށް މާފު ކޮށްފާނެ ކަންނޭނގެ. އެކަމަކު… އެ ކަހަލަ ސީންސް ފެނިގެން ނުވާނެ އިނގޭ! ތަންކޮޅެއް ދުރުގަ…” ޔާނިއު ކައިރީ މަޑުކޮށްލާފައި އެންމެ ފަހުން ބުނެލި ޖުމްލައާ އެކު އިނގިލި ދިއްކޮށްލާފައި ނާއިލް ބުންޏެވެ.
ޔާނިއު ބޯ ޖަހާލިއެވެ.
ނަޒްހާއާ ނައިހާއާ ނޫރާ ހިނި އައިސްފައި ތިބީ ނާއިލް ބުނި އެއްޗެއް ވިސްނުމުންނެވެ.
“ހިނގާ މައްޗަށް ދާން. ދެން ލަސް ކުރާކަށް ނުވާނެ. އެ ފަކީރު މިހާރުވެސް ކިހާ ވަރަކަށް ރޮއެފި؟ ހިނގާ އަވަހަށް” ނަޒްހާ ތެދުވެފައި ބުންޏެވެ.
“މަޑު ކޮށްލާ. ނާޔާއާ ޔާނިއުއަށް ނޫޑްލްސް ގެންދާނީ މައްޗަށް ދޯ؟” ނައިހާ ބުންޏެވެ. ނަޒްހާ ބޯ ޖަހާލުމުން ނައިހާ ކާ އެއްޗެހި ތައްޔާރު ކޮށްގެން އައުމުން ނަޒްހާއާ ނައިހާއާ އެކު ޔާނިއު މައްޗަށް ދިޔައެވެ.
“ނާޔާ، އެބަ ހުރި ނާޔާގެ ފްރެންޑެއް މީޓް ކޮށްލަން އައިސް، ވަންނާށޭ ބުނަން ވީތަ؟” ކޮޓަރިއަށް ވަންނަމުން ނައިހާ ބުންޏެވެ.
“ކާކު؟ އަޅެ ގުޅާލާފަ އައި ނަމަވެސް ދޯ؟ އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނެތް. ގެއަކު ނެތޭ ބުނި ނަމައެއްނު؟” ފޫހި ވެފައި އިނދެ ނާޔާ ބުންޏެވެ.
“ދެން މި ފަހަރު ވާހަކަ ދައްކާލަބަލަ. ފްރެންޑަކާ ވާހަކަ ދައްކާލެވުނީމަ ނާޔާ ތި ފޫހިގަނޑުވެސް ފިލާފާނެ” ނަޒްހާ ބުންޏެވެ. އަދި ބޭރަށް ބޯ ދިއްކޮށްލާފައި އަންނާށޭ ބުނި އަޑި ނާޔާއަށް އިވުނެވެ.
ނާޔާ ދޮރާ ދިމާއަށް ބަލާލިއެވެ. އެއާއެކު ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން އިނެވެ.
“ނާޔާ…!” ނައިހާ ނާޔާގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލިއެވެ.
“ދޮންތާ… ތުއްތުބޭއަށް އެނގިއްޖެއްޔާ ނިމުނީ… މަންމަ ކޮބާ؟” ބިރުގެންފައި ނާޔާއަށް ބުނެވުނެވެ.
“ދޮންތަގެ ދޫނިގަނޑާ، ތުއްތުބޭ އޯކޭ ވެއްޖެ ރޭގަ. މަންމަ ކައިރީވެސް ބުނެފި ތުއްތުބޭއަށް އޯކޭއޭ ނާޔާ ޔާނިއުއާ ވާހަކަ ދެއްކިޔަސް” ނައިހާ ބުންޏެވެ.
“އަސްލުވެސްތަ؟” އެތައް ދުވަހެއް ފަހުން ނާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
“އެކަމަކު ތުއްތުބޭ ބުނީ ކޮންމެސް ސީންއެއްގެ ވާހަކަ. ތަންކޮޅެއް ދުރުގަ ތިބޭށޭ… ނޭނގެ ކީކޭ ކަމެއް އެ ބުނީ…” ނޭނގޭ ކަމަށް ހެދެމުން ނަޒްހާ ބުނެލިއެވެ.
“ދެން ތުއްތާ!” ނާޔާ ބުނެލިއެވެ.
“ދެން ހިނގާ އަހަރުމެން ބޭރަށް އިހަށް. ނާޔާ، ނޫޑްލްސް ކާން އާދޭ އިނގޭ އެއްޗެހި ހިހޫ ނުވަނީސް” ނައިހާ އެހެން ބުނެފައި ނަޒްހާ އަތުގައި ހިފައިގެން ނިކުތެވެ.
ނާޔާ އިރުކޮޅަކު ޔާނިއުއަށް ބަލަން ހުރެފައި އައިސް ޔާނިއު ގައިގައި ބައްދާލިއެވެ.
“އައި ލަވް ޔޫ!” ނާޔާ ބުންޏެވެ.
“އައި ލަވް ޔޫ ޓޫ!” ޔާނިއު ޖަވާބުގައި ބުންޏެވެ.
އިރުކޮޅަކު އެހެން ތިބެފައި ނާޔާގެ ކޮނޑުގައި ހިފާ ޔާނިއުއާ ދުރު ކޮށްލިއެވެ.
“ނާޔާގެ ތުއްތުބޭ އައިސްދާނެ ބުނި ގޮތަށް ތޯ ކަންތައް ކުރަނީ ޗެކް ކުރަން. މިހެން ތިއްބާ ފެނިއްޖެއްޔާ އަނެއްކާ ނޭނގެ މީޓް ކުރުން މަނާ ނުކުރާނެ ކަމެއްވެސް” ހިނި އައިސްފައި ޔާނިއު ބުނެލިއެވެ.
“ޕްރޮބަބްލީ ބުނާނެ ކަންނޭނގެ އަހަރުމެން ދެ މީހުން ވާހަކަ ދައްކަން ޖެހޭނީ މެދުގަ ތުއްތުބޭ ބައިންދައިގެންނޭ” ހެމުން ނާޔާ ބުންޏެވެ. އަދި ޔާނިއުގެ އަތުގައި ހިފައިގެން ނިކުތެވެ.
ނާއިލް ކައިގެން މައްޗަށް އައި އިރު ހަތަރު އަންހެން ކުދިންނާ ޔާނިއު ތިބީ ކާށެވެ. ނާއިލް އައިސް ނާޔާ ކައިރީ ހުއްޓުނެވެ.
“އަދިވެސް ތުއްތުބޭއާ ރުޅިތަ؟” ނާއިލް އަހާލިއެވެ.
“ދެން ޖެހޭނީ ވާހަކަ ދައްކަން ދޯ؟” ނާޔާ ބުންޏެވެ.
“ސޮރީ!” ނާއިލް އަނެއްކާވެސް މާފަށް އެދުނެވެ.
“އިޓްސް އޯކޭ…” އެނބުރިފައި ނާއިލްއާ ދިމާއަށް ބަލާލަމުން ނާޔާ ބުންޏެވެ.
“ސޯ… މިރޭ ޝާދުވެސް ނާދޭތަ؟ ކޮބާ އަދީމް؟ އިޝާމްއަކަށް ނުގުޅަންތަ ނައި؟” ނާއިލް އެހެން ވާހަކައެއް ފެށިއެވެ.
“ޝާދު މިރޭ އޮފީހަށް ދާން ޖެހިގެން ނާދެވުނީ” ނަޒްހާ ބުންޏެވެ.
“އަދީމް ދިޔައީ އޭނަގެ ބައްޕަ ޑޮކްޓަރަށް ދައްކަން ވެގެން” ނޫރާވެސް ނާއިލްގެ ސުވާލުގެ ޖަވާބު ދިނެވެ.
“އިޝާމް އަންނާނެ އިރުކޮޅަކުން” ނައިހާ ބުންޏެވެ.
“އިޝާމް މިހިރީ އައިސް” އެ ވަގުތު އިޝާމްގެ އަޑު އިވުނެވެ. ނައިހާ އަވަހަށް ތެދުވެ އިޝާމް ކައިރީ ކާން އައުމަށް ބުންޏެވެ.
“މިހާރު ދެން އިޝާމްއާ ވާހަކައެއް ދައްކާލަން ވިޔަސް މި ޖެހެނީ ފުރަތަމަ ނައި ކައިރިން ހުއްދަ ހޯދަން. އަދި މި މީހުން މެރީ ކޮށްފިއްޔާ އަހަންނަށް އިޝާމް ނުވެސް ފެންނާނެ. އެހެން ބެސްޓް ފްރެންޑެއް ހޯދަން ވީ ކަންނޭނގެ” ނައިހާ ކައިރީ އިޝާމް އިށީނުމުން ނާއިލް ޝަކުވާ ކޮށްލިއެވެ.
“ތުއްތުބޭ ޖެލަސް ވީތަ؟” ނައިހާ ސަމާސާ ކޮށްލިއެވެ.
“ނޯ! ޔޫ ކޭން ހޭވް ހިމް!” ދެ އަތް މައްޗަށް ހިއްލާލަމުން ނާއިލް އެހެން ބުނެފައި ކޮޓަރިއާ ދިމާއަށް ދިޔައެވެ.
“އެހެން ނޫނަސް ނައިއާ އިޝާމް އެއްތަން ވިއްޔާ އަހަރެން ވީހާވެސް ދުރުގަ ހުރުން ކަންނޭނގެ ރަނގަޅު ވާނީ. ނާޔާއާ ޔާނިއުވެސް ހަމަ އެހެން” ފަހަތަށް ބަލާނުލާ އެހެން ބުނެފައި ނާއިލް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
އިޝާމް ބާރަށް ހެމުން ނައިހާ ގައިގައި ބައްދާލިއެވެ. ނާޔާ ލަދުން މޫނު ރަތް ވެގެން ދިޔުމާއެކު އިސް ޖަހާލިއެވެ. ޔާނިއު ހިނިއައިސްފައި އިނެވެ. ނޫރާއާ ނަޒްހާ އެ މީހުންނާ ދިމާ ކުރަން ފެށިއެވެ.
“ވަރަށް ފޫހިވޭ މިހާރު އޮފީހަށް ދާން. ހިތަށް އެބަ އަރާ އޮފީހުން ކެނޑިގެން އަނެއްކާ ކިޔަވަން ފަށަން” އަނުމްގެ އެއްޗެހި ފަތް ޖަހަން އިން ނައިހާ ތުން ދަމާލަމުން ބުންޏެވެ.
“އޭރުންނޯ؟ އޮފީހަށް ދަމުން ޕާޓްޓައިމްކޮށް ކިޔަވަން ވީނު؟” ނައިހާ ކައިރީ ލެޕްޓޮޕް ހިފައިގެން އިން ނޫރާ ބުންޏެވެ.
“މިހާރުވެސް މި އުޅެނީ އަނުމް ބާއްވާފަ ދާން ބޭނުން ނުވެގެން. އޭރުން އަދި ހައްތަހާ ގޭގަ ހުންނަން ލިބޭ ވަގުތުކޮޅު މަދު ވާނީ” ނައިހާ ބުންޏެވެ.
“ދެން…؟” ނޫރާ ލެޕްޓޮޕް ބަހައްޓާފައި ނައިހާއާ ދިމާއަށް އެނބުރުނެވެ.
“ނޭނގެ. މިހާރު މެރީ ކުރަން ބޭނުން ވަނީ. އަހަރެއް ވަނީ މެރީ ކުރަން ކިޔާތާވެސް. މެރީ ކޮށްފަ އޮފީހަށް ދަމުން ކިޔަވަން ދަމުން އަނުމްއަށް ވަގުތު ދެމުން އިޝާމްއާ އަހަންނަށް ނުވާނެ ވާހަކަ ދައްކާލާނެ ވަގުތުކޮޅެއްވެސް. އެެހންވެ ހިތަށް އަރަނީ އޮފީހުން ކެނޑެން” ނައިހާ ވިސްނާފައިވާ ގޮތް ނޫރާއާ ހިއްސާ ކުރިއެވެ.
“ދޮންތައަށް އެނގޭނީ ހަދާނެ ގޮތެއް. ކޮންމެ ގޮތެއް ހެދިޔަސް، ދޮންތަ އޮފީހަށް ދިޔަޔަސް ކިޔަވަން ދިޔަޔަސް މަންމަ ހުންނާނީ އަނުމް ބަލަން ރެޑީއަށް” ނޫރާއަށް އެކަން ޔަގީންވެއެވެ.
“ހިތަށް އަރާ އިޝާމްއާ މެރީ ކޮށްފަވެސް މަންމަ ކައިރިއަށް އަނުމް ގެނައިމަ އުނދަގޫ ވާނެއޭ. ދޮންބެދައްތަ އޮފީހަށް ނިކުތީމަ މަންމައަށް މަލަކްވެސް ބަލަން ޖެހޭނެއެއްނު؟” ނައިހާ ކަން ބޮޑުވަނީ އަނުމްއާ، ޝާލިޔާއާ ނަވާފްގެ ދަރިފުޅާ ދެ ކުދިން ގެންގުޅެން ނަރީމާއަށް އުނދަގޫ ވެދާނެތީއެވެ.
“އެއީ ދެން އެހާ ބޮޑު ކަމެއްތަ؟ އަހަރެންވެސް ގިނަ ވަގުތު މި ހުންނަނީ ގޭގަ. ނާޔާވެސް މެންދުރު ކުރީގަ ހުންނަނީ ގޭގަ. ދެން އަނެއްކާ ދޮންބެ އެބަ ކިޔާ ދޮންބެދައްތަ އޮފީހަށް ނިކުންނަން ވާ އިރަށް ގޭ ތެރޭގެ ކަންތަކުގަ މަންމައަށް ހެލްޕް ވާން މެއިޑްއެއް ގެންނަ ވާހަކަ. މަންމައަކަށް ނުވާނެ އެހާ ބުރައެއް. ދޮންތަ މާ ބޮޑަށް ތި ހާސް ވަނީ” ނައިހާގެ އަތުގައި ހިފާލަމުން ނޫރާ ވިސްނައިދިނެވެ.
“މިރޭ އިޝާމް އައިމަ އެ ވާހަކަ ދައްކާލާނަން” ނައިހާ ބުންޏެވެ.
އެރޭ އިޝާމް އައުމުން ނައިހާ އެ ވާހަކަ އިޝާމްއާ ހިއްސާ ކުރިއެވެ. ނައިހާގެ ބޭނުން ކަމެއް ކުރުމަށް އިޝާމް ނައިޙާއަށް ހިތްވަރު ދިނެވެ. ހަމަ އެއާއެކު ދުވަސްތަކެއް ވަންދެން އިޝާމް ދައްކަން ބޭނުން ވެފައި ހުރި ވާހަކަ އެރޭ ދައްކަން އިޝާމް ބޭނުން ވިއެވެ.
“އަހަރުމެން މެރީ ކުރަނީ ކޮން އިރަކުން؟” އިޝާމް އަހާލިއެވެ.
“އިޝާމް ބުނަން ދެން އަހަރެން މި ހުންނަނީ. އިޝާމް ބޭނުން އިރަކުން ދެން މެރީ ކުރަން އަހަރެން ބޭނުމީ. މިހާރު އަނުމްއަށް އަހަރެން ވަނީ. ދެން މާ ގިނަ ދުވަހު މަޑު ކުރާކަށް ބޭނުމެއް ނޫން” އިޝާމްގެ ގައިގައި ލެނގިލަމުން ނައިހާ ބުންޏެވެ.
“އެހެން ވިއްޔާ ނައި ދުވަހެއް ބުނޭ. މާދަމައަށްވެސް އަހަރެން ރެޑީ” އަތުގެ އިނގިލިތައް ނައިހާގެ އިނގިލިތަކާ މަހާލަމުން އިޝާމް ބުންޏެވެ.
“ޓޫ ވީކްސް ފަހުން މެރީ ކުރަން ވީނު؟” ނައިހާ ބުންޏެވެ.
“އޯކޭ. ހުރިހާ ކަމެއް ރެޑީ ވާނެތަ ޓޫ ވީކްސްއަށް” އިޝާމް އަހާލިއެވެ.
“މާ ގިނަ ކަންތައްތަކެއް ކުރާކަށް ބޭނުމެއް ނޫން. އިޝާމްއާ މެރީ ކުރެވެނިކޮށް އެ ނިމުނީ” ނައިހާ ބޭނުން ވަނީ ދެން އިތުރަށް މަޑު ނުކޮށް އަވަހަށް ކައިވެނި ކުރާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.








Hi all, miothy part 16, mi bai thankolheh kuru vaane. 17 aky vaahakaige fahu bai. E bai genesdheynan Sunday ga. Kiyaalaafa comment kollahchey ingey. Hav a good day all. ❤️❤️❤️
❤❤❤❤❤VaRah❤❤❤❤❤❤
❤❤❤❤VaRah ❤❤❤❤❤❤❤
❤❤❤VaRah ❤❤❤❤❤❤❤❤
❤❤ReeThi ❤❤❤❤❤❤❤❤
❤❤❤❤Maa Sha Allah.❤❤❤
❤❤❤❤Waiting ❤❤❤❤❤❤
❤❤❤❤❤❤for❤❤❤❤❤❤
❤❤❤❤❤❤❤the ❤❤❤❤❤
❤❤❤❤❤❤❤❤next ❤❤❤
❤❤❤❤❤❤❤❤❤❤part..❤
Thank u Yanaa ❤️❤️
?????varah????
?????varah????
????reethi?????????
Thank u Anaa ??
Maasha allah Mi part vx hama habeys…??????????????… Finally ishaam nd naiha getting married dhw..????????????…. Waiting fr nxt part….????????…….. LYSM marsha sissy…?????????… Keep it up dear!!!!??????
Thank u Kylie, ??
Wow❤❤❤❤ varah reethi mi part vx??? and varah furihama??? dhen Marsha new story eh nuliyaanan tha? Plx adhi mi kahala reethi vaahaka liyahchey❤❤❤ curiously waiting for next part???.
Thank u Maisha. New story eh fashaanan mi story ninmaafa, v soon, ❤️❤️
dhn ehn stry rh nufashan tha marshahthaa
Thank u nau, mi story nimunyma Ehen story eh fashaanan
Varah reethi mi bai vx…..whn nxt….waiting…..
Thank u Kairaa
Alhey mi vaahaka nimuny Dhw………… Anyway Mi part ves Varah reethi……….. Whn nxt……….
Last part tomorrow, thank u shuha