Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 2

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
January 30, 2020 6 Mins Read
10 Comments

“ހެޔޮ ނުވާނެ ނިހާން، އޭނަގެ ކެތްތެރިކަމާ މެދު އެއްފަހަރުވެސް ވިސްނާލިންތަ؟ އޭގެންވެސް އޭނަ ލޯބި ވާ ވަރު ނުވިސްނޭތަ؟ ކޮން އިރަކުތަ ތިހާ ހިތް ހަރު މީހަކަށް ނިހާން ވީ؟” ނިހާންއަށް ވިސްނައިދޭން މަސައްކަތް ކޮށްކޮށް ޝަނާޒް ވަރުބަލި ވެއްޖެއެވެ.

“ނާޒްއަށް އެނގޭނެ ކޮން އިރަކު ކަން… އަހަރެން ބުނެދޭކަށް ނުޖެހޭނެ…” ނިހާން ބުނެލިއެވެ.

“ނަންނައަށް ސަލާން ބުނެދޭތި…” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޝަނާޒް އެހެން ބުނެފައި ނިހާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯން ކަނޑާލިއެވެ. އަދި ކޯލް ލޮގް އިން އެ ކޯލް ފޮހެލިއެވެ.

ފޯނަށް ބަލަން އިރުކޮޅަކު ހުރެފައި ޝަނާޒް ރީތިވާ މޭޒުމަތީ ފޯން ބާއްވާފައި ވަތްގަނޑު ހުޅުވާލާފައި ބޭސް ކާޑެއް ނެގިއެވެ.

ޝަނާޒްގެ ދިރިއުޅުމާ މެދު ގޮތެއް ނިންމާފައި ވާކަން ޔަގީން ނުވަނީސް އަމިއްލަ ދިރިއުޅުމާ މެދު ނިހާން ނުވިސްނާނެ ކަން ޝަނާޒްއަށް އެނގެއެވެ. ޝަނާޒް ގޮތެއް ނިންމިތާ ކިތަންމެ ދުވަހެކެވެ. ދުވަހެއްވެސް ނޫނެވެ. ހަގީގަތުގައި ދެ އަހަރު ކުރިން ޝަނާޒް ވަނީ ގޮތެއް ނިންމާފައެވެ. ހުވަފެންތަނެއް ދުށުމުގައި ދުވަސްތަކެއް ބޭކާރުކޮށްލުމުގެ ބަދަލުގައި ޝަނާޒް ބޭނުން ވީ ފެށިފައި ވާ ދިރިއުޅުން އާބާދު ކުރާށެވެ. ކޮންމެ ގޮތަކަށް ފެށުނު ނަމަވެސް އެ ކައިވެނި ކާމިޔާބު ވުމަށް މިއަދު ޝަނާޒް އެދެއެވެ.

އެކާވީސް ގުޅަ އިން އެ ބޭސްކާޑުގައި ބާކީ އިން ބާރަ ގުޅަ ބޭސް ކާޑުން ވަކި ކޮށްލާފައި ޝަނާޒް ޑަސްޓްބިނަށް އަޅާލިއެވެ. އެއަށް ފަހު ވަތްގަނޑުން ކަތުރު ނަގާ ކާޑު ކަފާލާފައި އެވެސް ޑަސްޓްބިނަށް ވައްޓާލިއެވެ.

“ތިޔޯ…؟”

ސިހިފައި ޝަނާޒްއަށް ދޮރާ ދިމާއަށް ބަލާލެވުނެވެ.

“ޝަނާ ޚިޔާލު ބަދަލު ވީތަ؟” ދޮރުމަތީ ހުރި އަސަދު ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.

“އެހެން ކަންތައްވެސް ބަދަލު ވާ އިރު ކީއްވެ އަހަރެންގެ ހިޔާލުވެސް ބަދަލު ނުވާންވީ؟” ޝަނާޒްވެސް ކޮށްލީ ސުވާލެކެވެ.

ޝަނާޒްގެ ކުރިމަތީ ހުއްޓި، އަސަދު ޝަނާޒްގެ މޫނަށް ބަލަން ހުއްޓެވެ.

“މި ކައިވެންޏަށް ކިތަންމެ ދުވަހެއް ވިޔަސް ދުވަހަކުވެސް އަހަރެންގެ ކުއްޖަކު ބޭނުމެއް ނޫނޭ ބުނީމެއްނު…؟ ޝަނާ ހަނދާން ނެތުނީތަ؟” އަސަދު އަހާލި އިރު އެ އަޑުގައި ވީ މަޑުމައިތިރިކަމެވެ.

ނޫނެކެވެ. ޝަނާޒް ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. އެއީ އަސަދުއާ ކައިވެނި ކުރުމަށް ފަހު ޝަނާޒް އަސަދުއާ ދިމާއަށް ބުނި ބަހެކެވެ. އޭރު އެއީ ޝަނާޒް ބޭނުން ވި ގޮތެވެ.

ނަމަވެސް އޭގެ ފަހުން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވީއެވެ. ޝަނާޒް ހަނދާން ނެތުނީއެއް ނޫނެވެ. ވަގުތާ ހާލަތާ، ޝަނާޒްއާ އަސަދުވެސް ބަދަލު ވީއެވެ.

އޭރު އެހެން ބުނެވުނީތީ މިއަދު ޝަނާޒް ދެރަވެއެވެ. އެ ގޮތަށް އަސަދުގެ ހިތަށް ތަދު ކުރެވުނީތީ ހިތާމަ ކުރެއެވެ. ނަމަވެސް މާފަށް އެދުމުގެ ބަދަލުގައި ޝަނާޒް އަސަދުއާ ގާތަށް ޖެހިލާ، ދެ އަތުން އަސަދުގެ ގައިގައި ބައްދާލަމުން އެ މޭގައި މޫނު ޖައްސާލިއެވެ. ލޯ މަރާލަމުން އަސަދުވެސް ޝަނާޒް ގެނެސް އަދިވެސް ބޮޑަށް ގަޔާލާ ފިއްތާލިއެވެ.

 

“ދައު، ދާނަންތަ މަންމަމެންނާ އެކީ؟” ނުވައެއް ޖެހުމުން އަމީރާ ދާން ތައްޔާރު ވެފައި ދައުހާއާ ސުވާލު ކޮށްލިއެވެ.

“ނޫން، މަންމަމެން ދޭ، އަހަރެން ދާނީ ފަހުން” ޒައިނާ ކައިރީ އިން ދައުހާ ބުންޏެވެ.

އަދާ އުރާލައިގެން ހުރި ދުންޔާ، އެ ކުއްޖާ ޒައިނާ އަތަށް ދީފައި ޒައިނާ ކައިރީ ދަނީއޭ ބުނެފައި އަމީރާއާ އެކު ނިކުތެވެ.

ޢިޝާ ނަމާދަށް ދިޔަ ޒައިނާގެ އެއްބަނޑު އެއްބަފާ ހަ ބޭބެއިން ގެޔަށް އައިސް ޒައިނާގެ ކޮޓަރިއަށް ވަނީ ރޭގަނޑުގެ ކެއުމަށް ފަހު ދިހައެއް ޖަހަން އުޅެނިކޮށެވެ. އެ ވަގުތާ ޖެހެން ދެން ހީ ސަކަރާތް ޖެހުމުގައި އިން ދައުހާ ކުއްލިއަކަށ ހިމޭން ވިއެވެ. މޫނު މަތީ ހުރި ހިނިތުންވުން ފިލިއެވެ.

ބޭބެމެން ފެނުމުން އުފަލުން ތެދުވި ޒައިނާއަށް، އެކުވެރިޔާއަށް އައި ބަދަލު ފާހަގަ ކުރެވުނެވެ.

ދައުހާ ކޮންމްވެސް ކަމަކާ ވިސްނާ، އެހެން މީހަކަށް ނޭނގޭނެހެން ކަމަކާ ހިތާމަ ކުރާކަން ޒައިނާއަށް އެނގެއެވެ. ޒައިނާއަށް އޭގެ ދެ އަހަރު ކުރިން އެކަން ފާހަގަ ކުރެވުނެވެ. ދައުހާއާ ސުވާލު ކުރުމުން އެއްވެސް ކަމެއް ނުވާ ކަމަށް ބުނެ ދައުހާ އެ ވާހަކަ އޮޅުވާލަން ތިން ހަތަރު ފަހަރަށް މަސައްކަތް ކުރިއެވެ. ދައުހާ އެ ވާހަކަ ދައްކަން ބޭނުން ނުވާކަން ވިސްނި އެ ދުވަސްކޮޅު ޒައިނާ ސުވާލު ކުރުން ހުއްޓާލީ ފަހުން ކޮންމެވެސް ގޮތަކުން އެކަން އޮޅުން ފިލުވަން މަސައްކަތް ކުރުމަށް ނިންމައިގެންނެވެ. ނަމަވެސް އޭގެ ފަހުން އެ ފުރުސަތު ޒައިނާއަށް ނުލިބުނީއެވެ.

“ދައު؟” ދައުހާގެ އަތުގައި ހިފާލަމުން ޒައިނާ ގޮވާލިއެވެ.

“ކީކޭ…؟” ސިހިފައި ޒައިނާއަށް ބަލާލަމުން ދައުހާ ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.

“ކިހިނެއް ވީ؟” ޒައިނާ އަހާލިއެވެ.

“ކަމެއް ވެއްޖެތަ…؟” އިސް ޖަހާލަމުން ދައުހާ އަހާލިއެވެ.

ދައުހާ ނުބުނި ނަމަވެސް ޒައިނާގެ ހިތުގައި ޝައްކެއް ވިއެވެ. ޒައިނާއަށް ބަލާލެވުނީ އާހިލްއާ ދިމާއަށެވެ.

“އަދާ ބޭބީ ނިދާފަތަ؟” ޒައިނާ ކައިރީ އޮތް އަދާއާ ދިމާއަށް ގުދުވެލަމުން ރިޔާން އަހާލިއެވެ.

“ނޫން، ކުޑަ ދޮންބެ އަންނާނެ ކަން އެނގޭތީ ހޭލާ މިއޮތީ” އަދާ ނަދާ، ޒައިނާގެ އެނދުގައި އިށީން ރިޔާންގެ އަތަށް ލައިދެމުން ޒައިނާ ބުންޏެވެ.

“އައްދޭ، އިއްޔެވެސް ރިޔާން އުޅުނު އަދާ އުރާލަން ނުކެރިގެން. މިއަދު ބިރެއް ނުގަނޭތަ؟” ނަވާޒް ރިޔާންއާ ދިމާކޮށްލިއެވެ.

“އިށިނދެ އިންދާ ނަންނަ އަދާ އޭނަގެ އުނގަށް ލައި ދިނީމަ އޭނީ، ނުކެރޭނެ އަމިއްލައަށް ނަގައިގެން އުރާލާކަށް. މިހާރު ވަރަށް ފޮނި ވެފަ އެބަ އިނެއްނު!” އަޔާޒް ދުރުގައި ހުރެފައި ރިޔާންއާ ދިމާކުރުމުގައި ނަވާޒްއާ ބައިވެރިވިއެވެ.

“ތުއްތޮންބެއަށް ވަރަށް ކެރޭ ވިއްޔަ އުރަން، ދުރުގަ ބަލަން ހުރެފަ އެހެން މީހުންނާ ދިމާ ކުރުން ނޫން ކަމެއް ނުވާނެ” ރިޔާންވެސް ބެލީ ކޮންމެވެސް މީހަކާ ދިމާކޮށްލެވޭތޯއެވެ.

“އަހަންނަށް ކެރޭނެ” އަޔާޒް ގޮސް ރިޔާން އަތުން އަދާ ނަގާ އުރާލިއެވެ.

އަޔާޒް އުރާލުމާ އެކު އަދާ ރޯންފެށިއެވެ. އެއާއެކު ބިރުން އަޔާޒް އެންމެ ކައިރީގައި ހުރި ދައުހާއާ ދިމާއަށް އެހީއަކަށް އެދި ބަލާލިއެވެ.

ދައުހާ އަދާ އުރާލިއެވެ. އަދާ ރުއިން ހުއްޓާލުމާ އެކު ދުރުގައި ހުރި އާހިލް އައިސް އަދާ އުރާލަން އަތް ދިށްކޮށްލި އިރަށް އާހިލްއަށް ވުރެ ކުރިން ނިހާން އަދާ އުރާލިއެވެ. ދައުހާއަށް، އެއް ފަހަރު އާހިލްއަށް އަނެއް ފަހަރު ނިހާންއާ ދިމާއަށް ބަލާލެވުނެވެ. ދެ މީހުންވެސް ތިބީ ދައުހާއަށް ބަލާށެވެ. އެހެން ތިބެފައި އާހިލް ބާރަށް ހީގަންނަމުން ދުރަށް ޖެހުނެވެ.

“ދޮންބެ ދެން މޮޅުކަން ދައްކާލީ، ތިއްތިބޭ މެރީ ކޮށްގެން ކިޑެއް ހޯދި އިރު އަހަރުމެން މާ ކުޑަ ވީމަ އޭގެ ފައިދާ ނަގައިގެން ނީލް ގެންގުޅެ ގެންގުޅެ ރަނގަޅަށް ޓްރެއިން ވެފަ ހުރީމަ ދެން އަދާ އުރާކަށް ބިރެއް ނުގަންނާނެއެއްނު؟” އަބަދުވެސް އެންމެ އަނގަ ގަދަ ރިޔާންއަށް ހިމޭނުން ނީނދެވިގެން ނިހާންއާވެސް ދިމާ ކޮށްލިއެވެ.

އެންމެންގެ ސަކަރާތް ޖަހަމުން ދިޔަ އިރު އެ ސަކަރާތުގައި ބައިވެރި ނުވެ ޒައިނާއަށް އިނދެވުނީ ދައުހާގެ ހަރަކާތްތަކަށް ބަލާށެވެ. ދައުހާ އަތުން ނިހާން އަދާ ނެގުމުން މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، ކޮޓަރިން ނިކުންނަން ބޭނުން ވި ދައުހާއަށް ކޮޓަރިން ނުނިކުމެވިފައި ހުރީ ދޮރުމަތީ ނަވާޒް ހުރުމުންނެވެ.

“ނަންނާ!” އެ ވަގުތު އަޔާޒް ޒައިނާއަށް ގޮވާލިއެވެ.

“ކީކޭ؟” ޒައިނާ އަޔާޒްއަށް ބަލާލިއެވެ.

“މިއަދު މި ގެޔަށް އައި ދައުތަ މިހާރުވެސް މި އުޅެނީ؟” ދައުހާއަށް ބަލަން ހުރި އަޔާޒް އަހާލިއެވެ.

އެއާއެކު އެތާ ތިބި އެންމެންގެ ނަޒަރު ދައުހާއަށް އަމާޒު ވިއެވެ.

“އެ ބުނާ ހެން. ބައެއް ފަހަރު މަށަށްވެސް ހީވޭ މި ގެޔަށް ދެ ދައުހާއެއް އަންނަ ހެން، ބައެއް ފަހަރު މި ދައުހާ… މަޑުމަޑުން ހުންނަ ދައު. އަނެއް ބައި ފަހަރަށް އެ މަޖާ ސަކަރާތް ޖަހާ ދައުހާ، އޭނަ ހުންނާނީ ހ ބައެއް ފަހަރު މި ދައުހާ… ލިއެވެ. ީލަހީލާ. އެނގޭތަ؟ އެ ދައުހާ މާ ބެސްޓް” ސަމާސާ ރާގެއްގައި ނަވާޒް ބުންޏެވެ.

“މި މީހުން ތިބޭނީ ދައުއާވެސް ދިމާ ކޮށްލާ ހިތުން އަބަދު. އަޅާނުލާ ދައު” ދައުހާގެ ކޮނޑުގައި އަތް އަޅުވާލަމުން ރާއިދު ބުނެލިއެވެ.

އެންމެން އެ ކޮޓަރިން ނިކުތީ އެގާރަ ޖެހުމުން ނަޝީލާ އައިސް އެއްޗެހި ކިޔަން ފެށުމުންނެވެ.

“ދައު، ވަރުބައްޔެއްވެސް ނުވޭތަ؟ އަޅެ، އޮފީހުން އައި ގޮތަށް ވިއްޔަ ތި އުޅެނީ” ނަޝީލާ ދައުހާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

“ވަރުބަލިވެސް ވެއްޖެ ނަޝީއްތާ، ގެޔަށް ދާން ވީ ދެން، ދޮންތަބޭ އެބަ އާދޭ ބަލާ” ދައުހާ ހީލާފައި ބުންޏެވެ.

“ދައު، އަހަރެން އެއްޗެއް އަހާލަންތަ؟” ނަޝީލާ ނިކުތުމުން ޒައިނާ އަހާލިއެވެ.

“އަހާބަލަ” ޒައިނާއަށް ބަލާލަމުން ދައުހާ ބުންޏެވެ.

“ކާކު އެއީ؟” ޒައިނާ އެހިއެވެ.

“ކޮބާ؟” ޒައިނާ ކުރި ސުވާލު ވިސްނުނު ނަމަވެސް ނޭނގޭ ކަމަށް ދައުހާ ހެދިއެވެ.

“ދެން ބުނެބަލަ. ވަރަށް ދުވަސް ވެއްޖެއެއްނު އަހަންނަށްވެސް ސިއްރުކޮށްގެން އުޅޭތާ. އައި ނޯ ޔޫ ލަވް ސަމްވަން… އަހަންނަށް ނުވިސްނެނީ ދައު ތިހާ ސިއްރު ކުރަން ވީ ސަބަބެއް” ޒައިނާ ބުންޏެވެ.

ދައުހާ ޖަވާބެއް ނުދީ އިނެވެ.

“ދައު، ބުނެބަލަ ޕްލީޒް” ޒައިނާ ދައުހާގެ އަތުގައި ހިފާލިއެވެ.

“ޒައިއަށް ހީވަނީ ކާކު ހެން؟” އިސް ޖަހައުގެން އިން ގޮތަށް ދައުހާ އަހާލިއެވއިނާ ބުންޏެވެ. ހާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ެ.

“ތުއްތޮންބެތަ؟” ޒައިނާ އެހިއެވެ.

ދައުހާ ކުއްލިއަކަށް ޒައިނާއަށް ބަލާލިއެވެ.

“ތުއްތޮންބެއޭ؟” ދައުހާއަށް ބުނެވުނެވެ.

“އާނ، މަގޭ ތުއްތޮންބެ. އާހިލް” ދައުހާ ބުނި ގޮތުން ހައިރާން ވެފައި ޒައިނާ ބުންޏެވެ.

“ނޯ… ނޯ… އަޅޭ، ޒައި ކިހިނެއް ތިހެން ހިތަށް އެރީވެސް؟” ދައުހާއަށް ބުނެވުނެވެ.

“ތުއްތޮންބެއެއް ނޫންތަ؟” ޒައިނާ އަހާލީ އިތުރަށް ޔަގީން ކޮށްލާށެވެ.

“ނޫން” ދެ ފަރާތަށް ބޯ ހަލުވަމުން ދައުހާ ބުންޏެވެ.

“ދެން ކާކުތަ؟ ޓެލް މީ، ޕްލީޒް” ޒައިނާ އެދުނެވެ.

“ޕްރޮމިސް ކުރޭ އެއްވެސް މީހެއް ކައިރީ ނުބުނާނަން ކަމަށް. އެ މީހަކަށްވެސް އެނގިގެން ނުވާޏެ ޒައިއަށް އެނގޭ ކަން” ދައުހާ އެދުނެވެ.

“ޕްރޮމިސް” ޒައިނާ ބުންޏެވެ.

“ނިހާން” ލޯ މަރާލަމުން މަޑުމަޑުން ދައުހާ ބުންޏެވެ.

“ނިހާންއޭ؟ ކޮން ނިހާންއެއް؟” ޒައިނާއަށް އަހާލެވުނެވެ.

ދައުހާ އެއްޗެއް ނުބުނެ ޒައިނާއާ ދިމާއަށް ބަލަން އިނެވެ.

“ދޮންބެ…؟” ޒައިނާއަށް ވިސްނުމާއެކު ބުނެލިއެވެ.

ދައުހާ ލޯބި ވަނީ ނިހާން ދެކެ ކަމަކަށް ކުޑަކޮށްވެސް ޒައިނާ ހިތަކަށް ނާރައެވެ. ގަބޫލު ނުކުރެވިފައި ޒައިނާއަށް ދައިހާގެ މޫނަށް ބަލަން އިނދެވުނެވެ.

“މަގޭ ދޮންބެ؟” އަނެއްކާވެސް ޒައިނާއަސް އަހާލެވުނެވެ.

ދައުހާ ބޯ ޖަހާލިއެވެ.

“އެކަމަކު… އެކަމަކު… ދޮންބެ… ދޮންބެ އަދިވެސް ލޯބި ވަނީ ނާޒްދައްތަ ދެކެއެއްނު؟” ޒައިނާއަށް ބުނެވުނެވެ. ނަމަވެސް އެހެން ބުނެވުމާ އެކު ޒައިނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

“އަޅެ… ސޮރީ ދައު…” ޒައިނާ ބުންޏެވެ.

ދައުހާ ދެންވެސް އެއްޗެއް ނުބުނެ އިނެވެ.

“ދޮންބެ ކައިރީ ބުނެފިން ދޯ…؟” ޒައިނާއަށް ހީވާ ގޮތަށް އަހާލިއެވެ.

ޖަވާބެއްގެ ގޮތުން ދައުހާ ބޯ ޖަހާލިއެވެ.

“ދޮންބެ… ނޫނެކޭ ބުނީތަ؟” ޒައިނާއަށް އަހާލެވުނީ ސިއްރުން ކަހަލަ ގޮތަކަށެވެ.

މި ފަހަރުވެސް ދައުހާ ބޯ ޖަހާލިއެވެ.

“އަޅެ، ދައު… އައިމް ސޯ ސޮރީ…” ޒައިނާ ދެ އަތުން ދައުހާގެ ދެ އަތްތިލައިގައި ހިފާލަމުން ބުނެލިއެވެ.

އިރުކޮޅަކު އެއްޗެއް ނުބުނެ ދެ އެކުވެރިން ތިއްބެވެ.

“ދައު… ދައު ވިސްނާލިންތަ…؟ ދޮންބެއާ ދައުއާ ދެމީހުންގެ މެދުގަ އޭޖް ތަފާތު ވާ ވަރު؟” ދައުހާގެ މޫނަށް ބަލަން އިނދެ ޒައިނާ އަހާލީ ދައުހާ ދޭނެ ޖަވާބު ނޭނގިގެނެއް ނޫނެވެ.

“އެނގޭ. އެކަމަކު އެއީ މައްސަލައެއް ކަމަކަށް އަހަރެން ނުދެކެން” ދައުހާ ދިނީ ޒައިނާ ހީކުރި ފަދަ ޖަވާބެކެވެ.

“އެކަމަކު ދައު… ފޯޓީން އިޔަރސް!” ޒައިނާ ބުނެލިއެވެ.

“ފޯޓީންއެއް ނޫން، ތަރޓީން، ޒައި އަހަންނަށް ވުރެ ވަން އިޔަރ ކުޑަ ކަން ހަނދާން ނެތުނީތަ؟” ދައުހާ އަހާލިއެވެ.

“އެކަމަކުވެސް… ހާދަ ބޮޑު ތަފާތެކޭ އެއީ” ޒައިނާ ހީވީ ދައުހާއަށް ނޭނގޭ ކަމެއް ބުނެދޭން އުޅޭ ހެންނެވެ.

“އަހަންނަށް އެނގެޔޭ އެއީ ބޮޑު ތަފާތެއް ކަން، އެކަމަކު އަހަންނަށް އެކަން މައްސަލައަކަށް ނުވަންޏާ ކީއްވެތަ އެހެން މީހުންނަށް އެހާ ބޮޑު ކަމަކަށް ވާންވީ؟ އެނގޭތަ؟ ޒައިގެ ދޮންބެވެސް ބުނި ތިހެން…” ދައުހާ ދެރަ ވަނީ އެކަން އެހެން މީހުންނަށް ނުވިސްނޭތީއެވެ.

“ޔޫ ރިއަލީ ލަވް ހިމް ދޯ؟” އަނެއްކާވެސް އެކުވެރިޔާގެ އަތުގައި ހިފާލަމުން ޒައިނާ ބުނެލިއެވެ.

“އާނ، ވަރަށް ލޯބިވޭ… އޭނަ ލޯބި ވަނީ ޝަނާޒް ދެކެ ކަން އެނގޭ އިރުވެސް ލޯބިވޭ… އަހަރެން ކިތަންމެ ވަރަކަށް ބުންޏަސް އަލުން ދިރިއުޅުމާ މެދު ވިސްނާލަންވެސް އޭނަ ބޭނުމެއް ނުވޭ…” ދައުހާ ފުރަތަމަ ފަހަރަށް ޒައިނާގެ ކުރިމަތީ އެއްބަސް ވިއެވެ.

“އަޅެ، އަހަންނަށް ނުވެސް އެނގޭ ދައު… ކޮން އިރަކު ދޮންބެއަށް އެނގުނީ؟” ޒައިނާ އަހާލިއެވެ.

“ޒައި ހަނދާން ވޭތަ ސްކޫލް ނިމުނު ތަނާ ޕާޓީއަކަށް ގޮއްސަ މި ގޭން އަހަރެން ގެޔަށް ލައިދޭން ދިޔައެއްނު ޒައިގެ ދޮންބެ؟ އެރޭ މަގުމަތިން ދިމާވީ ޝަނާޒްއާ. އެރޭ ޝަނާޒްއާ ދިމާ ވެފަ ފަސް މިނަޓްވެސް ނުވާނެ މެސެޖެއް އައިސްގެން ނިހާން ފޯން ބަލާލި ގޮތަށް ސައިކަލު މަޑުކޮށްފަ ގުޅި އިރު. ދެ ތިން މިނަޓް ވަންދެން ވާހަކަ ދައްކާފަ ފޯން ބޭއްވި އިރު ނުބުންޏަށް އަހަންނަށް އެނގުނު އެރޭ ނިހާން އެ ގުޅީ ޝަނާޒްއާ ކަން. އެރެއިން ފެށިގެން އަހަންނަށް ނިހާންއާ މެދު ތަފާތު ގޮތަކަށް ދެކެވެން ފެށީ. އޭގެ ދެ މަސް ފަހުން އެއްރޭ އަނެއްކާވެސް ނިހާންއާ އެކީ އަހަރެން ގެޔަށް ދިޔަ ރެއެއްގަ އަހަރެން އަހާލީމަ ނިހާން ކިޔާދިނީ ޝަނާޒްގެ ވާހަކަ.

ކުރިން ޒައިގެ ފަރާތުން އެނގިފަ އޮތަސް އަހަރެން އެހީ ނިހާން ދެކޭ ގޮތް ބަލާލަން ވެގެން. އޭގެ ފަހުން ވަރަށް ގިނައިން އަހަރެން ނިހާންއާ ވާހަކަ ދައްކަން… އަބަދު ހެން ނިހާންވެސް އަހަރެން ކައިރީ ޝަނާޒްގެ ވާހަކަތައް ކިޔާދޭ… ވަރަށް ގިނައިން ވާހަކަ ދައްކަންވެސް ތިބެވޭ އަހަރުމެންނަށް… ނިހާން ދެކެ ލޯބި ވެވިއްޖެ ކަން ރިއަލައިޒް ވީ އިރަށް ހިތަށް އެރި ފުރަތަމަ ޒައި ކައިރީ ބުނަން، އެކަމަކު ފުރަތަމަވެސް ބުނީ ނިހާން ކައިރީ…

ނިހާން ހަމަ އެރޭ ބުނެފި އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެޔޭ… ބުނީ އަހަންނަކީ އޭނަގެ ކޮއްކޮއެއް ކަހަލަ ކުއްޖެކޭ… ދެންވެސް އަހަރެން ޓްރައި ކުރިން… އޭގެ ފަހުން ބުނަނީ އަހަރުމެންގެ އޭޖް ޑިފަރެންސްގެ ވާހަކަ… ދެންވެސް އަހަރެން ހުއްޓާނުލީމަ އެންމެ ފަހުން އަހަރެން ދޫކޮށްލާނެ ކަމަށް ކަންނޭނގެ ބުނީ، އޭނަ އަދިވެސް ލޯބި ވަނީ ޝަނާޒް ދެކެއޭ… އެވަރުންވެސް އަހަރެން ހުއްޓައެއް ނުލަން… އަހަރެން ބުނީ އެހެން ވިޔަސް އަހަރެން ލޯބި ވެޔޭ… އަހަރެން ކިތަންމެ ވަރަކަށް ޓްރައި ކުރިޔަސް އެއްގޮތަކަށްވެސް ގަބޫލެއް ނުވޭ… އަހަރެންގެ ފެމިލީ އިން ގަބޫލެއް ނުވާނެޔޭ، އަހަރެން މާ ކުޑައޭ… ފަހުން ރުޅި އަ ވާހަކައެއް ނުދައްކާ، ކުރީގަ އަހަރެން މާ ކުޑައޭ…ޫލެއް ނުވޭ… ޭނގެ ބުނީ، އޭނަ އަދިވެސް ލޯބި ވަނީ ޝަނާޒް ދެކެއޭ…ންނަނީ އަހަރެން އެ ވާހަކަ ދައްކަން އުޅޭ އިރަށް…” ދައުހާ ކިޔާދިނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން..-1

Next

ރާސްތާ2 (31)

Next
January 30, 2020

ރާސްތާ2 (31)

Previews
January 29, 2020

ދުރުގާ ހުންނަން ތި ލޯތްބަށް މަ ނޭދެން..-1

10 Comments!

  1. Mar Sha Marsha says:
    January 30, 2020 at 8:51 am

    Salaam, here’s part 2. Part 3 Sunday ga genesdheynan. Kamudhaa nama plz giv a like and a comment, thank u. ?❤️

  2. Mar Sha Marsha says:
    January 30, 2020 at 9:09 am

    Kudhinnah story ge myhun confuse vaathy kiyaala dheynan…
    Nasheela n Waseem ge thibeyny 8 kids
    Nihaan
    Nawaaz (married to Nabaaha, Neelam is their kid)
    Zidhna (married to Naadhir, Eeshal and Aaish are their kids)
    Ayaaz (married to Hooriya)
    Aahil
    Raaidh
    Riyaan
    Zaina (Adhaa is her daughter)
    Dhauha (Zaina’s best friend)
    Shanaaz
    Asadh
    Iyaadh

    1. Anonymous says:
      January 30, 2020 at 9:46 am

      So zaina ge husband eh nuhurey tha?

  3. Yaayaa says:
    January 30, 2020 at 9:51 am

    Still trying to get the whole thing? myhn thankolheh gina veema confusing.. ekams vaahaka dhaa goiy salhi ingey. N zaina n iyaadh dhw innaany couple akah

  4. Anonymous says:
    January 30, 2020 at 10:14 am

    Meehunn gina veema varah confuse veyy adhi varah ehvahtharu names hunnany vx thankolheh meehun madhu kohlyma story varah salhi vaane

  5. me says:
    January 30, 2020 at 11:22 am

    maa meehun ginaee.bolah undhaguvaavarah

  6. Meekkomee says:
    January 30, 2020 at 12:53 pm

    Sis?woww varah Reethi mi part ves?????? waiting for the next part ?????ly

  7. Psycho lover says:
    January 30, 2020 at 1:25 pm

    hiivanii unplanned pregnancy eh hen… iyaadh n zaina ge baby eii

  8. ކަލާ123 says:
    January 30, 2020 at 6:38 pm

    މާޝާގެ މިވާހަކައިގެ ދެބައިވެސް ކިޔައިލައިފިން. ފަހުން، ކުރިޔަށް އޮތް ތިން ހަތަރު ބައެއް ކިޔައިލައިފައި ފެންނަ އެއްޗެއް ބުނެލަން ކަމަށް! މީގެ ދެ ދުވަހެއް ކުރިން މިސައިޓުން މާޝާގެ ކުރުވާހަކަ “މަގޭ ދަރިފުޅާ…” ކިޔައިލިން. އެއީ “ކަލާ”އަށް ވަރަށް ކަމުދިޔަ ވާހަކައެއް. އެވާހަކައިގައި މައެއްގެ އަސަރާއި އިހުސާސްތައް ގެނެސްދީފައި ހުރިލެއް ރީތިކަމުން

  9. Mar Sha Marsha says:
    February 2, 2020 at 9:18 am

    Thank u all, maa confusing gothakah dho mi story mi dhany? Kuriah huri bai thakun ehaa gina myhun eh faharaa nufennaane hen hyvany. Part 3 upload koffon mihaaru.

Comments are closed.


All Right Reserved!