“ނަދާއަށް ކޮންމެސް ކަމެއް ވެއްޖެ!” ކުއްލިއަކަށް އެހެން ބުނުމާ އެކު ނަދާގެ ނަމްބަރަށް ގުޅަމުން އަޔާޒް އެތެރެއަށް ވަނެވެ. ނަދާގެ ފޯން އޮތީ ނިއްވާލާފައި ކަމުގައި ބުނުމުން އަޔާޒް ލިފްޓާ ހަމައަށް ދިޔައީ ދުވެފައެވެ. އޭރުވެސް ނޭނގޭ ހާސްކަމެއް ކަމެއް އަޔާޒްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އަޝްފާންއާ މައިހާވެސް އެކަކު އަނެކަކަށް ބަލާލާފައި އަޔާޒްގެ ފަހަތުން ވަނެވެ. ލިފްޓަށް އަރާފައި، އިތުރު ފްލޯރ އަކަށް މަޑު ނުކޮށް ހަވަނަ ފްލޯރއަށް ދާން ނެގި ދިހަ ވަރަކަށް […]
“އައިމް ސޯ ސޮރީ ނަދާ…” މަޑުމަޑުން އަޔާޒް ބުނެލިއެވެ. ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން އިން މައިހާ ފިލްމް ޕޯސް ކޮށްލާފައި ބަލާލީ ޓަކި ޖަހާލާފައި އަޝްފާން ވަނުމުންނެވެ. “ބިޒީތަ؟” މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެފައި އަޝްފާން އަހާލިއެވެ. “ނޫން، ކަމަކުތަ؟” ލެޕްޓޮޕް ލައްޕާލާފައި އެނދުމަތީ ބައިންދަމުން މައިހާ އަޝްފާންއާ ދިމާއަށް އެނބުރުނެވެ. “އަނެއްކާވެސް ފުރަން މި އުޅެނީ” އަޝްފާން ޖަވާބު ދިނެވެ. “ކޮން އިރަކުން؟ ދެން އަންނާނީ ކިހާ ދުވަހަކުން؟” މައިހާ އެހިއެވެ. “ތިން […]
ގަބޫލު ނުކުރެވިފައި އަޝްފާންއަށް އިނދެވުނީ މައިހާއަށް ބަލާށެވެ. އަޝްފާން އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން މައިހާއަށް އުނދަގޫ ވިއެވެ. “އަޝްފާން މިހާރު ބޭނުން ނުވަންޏާ އޯކޭ…” އިސް އުފުލާ އަޝްފާންގެ މޫނަށް ބަލަން ނުކެރިގެން މައިހާ މަޑުމަޑުން ބުނަން ފެށިއެވެ. ނަމަވެސް ކުރިއަށް ނުގެންގޮސް ހުއްޓާލީ މައިހާގެ އަތް ތިލައިގައި އަޝްފާން ހިފާލުމުންނެވެ. “އަހަރެންގެ ހިތުގަ މައިއަށް އޮތް މަގާމު އަދި ބަދަލެއް ނުވޭ… ހިއެއް ނުވޭ ދުވަހަކުވެސް ބަދަލު ވާނެ ހެނެއް” އަޝްފާން ބުންޏެވެ. […]
“ނަދާ…” ނަދާ ތެދު ވުމުން އަޔާޒް ގޮވާލި ނަމަވެސް ނަދާ މަޑެއް ނުކުރިއެވެ. އަޔާޒްވެސް ބާކީ ހުރި އެތިކޮޅާއެކު ތަށި ބަހައްޓާފައި ތެދުވިއެވެ. “އަޔާ، ނިންމާލާފަ ދާންވީނު؟” މައިހާ ބުންޏެވެ. “ނިމުނީ” މައިހާއަށް ބަލާ ނުލާ އަޔާޒް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނަދާ ވީ ފާހާނާގައެވެ. ދިހަ ވަރަކަށް މިނަޓް ފަހުން ނަދާ ނިކުތް އިރު އަޔާޒް ސޯފާގައި އިނެވެ. ރޮއެފައި ހުރި ކަން އެނގިދާނެތީ ނަދާ އިސް ޖަހައިގެން ހުރެ ތުވާލި އަޅުވާލާފައި ކޮޓަރިން […]
އަޔާޒްގެ މޫނުގައި ހިފާލަމުން މައިހާ އަނެއްކާވެސް އަޔާޒްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. މައިހާގެ އިސްތަށިގަނޑު ތެރެއަށް އަތްތިލަ މަހާލަމުން އަޔާޒް އަދިވެސް ބޮޑަށް މައިހާއާ ކައިރި ވާން އުޅުނެވެ. ލޯ މަރާލައިގެން، ކުރެވެމުން ދިޔަ އިހުސާސްތަކުގެ ތެރެއަށް ގެއްލިފައި އިން އަޔާޒްގެ ސިކުނޑިއަށް އެ ވަގުތު ނަދާގެ ސޫރަ ސިފަވީ ކިހިނެއް ކަމެއް ނޭނގެއެވެ. އެއާއެކު ހިއްސުތަކަށް ވެރިވެފައި ވި މަސްތުކަން ފިލާ ދިޔައެވެ. “ޝިޓް!!!” ކުއްލިއަކަށް މައިހާ ދުރުގައި ބައިންދަމުން އަޔާޒް ދެ އަތުން މޫނު […]
ހަފްތާއެއް ފަހުން އަޔާޒްގެ ހަތާވީސް ވަނަ އުފަން ދުވަސް އަންނާތީ، ނަދާ ވިސްނަމުން ދިޔައީ އަޔާޒްއަށް ދޭނެ ހަދިޔާއަކާ މެދުއެވެ. އެ ދެމެދުގައި އޮތް ގުޅުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެހެން އަހަރުތަކެކޭ އެއް ފަދައިން އަޔާޒްއަށް މީރު ކެއުމެއް ތައްޔާރު ކުރުމަށާ، އަޔާޒްއަށް ބޭނުން ކުރެވޭނެ ފަދަ ހަދިޔާއެއް ދިނުމަށް ނަދާ ބޭނުންވެއެވެ. ނަމަވެސް އެ އަހަރުގެ އަޔާޒްގެ އުފަންދުވަސް އެހެން އަހަރުތަކާ ތަފާތު ވާނެ ކަން ނަދާއަށް އެނގެއެވެ. ނަދާގެ ފަރާތުން އަޔާޒް […]
ނަދާގެ އެކަނިވެރި ކަމާ، ނަދާ ފޫހިވާނެ ވަރު ފުރަތަމަ ފަހަރަށް އަޔާޒްއަށް އިހުސާސް ކޮށްލެވުމުންނެވެ. “އަޔާއަށް އޯކޭ ނޫނިއްޔާ ގުޅާފަ ބުނާނަން ނޫނެކޭ” އަޔާޒް އެއްޗެއް ނުބުނެ ގިނަ އިރު ވާން ފެށުމުން އިސް ޖަހާލަމުން ނަދާ ބުންޏެވެ. “އަހަރެން ނުބުނަމެއްނު އެ މީހުން ނުގެންނާށެކޭ؟ ނަދާ ބޭނުން އިރަކު ނަދާގެ ފެމިލީ އާ ނަދާގެ ރައްޓެހިން މި ގެޔަށް ގެނެވޭނެ. އެކަން އަހަރެން ދުވަހަކުވެސް މަނައެއް ނުކުރަމެއްނު؟” އެއީ ކައިވެންޏަށް ފަހުވެސް ނަދާއާ ރީތިކޮށް އަޔާޒް […]
މައިހާ ވިސްނާލިއެވެ. ދުވަސްކޮޅަކަށް ނަމަވެސް އަޔާޒްއާ ކައިރީގައި އުޅެލަން ލިބުނު ފުރުސަތުގެ ބޭނުން ކުރަން ނިންމީ ކުއްލިއަކަށެވެ. ދޭއް ޖެހި އިރުވެސް ނުނިދިފައި އޮތް ނަދާއަށް ގޭގެ ދޮރު ހުޅުވާލި އަޑު އޮވުނެވެ. އަޔާޒް ބޭރަށް ގޮސްފައި އައީއޭ ހިތަށް އެރުމުން ނަދާއަށް ހަމަޖެހިލުމުގެ ނޭވައެއް ލެވުނެވެ. އަނެއްކާވެސް ލޯ މަރާލަމުން ނަދާ އަނެއް ފަރާތަށް އެނބުރުނެވެ. އިރުކޮޅަކު އެހެން އޮވެފައި ނަދާ ކުއްލިއަކަށް ލޯ ހުޅުވާލީ އަޔާޒް ވާހަކަ ދައްކާ އަޑު އިވިގެންނެވެ. އެ ވަގުތު […]
ނައުޝީންއާ ނަދާ ދިޔައީ ޕާސްތާ ކައްކާނެ އެއްޗެހި ގަންނާށެވެ. އެންމެން ވެގެން ކައްކާ ނިމުނު އިރު ނުވައެއް ޖެހީއެވެ. އަޔާޒް އައިސްދާނެތީ ކަންބޮޑު ވި ނަމަވެސް ނަދާއަށް ހަމަޖެހިލެވުނީ ރޭގަނޑު ބޭރަށް ދާ ރެއެއްގައި އަޔާޒް ދާނީ އާތިފްމެން ގެޔަށް ކަން އެނގޭތީއެވެ. އެ ގެޔަށް ދާ ރެއަކު އަޔާޒް އަންނާނީ އެގާރަ ޖަހާ ކަންހާ އިރުއެވެ. އެހެން ކަމުން އެރޭ އަޔާޒް އަވަހަށް އަންނާނެ ކަމަކަށް ނަދާ ހިއެއް ނުކުރެއެވެ. އަޔާޒް އައުމުގެ ކުރިން، ދިހައެއް […]