ހީވޭ ހިތް ބުނާހެން 22
“ނަންނާ، ހިނގާ ދާން” ކުއްލިއަކަށް ޒައިނާގެ އަތުގައި ހިފާ ޝަނާޒްއާ ދުރަށް ޒައިނާ ގެންދަމުން ނިހާން ބުނެލި އިރު އެ އަޑުގައިވީ ހަރުކަށި ކަމުން ޒައިނާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަހަތަށް އެނބުރި އަތުން ހަނާ އަޅާލަމުން ޒައިނާ ދިޔަތަން ބަލަން ހުރި ޝަނާޒްގެ ލޮލުން ކަރުނަ އައެވެ.
ދެ އަތުން ލޯ ފޮހެލަމުން ޝަނާޒް ޝަބާއަށް ބަލާލިއެވެ.
“ދޮންތާ… އެހެން ފަހަރަކުން އަނެއްކާ އަންނާނީ، އިހަށް ހިނގާ ގެޔަށް ދާން…” ޝަނާޒް އެދުމުން ދެކޮޅު ހެދުމަކާ ނުލާ ޝަނާޒްގެ އަތުގައި ހިފާލަމުން ޝަބާ ފިހާރައިން ނިކުތެވެ.
އެރޭ ޝަބާއަށް ނިދަން ފަސޭހައެއް ނުވިއެވެ. ނިހާންއާ ޝަނާޒްއާ މެދު ވިސްނެނީއެވެ. ކަންތައް ވީ ގޮތުން ނިހާންގެ ނަޒަރުގައި ޝަނާޒްއަކީ ކުށްވެރިއަކަށް ވީ ނަމަވެސް، ނިހާންގެ ހިތުގައި ޝަނާޒްއާ މެދު ވާ ރުޅިވެރިކަމަކީ ޝަނާޒްއަށް ހައްގު އެއްޗެއް ކަމުގައި ޝަބާއަށް ގަބޫލެއް ނުކުރެވެއެވެ. ވީ ކަންތަކުގައި ޝަނާޒްގެ ކުށެއް ނެތެވެ. ޝަނާޒްއަށް ކުށެއް ކުރެވިފައި ވާ ނަމަ އެ ކުށަކީ، ނިހާންއަށް ހުރިހާ އެއްޗެއް ކިޔާ ނުދިނުމެވެ. ނަމަވެސް އެހެންވެސް އެ ވީ ނިހާންއާ ނިހާންގެ އާއިލާއަށް ޓަކާ ޝަނާޒްގެ ހިތުގައި ވީ ކަންބޮޑުވުމުގެ ސަބަބުންނެވެ. އެ އާއިލާއަށް ދެރައެއް ލިބުން ޝަނާޒް އެއްގޮތަކަށްވެސް ނޭދޭތީއެވެ. ޝަނާޒްއަށް ވީ ވަރަކުން، އަމިއްލަ އުފާ ގުރުބާން ކޮށްގެން ވިޔަސް، އަދި ނިހާންގެ ހިތަށް އެ އަނިޔާ ދީގެން ނަމަވެސް ޝަނާޒް ބޭނުން ވީ ނިހާންއަށް އަދި އެ އާއިލާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރާށެވެ.
ނިހާންއާ ވަކިވެ، އަސަދުއާ ކައިވެނި ކުރި ނަމަވެސް ޝަނާޒްއަކަށް އެއްވެސް އުފަލެއް ނެތެވެ. އޭގެ އިތުރުން ނިހާންގެ އެ ނަފްރަތުން ޝަނާޒްއަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެއެވެ. ވީ އިރު ނިހާންގެ ހިތް ޝަނާޒްއާ މެދު ސާފު ކުރަން ޝަބާ ބޭނުމެވެ. އެކަން ކުރެވޭނީ ކަންތައް ވީ ގޮތް ނިހާންއަށް އެނގިގެންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ޝަނާޒްއެއް ނިހާން ކައިރީ ނުބުނާނެ ކަން ޝަބާއަށް ޔަގީނެވެ. ވީ އިރު ނިހާންއަށް އެކަން އެންގޭނެ މީހަކީ ހަމަ އެކަނި ޝަބާއެވެ.
އާނއެކެވެ. ކަންތައް ވީ ގޮތް ނިހާންއަށް ކިޔާދޭނީއެވެ. ޝަނާޒް ފަހުން ޝަބާ ދެކެ ރުޅި އައި ނަމަވެސް ޝަބާއަށް ދެން އެކަން ސިއްރު ކޮށްގެން ނުހުރެވޭނެއެވެ. ޝަނާޒްގެ ހިތަށް ކުޑަވެސް ލުޔެއް ލިބޭނީ ނިހާންގެ ހިތް ޝަނާޒްއާ މެދު ސާފު ވެގެންނެވެ.
ޝަބާއަށް ނިދުނީ އެ ގޮތަށް ނިންމުމަށް ފަހުއެވެ. އެރޭ އެހާ ލަސްވެފައި ނުވާ ނަމަ އެރޭވެސް ޝަބާ ނިހާންއަށް ގުޅީހެވެ. ނަމަވެސް އެ ކަންތައް އަނެއް ދުވަހަށް ފަސްކޮށްލަމުން ޝަބާ އޮށޯވެ ލޯ މަރާލިއެވެ.
އެތައް ދުވަހެއް ފަހުން ނިހާން ފެނުމުން ޝަނާޒްގެ ހިތަށް ލިބުނީ އިތުރު އަނިޔާއެކެވެ. އެ މޫނުން ޝަނާޒްއާ މެދު އެ ހިތުގައި ވާ ނަފްރަތު ސާފުކޮށް ފެނުނީތީއެވެ. ޝަނާޒްގެ ފަރާތުން ނިހާންގެ ހިތަށް ލިބުނު އަނިޔާ އެ ލޮލުން ފާޅުވާން ހުރީތީއެވެ. ގެޔަށް އައި ގޮތަށް އެއްވެސް މީހަކަށް ނުފެނި ކޮޓަރިއަށް ވަދެވުމާއެކު ޝަނާޒްއަށް މޫނުގައި ދެ އަތް އަޅާލަމުން ރޮވުނީ އިތުރަށް ކެތް ނުވެގެންނެވެ.
އެރޭ ޝަނާޒްއަށް ނިދުނީވެސް ރޮއެރޮއެ އޮއްވައެވެ. އެކެއް ޖެހި ފަހުން އަސަދު އައިސް ވަން އިރުވެސް ޝަނާޒްގެ ގިސްލުމުގެ އަޑު އިވެއެވެ. އިރުކޮޅަކު ޝަނާޒްއާ ދިމާއަށް ބަލަން ހުރެފައި އަސަދު އެނދުގައި އޮށޯތެވެ. އެ ރުއިމުގެ އަޑުން އަސަދުގެ ހިތަށް ކިތަންމެ ތަދު ވީ ނަމަވެސް އަޅާނުލާ އަސަދު އޮތީ، އަސަދުގެ އެހީއެއް ޝަނާޒް ބޭނުން ނުވާނެ ކަން އެނގޭތީއެވެ.
އެ ދުވަހު ދެ މީހުންގެ މެދުގައި ހިނގި ކަންތަކަށް ފަހު އަސަދު އުޅުނީ ޝަނާޒްއާ ދުރުންނެވެ. ހަމަ އެހެން، އެ ކައިވެންޏަށް ފަހު މަދު ކށްލި ކަންތައް އިތުރަށް ބާރު ލާފައި ކުރަން ފެށިއެވެ. ހީވީ ޝަނާޒްއާ ދުރުން އުޅުމަށް އެ ނޫން ގޮތެއް އަސަދުއަށް ނެތީ ހެންނެވެ.
އަނެއް ދުވަހު ހޭލެވުމާއެކު ޝަބާ ބޭނުން ވީ ނިހާންއާ ގުޅާށެވެ. ނަމަވެސް ފަސް ޖެހެވުނީ، އެކަން ޝަނާޒްއަށް އެނގިއްޖެ ނަމަ ހިތް ހަމަ ނުޖެހޭނެ ކަން އެނގޭތީއެވެ. ނަމަވެސް އެންމެ ފަހުން އެ ދުވަހުގެ ހަވީރު ޝަބާ ނިހާންއަށް ގުޅިއެވެ.
އެ ދުވަހު އޮފީހަށް ގޮސްފައި ނިހާންއަށް އެއްވެސް މަސައްކަތެއް ކުރެވޭ ގޮތެއް ނުވިއެވެ. ކުރީރޭ ޝަނާޒްއާ ދިމާ ވުމުން ކުރީގެ ހަނދާންތައް އައިސް ހިތާ ސިކުނޑި ވަށާލާފައި ވާތީއެވެ. އެންމެ ފަހުން މެންދުރު ގެޔަށް އައި ގޮތަށް ނިހާން އޮފީހަށް ނުގޮސް ގޭގައި އޮތީ ނަޝީލާ ކައިރީ ބޮލުގައި ރިއްސާ ކަމުގެ ބަހަނާ ދައްކާފައެވެ.
އަސުރު ނަމާދުން ނިހާން ގެޔަށް އައި ތަނާ ފޯން ރިންގް ވުމުން ނިހާން ބަލާލި އިރު ގުޅަނީ ޝަބާއެވެ. ނުނަގަން ހުރެފައިވެސް ނިހާން ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ނިހާން، އަހަންނަށް އެނގޭ ޝަނާ ހެދި ގޮތުން ނިހާން އަހަންނާވެސް ވާހަކަ ދައްކަން ބޭނުމެއް ނުވާނެ ކަން. އެކަމަކުވެސް މި ގުޅީ… ވަރަށް ބޮޑު ކަމަކު… ނިހާން އަހަރެން ދައްކާ ވާހަކަ އަޑު އަހައްޗޭ” ޝަބާ އެދުނެވެ.
“ނާޒްގެ ވާހަކައެއް ވިއްޔާ އަޑު އަހާކަށް ބޭނުމެއް ނޫން. އެހެން ވާހަކައެއް ވިއްޔާ އަޑު އަހާނަން” ނިހާން ބުންޏެވެ.
“އެހެން ވާހަކައެއް ދައްކާކަށް އަހަރެން ނުގުޅާނެ ދޯ ނިހާންއަކަށް؟ އަހަރެން މި ގުޅި ޝަނާ އަސަދުއާ އިނީ ކީއްވެ ކަން ބުނެދޭން ވެގެން…” ޝަބާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނިހާން އެ ވާހަކަ މެދުކަނޑާލިއެވެ.
“އަހަރެން ބޭނުމެއް ނޫން ތިކަން ވީ ގޮތް ބަލާކަށް” ނިހާން ދެކޮޅު ހެދީ އެ ވާހަކަ އަޑު އަހަން ބޭނުން ނުވާތީއެވެ.
“ޝަނާޒް އަސަދުއާ އިނީ ހަމަ ނިހާންއަށް ޓަކައޭ ބުންޏަސް އަޑެއް ނާހާނަންތަ؟” ޝަބާ ސުވާލު ކޮށްލިއެވެ.
އެ އަޑު އަހާފައި ނިހާންއަށް އެއްޗެއް ނުބުނެވުނެވެ. އެއީ ކުރިއަށް ދާން ލިބުނު ފުރުސަތެއް ކަމަށް ބަލާފައި ޝަބާ ވާހަކަ ދައްކަން ފެށިއެވެ. ޝަބާގެ ވާހަކަ ނިމެން ދެން ނިހާން އެއްވެސް އެއްޗެއް ނުބުނެ އަޑު އަހަން ހުއްޓެވެ.
“ކީއްވެތަ ނާޒް އަހަރެން ކައިރީ ނުބުނީ؟” ވައަތުގެ އިނގިލިތައް އިސްތަށިގަނޑު ތެރޭ ހިންގާލަމުން ނިހާންއަށް ބުނެވުނެވެ.
“ޝަނާ ބުނީ ތި ގޭ މަގުގަ އަބަދުވެސް އެ މީހުން ތިބެޔޭ، ތި ގެޔަށް ދާ ކޮންމެ ފަހަރަކު އެ މީހުން ފެނެޔޭ… ކޮންމެ ވަގުތަކުވެސް އެ މީހުން އެހެން ހަދާފާނެތީ އޭނަ ވަރަށް ބިރުން ހުރީ… އެއްވެސް މީހެއް ކައިރީ ބުނަން ނުކެރިފަ ޝަނާ ހުރީ” ޝަބާ ކިޔާދިނެވެ.
ކައިވެންޏަށް ތައްޔާރު ވަމުން ދިޔަ އިރު ޝަނާޒް ކަންބޮޑުވެފައި ހުންނަ ކަން ނިހާން ހަނދާން ވިއެވެ. އަދި ކުރިން އެ ހިސާބުން ނުފެންނަ ބަޔަކު އެ ދުވަސްކޮޅު އެ މަގުން ފެންނަ ކަންވެސް ނިހާން ހަނދާން ވިއެވެ.
ކައިވެނި ކުރަން އެހާ ކައިރި ވެފައި ވަނިކޮށް ޝަނާޒްގެ ޚިޔާލު ބަދަލު ވީ ކުއްލިއަކަށެވެ. އެހެން މީހެއް ދެކެ ލޯބިވާ ކަމަށާ، ކައިވެނި ކުރަން ބޭނުން ވަނީ އެ މީހަކާ ކަމަށް ބުނީވެސް ކުއްލިއަކަށެވެ. ނަމަވެސް އެއީ ކުއްލިއަކަށް ވާ ކަންތައް ހެއްޔެވެ؟ ޝަނާޒް އެހެން ބުނި ނަމަވެސް އެހާ އަވަހަށް އެ ވާހަކަ ނިހާން ގަބޫލު ކުރީ ކީއްވެ ހެއްޔެވެ؟ އިތުރަށް ޝަނާޒްއާ ނިހާން ސުވާލު ނުކުރީ ކީއްވެ ހެއްޔެވެ؟ އެ ގޮތަށް ޝަނާޒް ކަންތައް ކުރުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮވެދާނެ ކަމުގައި އޭރު ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
އެ އަސަދުއަށް އެހެން ކަންތަކެއް ނުކުރެވޭނެއެވެ. ޝަޏާޒްއަށް މަޖުބޫރު ކޮށްގެން އެ ކައިވެނީގައި ޗަނާޒް ބަނދެގެން އަސަދުއަކަށް ނުހުރެވޭނެއެވެ.
“އޭނަ ހީކުރީތަ ނާޒްއަށް މަޖުބޫރު ކޮށްގެން ކައިވެނި ކުރެވުނަސް އެ ގޮތަށް އޭނއަށް ނާޒް ހިފެހެއްޓޭނެ ކަމަށް؟ އެއީ ހީވާ ގޮތް… އަހަރެން އެ ތަނުން ނާޒް ނެރޭނަން މިއަދު… މިހާރު!” ނިހާން ބުނެލިއެވެ.
ނިހާން އެހެން ބުނުމާއެކު ޝަބާ ބިރު ގަތެވެ. އެ ވާހަކަތައް ކިޔާ ދިނުމުން ނިހާން ރުޅި އަންނާނެ ކަން ޝަބާއަށް އެނގެއެވެ. ނަމަވެސް އެ ރުޅީގައި ގޮސް ވިސްނާ ނުލާ ނިހާޏް ކަމެއް ކޯށްފާނެ ކަމަކަށް ޝަބާ ހިޔެއް ނުކުރެއެވެ.
“ނިހާން—” ޝަބާ ނިހާންއަށް ވިސްނައިދޭން އުޅުނެވެ. ނަވަވެސް އިތުރު އެއްޗެއް އަޑު އެހުމެއް ނެތި ނިހާން ފޯން ކަނޑާލިއެވެ.
ރުޅި ގަދަ ވެގެން ނިހާން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. ކަމެއް ނުކުރެވި ހިނގާ ކޮންމެ މިނަޓަކާ އެކު އެ ރުޅި ހައްތަހާ ގަދަ ވަމުން ދިޔައެވެ.
ޝަބާ ހުއްޓާނުލާ ނިހާންއަށް ގުޅަމުން ދިޔައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ނިހާން އެ ކޯލް ބިޒީކޮށްލައެވެ. އެންމެ ފަހުން ނިހާން އެ ކޯލަށް ޖަވާބު ދިނީ ނިހާން ޖަވާބު ނުދެނީސް ޝަބާ ނުހުއްޓާނެ ކަން ޔަގީން ވުމުންނެވެ.
“ޝަބާ، އަހަރެން ފަހުން ގުޅާނަން” ހަމަ އެކަނި އެހެން ބުނެފައި ނިހާން ފޯން ކަނޑާލާފައި ފޯނަށް ބަލަން އިރުކޮޅަކު ހުރެފައި މެސެޖެއް ލިޔެލިއެވެ.
“ނީޑް ޓު ޓޯކް، ހަމަ މި ވަގުތު ބޭރަށް ނިކުމެބަލަ!” އެހެން ލިޔެލާފައި ނިހާން ޝަނާޒްގެ ނަމްބަރަށް މެސެޖް ފޮނުވާލިއެވެ. އަދި ކޮޓަރިން ނިކުމެ ތިރިއަށް ފައިބާފައި މަޑުކޮށްނުލާ ބޭރަށް ނިކުމެ ގޭ ދޮރުމަތީ އަސަދުމެންގޭ ދޮރާ ދިމާއަށް ބަލަހައްޓާއިގެން ހުއްޓެވެ.
ނަވާޒް އޮފީހުން އައީ ނިހާން އެހެން ހުއްޓައެވެ. ނިހާން ފެނުމާއެކު ނިހާން ހުރީ ކޮންމެވެސް ކަމަކާ ގަދައަށް ރުޅި އައިސްފައި ކަން ނަވާޒްއަށް އެނގުނެވެ.
“ދޮންބޭ، ކިހިނެއް ވީ؟” އޭރު ދެކޮޅަށް ހިނގަ ހިނގާ ހުރި ނިހާންގެ ކޮނޑުގައި އަތް ޖައްސާ ހުއްޓުވާފައި ނަވާޒް އެހިއެވެ.
ނަވާޒްގެ ސުވާލަށް ނިހާން ޖަވާބެއް ނުދިނެވެ.
ފެން ވަރައިގެން ނިކުމެ ރީތި ވާން އިން ޝަނާޒް، ފޯނަށް މެސެޖެއް އައުމުން އެ ބަލާލި ގޮތަށް ކަންބޮޑުވެފައި ބަލާލެވުނީ އެނދުގައި އޮތް އަސަދުއާ ދިމާއަށެވެ. ނިހާންގެ ނަމްބަރުން އައިސްފައި އިން މެސެޖް ކިޔާލުމާއެކު ޝަނާޒްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ހަދާނެ ގޮތެއް ނުވިސްނިފައި އިންދާ ޝަބާ ގުޅަން ފެށުމުން ޝަނާޒް އަވަސް އަވަހަށް ފޯން ނެގިއެވެ.
“އެހެންވެ ދޯ މީޓް ކުރަން އެ ބުނީ؟ އަޅެ ދޮންތާ، ކީއްކުރަންތަ ބުނީ…؟” ޝަބާ ދެއްކި ވާހަކަ އަޑު އަހާފައި ޝަނާޒްގެ ހާސްކަން އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ.
“އައިމް ސޮރީ…” ޝަބާއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ.
“ދެން އަޅާނުލާ… އިހަށް ބާއްވަނީ” ޝަނާޒް ފޯން ކަނޑާލިއެވެ.
“ކިހިނެއް ވީ؟” ޝަނާޒްއަށް ބަލަން އޮތް އަސަދު އަހާލީ، ޝަނާޒް އެހާ ވަރަށް ހާސްވެފައި ހުރުމުންނެވެ.
“ކަމެއް ނުވޭ… އެބަ އަންނަން…” އަވަސް އަވަހަށް ވޫލްކޮޅަކުން އިސްތަށިގަނޑު އައްސާލަމުން ޝަނާޒް އެހެން ބުނެފައި ކޮޓަރިން ނިކުތެވެ.
އެ ވަރަށް ޝަނާޒް ހާސްވެފައި ހުއްޓާ އަސަދު އަދި ނުދެކެއެވެ. ޝަނާޒްމެން ގޭ މީހަކަށް ކޮންމެވެސް ކަމެއް ވީބާއޭ ހިތަށް އަރާފައި އަސަދު ތެދުވެ ފާހާނާއަށް ވަދެ އަވަސް އަވަހަށް މޫނު ދޮވެލައިގެން ޝަނާޒްގެ ފަހަތުން ނިކުތީ ވެގެން އުޅޭ ގޮތެއް ބަލާލަން ދާށެވެ.
ޝަނާޒް ނިކުތުން ލަސް ވުމުން ނިހާން އަސަދުމެން ގެޔާ ދިމާއަށް ހިނގައިގަތީ އެ ގެޔަށް ވެދެގެން ވިޔަސް ޝަނާޒްއާ ބައްދަލު ކުރާށެވެ.
“ދޮންބޭ، ކޮންތާކަށް ތި ދަނީ؟” އެ ގެޔާ ދިމާއަށް ނިހާން ދާން ފެށުމުން ނަވާޒް ކަންބޮޑުވެފައި އެހިއެވެ.
“މި ދަނީ އެ ގެޔަށް. އައި އެމް ގޮއިންގް ޓު ކިލް ދެޓް—” މަޑުކޮށްލުމެއް ނެތި ނިހާން ބުނެލިއެވެ.
“ދޮންބޭ، މޮޔަ ވީތަ؟” ނިހާންގެ އަތުގައި ނަވާޒް ހިފެހެއްޓިއެވެ.
“މީ ނަވާއާ ބެހޭ ކަމެއް ނޫން… ގެޔަށް ދޭ” ނަވާޒްގެ އަތް ފޮޅުވާލާފައި ނިހާން ގޮސް އެ ގޭ ދޮރު ހުޅުވާލިއެވެ.
ހާސްވެފައި އެއް އަތުން ނިތްކުރީގައި ފިރުމަން ނަވާޒްއަށް ހުރެވުނެވެ. ދެން ޖީބުން ފޯން ނަގާފައި ވަސީމްއަށް ގުޅާލިއެވެ.
“ބައްޕާ، އަވަހަށް ބޭރަށް ނިކުމެބަލަ. ދޮންބެ އެ ގެޔަށް ވަދެއްޖެ” ނަވާޒް ބުންޏެވެ. އިތުރު ތަފްސީލެއް ނުދިން ނަމަވެސް ވެގެން އުޅޭ ގޮތް ވަސީމްއަށް ވިސްނުނެވެ. އެއްޗެއް ނުބުނެ ފޯން ކަނޑާލުމާއެކު ވަސީމް ބޭރަށް ނިކުތެވެ. ވަސީމް ދިޔަ ގޮތުން ކަންބޮޑު ވެގެން ސުވާލު ކުރަމުން ނަޝީލާވެސް ވަސީމްގެ ފަހަތުން ނިކުތެވެ.
ބްލޫހިލް ހެޔަށް ވަދެފައި ނިހާން ވަށައިގެން ބަލާލިއެވެ. ކަނާތް ފަރާތުން ދެ ކާރު ބޭއްވޭ ވަރުގެ ހުސްތަން އޮތެވެ. ކުރިމަތިން ލިފްޓް ފެންނަން ހުރި އިރު ވައަތް ފަރާތުގައި ހުރީ ސިޑިއެވެ. ޝަނާޒް ނައިސް ލަސް ވެގެން ނިހާން ފޯން ނެގިތަނާ ލިފްޓް ހުޅުވުނެވެ.
“ނިހާން…” ލިފްޓުން ނިކުތް ޝަނާޒްއަށް ނިހާންގެ ނަން ކިޔާލާފައި ނިހާންއާ ދިމާއަށް ބަލަހައްޓައިގެން ހުރި ތަނުގައި ހުރެވުނީއެވެ.
“ކީއްވެ ނުބިނީ ނާޒް؟ ކީއްވެ އަހަރެން ކައިރީ ނުބުނީ؟” ޝަނާޒްގެ ކުރިމަތީ ހުއްޓި ޝަނާޒްގެ ދެ ކޮނޑުގައި ހިފާލަމުން ނިހާން އަހާލިއެވެ.
“އައިމް ސޮރީ… އަހަންނަށް އެހެން ގޮތެއް ނުވިސްނުނީ… އަހަންނަށް އެނގޭ އަހަންނާ ހެދި ނިހާންއަށް ވަރަށް ހަރޓް ވެއްޖެ ކަން… އައިމް ސޯ ސޮރީ…” ރުއިމުގެ ތެރެއިން ޝަނާޒް ބުންޏެވެ.
“ނާޒް ބުނި ނަމައެއްނު؟ އެހެން ނަމަ މިހެން ވާކަށް ނުޖެހުނީސް… ކީއްވެތަ ނުބުނީ…؟” ދެ އަތުން ޝަނާޒްގެ މޫނުގައިް ނުޖެހުނީސް… ަން… ހުއްޓި ޝަނާޒްގެ ދެ ކޮނޑުގައި ހިފާލަމުން ނިހާން އަހާލިއެވެ ހިފާލަމުން ދެންވެސް ނިހާންއަށް ޝަކުވާ ކުރެވުނެވެ.
“ދެން އެ ވާހަކަ ނުދައްކާ… ނިހާން ދެން ދޭ… ނިހާން މި ގޭގަ ހުއްޓާ ފެނިއްޖެއްޔާ ބޮޑު މައްސަލައަކަށް ވާނީ… ދޭ ޕްލީޒް…” ނިހާންގެ މޭގައި އަތް އަޅާ މަޑުމަޑުން ކޮއްޕާލަމުން ޝަނާޒް އަވަސް އަވަހަށް ބުންޏެވެ.
ނަމަވެސް ދުރަށް ދިޔުމުގެ ބަދަލުގައި ނިހާން ޝަނާޒް ގައިގައި ބައްދައިގަތެވެ. ޝަނާޒްއަށްވެސް އެ މޭގައި މޫނު ފޮރުވާލަމުން ނިހާން ގައިގައި ބައްދާލެވުނެވެ.
ލިފްޓްގެ ދޮރު ހުޅުވުނު އަޑެއް ޝަނާޒްއާ ނިހާންއަކަށް ނީވެއެވެ. ޝަނާޒްއަށް ރޮވެމުން ދިޔަ އިރު ރުއިން ހުއްޓާލުމަށް އެދެމުން ޝަނާޒްގެ ބުރަކަށީގައި ނިހާން ފިރުމަމުން ދިޔައެވެ.
ކުރިމަތިން ފެންނަމުން ދިޔަ މަންޒަރާ މެދު ޔަގީން ނުވެފައި އަސަދުއަށް އިރުކޮޅަކު ހުރެވުނެވެ.
“ޝަނާ!” ރުޅި އައިސްގެން ތުރުތުރު އަޅައަޅާ ހުރި އަސަދު ބާރަށް ގޮވާލިއެވެ.
ސިހިފައި ޝަނާޒް ނިހާންއާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ނިހާން އަސަދުއަށް ބަލާލާފައި ޝަނާޒްގެ އަތްތިލައިގައި ހިފާލަމުން ޝަނާޒް ގެނެސް ނިހާންގެ ގައިގައި ޖައްސާލިއެވެ.
“އަހަންނަށް ކަމެއް ނުކުރެވެނީސް ޝަނާ މައްޗަށް ދޭ!” އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން އަސަދު ބުނެލީ ނިހާންއާ ޝަނާޒްގެ ގުޅުވާލެވިފައިވީ ދެ އަތްތިލައަށް ބަލަން ހުރެއެވެ.
“ނާޒް ނުޖެހޭނެ ތިހެން ކުރާ އަމުރަކަށް ބޯ ލަނބާކަށް” ނިހާން ބުންޏެވެ.
އަސަދު ނިހާންގެ މޫނަށް ބަލާލި އިރު އެ ދެ ލޮލުން ފެންނަމުން ދިޔައީ ނަފްރަތެވެ.
“ނާޒް ބޭނުމެއް ނުވޭ ތި ކައިވެނީގަ ހުންނާކަށް. ބިރު ދައްކައިގެން ތި ކަން ކުރީވެސް. ވަރަށް ރީތިކޮށް މި ބުނަނީ، ނާޒް ވަރި ކުރޭ!” ދެންވެސް ވާހަކަ ދެއްކީ ނިހާންއެވެ.
“އަހަރެން ކުރަން ވީ ކަންތައް ބުނަން ތީ ކާކު؟ ކޮންމެ ގޮތަކަށް ކައިވެނި ކުރިޔަސް ޝަނާ އެއީ މަގޭ އަންހެނުން. ޝަނާ ނުބުނޭ ވަރި ކުރާކަށް” ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަސަދު ބުންޏެވެ.
“އަހަރެން ނުބުނިއްޔާ އަހަރެން ބޭނުން ވާ ގޮތެއް އަސަދުއަކަށް ނޭނގޭތަ؟ ބުނެދޭން ވީތަ އަހަރެން ބޭނުން ވަނީ ކޮން ގޮތެއް ކަން؟” އަސަދުއާ ހަތަރު ކަޅި ހަމަ ކޮށްލަމުން ޝަނާޒް އަހާލިއެވެ. އަދި އަސަދުގެ ޖަވާބަކަށް ނުބަލާ ނިހާންއާ ދިމާއަށް އެނބުރިލުމާއެކު ދެ އަތުން ނިހާންގެ މޫނުގައި ހިފާލަމުން ނިހާންގެ ތުންފަތުގައި ބޮސްދިނެވެ.
ދުވަހުގެ ގިނަ ވަގުތު ހަމަ ހޭގައި ނުހުންނަ އަސަދު އޭރުވެސް ހުރީ މުޅިން ހަމައަކު ނޫނެވެ. ޝަނާޒް ހެދި ގޮތުން އައިސްފައި ހުރި ރުޅިގަނޑު ކެކިގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ.
ކުރިއަށް ޖެހި ޝަނާޒްގެ އަތުގައި ހިފާ ނިހާންއާ ދުރަށް ކޮއްޕާލުމާއެކު އަސަދު މުށްކަވާލި އަތުން ނިހާންގެ ގައިގައި ތިން ހަތަރު ފަހަރަށް ޖެހިއެވެ.
“ނިހާން…!” ޝަނާޒްއަށް ހަޅޭލަވައިގަނެވުނެވެ.
ފަހަތަށް ގޮސް ފާރުގައި ޖެހުމާއެކު ނިހާންވެސް އެނބުރުނު ގޮތަށް ނިހާންއާ ދިމާއަށް އައި އަސަދުގެ މޭގައި އަތް އަޅާ ކޮއްޕާލުމުން އަސަދު ފަހަތަށް ވެއްޓުނެވެ.
ބްލޫހިލް ގޭ ދޮރުމަތީގައި ނިހާން ނިކުމޭތޯ ބަލަބަލާ ތިބި ވަސީމްއާ ނަވާޒްއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލަވުނީ ޝަނާޒްގެ އަޑު އިވުމުންނެވެ. ނަވާޒްއަށް ވުރެ ކުރިން ވަސީމް ދޮރު ހުޅުވާލާފައި އެ ގެޔަށް ވަނެވެ. ވަސީމްއާ، ފަހަތުން ވަން ނަވާޒްއާ ދެ މީހުންނަށްވެސް ހަދާނެ ގޮތެއް ނުވިސްނިފައި ބަލަން ތިބެވުނީއެވެ.
އަސަދު ތެދުވި ގޮތަށް ނިހާންގެ ކޮނޑުގައި ހިފާ ކޮއްޕާލުމާއެކު ނިހާންވެސް އަސަދުގެ ގައިގައި ޖެހުމަށް އަތް މަޅާލިއެވެ.
“ނިހާން!” ވަސީމްގެ އަޑަށް ނިހާންއަށް ބަލާލެވުނެވެ. ނިހާންގެ އިތުރުން އަސަދުއާ ޝަނާޒްވެސް ބަލާލިއެވެ.
އިތުރު ބަޔަކު އެ ތަނަށް އައި ކަމެއް އެކަކަށްވެސް ނޭނގެއެވެ. ވަސީމް ފެނުމުން އިސް ޖަހާލަމުން ނިހާން އަތް ތިރިކޮށްލާފައި އަސަދުއާ ދުރަށް ދެތިން ފިޔަވަޅު އަޅާލިއެވެ.
އެ ވަގުތު، ލިބުނު ފުރުސަތުގައި ނިހާން ނުވިސްނާ ހުއްޓާ އަސަދު އައިސް ނިހާންގެ އަނަގަމަތީގައި ގޮށްމުށްކަވާފައި ޖެހިއެވެ. ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށި ނަމަވެސް ނިހާންވެސް އެނބުރުނު ގޮތަށް އަސަދުގެ ނޭފަތް މަތީ ޖެހިއެވެ. އަޑެއް ކިޔައިގެން ދިޔުމާއެކު އަސަދުގެ ނޭފަތުން ހޯސްލާފައި ލޭ ފައިބައިގަތެވެ.
ލިފްޓްގެ ދޮރު ހުޅުވުނީ ނިހާން އަސަދުގެ ނޭފަތްމަތީ ޖެހި ވަގުތުއެވެ. ލިފްޓުން ނިކުތް ރާބިޔާއާ ހުޒާމް، އަދި އިޔާދުއަށް ވެގެން އުޅޭ ގޮތް ނަގައިގަންނާކަށް ގިނަ ވަގުތެއް ނުނެގިއެވެ.
ނޭފަތުގައި އަތް އަޅައިގެން އަސަދު ހުރި އިރު އިނގިލިތަކުގެ ތެރެއިން ލޭ އަންނަމުން ދިޔައެވެ. ރޮއެގަންނަމުން ރާބިޔާ ގޮސް އަސަދު ގައިގައި ހިފައިގަތެވެ. އަސަދުއާ ދިމާއަށް ބަލާލި އިޔާދު، އިނގިލިތައް މުށްކަވާލަމުން ދާންފެށީ ނިހާންއާ ދިމާއަށެވެ. ހާސްވެފައި އަސަދުއާ ދިމާއަށް ބަލަން ހުރި ނިހާންއަށް އިޔާދުއެއް ނުފެނެއެވެ.
ނިހާންގެ ކޮނޑުގައި ހިފާ އަނބުރާލަމުން މުށްކަވާލެވިފައިވީ އަތުން ނިހާންގެ މޫނުގައި އިޔާދުއަށް ނުޖެހެނީސް ނަވާޒް އައިސް އިޔާދު ދުރަށް ކޮއްޕާލިއެވެ. އެއާއެކު ނަވާޒްގެ ގައިގައި އިޔާދު ޖެހިއެވެ.
“އިޔާދު!”
“ނަވާޒް!”
ހުޒާމްއާ ވަސީމް އެއް ފަހަރާ ބާރަށް ގޮވާލިއެވެ.
ދެ ޒުވާނުން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބި އިރު ހީވީ ދެންވެސް ހުއްޓާނުލާ އެ ތަޅާފޮޅުންގަނޑު ކުރިއަށް ގެންދަން ބޭނުން ވެފައި ތިބި ހެންނެވެ. އެހެން ހުރެފައި ނަވާޒް ފަހަތަށް ޖެހުނެވެ.
“މިއަދުގެ ފަހުން ޝަނާއާ ވާހަކަ ދެއްކި ކަން އެނގިއްޖެއްޔާ—” ރާބިޔާއާ ދުރަށް ޖެހެން މަސައްކަތް ކުރަމުން އަސަދު ނިހާންއާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުނަން އުޅުނެވެ. ނަމަވެސް އަސަދުއަށް ފުރިހަމަ ނުކުރެވެނީސް ޝަނާޒް ވާހަކަ ދެއްކިއެވެ.
“ކީއް ކުރާނީ؟ ތިހެން ގަޔަށް ބޮލަށް އަރާ ތަޅައިގަންނާނީތަ؟ ނޫނީ އެހެން ކޮންމެވެސް ގޮތަކުން އަނެއްކާވެސް އަހަންނަށް ބިރު ދައްކާނީތަ؟ ތިހެން އުޅޭ މީހުންނަށް އެހެން ކޮން ކަމެއް ކުރެވޭނީވެސް؟ އަސަދު ހީކުރީ ތިހެން ބުނީމަ އަހަރެން އަދިވެސް ބިރު ގަންނާނެ ކަމަށްތަ؟ ނުގަނޭ ބިރެއް. އަދިވެސް ވާހަކަ ދައްކާނަން. ދެންމެވެސް ފެނުނެއްނު؟ އަސަދު ކުރިމަތީ ކުރަން ކެރުނު ކަމެއް އަސަދުއަށް ނުފެނި ކުރަން އަހަރެން ފަސް ޖެހޭނެތަ؟ އަސަދުއަކަށް އަހަންނެއް ނުހުއްޓުވޭނެ! އަހަރެން ބޭނުމެއް ނޫން އަސަދުއާ އެކީ އުޅޭކަށް، އަހަރެން ވަރި ކުރޭ” އެތާ ތިބި ބަޔަކަށް ބެލުމެއް ނެތި ޝަނާޒް ބުންޏެވެ.
“ޝަނާ!” ޝަނާޒް ދެއްކި ވާހަކައާ މެދު ހިތްހަމަ ނުޖެހުނު ވަރުން ރާބިޔާއަށް ބާރަށް ބުނެވުނެވެ.
“އެނގިއްޖެތަ ނާޒް ބޭނުން ވާ ގޮތް؟” އެ ވަގުތު ނިހާން އަސަދުއަށް ބުނެލިއެވެ.
ނިހާން އެހެން ބުނުމުން ރުޅި އައިސްފައި ހުރި އަސަދު ރާބިޔާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ނިހާންއާ ދިމާއަށް ދާން ފެށިއެވެ. ނަމަވެސް އަސަދުއަށް އެ ވަގުތު ހުއްޓެން މަޖުބޫރު ވީ ހުޒާމް އަސަދުގެ ކުރިމައްޗަށް އެރުމުންނެވެ.
“މި ކަންތައް ފުލުހުންނާ ހަމައަށް ދާން ބޭނުން ނުވަންޏާ މިހާރު، ހަމަ މި ވަގުތު މި ގޭން ނިކުމޭ!” ވަސީމްއަށް ބަލާލަމުން ހުޒާމް ބުނެލިއެވެ.
ނުނިމޭ
13 Comments!
Comments are closed.
Hi all, kids ge online classes onnaathy upload kurun las v, so hope u all like this, next part Insha Allah on Thursday.
Hi Marsha.. just wanna ask if this is ur story? coz viyas.mv ga mi story innany shakeela ehgge story eh gothuga?.. just asking coz I am curious!!
OR are you MARIYAM SHAKEELA.. coz u could write ur name as MAR from mariyam SHA from shakeela and its MARSHA.. Is it so????
Hehe, yes zellu, full name dhigu kamun short kollaafa Marsha jahaafa myny, u guessed right. ?
V loabi mi part ves. waiting for the next.Ur my favourite author. Love u and keep it up?
Thank u so much dear, yes u r 1st ??
I’m 1st right
Alhey bodu fight akah gohssa ohvva e nimuny…hehehe…mi part vx hama varah furihama….alhey cant wait for the nxt…waiting….
Thank u Kairaa, maadhama morning ga upload kollaanan
wow vvv reethi
when next part
dhen mi maazee ge bai kurukollaafa mihaaruge baiii thankolheh bodah dhakkan veenu
dhen in part v avahah up kolladhechey
Past v avahah ninmeytho balaanan, but adhi eba jehey Zaina ah vee goiy annan, eyrun present ah dheveyny, plz be with us ingey. thank u for reading dear,
Varah varah reethi hurihaa part ves
Thank u Ibsha ??