Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 21

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
March 15, 2020 8 Mins Read
10 Comments

ތިނެއް ޖަހަން އުޅެނިކޮށް ކޮޓަރިއަށް ވަން އަސަދުއަށް އެނދާ ދިމާއަށް ބަލަން ހުރެވުނީ، އެނދުގައި ޝަނާޒް އޮތުމުންނެވެ. އިރުކޮޅަކު އެހެން ހުރެފައި ފެން ވަރައިގެން އައިސް އަސަދު އެނދުގައި އޮށޯވެ ޝަނާޒްގެ މޫނަށް ބަލަން ނުނިދިފައި އޮތެވެ. ނިދީގައި އަސަދުގެ މޭމައްޗަށް ޝަނާޒް އަތް އެއްލުމުން އަސަދު އެ އަތުގައި ހިފާލަމުން ކައިރި ވެލާފައި ޝަނާޒް ގައިގައި ބައްދާލިއެވެ.

ފިނި ރެއެއް ކަމުން ހީ ކަރުވާފައި އޮތް ޝަނާޒްއަށް އެ ހޫނަށް މަރުޙަބާ ކިޔުނެވެ. އަސަދުގެ އަތުތެރޭ ޝަނާޒް ބޮނޑިވެލިއެވެ.

ޝަނާޒްގެ ނުރުހުމުގައި އެ ހަށިގަނޑުގައި އަތް ޖައްސާނުލާން ހިތުލައިގެން ހުރި ނަމަވެސް އަސަދުއަކަށް ނުހުރެވުނެވެ. އެ ހޫނަށް ހިތް އެދެން ފެށުމުން ދެ އަތުން ޝަނާޒްގެ ގައިގައި ފިރުމަން ފެށިއެވެ. ޝަނާޒްގެ މޫނުގައި ހިފާލަމުން ކަންފަތް ކައިރީގައި އަސަދުގެ ތިންފަތް ޖައްސާލިއެވެ. ނިދިފައި އޮތް ޝަނާޒް ދެކޮޅު ނުހެދުމުން ޝަނާޒްގެ ނަމުން މަޑުމަޑުން ގޮވާލަމުން އަސަދު ޝަނާޒްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

ސިހިފައި ލޯ ހުޅުވާލި ޝަނާޒްއަށް އިރުކޮޅަކު އަސަދުގެ މޫނަށް ބަލަން އިވެވުނެވެ. ރަނގަޅަށް ހޭ ލެވުމާއެކު ޝަނާޒް ފުންމައިގެން ތެދުވެ އެނދުން ފޭބިއެވެ.

“ކިހިނެއް ވެގެންތަ ތި އުޅެނީ؟” ރުޅި އައިސް ތުރުތުރު އަޅަމުން ޝަނާޒް އަހާލިއެވެ.

“ޝަނާ…” އެނދުން ތެދުވެފައި އަސަދު އެއްޗެއް ބުނަން އުޅުނެވެ.

“އަހަރެން ބުނީމެއްނު އަހަރެންގެ ގައިގަ އަތްލައިގެން ނުވާނެޔޭ؟ އަސަދު ބޭނުން ހުރިހާ ކަމެއް ނުވާނެ” އަސަދު ބުނަން އުޅޭ އެއްޗެއް އަޑު އަހާކަށް ޝަނާޒް ބޭނުމެއް ނުވިއެވެ.

“ޝަނާއަށް އެނގޭނެ އަހަންނާ ދިމާއަށް ޝަނާއަކަށް ތިހެންނެއް ނުބުނެވޭނެ ކަން. އަހަންނަކީ ޝަނާގެ ފިރިމީހާއޭ” ޝަނާޒް އެހެން ބުނުމުން އަސަދު ރުޅިއައިސްގެން އެނދުން ފައިބައިގެން އައިސް ޝަނާޒްގެ ގައިގައި ކިރިޔާ ނުޖެހޭ ހިސާބުގައި ހުއްޓުނެވެ.

“އަތް ނުލާތި…” ދުރަށް ޖެހިލަމުން ޝަނާޒް ބުނެލިއެވެ.

“އަދިވެސް ކޮންމެވެސް ދުވަހަކުން އެ ނިހާންގެ އަނތްބަކަށް ވެވޭނެ ކަމަށްތަ ޝަނާ ތި ހުންނަނީ؟ އެހެން ވެގެންތަ ދުރަށް ތި ދަނީ؟ ތި ހިތް އޭނައަށް ދިން ހެން ތި ހަށިގަނޑުވެސް އޭނައަށްތަ ފުރަތަމަ ހަދިޔާ ކުރާނީ؟” މަލާމާތުގެ ހިނިގަނޑަކާ އެކު އަސަދު އަހާލިއެވެ.

ރުޅި އައި ވަރުން ޝަނާޒްގެ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ. ނަމަވެސް އަސަދުއަށް ޖަވާބެއް ނުދީ ބާލީހެއް ނަގައިގެން ސޯފާއާ ދިމާއަށް ޝަނާޒް ފިޔަވަޅެއް އަޅާލިއެވެ.

“ރިއަލީ ޝަނާ! އޭނައަށް ޓަކާ ސޭވް ކޮށްގެން ތި ހުރި ހުރިހާ އެއްޗެއް ޝަނާ އަދި އަހަންނަށް ދޭނެ—” އަސަދު އަނެއްކާވެސް މަލާމާތުގެ ރާގަކަށް ބުނަން ފެށިއެވެ. ނަމަވެސް އެ ފަހަރު ޝަނާޒް އަސަދުގެ ބަސް ހުއްޓުވީ އަސަދު ހީވެސް ނުކުރާ ފަދަ އެއްޗެއް ބުނަމުންނެވެ.

“ސޭވް ކުރާނެ އެއްޗެއް އޮތް ނަމައެއްނު؟ އަސަދު ކިތަންމެ ބޭނުން ވިޔަސް އަހަރެންގެ ފަރާތުން ނިހާންއަށް ނުލިބުނު އެއްޗެއް ދެން އަސަދުއަކަށް ނުލިބޭނެ. ސޯ، އަހަންނާ އިނދެވުނަސް، އަހަރެންގެ ފަރާތުން ތި ބޭނުން ވެގެން އުޅޭ ކަންތައް ފުދުނަސް، ދުވަހަކުވެސް ނިހާންއަށް ވުރެ ކުރިއަކަށް އަސަދު އަކަށް ނޭރޭނެ” އަސަދު ރުޅި އަރުވާލުމުގެ ބޭނުމުގައި ކުޑަވެސް ޖެހިލުމެއް ނެތި ޝަނާޒް ބުނެލިއެވެ.

އެ އަޑު އިވުމުން އަސަދުއަށް އެއްޗެއް ނުބުނެ ހުރެވުނެވެ. ޝަނާޒް އެ ބުނި އެއްޗެއް ގަބޫލު ކުރަން ދަތި ވެފައި އަސަދުއަށް ޝަނާޒްގެ މޫނަށް ބަލާލެވުނެވެ.

“އަހަރެން ގަބޫލު ކުރާނެ ކަމަށްތަ ތިހެން ތި ބުނީ؟ އައި ޑޯންޓް ބިލީވް ޔޫ!” އަސަދު ބުންޏެވެ.

“އަހަރެން ދޮގު ހަދާ ކަމަށްތަ ތި ހީ ކުރަނީ؟” ޝަނާޒް އަހާލިއެވެ.

“އާނ!” އަސަދުއަށް އެ ކަން ކުޑަކޮށްވެސް ގަބޫލެއް ނުކުރެވެއެވެ.

ރުޅި އައި ވަރުން ޝަނާޒްއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ފާޑަކަށް ހިނި އައިސްފައި ޝަނާޒްއާ ދިމާއަށް ބަލަން ހުރި ގޮތުން ޝަނާޒް ބުނި އެއްޗެއް އަސަދު ގަބޫލު ނުކުރާކަން ޝަނާޒްއަށް އެނގުނެވެ. ނިހާންއާ ޝަނާޒްގެ މެދުގައި ވީ ކަންތައް އަސަދުއަށް ޔަގީން ކޮށްދޭން ޝަނާޒް ބޭނުން ވީ އެކަމުން އަސަދު ދެރަވާނެ ކަން އެނގޭތީއެވެ.

ބާރު ހިނގުމެއްގައި ޝަނާޒް އައިސް އަސަދުގެ ކުރިމަތީ ހުއްޓުނު ގޮތަށް ލައިގެން ހުރި ހެދުން ގަޔާ ވަކި ކޮށްލިއެވެ.

“މިހިރީ… މިހިރީ އަހަރެން… އަސަދު ބޭނުމީ ހެއްކެއްނު؟ ހޯދަބަލަ!” ރުޅިން ފިހިފިހި ހުރި ޝަނާޒްއަށް މި ކުރެވެނީ ކީއް ކަންވެސް ނޭނގޭ ކަހަލައެވެ. އެހެން ބުނުމާއެކު އަސަދުގެ ދެ އަތުގައި ހިފާ ޝަނާޒްގެ މޭމަތީ ޖައްސާލިއެވެ.

ޝަނާޒް އެ ބުނި ވާހަކައަކީ ތެދެއް ކަމަށް ގަބޫލު ކުރަން އަސަދު ބޭނުމެއް ނޫނެވެ. ނަމަވެސް ޝަނާޒް އެ ގޮތަށް އަސަދުއާ ކުރިމަތި ލުމުން، އެއީ ތެދަކަށް ވެދާނެ ކަމަށް އަސަދުގެ ހިތް ބުނަމުން ދިޔައެވެ. އަދި އެރޭ، ޝަނާޒް އެ ދިން ފުރުސަތުގެ ބޭނުން ކޮށްފި ނަމަ، ޝަނާޒް އެ ބުނީ ތެދެއް ކަން ނުވަތަ ދޮގެއް ކަންވެސް ޔަގީން ވާނެ ކަން އެނގޭ އިރުވެސް، އެ ގޮތަށް އެ ދެމެދުގައި އެފަދަ ގުޅުމެއް ހިނގާކަށް އަސަދު ނޭދެއެވެ. ކިތަންމެ ދުވަހެއް ވިޔަސް އަސަދު އެދެނީ ޝަނާޒްގެ ރުހުމުގައި، ޝަނާޒް އެދިގެން އެ ހިސާބަށް ދާށެވެ. ޝަނާޒްއަށް މަޖުބޫރު ކޮށްގެން ކައިވެނި ކުރެވުނު ނަމަވެސް، އިތުރު އެއްވެސް ކަމަކަށް ޝަނާޒްއަށް މަޖުބޫރު ކުރާކަށް އަސަދު ބޭނުމެއް ނޫނެވެ.

ނަމަވެސް އެ ގޮތަށް އަސަދުގެ ކުރިމައްޗަށް ޝަނާޒް އައުމުން އަސަދުއަށް އެހެން ކަމަކާ ނުވިސްނުނެވެ. ހިތުގެ ކޮންމެވެސް ހިސާބަކުން ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އަސަދުއަށް އެ ފުރުސަތު ދޫކޮށެއް ނުލެވުނެވެ.

ޝަނާޒް ފެން ވަރައިގެން ނިކުތް އިރުވެސް އަސަދު ނިތްކުރިމަތީ އެއްއަތް ބާއްވާލައިގެން އޮތް ގޮތަށް އޮތެވެ. ޝަނާޒް ބުނީ ދޮގެއް ނޫނެވެ. އެކަން އެނގުމުން އަސަދުގެ ހިތަށް ތަދުވިއެވެ. ހީވެސް ނުކުރާ ވަރަށެވެ. ނަމަވެސް އަސަދު އެންމެ ހައިރާން ވީ، އެއީ ތެދެއްކަން އަސަދުއަށް ސާބިތު ކޮށްދިނުމަށް ޝަނާޒް ކަންތައް ކުރި ގޮތުންނެވެ.

އަސަދު އަތް ހިއްލާ ޝަނާޒްއާ ދިމާއަށް ބަލާލިއެވެ. ބުޅުބުޅި އިސްތަށިގަނޑު ސޯފާގެ އަތްގަނޑު މައްޗަށް ދޫކޮށްލަމުން އޮށޯންނަން އުޅުނު ޝަނާޒް އަސަދުއާ ދިމާއަށް ބަލާވެސް ނުލިއެވެ.

އަސަދު ރުޅި އައީ ކުއްލިއަކަށެވެ. އެނދުން ތެދުވެގެން ދިޔަ ގޮތަށް އަސަދު ގޮސް ޝަނާޒްގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“ކޮން އިރަކު ޝަނާ އޭނައާ އެކީ—؟” އަސަދުއަށް ސުވާލު ފުރިހަމައެއް ނުކުރެވުނެވެ.

“އަސަދުއާ ބެހޭ ކަމެއް ނޫން އެއީކީ” އަސަދުގެ އަތް ފޮޅުވާލަމުން ޝަނާޒްވެސް ހަމާ އެހާ ރުޅި އައިސްފައި ބުންޏެވެ.

“ތީ މަގޭ އަންހެނުންނޭ!” އަސަދު ބުންޏެވެ.

“އޭރަކު ނޫން… މިހާރު… އެހެން ނޫނަސް އަދިވެސް އަހަންނަށް އެ ޗާންސް ލިބިއްޖެއްޔާ ދާނަން ނިހާން ކައިރިއަށް… ހުރިހާ ކަމެއްވެސް ކުރާނަން… އެނގިއްޖެތަ؟” ޝަނާޒް ބުނެލިއެވެ.

“ޝަނާ!” އަސަދުއަށް ޝަނާޒްގެ ނަމުން ބާރަށް ގޮވާލެވުނީ އައި ރުޅިންނެވެ.

“އަސަދު ހީ ކުރީތަ އަހަންނަށް މަޖުބޫރު ކޮށްގެން އަސަދުއާ އިނީމަ އަހަރެން ދެން މަޑުން ހުންނާނެ ކަމަށް؟ އަސަދު ބުނާހާ ގޮތެއް އަހަރެން ހަދާނެ ކަމަށްތަ ހީކުރީ؟ އަހަރެން ދުވަހަކުވެސް އަސަދު ބުނާ ގޮތެއް ނަހަދާނަން. ތީ މަގޭ ފިރިމީހާއަށް ވިޔަސް ދުވަހަކުވެސް ހިތުން އެ ކަމެއް ގަބޫލެއް ނުކުރާނަން. ދުވަހަކުވެސް އަހަރެންގެ ހިތުން އަސަދުއަކަށް ޖާގައެއް ނުދޭނަން. އަހަރެން ލޯބި ވަނީ ނިހާން ދެކެ. އެކަން އަސަދު ހަނދާން ނައްތާ ނުލާތި!” ރުޅި އައިސްފައި ހުރި ނަމަވެސް އެ ވަރަށް ބުނެވުމާ އެކު ޝަނާޒްގެ ލޮލުން ކަރުނަ އައެވެ.

އިތުރު އެއްވެސް އެއްޗެއް ނުބުނެ އަސަދު ގޮސް ފާހާނާއަށް ވަދެ ފެންވަރަން ފެށިއެވެ. އައިސްފައި ހުރި ރުޅިގަނޑު ފިލީ އެހެން ހުންނަތާ އެތައް އިރެއް ވީ ފަހުންނެވެ. އެއާއެކު މޭގައި އަސަދުއަށް ފިރުމާލެވުނީ ދެރަވީ ވަރުންނެވެ.

ޝަނާޒްއާ ދިމާ ނުވާތީ ޝަބާ ޝަކުވާ ކުރާތާ ދުވަސްކޮޅެއް ވީ ފަހުން ޝަހާމާވެސް އެ ޝަކުވާ ކުރުމުން އެ ދުވަހު ހަވީރު ޝަނާޒް ގެޔަށް ދިޔައެވެ. ޝަނާޒް ދިޔަ އިރު ޝަބާއާ ނާސިފްވެސް އެ ގޭގައި ތިއްބެވެ.

“ދަރިފުޅު ތި އައީ ދޯ؟ ހިނގާ ދެން ސައި ބޯން. ދޮންތަމެން އެ ތިބެނީ ޝަނާ އައީމަ އެކީގަ ސައިބޯން ވެގެން މަޑު ކޮށްގެން. އެކަނިތަ ތި އައީ؟ އަސަދު ނާދޭތަ؟” ޝަނާޒް ފެނުމުން ޝަހާމާ އައިސް ދަރިފުޅު ގައިގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

“ޓެކްސީއެއްގަ މި އައީ” ހަމަ އެކަނި އެހެން ބުނެފައި ޝަނާޒް މަންމަ ގައިގައި ބައްދާލިއެވެ.

މަންމައާ ބައްދަލު ނުވާތާ އަދި ގިނަ ދުވަސްތަކެއް ނުވި ނަމަވެސް ގެޔަށް އާދެވުމުން ޝަނާޒް ދެރަ ވީ ގޭގައި ހުރެވޭނެ ނަމައޭ ހިތަށް އަރާ ދެރަވި ވަރުންނެވެ. ކައިވެންޏަށް ފަހު ޝަނާޒް ގެޔަށް އައި އެއީ ފުރަތަމަ ފަހަރެވެ. ރޮވިދާނެތީ ލޯ މަރާ ބާރު ކޮށްލަމުން ޝަނާޒް މަންމަ ގައިން ދޫކޮށްނުލާ ހުރެ ހަމަ ޖެހިލެވޭތޯ ބެލިއެވެ.

“ޝަނާ…” ޝަނާޒް ދޫކޮށްނުލުމުން ޝަހާމާ ގޮވާލިއެވެ.

“ހާއި ދޮންތަ އެންޑް ދޮންތަބޭ. ކިހިނެއްތަ ދެ ކުދިން؟” ޝަހާމާ ގައިން ދޫކޮށްލާފައި ޝަނާޒް މޫނުމައްޗަށް ހިނިތުންވުމެއް ވެރި ކުރަން މަސައްކަތް ކުރަމުން ޝަބާ ކައިރީ އިށީނެވެ.

ސައި ބޮއެގެން ނާސިފް ދިޔައީ ފަހުން ޝަބާ ބަލާ އަންނާނެ ކަމަށް ބުނެފައެވެ. ބަންގި ގޮވަން ދެން އެ ކުދިން ކައިރީ އިނދެފައި ޝަހާމާ ކޮޓަރިއަށް ވަނީ ނަމާދު ކޮށްލާށެވެ. ޝަނާޒްއާ ޝަބާވެސް ކޮޓަރިއަށް ވަދެ ނަމާދު ކޮށްލިއެވެ.

“ޝަނާ… ދޮންތަ އެއްޗެއް އަހާލަންތަ؟” ނަމާދުކޮށް ނިމިގެން ދޮޅި ފަތްޖަހަން އިން ޝަނާޒްއަށް ގޮވާލަމުން ޝަބާ އަހާލިއެވެ.

ޝަބާ އަހާނީ ކޮން ވާހަކައެއް ކަން ޝަނާޒްއަށް ވިސްނުނެވެ. ބޯ ޖަހާލީ އެ ވާހަކަތައް އެހެން މީހަކާ ހިއްސާ ކުރަން ބޭނުން ވެފައި ހުރި ވަރުންނެވެ.

“އޭރު ނިހާންއާ މެރީ ކުރަން ހުރިހާ ކަމެއް ރެޑީ ވީ ފަހުން ކީއްވެ ކުއްލިއަކަށް އަސަދުއާ މެރީ ކުރީ؟” ޝަބާ އެހިއެވެ.

ފުރަތަމަ ފަހަރަށް ހުރިހާ ވާހަކައެއް ޝަނާޒް އެހެން މީހަކަށް ކިޔާދިނެވެ.

“އަޅެ… ޝަނާ ކީއްވެތަ އެއްވެސް މީހެއް ކައިރީ ނުބުނީ؟ ނިހާން ކައިރީ ބުނި ނަމަ…” ރޮވިފައި އިން ކޮއްކޮ ގައިގައި ބައްދާލަމުން ޝަބާ ބުންޏެވެ.

“އޭރު ނުކެރުނު އެ ވާހަކަ ބުނާކަށް… އަހަރެން އެ މަގުން ހިނގާ ކޮންމެ ފަހަރަކު އެ ދެ މީހުން ތިބޭ އެތަނުގަ… އަހަންނާ ހެދި ނިހާންއަށް އެ ވަރުގެ ކަމެއް ދިމާ ވާކަށް އަހަރެން ބޭނުމެއް ނޫން… ނިހާން އެކަންޏެއް ނޫނޭ ދޮންތާ… ނަވާއާ އަޔާއަށްވެސް އެހެން ހަދާނަމޭ އަސަދު ބުނީ… އެހެން ވެއްޖެއްޔާ ނިހާންގެ މަންމައާ ބައްޕައަށް ކިހިނެއް ވާނީ…؟” ޝަނާޒް ބުންޏެވެ.

“އެކަމަކު… ނިހާން ކިހާ ދެރަވާނެ؟ އޭނަ އަސްލުވެސް ޝަނާ ދެކެ ވަރަށް ލޯބިވޭ…” ޝަބާ ބުންޏެވެ.

ޝަނާޒް ޖަވާބެއް ނުދީ އިނެވެ.

އެރޭ ޝަނާޒް ގެޔަށް ދިޔައީ އެގާރަ ޖަހަން އުޅެނިކޮށެވެ. އޭރު ސިޓިންގް ރޫމްގައި އިނީ ރާބިޔާ އެކަންޏެވެ.

“ޝަނާ، މަންމަ ވަރަށް އުފަލުން ދޯ ހުރީ މިއަދު ޝަނާ ދިޔައިމަ؟” ރާބިޔާ އަހާލިއެވެ.

ޝަނާޒް ބޯ ޖަހާލިއެވެ.

“ކައިގެންތަ ތި އައީ؟” ރާބިޔާ އަހާލިއެވެ.

އަނެއްކާވެސް ޝަނާޒް ބޯ ޖަހާލިއެވެ.

“އެހެން ވިއްޔާ މަންމަ މި ދަނީ އޮށޯންނަން” ރާބިޔާ އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ.

ޝަނާޒް ކޮޓަރިއަށް ވަން އިރު އަސަދު ފެންނަން ނެތުމުން ހިތްހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. ސޯފާގައި އިށީނދެފައި ޝަނާޒްއަށް ނިހާންއާ މެދު ވިސްނާލެވުނެވެ.

އެ ކައިވެންޏަށް ފަހު ޝަނާޒްއަށް އެއް ފަހަރުވެސް އަދި ނިހާންއެއް ނުފެނެއެވެ. ނިހާން މިހާރު ކޮބާ ހެއްޔެވެ؟ ޝަނާޒް މަތިން ހަންދާން ނައްތާލުމަށް ނިހާން މަސައްކަތް ކުރާނެ ހެއްޔެވެ؟ ނޫން ނަމަ ޝަނާޒް މަތިން ނިހާން ހަނދާން ކުރާނެ ހެއްޔެވެ؟ ނޫން ނަމަ އެ ހިތުގައި ޝަނާޒްއާ މެދު މިހާރު އޮންނާނީ ނަފްރަތު ހެއްޔެވެ؟

އެހެން ހިތަށް އެރުމާއެކު ޝަނާޒްގެ ލޮލުން ކަރުނަ އައެވެ. ދެ އަތުން ލޯ ފޮހެލި ނަމަވެސް އެ ކަރުނައެއް ނުހުއްޓުނެވެ.

މީ ކޮން ކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ލޯބި ނުވާ މީހަކާ ކައިވެނި ކުރުމަށް ފަހު ޝަނާޒްއަށް އެއްވެސް އުފަލެއް ނެތެވެ. ޝަނާޒް ބޭނުން ވަނީ މިއަދުވެސް އަސަދުއާ ވަކި ވެގެން ނިހާން ގާތަށް ދާށެވެ. ނަމަވެސް ދެން އެ ފުރުސަތު ޝަނާޒްއަށް ލިބިދާނެ ހެއްޔެވެ؟ ނިހާންގެ ހިތުން، އެ ޙަޔާތުން ދެން ދުވަހަކުވެސް ޝަނާޒްއަށް ފުރުސަތެއް ލިބިދާނެ ހެއްޔެވެ؟ އެ ހިތުގައި މިއަދު ޝަނާޒްއަށް ޓަކާ ނަފްރަތު ނޫން އިހުސާސެއް އޮވެދާނެ ހެއްޔެވެ؟

ނިހާން ދެކޭނީ ޝަނާޒްއަކީ ބޭވަފާތެރިއެއްގެ ގޮތުގައެވެ. އެއްވެސް ކުށެއް ނެތި ޝަނާޒް ނިހާން ދޫކޮށްލީ ކަމުގައެވެ. މަޖަލަކަށް ހަދާފައި ނިހާންގެ އިހުސާތަކާ ޝަނާޒް ކުޅެލީ ކަމަށެވެ. އެހެން މީހަކު ފެނުމާ އެކު ނިހާން ދޫކޮށްލީ ކަމަށެވެ.

ބާރަށް ރޮވެން ފެށުމުން ޝަނާޒް ދެ އަތުން މޫނު ނިވާ ކޮށްލިއެވެ. ނަމަވެސް ޝަނާޒްގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

ފެން ވަރައިގެން ނިކުތް އަސަދުއަށް ޝަނާޒްގެ ރުއިމުގެ އަޑު އިވުމުން ހުއްޓިފައި ބަލަން ހުރެވުނެވެ. ނަމަވެސް އެހެން ހުންނަން އަސަދުއަށް އުނދަގޫ ވަމުން ދިޔައީ އެ އަޑުން އަސަދުގެ ހިތަށް ތަދުވަމުން ދާތީއެވެ.

އަސަދު މަޑުމަޑުން އައިސް ޝަނާޒް ކައިރީ އިށީނދެ ދެ އަތުން ޝަނާޒް ގައިގައި ހިފާ ގެނެސް މޭގައި ޖައްސާލިއެވެ. ސިހިފައި ޝަނާޒް އަސަދުއާ ދުރަށް ޖެހިލަން އުޅުނު ނަމަވެސް އެ ފުރުސަތު ނުދީ އަސަދު ޝަނާޒްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.

އެ ފަދަ އޯގާތެރި ފިރުމުމަކަށް ބޭނުންވެފައި އިން ޝަނާޒް ލޯ މަރާލަމުން އަސަދުގެ މޭގައި މޫނު ޖައްސާލިއެވެ. ރޮއެރޮއެ ވަރުބަލި ވަންދެން އެހެން އިނދެފައި ޝަނާޒް ދުރަށް ޖެހިލާފައި ދެ އަތުން ލޯ ފޮހެލިއެވެ.

“ޔޫ އޯކޭ؟” އަސަދު އަހާލިއެވެ.

“އައި ހޭޓް ޔޫ!” މަޑުމަޑުން ޝަނާޒް ބުނެލިއެވެ.

“އައި ނޯ…” ލުއި ހުނުމަކާ އެކު އަސަދު ބުނެލި ނަމަވެސް އެ ތިން ލަފްޒުން އަސަދުގެ ހިތަށް ތަދުވިއެވެ.

“ސަމާސާއަކަށް ނޫނޭ މިބުނީ ތިހާ ހިނި އައިސްފަ ތި އިންނަނީ… އައި ރިއަލީ ހޭޓް ޔޫ… އަހަރެންގެ ހުރިހާ އުފަލެއް ޖަހައިގަނެގެން އަސަދު ތި ހުންނަނީ، ތިއަށް ވުރެ އަހަރެން ރުޅި އަންނަ މީހަކު މި ދުނިޔޭގަވެސް ނުހުންނާނެ” އެހާ ހަމަ ޖެހިފައި އަސަދު ހުރި ތަން ފެނުމުން ޝަނާޒް ރުޅިއައެވެ.

ދެންވެސް އަސަދު ހީލީ ޝަނާޒްގެ އެ ބަސްތަކުން ހިތަށް ވީ ތަދު ފޮރުވާލުމަށެވެ.

ޝަނާޒް އަސަދުއާ ދިމާއަށް ބަލަން އިންދާ އަސަދު ދެ އަތުން ޝަނާޒްގެ މޫނުގައި ހިފާލި ގޮތަށް އެ ނިތްކުރީގައި ބޮސްދީފައި ތެދުވެގެން ގޮސް ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓި ރީތިވާން ފެށިއެވެ.

ރުޅިގަނޑު ހައްތަހާ ގަދަވި ޝަނާޒް ތެދުވެގެން ގޮސް ކޮޓަރިތެރެ ތަރުތީބު ކުރަން ފެށީ ވީ އެންމެ އަޑު ގަދަކޮށެވެ. ޝަނާޒްގެ ހިތުގައި އެހާ ހަމަ ނުޖެހުން ވީ އިރު، އަސަދު އެހާ ހަމަ ޖެހިފައި ހުރީތީ ހިތާހިތުން އެއްޗެހި ކިޔަމުން ޝަނާޒްއަށް އިރުއިރުކޮޅާ އަސަދުއާ ދިމާއަށް ބަލާލެވެއެވެ.

އެ ހުރިހާ އެއްޗެއް އަސަދުއަށް ލޯގަނޑުން ފެނެއެވެ.

“ޝަނާ ތިހާ ރުޅި އައިއްސަ ހުންނަ އިރު ވަކިން ލޯބި… އައި ހޯޕް އަހަރުމެންނަށް ލިބޭ ކުދިންވެސް ތިހާ ލޯބި ވާނެ ކަމަށް…” ހިނިއައިސްފައި އަސަދު ބުނެލިއެވެ.

“މި ކައިވެންޏަށް ކިތަންމެ ދުވަހެއް ވިޔަސް، އެއް އަހަރު ވިޔަސް، ދެ އަހަރު ވިޔަސް، ބާރަ އަހަރު ވިޔަސް އަދި ވިހި އަހަރު ވިޔަސް ދުވަހަކުވެސް ކުއްޖަކު ހޯދާކަށް ބޭނުމެއް ނޫން” ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އަސަދުއާ ހަތަރުކަޅި ހަމަކޮށްލަމުން ޝަނާޒް ބުނެލިއެވެ.

ވަގުތުން އަސަދުގެ މޫޑް ބަދަލު ވިއެވެ. މޫނުމަތީގައިވި ހިނިތުންވުން ފިލާ، ސިކުނޑިއަށް ރުޅި ވެރިވެގަތުމާއެކު އަތުގައި އޮތް ބުރުސް އެއްލާލާފައި އައިސް ޝަނާޒްގެ ދެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

“އަދިވެސް އޭނަ ކައިރިއަށް ދެވޭނެ ދުވަހެއްގެ ހުވަފެން ދެކެނީތަ؟ ދުވަހެއްގެ ކޮޅުންވެސް ޝަނާޒް އަހަރެން ކައިރިން ވަރިވެގެން ގޮއްސިއްޔާ އެ ނިހާންއަށް ސަލާމަތް ނުވެވޭނެ ވަރުގެ ބޮނޑިއެއް ދޭނަން. މީ އަހަރެން ހަމައެކަނި ބުނެލާ ބަހެއް ނޫންކަން ހަނދާން ކުރާތި! މިހާރު ތީ އަހަރެންގެ އަނބިމީހާ،، ޝަނާޒްއަށް އަދި ތިހެން ހުރެވުނަކަސް އަބަދަކު ނުހުރެވޭނެ އިނގޭ! އަހަރެން މާ ބޮޑަށް ރުޅި އަރުވަން ނޫޅޭތި! ޝަނާ ދެކެ އަހަރެން ލޯބި ވިޔަސް އޭގެ މާނައަކީ ޝަނާޒް ބުނާހާ އެއްޗެއް އަޑު އަހައިގެން، ކުރާހާ ކަމެއް ބަލަހައްޓައިގެން އަހަރެން އަބަދު ހުންނާނެއެކޭ ނޫން. އެކަން ހަނދާން ކުރާތި! މީ މިސާލެއް…” ރުޅި އައިސްފައި ހުރި އަސަދު އެ ވަރަށް ބުނެފައި، ޝަނާޒްގެ ދެ އަތްތިލައިގައި ހިފާ ފަހަތަށް ގޮސް ފާރުގައި ޖައްސާލުމާއެކު ދެއަތް ހިއްލާ ފާރުގައި ޖައްސާލަމުން ޝަނާޒް އެ ގޮތަށް ހައްޔަރު ކޮށްލުމާއެކު ޝަނާޒްގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ.

އެކަމުން ސަލާމަތް ވާކަށް ޝަނާޒްއަކަށް އެއްކަމެއްވެސް ނުކުރެވުނެވެ. އަސަދު ބޭނުން ކަމެއް ކުރުމަށް ފަހު ނޫނީ ދޫކޮށްނުލާނެޔޭ ޝަނާޒްގެ ހިތަށް އެރި ފަހުން އަސަދު ދުރަށް ޖެހިލި އިރު ޝަނާޒް ހުރީ ނޭވާ ކުރުވެފައެވެ.

“ހަނދާން ކުރާތި!” ޝާނާޒްއާ ދުރަށް ޖެހިލާފައި އެހެން ބުނެފައި އަލަމާރިން ޓީޝާޓެއް ނަގައިގެން ލަމުން އަސަދު ކޮޓަރިން ނިކުތެވެ.

އެ ދުވަހު ޝަނާޒް އަސަދު ދެކެ ބިރުގަތެވެ. އަސަދު އެ ގޮތަށް ކަންތައް ކޮށްފާނެ ކަން ޝަނާޒްއަށް އެނގެއެވެ. ނިހާންއަށް ގެއްލުމެއް ދޭކަށް އަސަދު ފަހަކަށް ނުޖެހޭނެއެވެ. އޭގެ އިތުރުން އަސަދު ބޭނުންވެއްޖެ ނަމަ ޝަނާޒްގެ ފަރާތުންވެސް އަސަދު ބޭނުން ކޮންމެ ކަމެއް ހާސިލްކޮށްފާނެ ކަން އެ ދުވަހު ޝަނާޒްއަށް ޔަގީންވިއެވެ. ޝަނާޒް އެންމެ ބިރު ގަތީ އެހެންވެއެވެ. ޝަނާޒް އަސަދުއާ އިނދެގެން ހުރިހާ ދުވަހަކު އަސަދު ނިހާނއަކަށް ގެއްލުމެއް ނުދޭނެއެވެ. ނަމަވެސް ޝަނާޒްގެ ރުހުން ނެތި ވިޔަސް އަސަދު ބޭނުން ވަގުތަކު ޝަނާޒްގެ ފަރާތުން އަސަދު ބޭނުންވާ ކަންތައް ފުރިހަމަ ކޮށްފާނެ ކަން އަސަދު އެ ދިޔައީ ޔަގީން ކޮށްދީފައެވެ.

ނަމަވެސް ޝަނާޒް ހީވެސް ނުކުރާ ފަދަ ގޮތަކަށް ކަންތައް ވެގެން ދިޔައީ ޝަނާޒް ނުވެސް ވިސްނާ ހުއްޓައެވެ. ހުރިހާ ކަމެއް ނިހާންއަށް އެނގިދާނެ ކަމަށް ޝަނާޒް ކުޑަކޮށްވެސް ހީ ނުކޮށް ހުއްޓައެވެ.

އެ ދުވަހަށް ފަހު ޝަނާޒްއާ އަސަދުގެ މެދުގައި ހަމަނުޖެހުމެއް ނުހިނގައެވެ. އިންޒާރެއް ދިން ނަމަވެސް ޝަނާޒްއާ ކައިރިވާކަށް އަސަދު އެއްވެސް މަސްއްކަތެއް ނުކުރެއެވެ. ދެ މީހުންގެ މެދުގައި ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ބުނަން ފިޔަވާ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ޝަނާޒް ބޭރަށް ދާން ބޭނުން ވެއްޖެ ނަމަ އަސަދު ކައިރީ ބުނުމުގެ ބަދަލުގައި ޝަނާޒް ބުނަނީ ރާބިޔާ ކައިރީގައެވެ.

ނިހާންއާ ވަކިވީ ފަހުން ޝަނާޒްއަށް ނިހާން ފެނުނީ ދެމަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ޝަބާއާ އެކު ބާޒާރު ކުރަން ނިކުމެ އުޅެނިކޮށް އެ މީހުންނަށް ވަދެވުނީ ނިހާންއާ ޒައިނާ ވަދެ ތިބި ފިހާރައަކަށެވެ.

“ނާޒް ދައްތާ!” ޝަނާޒް ފެނުމާއެކު ޒައިނާ ގޮވާލިއެވެ.

ޒައިނާގެ އަޑަށް ޝަނާޒް ބަލާލިއެވެ. ދުވަސްތަކެއް ފަހުން ޒައިނާ ފެނުމުން ޝަނާޒް ހީލަމުން ޒައިނާ ކައިރިއަށް ދިޔައެވެ. ޒައިނާ ކައިރީ ހުރި ނިހާން ޝަނާޒްއަށް ފެނުނީ އެ ވަގުތުއެވެ.

“ނާޒް ދައްތާ… ކިހިނެއްތަ؟” ހިސާބަކަށް ޖެހިލުން ވެފައި ހުރެ ޒައިނާ އަހާލިއެވެ.

ދޭނެ ޖަވާބެއް ޝަނާޒްއަކަށް ނޭނގުނެވެ. ނުބަލަން ހުރި ނަމަވެސް ޝަނާޒްއަށް ނިހާންއާ ދިމާއަށް ބަލާލެވުނެވެ.

ޝަނާޒް ބަލާލުމާ އެކު ނިހާން ދުރު ބަލާލިއެވެ. އެ މޫނަށް ބަލަން ހުރި އިރު ކަންތައް އެހެން ގޮތަކަށް ވީ ނަމައޭ ޝަނާޒް ހިތަށް އަރަމުން ދިޔައެވެ. ނިހާން ފެނުމުން، ޝަނާޒްގެ ސަބަބުން ނިހާންއަށް އައިސްފައިވާ ބަދަލު ޝަނާޒްއަށް ފާހަގަ ކުރެވުނެވެ. ކުރިއަށް ވުރެ މީހާ ހިކިފައި ހުރި އިރު އެ މޫނުމަތީ އެއްވެސް ދިރުމެއް ނެތް ފަދައެވެ. ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައިވާ މީހެއްގެ ކިބައިން ފެންނާނެ ފަދަ ވަރުބަލި ކަމެއް ނިހާންގެ ފަރާތުން ފެންނަމުން ދިޔައެވެ.

“ނާޒް ދައްތާ… ވީ މިސް ޔޫ…” ޝަނާޒްގެ އަތުގައި ހިފާލަމުން ޒައިނާ މަޑުމަޑުން ބުނެލިއެވެ.

ޒައިނާ އެހެން ބުނުމާއެކު ޝަނާޒްގެ ލޯ ފެންކަޅި ވެގެން ދިޔައެވެ.

“ނާޒް ދައްތަވެސް ނަންނަމެން ވަރަށް މިސް ވޭ… ވަރަށް ހަނދާން ވޭ ނަންނަމެން މަތިން… އައިމް ސޯ ސޮރީ…” ނުބުނަން ހުރި ނަމަވެސް ޝަނާޒްގެ ދުލުން ބޭރުވިއެވެ. ނަމަވެސް ބުނަން ބޭނުން ވި އެއްޗެއް ޝަނާޒްއަކަށް ފުރިހަމައެއް ނުކުރެވުނެވެ.

“ނަންނާ، ހިނގާ ދާން” ކުއްލިއަކަށް ޒައިނާގެ އަތުގައި ހިފާ ޝަނާޒްއާ ދުރަށް ޒައިނާ ގެންދަމުން ނިހާން ބުނެލި އިރު އެ އަޑުގައިވީ ހަރުކަށި ކަމުން ޒައިނާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަހަތަށް އެނބުރި އަތުން ހަނާ އަޅާލަމުން ޒައިނާ ދިޔަތަން ބަލަން ހުރި ޝަނާޒްގެ ލޮލުން ކަރުނަ އައެވެ.

ދެ އަތުން ލޯ ފޮހެލަމުން ޝަނާޒް ޝަބާއަށް ބަލާލިއެވެ.

“ދޮންތާ… އެހެން ފަހަރަކުން އަނެއްކާ އަންނާނީ، އިހަށް ހިނގާ ގެޔަށް ދާން…” ޝަނާޒް އެދުމުން ދެކޮޅު ހެދުމަކާ ނުލާ ޝަނާޒްގެ އަތުގައި ހިފާލަމުން ޝަބާ ފިހާރައިން ނިކުތެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުވާނަން ތަފާތެއް… 1

Next

ހިތުގެ ކޮންމެ ވިންދެއްގައި – 6 –

Next
March 16, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 6 –

Previews
March 15, 2020

ނުވާނަން ތަފާތެއް… 1

10 Comments!

  1. Mar Sha Marsha says:
    March 15, 2020 at 3:19 pm

    Salaam, mi bai ves kamudhaane kamah hykuran, 22 genesdheynan Tuesday ga. Take care ❤️❤️❤️?

  2. Yaal says:
    March 15, 2020 at 4:22 pm

    Vvvvvv reethi mi part……..When next part!!!!!!!????????????????????????????????????????????????????????????????????????????????

    1. Mar Sha Marsha says:
      March 16, 2020 at 9:42 am

      Thank u yaal, Tuesday ga

  3. Kairaa says:
    March 15, 2020 at 4:38 pm

    Alhey varah reethi…..whn nxt….waiting for the nxt part….

    1. Mar Sha Marsha says:
      March 16, 2020 at 9:43 am

      Thank u Kairaa,

  4. Anonymous says:
    March 15, 2020 at 6:20 pm

    Alhee thankolheh avahah up kohdhyba next partt

    1. Mar Sha Marsha says:
      March 16, 2020 at 9:44 am

      Maadhan morning ga avahah upload kollaanan

  5. 00000 says:
    March 15, 2020 at 11:09 pm

    Mi story up kuraan ehen site plsss buneba …… Marsha

    1. Mar Sha Marsha says:
      March 16, 2020 at 9:45 am

      Viyas.mv ga innaany

  6. Shaaa??? says:
    March 16, 2020 at 12:31 pm

    Alhey varah reethi vaahaka masha allah….??emihun ge pass to kuru kolabala plssss marsha sis

Comments are closed.


All Right Reserved!