Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
March 10, 2020 7 Mins Read
23 Comments

އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި ޒުވާބަށް ފަހު ޝަނާޒް އެ ގެޔަށް ނުދާތާ ދެ ހަފްތާ ފަހުން އެ ގެޔަށް ދާން ޖެހުނީ ރާބިޔާ ގުޅާފައި ޝަނާޒް ނާންނާތީ ޝަކުވާ ކޮށްފައި، ހަވީރު ސަޔަށް އާއިލާ އެކީ އެ ގެޔަށް އައުމަށް ދައުވަތު ދިނުމުންނެވެ.

އެ ދުވަހުގެ ފަހުން ޝަނާޒްއާ ދިމާ ނުވި ނަމަވެސް، އަސަދުވެސް ދިޔައީ އޭނަގެ މަޤުސަދު ހާސިލް ކުރުމަށް ކަންތައްތައް ރާވަމުންނެވެ. އަސަދު އިންތިޒާރު ކުރަމުން ދިޔައީ ޝަނާޒް އެ ގެޔަށް އަންނާނެ ދުވަހަކަށެވެ. އެ އިންތިޒާރު ނިމުނީ ދެ ހަފްތާ ފަހުން އައި ހޮނިހިރު ދުވަހެއްގައެވެ.

އެ ދުވަހު ނުދާން ވެގެން ޝަނާޒް ބަހަނާ ދެއްކި ނަމަވެސް ޝަހާމާ އެދުނީ ރާބިޔާގެ ދައުވަތު ގަބޫލު ކުރުމަށެވެ. އެ ދުވަހު ރާބިޔާ ގުޅާފައި ޝަނާޒް ނާންނާތީ އެ ޝަކުވާ ކުރުމުންނާވެސް އެކުގައެވެ. އަދި އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި ކަންތައް އެނގިފައިވެސް ނެތުމުންނެވެ.

ފަހެއް ޖަހަން އުޅެނިކޮށް ޝަހާމާމެން އައުމުން ރާބިޔާ ފުރަތަމަވެސް ޝަނާޒް ގައިގައި ބައްދާލިއެވެ. އެއަށް ފަހު ޝަބާއާ ޝަބާގެ ފިރިމީހާ ނާސިފްއަށް މަރުޙަބާ ކިޔެވެ.

ސައި ބޮއެ ނިމުނު ގޮތަށް ޝަބާއާ ނާސިފް ދިޔައެވެ. އެ މީހުންނާއެކު ޝަނާޒް ދާން އުޅުމުން އަސަދުގެ އެދުމަށް ޝަނާޒް ދިޔަނުދީ ހުއްޓުވީ އިޔާދުއެވެ. ދިމާ ނުވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމުގައި ބުނަމުން އިޔާދު ޝަނާޒް ގޮވައިގެން ނިކުތީ ބެލްކަންޏަށެވެ. އިރުކޮޅަކު ޝަނާޒްއާ ވާހަކަ ދައްކަން ހުރެފައި އަސަދު ގުޅުމުން، ރައްޓެއްސަކާ އެކީ ބޭރަށް ދާން ޖެހިއްޖެ ކަމަށް ބުނެފައި އިޔާދު ދިޔައެވެ. ފޫހި ވެފައި ހުރެ ޝަނާޒް މަންމަމެންނާ ދިމާއަށް ބަލާލީ ގެޔަށް ދާން ބޭނުން ވެގެން އެ ވާހަކަ ބުނާށެވެ. ނަމަވެސް ރާބިޔާއާ ޝަހާމާ ވާހަކަ ދައްކަން ތިބުމުން ބުނަން ނުކެރިގެން ޝަނާޒް އަނެއްކާވެސް ބެލްކަންޏަށް ނިކުމެ ނިހާންމެން ގެޔާ ދިމާއަށް ބަލަން ހުއްޓެވެ.

“ތިހެން ބަލަން ހުރީމަ އެ ގޭ ފާރުން އެތެރެވެސް ޝަނާއަށް ފެންނަނީތަ؟”

ޝަނާޒް ސިހިފައި ބަލާލީ ފަހަތުން އަސަދުގެ އަޑު އިވުމުންނެވެ.

އަސަދުގެ ސުވާލަށް ޖަވާބެއް ދިނުމެއް ނެތި ޝަނާޒް އަނެއްކާވެސް ނިހާންމެން ގެޔާ ދިމާއަށް ބަލަން ފެށިއެވެ.

“އޯކޭ. މިއަދު އެއްވެސް އެއްޗެއް ބޭނުން ނުކޮށް ހުރެގެން، ވަރަށް ރީތިކޮށް މި އަހަނީ… ޝަނާ، ވިލް ޔޫ މެރީ މީ؟” ހުދު މުތެއް ޖަހާފައި އިން ރަން އަނގޮއްޓިއެއް ޝަނާޒްއާ ދިމާއަށް ދިއްކޮށްލަމުން އަސަދު އަހާލިއެވެ.

އަސަދު ދިއްކޮށްގެން ހުރި އަނގޮއްޓިއާ ދިމާއަށް ބަލާލާފައި ޝަނާޒް އަސަދުއާ ދިމާއަށް ވައަތް ދިއްކޮށްލިއެވެ. އެ އަތުގެ ކަށި އިނގިލީގައި އިން، ހުދު އެހެއް ޖަހާފައި އިން އަނގޮއްޓި އަސަދުއަށް ދައްކާލުމަށެވެ.

“އޯލްރެޑީ ރިޒަރވްޑް! ޖަވާބު އެނގޭނެ އަސަދުއަށް” ފަރުވާ ކުޑަ ގޮތަކަށް ޝަނާޒް ބުނެލިއެވެ.

“ޝަނާ! އޭނަ ދޫކޮށްލާފަ އަހަންނަށް އާނއެކޭ ބުނޭ. އައި ލަވް ޔޫ، އައި ރިއަލީ ލަވް ޔޫ. އަހަރެން އާދޭސް ކުރުވާފަތަ ޝަނާ އާނއެކޭ ބުނާނީ؟” އަނގޮއްޓި މުށުތެރެއަށް ލާފައި އަސަދު ބުންޏެވެ.

“ވަރަށް ރީތިކޮށް އަސަދު ކައިރީ އަހަރެން މި ބުނަނީ، އަހަރެން ލޯބި ވަނީ ނިހާން ދެކެ… އަހަންނަށް އަސަދުއަށް އާނއެކޭ ނުބުނެވޭނެ އެހެން މީހެއް ދެކެ އަހަރެން ލޯބި ވާ އިރަކު. ޕްލީޒް، ތި ހިޔާލު ދޫކޮށްލާ. އަހަރެންގެ ޖަވާބަކީ ނޫނެކޭ” ޝަނާޒް ބުނެލިއެވެ.

“އެންމެ ރަނގަޅު. ޖަސްޓް ގިވް މީ އެ ފިއު މިނަޓްސް…” އެހެން ބުނެފައި އަސަދު ފޯން ކޯލެއް ކޮށްލިއެވެ. ހަމަ އެކަނި “އޯކޭ” އޭ ބުނެފައި އަސަދު ފޯން ކަނޑާލިއެވެ.

އަސަދުއއާ ދިމާއަށް ބަލަން ހުރެފައި ޝަނާޒް ދާން އުޅުނެވެ. ނަމަވެސް އަސަދު ޝަނާޒް ދިޔަނުދީ ކުރިމައްޗަށް އެރިއެވެ.

“ބަލާލަބަލަ ޝަނާ…” އަސަދު ބުންޏެވެ.

“ބޭނުމެއް ނޫން އަސަދު ދައްކާ އެއްވެސް އެއްޗެއް ބަލާކަށް” ޝަނާޒް ބުންޏެވެ.

“އެއީ ޝަނާގެ ނިހާންގެ ސައިކަލުތަ؟” އަސަދު އެހެން އަހާލުމާއެކު ޝަނާޒްގެ ހިތުގައި ބިރެއް އުފެދުނެވެ. އަސަދުގެ މޫނަށް ބަލާލާފައި ނިހާންމެން ގެޔާ ދިމާއަށް ޝަނާޒް ބަލާލިއެވެ.

ގޭ ކައިރީގައި ބަހައްޓާފައި ހުރި ނިހާންގެ ސައިކަލު ކައިރީގައި ދެ މީހުން ތިއްބެވެ. އެ ދެ މީހުން ފެނުމުން އެއީ ކޮން ކަހަލަ ބައެއް ކަން ދެނެގަންނާކަށް ޝަނާޒްއަށް އުނދަގުލެއް ނުވިއެވެ.

“އެކޮޅު ބަލާބަލަ” މަގުގެ އަނެއް ފަރާތަށް އިޝާރާތް ކޮށްލަމުން އަސަދު ބުންޏެވެ.

މަގުގެ އަނެއް ފަރާތުގައި ފުލުހުންގެ ދެ މީހުން ތިއްބެވެ. ނިހާންގެ ސައިކަލު ކައިރީ ތިބި ދެ މީހުން އަސަދު ހުރި ދިމާއަށް ބަލާލުމުން އަސަދު އެ މީހުންނާ ދިމާއަށް އަތުގެ ބޮޑުވާ އިނގިލި ހިއްލާލިއެވެ.

“ޝަނާ، ބަލައްޗޭ…” އަސަދު ބުނެލިއެވެ.

ޝަނާޒް ބަލަން ހުއްޓާ އެތަނުން އެކަކު ޖީންސްގެ ޖީބުން އެއްޗެއް ނެގިއެވެ. އަދި މައްޗަށް ބަލާލާފައި އަތުގައި އޮތް ޕެކެޓް ދައްކާލިއެވެ.

ޝަނާޒްއަށް އަނގަމަތީ އަތް އަޅާލެވުނީ އެއީ ކޯޗެއް ކަން އެނގުމުންނެވެ.

“ނޫން…” އެ މީހާ، އެ ޕެކެޓް ނިހާންގެ ސައިކަލުގެ މަޑި ދަށަށް ލައްވާލިތަން ފެނުމުން ޝަނާޒްއަށް ބުނެވުނެވެ.

ކުރަން އައި ކަންތައް ކޮށްފައި އެ ދެ މީހުން އަސަދުއާ ދިމާއަށް ބަލާލާފައި ހަނާ އަޅާލަމުން އަނެއް މަގަށް ގޮސް އޮބާލިއެވެ.

“އެ ތިބީ ޕޮލިސް. އެ މީހުން އައިސް ނިހާންގެ ސައިކު ޗެކް ކޮށްފިއްޔާ…؟ ދެން ވާނެ ގޮތް ޝަނާއަށް އެނގޭ ދޯ؟” ޝަނާޒްގެ މޫނަށް ބަލާލަމުން އަސަދު އަހާލިއެވެ.

“މީހަކަށް ތި ވަރުގެ ބޮޑު ދެރައެއް ދޭން ވާނެތަ އަސަދު؟” ޝަނާޒްއަށް އަހާލެވުނީ އަސަދު އެ ވަރުގެ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ކުރަން ދަތި ވެގެންނެވެ.

“ނިހާންއަށް ކަމެއް ވުމާ ނުވުން އޮތީ ޝަނާގެ އަތް މަތީގަ” އަސަދު ބުނެލިއެވެ.

“ނިހާން ގެންގޮސްފިއްޔާ އަހަރެން ބުނާނަން މި ހުރިހާ ވާހަކައެއް. ނިހާންއަކީ ޑްރަގްސް ބޭނުން ކުރާ މީހެއް ނޫން ކަން އެނގޭނެ ޓެސްޓް ކުރީމަ” އަސަދު ބޭނުން ވާ ގޮތް ވިސްނުނު ނަމަވެސް އެ ކަމަށް އެއްބަސް ވާކަށް ޝަނާޒް ބޭނުމެއް ނޫނެވެ.

“އެ މީހުން އޭނަ ގޮވައިގެން ދާ ތާކަށް ގޮސް ޓެސްޓް ހަދަން ވާ އިރު ހުންނާނީ ޕޮޒިޓިވް ވެފަ. ދެން ޝަނާ ބުނާ އެއްޗަކުން އެއްވެސް ފައިދާއެއް ވާނެތަ؟” ހަމަޖެހިލާފައި އަސަދު ބުންޏެވެ.

ހިތުގައި އުފެދުނު ބިރާއެކު ޝަނާޒް ދާ ހިއްލަން ފެށިއެވެ. ހަދަން ވީ ގޮތެއް ނުވިސްނިފައި ޝަނާޒްއަށް ނިހާންގެ ސައިކަލާ ދިމާއަށް ބަލަން ހުރެވުނެވެ. އެ ވަގުތު މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށި އަޑު އިވުނެވެ.

“އެ ގޮވީ ބަންގި. އިރުކޮޅަކުން ޝަނާގެ އެކްސް ބޯއި ފްރެންޑް ނިކުންނާނެ މިސްކިތަށް ދާން. ތިންކް ފާސްޓް ޝަނާ” އަސަދުގެ އިޝާރާތަށް މަގުގެ އަނެއް ފަރާތުގައި ތިބި ދެ ފުލުހުން ނިހާންގެ ސައިކަލާ ދިމާއަށް ދާން ފެށިއެވެ.

ދެންވެސް ޝަނާޒްއަށް ހަދާނެ ގޮތެއް ނުވިސްނިފައި ހުރެވުނީއެވެ.

“ހަމަ އެހެން ހަދާލެވިދާނެ ނަވާޒްއަށްވެސް، އަދި ދެން ތިބި އަޔާޒްއާ އާހިލްއަށްވެސް… އޭރުން އެ މީހުންގެ މަންމައާ ބައްޕައަށް ވާނީ ކިހިނެއް؟ ޝަނާ ވިސްނާލަބަލަ…” އަސަދު އިތުރަށް ޝަނާޒް ބިރުގަންނަވަމުން ދިޔައެވެ.

“ގޯ އަހެޑް!” ޝަނާޒް ޖަވާބެއް ނުދިނުމުން އަސަދު އެ ފުލުހުންގެ ތެރެއިން އެކަކަށް ގުޅާފައި ބުންޏެވެ.

ފޯން ޖީބަށް ލާފައި ފުލުސް މިހާ ގޮސް ނިހާންގެ ސައިކަލުގަ މަޑީގައި އަތް ޖައްސާލިއެވެ.

“އަސަދު، ޕްލީޒް…” ޝަނާޒްއަށް ރޮވިފައި ހުރެ ބުނެވުނެވެ.

އެ ވަގުތު އަސަދު އެ ދެ މީހުންނަށް އިޝާރާތް ކޮށްލުމާއެކު ސައިކަލުގެ މަޑި ދަށަށް ލައްވާލާފައި އޮތް ޕެކެޓް ހިފައިގެން ދެ މީހުން ގޮސް ދުރުގައި ހުރި ސައިކަލަކަށް އަރާ ދުއްވާލިއެވެ. ހަމަ އެ ވަގުތު ނިހާންއާ ނަވާޒްއާ އަޔާޒް އަދި އާހިލް ވަސީމްއާ އެކީ ގެއިން ނިކުމެގެން ހިނގައިގަތީ މިސްކިތަށް ދާށެވެ. އިޚްތިޔާރަކާ ނުލާ ޝަނާޒްއަށް ފަހަތަށް ޖެހިލެވުނީ ނިހާންއަށް ފެނިދާނެތީއެވެ.

“ސޯ… ކޮބާ އާންސަރ އަކީ؟” ހަމަޖެހިލާފައި ރެއިލިންގްގައި ލެނގިލަމުން އަސަދު އަހާލިއެވެ.

“އައި ހޭޓް ޔޫ!” ޝަނާޒް ބުނެލިއެވެ.

“އާންސަރ ޝަނާ!” ޝަނާޒް ބުނެލި އެ ތިން ލަފްޒުން އަސަދުއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ.

“އަހަރެން ވިސްނަން ވަގުތު ބޭނުން…” އަސަދުއާ ދިމާއަށް ބަލަން ބޭނުން ނުވެ ހުރެ ޝަނާޒް ބުނެލިއެވެ.

“މި މަސް ނިމެން ދެން ޝަނާއަށް ވަގުތު ދީފިން. ދިހަ ދުވަސް… އެހާ ދުވަސް މަދެއް ނޫނެއްނު؟ އެންޑް ޝަނާ! އޭނަ ކައިރީ ބުންޏަސް އަހަންނަށް ހެޔޮ. އޭނައަށް އެނގުނަސް އަހަންނަށް މި ކަންތައް ކުރެވޭނެ. މި ގޮތަށް ކާމިޔާބު ނުވިއްޔާ އެހެން ގޮތްތައްވެސް ހުންނާނެ. އެކަމަކުވެސް އަހަންނަށް ރަނގަޅީ އޭނަ ކައިރީ ނުބުނިއްޔާ، އަހަރެން ޝަނާއަކަށް ފޯސްއެއް ނުކުރާނަން” ޝަނާޒްއަށް ބަލަން ހުރެ އަސަދު އިންޒާރެއް ދިނެވެ.

ރަތްވެފައިވި ދެ ލޮލުން، ކަނި ބުރާ ފަދަ ނަޒަރަކުން އަސަދުއާ ދިމާއަށް ބަލާލާފައި އެއްޗެއް ނުބުނެ ޝަނާޒް އެތެރެއަށް ވަނީ މަންމަ ގާތު ބުނެފައި ގެޔަށް ދާށެވެ. އިތުރަށް އެ ގޭގައި އެންމެ އިރުކޮޅަކުވެސް މަޑު ކުރާކަށް ޝަނާޒް ބޭނުމެއް ނޫނެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަން ގޮތަށް އެރޭ ޝަނާޒް ނުވެސް ނިކުމެއެވެ. ނިހާން ގުޅުމުން ބޮލުގައި ރިއްސާ ކަމަށް ބުނެފައި، ޝަހާމާ ކާން ގޮވުމުންވެސް ކޮޓަރިން ނުނިކުމެ އޮތީއެވެ.

އެރޭ ޝަނާޒްއަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ކަންތައް ކުރާނެ ގޮތެއް ނުނިންމިފައި އެ ވިސްނުމުގައި އޮވެވުނީއެވެ. އަނެއް ދުވަހު އިރު އެރި ފަހުން ޝަނާޒްއަށް ނިދުނީވެސް އެ ކަމާ ކަންބޮޑުވެ، ރޯން އޮއްވައެވެ.

އޭގެ ފަހުން ތިން ދުވަސް ވަންދެން ޝަނާޒް ނިހާންއާ ބައްދަލެއް ނުކުރެއެވެ. ބަލިވެ އުޅޭ ކަމަށް ބުނެ ޖެހިގެން އައި ތިން ރޭވެސް ޝަނާޒްމެން ގެޔަށް ނިހާން ނައުމަށް އެދުމުން، ޝަނާޒް ދެކެލަން ބޭނުން ވި ނަމަވެސް ނިހާން އެއްބަސް ވީ އެއީ ޝަނާޒް އެދޭ ގޮތް ކަމަށް ވީތީއެވެ.

ތިން ދުވަސް ވަންދެން ނިހާންއާ ބައްދަލު ނުވެ ހުރެފައި، ޝަނާޒް ނިހާންއާ އެކު އެ ގެޔަށް ދިޔައީ ނަޝީލާ ބުނެގެން ހެދުން ފަހަން މިން ނަގާށެވެ. އެ ދުވަހު އެ ގެޔަށް ވަންނަމުން ޝަނާޒްއަށް އަސަދު މެން ގެޔާ ދިމާއަށް ބަލާލެވުނު އިރު ބެލްކަނީގައި އަސަދު ބަލަން ހުއްޓާ ފެނުނެވެ. އަވަސް އަވަހަށް އިސް ޖަހާލަމުން ޝަނާޒް ނިހާންގެ ފަހަތުން ވަންތާ ގިނަ އިރެއް ނުވެ ޝަނާޒްގެ ފޯނަށް މެސެޖެއް އައެވެ.

“6”

ހަމަ އެކަނި އެހެން ޖަހާލާފައި އަސަދުގެ ނަމްބަރުން އައި މެސެޖްގެ މާނަ ޝަނާޒްއަށް އެނގެއެވެ. ޝަނާޒް ވިސްނުމަށް ދިހަ ދުވަސް ދިން ފަހުން ކޮންމެ ދުވަހަކު އެ ދިހަ ދުވަހުން ބާކީ އޮތް ދުވަހުގެ އަދަދު ޖަހާފައި އަސަދު މެސެޖް ކުރެއެވެ. އެ ނޫން އެހެން ގޮތަކަށް އަސަދު އޭގެ ފަހުން ޝަނާޒްއަށް އުނދަގުލެއް ނުކުރެއެވެ.

ނަމަވެސް އެ ދިހަ ދުވަހަށް ފަހު އަސަދު އެދޭ ޖަވާބު ޝަނާޒްގެ ފަރާތުން ނުލިބިއްޖެ ނަމަ އަސަދު ކަންތައް ކޮށްފާނެ ގޮތަކާ މެދު ޝަނާޒް ބިރު ގަނެއެވެ. ނިހާން ގާތު އެ ވާހަކަތައް ބުނެވިދާނެއެވެ. އެހެން ނަމަވެސް އެކަން އަސަދުއަށް އެނގިއްޖެ ނަމަ ނިހާންއަށް ނުވަތަ ނިހާންގެ އާއިލާއަށް ކޮންމެ ގޮތެއްވެސް އަސަދު ހަދާފާނެ ކަން ޝަނާޒްއަށް އެނގެއެވެ. އެއްވެސް މީހަކާ އެކަންތައް ހިއްސާ ނުކޮށް ޝަނާޒް ހުންނަނީ އަސަދުގެ ގޮތް ޝަނާޒްއަށް ރަނގަޅަށް އެނގޭތީއެވެ.

“ކިހިނެއް ވެފަ ތިހިރީ؟” ޝަނާޒް ޚިޔާލަކަށް ގެއްލިފައި ހުރުމުން ނިހާން އަހާލިއެވެ.

“އެއީ… ކަމެއް ނުވޭ…” ސިހިފައި ކަހަލަ ގޮތަކަށް ޝަނާޒް ޖަވާބު ދިނެވެ.

އެ ވަގުތު ނަޝީލާ ދޮރު ހުޅުވުމުން ދެ މީހުން އެތެރެއަށް ވަން އިރު ނަބާހާއާ ނަވާޒް، އަދި ޒިދުނާއާ ޒައިނާ ސިޓިންގް ރޫމްގައި ތިއްބެވެ. އޭގެ އިތުރުން އެހެން އަންހެނަކުވެސް އިނެވެ.

“މީ އަހަރެންގެ ނިހާން ކައިވެނި ކުރަން އުޅޭ ކުއްޖާ، ޝަނާޒް. ޝަނާޒް، މީ މަންމަ ބުނި މަންމަގެ ފަހާ އެކުވެރިޔާ. ދެ ކުދިންގެ ހެދުންވެސް ނިއުމާ ފަހައިދޭނެ” ނަޝީލާ ގޮވާލުމުން ޝަނާޒް އައިސް ކައިރީގައި އިށީނެވެ.

ނަބާހާއާ ޝަނާޒް ނިއުމާ ގެނައި އެކި އެކި ޑިޒައިންތައް ބަލަން އެތައް އިރެއް ހޭދަ ކުރިއެވެ. ފޯރިއާ އެކު ނަބާހާ ހެދުންތައް ބަލަން އިން އިރު ޝަނާޒް އިނީ މަޑުމަޑުންނެވެ.

“ނާޒް…؟ ކިހިނެއް ވެފަ ތީނީ؟” ޝަނާޒްގެ އަތުގައި ކޮއްޓާލަމުން ނަބާހާ އަހާލީ، ޚިޔާލަކަށް ގެއްލިފައި ޝަނާޒް އިންނަން ފެށުމުންނެވެ.

“ކަމެއް ނުވޭ… ކުޑަކޮށް ބޮލުގަ ރިއްސާތީ މިއަދު މި އުޅެނީ…” ޝަނާޒް ޖަވާބުގައި ބުންޏެވެ.

“ސަކަރާތް ދުވަހެއްގަ ދޯ މި ކަންތަކާ މި އުޅެވެނީ؟” ނަބާހާ އަހާލިއެވެ.

އެއްޗެއް ނުބުނެ ޝަނާޒް ހީލިއެވެ. ވެގެން އުޅޭ ގޮތް އެނގޭ ނަމަ ނަބާހާ ބުނާނީ ކީކޭ ހެއްޔެވެ؟ އެއްވެސް އެހީއެއް ނަބާހާއަށް ވެވިދާނެ ހެއްޔެވެ؟

“ނާޒް، މި ހެދުން ކިހާ ރީތި. މި ގޮތް ކަމުދޭތަ؟” އެ ވަގުތު ނަޝީލާ ގޮވާލުމުން ޝަނާޒް ބަލާލިއެވެ.

ގަޑިއެއްހާ އިރު ވީ އިރު ހެދުން ފަހާނެ ރީތި ޑިޒައިނެއް ނިންމާ، މިން ނެގުމުގެ ކަންތައްވެސް ނިމުނެވެ. މަޣްރިބް ނަމާދަށް ދިޔަ ނިހާންމެން ގެޔަށް އައީ ހުރިހާ އަންހެނުން ސައި ބޯން ތިއްބައެވެ. ޝަނާޒްއާ ވާހަކަ ދައްކާލަން ބޭނުން ވެފައި ހުރި ނިހާން ސިޓިންގް ރޫމްގައި މަޑުކޮށްލަން ބޭނުން ވި ނަމަވެސް ނަވާޒްއާ އާހިލް ނިހާންގެ ދެ އަތުގައި ހިފައިގެން ސިޑިން އަރައިގެން ދިޔަ މަންޒަރު ބަލަން ތިބެފައި ނަޝީލާއާ ޒިދުނާ ހޭން ފެށިއެވެ. ރަކި ވެފައި ޝަނާޒް އިސްޖަހާލުމުން ބާރަށް ނުހޭން އިން ނަބާހާ، ޝަނާޒްގެ އަތުގައި ހިފާލިއެވެ.

“ދޮންބެ ވަރަށް ލޯބިވޭ ދޯ ނާޒް ދެކެ؟” ޒިދުނާ އަހާލިއެވެ.

“އާނ، ދޮންބެ ވަރަށް ލޯބިވޭ ނާޒް ދެކެ، އަދި ނާޒްވެސް ހަމަ އެހާ ލޯބިވޭ މަންމަގެ ނިހާން ދެކެ، ދޯ؟” ޝަނާޒްގެ އަތުގައި ފިރުމާލަމުން ނަޝީލާ ބުންޏެވެ.

ޝަނާޒް ޖަވާބެއް ނުދީ އިސް ޖަހާލިއެވެ. ހިތުތެރޭ ހިނގަމުން ދިޔަ ތޫފާނުގެ ހިލަމެއް މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރި ނަމަވެސް އެ ވަގުތު އެކަން ނާކާމިޔާބު ވެދާނެތީ ޝަނާޒް ބިރުގަތެވެ.

“ހަމަ އެހެން އެ ނަވާޒްވެސް އެހާ ލޯބި ވެޔޭ ނަބާ ދެކެ، އެކަމަކު އޭނަގެ ހުންނަނީ ކޮންމެ ކަމެއްގަވެސް ސަމާސާ ގޮތް ވީމަ ދޮންބެ އުޅޭ ހެން އުޅެން ނޭނގެނީއޭ. ނަބާވެސް އެ މޮޔަ ނަވާޒް ދެކެ ވަރަށް ލޯބި ވާ ކަން މަންމައަށް އެނގެޔޭ” ނަބާހާގެ ކޮލުގައި ހިފާލަމުން ނަޝީލާ ބުންޏެވެ.

“އޯހް ދެން ހާދަ ރޮމްއޭ ދޮންބެއާ ތިއްތިބެއާ …!” އެ ވަގުތު ޒައިނާ ބުނެލިއެވެ.

“މަންމަގެ ހުރިހާ ކުދިންވެސް އިރާދަ ކުރެއްވީތީ ވަރަށް ނަސީބު ރަނގަޅު. ޒިދޫ ކައިވެނި ކުރި އިރު މަންމަ ވަރަށް ކަން ބޮޑުވި، މަންމައާ ދުރަށް، އެހެން ބައެއްގެ ކައިރިއަށް ދަރިފުޅު ދާތީ… އެކަމަކު ނާދިރުއާ ނާދިރުގެ އާއިލާ ވީ މަންމަ ހީކުރި ވަރަށް ވުރެވެސް ރަނގަޅު ބަޔަކަށް… ދެން ނިހާންއާ ނަވާޒް… މަންމަ އަމިއްލައަށް ނިކުމެ ހޯދިޔަސް ނަބާއާ ނާޒް ހާ ރަނގަޅު ދެ ކުދިން ނުލިބުނީސް ކަންނޭނގެ…

ތީ ހަމަ މަންމަގެ ދަރިން އިނގޭ. އެއްވެސް ކަމެއްގަ މަންމަގެ ދަރިއަކާ ތި ކުދިންނާ މަންމަ ތަފާތެއް ނުކުރާނަން… މަންމަ ކައިރީ ބުނަން ނުކެރޭ ވަރުގެ އެއްޗެއް އޮވެގެން ނުވާނެ އިނގޭ… ނިހާންއާ ނަވާޒްވެސް ދަރިފުޅުމެން ދެކުދިން ނުރުހޭ ގޮތަކަށް ކަންތައް ކުރަންޏާ މަންމަ ކައިރީ ބުނަން ވާނެ. މަންމަ އެދެނީ ނަބާއާ ނާޒްއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުން” ނާޒްއާ ނަބާހާގެ ދެ އަތުގައި ހިފާލަމުން ނަޝީލާ ބުންޏެވެ.

އެ ވަގުތު ޝަނާޒްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެ އާއިލާއާ، ނިހާންއާ ވަކި ވާން ހިތް ދެކޮޅު ހަދަމުން ދިޔަ ނަމަވެސް ދިމާވެފައިވާ ކަންތަކުން ސަލާމަތް ވާނެ އެއްވެސް ގޮތެއް ޝަނާޒްއަކަށް ނުވިސްނުނެވެ.

“ކިހިނެއް ވީ؟” ކަންބޮޑުވެފައި ވާ އަޑަކުން ނަޝީލާ އަހާލީ ޝަނާޒްގެ ގައިގައި ފިރުމާލަމުންނެވެ.

“ކަމެއް ނުވޭ… ވަރަށް އުފާވޭ މި ކަހަލަ އާއިލާއެއްގެ ތެރެއަށް އަންނަން ޗާންސެއް ލިބުނީމަ…” ލޯ ފޮހެލަމުން ޝަނާޒް ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.

ނުވަގަޑި ބައި ވީ ތަނާ ނަޝީލާއާ ވަސީމް އަދި ޒައިނާވެސް ނިދަން ވަން އިރު ސިޓިންގްރޫމްގައި ތިބީ ނިހާންއާ ނަވާޒްއާ ނަބާހާއާ ޝަނާޒްއާ އަޔާޒްއާ އާހިލްއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ނަބާހާ އެދުމުން ނަބާހާ ގޮވައިގެން ބުރެއް ޖަހާލަން ދާން ނަވާޒް ތެދުވިއެވެ.

“ދެން އަހަރުމެން މިތާނގަ ތިބޭނެ ކަމެއް ނެތެއްނު ދޯ؟” އަޔާޒްވެސް ތެދުވެފައި އާހިލްއާ އެކު މައްޗަށް ދިޔައެވެ.

“ހޭ… މިރޭ ހާދަ މޫޑީ ވެފައޭ ތި އިންނަނީ. ނާޒް ބަލީތަ؟” އެންމެން ދިޔުމުން ނިހާން އަހާލީ ޝަނާޒްގެ މޫނުގައި ދެ އަތުން ހިފާލަމުންނެވެ.

އެއްޗެއް ނުބުނެ ޝަނާޒް ކުއްލިއަކަށް ނިހާން ގައިގައި ބައްދާލަމުން މޭގައި ބޯ ޖައްސާލިއެވެ.

“ނާޒް… ވަޓްސް ރޯންގް؟” ޝަނާޒްގެ ކޮނޑުގައި ހިފާ ދުރު ކޮށްލަމުން ނިހާން އަހާލި އިރު އެ އަޑުގައި ވީ ކަންބޮޑުވުމެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކާމިޔާބު 5 (ފަސްވަނަބައި) _ފަހުބައި

Next

މިނަން ތިހިތުން ފިލުވާލަނީހޭ…19

Next
March 10, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…19

Previews
March 9, 2020

ކާމިޔާބު 5 (ފަސްވަނަބައި) _ފަހުބައި

23 Comments!

  1. Mar Sha Marsha says:
    March 10, 2020 at 10:04 am

    Salaam, here’s part 19. Part 20 on Thursday, kiyaalaafa comment kollahchey ??

    1. Ainth says:
      March 10, 2020 at 12:37 pm

      Keyve ehaa kurukoh gehnaney… N viys kiyaa sitehga mibaithah ebahuri mihaaru… Miahvuren dhigukohves… Keyve mi site ah ehaa lahun up kiraney

    2. Mar Sha Marsha says:
      March 12, 2020 at 6:16 pm

      Mi site ga story feshi iru Marsha bunin mee ehen site ehga genesdhemun dhaa story ekey. Mi site ga lahun feshyma viyas ah vure fahathuga ulheny. Thnx for reading Ainth

  2. ???? says:
    March 10, 2020 at 11:35 am

    Wooooooooow love it

    1. Mar Sha Marsha says:
      March 12, 2020 at 6:18 pm

      Thank u ?

  3. Mona says:
    March 10, 2020 at 11:57 am

    Maaazy maa dhigu vehje miharu..goohi vaan fashai fi..dhn ninmaalan ulhey…konme part eh ga minoon ehche novey

    1. Anonymous says:
      March 11, 2020 at 11:20 pm

      Thi hama kairaa kohfa in comment eh. Hama eh gadi ehga

    2. Mar Sha Marsha says:
      March 12, 2020 at 6:20 pm

      Mona ah kamunudhiyaee thy dhera vejje, hykuran dhen huri bai thah rythi vaane kamah, thank u kiyaalaathy

    3. Mar Sha Marsha says:
      March 12, 2020 at 6:21 pm

      Nooney anonymous, eii Kairaa eh nooney Marsha bunaany Kairaa comment kurany hama Kairaa ge namuga.

  4. Kairaa says:
    March 10, 2020 at 11:58 am

    Wowww…varah reethi mi part vx……whn nxt waiting….

    1. Mar Sha Marsha says:
      March 12, 2020 at 6:23 pm

      Thank u Kairaa, miadhu ge bai irukolhakun up kollaanan

  5. LAZY_QUEENY says:
    March 10, 2020 at 1:35 pm

    Vvvv reethi mi part vs…. Waiting for next part ???

    1. Mar Sha Marsha says:
      March 12, 2020 at 6:24 pm

      Thank u Queen, irukolhakun up kollaanan miadhu ge parr

  6. Sherher says:
    March 10, 2020 at 1:40 pm

    Varah reethi mi part vx..

    1. Mar Sha Marsha says:
      March 12, 2020 at 6:25 pm

      Thank u sherher

  7. nikky says:
    March 10, 2020 at 2:46 pm

    haadha foohi part thakekey mihaaru mi annanee

    1. Mar Sha Marsha says:
      March 12, 2020 at 6:26 pm

      Hope dhen huri part thah nikky ah kamudhaane kamah, thank u

  8. Yanaa says:
    March 10, 2020 at 3:25 pm

    Varah varah reethi ❤❤❤❤❤
    maa sha Allah ???????
    waiting waiting ??????

    1. Mar Sha Marsha says:
      March 12, 2020 at 6:26 pm

      Thank u Yanaa ❤️

  9. Adhee says:
    March 12, 2020 at 11:20 am

    Mi part varah reethi?…

    1. Mar Sha Marsha says:
      March 12, 2020 at 6:27 pm

      Thank u Adhee

  10. Aki says:
    March 12, 2020 at 3:59 pm

    koba tha miadhu ge part.. mihaaru up vitho belunu adhadheh ves neyge…. alhe avahah up kohla dheebaa

    1. Mar Sha Marsha says:
      March 12, 2020 at 6:28 pm

      5 mins therey up kollaany, thnx aki

Comments are closed.


All Right Reserved!