Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
March 1, 2020 7 Mins Read
10 Comments

އެ މީހެއްގެ ނަން ނޭނގުނު ނަމަވެސް އެ މީހަކާ ޒައިނާއާ ގުޅުމެއް އޮންނަ ކަމަށް އިޔާދުގެ ހިތް ބުނަމުން ދިޔައެވެ. އެއީ ކާކު ކަމެއް، ކޮން ގެއެއްގެ ކީއް ކުރާ މީހެއް ކަމެއް ނޭނގުނު ނަމަވެސް އެއީ ހަރުދަނާ ޒުވާނެއް ކަން އިޔާދުއަށް ޔަގީންވެއެވެ. އެހެން ނަމަވެސް އެ ޒުވާނާއާ މެދު އިޔާދުގެ ހިތުގައި ނަފްރަތު އުފެދެމުން ދަނީ އެއީ ޒައިނާއަށް ޚާއްސަ މީހެއް ކަމުގައި ހިތުގައި ވާ ޝާއްކު ދުވަހެއް ދުވަހަކަށް ޔަގީން ކަމަށް ބަދަލު ވަމުން ދާތީއެވެ.

އަނެއް މަގަށް ގޮސް އެ ކާރު ގެއްލުމުން އިޔާދު ޒައިނާމެން ގެޔަށް ބަލާލިއެވެ.

އަޒްމަން ނިކުތުމުން ދައުހާ ޒައިނާގެ ކޮޓަރިއަށް ވަނެވެ. ދައުހާ ފެނުމާއެކު ޒައިނާ އައިސް އެކުވެރިޔާ ގައިގައި ބައްދާލިއެވެ.

“އޯހ ދައު، އައިމް ސޯ ހެޕީ… ސޯ ހެޕީ…” ޒައިނާ ބުންނެވެ.

ހިނި އައސްފައި އެއްޗެއް ނުބުނެ ދައުހާ ހުއްޓެވެ.

“ސޯ ދެން އަހަރެން ކިޔަން ވީ ދޮންބެދައްތަ ދޯ؟” ޒައިނާ ދިމާކޮށްލިއެވެ.

“ނޫން… ތިހެން ކިޔައިގެން ނުވާނެ” ޒައިނާގެ އަތުގައި ވިކާލަމުން ދައުހާ ބުންޏެވެ.

“އަޅެ… އަސްލުވެސް ވަރަށް އުފާ ވެއްޖެ” ޒައިނާ އަނެއްކާވެސް ބުނެލިއެވެ.

ދެ ކުދިން އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ދައުހާ ފާހާނާއަށް ވަނީ އަދާ ހޭލުމުންނެވެ.

 

އަސަދުއަށް ނިދިއްޖެ ކަން ޔަގީން ވުމުން ޝަނާޒް މަޑުމަޑުން އެނދުން ތެދުވިއެވެ. ސިއްރު ސިއްރުން ގޮސް ޑްރެސިންގ ޓޭބަލްގެ ވަތްގަނޑު ހުޅުވާލާފައި، އެއްޗެއް ނަގާ އެއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރި އިރު ޝަނާޒްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

ފޯން ހިފައިގެން ޝަނާޒް ގޮސް ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލާފައިވެސް ޝަނާޒް އެނބުރިފައި އެނދާ ދިމާއަށް ބަލާލީ އަސަދު އޮތީ ނިދާފައިކަން ޔަގީން ކޮށްލާށެވެ. ދޮރު ލައްޕާލާފައި ޝަނާޒް ސިޑިން މައްޗަށް އަރާ ޓެރެސްއަށް ނިކުމެފައި ނިހާންއަށް ގުޅާލިއެވެ.

 

ނިހާން ނިދަން ތައްޔާރު ވެގެން އޮށޯންނަން އުޅެނިކޮށް ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ނިހާން ދޮރު ހުޅުވީ އެއީ ނަވާޒް ނޫން މީހަކަށް ނުވާނެއޭ ހިތަށް އަރާފައެވެ.

“އަހަރެން ބުނީމެއްނު ދޮންބެއަށް ތިހެން އަބަދަކު ނުހުރެވޭނެޔޭ؟ ފައިނަލީ! އަހަރެން މޮޅުވީ. ހިތަށް އަރާ އެ ދުވަހު ރަނގަޅު ބެޓެއް ކިރެވުނު ނަމައޭ” ނަވާޒް ބުންޏެވެ.

ނިހާން އެއްޗެއް ނުބުނެ އެނދުގައި އޮށޯތެވެ. ނަވާޒްވެސް އެނދުގައި އޮށޯތެވެ.

“އަސްލު ވަރަށް ގަދަ އިނގޭ، ހީވީ ފިލްމެއްގެ މަންޒަރެއް ޝޫޓްކޮށްލިހެން. ދެ މީހުން އެތައް ދުވަހެއް ވަންދެން ލޯތްބަށް އިންކާރު ކުރުމަށް ފަހު އެންމެ ފަހުން އެއްބަސް ވީ މަންޒަރު… ވާއު!” ނަވާޒް ބެލީ ނިހާންއާ ދިމާކޮށްލެވޭތޯއެވެ.

“ދޭބަލަ ނަބާއަށް ޖެއްސުން ކުރަން” ހިނިއައިސްފައި އޮވެ ނިހާން ބުނެލިއެވެ.

“ނަބާއަށް އަބަދުވެސް ޖެއްސުން ކުރެވޭނެ. އެކަމަކު މިހެން ދޮންބެއާ ދިމާ ކޮށްލާނެ ޗާންސެއް މި ލިބުނީ ކިހާ އިންތިޒާރެއް ކުރި ފަހުން؟” ނަވާޒް ސަމާސާ ހުއްޓާކަށް ގަސްތެއް ނުކުރެއެވެ.

“އުނދަގޫ ނުކޮށް ދާން އުޅޭ، ނިދަން ވެއްޖެ” ނަވާޒްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ނިހާން ބުންޏެވެ.

“މިރޭ އަހަރެން ނިދާނީ މިތާ. އެހެން ނޫނީ އެހާ ދުވަސް ވަންދެން ދެކޮޅު ހަދާފަ އެންމެ ފަހުން އެއްބަސް ވެވުނީމަ ދޮންބެއަށް ކެތް ނުވެގެން ދައު މިތަނަށް ގެނެސްގެން ދޮންބެ ކުރާނީ ކީއް ކަމެއްވެސް ނޭނގެ. ކުރިންވެސް ކޮންޓްރޯލް ނުކުރެވޭ މީހެއް ތީ” ނަވާޒް ހިނި އައިސްފައި އޮވެ ބުނެލިއެވެ.

“ކޮންޓްރޯލް ނުވަނީ ކާކަށް ކަން އެނގޭނެ ތި ކޮޓަރީގެ ދޮރު ކައިރިން ރޭގަނޑު ހިނގާލީމަ” ނިހާން ބުނެލިއެވެ.

“ވަޓް؟” ތެދުވެފައި ނަވާޒް އަހާލިއެވެ.

“ކޮބާ! ކަންތައް ކުރާ މީހާ އެނގިއްޖެއެއްނު؟” ބާރަށް ހެމުން ނިހާން އެނދުން ތެދުވިއެވެ.

ނަވާޒް ހިނި އައިސްފައި ދެ ފަރާތަށް ބޯ ހަލުވާލާފައި ނިހާންގެ ބުރަކަށީގައި ޖަހާލިއެވެ.

ސައިޑް ޓޭބަލް މަތީ އޮތް ނިހާންގެ ފޯން ރިންގ ވުމުން ނަވާޒް ފޯން ނަގާ ގުޅާނީ ކާކު ތޯ ބަލާލިއެވެ.

“ކާކު؟” ނިހާން އަހާލިއެވެ.

“ނާޒް” ނިހާން އަތަށް ފޯން ދެމުން ނަވާޒް ބުންޏެވެ.

އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ނިހާންއަށް ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. ދެ މީހުން ވަކި ވިތާ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު އިސްވެ ނިހާންއަށް ޝަނާޒް އެ ގުޅި ފުރަތަމަ ފަހަރަށެވެ. އެވެސް ރޭނގަނޑު އެހާ ލަސް ވި ފަހުންނެވެ.

“ނިހާން…؟ ނިދަނީތަ؟” ނިހާން ފޯން ނެގުމާ އެކު ޝަނާޒް އެހިއެވެ.

“ނޫން ނުނިދަން. ހާދަ ލަހުން ތި ގުޅާލި، ކަމެއް ވީތަ ނާޒް؟” ނިހާން އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލިއެވެ.

“އަނެއް ހެން ކަމެއް ނުވޭ. އެކަމަކު ވަރަށް ބޮޑު ކަމެއް ވީމަ މި ގުޅާލީ… އަހަރެންގެ ލައިފްގެ އެންމެ މުހިންމު ވާހަކަ ބުނަން ވެގެން” ޝަނާޒް ބުންޏެވެ.

“ކޮން ވާހަކައެއް؟ ކިހިނެއް ވީ؟” ނިހާންއަށް އަވަސް އަވަހަށް އަހާލެވުނެވެ.

“އައި އެމް ޕްރެގްނަންޓް” އިތުރަށް ނުބުނެ ނުހުރެވިގެން ބުނެލާހެން ޝަނާޒް ބުންޏެވެ.

ބުނާނެ އެއްޗެއް ނުވިސްނިފައި ނިހާންއަށް ބަލާލެވުނީ ނަވާޒްއާ ދިމާއަށެވެ. ސުވާލު ކުރާހެން ނަވާޒް ނިތް އަރުވާލިއެވެ. ނިހާން ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“ގަބޫލެއް ނުކުރެވޭ ދޯ ނިހާން؟” ހީލުމާ އެކު ޝަނާޒް އަހާލިއެވެ.

“ނޫން ނޫން… ގަބޫލު ނުކުރެވިގެންނެއް ނޫން… ގަބޫލު ނުކުރެވެން ވީ ކީއްވެ؟ ނާޒް ތި އުޅެނީ މެރީ ކޮށްގެން، ނާޒްއާ ދުރުގަ ނާޒްގެ ފިރިމީހާއަށް އިރުކޮޅަކުވެސް ނުހުރެވޭ ކަން އެ ދުވަހު ފޯނުގަ ހުއްޓާވެސް އަހަންނަށް އެނގިއްޖެ. ދެން ކީއްވެ ގަބޫލު ނުކުރެވެން ވީ؟” ނިހާން ސަމާސާ ރާގަކަށް ބުނެލިއެވެ.

އެއާއެކު އަނެއްކާވެސް ޝަނާޒް ހީލިއެވެ.

“ނިހާން، އައިމް ސޯ ހެޕީ!” ޝަނާޒް ބުނެލިއެވެ.

ޝަނާޒްގެ އަޑުންވެސް، އަދި އެ ވާހަކަ ބުނި ގޮތުންވެސް ޝަނާޒް އުފާ ވެފައި ހުރި ވަރު ނިހާންއަށް އެނގުނެވެ.

“ކޮންގްރެޗުލޭޝަންސް ނާޒް! ވަރަށް އުފާ ވެއްޖެ. ހިތަށް އަރާ ނާޒްގެ ފިރިމީހާއަށްވެސް މަރުޙަބާ ކިޔަން، އެކަމަކު އޭރުން ތަންކޮޅެއް މައްޗަށް ދޯ އަހަންނަށް އެ ދެވެނީ؟” ނިހާން ބުނެލިއެވެ.

އެނދުގައި އޮތް ނަވާޒް ހިނި އައިސްފައި ނިހާންއާ ދިމާއަށް ބަލާލިއެވެ.

އަނެއްކާވެސް ޝަނާޒްގެ ހުނުމުގެ އަޑު އިވުނެވެ.

“ވާން އުޅޭ ބައްޕަ ކައިރީ ބުނެފިންތަ؟” ނިހާން އަހާލިއެވެ.

“އަސްދު ކައިރީ އަދި ނުބުނަން. ހިތަށް އެރީ ނިހާން ކައިރީގައޭ ފުރަތަމަ ބުނާނީ. ނިހާންއަށް އެނގޭ ދޯ އަހަރެން ފުރަތަމަވެސް ނިހާން ކައިރީ މި ބުނީ ކީއްވެ ކަން؟ އަހަރެން ނިހާންގެ ފަރާތުން އެދެނީ ކޮން ކަމެއް ކަން އެނގޭ ދޯ؟ އެ ކަންތައް ނިހާން ކޮށްދޭނަން ދޯ؟” ޝަނާޒްގެ އަޑުގައި ސީރިއަސް ކަން އެކުލެވިގެން ދިޔައެވެ.

އެހާ އިރު ވަންދެން އެ ވާހަކަތައް އަޑު އަހަން މާ ދުރު ނޫން ހިސާބެއްގައި ހުރި އަސަދު އެ ހިސާބުން އެނބުރި ގޮސް ކޮޓަރިއަށް ދިޔައެވެ. އެނދުގައި އިށީނދެ އިސްތަށިގަނޑުގައި ދެ އަތުން ހިފާލަމުން އަސަދުއަށް ލޯ މަރާލެވުނީ ދެންމެ އެ އަޑު އިވުނު އެއްޗެއް ގަބޫލު ކުރަން ދަތި ވީ ވަރުންނެވެ.

ނަމަވެސް ގަބޫލު ކުރުން ފިޔަވާ އޮތީ އެހެން ކޮން ގޮތެއް ހެއްޔެވެ؟ އެ އަޑު އިވުނީ އަސަދުގެ އަމިއްލް ދެ ކަންފަތުންނެވެ.

އެރޭ ޝަނާޒް ނިހާންއާ ގުޅައިގެން ހުއްޓާ އަސަދުއަށް ފެނުނު އެއީ ފުރަތަމަ ފަހަރު ނަމަވެސް، ޝަނާޒް ވާހަކަ ދެއްކި ގޮތުން އެއީ އެ ގޮތަށް ގުޅި ފުރަތަމަ ފަހަރު ނޫން ކަން އަސަދުއަށް ޔަގީނެވެ.

އަސަދު ޔަގީން ކޮށްގެން ހުރީ ޝަނާޒްއާ ނިހާންގެ މެދުގައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެއްވެސް ގޮތަކަށް އެ ދެމީހުން ބައްދަލު ނުވާ ކަމަށެވެ. ހިތުގެ އަޑިން ޝަނާޒް އަސަދު ބަލައިގަތީ ކަމުގައެވެ.

ވީއިރު ޝަނާޒް ބަނޑުބޮޑު ވުމުން އެ ޚަބަރު އަސަދުއަށް ވުރެ ކުރިން ނިހާްއަށް ދޭން ޝަނާޒް ބޭނުން ވީ ކީއްވެ ހެއްޔެވެ؟ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭ އިރު އެކަން އަނބިމީހާއަށް އެނގުމުން ފުރަތަމަ އެ ޚަބަރު ދޭނީ ފިރިމީހާއަށް ނޫން ހެއްޔެވެ؟ އެ ދަރިފުޅުގެ ބައްޕައަށް ނޫން ހެއްޔެވެ؟ ނަމަވެސް ޝަނާޒް އެ ޚަބަރު އެހން މީހަކަށް، އެވެސް ނިހާންއަށް ދޭން ވީ ކީއްވެ ހެއްޔެވެ؟

އެ ސުވާލު ހިތަށް އައުމާއެކު، ޖަވާބުވެސް އަސަދުގެ ހިތަށް އައެވެ.

ނިހާންއަކީ ޝަނާޒްގެ ކުރީގެ ލޯބިވެރިޔާއެވެ. ޝަނާޒްއަށް އަސަދު ކައިވެންޏަށް މަޖުބޫރު ނުކުރި ނަމަ މިއަދު ޝަނާޒްގެ ފިރިމީހާގެ މަގާމުގައި ހުރީހީ ނިހާންއެވެ. އެއީ ޝަނާޒްގެ ލޯތްބެވެ.

އެ ކަން ހިތަށް އައުމާއެކު އަސަދުގެ ހިތަށް އެކި ޚިޔާލުތައް އަރާ ފައިބަމުން ދިޔައެވެ. ނިހާންއާ ވަކިވުމަށް ޝަނާޒްއަށް މަޖުބޫރުކޮށް، އެންމެ ފަހުން އަސަދުއާ ޝަނާޒްގެ ކައިވެންޏަށް ފަހުވެސް އަސަދުގެ ކުރިމަތީގައި ޝަނާޒްއާ ނިހާން ކަންތައް ކުރި ގޮތެވެ. އެ ދުވަހުވެސް، އަދި އެހެން ދުވަސްތަކުގައިވެސް، އެތައް ފަހަރަކު އަސަދުއާ ދިމާއަށް ޝަނާޒް ބުނެފައިވާ ބަސްތަކެވެ.

ނަމަވެސް ޝަނާޒް ބަދަލު ވިއެވެ. އަސަދުއަށް މާފު ކުރިއެވެ. އަސަދުއާ އެކީ ދިރިއުޅުމަށް ނިންމާ، ފިރިއެއްގެ ގޮތުގައި އަސަދު ބަލައިގަތެވެ. ކުއްޖަކު ބޭނުން ވެގެން ފުރަތަމަ އެ ވާހަކަ ދެއްކީވެސް ޝަނާޒްއެވެ. އެކުގައި އުޅެން ބޭނުން ވެގެން އެ ގޮތަށް ނިންމި ފަހުން އަސަދުއަށް ޝަކުވާއެއް ކުރާނެ ފުރުސަތެއް ޝަނާޒް ނުދެއެވެ. ޝަނާޒްއާ މެދު އަސަދުގެ ހިތުގައި ޝައްކެއް ވެދާނެ ފަދަ ކަމެއް ދުވަހަކުވެސް ޝަނާޒްގެ ފަރާތަކުން ނުފެނެއެވެ.

ނަމަވެސް މިއަދު އަސަދުގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ޝަނާޒް ހަގީގަތުގައިވެސް އަސަދުއަށް މާފު ކުރި ހެއްޔެވެ؟ އެއީ ހަމަ އެކަނި ދުލުން ބުނެލި ބަހެއް ނޫން ހެއްޔެވެ؟

އެއާއެކު ދެން ހިތުގައި އުފެދުނު ސުވާލާއެކު އަސަދުއަށް އެނދުން ތެދުވެ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށުނެވެ. އެ ފަދަ ޚިޔާލެއް ހިތަށް ގެންނަންވެސް ނޭދޭތީ ދެ އަތުން ބޮލުގައި ހިފަހައްޓާލަމުން އަސަދު ދެފަރާތަށް ބޯ ހަލުވަން ފެށިއެވެ.

ނަމަވެސް އެ ޚިޔާލު އަސަދުގެ ހިތަކުން ފޮހެއެއް ނުލެވުނެވެ. އެއާއެކު ހިތަށް ފެނުނު މަންޒަރުން ލޯ ހުޅުވާލުމާއެކު ބާރަށް ނޫނެކޭ ބުނެވުނެވެ.

ޝަނާޒް ބަނޑު ބޮޑު ނަމަ ޝަނާޒްގެ ބަނޑުގައި އެ ވަނީ އަސަދުގެ ކުއްޖެއް ހެއްޔެވެ؟ ޝަނާޒް އެހާ ސިއްރުން ނިހާންއަށް ފޯން ކޮށްގެން ވާހަކަ ދައްކާ އިރު، ހަމަ އެހާ ސިއްރުން އެ ދެމީހުން ބައްދަލު ނުކުރާނެ ހެއްޔެވެ؟

އެ ފަދަ ޝައްކެއް އަސަދުގެ ހިތުގައި އުފެދުނީ ސަބަބެއް ނެތިއެއް ނޫނެވެ. ކައިވެންޏަށް ފަހު ފުރަތަމަ ފަހަރަށް އެ ދެމެދުގައި ގުޅުމެއް ހިނގުމަށް ޝަނާޒް ފުރުސަތު ދިނީ، ނިހާންއަށް ޝަނާޒްގެ ފަރާތުން ނުލިބުނު އެއްޗެއް އަސަދުއަށްވެސް ނުލިބޭނެ ކަން ސާބިތު ކޮށްދިނުމަށެވެ.

އެހެން އެ ކަންތައް ވެފައި ވީ އިރު ކައިވެންޏަށް ފަހުވެސް ނިހާންގެ އެއްވެސް އެދުމަކާ ޝަނާޒް ދެކޮޅު ހަދާނެ ހެއްޔެވެ؟ އެ ފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ޝަނާޒްވެސް ނިހާންއާ އެކުގައި ވުމަށް ބޭނުން ނުވާނެ ހެއްޔެވެ؟

 

އެތާ އަސަދު ހުރެފައި ދިޔަ ކަން ނޭނގި ޝަނާޒް ނިހާންއާ ވާހަކަ ދައްކަމުން ދިޔައެވެ.

“އަސްލުވެސް ވަރަށް އުފާ ވެއްޖެ، އަދިވެސް އެއް ފަހަރު މަރުހަބާ ނާޒް. އަހަންނަށް އެނގޭ އަހަރެން ލައިފެއެއް ފަށަން ބާރު އަޅަން ކަން ނާޒް ތި ވަރުގެ ސްޓެޕްއެއް ތި ނެގީ. އަދި އެނގޭ ނާޒް މަންމައަކަށް ވާން ބޭނުން ވާ ވަރުވެސް. އަހަރެންވެސް ފުރަތަމަ ސްޓެޕް ނަގައިފިން، ނާޒް ބުނިހެން ޕޮޒިޓިވްކޮށް ވިސްނާފަ ކުރިއަށް ދާން ބޭނުމީ” ނިހާން ބުންޏެވެ.

“އަސްލުވެސްތަ؟ ނިހާން، އައިމް ސޯ ހެޕީ! އަހަރެންގެ ފަރާތުން ދައުއަށް މަރުހަބާ ކިޔައްޗޭ. ނިހާންއަށް ވަރަށް ވަރަށް އުފާވެރި މުސްތަގުބަލަކަށް އެދެން” ޝަނާޒް އުފަލުން ބުންޏެވެ.

“ޝުކުރިއްޔާ، ދައު ކައިރީ ބުނާނަން” ނިހާން ބުންޏެވެ.

“ހިތަށް އަރާ ތި ގެޔަށް ގޮސް ނިހާންއާ ދައުއާ ދެމީހުންނާ އެއްކޮށް މީޓް ކޮށްލެވޭނެ ނަމައޭ. ވަރަށް ބޭނުން ނަންނަގެ ބޭބީ ދެކިލަންވެސް. އެކަމަކު ދެން އޯކޭ. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން ދެ އާއިލާ އެއްތާކުން އެކީގަ ބައްދަލު ވާނެ” ޝަނާޒް ހާމަ ކުރީ ހިތް އެދޭ ގޮތެވެ.

“އެހެން ވޭތޯ ބަލަމާ ދޯ؟” ނިހާން ހެވިފައި ހުރެ ބުނެލިއެވެ.

“ދެން… ބާއްވަނީ. ބާއި” ޝަނާޒް ބުންޏެވެ.

“އޯކޭ” ނިހާން ފޯން ކަނޑާލާފައި ފޯނަށް ބަލަން ހުރީ ހެވިފައެވެ.

ޝަނާޒް މަޑުމަޑުން ދޮރު ހުޅުވާލާފައި ވަދެ ދޮރު ލައްޕާލިއެވެ. އެނބުރި އެނދާ ދިމާއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު އެނދުގައި އިށީނދެގެން އިން އސަދު ފެނިފައި ޝަނާޒް ސިއްސައިގެން ގޮސް މޭގައި އަތް ޖައްސާލިއެވެ.

“އޯހ! ސިއްސައިގެންނޭ ދިޔައީ… އަހަރެން ހީކުރި އަސަދު ނިދާފަ ކަމަށް އޮތީ” ސިހުނު ވަރުން ކުޑަކޮށް ހިނި އައިސްފައި ޝަނާޒް ބުންޏެވެ.

“ކޮން ތާކުން ތި އައީ؟” ޝަނާޒް ބުނި އެއްޗަކަށް ޖަވާބު ނުދީ އަސަދު އަހާލިއެވެ.

އަސަދު އެ ސުވާލު ކުރި ނަމަވެސް ޝަނާޒް ޖެހިލުމެއް ނުވެއެވެ. ބިރެއްވެސް ނުގަނެއެވެ. އަތުގައި އޮތް ޕްލާސްޓިކްކޮޅު އިނގިލިތަކު ތެރޭ ފިއްތާލަމުން އަސަދުއަށް އެ ޚަބަރު ދިނުމަށް ކެތްމަދުވެފައި ކަހަލަ ގޮތަކަށް ޝަނާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ. ފުރަތަމަ ބުނާނީ އެންމެ މުހިންމު ވާހަކައެވެ. އެހެން ހުރިހާ ވާހަކައެއް ބުނާނީ އޭގެ ފަހުންނެވެ. މިރޭ ޝަނާޒް ހުރިހާ އެއްޗެއް އަސަދުއަށް ކިޔާ ދޭނެއެވެ.

“އެ ވާހަކަ ފަހުން ބުނާނަން. އޭގެ ކުރިން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން…” ޝަނާޒް ހެވިފައި ހުރެ އަސަދު ކައިރީ އިށީނެވެ.

“ބަނޑު ބޮޑު ވާހަކަތަ؟” ޝަނާޒްއާ ދިމާއަށް ބަލާލަމުން އެއްވެސް އަސަރެއް ނެތް ގޮތަކަށް އަސަދު އަހާލިއެވެ.

“ކިހިނެއް އަސަދުއަށް އެނގުނީ؟ އަހަރެން ވަރަށް ސިއްރު ކޮށްގެން މި ހުންނަނީ. އަސަދުއަށް ސަޕްރައިޒްއެއް ދޭން ކަމަށް” އަސަދުއަށް އެނގުނީތީ ހައިރާން ވެފައި އަސަދުއާ ދިމާއަށް ބަލާލަމުން ޝަނާޒް ބުންޏެވެ.

“ސަޕްރައިޒް… އާނ، އަސްލުވެސް އަހަރެން ސަޕްރައިޒް ވި… އަހަރެން ހިއެއް ނުކުރަން ޝަނާ އަހަންނަށް ސިއްރުން މި ވަރުގެ ކަމެއް ކުރާނެ ކަމަކަށް” އަސަދު ވާހަކަ ދެއްކީ މަޑުންނެވެ. އެ އަޑުގައި ތަފާތު ގޮތެއް ހުރި ކަން އެ ވަގުތު ޝަނާޒްއަށް ފާހަގަ ކުރެވުނެވެ.

“ކިހިނެއް ވީ؟ ހާދަ ފާޑަކަށް ތި ބުނީ؟” ޝަނާޒްއަށް އަހާލެވުނެވެ.

“އަހަރެން ދެންމެ އަޑު އެހީމޭ ޝަނާ… ޝަނާ ނިހާންއާ ދެއްކި ވާހަކަތައް… އަހަރެން ހިއެއް ނުކުރަން ޝަނާ އަދިވެސް އޭނަޔާ ވާހަކަ ދައްކާ ކަމަކަށް، އަދިވެސް ތި ދެމީހުންގެ މެދުގަ ގުޅުމެއް އޮންނަ ކަމަކަށް…” ދެންވެސް އަސަދު ބުނެލީ ހަމަ އެހާ މަޑުންނެވެ.

ޝަނާޒްގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ. ކުއްލިއަކަށް ބިރުގަތީ އަސަދު އެހެން ބުނެލި ގޮތުންނެވެ.

“އަސަދު—-” ޝަނާޒް އެއްޗެއް ބުނަން އުޅުނެވެ. ލަސްލަހުން އަސަދުގެ ނަމުން ގޮވާލީ، ހުރިހާ ވާހަކައެއް ކިޔާދޭން ފަށާނެ ހިސާބަކާ މެދު ވިސްނާލަމުންނެވެ.

“އަހަރެން ހިއެއް ނުކުރަން ޝަނާ ތީ ތި ވަރުގެ ބޭވަފާތެރިއަކަށް ވެދާނެ ކަމަކަށް. އަހަންނަށް ސިއްރުން މިހާ ދުވަސް ވަންދެން ތި ގުޅުން ޝަނާއަށް ކުރިއަށް ގެންދެވުނީ ޝަނާ އަދިވެސް އޭނަ ދެކެ ލޯބި ވާ ވަރުންތަ؟ އަހަރެންގެވެސް މޮޔަ ކަން! އަހަންނަށް ނުވިސްނުނީ.

އެކަމަކުވެސް… އަހަރުމެން އިނދެގެން މި ވީ ހަ އަހަރު… އަހަރެން ޝަނާއަށް ޓަކާ ބަދަލެއް ނުވަންތަ؟ ޝަނާ ނުރުހޭ ކޮންމެ ކަމަކާ ދުރު ނުވަންތަ؟ ޝަނާ ބުނި ކޮންމެ ކަމެއް އަހަރެން ނުކުރަންތަ؟ އެކަމަކު އަހަންނަށް ޓަކާ ޝަނާއަށް ޝަނާގެ ލޯބިވެރިޔާ ހަނދާން ނައްތައެއް ނުލެވުނު. ވަރުގަދަ ލޯތްބެއް ދޯ ތީ؟ އެ ނިހާންއަށްވެސް ނޭނގުނު ޝަނާ މީހެއްގެ އަނތްބަކަށް ވީމަވެސް ޝަނާގެ ފަހަތުން ނެއްޓޭކަށް…” ބާރަށް އެންމެ ބަހެއްވެސް އަސަދު ނުބުނެއެވެ. ނަމަވެސް އެހާ މަޑުމަޑުން ބުނި އިރުވެސް އަސަދު ރުޅިއައިސްފައި ހުރި ވަރު ޝަނާޒްއަށް ސިއްރެއް ނުވިއެވެ.

“ނޫން އަސަދު… އަހަރެން ނިހާންއާ ފޯނުން ވާހަކަ ދައްކަނީ އަހަރުމެންގެ މެދުގަ ތި ހީކުރާ ކަހަލަ ގުޅުމެއް އޮވެގެންނެއް ނޫން… އެއީ ހަމަ އެކަނި އަހަރެންގެ ފްރެންޑެއް… އެއްވެސް އެހެން ގުޅުމެއް ނޯންނާނެ” އެ ވަގުތު އެނދުން ތެދުވި އަސަދުގެ އަތުގައި ޝަނާޒް ހިފާލިއެވެ.

“އެހެންވެތަ ޝަނާ ބަނޑު ބޮޑު ވީމަ ފިރިމީހާއަށް ވުރެ ކުރިން އޭނަ ކައިރީ ބުނީ؟ ވާހަކަ ދައްކައިގެން ހަމަޖައްސަން ދެން ނޫޅޭ ޝަނާ، އަހަންނަކަށް ދެން ގަބޫލެއް ނުކުރެވޭނެ” ޝަނާޒްގެ އަތް ފޮޅުވާލަމުން އަސަދު ދުރަށް ޖެހުނެވެ.

“އަސަދު… ތިހެން ނުބުނެ އަޑު އަހާބަލަ!” ޝަނާޒް އަނެއްކާވެސް އަސަދުގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް އަނެއްކާވެސް އަސަދު ޖެހުނީ ދުރަށެވެ.

“ޝަނާގެ ލައިފްގެ ހުރިހާ ކަމެއް ފުރަތަމަ އޭނަޔާ ޝެއަރ ކުރިހެން ތި ހަބަރުވެސް އޭނަޔާ ފުރަތަމަ ޝެއަރ ކުރަން ޖެހުނީ ތީ އޭނަގެ ދަރިއަކަށް ވީމަތަ؟ ތި ހަށިގަނޑުން އޭނައަށް ފުރަތަމަ ދިން ހަދިޔާ މަތިން ހަނދާން ނުނެތިގެންތަ އަހަރެންގެ އަނތްބަކަށް ވެ ހުރެ އަހަންނާ އެކީ ހަމަ އެ ވަގުތު ހޭދަ ކޮށްފަވެސް އަނެއްކާވެސް އޭނަ ކައިރިއަށް ދާން ޖެހުނީ؟ އަހަރެންގެ ފަރާތުން ޝަނާއަށް ނުފުދޭ ވަރަށް އޭނަގެ ފަރާތުން ފުދޭތީތަ؟” އަސަދު އަހާލީ ޝަނާޒްއާ ދިމާއަށް އެނބުރި ހަތަރުކަޅި ހަމަ ކޮށްލަމުންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި

Next

މިނަން ތިހިތުން ފިލުވާލަނީހޭ…18

Next
March 1, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…18

Previews
February 29, 2020

ހިތުގެ ކޮންމެ ވިންދެއްގައި

10 Comments!

  1. Mar Sha Marsha says:
    March 1, 2020 at 8:22 am

    Hello! Miothy part 15. Kiyaalaafa comment kohlahchey ingey. Next part Tuesday ga. Tc ❤️❤️?

  2. Shaanee says:
    March 1, 2020 at 8:50 am

    vvv reethi mi bai ves. waiting for next part.

    1. Mar Sha Marsha says:
      March 2, 2020 at 1:16 pm

      Thank u shaanee

  3. Kiyaa kujjeh says:
    March 1, 2020 at 9:07 am

    Maaarshaaaaa Love ❤

    Varh vs reethi furihama vaahaka eh meee.. Maashaa ge hurihaa vaahaka evved varah reethii.. viyas ga thankolhrh avas avas koh upload kolla dheeeeba.. pls pls pls pls pls

    1. Mar Sha Marsha says:
      March 2, 2020 at 1:17 pm

      Thank u kiyaa kujjeh, Marsha vaahakaige new parts viyas ah fonuvyma e myhun upload kuraany, nothing I can about that dear

  4. Kairaa says:
    March 1, 2020 at 1:08 pm

    Varah reethi…..alheyyy nxt avahah up kohla dhehchey dear…waiting for the nxt part….and whn nxt

  5. Yanaa says:
    March 1, 2020 at 1:14 pm

    Varah Varah reethi????
    maa sha Allah❤❤❤❤❤❤❤
    waiting waiting

  6. Nuhaam says:
    March 2, 2020 at 8:48 am

    Vrh reethi kiyaahithun aneh bai kiyaahithun kehmadhu vaa varu vehje
    Aneh baige inthizaaruga ebahurin
    Waiting……………..

    1. Mar Sha Marsha says:
      March 2, 2020 at 1:19 pm

      Aneh bai maadhan genesdheynan Insha Allah, thank u for reading nuhaam

  7. Mar Sha Marsha says:
    March 2, 2020 at 1:18 pm

    Vaahaka comment nukoh link eh laan veenu dear?

Comments are closed.


All Right Reserved!