Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 23

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 19, 2020 7 Mins Read
23 Comments

“މި ކަންތައް ފުލުހުންނާ ހަމައަށް ދާން ބޭނުން ނުވަންޏާ މިހާރު، ހަމަ މި ވަގުތު މި ގޭން ނިކުމޭ!” ވަސީމްއަށް ބަލާލަމުން ހުޒާމް ބުނެލިއެވެ. އިގެންނަށްވެސް ގަބޫލު ނުކުރެވިފައި ބަލަހައްޓާއިގެންްނެވެ.  ގައިގައި ތިން ހަތަރު ފަހަރަށް ޖެހިއެވެ. ދިް އިންނަން ފެށުމުންނެވެ.ަދުއަށް ޝަނާޒް ދަސް ނުވީތީއެވެ. ނުމެްވ

ރުޅި އައިސްފައި ހުރި ވަސީމް ނިހާންއަށް ބަލާލާފައި ބާރު ހިނގުމެއްގައި އެ ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެޔަށް ވަނެވެ. ވަސީމްގެ ފަހަތުން ނިހާންއާ ނަވާޒްވެސް ދިޔައެވެ.

“ކިހިނެއްތަ ވީ؟ ނިހާން އެ ގެޔަށް ވަންނަން ޖެހުނީ ކީއްވެގެން؟ ނަވާޒްވެސް ދިޔައީތަ؟” ގޭ ދޮރުމަތީ ހުރި ނަޝީލާ، ފިރިމީހާއާ ދެ ފިރިހެން ދަރިން ފަހަތުން ވަދެފައި ސުވާލު ކުރިއެވެ. އޭރު ސިޓިންގް ރޫމްގައި ތިބި އަޔާޒްއާ އާހިލްވެސް ކަންބޮޑުވެފައި ތިއްބެވެ.

ނަޝީލާގެ ސުވާލަށް އެކަކުވެސް ޖަވާބެއް ނުދިނެވެ.

“ވަސީމް، ބުނެބަލަ…” ވަސީމްގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ނަޝީލާއަށް ބާރަށް ބުނެވުނެވެ.

“ނަޝީލާގެ ދޮށީ ދަރިފުޅު ކައިރީ އަހާބަލަ!” ރުޅި އައިސްފައި ހުރި ވަސީމް، ނިހާންއާ ދިމާއަށް އަތް ދިއްކޮށްލަމުން ބުންޏެވެ.

“ނިހާން…؟” ނަޝީލާ ނިހާންގެ ނަމުން ގޮވާލިއެވެ.

“ބައްޕާ، އޭނަ ނާޒްއާ އިނީ ނާޒްއަށް ބިރު ދައްކައިގެން މަޖުބޫރު ކޮށްގެން…” ދުރުގައި ހުރި ވަސީމްއަށް ބަލާލަމުން ނިހާން ބުންޏެވެ.

ނިހާން ބުނަން އުޅުނު އެއްޗެއް މުޅިން ފުރިހަމަ ނުވަނީސް ވަސީމް ގޮސް ނިހާންގެ ކޯމަތީ ޖެހިއެވެ. އެއީ ދަރިއެއްގެ ގަޔަށް ވަސީމް އަތް އިސްކުރި ފުރަތަމަ ފަހަރެވެ.

“ވަސީމް…” އަނގަމަތީ އަތް އަލާލަމުން ނަޝީލާއަށް ބުނެވުނެވެ. ނަވާޒްއާ އަޔާޒް އަދި އާހިލް އެއް ފަހަރު ވަސީމްއަށް، އަނެއް ފަހަރު ނިހާންއަށް ބަލާލީ އެ ހިނގި ކަންތައް ގަބޫލު ނުކުރެވިގެންނެވެ. އުމުރުގައިވެސް ފުރަތަމަ ފަހަރަށް ބައްޕަ އަތް އިސްކުރި ތަން ފެނުމުން ހައިރާން ވެފައެވެ.

“އޭގެ މާނައަކީ ގޭގެއަށް ވަދެ ތަޅާ ފޮޅާ، ގަޔަށް ބޮލަށް އަރާ މާރާމާރީ ހިންގާށޭތަ؟ އެ މީހުންގެ ފެންވަރަށް ވެއްޓޭށޭތަ؟ ތީތަ ކުޑަ އިރުން ފެށިގެން މިހާ ތަނަށް އަހަރެންގެ ފަރާތުން ދަސްވި ކަމަކީ؟ އަހަރެން ހިއެއް ނުކުރަން ނިހާންގެ ފަރާތުން ދުވަހަކުވެސް މި ކަހަލަ ކަމެއް ފެނިދާނެ ކަމަކަށް” ވަސީމް ބުންޏެވެ.
އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ.

“މިހާރު ނާޒްއަކީ އެހެން މީހެއްގެ އަނތްބެއް. އެވެސް ހުޒާމްއާ ރާބިޔާގެ ދަރިއެއްގެ. ނާޒްއަށް މަޖުބޫރު ކޮށްގެން ނިހާންއާ ވަކި ކުރިޔަސް ނިހާން ނުޖެހޭނެ އެ ގޭތެރެއަށް ވަންނާކަށް. ތީކީ ތަންދޮރު ނޭނގޭ ވަރުގެ ކުޑަ ކުދިންނެއް ނޫން. އެހެން ބައެއްގެ ގެޔަށް ވަދެ ތަޅާ ފޮޅައިގަތް އިރު އެ މީހުން މައްސަލަ ޖެއްސި ނަމަ ވާނެ ގޮތް ނޭނގެނީތަ؟ އަދި ނަވާޒްވެސް ގޮސް މީނައާ ބައިވެރި ވެއްޖެ… މި ދެމީހުން ނުވޭ އަދި މީހުންނާ އިންނާކަށް…” ވަސީމް ރުޅި އައިސްގެން ދެކޮޅަށް ހިނގަމުން ނިހާންއާ ނަވާޒްއަށް އެއްޗެހި ކިޔަމުން ދިޔަ އިރު ނަޝީލާއަށްވެސް އެއްޗެއް ބުނަން ނުކެރިފައި ހުރީ ވަސީމްގެ ފަރާތުން އެ ސިފައަކީ މަދު ފަހަރަކު ނޫނީ ނުފެންނަ ކަމަކަށް ވާތީއެވެ.

“ބައްޕާ… ސޮރީ…” ވަސީމް އެއްޗެއް ނުބުނެ ފަސް ވަރަކަށް މިނަޓް ވީ ފަހުން ނިހާން މަޑުމަޑުން ބުނެލިއެވެ.

ވަސީމް އެއްޗެއް ނުބުނެ އިސް ޖަހައިގެން ހުރި ނިހާންގެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ.

“ނަޝީލާ، ނިހާންގެ މޫނު ސާފު ކުރުވާފަ ކޮންމެސް އެއްޗެއް ހާކަބަލަ…” އެހެން ބުނެފައި ވަސީމް ސޯފާގައި އިށީނެވެ.

“ސޮރީ…” އެ ވަގުތު ނަވާޒްވެސް ބުންޏެވެ.

ހޫނ… ދެން ދޭ… ނަޝީ، ނިހާން ގޮވައިގެން ދޭ” ސިޑިއާ ދިމާއަށް އަތް ދިއްކޮށްލަމުން ވަސީމް ބުންޏެވެ.

އެންމެންނަށް ވުރެ ކުރިން މައްޗަށް އަރާ ކޮޓަރިއަށް ވަދެ ޝަނާޒް ގައިގައި ހުރި ބާރެއް ލާފައި ދޮރު ލެއްޕިއެވެ. ރުޅިއާއި ދެރައިން ޝަނާޒްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ދެ އަތުން ލޯ ފޮހެމުން ގޮސް ޝަނާޒް ބެލްކަނީ ދޮރު ކައިރީ ހުއްޓުނެވެ.

އެ ދުވަހު ހުރިހާ ވާހަކައެއް ނިހާންއަށް ކިޔާދެވުނު ނަމައެވެ. އެހެން ނަމަ މިއަދު މި ހުރިހާ ކަމެއް ދިމައެއް ނުވީހެވެ. ނިހާންއަށް ހުރިހާ ކަމެއް އެނގުނު ނަމަ އަސަދު ކޮށްފާނެ ކަމަކުން ދިފާޢު ވުމަށް ކޮންމެވެސް ކަމެއް ކުރެވުނީހެވެ. ކޮންމެވެސް ގޮތެއް ހެދުނީހެވެ. ޝަނާޒް މާ ބޮޑަށް ބިރު ގަތީއެވެ. އަސަދުގެ ބަހަށް މާ ބޮޑަށް ޔަގީން ކުރެވުނީއެވެ.

ނަމަވެސް އެކަމާ ވިސްނި ވަރަކަށް، އެކަން ކުރާނެ އެހެން ގޮތެއް ޝަނާޒްގެ ވިސްނުމަކަށް ނައެވެ. ނިހާންއަށް އަދި އެ ގޭ މީހަކަށް ކަމެއް ވެދާނެ ފަދަ ގޮތަކަށް ޝަނާޒްއަށް އެއްވެސް ނިންމުމެއް ނުނިންމޭނެއެވެ.

އެ ފަދަ ޚިޔާލުތަކެއްގައި ޝަނާޒް ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ނަމަވެސް ޝަނާޒް އެނބުރި ބަލައެއް ނުލައެވެ.

އިރުކޮޅަކު ޝަނާޒްއާ ދިމާއަށް ބަލަން ހުރެފައި އަސަދު ގޮސް ޝަނާޒްގެ ކޮނޑުގައި ހިފާ އަސަދުއާ ދިމާއަށް ޝަނާޒް އަނބުރާލިއެވެ.

“އަހަރެން ކުޑަކޮށްވެސް ހިޔެއް ނުކުރަން އަހަރެންގެ ކުރިމަތީ ޝަނާއަށް އެ ގޮތަށް ކަންތައް ކުރަން ކެރިދާނެ ކަމަކަށް. ޝަނާއަކަށް ނޭނގޭތަ އަހަންނަށް ވާނެ ގޮތެއް؟ އަހަރެންގެ އަތުން އެ ނިހާން މަރުވާންތަ ޝަނާ ބޭނުން ވަނީ؟

އަހަރެން ކެތް ކޮށްގެން މި ހުންނަނީ ޝަނާއަށް ވިސްނޭތޯ… އަހަރެން ލޯބި ވާ ވަރު ވިސްނޭތޯ… ގަދަ ކަމުން ޝަނާގެ ފަރާތުން އެއްވެސް ކަމެއް ހާސިލް ކުރަން ބޭނުން ނުވާތީ… ކިހިނެއް ހެދީމަތަ އަހަރެން ޝަނާ ދެކެ ލޯބި ވާ ކަން ގަބޫލު ކުރާނީ؟” ޝާނާޒް ދެކެ ރުޅި އަންނަން ބޭނުން ވި ނަމަވެސް އަސަދުއަކަށް ރުޅިއެއް ނާދެވުނެވެ. ޝަނާޒް ދެކެ އަސަދު ލޯބި ވާ ވަރު ޝަނާޒްއަށް ނުވިސްނޭތީ ދެރަ ވަނީއެވެ.

“ލޯބި ވާ މީހުން ކަންތައް ކުރާ ގޮތަށްތަ އަސަދު ކަންތައް ކުރީ؟ އަހަންނަށް މަޖުބޫރު ކޮށްގެން އަހަންނާ އިނދެވުނީމަ އަސަދު ހީ ކުރީ އަސަދު ދެކެ ލޯބި ވާންވެސް މަޖުބޫރު ކުރެވޭނެ ކަމަށްތަ؟ ލޯތްބަކީ ކޮބާ ކަމެއް އަސަދުއަކަށް ނުވެސް އެނގޭ. ދެން ކޮން ލޯތްބެއް އަސަދުއަށް ވެވޭނީ؟

ލޯބި ވާ މީހުން އެހެން މީހުންގެ ލޯތްބަށް ގަދަރު ކުރާނެ… ލޯބި ވާ މީހާއާ މެދު ވިސްނާނެ… އަހަރެން ނިހާން ދެކެ ލޯބި ވާތީ އޭނައަށް ދެރައެއް ވާން ނޭދޭތީ އަސަދުއާ އިނީ… އަސަދުވެސް އަހަރެން ދެކެ ލޯބި ވާ ނަމަ މަޖުބޫރު ކޮށްގެން އަހަންނާ އިނާނީއެއް ނޫން، އަހަރެންގެ އުފަލަށް އަހަރެން ދޫކޮށްލާނީ… އަސަދު ތި ވަނީ ލޯތްބެއް ނޫން… ތީ… ތީ… ތި ބޭނުން ކުރާ އެއްޗެހި ބޭނުން ކޮށްގެން އަސަދު ވާ މޮޔައެއް…” ދެ އަތުން ލޯ ފޮހެލާފައި ޝަނާޒް ބުންޏެވެ.

“ތި ހުރިހާ އެއްޗެއް އަހަންނަކަށް ނޭނގެ، އަހަންނަށް އެނގެނީ އަހަރެން ޝަނާ ދެކެ ލޯބި ވާ ކަން. ވެދާނެ ޝަނާ ލޯބި ވާ ހެން ލޯބި ވާން އަހަންނަށް ނޭނގެނީ ކަމަށް. އަހަންނަށް ހުރިހާ ކަމަކަށް ވުރެ މުހިންމީ ޝަނާ، އަހަންނަށް ޝަނާ ލިބުން. އެހެން މީހަކާ އެކީ ޝަނާ އުޅޭ ތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ” އަސަދު ބުންޏެވެ.

“ޕްލީޒް އަސަދު… އަހަރެން ދޫކޮށްލާ… އަހަންނަކަށް މިހެންނެއް ނޫޅެވޭނެ…” ރޮވުމާއެކު އަސަދުގެ މޫނަށް ބަލާލި ޝަނާޒްއަށް ތިރިވެ މުށިތައް މަތީ އިށީނދެވުނެވެ.

“ކީއްވެތަ ޝަނާއަށް ނުވިސްނެނީ؟ އަހަރެން ދިރި ހުއްޓަކާ އަހަންނަކަށް ޝަނާ ދޫކޮށެއް ނުލެވޭނެ. އަހަރެން… އަހަރެން މަރު ވުމަށް ފަހު ޝަނާ މިނިވަން ވާނެ…” ޝަނާޒް ކައިރީ އިށީނދެފައި އަސަދު ޝަނާޒްގެ ދެ ކޮނޑުގައި ހިފާލިއެވެ.

“އައި ލަވް ޔޫ ޝަނާ… ޝަނާ ގަބޫލު ނުކުރިޔަސް، އަހަރެން ދެކެ ނަފްރަތު ކުރިޔަސް އަހަރެން ޝަނާ ދެކެ ވަރަށް ލޯބި ވޭ… ވަރަށް ލޯބި ވޭ…” އަސަދު މަޑު މަޑުން ބުންޏެވެ.

ޝަނާޒް އަސަދުގެ މޫނަށް ބަލާލިއެވެ. އެ މޫނުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ. ކުޑަކޮށް ހިނިތުން ވެލައިގެން ޝަނާޒްގެ މޫނަށް ބަލަން އިރުކޮޅަކު އިނދެފައި އަސަދު ތެދުވިއެވެ.

ޝަނާޒް ބަލަން އިންދާ އަސަދު ގޮސް ފާހާނާއަށް ވަނެވެ. ހައްތަހާ ބޮޑަށް ޝަނާޒްއަށް ރޮވުނެވެ. މޫނުގައި ދެ އަތް އަޅާލަމުން ޝަނާޒް ބޭނުން ވީ ހިތް ފުރެން ދެން ރޯލާށެވެ.

އެހެން އިނދެފައި ޝަނާޒް ކުއްލިއަކަށް މޫނުން ދެ އަތް ނަގާ ފާހާނާއާ ދިމާއަށް ބަލާލީ އަސަދު އެންމެ ފަހުން ބުނެލި އެއްޗެއް ހަނދާން ވުމުންނެވެ.

ޝަނާޒް ތެދުވެގެން ގޮސް ފާހާނާ ދޮރު ހުޅުވާލީ ޓަކި ޖަހާލުމެއް ނެތިއެވެ. އެއާއެކު އަސަދުގެ ނަމުން ބާރަށް ގޮވާލަމުން ޝަނާޒް ގޮސް އަސަދުގެ އަތުގައި އޮތް ބްލީޗް ފުޅި އަތުލާފައި އެއްލާލިއެވެ.

“އަސަދު…” އަސަދުގެ މޫނަށް ބަލަން ހުރެފައި ޝަނާޒް ދެވަނަ ފަހަރަށް ގޮވާލިއެވެ.

ޝަނާޒްއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަސަދު ލޯ މެރުމާއެކު ވެއްޓެން ދިޔަ ވަގުތު އަސަދު ގައިގައި ހިފަހައްޓަން ޝަނާޒް އުޅުނު ނަމަވެސް ނުހިފެހެއްޓުނެވެ. ވެއްޓުނު ގޮތަށް އަސަދުގެ ބޯ މުށިތަކުގައި ޖެހި ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ.

“މަންމާ…!” އަސަދުގެ މޫނުގައި ހިފާލަމުން އަޑުގެ ކޮޅަށް ޝަނާޒް ހަޅޭލަވައިގަތެވެ.

ޝަނާޒް ގޮވާލި އަޑު ސިޓިންގް ރޫމްގައި ތިބި ރާބިޔާއާ ހުޒާމްއާ އިޔާދުއަށް އިވުނެވެ.

ކޮޓަރީގެ ދޮރު ހުޅުވާފައި ފުރަތަމަ ވަނީ އިޔާދުއެވެ. ފާހާނާ ދޮރުމަތީ ހުއްޓުމާއެކު ފެނުނު މަންޒަރުން އިޔާދުއަށް ފުރަތަމަ ހުއްޓުން އަރާފައި ބަލަން ހުރެވުނީއެވެ.

އިޔާދުގެ ފަހަތުން ވަން ރާބިޔާއަށް އަސަދުގެ ނަމުން ގޮވާލަމުން ރޮއެގަނެވުނެވެ.

“އަސަދު… އަސަދު…” ހުޒާމް ވަދެ އަސަދު މޫނުގައި ޖަހާލަމުން ދެ ފަހަރަކު ގޮވާލިއެވެ. އަސަދު ހަރަކާތެއް ނުކުރުމުން ހުޒާމް އަސަދު ނަގަން އުޅުނެވެ. ނަމަވެސް ހުޒާމްއަށް އެކަނި އެ ކަން ނުވުމުން ޝަނާޒް އެހީވާން އުޅުނެވެ. އެ ތަން ފެނި އިޔާދު ވަދެ އެހީވިއެވެ.

“ޝަނާ، ދަރިފުޅާ، ޓެކްސީއަކަށް ގުޅާ” ފާހާނާއިން ނިކުމެފައި ހުޒާމް ބުންޏެވެ.

ޓެކްސީއަށް އަސަދު އަރުވާފައި އަސަދުއާ އެކު ރާބިޔާއާ ޝަނާޒް އެރިއެވެ. ސައިކަލުގައި އައުމަށް އިޔާދު ކައިރީ ބުނެފައި ހުޒާމް ޓެކްސީގެ ކުރީ ސީޓަށް އެރިއެވެ.

އަސަދު ގޮވައިގެން ހުޒާމްއާ އިޔާދު ގެއިން ނިކުތް ވަގުތަކީ ނިހާންމެން މަޣްރިބް ނަމާދުން ފައިބައިގެން ގެޔަށް އައި ވަގުތެވެ. އެ މީހުން ފެނުމުން ނިހާންމެންނަށް މަޑުކޮށްލެވުނެވެ.

އިޔާދު ސައިކަލާ ހަމައަށް އެރި ތަނާ، ނިހާންއާ ނަވާޒް ފެނުމުން އިޔާދު މަޑުވެސް ކޮށްނުލާ ދިޔަ ގޮތަށް ގޮސް ނިހާންގެ ގަމީހު ގިރުވާނުގައި ހިފިއެވެ.

“މީ ކަލެއާ ހެދި ވާހާ ކަންތައް…” ނިހާން ފަހަތަށް ކޮއްޕާލަމުން އިޔާދު ބުންޏެވެ. އަދި ނިހާންއަށް ވިސްނާލާނެ ވަގުތެއް ނުދީ ގެންގޮސް ފާރުގައި ޖެއްސިއެވެ. ބޯ ޖެހުނުލެއް ބާރު ކަމުން ނިހާންގެ މޫނުމައްޗަށް އަނދިރި ވެގެން ދިޔައެވެ.

ނަވާޒް ގޮސް އިޔާދުގެ އަތުގައި ހިފާ ނިހާންއާ ދުރަށް ގެންދަން އުޅުނެވެ. ނަމަވެސް އެ ވަގުތު އައިސްފައި ހުރި ރުޅީގައި އިޔާދު އެއް އަތުން ނަވާޒް ކޮއްޕާލާފައި އަނެއްކާވެސް ނިހާންއާ ދިމާއަށް އެނބުރުނެވެ.

ނިހާންގެ ގަމީހުގައި ހިފެހެއްޓި ގޮތަށް އިޔާދު ނިހާން ފާރާ ދިމާއަށް ކޮއްޕާލިއެވެ. ފާރުގައި ބޯ ޖެހި ބޯ ފަޅައިގެން ދިޔަ ނިހާން ވެއްޓުނީ އަނބުރައިގަނެގެންނެވެ. ދެންވެސް އިޔާދު އުޅުނީ ނިހާންއަށް އަނިޔާ ކުރާށެވެ. ނަމަވެސް ނިހާން ގައިގައި ޖެހުމުގެ ކުރިން އަޔާޒް ގޮސް އިޔާދުގެ އަތުގައި ހިފެހެއްޓިއެވެ.

“ދުރުގަ ހުރޭ!” އަޔާޒްގެ މޭގައި އަތް އަޅާ ކޮއްޕާލަމުން އިޔާދު ބުންޏެވެ.

ވެއްޓިފައި އޮތް ނިހާންއާ ނަވާޒް ކައިރި ވުމާއެކު އިޔާދު ނަވާޒްއާ ދިމާއަށް އަތް މަޅާލިއެވެ.

ކާރުގައި އިން ހުޒާމްއަށް އިޔާދު ނިހާންމެންނާ ދިމާއަށް ދިޔަ ތަން ފެނުމުން ކާރު ހުއްޓުމަށް ބުންޏެވެ.

“ރާބިޔާމެން ދޭ ކާރުގަ. އަހަރެން ދާނަން އިޔާދު ގޮވައިގެން” ކާރުން ފައިބަމުން ހުޒާމް ބުންޏެވެ.

ނަވާޒް ގައިގައި އިޔާދުއަށް ނުޖެހެނީސް ހުޒާމް އައިސް އިޔާދު ގައިގައި ހިފެހެއްޓިއެވެ.

“އިޔާދު! އަދިވެސް ތީތަ ކުރަން ވީ ކަމަކީ؟ ވީ ވަރު އަދިވެސް ކުޑައީތަ؟” ހުޒާމްގެ އަތްދަށުން ސަލާމަތް ވެގެން ދެންވެސް ނިހާންމެންނާ ދިމާއަށް އިޔާދު ދާން އުޅުމުން ހުޒާމް ބާރަށް ބުންޏެވެ.

ބައްޕަގެ މޫނަށް ބަލާލާފައި އިޔާދު ކޮންމެވެސް ވަރަކަށް މައިތިރި ވިއެވެ.

ނަވާޒްއާ އަޔާޒް، ނިހާން ނަގައިގަނެގެން ގެޔާ ދިމާއަށް ދާން ފެށުމުން އިޔާދު އެ ދިމާއަށް ބަލާލިއެވެ.

“ދޮންބެއަށް ކަމެއް ވެއްޖެއްޔާ އޭނަވެސް ނުހުންނާނެ ސަލާމަތުންނެއް… ހަނދާން ކުރާތި!” ނިހާންއަށް އިޝާރާތް ކޮށްލަމުން ނަވާޒްއާ ދިމާއަށް ބަލާލާފައި  އިޔާދު ބުނެލިއެވެ.

“ގަދަ ކަމުން، ބިރު ދައްކައިގެން، މަޖުބޫރު ކޮށްގެން ކަންތައް ކޮށްފަ އަދިވެސް އެހެން މީހުންނަށްތަ އިންޒާރު ދެނީ؟ އެހެން މީހުންގެ މެދަށް ނުވަތް ނަމަ އެއްކަމެއްވެސް ނުވީހެއްނު؟” ހުއްޓިފައި ނަވާޒް އިޔާދުއަށް ރައްދު ދިނެވެ.

އަނެއްކާވެސް އިޔާދު، ނަވާޒްއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ދެންވެސް ހުޒާމް އިޔާދު ހިފެހެއްޓިއެވެ.

“ހިނގާ ދާން!” އިޔާދުގެ އަތުގައި ހިފާ ސައިކަލާ ދިމާއަށް ދަމުން ހުޒާމް ބުންޏެވެ.

 

ހޮސްޕިޓަލަށް ދިޔަ ގޮތަށް އަސަދުއަށް ފަރުވާ ދޭން ފެށުނެވެ. އަސަދުގެ ފުރާނައަށް ނުރައްކަލެއް ނެތް ކަން އެނގުނީ އެރޭ ބާރަ ޖެހި ފަހުންނެވެ. އެކަން އެނގުމުން ޝަނާޒްއަށް ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ. ރޮއެރޮއެ އިން ރާބިޔާވެސް ހަމައަކަށް އެޅުނީ އޭގެ ފަހުންނެވެ. އޭރު ހޮސްޕިޓަލުގައި ތިބި ޝަހާމާމެން ގެޔަށް ދިޔައީ އޭގެ ފަހުންނެވެ. އައިސީޔޫގައި އިޔާދު އޮތް އިރު ބޭރުގައި ޝަނާޒްއާ ރާބިޔާއާ ހުޒާމްއާ އިޔާދު މަޑުކޮށްގެން ތިއްބެވެ.

“ދަރިފުޅަށް އެނގޭ ދޯ އަސަދު އެ ކުރި ކަންތަކުގަ ބައްޕަމެން ދަރިފުޅު ކުށްވެރި ނުކުރާ ކަން؟” ރާބިޔާއާ ހުޒާމްއާ އިޔާދުއާ ދުރުގައި ވަކިން އިން ޝަނާޒް ކައިރީ އިށީނދެފައި ހުޒާމް އަހާލިއެވެ.

އަސަދުއާ މެދު ކަންބޮޑުވެ ބިރުގަނެފައި އިން ޝަނާޒްއަށް، އެ ހުރިހާ އިރު ވަންދެން ހިފަހައްޓައިގެން ހުރި އިހުސާސްތައް ބޭރު ކޮށްލެވުނީ ހުޒާމް އެހެން ބުނުމުންނެވެ. މޫނުގައި ދެ އަތް އަޅާލަމުން ޝަނާޒްއަށް ބާރަށް ރޮވުނެވެ. އަނގަމަތީ އަތް ޖައްސާ ބާރު ކޮށްލަމުން ރުއިން ހުއްޓާލެވޭތޯ މަސައްކަތް ކުރި ނަމަވެސް ޝަނާޒްއަކަށް ކާމިޔާބެއް ނުވިއެވެ.

އެ ދުވަހު ވީ ކަންތަކުގައި ޝަނާޒްއާ މެދު ހިތްހަމަ ނުޖެހިފައި އިން ރާބިޔާއަށް ޝަނާޒް ރޯ ތަން ފެނުމުން ދުރުގައެއް ނީނދެވުނެވެ. ޝަނާޒް ކައިރިއަށް އައިސް އިށީނދެ ދެ އަތުން ޝަނާޒް ގައިގައި ބައްދާލަމުން ރުއިން ހުއްޓާލުމަށް ރާބިޔާ އެދުނެވެ.

“ޝަނާ، ކިހިނެއްތަ ވެގެން މި އުޅެނީ؟ ބައްޕަމެންނަށް ވީ ގޮތް ކިޔާދެވިދާނެތަ؟” ޝަނާޒް ހުއްޓާލުމުން ހުޒާމް އެދުނެވެ.

ހުޒާމް އެދުނު ނަމަވެސް ޝަނާޒް އެއްޗެއް ނުބުނެ އިނެވެ.

“ޝަނާ ކުރިން އުޅުނީ އެގޭ ނިހާންއާ އިންނަންތަ؟” ރާބިޔާ އަހާލިއެވެ.

ޝަނާޒް ބޯ ޖަހާލިއެވެ.

“ދެން ކީއްވެ އަސަދުއާ އިނީ؟” ދެންވެސް އެހީ ރާބިޔާއެވެ.

ޝަނާޒް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“އަސަދު…!” ހުޒާމްއަށް އަސަދު ދެކެ ރުޅި އާދެވުނީ ޝަނާޒްއަށް އެ ގޮތަށް މަޖުބޫރު ކުރުމުންނެވެ. އެ ވަގުތު އެތާ ހުންނަން އުނދަގޫ ވެގެން ހުޒާމް އިތުރު އެއްޗެއް ނުބުނެ ދިޔައީއެވެ.

“ޝަނާ… މަންމައަށް އެނގޭ އަސަދުއާ އެކީ އުޅެން ޝަނާ ބޭނުމެއް ނުވާނެ ކަން… އެކަމަކުވެސް މަންމަ ވަރަށް އެދެން ޝަނާ އަސަދުއަށް އެހީ ވުން… އަސަދު ވަރަށް ލޯބިވޭ ޝަނާ ދެކެ… ކުރިންވެސް އޭނަ އެހިޔަސް އަހަނީ ޝަނާގެ ބަސް… ދެންވެސް އޭނަ ހަދާނީ ޝަނާ ބުނާ ގޮތް… މަންމަގެ ދަރިފުޅު އެ ކަމުން ދުރު ކޮށްދީ… މަންމައަށް އެނގޭ އެކަން ކުރެވޭނީ ހަމައެކަނި ޝަނާއަށް ކަން… ޝަނާ އޭނަޔާ ވަކި ވެއްޖެއްޔާ އަނެއްކާވެސް މި ކަހަލަ ކަމެއް ކުރާކަށް އޭނަ ފަހެއް ނުޖެހޭނެ… އެކަމުން އޭނަ ދުރު ކޮށްގެން ނޫނީ އޭނައަށް ވިސްނައެއް ނުދެވޭނެ… މަންމައަށް މަންމަގެ ދަރިފުޅު ހޯދައިދީ ޝަނާ… މަންމަ އާދޭސް ކުރަން… މަންމަ އާދޭސް ކުރަން…” ޝަނާޒްގެ ދެ އަތުގައި ހިފައިގެން އިނދެ ރޮމުން ރާބިޔާ އެދުނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނުވާނަން ތަފާތެއް… 3

Next

ނުވާނަން ތަފާތެއް… 4

Next
March 19, 2020

ނުވާނަން ތަފާތެއް… 4

Previews
March 18, 2020

ނުވާނަން ތަފާތެއް… 3

23 Comments!

  1. Mar Sha Marsha says:
    March 19, 2020 at 9:59 am

    Hi all, mi part kamudhaa nama like akaa comment eh dhehchey, part 24 genesdheynan Sunday ga. Hv a blessed friday and a fun weekend ❤️❤️??

  2. nash says:
    March 19, 2020 at 9:59 am

    whn next

    1. Mar Sha Marsha says:
      March 19, 2020 at 12:32 pm

      Sunday

  3. LAZY_QUEENY says:
    March 19, 2020 at 10:26 am

    Vvvv reethi mi part vx…. Whn is next part… Curiously waiting for next part…… Lysm ?????? Marsha keep it up ngey???

    1. Mar Sha Marsha says:
      March 19, 2020 at 12:32 pm

      Thank u Queen ❤️❤️

  4. Unknown gurl says:
    March 19, 2020 at 10:28 am

    Girl this is not Friday (for correction)

    1. Mar Sha Marsha says:
      March 19, 2020 at 12:33 pm

      I was wishing for tomorrow ey dear ?

    2. Unknown gurl says:
      March 19, 2020 at 8:23 pm

      Ohh sorry I think word massalaeh kameh.. Sorry???

    3. Mar Sha Marsha says:
      March 19, 2020 at 8:54 pm

      It’s OK dear ?

    4. Unknown gurl says:
      March 19, 2020 at 11:19 pm

      Thank you… Love U so much ???????

  5. NooYas says:
    March 19, 2020 at 10:29 am

    V reethi. Waiting for the next. ❤️❤️❤️???

    1. Mar Sha Marsha says:
      March 19, 2020 at 12:34 pm

      Thank u nooyas

  6. Yaal says:
    March 19, 2020 at 11:24 am

    Varah salhi mi part vs……….When next part………..??????????????????????????????????

    1. Mar Sha Marsha says:
      March 19, 2020 at 12:34 pm

      Thank u yaal ??

  7. sama says:
    March 19, 2020 at 11:34 am

    ???? vvvvvv reethi mi part ves ???? when next part

    1. Mar Sha Marsha says:
      March 19, 2020 at 12:35 pm

      Thank u sama ?

  8. Kairaa says:
    March 19, 2020 at 1:21 pm

    Varah reethi mi part vx…..waiting for the nxt part…..and whn nxt??

    1. Mar Sha Marsha says:
      March 19, 2020 at 8:50 pm

      Thank u kairaa

  9. Anonymous says:
    March 19, 2020 at 8:37 pm

    Adhivc past ge vhk thah tha mi dhekeveniii …
    ??
    Overall hama salhi …
    ?❤

    1. Mar Sha Marsha says:
      March 19, 2020 at 8:53 pm

      Yes dear, but won’t b long inge, veehaaves avahah past ge bai ninmaaleveytho try kuraanan, thank u for reading.

  10. Ibsha says:
    March 19, 2020 at 9:19 pm

    Varah reethi

    1. Mar Sha Marsha says:
      March 19, 2020 at 11:31 pm

      Thank u ibsha

  11. Anonymous says:
    March 22, 2020 at 11:01 pm

    Thanku marsha vrh salhi mi stry.. …
    ??

Comments are closed.


All Right Reserved!