“ވާހަކައެއް ބުނަން ވެގެން އަސްލު މިރޭ މި އައީ” ނާއިކް ބުންޏެވެ. ރަމްލާއާ އަމީން ނާއިކްއާ ދިމާއަށް ބަލަން ތިބެފައި ދެން ބަލާލީ ނާއިކް ކައިރީ އިން އާލާއަށެވެ. އެދެމީހުންގެ ހިތަށް އައީ އެންމެ ކަމެކެވެ. އެހެން ނަމަވެސް އެއްޗެއް ނުބުނެ ނާއިކް ބުނާ އެއްޗެއްގެ އިންތިޒާރުގައި ތިއްބެވެ. “އާލާ ބަނޑުބޮޑު” ހިނިއައިސްފައި އިނދެ ނާއިކް ބުންޏެވެ. “އަލްޙަމްދުﷲ!” އަމީންއާ ރަމްލާއާ ޒަރީނާއަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ރަމްލާ ތެދުވެގެން އައިސް އާލާ ގައިގައި ބައްދާލިއެވެ. “ކިތައް […]
“ނައުރީންއާ ހެދި އަހަރެން ޒުހާ ވަރި ކުރާނެ ނަމަ އެކަން ކުރިތާ މިހާރު ކޮން ދުވަހެއް؟ ޒުހާ ވަރި ނުކުރިޔަސް ނައުރީން އިންނަން ހުރިއްޔާ އަހަރެން އޭނަޔާ އިންނާނަން” ޔައީޝް ބުނެލިއެވެ. ޔައީޝް އެހެން ބުނުމާ އެކު ރުޅި ގަދަވެގެން ޒުހާ އައިސް ޔައީޝްގެ މޭގައި ދެއަތް އަޅާ ކޮއްޕާލިއެވެ. ފަހަތަށް ދިޔަ ޔައީޝް އިތުރަށް ކޮޓަރީގައި މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ. ފަތިސް ނަމާދަށް ގޮވި އިރުވެސް ޔައީޝް އިނީ އެ އިމާރާތުގެ ޓެރެސްގައި ހުރި ގޮނޑިއެއްގައެވެ. […]
“ތިމާގެ ފިރިމީހާއާ ބެހޭ ގޮތުން ތިހެން ވާހަކަ ދައްކާ އިރު އެނގޭތަ އެހެން މީހުން ކުރިމަތީ ފިރިމީހާއޭ ކިޔާފަ ތި ކިޔެނީ ކީކޭ ކަން؟ ހިލޭ އަންހެނެއް ކުރިމަތީ ފިރިމީހާގެ އަގު ހިފަހައްޓަން ނޭނގުނު އަންހެނަކު ރަނގަޅު އަނތްބަކަށް ވޭތަ؟ މިހާރު ވިސްނިއްޖެ ޔައީޝް އަހަރެން ކައިރިއަށް އަންނަން ޖެހުނީ ކީއްވެ ކަން. އަހަރެން ބޭނުމިއްޔާ ދުވަހަކުވެސް ޒުހާ ކައިރިއަށް ޔައީޝް ދިޔަނުދީ ހިފެހެއްޓިދާނެ، އެކަމަކު އަހަރެން ޔައީޝް މި ދޫކޮށްލަނީ ޒުހާއަށް ވިސްނޭތޯ. ދެވަނަ ފަހަރަށް […]
ޔައީޝް ހުރީ ކުރެވުނު ކައިވެނީގެ ސަބަބުން ބޯ ހަލާކުވެފައެވެ. ޒުހާއަށް ވިސްނައިދީދީ ވަރުބަލި ވެފައެވެ. ޒުހާއަށް ފަހު ޔައީޝްގެ ހިތުގައި އެފަދަ ޝައުގުވެރިކަމެއް އުފެއްދި އަންހެން ކުއްޖަކީ ނައުރީންއެވެ. އެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހޭދަވި ދެ މަހެއްހާ ދުވަސް ތެރޭ ޔައީޝްގެ ހިތް އެކީ ނައުރީންއަށް ދެވުނީއެވެ. އެހެން ވިޔަސް ހިތުގެ އެދުމަށް ޔައީޝް އިޖާބަ ނުދީ ހުރީއެވެ. ތިމާއަކީ މީހެއްގެ ފިރިއެއް ކަން އަމިއްލަ ހިތަށް ހަނދާން ކޮށްދިނުމުގައި ދެމި ހުންނަން މަސައްކަތް ކުރިއެވެ. […]
“އައި ޝުޑްންޓް ބީ ޑުއިންގ ދިސް…” ލަސްލަހުން ޔައީޝް ބުނެލީ ނައުރީންއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސާ މުޚާތަބް ކޮށެވެ. “ވައި؟” އެ ސުވާލާ އެކު ނައުރީން ކުރިއަށް ޖެހިލާ ދެ އަތްތިލަ ޔައީޝްގެ މޭގައި ޖައްސާލިއެވެ. ޔައީޝްއަށް ޖަވާބެއް ނުދެވުނެވެ. ނައުރީންއާ ދިމާއަށް ބަލަން ހުރެވުނީއެވެ. “ނައުރީން…” ނައުރީން އެއްޗެއް ބުނަން އަނގަ ހުޅުވާލި އިރަށް ޔައީޝް ގޮވާލިއެވެ. ހީވީ ނައުރީން ބުނަން އުޅުނު އެއްޗެއް އެނގިގެން ގޮވާލި ހެންނެވެ. “އައި ލަވް ޔޫ!” ފަސްޖެހުނު […]
“އެއީ ނައުރީންތަ؟” ޔަޝާ އަހާލިއެވެ. ޔައީޝް ބޯ ޖަހާލިއެވެ. “ޔޫ ޝުޑް ޓޯކް ޓު ހަރ” ޝިޔާހް އެވަގުތު ބުންޏެވެ. “ނޫން…” ޔައީޝް ވަގުތުން ދެކޮޅު ހެދިއެވެ. “ކީއްވެ؟” އެ ސުވާލު ކޮށްލީ ޔަޝާއެވެ. “އެއީ މާ ކުރިން ނިމިފަ އޮތް ކަމެއް” ޔައީޝް ހުރީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. “ދޮންބޭ…” “މިތަނަށް އައީ އަހަރެންގެ ޕާސްޓްގެ ވާހަކަ ދައްކާކަށް ނޫނެއްނު؟ ލައިބާއަށް ގުޅާބަލަ” ޝިޔާހް ގޮވާލީ އެ ވާހަކަ އިތުރަށް ދައްކަން ކަން […]
“އާލާ ނޫން އެހެން މީހަކާ އެކީ ކުއްޖަކު ހޯދާކަށް އަހަރެން ބޭނުމެއް ނޫން. އާލާއާ އެކީ ނުލިބުނިއްޔާ ނުލިބުނީ، ލިބިއްޖެއްޔާ އަލްޙަމްދުﷲ!” ގޭ ދޮރާ ހަމަވެފައި ނާއިކް އެނބުރި ބަލާލަމުން ބުނެލިއެވެ. އާލާއަށް އެ ވަގުތު ނާއިކްގެ މޫނަށް ބަލާލެވުނެވެ. ހިތްހަމަ ނުޖެހި، ރުޅި ގަދަވެފައި ހުރި ނާއިކްއަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. އާލާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ނާއިކް ނިކުތެވެ. ގެއަށް ގޮސްފައިވެސް ނާއިކް ރުޅި މަޑެއް ނުވިއެވެ. ލައިގެން ހުރި ގަމީސް […]
ކުރިޔާ ޚިލާފަށް ނާއިކްއާ އެކު އެ ގެޔަށް ދިޔުމަށް އާލާ ދެކޮޅު ހަދަން ފެށިއެވެ. ނާއިކް އެކަން މާ ބޮޑު ކަމަކަށް ނުހަދައެވެ. މަންމަ ނުވަތަ ބައްޕަ ގުޅާލުމުން އާލާ ދާން ބޭނުން ނުވާ ނަމަ ނާއިކް އެކަނި ދަނީއެވެ. ބައެއް ފަހަރު ސާއިމާމެން ގެއަށްވެސް ނާއިކް އެކަނި ދާން ޖެހެއެވެ. އަމިއްލަ މަންމައާ ބައްޕަ ކައިރިއަށް ދިޔުމަށް ވެސް އާލާ ބޭނުން ނުވާތީއެވެ. ނާއިކް އާދޭސް ކޮށްގެންވެސް އާލާ ބޭރަށްވެސް ނުނިކުންނަން ފެށިއެވެ. ކުރިން ނާއިކްގެ […]
“އާރ ޔޫ އޯކޭ؟” އެކުވެރިޔާގެ މޫނަށް ބަލާލަމުން އާލާ އަހާލިއެވެ. ނައުރީން އެއްޗެއް ނުބުނެ ދެ ކޮނޑު ހިއްލާލިއެވެ. އާލާ ނައުރީން ގައިގައި ބައްދާލިއެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު؟ ދެން ހަންދާން ނައްތާލަން ޓްރައި ކުރޭ. އިރާދަ ކުރެއްވިއްޔާ ނައު ބޭނުން ހުރިހާ އުފަލެއް ނައުއަށް އަދި ލިބޭނެ” އާލާ ދުރަށް ޖެހިލާފައި ނައުރީންގެ އަތްތިލައަށް ފިތާލިއެވެ. ނައުރީން އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. “ނައު…” އާލާ ގޮވާލިއެވެ. “ހްމްމް… އައިމް އޯކޭ. މިރޭ ތި […]