Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 11

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 12, 2024 7 Mins Read
15 Comments

“ވާހަކައެއް ބުނަން ވެގެން އަސްލު މިރޭ މި އައީ” ނާއިކް ބުންޏެވެ.

ރަމްލާއާ އަމީން ނާއިކްއާ ދިމާއަށް ބަލަން ތިބެފައި ދެން ބަލާލީ ނާއިކް ކައިރީ އިން އާލާއަށެވެ. އެދެމީހުންގެ ހިތަށް އައީ އެންމެ ކަމެކެވެ. އެހެން ނަމަވެސް އެއްޗެއް ނުބުނެ ނާއިކް ބުނާ އެއްޗެއްގެ އިންތިޒާރުގައި ތިއްބެވެ.

“އާލާ ބަނޑުބޮޑު” ހިނިއައިސްފައި އިނދެ ނާއިކް ބުންޏެވެ.

“އަލްޙަމްދުﷲ!” އަމީންއާ ރަމްލާއާ ޒަރީނާއަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ރަމްލާ ތެދުވެގެން އައިސް އާލާ ގައިގައި ބައްދާލިއެވެ.

“ކިތައް މަސް؟ ކޮން އިރަކު އެނގުނީ؟” ރަމްލާ އަހާލިއެވެ.

“ދެ މަސް އަދި” ރަމްލާގެ ސުވާލަށް ޖަވާބު ދިނީ އާލާއެވެ.

“އެހެން ވިއްޔާ މި އަހަރު ފަހުކޮޅު ދޯ ވިހާނީ؟ އަމީން، އަނެއްކާ ކާފައަކަށް ވަނީއޭ، ނާއިކްއާ އަލާއަށްވެސް ކުއްޖަކު ލިބެނީ” ރަމްލާ އުފަލުން އަމީންއަށް ބަލާލަމުން ބުންޏެވެ. އެހާ ދުވަސް ވަންދެން ނުބުނެ ހުރީތީ އެކަމާ އެއްވެސް ޝަކުވާއެއް ރަމްލާ ނުކުރީ، އާލާގެ ޙާލު ވިސްނޭތީއެވެ. އަނެއްކާވެސް އާލާއަށް ބަލާލާފައި އާލާގެ ނިތްކުރީގައި ބޮސްދިނެވެ.

“ދަރިފުޅު ބައްޕަމެންނަށް ތި ދިނީ ވަރަށް ބޮޑު އުފަލެއް، ޝުކުރިއްޔާ!” އާލާގެ ބޮލުގައި ފިރުމާލަމުން އަމީން ބުންޏެވެ.

ޒަރީނާއަށްވެސް ދުރަކު ނީނދެވުނެވެ. ކައިރިއަށް އައިސް އާލާއާ ނާއިކް ގައިގައި އެއްފަހަރާ ބައްދާލިއެވެ.

“މާމަ ވަރަށް އުފާ ވެއްޖެ. ދެ ކުދިންނަށް މަރުހަބާ. އާލާ، ރަނގަޅަށް ކައިގެން އަރާމު ކޮށްގެން ބަލައިގެން އުޅޭތި އިނގޭ. ނާއިކް، ދަރިފުޅު އާލާއަށް ރަނގަޅަށް ބަލައްޗޭ” ޒަރީނާ ބުންޏެވެ.

އެރޭ ނާއިކްއާ އާލާ ގެއަށް ދިޔުމުގެ ކުރިން ސާއިމާއާ އާޒިމް ކައިރިއަށްވެސް ދިޔައެވެ. އާލާ ނާންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީ ދެމީހުން އެއްކޮށް ފެނުމުން އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އާލާ ބަލިވެ އިން ކަން ބައްޕައާ ކޮއްކޮމެންނަށް ބުނެދޭން އާލާ އެދުނީ މަންމަގެ ފަރާތުންނެވެ. ޝާދިޔާއަށް ގުޅައިގެން އިނދެ ސާއިމާ އެ ޚަބަރު އެންމެންނަށް ދިނެވެ. އެންމެންވެސް އާލާއަށް ޓަކާ ތިބީ އުފަލުންނެވެ. ރާޔާއާ ނާޔާވެސް ކޮއްކޮއެއް ލިބެން އުޅޭތީ އާލާއާ އެތައް ސުވާލެއް ކުރިއެވެ.

ގެއަށް ގޮސް ނިދަން އެނދަށް އަރާފައި ނާއިކް އޮތީ އާލާއާ ދިމާއަށް ބަލާށެވެ.

“ކީއްވެ ތި ވަރަށް ތި ބަލަނީ؟” އާލާ އަހާލިއެވެ.

“ޔޫ އާރ ސޯ ބިޔުޓިފުލް… ޕްރެގްނަންޓް ވީ ފަހުން އަދި މާ ލޯބި… އެނގޭތަ މިރޭވެސް އަހަންނަށް ދުރުގަ ހުންނަން ކިހާ ހިތްވަރެއް ކުރަން ޖެހުނު ކަން؟” އާލާ ގެނެސް ގައިގައި ޖައްސާ ފިއްތާލަމުން ނާއިކް ބުންޏެވެ.

އާލާ ރަކިވެފައި ނާއިކްގެ މޭގައި މޫނު ފޮރުވާލިއެވެ.

“އާލާގެ ހިތުގެ އެދުން ފުރިހަމަވީ… އަހަރުމެންނަށް ބޭބީއެއް ލިބެން އުޅެނީ… އާލް މަންމައަކަށް، އަހަރެން ބައްޕައަކަށް ވަނީ…” ނާއިކް ބުނެލީ ގަބޫލު ނުކުރެވިގެން އުޅޭ މީހަކު ހެންނެވެ.

“ޔޫ ވޯންޓެޑް ދިސް ޓޫ ދޯ؟ އެހާ ނޫން ކަމަށް ހެދިގެން އުޅުނު އިރުވެސް އަހަންނަށް އެނގުނޭ” އާލާ ބުންޏެވެ.

“އަހަރެން ބޭނުން ވުމަށް ވުރެ ބޮޑަށް އާލާގެ އެދުމަކަށް ވާތީ އެ އެދުން ފުރިހަމަ ވާން އަހަރެން ބޭނުންވީ. މިހާރު ހިތްހަމަ ޖެހިއްޖެ، އާލާ އުފަލުން ހުރިއްޔާ އަހަރެންވެސް ހުންނާނީ އުފަލުން” އާލާގެ އަތްތިލަ ގެނެސް މޭގައި ޖައްސާލަމުން ނާއިކް ބުންޏެވެ.

“އައިމް ހެޕީ. ދުވަހަކުވެސް ނޭނގެ މިހާ އުފާ ވި ކަމެއް” އާލާގެ އުފާވެރިކަން ތުންފަތުގައި ވި ހިނިތުންވުމުން ދޭހަވެއެވެ.

“ތި ލޯބި ސްމައިލް ތި މޫނުން ދެކެން އަބަދުވެސް ބޭނުން” ނާއިކް ލޯބިން އާލާގެ މޫނުގައި ފިރުމާލިއެވެ. އެއާއެކު އާލާ ދެ އަތުން ނާއިކްގެ މޫނުގެ ދެފަރާތުން ހިފާ އާލާއާ ކައިރި ކޮށްލިއެވެ. ދެން ދިޔައީ ބަސްތަކެއްގެ ބޭނުން ނެތި ލޯބި ފާޅު ކުރަމުން ދިޔަ ވަގުތުކޮޅެކެވެ.

ނާއިކް އެދުނު ފަދައިން ދެން އައި ދުވަސްތަކުގައި އާލާގެ ތުންފަތުން ހިނިތުންވުން ފިލާ ނުދެއެވެ. ނާއިކްއާ ދެ މީހުން އެކުގައި ލިބެން އުޅޭ ދަރިފުޅާ މެދު އެކިއެކި މަޝްވަރާ ކުރަމުން ދިޔައެވެ. ވިހެއުމަށް ފަހު އާލާ ވަޒީފާއިން ވަކިވުމަށް ނިންމީ ދެ މީހުން އެކީގައެވެ. ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ވާހަކަ ދައްކައެވެ. ނާއިކް ބޭނުން ވަނީ އާލާ ފަދަ ލޯބިލޯބި އަންހެން ކުއްޖެކެވެ. އާލާ ބޭނުން ވަނީ ނާއިކް ފަދަ ސަކަރާތް ޖަހާ ފިރިހެން ކުއްޖެކެވެ. އެހެން ބުންޏަސް ކޮންމެ ކަހަލަ ކުއްޖަކު ލިބުނަސް ދެ މީހުންވެސް ތިބޭނީ އުފަލުންނެވެ. އަދި ދުނިޔެއަށް ނާންނަ އެ ދަރިފުޅަކީ ދެ މީހުންގެވެސް ހިތާ ފުރާނަ ކަމުގައި ވެއްޖެއެވެ.

ކުރިޔާ ޚިލާފަށް އާލާ ނާއިކްމެން ގެއަށާ އާލާމެން ގެއަށް ދާން ފެށިއެވެ. ގޭގައި އެކަނި އިނދެ ފޫހި ވާނެ ވަގުތެއް އާލާއަކަށް ނުވެއެވެ. ކުރިއަށް ވުރެ އަވަހަށް ނާއިކް އޮފީހުން ގެއަށް އާދެއެވެ. ރަމްލާއާ ސާއިމާ ހަފްތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު އާލާމެން ގެއަށް އާދެއެވެ. ނައުރީންވެސް ކޮންމެ ދުވަހަކު ހެން އާލާ ކައިރިއަށް އާދެއެވެ.

 

ނައުރީން އައި އިރު އިލްހާމްއާ ހިދާޔާ ތިބީ ކޮންމެވެސް ކަމަކާ މަޝްވަރާއެއް ކުރާށެވެ. ނައުރީން ވަނުމާއެކު ދެ މީހުންގެ ވާހަކަ ކުއްލިއަކަށް މެދުކެނޑުމުން ނައުރީން ހައިރާންވެފައި ބަލާލިއެވެ.

“ކިހިނެއްވީ؟” ނައުރީން އަހާލިއެވެ.

އިލްހާމް އެއްޗެއް ނުބުނެ ތެދުވެގެން ބޭރަށް ދިޔައީއެވެ.

“މަންމަ ބޭނުން ނައުރީންއާ ވާހަކައެއް ދައްކާލަން” އިލްހާމް ނިކުންނަން ދެން ހުރެފައި ހިދާޔާ ބުންޏެވެ.

“މިހާރު؟” ނައުރީންއަށް އަހާލެވުނީ ހައިރާންވެފައި ހުރެއެވެ. އެއީ ނައުރީންގެ މަންމައާ ބައްޕަގެ ފަރާތުން ކުރިން ނުފެންނަ ކަންތައްތަކަކަށް ވުމުންނެވެ.

“ދަރިފުޅު މާ ވަރުބަލި ވެފަ ހުރިއްޔާ އެންމެ ރަނގަޅު ތަންކޮޅެއް ފަހުން ވިޔަސް” ހިދާޔާ ބުންޏެވެ.

“ނޫން، ވަރުބައްޔެއް ނޫން، މިހާރު ވިޔަސް އޯކޭ” ނައުރީން އައިސް ހިދާޔާ ކައިރީ އިށީނެވެ.

“ނައުރީންއަށް އެނގެއެއްނު ބައްޕަ ރައްޓެހި ސާޖިދު؟” ހިދާޔާ ބުންޏެވެ.

ސުވާލު އުފެދިފައި އިނދެ ނައުރީން ބޯ ޖަހާލިއެވެ.

“ސާޖިދުގެ ދޮށީ ދަރިފުޅު ރިވާއު މީހަކާ އިންތާ އަދި ވީ އެންމެ ދެ އަހަރު. މަހެއްހާ ދުވަސް ކުރިން، ވިހެއުމުގެ ތެރޭ އޭނަގެ އަންހެނުން ނިޔާވީ. އޭގެ ފަހުން ރިވާއު މުޅިން ބަދަލު ވެއްޖެއޭ ސާޖިދު ބުނީ. ކުޑަ ދަރިފުޅު ގޮވައިގެން އެ ކުއްޖާގެ ހުރިހާ ކަމެއް އަމިއްލައަށް ކުރަނީ، ވަޒީފާއިން ޗުއްޓީ ނަގައިގެން. އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ، ބޭރަށް ނިކުމެލައެއް ނޫޅޭ… އެކަމާ ސާޖިދު ވަރަށް ދެރަވެގެން ބައްޕަ ކައިރީ އެ ވާހަކަތައް ވަރަށް ދައްކާ.

އެ ތުއްތު ދަރިފުޅުގެ ކަމެއް ކޮށްދޭކަށް މިހާރު ރިވާއުގެ މަންމަވެސް ހުރީއެއް ނޫން، ސާޖިދު ބުނެބުނެވެސް ދަރިފުޅު ބަލަން ބޭރު މީހަކު ގެންނާކަށްވެސް ގަބޫލެއް ނުވި. އެންމެ ފަހުން ދަރިފުޅަށް ޓަކާ މީހަކާ އިންނާށޭ ބުނީމަ އެއްބަސް ވެފަ ބުންޏޯ އަމިއްލަ ދަރިއެއް ހެން އެ ކުއްޖާ ބަލާނެ މީހަކު ހޯދަދީފިއްޔާ ކައިވެނި ކުރަން ތައްޔާރަށޭ ހުރީ” ހިދާޔާ ކިޔާދިނެވެ.

“ދެން…؟ ކީއްވެ އަހަރެން ކައިރީ ތި ވާހަކަ ތި ބުނީ؟” ނައުރީން އަހާލިއެވެ.

“ބައްޕަ އެދެނީ ނައުރީން ރިވާއުއާ ކައިވެނި ކުރަން” ހިދާޔާ ބުނީ ނައުރީންގެ އަތުގައި ހިފާލަމުންނެވެ.

ނައުރީން އިސްޖަހާލިއެވެ. ދޭން ބޭނުން ވާ ޖަވާބު ދުލު ކުރީގައި އޮތް ނަމަވެސް އެ ބަސްތައް ބޭރުކުރަން ފަސްޖެހިފައި އިނދެވުނީ މަންމައާ ބައްޕަގެ އެދުމަކަށް ދެކޮޅު ހަދަން ނުކެރިގެންނެވެ.

“ދަރިފުޅަށް މި އަހަރު ސައްބީސް އަހަރު ފުރޭނެ، މިހާ ދުވަސް ވީ އިރު ކައިވެންޏެއް ކުރަން ނުވިސްނާ ނުހުންނާނެ ކަން މަންމައަށް އެނގޭ. ކޮންމެވެސް ކަމެއް ދިމާ ވެގެން ނައުރީން ތިހެން ހުހަށް ތި ހުންނަނީ. މަންމައަށް ކިޔާދޭން ބޭނުން ކަމެއް އޮތިއްޔާ އަޑު އަހަން މީނީ” ހިދާޔާއަށް ޝައްކު ވެފައި އޮތަސް، ނައުރީން އިސްވެ އެފަދަ ވާހަކައެއް ދައްކާފައި ނުވާތީ ކުރިން އެ ސުވާލު ނުކުރީއެވެ. އެހެން ނަމަވެސް މިއަދު އިލްހާމް އެދެނީ ނައުރީން އެ ކައިވެންޏަށް އެއްބަސް ކުރުވަން ކަމަށް ވާތީ ހިދާޔާ ބޭނުން ވަނީ ނައުރީންގެ ހިތުގައި ވާ އެއްޗެއް އޮޅުން ފިލުވާށެވެ.

ރިވާއުއަކީ ކޮން ކަހަލަ ޒުވާނެއް ކަން ނޭނގުނު ނަމަވެސް އެއީ ސާޖިދުގެ ދަރިއަކަށް ވާތީ ސާޖިދުއާ މީނާގެ ތަރުބިއްޔަތަށް އިތުބާރު ކުރެވޭތީ، ނައުރީންގެ ކައިވެނި ރިވާއު ފަދަ ޒުވާނަކާ ކުރެވުމަކީ ހިދާޔާގެވެސް އެދުމަކަށް ވާތީއެވެ. އެހެން ނަމަވެސް ހުރި އެންމެ އަންހެން ދަރިފުޅަށް އެއްވެސް ގޮތަކަށް މަޖުބޫރު ކުރާކަށް ހިދާޔާ އަދި އިލްހާމްވެސް ބޭނުމެއް ނޫނެވެ. އެ ކައިވެނި ކުރެވެން ވާނީ ނައުރީންގެ ފުރިހަމަ ރުހުމާ އެކީ ކަމުގައި އެ ދެމަފިރިން ނިންމީ އެހެންވެއެވެ.

ހިދާޔާ ބުނި އެއްޗަކަށް ޖަވާބު ނުދީ ނައުރީން އިނީއެވެ.

“ނައުރީންގެ ދިރިއުޅުމުގަ އެހެން މީހަކު ހުރީތަ؟” ނައުރީން އެއްޗެއް ނުބުނުމުން ހިދާޔާ އަހާލިއެވެ.

މަންމަގެ މޫނަށް ބަލާލަމުން ނައުރީން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“މި ކައިވެންޏާ ނުރުހެން އެއްވެސް ސަބަބެއް އެބަ އޮތްތަ؟” ދެންވެސް ހިދާޔާ ސުވާލު ކޮށްލިއެވެ.

އެ ސުވާލުގެ ޖަވާބުގައިވެސް ނައުރީން ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އެހެން ވިއްޔާ ރިވާއުއާ ކައިވެނި ކުރަން ދަރިފުޅު ރުހެންތަ؟” ހިދާޔާ އެހިއެވެ.

އެ ހުރިހާ ވާހަކައެއް ދެކެވުނު އިރު ނައުރީންގެ ހިތުގައިވީ ޔައީޝްގެ ޚިޔާލެވެ. ހިތުގައި އަދިވެސް ޔައީޝްގެ ލޯބި ފޮރުވިފައި ވާ އިރު އެހެން ކައިވެންޏަކަށް އާނބަސް ބުނަން ވީ ހެއްޔެވެ؟

“މީ އެއްވެސް ގޮތަކަށް ނައުރީންއަށް ކުރަން މަޖުބޫރު ކަމެއް ނޫން. މަންމަ މި ވާހަކަ ނައުރީންއާ ދައްކަން އެއްބަސްވީވެސް ނައުރީން ކައިވެންޏަކާ ދޭތެރޭ ނުވިސްނާހެން ހީވާތީ. އަމިއްލައަށް ދިރިއުޅުމެއް ފަށަން ނުވިސްނަންޏާ މަންމަމެންނަށް ފެންނަ ރަނގަޅު ކުއްޖެއްގެ ވާހަކަ ބުނުން އެއީ މައްސަލައެއް ނޫނެއްނު؟ ގޮތެއް ނިންމާނީ ހަމަ ދަރިފުޅު. ބައްޕަ އެހާ ވަރުން ނައުރީންއާ މި ވާހަކަ ދައްކަން ބުނީ ރިވާއުގެ ތުއްތު ދަރިފުޅާ ދޭތެރޭ ވިސްނާފަ. ސާޖިދު އެދުނީ ރިވާއުއާ އިންނަން ހޯދާ އަންހެން ކުއްޖަކު އެ ކުއްޖާއަށް ދެރަ ގޮތެއް ނަހަދާނެ ކަމުގެ ޔަގީން ކަން. ބައްޕައަށް އެ ޔަގީންކަން އެންމެ ބޮޑަށް ދެވޭނީ ބައްޕަ އިތުބާރު ކުރާ މީހެއްގެ ފަރާތުން ދޯ؟ އެހެންވެ މަންމަ ކައިރީ ބައްޕަ ބުނީ ނައުރީން ކައިރީ މި ވާހަކަ ދައްކަން. ބައްޕަ އަދި ސާޖިދު ކައިރީވެސް ނައުރީންގެ ވާހަކައެއް ނުބުނޭ. ފުރަތަމަ ނައުރީން ބުނާ އެއްޗެއް ބަލާފަ ބައްޕަ މި ވާހަކަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ވަނީވެސް”

ހިދާޔާއާ އިލްހާމްގެ ތިބީ އެންމެ ދެ ކުދިންނެވެ. ނައުރީންއާ، ނައުރީންއަށް ވުރެ ފަސް އަހަރު ހަގު ފިރިހެން ދަރިފުޅު ނުހައިކްއެވެ. ދޮށްޓަށް އަންހެން ދަރިއަކު ހުރި އިރު އެ ދަރިފުޅު ކައިވެންޏެއް ކޮށް، ދިރިއުޅުމެއް ފަށާ، އެ ދަރިފުޅަށް ދަރިއަކު ލިބޭނެ ދުވަހެއް ދުށުމަށް އެ ދެމަފިރިން އެދެއެވެ. އެހެން ނަމަވެސް އަދި އެ ހުވަފެން އޮތީ ހަމައެކަނި ހުވަފެނެއް ގޮތުގައެވެ. ނައުރީން ކައިވެންޏާ މެދު ޚިޔާލު ނުކުރާހެން އެ ދެމަފިރިންނަށް ހީވަނީއެވެ. އެކަމާ ކަންބޮޑުވީ ނަމަވެސް ނައުރީންގެ ދިރިއުޅުމުގެ އެފަދަ ކަންތަކަށް ފާޑު ނުކިޔަން ތިބީއެވެ.

އިލްހާމްގެ ދުވަސްވީ އެކުވެރި ސާޖިދުގެ އާއިލާއަކީ ރަނގަޅު އާއިލާއެކެވެ. ސާޖިދުއާ މީނާއަށް ލިބުނު ތިން ފިރިހެން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖަކީ ރިވާއުއެވެ. މިއަދު އެހެން މީހެއްގެ އެހީއަށް ބޭނުން ވެފައިވާ ރިވާއުއަކީ އިލްހާމްގެ ކުރިމަތީ ބޮޑުވެ ޒުވާންވީ ކުއްޖެކެވެ. އަމިއްލަ އަންހެން ދަރިފުޅުގެ ޙަޔާތަށް އައުމަށް ކޮންމެ މީހަކުވެސް އެދޭނެ ފަދަ ފިރިހެން ކުއްޖެކެވެ. ރިވާއުގެ ކައިވެނީގެ ވާހަކަ ސާޖިދު ބުނުމާއެކު ނައުރީންއާ އެ ވާހަކަ ދައްކަން އިލްހާމް ބޭނުން ވީ އެހެންވެއެވެ.

“މިހާރުން މިހާރަށް ޖަވާބު ދޭކަށް ނޫން މަންމަ މި ބުނަނީ. ނައުރީން ވިސްނާފަ ޖަވާބެއް ދޭނީ އިނގޭ” ނައުރީންގެ ބޮލުގައި ފިރުމާލަމުން ހިދާޔާ ބުންޏެވެ.

ނައުރީން ބޯ ޖަހާލިއެވެ. މަންމައާ ބައްޕައަށް ޖަވާބެއް ދިނުމުގެ ކުރިން ނައުރީން ބޭނުންވީ އާލާއާ އެ ވާހަކަ ޙިއްސާ ކުރާށެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު އާލާ ކައިރިއަށް ގޮސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާލާގެ ފޯނަށް އައި މެސެޖާ ބެހޭ ގޮތުން އާލާ ސުވާލު ކުރިއެވެ.

މާލެއަށް އައިތާ އަހަރެއް ވީ އިރު ޔައީޝް ދޭތެރެއަކުން ނައުރީންއަށް މެސެޖް ކޮށްލައެވެ. ނަމަވެސް އެއްފަހަރުވެސް ނައުރީން ޖަވާބެއް ނުދެއެވެ. ޔައީޝްގެ ވާހަކަ އާލާ އަހާ ކޮންމެ ފަހަރަކު ނައުރީން ދެރަވެ ރޯތީ، ފަހުން ފަހުން އާލާ އެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އާލާ ކައިރިއަށް ނައުރީން އައިސް އިން ދުވަހެއްގައި ނައުރީންގެ ފޯނަށް އައި މެސެޖް ބަލާފައި ނައުރީންއަށް ވީ ގޮތުން އާލާއަށް އެއީ ޔައީޝްގެ މެސެޖެއް ހެން ހީވެގެން ސުވާލު ކޮށްލިއެވެ.

“ނައު… ޔައީޝްތަ؟” އެ މެސެޖް ބެލި ފަހުން ނައުރީން އެއްޗެއް ނުބުނެ ހިމޭން ވެފައި އިނުމުން އާލާ އަހާލިއެވެ.

“ހްމްމް” ލަސްލަހުން ނައުރީން އަޑެއް ލައްވާލިއެވެ.

“އަދިވެސް މެސެޖް ކުރޭތަ؟” އާލާ އޮޅުން ފިލުވަން ބޭނުންވިއެވެ.

“ހްމްމް” ދެންވެސް ނައުރީންގެ ޖަވާބު އައީ އެހެންނެވެ.

“ނައު ރިޕްލައި ނުކުރަންތަ؟” އާލާ އަނެއް ސުވާލު ކުރިއެވެ.

“ހްމްމް”

“ނައުރީން!” އަޑަށް ބާރުލާފައި އާލާ ގޮވާލިއެވެ.

ނައުރީން އާލާއާ ދިމާއަށް ބަލާލިއެވެ.

“ވެދާނެއެއްނު އޭނަ މިހާރު މެރިޑް ނޫން ކަމަށްވެސް؟ އެހެން ނޫން ނަމަ ހިއެއް ނުވޭ ނައުއަށް މެސެޖް ކުރާނެ ހެންނެއް” އާލާއަށް ހީވާ ގޮތް އެކުވެރިޔާ ގާތު ހާމަ ކުރީ އެ އެކުވެރިޔާގެ ހިތުގެ ޙާލު އެނގޭތީއެވެ.

“އެހެން ވިއްޔާ އެހެން ބުނަންވީނު؟ ކިހިނެއްހޭ، ނޫނީ ހޯޕް ޔޫ އާރ އޯކޭ އޭ، ނޫނީ ލައިފް ކިހިނެއްހޭ އަހާފަ މެސެޖް ކުރާ އިރު ޑިވޯސް ވިއްޔާ އެ ވާހަކަވެސް ބުނެވޭނެއެއްނު؟ އެހެން ނުބުނާނީ ނުވާތީ ދޯ؟ އެ މެސެޖްތަކަށް އަހަރެން ރިޕްލައި ނުކުރިޔަސް އެ ނަމްބަރު ބްލޮކްއެއް ނުކުރަން، މެސެޖްތައް އަހަރެން ބަލާ ކަންވެސް އެނގޭނެ. ހިތުގަ އޮތް އެއްޗެއް ބުނަން ނުކެރިގެން އެ އުޅެނީ ބުނުމަށް ހުރަހެއް އޮތީމަ” ނައުރީންއަށް ގަބޫލު ކުރެވެނީ އެ ގޮތަށެވެ.

“އަހަންނަށް ހިއެއް ނުވޭ އޭނަ މެރިޑް ވިއްޔާ ނައުއަށް މެސެޖް ކުރާނެ ހެންނެއް. ނައު ކިޔާދިން ގޮތުން އެކަހަލަ މީހެއް ނޫން އެއީ. ސޯ… މި ވީ އެއް އަހަރު ތެރޭ އެއް ފަހަރުވެސް އެހެން އަހާލަން ނައު ހިތަކަށް ނާރާތަ؟” އާލާ އަހާލިއެވެ.

“އައި ކާންޓް…” ނައުރީން މަޑުމަޑުން ބުންޏެވެ.

“އެހެން ވިއްޔާ ނައު މޫވްއޯން ކުރޭ. ތިހެން ހުރެގެން ކޮން ކަމެއް ވާނީ؟ ނައުވެސް ކޮންމެސް ދުވަހަކުން ލައިފްއެއް ފަށަން ޖެހޭނެ، މީހަކާ އިންނަން ޖެހޭނެ، ސޯ ކީއްކުރަން ވެއިޓް ކުރަނީ؟ ހަނދާން ކުރަން ބޭނުން ނުވާ ކަންތައް ހިތުން ފޮހެލެވޭނީ އެ ކަންތައް ފަހަތަށް ދޫކޮށްލާފަ އަލުން ދިރިއުޅުމާ މެދު ވިސްނަން ފެށީމަ. އުނދަގޫ ވާނެ ކަން އެނގޭ، އެކަމަކު ކާމިޔާބު ވާނީ ޓްރައި ކޮށްގެން” ނައުރީންގެ އަތުގައި ހިފާލަމުން އެކުވެރިޔާއަށް ވިސްނައިދިނުމަށް އާލާ މަސައްކަތް ކުރިއެވެ.

“ތިމަކާ އެބަ ވިސްނަމޭ ބުނެފިއްޔާ އާލް ބުނާނީ ކީކޭ؟” ނައުރީން ކޮށްލީ އާލާ ހީކުރި ފަދަ ސުވާލެއް ނޫނެވެ.

“ކީކޭ ތި ކިޔަނީ މިހާރު؟ ކޮން އިރަކު ތި ކަހަލަ ކަމަކާ ވިސްނީ؟ މިކޮޅަށް އައި ފަހުން އަދި ތި ކަހަލަ ކަމެއް ކުރަން ވިސްނާ ކަހަލަ ހާލަތެއްގައެއް ނޫން ނައު ހުރީކީ. ޓެލް މީ، ކިހިނެއް ވީ ކަމެއް ތީ؟” ނައުރީން ބުނި އެއްޗެއް ގަބޫލު ކުރަން އާލާއަށް ދަތިވިއެވެ.

“އިއްޔެ މަންމަ ދެއްކި ވާހަކައެއް އެއީ. ބައްޕަގެ ފްރެންޑެއްގެ ދަރިއަކާ އަހަރެން މެރީ ކުރަން ބައްޕަ ބޭނުން ވަނީ” އެ ވާހަކަ ދެކެވުނު ގޮތް ނައުރީން ކިޔާދިނެވެ.

އެ ކަންތައް ވީ ގޮތް ނައުރީން އާލާއަށް ކިޔާދިނެވެ.

“ސޯ ދެން؟ ނައު އޭނަޔާ މެރީ ކުރާނީތަ؟” އާލާ އަހާލިއެވެ.

“ދެންމެ އާލް ދޯ ތި ބުނީ ދިރިއުޅުމާ މެދު ވިސްނާށޭ. މަންމަމެން ނުބުނާނެ އަހަންނަށް ދެރައެއް ވެދާނެ ކަހަލަ ކަމެއް ކުރާކަށް. މަންމަމެން ބުނާ މީހަކާ މެރީ ކުރިޔަސް ލައިފްއެއް ފެށިއްޖެއްޔާ އެ ނިމުނީނު؟” ނައުރީން ބުންޏެވެ.

“އާނ، ތިހެން މެރީ ކުރިޔަސް ދެ މީހުން އެކީގަ އުޅެން ފެށީމަ ހަމަ އިންޝާﷲ ލޯބިވެސް ވެވޭނެ. ތި ގުޅުމާ މެދު ވިސްނީވެސް ރަނގަޅު މަގްސަދެއްގަ، އަނތްބަކަށް ވުމަށް ވުރެ ބޮޑަށް ނައު ތި ކުރިމަތި ލަނީ މަންމަގެ ލޯތްބަށް ބޭނުން ވެފަވާ ތުއްތު ކުއްޖެއްގެ މަންމަގެ މަގާމަށް. އެ ކުއްޖާ ދެކެ ނައު އަމިއްލަ ދަރިއެއް ހެން ލޯބި ވަންޏާ، ފިރިމީހާގެ ލޯބިވެސް ނައުއަށް ލިބޭނެ ކަން ޔަގީން” ނައުރީންގެ އަތުގައި ހިފާލަމުން އާލާ ބުނި އިރު، އެކުވެރިޔާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް ހިތާހިތުން ދުޢާ ކުރިއެވެ.

ހަފްތާއެއް ފަހުން ނައުރީން މަންމައާ ބައްޕައަށް ޖަވާބު ދިނެވެ. ނައުރީން އެ ކައިވެންޏަށް ތައްޔާރު ކަމަށް ބުނުމުން އިލްހާމް ވަރަށް އުފާވިއެވެ. ސާޖިދުއާ ހަމައަށް އެ ޚަބަރު ގެންދިޔައީ އޭގެ ފަހުންނެވެ. ރިވާއުގެ ކައިވެނި އިލްހާމްގެ ދަރިއަކާ ކުރެވޭތީ ސާޖިދު އިތުރު ސުވާލެއް ނުކުރެއެވެ. ސާޖިދުގެ ހުށައެޅުން ރިވާއު ގަބޫލު ކުރީ ދަރިފުޅަށް ޓަކައެވެ. ކައިވެނި ކުރެވެން އުޅެނީ ކާކާތޯވެސް އަހާނުލާ ރިވާއު އެ ކައިވެންޏަށް ރުހުން ދިނީ ބައްޕައަށް އިތުބާރު ކޮށްފައެވެ.

ރިވާއުއާ ނައުރީން ފުރަތަމަ ފަހަރަށް ބައްދަލުވީ އިލްހާމްގެ އާއިލާއަށް ކެއުމަކަށް ސާޖިދު ދިން ދަޢުވަތު ގަބޫލުކޮށް އެ ގެއަށް ދިޔަ ދުވަހުއެވެ. ކެއުން ނިންމާފައި އެންމެންނާ އެކު ވާހަކަ ދައްކަން ތިބެފައި، ރީޢާ ހޭލުމުން ރިވާއު ދާން ތެދުވުމުން، ނައުރީން އެދުނީ ރިޢާ ގާތަށް ނައުރީން ގެންގޮސްދިނުމަށެވެ.

ރިވާއުގެ ފަހަތުން ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފައި ނައުރީން މަޑުކޮށްލިއެވެ. އެތެރެއަށް ވަދެފައި ރިވާއު އެނބުރިފައި ނައުރީން ގާތު ވަނުމަށް ބުނުމުން އެ ކޮޓަރިއަށް ނައުރީން ވަނީ ޖެހިލުންވެ ހުރެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޝަލީން 7

Next

ނުލިބޭނެހޭ އަލުން އެހީ 12

Next
September 12, 2024

ނުލިބޭނެހޭ އަލުން އެހީ 12

Previews
September 12, 2024

ޝަލީން 7

15 Comments!

  1. Cutie girl says:
    September 12, 2024 at 9:01 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Finally aala and naaik emme best couple
    Yaeesh and nau gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you maash ❤️😍

    1. Mar Sha Mar Sha says:
      September 12, 2024 at 12:34 pm

      thank u cutie

  2. Nawar says:
    September 12, 2024 at 9:28 am

    Dhn nooooooooo 😭😭😭
    Yaish aa naureen aa dhurunukurey… maasha allah mi part vx varah varah reethi

    1. Mar Sha Mar Sha says:
      September 12, 2024 at 12:36 pm

      konmes gothakun Yaeesh aa Nauryn meet kuruvan vy dho Nawar

  3. Anonymous says:
    September 12, 2024 at 9:52 am

    Thedhey nau aa yaishh marry kuruva, yaish should also tell her that he’s divorced now so they can take another step forward. I still think nau would be a great mom to reeaa Ekm rivaau should also be a good husband. Ekm vx hiyy edeny nau and yaish, maybe nau ah vure Rangalhu kuhjeh rivaau and reeaa ah libeyne

    1. Mar Sha Mar Sha says:
      September 12, 2024 at 12:38 pm

      so Nauryn ge double eh dho beynun mi vany, Aan Reeaa baby aa dheytherey Marsha varah visnan, she needs Nauryn more than Yaeesh needs her dho

  4. Nadhoo says:
    September 12, 2024 at 11:13 am

    hih halaaku vejje mi part kiyafa marsha varah molhu kiyun therin rohvaalan

    1. Mar Sha Mar Sha says:
      September 12, 2024 at 12:39 pm

      ehentha? keehve Nadhoo ehaa dhera vy?

  5. Nawar says:
    September 12, 2024 at 3:32 pm

    Ya ya
    Nawar aa yaish aa meet kkuruvaa…
    Rivaau ah ehn kuhjeii hoadha

    1. Mar Sha Mar Sha says:
      September 12, 2024 at 4:00 pm

      Nawar aa tha Yaeesh meet kuruvan vy? hehe, mistake akun dho ehen liyevuny? Nauryn ah Yaeesh dhyfa Riwaau ah Zuha dheyn vy tha?

  6. Nawar says:
    September 12, 2024 at 7:40 pm

    Yes.
    Olhumakun eyny nawar jehifa 🤣
    Zuha aa riwaau aa dhimaaveema hama emme best..
    Eyrah meehakah meeheii… rangalhennu dhw 👌
    Next surprise akah genes dhybaa 🙃🙃🙃

    1. Reeshh says:
      September 13, 2024 at 11:52 am

      Yhh Eii hama enme best goi, Zuha Rangalhu kohlaafa so nau and yaish ge thing kuriah dhaani . Vrh kiyaahitun inda Nimuny, waiting curiously

  7. Vaahaka moya says:
    September 15, 2024 at 11:07 am

    Whn next… mihaaru belun adhadheii vx neynge

  8. Girlllllly says:
    September 15, 2024 at 4:06 pm

    Next part up kollanee knirakun. Dhn in part GA naaik aalaa dheke rulhianaa baeh fehnaane kamah ummeedhukuran. ey Varah beynunvey problem eh aissa solve vaathankolhu kiyaanan.
    Varah salhi story eh. MASHA ALLAH

  9. Mar Sha Mar Sha says:
    September 15, 2024 at 7:07 pm

    hi, miadhu busy vegen morning ga story upload nukurevuny, now part 12 uploaded

Comments are closed.

Next Episodeލޯބިން ބަލާލީމާ 12←


All Right Reserved!