“ރިޔާން ސީރިއަސްކޮށްވެސް އަހަންނާ މެރީ ކުރަން ބޭނުންތަ؟” ލައިރާ އަހާލިއެވެ. “ވަރަށް ބޭނުން. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ބޭނުން” ރިޔާން ޖަވާބު ދިނެވެ. “އަހަރެންވެސް ބޭނުން މެރީ ކުރަން. އެކަމަކު ރިޔާންއަށް އޯކޭތަ އަހަރެން ކިޔަވާ ނިމެންދެން މަޑު ކޮށްލަން؟” ލައިރާ އެދޭ ގޮތް ހާމަ ކުރިއެވެ. “ލައި ބޭނުން ގޮތެއް. އަހަރެން ވެއިޓް ކުރާނަން” ރިޔާން ބުންޏެވެ. “އަހަރެން މި ދަނީ ޓޫ ވީކްސްއަށް. މަންމަމެން ކައިރިއަށް ގޮއްސަ ރިޔާންގެ ވާހަކަ ވަރަށް […]
ޑޮކްޓަރ ނިކުމެ އެ ޚަބަރު ދިން ވަގުތަކީ އާރިޝް އައިސް ރިޔާން ކައިރީ ހުއްޓުނު ވަގުތެވެ. ކިތަންމެ ދުރުގައި ހުރި ނަމަވެސް ގްރޫޕަށް ލީ މެސެޖް ފެނުމާއެކު ރިޔާންއަށް ޓަކާ ވީ އެންމެ އަވަހަކަށް އާރިޝް އައީއެވެ. ޑޮކްޓަރގެ ބަސް އަޑު އިވުމާއެކު ރިޔާންއަށް ނުހިފެހެއްޓިގެން ރޮވުނެވެ. ކޮޅަށް ހުންނަން ދަތިވެ ފައިން ވަރު ދޫވެގެން ރިޔާން ވެއްޓެން ދިޔަ ވަގުތު އެހީވީ އާރިޝްއެވެ. އަނބުރައިގަނެގެން ވެއްޓުނު ރީވާ ގައިގައި ހިފެހެއްޓީ ޔަޒްދާންއެވެ. ރާނިޔާގެ ދެފަރާތުން ކައިރިވީ […]
ރީވާއެކޭ އެއްގޮތަށް އާރިޝްއަށްވެސް އެދުވަހުގެ ހާދިސާ ހަނދާން ނައްތައެއް ނުލެވުނެވެ. ރިޔާންގެ ކޮއްކޮއާ މެދު ކުރެވިގެން ކުރަން ނުވާނެ ފަދަ ޚިޔާލުތަކެއް ކުރެވެން ފެށިއެވެ. ރިޔާންމެން ގެއަށް ދާ ކޮންމެ ފަހަރަކު ރީވާ ދެކިލުމަށް ހިތް އެދެން ފެށިއެވެ. ނަމަވެސް ރީވާ ފެންނަނީ މަދު ފަހަރަކުއެވެ. ފެންނަ ފަހަރެއްގައިވެސް ރީވާ އާރިޝްއަށް ފިލަން އުޅޭ ކަހަލައެވެ. މަދުމަދުން އެ ފެނިލާ ފެނިލުމުން އާރިޝްގެ ހިތް އެ ސޫރަ ދެކިލުމަށް ބޮޑަށް އެދެން ފެށިއެވެ. ނަމަވެސް ރީވާއެކޭ އެއް […]
އެރޭގެ ކެއުން ނިމުނު އިރު ބާރަ ޖަހައިފިއެވެ. އެންމެ ފުރަތަމަ ނިދަން ދިޔައީ އައިމަންއާ ސައުސަންއެވެ. ކައި ނިމުމުން ނާބިތުއާ މައިލީން އެކަނިވެލުމަށް ރާޅު ޖަހާ ފަށަށް ގޮސް ތިއްބެވެ. ރިޔާންއާ ޔަޒްދާންއާ އެކު ރީވާއާ އަލްޔާއާ ހިބާ ޓެރެސްގައި ބޮނޑި ކުޅެން ފެށި އިރު އާރިޝްއާ ސަލަފްއާ އެކު ދެން އައި މީހުން އެކި ދިމާއަށް ގޮސް ގެއްލިއްޖެއެވެ. ދޭއް ޖެހި ފަހުން އަލްޔާމެން ނިދި އައިސްގެން ކުޅުމުގެ ފޯރި ގެއްލެން ފެށުމުން ކުޅިވަރު ހުއްޓާލާފައި […]
“ސޯ ލެޓްސް މޭކް އަ ޕްރޮމިސް، އަ ޕެކްޓް. އެ ގޮތަށް އަހަރުމެން އެކަކުގެވެސް ކޮއްކޮއާ މެދު ނުދެކެން، އަހަރުމެންނަށް ވީ ވަރަކުން އަހަރުމެންގެ ކޮއްކޮމެން ރައްކާތެރިކޮށް އެހީއެއް ބޭނުންވާ ވަގުތު އެހީވާން” އެ ވަގުތު ރިޔާން ބުންޏެވެ. އަދި އެންމެންގެ މެދަށް ކަނާއަތްތިލަ ދިއްކޮށްލިއެވެ. “ޔޯ ސިސްޓަރސް އާރ މައި ސިސްޓަރސް” ރިޔާންގެ އަތްމަތީ އެންމެ ފުރަތަމަ އަތް ޖައްސާލީ އާރިޝްއެވެ. އެއަށް ފަހު ފަހަރަކު މީހަކު އެގޮތަށް ކަންތައް ކުރިއެވެ. އެކަކު އަނެކަކުގެ ކޮއްކޮއާ […]
“މޮޔަ ނުގޮވާ އާރިޝް. ލޯބި ވާނަމަ ރެސްޕެކްޓް ކުރާނެ. އެއީ އެހާ އާދައިގެ ކަމަކަށް ނުވާނެ. ޖެހުނު ކޮންމެ މީހަކު ދެކެ ތިހެން ލޯބި ވެވޭތަ؟ އާރިޝްއަށްވެސް އަންހެން ކުއްޖަކު ދެކެ ލޯބި ވެވުނީމަ ތި ވިސްނުން ބަދަލު ވާނެ. އެހެން މީހުންގެ ފީލިންގްސްއަށް މަލާމާތް ނުކޮށް މަޑުން ހުރޭ” ޔަޒްދާންއަށް އާރިޝްގެ ވާހަކަ އެއް ގޮތަކަށްވެސް ކަމަކު ނުދިޔައެވެ. “އަހަރުމެން ތެރޭގަ ހުރި ވިސްނޭ ހަމައެކަނި މީހާ ބުނީމަ ދެން ގަބޫލު ކުރަންތާ ޖެހޭނީ” އަމާން […]
އައްސަލާމް ޢަލައިކުމް، މި ވާހަކައަކީ އެސްފިޔައަށް ލިޔާ ޕްރޯ ސްޓޯރީއެކެވެ. މި ވާހަކަ ގެނެސްދޭނީ ހަފްތާއަކު 2 ދުވަހުއެވެ. ވާހަކައިގެ ފުރަތަމަ 3 އެޕިސޯޑް ކިޔުންތެރިންނަށް ހިލޭ ކިޔާލެވޭނެއެވެ. ޓްރޮލީ ކޮއްޕަމުން ޓަރމިނަލް އިން ނިކުތް ރިޔާން ތަންކޮޅަކަށް ގޮސްފައި ދެ ފަރާތް ހޯދާލިއެވެ. ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހަކު ނުފެނުމުން ބޭރަށް ނިކުންނަމުން ރިޔާން ގަމީހުގެ ކަރާ ދިމާލުން އަޅުވާފައި އޮތް އަވި އައިނު ނަގާ ލޮލުގައި އަޅާލިއެވެ. ދެންވެސް މީހުންތަކުގެ ތެރެއިން […]
ސަލާމް، މާޝާ ބަލިވެގެން ވާހަކަ ނުފެށި ލަސްވީތީ މާފަށް އެދެން. ދެން ބުނެލަން އޮތީ، ރޯދަމަހު މާޝާއަށް ވާހަކަ ގެނެސްނުދެވޭނެތީ، ވާހަކަ ފަށާފައި މެދުކަނޑާލުމުގެ ބަދަލުގައި ރޯދަމަސް މިހާ ކައިރިވެފައި އޮތުމާއެކު، މާޝާ ގަސްތު ކުރަނީ ދެން ރޯދަ ނިންމާފައި ވާހަކަ ފަށަން. އިރާދަ ކުރެއްވިއްޔާ ވާހަކައިގެ ފުރަތަމަ ބައި ރޯދައިގެ ފަހުން ގެނެސްދޭނަން. އަދި އެއަށް ފަހު މެދުނުކެނޑި ވާހަކަ ނިމެންދެން ގެނެސްދެވޭތޯ މަސައްކަތް ކުރާނަން. ހުރިހާ ކުދިންނަށް ބަރަކާތްތެރި ރަމަޟާން މަހަކަށް އެދެން. ރަމަޟާން […]
އާރިޝް އައިސް ޓެރެސްއަށް ނިކުތް އިރު އެ ދިމާލުން ރެއިލިންގގައި އަތް އަޅުވާލައިގެން ހުރި ޔަޒްދާން އާރިޝްއަށް ގޮވާލިއެވެ. “އިނާރާއާ ފައިޓެއް ދިޔައީތަ؟” އާރިޝް އައިސް ކައިރީގައި ހުއްޓިލުމުން ޔަޒްދާން އެހިއެވެ. އާރިޝް އެއްޗެއް ބުނުމުގެ ބަދަލުގައި އެއްކޮނޑު ހިއްލާލީއެވެ. “ދެ މީހުން ސީރިއަސްތަ؟” ޔަޒްދާން އެހިއެވެ. “މަންމަ ބޭނުން ވަނީ އަހަރެން އިނާއާ މެރީ ކުރަން” އާރިޝް ބުންޏެވެ. “ދެން؟ ކޮބާ މައްސަލައަކީ؟ އާރިޝް ތި އުޅެނީ އިނާރާއާ އެކީއެއްނު؟” ޔަޒްދާން ސުވާލު ކުރީ އާރިޝްގެ […]