އާލާ ނާއިކްއަށް ގުޅީ އާޒިމްގެ އޮޕަރޭޝަން ކުރެވި، އާޒިމްއަށް ނުރައްކަލެއް ނެތްކަން ޔަގީން ވުމުންނެވެ. އެރޭވެސް ނާއިކްގެ މެސެޖް ލިބުނެވެ. މެސެޖް ކިޔާލާފައި އިރުކޮޅަކު ފޯނަށް ބަލަން އިނދެފައި އާލާ އެ ނަމްބަރަށް ގުޅާލިއެވެ. އާލާގެ ނަމްބަރު ސްކްރީނަށް އަރާފައި އިންތަން ފެނުމުން ނާއިކްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. “އާލާ…” ދެވަނަ ރިންގުން ފޯން ނެގުމާއެކު ނާއިކް ގޮވާލިއެވެ. “ތެންކްޔު!” އާލާ ބުންޏެވެ. “ކޮން ކަމަކަށް؟” ނާއިކް އަހާލިއެވެ. “ތެންކްޔު ބުނާ ވަރުގެ ކަމެއް ނުކުރަންތަ؟” ކަންފަތަށް އިއަރބަޑް […]
އޮފީހަށް ވަދެ މީޓިންގްރޫމް ހުރީ ތައްޔާރުވެފައި ތޯ ޔަގީން ކޮށްފައި އާލާ ދެން އުޅުނީ ބައްދަލުވުމުގެ ބައިވެރިންގެ ކެއުމުގެ ކަންތަކާއެވެ. އަށެއް ޖަހާ އިރަށް ބައްދަލުވުން ފެށެން ހަމަޖެހިފައި އޮތް އިރު އެ ބައްދަލުވުމުގެ ހުރިހާ ކަމެއް ރޭވުމާ ހަވާލުވެ ހުރީ އާލާއެވެ. އެ ދުވަހު އޮފީހުން އެންމެ ފަހުން ނިކުތް މީހަކަށް އާލާ ވާނެއެވެ. ގެއަށް ވަދެވުނު އިރު ހައެއް ޖަހަން ގިނަ އިރެއް ނެތެވެ. އެހެން ނަމަވެސް ހަމަ އެކަނި ސައިތައްޓެއް ބޯލައިގެން އާލާ […]
“އާލާ، ނާއިކް ދަންނަންތަ؟” އިލްޔާސް އަހާލިއެވެ. “މީޓިންގް ތަކުން ދިމާވީ” އާލާ ޖަވާބުދިނެވެ. އަމީން އާލާއަށް ބަލާލިއެވެ. ބައްދަލުވުމުގައި ނާއިކްގެ ސަމާލުކަން އާލާއަށް ހުއްޓެމުން ދިޔަ ކަން އަމީންއަށް ފާހަގަ ކުރެވުނެވެ. ނާއިކްގެ ހިތުގައި އާލާއާ މެދު އުފެދެމުން އަންނަ އިހުސާސްތަކާ މެދު އަމީންއަށް ޝައްކުވަމުން ދިޔައީ އެހެންވެއެވެ. ދަރިފުޅުގެ ހޮވުމަށް ހިތާހިތުން ތަޢުރީފް ކުރަމުން ހިނިތުންވުމަކާ އެކު އާލާއާ ސަލާން ކޮށްލަން އަމީން އަތް ދިއްކޮށްލިއެވެ. “ވެލްކަމް!” އަމީން ބުނެލީ ނާއިކްއަށް ބަލާލަމުންނެވެ. ތިން މަސް […]
އެރޭ އިސްރާއަށް ޚަލަފްގެ މެސެޖެއް ލިބުނެވެ. އިސްރާ މެސެޖް ހުޅުވާލީ ކުދިންގެ ކަމަކު ފޮނުވާފައި އޮތް މެސެޖެއް ކަމުގައި ހީކޮށެވެ. އޭގެ ކުރިންވެސް މުހިންމު ކަމެއް އޮންނަ ނަމަ ޚަލަފް އެހެން މެސެޖް ކުރާތީއެވެ. “އަހަންނަކީ އިސްރާގެ ކުށްވެރިއެއް ކަން ގަބޫލު ކުރަން، އަހަންނަށް މާފު ކުރަން ފަސޭހައެއް ނުވާނެ ކަން އެނގޭ، އެހެން ވިޔަސް މާފަށް އެދެން ބޭނުން، އައި އެމް ސޮރީ!” އިސްރާ އެ މެސެޖަށް އެއްވެސް ޖަވާބެއް ނުދެއެވެ. ދޭނީ ކޮން ޖަވާބެއް […]
“އަހަރެން ބުނާ ދުވަހަކުން އިސްރާ އަހަންނާ އިންނާނަންތަ؟ މިއަދު މީހުން ފޮނުވިއްޔާ ރަން ކިޔާނަންތަ؟” ޚަލަފްގެ އަޑުގައި ވީ ކެތްތެރިކަން ކުޑަވެފައި ވާފަދަ އަސަރެކެވެ. “ޚަލަފް… ބުނެބަލަ… ކިހިނެއް ވީ؟” އިސްރާ ޚަލަފްއާ ކައިރިވެލަމުން ދެ އަތުން ޚަލަފްގެ މޫނުގައި ހިފާލިއެވެ. ޚަލަފް ޖަވާބެއް ނުދިނެވެ. ދެއަތުގެ ތެރެއަށް އިސްރާ ގެނެސް ޚަލަފްގެ ގަޔާލާ ފިއްތާލަމުން ވައިރޯޅިއަކަށްވެސް އެ ދެމެދަށް ނުވަދެވޭނެހާ ގާތްވެލިއެވެ. އިސްރާއަށް ޖެހުނީ ގަދަ ކަމުން ޚަލަފްގެ އަތުތެރެއިން ދުރަށް ދާށެވެ. “ޚަލަފް…” އިސްރާ […]
ޚަލަފް އިސްރާގެ ދަތްދޮޅީގައި އެއްއަތުން ހިފާ އުފުލާލިއެވެ. އިސްރާ ޚަލަފްގެ މޫނަށް ބަލާލިއެވެ. އެއާއެކު އެ ދެމީހުންނަށްވެސް އެކަކު އަނެކަކާމެދު ކުރިން ނޭނގޭ ކަންތައްތަކެއް އެނގިގެން ދިޔައެވެ. ޚަލަފް އިސްރާގެ ދެ އަތްތިލައިގައި ހިފާ އުފުލާލަމުން ގެނެސް ޚަލަފްގެ މޭގައި ޖައްސާލިއެވެ. އަދި އިސްރާގެ އުނަގަނޑުގައި ދެފަރާތުން ހިފާލަމުން ގެނެސް ޚަލަފްގެ ގައިގައި އިސްރާ ޖައްސާލިއެވެ. “އައި ނީޑް ޔޫ އިން މައި ލައިފް” ޚަލަފް ބުނެލިއެވެ. އިސްރާ ދެންވެސް އެއްޗެއް ނުބުނެ ހުރީއެވެ. ހިތުގައި އޮތް […]
“ހުޅުވާފައޭ ބުނީމަވެސް ޔާނު ހަމަ ޓަކި ޖަހަޖަހާ ހުންނަން ޖެހޭތަ؟ މީވެސް އުނދަގޫ ބޮޑު—” ޓަކި ޖެހީ އިޔާން ކަމަށް ހީކޮށް އެއްޗެހި ކިޔަމުން އައިސް ދޮރު ހުޅުވާލި އިސްރާ ކުއްލިއަކަށް ބަސް ހުއްޓުނީ ދޮރުމަތީ ހުރި ޚަލަފް ފެނިފައެވެ. “ހުޅުވާފަ ހުއްޓަކަސް ވަންނާކަށް ނުކެރޭނެއެއްނު؟ އެތެރެއިން ފެންނާނީ ކޮން ކަހަލަ މަންޒަރެއް ކަމެއް ނޭނގޭނެ ވިއްޔަ” އިސްރާއަށް ވީ ގޮތުން ހިނިއައިސްފައި ޚަލަފް ބުންޏެވެ. “އަހަރެން މީ ޚަލަފްއެއް ނޫނޭ” އިސްރާ ވަގުތުން ރައްދު ދިނެވެ. […]
“އުހުނ، އަދި މެރީ ކުރާކަށް ނުވޭ. އަހަރެން މި ބުނަނީ… މިހެން ކިޔައެއް ނުދެވޭނެ، އެހެންވެ މި ބުނަނީ، އިސްރާވެސް ކުއްޖަކާ ރައްޓެހި ވީމަ އެނގޭނީ. އެ ދުވަހަކުން އަހަރެން ވަރަށް ސުވާލު ކުރާނަން އިނގޭ، ރެޑީ ވެގެން ހުންނާތި” ޚަލަފް ބުނަން އުޅޭ އެއްޗެއް އިސްރާއަށް ވިސްނައިދޭނެ ގޮތެއް ނޭނގިގެން އެންމެ ފަހުން އެ ވާހަކަ ހުއްޓާލީއެވެ. އެރޭގެ ފަހުން އިސްރާއަށް ޚަލަފްއާ އެކީ ކުރިން އުޅޭހެން ސަކަރާތް ޖަހާ އުޅެން އުނދަގޫ ވިއެވެ. […]
“ފަރޫދައްތާ، ކޮބާ ޚަލަފް؟” ފަރުހާނާ ދޮރު ހުޅުވާލުމާ އެކު އެތެރެއަށް ވަދެގެން ދިޔަ އިސްރާ ސުވާލު ކޮށްލި ނަމަވެސް ފަރުހާނާގެ ޖަވާބަކަށް މަޑުކޮށްނުލާ ވަދެގެން ދިޔައީއެވެ. “މިއަދު އަނެއްކާ ޚަލަފް އެ ކުއްޖާއަށް ކޮން އުނދަގުލެއް ކޮށްގެން އެއައީ؟” އިސްރާ ދިޔަތަން ބަލަން އިން އާފާގު ހިނިއައިސްފައި އަހާލިއެވެ. އޭރު އިސްރާ ޚަލަފްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ގޮވަނީއެވެ. “ކިހިނެއް އެނގެނީ؟ އެކަމާ ނުވިސްނާ ސައިބޯން ފަށާ އަވަހަށް” އާފާގު ކައިރީ އިށީނދެފައި ފަރުހާނާ ބުންޏެވެ. […]