Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 28, 2024 7 Mins Read
2 Comments

“އެއީ ނައުރީންތަ؟” ޔަޝާ އަހާލިއެވެ.

ޔައީޝް ބޯ ޖަހާލިއެވެ.

“ޔޫ ޝުޑް ޓޯކް ޓު ހަރ” ޝިޔާހް އެވަގުތު ބުންޏެވެ.

“ނޫން…” ޔައީޝް ވަގުތުން ދެކޮޅު ހެދިއެވެ.

“ކީއްވެ؟” އެ ސުވާލު ކޮށްލީ ޔަޝާއެވެ.

“އެއީ މާ ކުރިން ނިމިފަ އޮތް ކަމެއް” ޔައީޝް ހުރީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ.

“ދޮންބޭ…”

“މިތަނަށް އައީ އަހަރެންގެ ޕާސްޓްގެ ވާހަކަ ދައްކާކަށް ނޫނެއްނު؟ ލައިބާއަށް ގުޅާބަލަ” ޝިޔާހް ގޮވާލީ އެ ވާހަކަ އިތުރަށް ދައްކަން ކަން އެނގޭތީ ޔައީޝް އެކަން ހުއްޓުވިއެވެ.

ޔަޝާއަށް ބަލާލާފައި ޝިޔާހް ފޯން ނެގިއެވެ.

 

ނައުރީންއަށް ޔައީޝް އެ ފެނުނީ އަހަރުތަކެއް ފަހުންނެވެ. ހަތަރު އަހަރު ކުރިން ކަންތައް ވީ ގޮތް ނައުރީން ހަނދާން ވިއެވެ.

ނައުރީންއާ ޔައީޝް ދިމާވީ އޮފީސްތަކުގެ މެދުގައި ބޭއްވުނު ކުޅިވަރު މުބާރާތެއްގެ ތެރެއިންނެވެ. އޭލެވެލް ހެދުމަށް ފަހު ނައުރީން ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރަން ފެށިއެވެ. ސްކޫލްގައި އުޅުނު އިރުވެސް ނައުރީންއަކީ ބާސްކެޓް ބޯޅަ ކުޅޭ ކުއްޖެކެވެ. އޮފީސްތަކުގެ މެދުގައި އޮތް މުބާރާތުގައި އޮފީސް ޓީމްގައި ނައުރީން ބައިވެރިވީ އެ ކުޅިވަރަށް އޭރުވެސް ޝައުގުވެރިކަން ހުރީތީއެވެ.

ޔައީޝް އައީ އެ އޮފީހުގެ އަންހެން ޓީމްގެ ކޯޗްގެ ގޮތުގައެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަށް އެ އޮފީހުގެ އަންހެން ޓީމް ހޮވި، ފިރިހެން ޓީމްއަށް ދެވަނަ ލިބުމުން، އޮފީހުގެ ފަރާތުން ތިން ދުވަހުގެ ދަތުރެއް ރޭވީ ކުޅުންތެރިންނަށް ދިން ހަދިޔާއެއްގެ ގޮތުންނެވެ. އެ ދަތުރުގައި އޮފީހުގެ އިސް ވެރިންގެ ތެރެއިން ތިން މީހަކާ، ޓީމްގެ މެމްބަރުންނާ ދެ ކޯޗް ބައިވެރިވިއެވެ.

ނައުރީންއަކީ ރާއްޖޭގެ އަންހެން ކުދިންނާ ބަލާފައި ދިގު އަންހެން ކުއްޖެކެވެ. އިސްކޮޅުގައި ފަސްފޫޓް ފަސް އިންޗި ހުރެއެވެ. ކުޅިވަރަށް ޝައުގުވެރިކަން ހުރުމާއެކު ނައުރީންއަކީ ހަށިގަނޑަށްވެސް ބަލައިގެން އުޅޭ އަންހެން ކުއްޖެކެވެ. ޖިމްއަށް ނުދިޔަޔަސް ގޭގައި ކޮންމެ ދުވަހަކު ޓްރެޑްމިލްގައި ދުވުމަކީ ނައުރީންގެ އާދައެކެވެ. އޭގެ އިތުރުން ފެތުމަކީވެސް ނައުރީން ވަރަށް ކުރާހިތްވާ ކަމެކެވެ.

ޓީމްގެ އެހެން މެމްބަރުންނާ ނައުރީން ތަފާތު ކަން ޔައީޝްއަށް ފުރަތަމަވެސް ފާހަގަ ކުރެވުނެވެ. ޓީމްއަށް ޗެމްޕިއަންކަން ލިބުމުގައި އެންމެ ބޮޑު އެހީއެއް ވީ ނައުރީންއެވެ. އެކަން މުޅި ޓީމްވެސް ގަބޫލު ކުރެއެވެ. އެހެން ކަމުން އެ ގްރޫޕްގައި އެންމެ މަގުބޫލު ކުއްޖަކީ ނައުރީންއެވެ.

ދަތުރު ދިޔައީ އާންމުކޮށް މީހުން ދަތުރު ގޮސް އުޅޭ ރަށަކަށެވެ. ދެތިން ދުވަހު މަޑުކޮށްލާ ގޮތަށް ދަތުރު ގޮސް އުޅޭ މީހުންނަށް ފަސޭހަ ވާނެހެން އެ ރަށުގައި ބޮޑު ދެ ގެ އަޅާފައި ހުރެއެވެ. އެ މީހުން ތިބީ އެ ތަނުން އެއް ގޭގައެވެ. އެ ގޭގައި އަށް ކޮޓަރިއާ ބަދިގެ ހުރެއެވެ. ތިން ކޮޓަރީގައި ފާހާނާ ހުރި އިރު ދެން ހުރި ފަސް ކޮޓަރީގައި ތިބޭ މީހުން ބޭނުން ކުރަން ވަކިން ތިން ފާހާނާ ހުރެއެވެ. ސިޓިންގްރޫމެއް ނެތަސް ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ ހިޔަލުގައި އެލުވާފައި ހުރި ޖޯލިތަކުގެ އިތުރުން ހަތަރު ޖޯލީގެ ތިން ޖޯލިފަތި ހުއްޓެވެ. އޭގެ އިތުރުން ވިއްސަކަށް މީހުންނަށް އެއްފަހަރާ އިށީނދެވޭނެ ވަރުގެ ބޮޑު މޭޒެއް ހުއްޓެވެ. ބަދިގޭގައި ގޭސް އުނދުނާ ބޮޑު އައިސްއަލަމާރިއާ އަދިވެސް ކެއްކުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހުއްޓެވެ. ބަދިގެ ތެރޭގައި ކެވޭ ގޮތަށް އަށް މީހުންގެ ޖާގައިގެ މޭޒެއް ހުރި ނަމަވެސް އެންމެންވެސް ކާން ނިކުންނަނީ ގޯތިތެރޭގައި ހުރި މޭޒުދޮށަށެވެ.

ދަތުރުގައި ބައިވެރިވީ ދެ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ތެރެއިން ތެރެއިން ސާދަ މީހުންނެވެ. އޭގެ އިތުރުން ޔައީޝްއާ ފިރިހެން ޓީމްގެ ކޯޗް ހުމާމްއާ އެކު ނަވާރަ މީހުން އެ ގްރޫޕްގައި ހިމެނެއެވެ. ދަތުރުގައި ބައިވެރިވި އަށް އަންހެން ކުދިން ތިބީ ފާހާނާއާ އެކު ހުރި ތިން ކޮޓަރީގައެވެ. އެގާރަ ފިރިހެނުން ތެރެއިން ޔައީޝްއާ ހުމާމް އެއް ކޮޓަރީގައި ތިބެފައި އޮފީހުގެ ވެރިން އެއް ކޮޓަރީގައި އަދި ދެން ތިބި ހަ މީހުން އިތުރު ދެ ކޮޓަރީގައި ތިބެން ހަމަޖެހުނެވެ. އެއް ކޮޓަރި ހުރީ ހުހަށެވެ.

ހެނދުނުގެ ސައި ތައްޔާރު ކުރުން ނޫން ކެއްކުމުގެ ހުރިހާ ކަމަކާ ހަވާލުވީ ފިރިހެނުންނެވެ. ފުރަތަމަ ދުވަހު ދިޔައީ ހެނދުނުގެ ސައި ތައްޔާރު ކޮށްގެންނެވެ. ރަށަށް ފޭބުނު އިރު ހަތެއް ޖެހީއެވެ. ފުރަތަމަ ކަމަކަށް އޮތީ ގޯތިތެރޭގައި ހުރި މޭޒުދޮށުގައި އެންމެން ސައި ބުއިމެވެ. ދެން ކޮޓަރިތަކަށް މީހުން ބަހާފައި ގޭތެރެއާ ބަދިގެ ބަލާލުމެވެ. މެންދުރަށް ނޫޑްލްސް ކައްކަން ނިންމާފައި އެންމެން ނިކުތީ ރަށުތެރެ ބަލާލާށެވެ.

އެކި ގްރޫޕްތަކަށް ބެހިގެން އެކި މީހުން ދިޔައީ އެކި ދިމާލަށެވެ. ނައުރީންއާ މަލްހާއާ ޝަބާއާ އެކު ޔައީޝްއާ ބާސިމް އައެވެ. ތިން އަންހެން ކުދިންގެ ފަހަތުން ދެ ފިރިހެނުން ވާހަކަ ދައްކަމުން ދިޔަ އިރު ޔައީޝްގެ ސަމާލުކަން ހުރީ ނައުރީންއަށެވެ. އެކަން އިހުސާސްވެ ނައުރީން ފަހަތަށް ބަލާލިއެވެ. ޔައީޝްގެ ނަޒަރުން ނައުރީން ރަކިވެ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ.

މޫދާ ހަމައަށް ދެވުމާއެކު ޝަބާއާ މަލްހާގެ އަތުގައި ހިފައިގެން ބާސިމް ދުއްވައިގަތެވެ. ނައުރީންވެސް އެ މީހުންގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް ޔައީޝް ގޮވާލި އަޑާއެކު ހުއްޓި ބަލާލިއެވެ.

“ފަތަން އެނގޭތަ؟” ޔައީޝް އަހާލިއެވެ.

ނައުރީން ބޯ ޖަހާލިއެވެ.

“ތިހެން ހުރެތަ މޫދަށް އެރެނީ؟” ނައުރީން ލައިގެން ހުރި ކަކުލާ ހަމައަށް އަންނަ ހެދުމަށް ޔައީޝް އިޝާރާތް ކޮށްލިއެވެ.

ނައުރީން ހެދުމަށް ބަލާލާފައި ޔައީޝްގެ މޫނަށް ބަލާލިއެވެ.

“މިހެން ހުރިއްޔާ ނޭރެވޭނެތަ؟” ނައުރީންވެސް ކޮށްލީ ސުވާލެކެވެ.

“މޫދުގަ އުޅެން އުނދަގޫ ވެދާނެތީ” ޔައިޝްގެ މޫނުން ހިނިތުންވުމެއް ފެނުނެވެ.

ނައުރީން އިރުކޮޅަކު ޔައީޝްއަށް ބަލަން ހުރެފައި ދޫދޫކޮށް ބޮލުގައި އޮޅާލާފައި ޝޯލްގައި ޖަހާފައި އިން ދަތި ނައްޓާލި އިރު ޔައީޝް ލޯ ބޮޑުކޮށް ނައުރީންއަށް ބަލަން ހުއްޓެވެ. ނައުރީން ޝޯލްގައި ހިފާ ދަމާލުމާއެކު އަޑިން އަޅާފައި ހުރި ކުޑަ ވަށް ބުރުގާ ފެނި ޔައީޝްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނައުރީން ދެން ހިފާލީ ލައިގެން ހުރި ހެދުމުގެ ފަސްބައިގައެވެ.

“ހޭ… ވަޓް—” ޔައީޝް ކުއްލިއަކަށް އެހެން ބުނަމުން ނައުރީންގެ އަތުގައި ހިފެހެއްޓިއެވެ.

ނައުރީންއަށް ހެވުނެވެ. ހުހަށް އޮތް އަތުން ހެދުން ހިއްލާލާ ދަށުން ލައިގެން ހުރި ޓީޝާޓް ޔައީޝްއަށް ދައްކާލިއެވެ.

“ނޭނގޭނެއެއްނު؟” ނައުރީންގެ އަތުން ދޫކޮށްލަމުން ޔައީޝްވެސް ހިނިގަނޑެއް ޖަހާލިއެވެ.

ނައުރީން ހެދުން ބާލާފައި ކައިރީގައި ހުރި ގަހުގެ ގޮފިގަނޑެއްގައި އަޅުވާލާފައި ލައިގެން ހުރި އަތްދިގު ޓީޝާޓްގެ ތިރީގައި ހިފާ ދަމާލިއެވެ.

“ނޭރޭނަން؟” ކުރިއަށް ފިޔަވަޅެއް އަޅާފައި ނައުރީން އެނބުރި ޔައީޝްއަށް ބުންޏެވެ.

އެއްޗެއް ނުބުނެ ލައިގެން ހުރި ޓީޝާޓް ބާލާފައި ނައުރީންގެ ހެދުން ކައިރީ އަޅުވާލާފައި ޔައީޝް ނައުރީންއާ އެކު ހިނގައިގަތެވެ.

މުބާރާތުގެ ތެރެއިންވެސް ނައުރީންއަށް ވަނީ ޔައީޝްގެ ބެލުން ފާހަގަ ކުރެވިފައެވެ. އެހެން ކުޅުންތެރިންނާ މެދު ނުދެކޭ ގޮތަކަށް ނައުރީންއާ މެދު ޔައީޝް ދެކޭ ކަން ނައުރީންގެ އިތުރުން އެ ޓީމްގެ ކުޅުންތެރިންނަށްވެސް ވަނީ ނަގައިގަނެވިފައެވެ. ޔައީޝްއަށް އަޑު ނީވޭނެހެން އެ ކުދިން ނައުރީންއާ ދިމާ ކުރެއެވެ.

ނައުރީންގެ ހިތުގައި ޔައީޝްއާ މެދު ޝައުގުވެރިކަމެއް އުފެދެން ފެށީ އެހެންވެއެވެ. މުބާރާތް ނިމުނު އިރު ޔައީޝް ދެކެ ލޯބި ވެވިއްޖެކަން ނައުރީންއަށް ޔަގީންވިއެވެ. އެހެން ނަމަވެސް ޔައީޝްގެ ފަރާތުން އެ ޚާއްސަ ބަލާލުން ފިޔަވާ އެހެން އިޝާރާތެއް ނައުރީންއަކަށް ނުވެއެވެ. ޔައީޝް އިސްނަގާތޯ ނައުރީން އިންތިޒާރު ކުރިއެވެ. ނަމަވެސް މުބާރާތް ނިމި މަހެއް ވާން ކައިރި ވީ އިރުވެސް ނައުރީން އިންތިޒާރު ކުރި ފަދަ ކަމެއް ނުވެއެވެ.

އެ ދަތުރު ހަމަޖެހުނީ އެހެން ގޮތަކުން ޔައީޝްއާ ދިމާވާނެ ގޮތެއް ވޭތޯ ނައުރީން ވިސްނަމުން ދަނިކޮށެވެ. އެ ދަތުރުގައި ކޮންމެވެސް ގޮތަކުން ހިތުގެ ހާލު ޔައީޝްއަށް އިއްވަން ނައުރީން ހުރީ ނިންމައިގެންނެވެ.

މޫދަށް އެރި އުޅުނު އިރުވެސް ޔައީޝްގެ ނަޒަރު އިރުއިރުކޮޅާ ނައުރީންއަށް އަމާޒުވެއެވެ. އެކަން ފިޔަވާ ނައުރީންއާ މެދު ޔައީޝްގެ ހިތުގައި ވާ އެއްޗެއް އެނގޭނެ ފަދަ ކަމެއް ޔައީޝް ނުކުރެއެވެ.

ދެ ދުވަސް ނިމިގެން ދިޔަ އިރުވެސް ޔައީޝްގެ ފަރާތުން އިޝާރާތެއް ނުވާތީ ނައުރީން މާޔޫސް ވިއެވެ. ނައުރީން ދެކޭ ގޮތެއް ނެނގޭތީ ޔައީޝް ދުރުދުރުން އުޅެނީ ކަމުގައި ނިންމާފައި ކޮންމެވެސް ގޮތަކުން ނައުރީންގެ ހިތުގައި ވާ އެއްޗެއް ޔައީޝްއަށް އަންގަން ހިތުލައިގެން ހުރި ނައުރީންއަށް އެ ދަތުރުގައި އެ ފުރުސަތު ލިބުނެވެ.

އަނެއް ދުވަހު މެންދުރު ކައިގެން ފުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެންވެ އެރޭ އޮތީ ބާބެކިއުއެކެވެ. އެންމެން ކައި ނިމުނު އިރު އެގާރަ ޖަހައިފިއެވެ. އެހެން ނަމަވެސް އެރޭ އެކަކުވެސް ނިދަން ވަންނާކަށް ބޭނުމެއް ނުވިއެވެ. އެކިއެކި ސަކަރާތުގައި ތިބެފައި ތިނެއް ޖަހަން ކައިރިވުމުން އެކި މީހުން ދަމުން ގޮސް ހައެއްކަ މީހުންނަށް ވީއިރު ނިދި އައިސްގެން ނައުރީންވެސް އާފުރެން ފަށައިފިއެވެ. މޭޒު ކައިރީ އެހެން ތިން ފިރިހެނުންނާ އެކު ތާސް ކުޅެން އިން ޔައީޝްއަށް ބަލާލާފައި ނައުރީން ކޮޓަރިއަށް ދިޔައީ ހިތާހިތުން ޝަކުވާ ކުރަމުންނެވެ.

ނިދި އައިސްފައި ހުރި ނަމަވެސް ހަތަރެއް ޖަހާ ދިޔަ އިރުވެސް ނައުރީންއަކަށް ނުނިދުނެވެ. ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކުން ސިކުނޑިއަށްވެސް އުނދަގޫވެފައި ހުރި ކަހަލައެވެ. ނުނިދިގެން ފޫހިވެގެން ނައުރީން އެނދުން ފައިބައިގެން ގޮސް ދޮރު ހުޅުވާލާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. އެއާއެކު ސިހިފައި ފާޑަކަށް ހަޅޭލަވައިގަނެވުނީ ނައުރީންގެ އަތުގައި ހިފާފައި މީހަކު ދަމައިގަތުމުންނެވެ.

“މަލްހާ!” ބޭރުގައި ހުރި ބޮކި ދިއްލާލުމާއެކު މަލްހާ ފެނުމުން ނައުރީންއަށް ބުނެވުނެވެ. މަލްހާ ފެށީ ހޭށެވެ.

“އާދެބަލަ ގޯތިތެރެއަށް، އެ ޖޯލިތަކުގަ އޮންނަ އިރު ވަރަށް ފިނި” ހުނުން ހުއްޓާލާފައި ނައުރީންގެ އަތަށް ދަމާލަމުން މަލްހާ އެދުނެވެ.

“މަޑުކޮށްބަލަ، ބުރުގާ އަޅައިގެން މި އަންނަނީ” ނައުރީން ބުންޏެވެ.

“އެންމެން ނިދާފައޭ، ކާކަށްތަ ފެންނާނީ؟ އޯކޭ ވާނެ” މަލްހާ ދެންވެސް ނައުރީންގެ އަތުގައި ހިފާފައި ދަމާލިއެވެ.

“ނުކެރޭނެ” ނައުރީން ދެކޮޅު ހެދިއެވެ.

މަލްހާ ދޫކޮށްލުމުން ނައުރީން އެތާ ހުރެ ދެ އަތުން އިސްތަށިގަނޑު އެއްކޮށްލާ ހުޅިއެއް ޖަހާލިއެވެ. ކޮޓަރިއަށް ވަނީ މަލްހާ އަނެއްކާވެސް ގޮވާލުމުންނެވެ. އިރުކޮޅެއް ނުވެ ކުޑަ ބުރުގާއެއް އަޅައިގެން ނިކުތެވެ. ކޮޓަރިތައް ހުރި ކޮރިޑޯއިން ލާފައި ގޮސް ގޯތިތެރެއަށް ނިކުމެ ގަހުގައި އެލުވާފައި ހުރި ޖޯލިތަކުގައި ދެ އަންހެން ކުދިން އޮށޯތެވެ.

އެ ކޮރިޑޯގެ އަނެއް ކޮޅުގައި ހުރި ފާހާނާއިން ފެން ވަރައިގެން ނިކުތް ޔައީޝް ނިވާވެގެން ހުރި ފާރުކައިރިން ނިކުތީ ނައުރީންއާ މަލްހާ ގޯތިތެރެއަށް ނިކުތުމުންނެވެ. އަނެއްކާވެސް ފާރުގައި ލެނގިލަމުން ޔައީޝް ލޯ މަރާލިއެވެ. އެއާއެކު ބުރުގާ ނާޅާ ހުރި ނައުރީން އެ ހިތަށް ސިފަވިއެވެ.

ކޮނޑުގެ ދެ ފަރާތުން ކުރިމައްޗަށް ފައިބާފައި އޮތް ފަންފަން ދިގު އިސްތަށިގަނޑު ނައުރީންގެ ބުޑަށް ވުރެ ތިރިއަށް އާދެއެވެ. އެހާ ފަނޑު އަލީގައިވެސް އެ އިސްތަށިގަނޑުގެ ރީތިކަން ޔައީޝްއަށް ސިފަކުރެވުނެވެ. އެހާ ދިގު އިސްތަށިގަނޑެއް އެ ނޫނީ ޔައީޝް ދުވަހަކުވެސް ނުދެކެއެވެ. ބޮކި ދިއްލާލުމާއެކު އެ އިސްތަށިގަނޑުގައި ޖައްސާފައި ހުރި ރަތް ކުލަ ޔައީޝްއަށް ފާހަގަ ކުރެވުނެވެ. ނައުރީން އިސްތަށިގަނޑު އެއްކޮށްލި އިރު، ވައަތު ކަންފަތަށް ވުރެ ތަންކޮޅެއް ތިރިން ކަރުގައި އިން ބޮޑު ކަޅުތިލަވެސް ޔައީޝްއަށް ފެނުނެވެ. އެއާއެކު ހިތަށް ސިފަވި މަންޒަރުތަކުން ޔައީޝްއަށް ލޯ މަރާލެވުނެވެ.

ނައުރީންއާ މަލްހާ ނިދީ ފަތިސް ނަމާދު ކޮށްގެންނެވެ. ދެން ހޭލެވުނީ ނުވައެއް ޖަހަން އުޅެނިކޮށް ޝަބާ އައިސް ގޮވުމުންނެވެ. އޭރު އެންމެން ސައި ބޮއެ ނިމިއްޖެއެވެ. ޝަބާ ގޮވީ އެންމެން މޫދަށް ދާން އުޅޭތީއެވެ.

އަވަހަށް ސައި ބޮއެގެން ނައުރީންއާ މަލްހާވެސް އެންމެންނާ އެކީ މޫދަށް ދިޔައެވެ. ސަކަރާތް ޖަހަން އުޅެފައި އެގާރަ ޖެހުމުން އެހެން މީހުންނަށް ވުރެ ކުރިން ނައުރީން މޫދުން އަރާ އެކަނި ހިނގާލާފައި ގެއަށް އައެވެ.

“ހާދަ އަވަހަށް ތިއައީ؟ އެންމެން އެރީތަ؟” ނައުރީން ފެނުމުން ޔައީޝް އަހާލިއެވެ.

އެ އަޑަށް ސިހިފައި ނައުރީން ބަލާލިއެވެ. ގަހުގައި އެލުވާފައި އޮތް ޖޯއްޔެއްގައި ޔައީޝް އިނެވެ.

“އަހަރެން އެކަނި އަދި މި އައީ. އެހެން މީހުން ހިއެއް ނުވޭ އިރު ހުއްޓާ އަރާނެ ހެންނެއް” ތެމިފައި ހުރުމުން ގައިގައި ތަތްވެފައި ހުރި ޓީޝާޓްގައި ހިފާ ދަމާލަމުން ނައުރީން ޖަވާބު ދިނެވެ. އަދި ހިނގުން ބާރުކޮށްލީ ޔައީޝްގެ ނަޒަރު ނައުރީންގެ ގަޔަށް ހުއްޓިފައި ހުރި ގޮތުން ލަދުންނެވެ.

ތަޅުން އަޅާފައި އޮތް ހިސާބަށް އެރުމާއެކު ނައުރީން ކައްސާލިއެވެ. ފަހަތުން ޔައީޝް އައި ކަން އެނގުނީ ވެއްޓި ބިންމަތީ ނުޖެހެނީސް ނައުރީން ގައިގައި ޔައީޝް ހިފެހެއްޓުމުންނެވެ.

“ކިހިނެއް ތި ހެދީ؟ ނަސީބެއްނު އަހަރެން އައި ކަން” ނައުރީން ގައިގައި ހިފައިގެން ހުރެ ޔައީޝް ބުންޏެވެ.

“ތެންކިޔު…” ނައުރީން އެހެން ބުނެ ދުރަށް ޖެހިލަން އުޅުނެވެ.

ނަމަވެސް ޔައީޝްއާ ނައުރީން ކުރިމަތި ވާނެހެން އަނބުރާލަމުން ގައިގައި ޖައްސާލުމާއެކު ޔައީޝް ދެތިން ފިޔަވަޅު އެތެރެއަށް އަޅާލިއެވެ.

ނައުރީން ޔައީޝްގެ މޫނަށް ބަލާލިއެވެ.

“މިހާ ރީތި އިސްތަށިގަނޑެއް މި ނޫނީ ދުވަހަކުވެސް ނުދެކެން…” ނައުރީންގެ ނިތްކުރިއާ ދިމާލުން ބޭރަށް ނިކުމެފައި އިން އިސްތަށިކޮޅު ބުރުގާގެ ތެރެއަށް ލައްވާލަމުން ސިއްރުން ކަހަލަ ގޮތަކަށް ޔައީޝް ބުނެލިއެވެ.

ނައުރީންގެ އިސްތަށިގަނޑު ޔައީޝްއަށް ފެނުނީ ކޮންއިރަކު ބާއޭ ހިތަށް އަރާ ސުވާލުގެ ނަޒަރަކުން ނައުރީން ބަލާލިއެވެ.

“ރޭގަ ދެކުނިން… މިތާ އިން ކަޅުތިލަވެސް… ސޯ ބިޔުޓިފުލް” ނައުރީންގެ ކަރުގައި ކަޅުތިލަ އިން ހިސާބުގައި އަތް ޖައްސާލަމުން ޔައީޝް ބުނެލިއެވެ.

ނައުރީން ލަދުން އިސްޖަހާލަމުން ދުރަށް ޖެހިލަން އުޅުނެވެ. ނައުރީންގެ ގައިގައި ހިފަހައްޓާލައިގެން ހުރި ޔައީޝް ދޫ ނުކުރުމުން ނައުރީން ޔައީޝްގެ މޭގައި އަތް އަޅާ މަޑުމަޑުން ކޮއްޕާލިއެވެ. އެއާއެކު ހުރެވުނު ގޮތް އިހުސާސްވެ ޔައީޝްއަށް ކުއްލިއަކަށް ބާރަށް ނެވާ އެތެރެއަށް ދަމާލެވުނެވެ.

“ސޮރީ…” ނައުރީން ގައިން ދޫކޮށްލަމުން ޔައީޝް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

އެ ވަގުތު ނައުރީންއަށް ލިބުނީ ކޮންފަދަ ހިތްވަރެއް ކަމެއް ނޭނގެއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ދެ އަތުން ޔައީޝްގެ މޫނުގައި ހިފާލަމުން ޔައީޝްގެ ތުންފަތުގައި ބޮސްދިނެވެ.

“ނޯ… ނައުރީން… ނޯ…” އެ ގޮތުގައި އިރުކޮޅެއް ދެޔަ ފަހުން، ހިތާ ނަފްސާ ދެކޮޅަށް ނައުރީންގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ޔައީޝް ބުނެލިއެވެ.

ކުރެވުނީ ކުށެއް ކަން އިހުސާސްވެ ނައުރީންއަށް އަނގަމަތީ އަތް އަޅާލަމުން ފަހަތަށް ޖެހިލެވުނެވެ.

“ނައުރީން…” ނައުރީންއަށް ވީ ގޮތުން ޔައީޝްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެ ވީ ކަންތަކުގައި އިސްނެގީ ޔައީޝްއެވެ. ނައުރީން ފިޔަވަޅު އެޅީ ޔައީޝްގެ ފިޔަވަޅު މަތިންނެވެ. ވީ އިރު، ވީ ގޮތް ބުނެނުދީ އެ ގޮތަށް ނައުރީން ދުރުކޮށްލުމުން އެ އަންހެން ކުއްޖާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟

ކުރިއަށް ހިނގައިގަތް ނައުރީންގެ ފަހަތުން ގޮސް ޔައީޝް ހިފެހެއްޓިއެވެ. ޔައީޝްގެ އަތުތެރެއިން ދުރަށް ދިޔުމަށް ނައުރީން ތެޅިގަތެވެ.

“އައިމް ސޮރީ… ނައުރީން… ލިސްން…” ދުރަށް ދާން ތެޅެމުން ދިޔަ ނައުރީން ޔައީޝްގެ އަތުތެރޭ ހައްޔަރު ކޮށްލިއެވެ.

ނައުރީން ހިމޭންވެ ޔައީޝްގެ މޫނަށް ބަލާލި އިރު އެ ލޮލުން އައިސްފައި ހުރި ކަރުނަ ޔައީޝްއަށް ފެނުނެވެ. އެއާއެކު ހިފަހައްޓައިގެން ހުރި އިހުސާސްތައް ޔައީޝްގެ ކޮންޓްރޯލުން ދޫވިއެވެ.

“އައިމް ސޯ ސޮރީ… އައި ޝުޑްންޓް ޑޫ ދިސް… ބަޓް…” އެ ވަރަށް ބުނެފައި ނައުރީންގެ ތުންފަތުގައި ޔައީޝް ބޮސްދިނެވެ. އެ ގޮތުގައި ހޭދަވީ ކިހާ އިރެއް ކަމެއް އެކަކަށްވެސް ނޭނގެއެވެ. ނޭވާ ހުސްވެދާނެ ހެން ހީވެ ނައުރީން ދުރުވެލިއެވެ. ނަމަވެސް އެ ދުރުމިން ނައްތާލަމުން ނައުރީންގެ ބުރުގާގެ ދަށުން ކަނދުރާގައި ޔައީޝް ހިފަހައްޓާލިއެވެ. ނައުރީންގެ ދެއަތުގެ އިނގިލިތައް ޔައީޝްގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލިއެވެ. ސިކުންތަކަށް ދުރުވެލުމާއެކު ނައުރީންގެ ބުރުގާ ހިއްލާލަމުން ޔައީޝް ނައުރީންގެ ކަރުގައި ތުންފަތް ޖައްސާލިއެވެ.

“ޔައީޝް…” ނައުރީންއަށް ގޮވާލެވުނެވެ.

“އައި ވޯންޓް ޓު ސީ ޔޯ ހެއަރ” ޔައީޝް ބުނެލިއެވެ. އަދި ދުރަށް ޖެހިލާ ނައުރީންގެ ނިތްކުރި މަތިން ބުރުގާގައި ހިފާ ދަމާލިއެވެ.

“ޔައީޝް…” ނައުރީންއަށް ޔައީޝްގެ އަތުގައި ހިފަހައްޓާލެވުނެވެ.

ޔައީޝް ލޯ މަރާލަމުން ދުރަށް ޖެހިލީ އަމިއްލަ ނަފްސު ކުށްވެރިކޮށް ހިތާހިތާ އެއްޗެހި ކިޔަމުންނެވެ. ހިތް އެދޭހާ ކަމެއް ނުވާނެ ކަން ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ. އެހެން ވިޔަސް ހިތް އެދެނީ އޭގެ އިދިކޮޅެވެ. ލޯމަތީ އަތް ޖައްސާލަމުން ޔައީޝް ދެފަރާތަށް ބޯ ހަލުވާލިއެވެ. ހިތުގެ މައްޗަށް ކުރި ހޯދޭތޯއެވެ.

“އައި ޝުޑްންޓް ބީ ޑުއިންގ ދިސް…” ލަސްލަހުން ޔައީޝް ބުނެލީ ނައުރީންއަށް ވުރެ ބޮޑަށް އަމިއްލަ ނަފްސާ މުޚާތަބް ކޮށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 10

Next

ޝަލީން 5

Next
August 29, 2024

ޝަލީން 5

Previews
August 28, 2024

ޙަޤީޤަތް ހޯދުމޭ 10

2 Comments!

  1. Cutie girl says:
    August 28, 2024 at 11:09 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Nau and yaeesh v gulhey
    They both are made for each other
    E kudhin gulhuvachey
    Aaala and naaik dhuru nukurachey
    Pls make things easy for Aaala
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  2. 💕love 💕 says:
    August 31, 2024 at 7:07 pm

    Ehn next?

Comments are closed.

Next Episodeލޯބިން ބަލާލީމާ 7←


All Right Reserved!