“ވަޓް އިޒް ރޯންގް ވިތް ޔޫ؟ ކިހިނެއްތަ އިސްރާއަށް ވީ؟ ކީއްވެތަ މިހާރު ތިހެން ތި އުޅެނީ؟ އިސްރާ ރުޅި އަންނަ ކަހަލަ އެއްޗެއް އަހަންނަށް ބުނެވުނީތަ؟ އެހެން ވިއްޔާ ސޮރީ! ޕްލީޒް، އަހަންނަށް ވަރަށް އުނދަގޫވޭ އިސްރާ ތިހާ ދުރުދުރުން އުޅޭތީ” ޚަލަފްއަށް ބުނެވުނީ އިސްރާއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީއެވެ. ކުއްލިއަކަށް އިސްރާ އެހާ ބަދަލު ވީތީ ހަގީގަތުގައިވެސް ޚަލަފް ހުރީ ވީ ގޮތެއް ނޭނގި ކަންބޮޑުވެފައެވެ. ވަކިން ޚާއްސަކޮށް އިސްރާ އެކަނި ހިނގާފައި […]
“ދީނާ… އައި ނީޑް ޔޫ…” ސިއްރެއް ހެން އަހަރެންގެ ކަންފަތް ކައިރީ ރާއިދު ބުނެލިއެވެ. އަހަރެން ލޯ ހުޅުވާ ރާއިދުގެ ލޮލާ ލޯ އަމާޒު ވީ އިރު ރާއިދު ދުލުން ނުބުނަނީސް އެ ހިތުގެ ގޮވުން އަހަންނަށް އަޑު އިވުނެވެ. ރާއިދުއާ ބޮޑަށް ކައިރި ވެލަމުން އަހަރެން ޖަވާބު ދިނީމެވެ. އަހަރެން ގައިން ދޫކޮށްލާފައި ރާއިދު ދެ ފިޔަވަޅުން ދޮރާ ހަމައަށް ގޮސް ދޮރު ތަޅުލާފައި އައިސް އަހަންނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އަހަރެން އެ އަތުގައި […]
“ކިހާ ދެރަ ކަމެއްތަ ދީނާ؟ ކީއްވެތަ އަބަދު ޒިމްނާ ޒިމްނާ އޭ ތި ކިޔަނީ؟ ދިނާ ކުރިމަތީ މަންމަ ކައިރީ އަހަރެން ބުނީމެއްނު ތި ކަމެއް އަހަރެން ނުކުރާނަމޭ؟ ކިހިނެއް ހެދިއްޔާތަ ދީނާ ގަބޫލު ކުރާނީ؟” ހިތްހަމަ ނުޖެހުމާ ރުޅިއާ އެކު ރާއިދުގެ އަޑު ކުރިއަށް ވުރެ ބާރުވިއެވެ. “އަހަންނަށް އެނގޭ ޒިމްނާއާ ވިޔަސް އެހެން މީހަކާ ވިޔަސް ރާއިދު އިންނަން ބޭނުން ނުވާ ކަން. އަހަންނާ އިނދެގެން ރާއިދުއަށް އުޅެވޭނެ ގޮތް އަހަރެން މި ބުނީ. […]
“ރާއިދު…” ކައިރިއަށް ގޮސް އަހަރެން މަޑުމަޑުން ގޮވާލީމެވެ. ލޯ ހުޅުވާލާފައި އަހަންނަށް ބަލަން ރާއިދު އޮތީއެވެ. ހީވީ ފެންނަނީ ހަގީގަތެއް ކަމާކެދު ޝައްކުވެފައި ބަލަން އޮތް ހެނެވެ. “ކާން ވީނު؟” ދެންވެސް އަހަރެން ބުނީ ކުރިންވެސް ބުނިހާ މަޑުންނެވެ. ލޯ މަރާލާފައި ރާއިދު އަނެއްކާވެސް ލޯ ހުޅުވާލިއެވެ. މަޑުމަޑުން ޝިނާގެ ބޯ ދަށުން އަތް ދަމަލާފައި ތެދުވިއެވެ. “ކާން ހަދާފަ މި އައީ، އާދޭ” އެހެން ބުނެފައި އަހަރެން ނިކުތީއެވެ. ރާއިދު ނިކުތީ މޫނު ދޮވެ ތާޒާ […]
“ޝައްކެއްގެ މަތީ ހުރެ ދީނާ ވަރިއަށް ތި އެދެނީ، އަހަރެން މި ބުނަނީ ދީނާ ޝައްކު ކުރާ ވަރުގެ ކަމެއް އަހަރެން ނުކުރަމޭ” އަޑަށް ބާރު ލާފައި ރާއިދު ބުންޏެވެ. “ހެޔޮ، އިތުރަށް ދެން ރާއިދުއާ އިނދެގެން އުޅޭކަށް ބޭނުމެއް ނޫން. ވަރިކުރޭ!” އަހަރެން ބުނީމެވެ. އިތުރަށް ވިސްނާކަށް އަހަރެން ބޭނުމެއް ނޫނެވެ. “ދީނާ ތީ އަހަރެންގެ އަނތްބެއް ނޫން، ވަރިކޮށްފިން” އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަން ހުރެފައި ރާއިދު އިއްވާލިއެވެ. ރާއިދުގެ އަނގައިން އެ ބަސްތައް […]
ގެއަށް ޒިމްނާ އަންނަ ކަން ރާއިދުއަށް އެނގިފައި އޮވެދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ. އަދި އަމްދުން ރާއިދު ޒިމްނާއާ ވާހަކަ ދައްކަފާނެއޭ އަހަރެން ހިތަށްވެސް ނާރައެވެ. އެއީ ހުކުރު ދުވަހެކެވެ. ކުދިން މަންމަ ގެއަށް ގެންދަން ފެށި ފަހުން ހުކުރު ދުވަސްތަކުގައި އަހަރެން ގެއަށް ދަނީ ވަރަށް މަދުންނެވެ. އެ ހުކުރު ދުވަހު އަހަރެން ދިޔައީ ދާރިމް ބުނެގެންނެވެ. އޭނަގެ “ފްރެންޑެއް” ގެއަށް ގެންނާތީ ބައްދަލު ކޮށްލަން ވެގެންނެވެ. މެންދުރު ކެއުމަށް އަންނަން ބުނެފައި […]
އެ ފަދަ ޚިޔާލުތަކުން ހިތް ނުތަނަވަސް ވަމުން ދިޔަ ނަމަވެސް އަހަރެން އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން ހިތާހިތުން ދުޢާ ކޮށްލަކޮށްލާ ހުރީ މަންމައަށް ޝިފާ ދެއްވާތޯއެވެ. ޓެސްޓްތަކަށް ފަހު މަންމަ ބޭއްވުނީ އައިސީޔޫގައެވެ. ތިން ދުވަސްފަހުން މަންމަ ވޯޑަށް ބަދަލު ކުރީ އެއްވެސް ނުރައްކަލެއް ނެތް ކަން އެނގުމުންނެވެ. އެ ދުވަސްތަކުގައި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ކޮންމެވެސް ވަރަކަށް ފިލީ އެ ޚަބަރު ލިބުމުންނެވެ. އެ ތިން ދުވަހު އޮފީހަށް […]
“ދިމާވެގެން ތި އުޅޭ ކަމެއް ހައްލު ކުރަން ދީނާ މަސައްކަތް ކުރާނަންތަ؟” މަންމަ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. “އެ ޔަގީން ކަން ދިނާއަށް ވުރެ ބޮޑަށް ރާއިދުގެ ފަރާތުން މަންމަ ބޭނުން” ރާއިދުއަށް ބަލާލަމުން މަންމަ ބުންޏެވެ. ރާއިދުވެސް ބޯ ޖަހާލިއެވެ. “ކޮބާ އެ ކުދިން؟” މަންމަ އަހާލީ މަޢުޟޫ ބަދަލު ކޮށްލުމަށެވެ. އަހަރެން ފޯން ނަގާ ކުދިން ގެނެސްދިނުމަށް އެދި ފައިހާއަށް މެސެޖް ކޮށްލީމެވެ. ގިނަ އިރެއް ނުވެ ޝުޢާއާ ޝިނާއައެވެ. އެ ކުދިންނާއެކު އިރުކޮޅަކު […]
“މަންމާ، ތި ކިޔެނީ ކީކޭ ކަން އެނގޭތަ؟ ރައުހާއަށް ވިސްނައިދިނުމުގެ ބަދަލުގަ މަންމަ ތި ބުނަނީ ކުރަން ތައްޔާރު ވެފަ އޮތް ކައިވެންޏެއް ހުއްޓުވާށޭ. އެހެން ނޫނަސް ނަވާފް ގުޅެން ބޭނުން ވަނީ ނިއަމްއާ، ރައުހާއަކާ ނޫން. އެކަން މަންމައަށް ނުވިސްނޭތަ؟ ރައުހާއަށް އެކަން ނުވިސްނޭތަ؟” އެ ވަގުތު ރާއިދު ބުންޏެވެ. “މަށަށް އެނގޭ މާ ކުރިންވެސް ރާއިދު ބުނާނީ ތިހެން ކަން. އަމިއްލަ ކޮއްކޮއަށް ވުރެ ރާއިދު ތި އިސް ކުރަނީ އެހެން މީހުން. ދީނާ […]