Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 10

Ushaali Level 810 Stories100 Comments100 Stories500 Comments
April 3, 2018 8 Mins Read
19 Comments

“ނޯޔާ އެއީ ކާކު؟” އައްޔަދު ސުވާލުގެ ނަޒަރަކުން ޝިނާން އަށް ބަލާލިއެވެ.

“އާނ…އޭނާ އަށް ކިޔަނީ ނޯޔާ. އަހަރެން ލޯބިވަނީ ނޯޔާ ދެކެ. އަދި ނޯޔާ ވެސް. އޭނަ މިހާރު ކިޔަވަނީ. ވަރަށް އަވަހަށް އަންނާނެ” ޝިނާން ބުނެލިއެވެ. އައްޔަދު ދެލޯ ބޮޑުކޮށްލިއެވެ. ޝިނާންގެ ފަރާތުން ވެސް އަދި ޝިނާންގެ މަންމަމެންގެ ފަރާތުން މީގެ ކުރިން އެ ނަން އަޑު އަހާފައެއް ނުވޭއެވެ.

“މާނައަކީ އަހަރެން ރިމީ އާއި އިނަސް ޝިނާންގެ އެއްވެސް މައްސަލައެއް ނެތޭ ދޯ” ފާޑަކަށް އައްޔަދު އަހާލިއެވެ.

“ހޫމް” ހިތް ދެކޮޅުވަމުން ދިޔައިރު ވެސް ޝިނާން ބޯޖަހާލިއެވެ.

“އަހަރެންގެ ކުޑަކުޑަ ދަރިއަކު އެބައޮތް. އަދި ރިމީ ގެ ވެސް ބަލި ކުއްޖެއް. ރިމީގެ ފަރާތުން މިޝްކު އަށް ދޭންވާ ލޯބި ނުދެވިއްޖެއްޔާ” އަޙްޔަދު މަސައްކަތްކުރީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރިމީޝާއާއި ނުއިނދެވާނެ ގޮތެއް އޮތްތޯ ބެލުމެވެ.

“އެކަމާ އަޔާ ހާސްވާކަށް ނުޖެހޭނެ. އަހަރެން މިއުޅެނީ މިޝްކު މަންމަ ކައިރިއަށް ބެންގަލޫރަށް ފޮނުވާލަން. ރިމީ އުޅޭނީ އެއްވެސް ތަކުލީފެއްނެތި އުފަލުގަ. އަޔާގެ ދަރިފުޅަށް ދޭންވާ ލޯބި ރިމީ ދޭނެ. އެކަމަކު މިވާހަކަ އަދި ރިމީ އަށް ސިއްރުކޮށްދިނުން އެދެނީ” ޝިނާން ބުނެލިއެވެ. ކޮފީ ބޮއެ ނިމިގެން ދެމީހުން ވެސް ސައިކަލުގައި ދިޔައިރު ދެ ހިތުން ކުރެ އެއްވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ދެ މީހުން ވެސް ވަނީ މާޔޫސް ވެފައެވެ.

 

ދެދުވަސް ފަހެވެ. ރިމީޝާ ގެ ކައިވެންޏަށް ރަށުން އައިސް އުޅުނު އޭނާގެ އާއިލާ އެކީގައި ގެއަށް ވަނެވެ. ނަޒީމްގެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ވީއރު އަލްވީރާގެ މޫނުމަތިން އެއްފަހަރު ހިނިތުންވުމެއް ފެނިއްޖިއްޔާ އަނެއްފަހަރު ފެންނަނީ ކަންބޮޑުވުމެވެ. ދަރިއެއްގެ ހިތާއި އެންމެ ގާތުން ގުޅިފައިވާނީ މައެއްގެ ހިތޭ ބުނާ އުސޫލުން ކައިވެންޏަށްފަހު ރިމީޝާގެ ދިރިއުޅުން ރަނގަޅު ނުވާނޭ ތަކުރާރުކޮށް އެހިތް ބުނަމުން ދެއެވެ. ނަމަވެސް ރިމީޝާގެ އުފަލަށްޓަކައި އަނގަމަޑުން ލައިގެން ހުންނަން އޭނާ ނިހާޔަތަށް ބޭނުމެވެ. ސަބަބަކީ މިކަހަލަ ދަނޑިވަޅެއްގައި ރިމީޝާގެ އެ ނިންމުމަށް ފާޑުކިޔުމީ އެންމެ ރަނގަޅުގޮތް ނޫން ކަމުގައި އޭނާ އަށް ފެންނާތީއެވެ.

“މަންމާ!! މަންމަ ހާދަ ފާޑަކަށް” ސޯފާގައި އިން އަލްވީރާ ގައިގާ ކޮށްޓާލަމުން ރިމީޝާ ބުނެލިއެވެ.

“ނޫނޭ. މި ވިސްނާލީ ނާއިންގެ ދެމަފިރިންނާއި މެދުގައި” އަލްވީރާ އޭނާގެ ހިތާއި ސިކުނޑީގައި ވަށާ އެންބުރެމުންދާ ޝަކުވާތައް ރިމީޝާއަށް ހިއްސާ ކުރާކަށް ބޭނުމެއްނުވިއެވެ.

“ނާއި ބުންޏެއްނު އަޅުގަނޑުގެ ވެޑިންގް އޮންނަ ރެއަށް އަންނާނަމޭ. މަންމަ ހާސްނުވެބަލަ. މިހާރު އެއި މަންމަގެ ދަރިފުޅު އެކަންޏެއް ނޫނޭ” ރިމީޝާ ހީލާފައި ބުނެލިއެވެ. އަލްވީރާ ވެސް ހީލިއެވެ.

“ޝިނާން އަދިވެސް ނާދޭތަ”؟ އަލްވީރާ އަހާލިއެވެ.

“އާނ…. ބުނިން މިޝްކު ކުޑަކޮށް ބަލިވެއޭ ވެސް. ބުނީ ތިމަންނަ އަށް ވުރެ މާ ރަނގަޅަށް ރިމީ އޭނާ އަށް ބޭސްދީ ބަލާނޭ. އާދެވޭނީ އަންނަ ހުކުރަށޯ. ނަސީބެއް އެވެސް. އަޅުގަނޑު ބޭނުން އެރޭގައި ޝިނާން ވެސް ހުންނަން” ރިމީޝާ ބުނެލިއެވެ. އަލްވީރާ ރިމީޝާއަށް ބަލާލިއެވެ. އެއްޗެއް ބުނަން އަލްވީރާގެ ދެތުންފަތް ކުޑަކޮށް ފޭކޮށްލިއެވެ. ނަމަވެސް ނުބުނެ ހީލުމަކުން ފުއްދާލިއެވެ. ރިމީޝާ އަށް ނޭނގުނީ އޭނާގެ ކައިވެނީގެ ހަބަރު ލިބުނީއްސުރެ ފެށިގެން ޝިނާންގެ ހިތަށް އަނިޔާވަމުންދާ ކަމާއި ރެއާއި ދުވާލުގެ ވަގުތުތައް ރިމީޝާ ކުރިމައްޗަށް ނައިސް ގެސްޓްހައުސް އެއްގައި ޝިިނާން ހޭދަކުރަމުންދާ ކަމެވެ. ރިމީޝާގެ މައްޗަށް ޝިނާން ވީ ގިރިފުށިގައެވެ.

ރޭގަނޑުގެ ކެއުމަށްފަހު މިޝްކު ނިންދަވަން ކޮޓަރީައި އޮތް ރިމީޝާ އޮތީ ވިސްނުމަކަށް ގެއްލިފައެވެ. އޭރުވެސް މިޝްކުގެ ބޮލުގައި ފިރުމަމުން ދިޔައިރު މަޑު ރާގަކަށް މަދަހައެއްގެ ރާގު އަޅުވަމުން ދިޔައެވެ. ކުއްލިއަކަށް ސައިޑްކަބަޑް މަތީގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. އަޑުބާރު ކަމުން ދެލޯ މެރިމެރި އޮތް މިޝްކު އަށް ރިމީޝާއަށް ބަލާލެވުނެވެ. ރިމީޝާ ހީކުރިގޮތަށް އެ އަޑަށް މިޝްކު އޮތީ ރިމީޝާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ.

“މަންމިގެ ފޯނު” މިޝްކު ބުނެލިއެވެ. މިޝްކު ވާހަކަދެއްކީ ވެސް ނިދި އަޑަކުންނެވެ.

“އާނ.. މަންމިގެ ފޯނަށް ކޮންމެރެއަކު މިގަޑީގައި ލޯރަތްބެ ގުޅާނެ ދަރިފުޅު ނިދިތޯ. މިރޭ ދަރިފުޅު ނޫޅޭ ވިއްޔާ ނިދާކަށް” ރިމީޝާ އެހެން ބުނުމުން މިޝްކު އަވަހަކަށް ދެލޯ މަރާ ބާރުކޮށްލިއެވެ.

“އެކަމަކު މަންމި ކޮންމެރެއަކު ވެސް ބުނަން މަންމިގެ މިޝްކޮ ނިދައޭ ރޭގަނޑު އަށެއް ޖެހުމުގެ ކުރިން” މިޝްކު ބިރުގަތްކަން އެނގުމުން ރިމީޝާ އަވަސް އަވަހަށް ބުނެލިއެވެ.

 

މާލޭގެ މަޝްހޫރު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި ކުޑަދޮރު ހުޅުވާލައިގެން ޝިނާން ހުއްޓެވެ. އަތުގައި އޮތް ފޯނު ނަގާ އެންމެފަހުން ގުޅާލި ރިމީޝާގެ ނަންބަރަށް ބަލާލިއެވެ. ވިސްނުމެއްގައި ހުރެ ދެވަނަ ފަހަރަށް ގުޅާލަން އިނގިލިތައް ހަރަކާތްކޮށްލި ވަގުތު ރިމީޝާގެ ކޯލެއް އަންނަން ފެށިއެވެ. ފޯނުގެ ސްކްރީނުން ފެންނަން އިން ރިމީޝާގެ ހިތްގައިމު ތަސްވީރަށް ޝިނާންގެ ދެލޯ ހުއްޓުނެވެ. ރިމީޝާގެ އަޅިކުލައިގެ ދެކަޅި އާއި ދާދި އެއްގޮތް ކުލައެއްގެ ޝޯލްއެއް އަޅައިގެން ކުކުޅުބިހެއްގެ ބައްޓަމަށްވާ މޫނުމަތީ އިޝްތިހާރުކޮށްގެން އިން ހިނިތުންވުން ފެނި ބޭއިހްތިޔާރުގައި ޝިނާންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. ޝިނާން އަށް ހަމަބިމަށް އާދެވުނީ ފޯން ޑިސްޕްލޭ އަނދިރިވެ ކުއްލިއަކަށް ލައިޓް އޮފް ވުމުންނެވެ. އޭނާ ތެޅިގަތީ ދެލޮލުގެ ފެނުން ގެއްލޭ ހިނދު ދިރޭ ކޮންމެ އެއްޗެއް ވެސް ތެޅިގަންނާނެ ގޮތަކަށެވެ. އެހާ އަވަހަށް ފޯނުގެ ސައިޑެއްގައި އިން ފިތަކަށް އޮށްބާލިއެވެ. އެއާއެކު އޭނާގެ ތުންފަތްމަތިން ދާދި ދެންމެއަކު ގެއްލުނު ހިނިތުންވުން އަނބުރާ އިއާދަ ވެއްޖެއެވެ. ވާނީވެސް އެހެންނެވެ. ރިމީޝާގެ ހިތްގައިމު ތަސްވީރު ކޮންމެފަދަ ގޮތަކަށް ވެސް އޭނާ އަށް ފެނިއްޖެނަމަ އޭނާގެ ދިރިއުޅުން އާބާދުވެއްޖޭ ހިތަށް އަރައެވެ. ހިތާމައަކީ ހިނދުކޮޅެއްގެ އުފާވެރިކަމަށް ފަހު އަނެއްކާ ވެސް ކުރީގެ އަނދިރިކަމަށް އަނބުރާ ދާންޖެހޭނެތީއެވެ. އޭނާގެ ފޯނު ފަދައިންނެވެ.

މިސްވެފައި އިން ރިމީޝާގެ ނަންބަރަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ޝިނާން އެނަންބަރަށް ގުޅާލިއެވެ. އެއަށްފަހު ފޯނު ސްޕީކަރަށްލުމަށްފަހު އޭނާ ނަޒަރު ހުއްޓާލީ ހާމައަށް ފެންނަން އޮތް އުޑަށެވެ. ތަރިތައް އޭގެ ވާޖިބު އަދާ ކުރުމުގައި ބުރަކޮށް މަސައްކަތް ކުރަމުން ދިޔައިރު މޫނުގައި ވައިރޯޅިއެއް އައިސް ބީހިލަނީ ހާލަކުން ފަހަރަކުއެވެ. ހިތްތަކަށް އުފާވެރިކަން ގެނުވާފަދަ ހިތްގައިމު ރެއެކެވެ.

“ކީކޭ ޝިނާން. މިޝްކޮ ނިންދަވަން އުޅުނު ގަޑީގައި އޭރު ގުޅީ. އެހެންވެ ނުނެގުނީ” ފޯނުން ރިމީޝާގެ ހިތްގައިމު އަޑު މަޑު މިއުޒިކެއް ފަދައިން ޝިނާންގެ ކަންފަތުގައި ޖެހުމާއެކު އެފޯނަށް އަތުން ބާރުކޮށްލެވުނެވެ. ދެލޯމަރާލެވުނީ ހިތަށް އިހުސާސްވި ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

“ޝިނާން” އެބަހުރިންތަ؟ ކީއްކުރަން ގުޅީ” ކުއްލިއަކަށް ޝިނާން ސިހުނީ ރިމީޝާގެ އަޑު ދެވަނަ ފަހަރަށް ޖެހުމުންނެވެ. ތެޅިގަނެފައި އޭނާ ފޯނުން ސްޕީކަރ އޮފް ކޮށްލުމަށްފަހު ކަންފަތުގައި ޖަހާލިއެވެ.

“ރިމީ!! ބަލާބަ އުޑަށް. ދެންމެގަ އެނގޭތަ ވީގޮތެއް. ދުރުދުރުގައި އުފެދިފައި އިން ދެވިލާކޮޅު. އަހަރެން ބަލަންހުއްޓާ އައީ މަޑުމަޑުން ކައިރިވަމުން. ހީވަނީ ދެވިލާކޮޅު ބޭނުންނުވާ އިރު ވެސް މަޖްބޫރަކުން ގާތްކުރަނީހެން. ދެވިލާކޮޅު އެކަތިގަނޑަކަށްވީ އަހަރެން ބަލަންހުއްޓާ. ހަމައެހާ އަވަހަށް ދެވިލާކޮޅުގެ މިސްރާބު ބަދަލުވެއްޖެ.  އެއް ވިލާކޮޅު އަނެއް ވިލާކޮޅާއި ވަކިވެ މިހާރު ދުރަށް އެބަ ދަތުރުކުރޭ. އެނގޭތަ އިރުކޮޅެއްވީތަނާ އެތަނުން އެއްވިލާކޮޅު ފުހެވިގެން ހިނގައްޖެ. އެކަމަކު އަނެއް ވިލާކޮޅު ހަމަ އެބަދޭ. އެންމެފަހުން އެބައްދަލުވީ އޭގެ އެހެން ވިލާކޮޅަކާއި. ދޭތި އެކަތިގަނޑަކަށްވެ ނިމިއްޖެ، ހީވަނީ އެކަތި އަނެއްކައްޗަށްޓަކައި ލައްވާފައިވާ ދެވިލާކޮޅުހެން. މިހާރު ކުރިއަށް އެދަނީ ދެވިލާކޮޅު އެއްވެގެން….. ރިމީ އެބަ އެނގޭތަ މިކިޔާ އެއްޗެއް” ރިމީޝާގެ އަޑެއް ނީވި ގިނަ އިރުތަކެއް ވުމުން ޝިނާން އަހާލިއެވެ.

“ޝިނާން ކީކޭ ތިކިޔަނީ” ރިމީޝާ ބުނެލިއެވެ.

“ބުނަން މިއުޅެނީ އަހަރެންގެ ދިރިއުޅުން ވެސް ހަމަ އެފަދައޭ” ޝިނާން ބުނެލިއެވެ.

“ތިބުނީ… ނުވިސްނުނު” ރިމީޝާ ބުނެލިއެވެ.

“ރިމީ!!! އަހަރެން މިއުޅެނީ ނޯޔާ އާއި ކައިވެނިކުރަން. ހުރިހާ ގޮތަކުން ވެސް ވިސްނާފައި މިބުނީ” ހިނދުކޮޅަކަށް ރިމީޝާ ބަސް ހުއްޓުނެވެ. ޝިނާން އެފަދަ ނިންމުމެއް ނިންމާފާނެ ކަމަކަށް ރިމީޝާ ހިތަށް ވެސް ނާރައެވެ.

“އެއީ؟ އަހަރެންގެ ސަބަބުންތަ؟ އެހެންވިއްޔާ މާފްކުރޭ… އަހަރެންގެ ސަބަބުން ޝިނާން ލޯބިނުވާ މީހަކާއި ކައިވެނިކުރާކަށް މަށަކަށް ނުފެނޭ” ރިމީޝާ ބުނެލިއެވެ.

“ނޫން ރިމީ. ރިމީ ތީ މިހާރު އަހަރެންގެ ހިތާއި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. ތީ ހަމައެކަނި އަހަރެންގެ ދަރިފުޅުގެ މަންމަ. އަހަރެންނަށް ހީކުރެވުނު އަހަރެންގެ ހިތުގައި ރަނިކަން ކުރަނީ ރިމީއޭ. އެކަމަކު އެދުވަހު ނަގަމްދައްތަމެން ނޯޔާ މަޑުމަޑުން ރަނގަޅުވަމުން އަންނަ ވާހަކަ ބުނުމުން ނޭނގުނު ވީގޮތެއްވެސް”  މޭގައި އަތް އަޅާ ފިރުމާލަމުން ޝިނާން ބުނެލިއެވެ. އެވަގުތު އޭނާގެ ދެލޮލުން އެއްވަރު އެއްވަރަށް ދިގު ރޮނގެއްހެން ކަރުނަތިއްކެއް ތިރިއަށް ދަތުރުކޮށްލިއެވެ.

“ދެން ބާއްވަނީ ރިމީ.. ރިމީގެ ކައިވެނި އޮންނަ ދުވަހުން އިރާދަކުރެއްވިއްޔާ ދާނަން. މިޝްކު އަށް ބައްޕިގެ ވަރަށް ސަލާން” ޝިނާން ފޯނު ކަންފަތާއި ދުރުކޮށްލީ ރިމީޝާ އާއި ދެން އިތުރަށް ވާހަކަދައްކަން ހިތަށް ކެތްނުވުމުންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި އަތުން ބީވާކަށް ގިނައިރެއް ނެތޭ ހިތަށް އަރާ ކޮންމެ ފަހަރަކު ހިތުގައި އިންތިހާ އަށް ރިއްސާލައެވެ. ނަމަވެސް އޭނާ ކެތްކުރާނެއެވެ. ލޯތްބަކީ ހަމައެކަނި ހާސިލް ކުރުމެއް ނޫނެވެ. ގުރުބާނީ އަކީ ވެސް ލޯބީގެ ވައްތަރެކެވެ. މިފަހަރު ލޯބިވާ މީހާއަށްޓަކައި ގުރުބާންވުމަށް އޭނާ ނިކުންނާނީއެވެ. ބޭނުންވަނީ ހެޔޮހާލުގައި އުފާވެރިކަމުގައި ރިމީޝާ ހުރުމެވެ. ރިމީޝާގެ އުފާވެރިކަން ގުޅިފައިވަނީ އައްޔަދާއި އެކުގައި ކަމަށްވާނަމަ ހުރަހަކަށް ޝިނާން ވެސް އަދި މިޝްކު ވެސް ބަހައްޓާކަށް ޝިނާން ބޭނުމެއްނުވޭއެވެ. ފޯނު ކަންފަތާއި ވަކިކޮށްލުމަށްފަހު ޝިނާން ފޯނަށް ބަލާލިއެވެ. ފެންނަން އިނީ ރިމީޝާގެ ތަސްވީރެކެވެ. ހީލައިގެން އިން އިރު ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް އެމޫނު މައްޗަށް ވެރިވެފައިވާ ކަހަލައެވެ. އެވަގުތު ޝިނާން އަށް ހެވުނީ ހިތަށް އެރި ޅެމަކުންނެވެ.

“ހެޔޮހާލުގާ ކަލާ ތިހެން

ހިނިތުންވެފައި ހުރޭ

ސާދާ ލޮލާއި ދެ ތުންފަތާ

ފެނުނަސް މިހިތް ފުރޭ……….

މޮޔައަކުހެން ޝިނާން އަމިއްލަ އަށް ޅެން ބައިތެއްކިޔާ ހެން އެތަންކޮޅު ކިޔާލިއެވެ. އެއަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. ދެން ބަލާލީ އުޑުމައްޗަށެވެ. އެވަގުތު ޝިނާންގެ ނަފްސަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

 

ޒާއިރާގެ ފަރާތުން ކައިވެނީގެ ހަބަރު ރިމީޝާއަށް ލިބުނު ދުވަހުން ފެށިގެން އޭނާ އިންތިޒާރު އެކުރަނީ އައްޔަދުގެ އަންބަކަށް އޭނާ ވާނެ ދުވަހަކަށެވެ. ރިމީޝާގެ އިންތިޒާރަށް ނިމުން އުފާވެރިކަމުގައި އައިރު ޝިނާންގެ ހިތް ޒަހަމްކުރަމުން މިނިޓަކަށް ފަހު މިނިޓެއް ފާއިތުވަމުން ދޭއެވެ. ކައިވެނި ކުރުން އޮތީ ރޭގގަނޑު ކޯޓުގައި ނަމަވެސް ދެފަރާތުގެ އާއިލާ އަށް ގޭގައި ވަނީ ކުޑަކުޑަ ކެއުމެއް ތައްޔާރުކޮށްފައެވެ.

ގަޑިން މެންދުރުން އަނބުރާ ދޭއް ޖެހީއެވެ. ކައިވެނި ކުރެވޭ ވަގުތު ރިމީޝާއަށް ޒާއިރާ ތައްޔާރުކޮށްދިން ދިގު ހެދުން އިސްތިރިކުރުމަށްފަހު އަލަމާރީގައި އަޅުވާލިތަނާ ކޮޓަރިއަށް ވަދެގެން އައީ މިޝްކުއެވެ.

“މަންމި ކީއްވެ މިޝްކޮޮ ހެދުންތައް ފޮށްޓަށްލީ” އެނދުމަތީގައި ތައްޔާރުކޮށްފައި ހުރި މިޝްކުގެ ޕިންކް ކުލައިގެ ކުޑަކުޑަ ދަބަސް ދައްކާލަމުން މިޝްކު ބުނެލިއެވެ.

“މަންމި އާއި މިއްކޮ މިރޭ ނިދާނީ ޝަނުމްދައްތަމެން ބައިގަ” މިޝްކު އުރާލަމުން ރިމީޝާ ބުނެލިއެވެ.

“އޭރުން ބައްޕި. ބައްޕި އެކަނި އޮންނަން ބިރު ގަންނާނެއްނު. ލޯރަތްބެ އައިސް ބައްޕި ކާލައިފިއްޔާ” މިޝްކު ބުނެލިއެވެ.

“ނޫނޭ ދޫނީ. ލޯރަތްބެ ނުކާލާނެ ބޮޑު ކުދިންނެއް” ރިމީޝާ ބުނެލިއެވެ.

އެނދުމަތީގައި ސަކަރާތުގައި ތިބި ރިމީޝާ އާއި މިޝްކު ސިހިގެން ދިޔައީ ލައްޕާލާފައި ހުރި ދޮރުގައި އަލްވީރާ ތަޅާލުމުންނެވެ. ރިމީޝާ ގޮސް ދޮރުހުޅުވާލިއެވެ.

“ދަރިފުޅާ ކޮންމެސް ބައެއް އައިސް އެބަތިބި” ދޮރުމަތީގައި ހުރި އަލްވީރާ ބުނެލިއެވެ. ހައިރާންވެފައި އަލްވީރާގެ ފަހަތުން ދިޔަ ރިމީޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސޯފާގައި ތިބި ދެ އަންހެނުން ފެނިފައެވެ. ރިމީޝާއަށް ވީގޮތް ފެނި އަލްވީރާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ.

“ދަރިފުޅާ!!” އަލްވީރާ ރިމީޝާގެ އަތުގައި ހިފާލިއެވެ.

“މަންމާ!!!” ރިމީޝާއަށް މަންމާއޭ ބުނެވުނީ ކުރިމަތީގައި އިން އަންހެންމީހާ އަށް ބަލަން ހުރެ ނަމަވެސް ދެވަނަ ސިކުންތުގައި ނަޒަރު އަލްވީރާ އަށް ހުއްޓާލިއެވެ.

“އައީތަ މަންމަމެން” ކުއްލިއަކަށް ހުރިހާ މީހުންނަށް އަޑު އައި ދިމާލަށް ބަލާލެވުނެވެ. އޭރު ވަދެގެން އައި ޝިނާން އެތަނުގައި ތިބި ދެއަންހެނުންގެ ގައިގާ ބައްދާލަނީއެވެ. ރިމީޝާ ޝިނާން އަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

“އަލްވީރާއްތައަކަށް ނޭނގުނުދޯ. ރިމީ ވެސް ނުބުނަންތަ؟” ޝިނާން އަލްވީރާ އަށް ބަލާލަމުން ބުނެލިއެވެ. ޝިނާން ގަސްދުގައި ރިމީޝާ އާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވަނީއެވެ.

“މީ އަޅުގަނޑުގެ މަންމަ ނޫރާން. ދެން މީ ދައްތަ ނޫރުލްހުދާ. މަންމަގެ ފޭވަރީޓް. އަދި ހުންނާނެ އެއް ދައްތަ. އެއީ ނިބްރާސް. ބެންގަލޫރުގަ ހުންނަނީ” އަލްވީރާ ހީލަމުން ނޫރާން އަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. ނޫރާން ސަލާން ކުރިޔަސް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިނިކުރުވައެވެ. ނޫރާންގެ އަމާޒުފަތްގަނޑަކަށް ވެފައިވަނީ ކުރިމަތީގައި ހުރި ރިމީޝާއެވެ. އެ ބަލާލުމުގައި ހުރި ފާޑުވެރިކަން ފެނި ރިމީޝާގެ ގައިން ހީބިހި ނަގާލިއެވެ. ބަލާބެލުމަށް އެންމެ މިޒަމާނުގެ އަންހެންކުއްޖަކާއި ނޫރާން އާއި އެންމެ ތަފާތެއް ވެސް ނެތެވެ. ހިކިކޮށް ދިގުކޮށް ހުރި އެ ހަށިގަނޑަށް ހެޔޮވަރުކޮށްފައިވަނީ ނޫކުލައިގެ އަތްދިގު ޓޮޕްކޮޅަކާއި ކަޅުކުލައިގެ ގަޔަށް ބާރު ސްކިނީ އެކެވެ. އިސްތަށިގަނޑު ފަންކޮށްފައި އަރިމަތިން މަގު ހަދާލާފައި ފަހަތަށް ދޫކޮށްލާފައި ވާއިރު ކޮނޑުގައި އޮތީ ޒާރާ ބްރޭންޑްގެ އަތް ދަބަހެކެވެ. ކައިރީގައި ހުރި ނޫރުލްހުދާ ވެސް ހުރީ ހަމަ ނޫރާން އާއި އެއްގޮތަށް ހެދުން އަޅައިގެންނެވެ. ތަފާތަކީ ނޫރާން އާއި ހިލާފަށް ނޫރުލްހުދާގެ އިސްތަށިގަނޑު ބުޅިކަމެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ އެއްކޮށް މައްޗަށްނަގާ އައްސާލާފައެވެ. ބަލާމީހަކަށް ހީވާނީ އެއް އުމުރެއްގެ ދެ އަންހެންކުދިން ހެންނެވެ. ރިމީޝާއަށް ނޫރާން މުޅިން ވެސް ފެނިފައިވަނީ ފޯނުގައި ހުންނަ ފޮޓޯތަކުން ވިޔަސް ފޮޓޯއިން ފެންނަ ފެނުމާއި އަސްލަށް ފެންނަ ފެނުން ހާސްބައި ތަފާތުކަން އެނގުނެވެ.

“ކޮބާ މަންމަގެ މިޝްކޮ” ނޫރާން ގޭތެރެ އެކި ދިމާ ހޯދާލަމުން އަހާލިއެވެ.

“ތެދެއް ރިމީ ކޮބާ މިޝްކޮ” ޝިނާން ސުވާލުކޮށްލީ ރިމީޝާއާއެވެ. އިރުކޮޅަކުން ރިމީޝާ އެތެރެއަށް ގޮސް އައިރު ރިމީޝާގެ އަތްމަތީގައި މިޝްކު އިނެވެ. އަނގައަށް އެއް އިނގިލި ލައިގެން އިންއިރު މިޝްކުގެ މޫނުމަތިން ފެންނަމުން ދަނީ ބީރައްޓެހިކަމެވެ. ނަމަވެސް މިޝްކު ފެނުމާއެކު ނޫރާންގެ ދެލޯ ފުރިގެންއައެވެ. ރިމީޝާގެ އަތުން މިޝްކު ނަގައިގެން މުޅި މޫނާއި ކޮލުގައި ބޮސްދިނެވެ.

“އަޅުގަނޑުމެން ހުންނާނީ ކާން ހަދާފައި. ކޭންބައްލަވަން ވީނުންތޯ” އެއީ ގަދަރުވެރި ބައެއްކަން އެނގިހުރެ އަލްވީރާ ވާހަކަދެއްކުމުގައި އެންމެ މާތްގޮތް އިހްތިޔާރުކުރިއެވެ.

“ވަގުތެއްނެތް. ދަރިފުޅާ މިހަރު ދާންޖެހޭނެ. ޗެކިން ފަށަން އޮތީ އެންމެ ތިރީހަކަށް މިނިޓް” އަލްވީރާގެ އަށް ބަލާލުމެއްނެތި ނޫރާން ބަލާލީ ޝިނާން އާއި ވީ ދިމާލަށެވެ.

“އެކަމު… މަޑުކޮށްލަންވީނޫންތޯ. މިރޭ އަޅުގަނޑުގެ ވެޑިން…..” ރިމީޝާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ނޫރާން ސިންގާ ބެލުމަކުން ރިމީޝާއަށް ބަލާލުމުންނެވެ. ވަގުތުން ރިމީޝާ އިސްޖަހާލިއެވެ.

“ރިމީ. މަންމަމެން އައީ ގޭގައި މަޑުކުރާކަށް ނޫން. އެމީހުން އެ އުޅެނީ ފުރަން. މިޝްކޮ ވެސް ގޮވައިގެން” ރިމީޝާ ދެލޯ ބޮޑުވިއެވެ. ވަގުތުން ޝިނާން އަށް ބަލާލިއެވެ. ކުރިން ޝިނާން އެކަހަލަ ވާހަކައެއް ވެސް ދެއްކީއެއް ނޫނެވެ. މިޝްކުގެ ފޮށި ތައްޔާރުކުރަން އެބުނީ އެކޮޅަށް ފޮނުވާލަން ހެއްޔެވެ؟ ރިމީޝާ ހީކުރީ އޭނާ އާއި އެކު މިޝްކު އައްޔަދު ގެ ބަޔަށް ބަދަލުކުރަނީ ކަމަށެވެ.

“ނޫން… ޝިނާން…. މިޝްކު ނުދާނެ” ރިމީޝާ ކުރިއަށް ޖެހިލާ މިޝްކުގެ އަތުގައި ހިފާލިއެވެ.

“މިޝްކުއަކީ އަހަރެންގެ ހުރި ހަމައެކަނި މާމަ ދަރިފުޅު. އެކުއްޖާގެ މައްޗަށް ބާރު އަހަރެންނަށް ވެސް އޮވޭ. މިހުރިހާ ދުވަހު ޝިނާން އަހަރެންނާއި ދުރުން އެކުއްޖާ ގެންގުޅުނީ އަހަރެން ނުގަބޫލުގަ. ފަހަރެއްގައި ވެސް އަހަރެން ހިތް ގޯސްވެގެނެއް ނޫން” ނޫރާން އިއްވާލިއެވެ. ރޮމުންދިޔަ ރިމީޝާ ބަލާލީ ޝިނާން އަށެވެ. އާދޭސް ކުރާ ހާލުގައެވެ. ޝިނާން ބޭނުންނަމަ އަދިވެސް މިޝްކު ހިފެހެއްޓޭނެއެވެ.

“މަންމީ!!!” ރިމީޝާ ރޯތަން ފެނި މިޝްކުގެ ކުޑަކުޑަ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ރިމީޝާއަށް އަތް ދިއްކޮށްލައިގެން ހުރި މިޝްކުގެ އަތުގައި ހިފާލުމުގެ ކުރިން ނޫރާން މިޝްކު ގޮވައިގެން ދޮރުން ނިކުންނަން ހިނގައިގަތެވެ.

“ނޫން… ނުގެންދޭ…. މިޝްކޮ އާއި ނުލާ މަށަކަށް ނޫޅެވޭނެ… ދަރިފުޅާ!! މަންމި ދޫކޮށްލާފައި ނުދޭ…” މޮޔައެއްހެން ނޫރާން ފަހަތުން ދުވަމުން ދިޔަ ރިމީޝާ ކިޔަމުން ދިޔައެވެ. ” މަންމީ!! މިޝްކޮ ބޭނުމީ މަންމި… މިޝްކޮ ބޭނުމީ މަންމި…” ރޮމުން ދިޔަ މިޝްކު ވެސް ގޮވަމުން ދިޔައެވެ.

“ޝިނާން!!! މިޝްކު ފޮނުވާނުލާ…. އެއީ ބަލި ކުއްޖެއް. ކަމެއް ވެއްޖިއްޔާ ކިހިނެއް ހަދާނީ” ގޭތެރެއިން މިޝްކުގެ ފޮށި ހިފައިގެން ނިކުތް ޝިނާން ރިމީޝާއަށް ނުބަލަން ހުރީ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ދެލޮލުގެ ބޮނޑިތެރޭގައި ފިލާތިބި ކަރުނަތައް ދެންމެ ދެންމެ ތިރިއަށް ފުންމާލަން އުޅޭހެން ހުއްޓުމެއްނެތި އިންޒާރު ދެމުން ދިޔައެވެ. ދަރިއަކު ދެކެ މަޔަކު ވާނެ ލޯބި ޝިނާން އަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް އެގޮތަށް ޝިނާން ނިންމީ ރިމީޝާގެ އުފަލަށްޓަކައެވެ. އައްޔަދާއި ރިމީޝާގެ އުފާވެރި ހަޔާތަށް އެޅޭ ހުރަހަކަށް މިޝްކު ވުމަށް ނޭދޭތީއެވެ.

“ރިމީ!! ތިވަރަށް ނުރޮއެބަލަ. މިޝްކުގެ މާމައޭ އެއީ. އެހެންނޫނަސް ބަލިވެއްޖިއްޔާ އެތަނުން މާ ރަނގޅު ބޭސްފަރުވާ ކުރެވޭނެ. ފަހަރެއްގައި މާހައުލު ބަދަލުކޮށްލުމުން ވެސް މިޝްކުގެ ބައްޔަށް ޝިފާ ލިބިދާނެއްނު” ޝިނާން ލޯތްބާއެކު ވާހަކަދެއްކީ ހަލަބޮލިވެފައިވާ ރިމީޝާގެ ސިކުނޑިއަށް ވިސްނައިގަންނަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ.

“ނޫން… މިޝްކު އަށް ނޫޅެވޭނެ މަށާ ނުލާ. އަލުން ޝިނާންގެ މަންމައަށް ގޮވާ. އަހަރެންގެ ދަރިފުޅު ގެނެސްދީ. އެހެންނޫނީ އަހަރެން މޮޔަވެދާނެ” ރިމީޝާ ރޯތަން ބަލާކަށް ދުރުގައި ހުރި އަލްވީރާ އަކަށް ކެތެއް ނުވިއެވެ.

“ދަރިފުޅާ ކެތްކޮށްބަލަ. މިޝްކު ކޮންމެތަނެއްގައި ހުއްޓަސް ދަރިފުޅު ތީ އެކުއްޖާގެ މަންމަ ނޫން މީހަކަށް ނުވާނެއްނު. ކުޑަ ދުވަސްކޮޅަކުން އެނބުރި އައިސްދާނެ” އަލްވީރާގެ ގައިގާ ބައްދައިގަނެގެން ހުރި ރިމީޝާ ހުއްޓާނުލާ ރޮމުން ދިޔައެވެ. މީގެ އަހަރުތަކެއް ކުރިން އެއް ދަރި ވަނީ ރިމީޝާގެ އުނގުގައި އޮވެ މި ދުނިޔެއަށް އަލްވަދާއު ކިޔާފައެވެ. އެކަނިވެރިކަމުގައި ގަސްތައް އިންދަނިކޮށް އުނގުމައްޗަށް ވެއްޓުނު މަލެއް ފަދަ ލޯބިވާ ދެވަނަ ދަރިފުޅު އެއްވެސް ސިފައެއްގައި ލޯމަތިން އެންމެ ސިކުންތަކަށް ވެސް ގެއްލޭކަށް ރިމީޝާ ނޭދޭއެވެ. ހާއްސަކޮށް މިޝްކު ފަދަ މަންމައެއްގެ ހާއްސަ އެހީތެރިކަމެއް ބޭނުންވެފައިވާ ކުއްޖެކެވެ.

“ރިމީ!! އަވަހަށް ހަމަޖެހިލައިގެން މިރެއަށް ރެޑީވާން ދޭ. އަދި ބައިވަރު ކަންތައް ހުންނާނެއްނު. އަހަރެން ދަނީ. ކުޑަ ދުވަސްކޮޅަކު މިޝްކު ކައިރީގައި މަޑުކޮށްލާފައި އަންނާނީ” އަލްވީރާގެ މޭގައި ލައްވެލައިގެން ރޯލަރޯލާ ހުރި ރިމީޝާ ސިހިފައި ޝިނާން އަށް ބަލލިއެވެ. ޝިނާން ވެސް ދަނީ ހެއްޔެވެ؟ ބުނެވެސް ނުލައެވެ. ޝިނާން އޭނާ އާއި ދުރުއެވީ ހާދަ އަވަހަށެވެ.

“ޝިނާން ވެސް ތަ؟” ރޮވިފައި ރިމީޝާއަށް އަހާލެވުނެވެ. ޝިނާން ވަކި އެއްޗެއް ނުބުނެ އަނެއްފަރާތަށް އެނބުރުނެވެ. ރިމީޝާއަށް ކުރިމަތިލައިގެން ހުންނަން ވެއްޖެނަމަ އޭނާގެ ހިތް ބޭޒާރުވެދާނެއެވެ.

“ޝިނާން ދިޔަސް މިޝްކު ގެނެސްދީ. މިޝްކު އަށް އޭނާގެ މަންމަ އާއި ނުލާ ނޫޅެވޭނެ. އެއީ އަދި އެންމެ ހަތަރު އަހަރުގެ ކުޑަކުޑަ ކުއްޖެކޭ” ރިމީޝާ ބުނަމުން ދިޔައެވެ.

“ރިމީ ކައިރީގައި ކާކު ބުނީ މިޝްކު އުޅޭނީ މަންމަ އާއި ނުލައޭ” ޝިނާން ދެލޯ މަރާ ބާރުކޮށްލަމުން ބުނެލިއެވެ.

“މިޝްކު އެއީ އަހަރެންގެ ދަރިއެއް. އަހަރެން މިތާ ހުރެ މިޝްކު އެތަނުގައި ހުރީމަ މަންމަ ކައިރީގައި ހުރި ކަމަށްވޭތަ؟ އެކުއްޖާ އަހަރެންނަށް ބޭނުންވާނެ. މަންމައެއްގެ ލޯބި އެކުއްޖާ އަށް ދޭނީ ކާކު؟” ފުރަގަހަށް އެނބުރި ހުރި ޝިނާންގެ އަތުގައި ހިފާލަމުން ރިމީޝާ ބުނެލިއެވެ.

“ނޯޔާ. ނޯޔާ މަންމައެއްގެ ލޯބި ދޭނީ. މިޝްކު އެއްކޮށް ރިމީ އާއި ދުރުވީއެއްނޫން. ނޯޔާ އާއި އަހަރެން އިންނަން އުޅޭ އިރު މިޝްކު ވެސް ހޭނެންޖެހޭނު. އެވެސް މިޝްކު ގެ މަންމައަކަށްނު ވާނީ” ރިމީޝާ ދޭނެ ޖަވާބެއް ވެސް ނުބަލާ ޝިނާން ސައިކަލުގައި ކުރިއަށް ދުއްވާލިއެވެ. ރިމީޝާ ހުރި ތަނަށް ގަނޑުވެފައި ހުއްޓެވެ. އަދިވެސް ޝިނާން ބުނި ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބުދެއްހެން ގާވެފައި ހުރި ރިމީޝާގެ އަތުގައި ހިފައިގެން އަލްވީރާ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރުވެސް ރިމީޝާގެ ނަފްސަށް ވަނީ ފުން ހަމަހިމެންކަމެއް ވެރިވެފައެވެ. ރިމީޝާ އެނދުގައި ބޭންދުމަށްފަހު އަލްވީރާ އުޅުނީ ފިނި ފެންތައްޓެއް ރިމީޝާއަށް ދިނުމަށެވެ. ނަމަވެސް އަލްވީރާ ސިހިގެން ދިޔައީ އަލްވީރާގެ ބަނޑާއި ހަމައިން ބައްދާލައިގެން އިން ރިމީޝާގެ ރުއިމުގެ އަޑުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޝީން(ތިރީސްވަނަ ބައި)

Next

ތަޤްދީރު (27)

Next
April 3, 2018

ތަޤްދީރު (27)

Previews
April 3, 2018

ޝީން(ތިރީސްވަނަ ބައި)

19 Comments!

  1. Ushaali says:
    April 3, 2018 at 5:00 pm

    salaam all 🙂 mi bai ves huriha kudhinnah kamudhaane kamah heekuran. kiyaalaafa mistake eh iniyya fahaga kolla dhinun edhen. vahaka kuriah dhaa varakah kiyuntheringe hithugai ufedhifaivaa suvaalu thakuge javaabu madun madun libemudhaane 🙂 huriha kameh eh fahara engumun vahakaige shauguverikan gellunynu dhw…. ehenve laslahun engeynee…. 🙂 🙂 next part maadhama genesdheynan. insha allah 🙂

  2. Fai says:
    April 3, 2018 at 5:43 pm

    Vaahaka v Reethi haadha deraeydho sinaan misk govaigen dho dani rimy aAi sinaan gulhuvabala ahyadhu rimy aa nugulhuvaathi
    Next part inthizaarukuran
    Lovely USHAALI????????????????????????❤❤❤❤

    1. Ushaali says:
      April 3, 2018 at 6:26 pm

      thankyu Fai 🙂 maadhama. insha allah 🙂

  3. Nu Xu says:
    April 3, 2018 at 5:48 pm

    Wow ushaa… Mi part vx vvvv loabi… Avahah up kohdheythy thnkx… ??? v loabi stry eh miee… Bst of luck… Next part mi part ah vure intrst vaanekamah ummeedhu kuran… ☺☺☺☺☺ lotx of luv….

    1. Ushaali says:
      April 3, 2018 at 6:28 pm

      thankyou Nu Xu 🙂

  4. The truth says:
    April 3, 2018 at 5:58 pm

    Dhn varah foohi mi vaagoi.hamaeh nujehey. Mishk hyvey ae ayyadhuge dhariekey ves vaahaka aissa inna gothun. Bodu olhin bolhun gandeh hen.adhi e rimeesha, well I don’t hate a lead character this much. She is so selfish. Mishk akee eynage dharieko loabiveyo ekm ekujjaa ge ufalah ekujjage bappaya eky ulhen try ves nukuri. Dhera dhyfa dhiya myhakaa innan e ulheny, ushaali ge enme vai story

    1. Ushaali says:
      April 3, 2018 at 6:33 pm

      alhey dheravehjje 🙁 sorry The truth…. mishku akee ayyadh ge dhari akah v nama vahaka hama nujeheyne. vahakai mihaaru mi inee 8 years ah fas vefa. mishku ah 4 years. ehen v ma visnaaliyas engey dhw evaru. laoibaky kamu ehchekey myhun bunany ehenve. mishku ge ufalah eyna shinan ihthiyaaru nukury eyna ah kuda dhuvahun feshigen ayyadh dheke maa bodah loabi vevifa othyma. ekamu vahaka mihaaru hadiyas adhi the truth varah kiyaa hithun kiyaa hisaabah ves dhaane 🙂 :-)…. and thankyou so much thihaa foohivegen hure ves mi bai kiyaali kamahttakai.:-)

  5. ren says:
    April 3, 2018 at 6:25 pm

    Hama rovijje…Shinan and rimee gulhuvabala…Ayyadh kamaku nudhey…V foohi ehn ve

    1. Ushaali says:
      April 3, 2018 at 6:35 pm

      thankyou ren 🙂 fahun rangalhuvaane adhi

  6. Z says:
    April 3, 2018 at 7:10 pm

    Rovije shinaan and rimy gulhuvabala mishk kihine mom aa nulaaulheyni

  7. Zee says:
    April 3, 2018 at 7:16 pm

    Vvvvvvvv Salhi

  8. lotus says:
    April 3, 2018 at 7:16 pm

    OMG!!! alhey… kihine mivanee??? When next part

  9. Shann says:
    April 3, 2018 at 7:51 pm

    Ahaan,ushaa kihineh thihedhy… Alhe rimee ves haadha madunney ehury eynage kid eh gendhiyairu… I akah hama gaimuves ehaa madunneh nuhureveyne… Dhen shinaan ves dhw… Kihinehtha ekanthah kury… Alhe rimee kaiveni nukuraane nama dhw… Ehaa kudakuda kuhjaku gendhiyaeema anehka ekanthahgandu thereyga rimee ah kaiveni kuran kereynebaa?? E hithah kehvaanebaa

  10. aisha says:
    April 3, 2018 at 9:05 pm

    vv rythi.reethikamun hee v v kuruhen vaahak

  11. Friends says:
    April 3, 2018 at 10:47 pm

    What ? heyo vex nuvaane dhw ehen kuda kuhjeh mom aa vakikuran.haadha rahum kuda ey dhw.hey dear mihaaru kuda kon eba olhun filaa eba ingey.eh dhari maru viy dhw.stry hama vvv reethi.thikuraa hihvarah saabass ingey.waiting 4 nw part.nw part maadhama kihaa irakun up vaany dear.V salaam..??

  12. Reader says:
    April 3, 2018 at 11:56 pm

    Mi zamaanuge aadha meehegge beyrufushuge soora reethi vegen emeehaku dheke loabi vevun hageegathuga e eekee hageegee loaibeh noon meehege ethereyge reethikamah balan vee emeehegge alhulaagah ehenmeehunah alhaalaa min varah. Mi vaahakaiga Thi rimeeshaa thee ehfaharu meehakaa hedhi dheevaana vegen gos landu libifa huri anheneh. Anekkaa eulheny hama emeehaku athun dhevana faharah e aniyaa liben keekey mee mizamaanu ulhey gina anhen kudhinge aadha. Ekahala kudhinnah landu libenyvess ehen. So anyways story hama varah habeys. Waiting for next part on tommorow. Avahah up kohdheythee thanks. ???

  13. seema says:
    April 4, 2018 at 9:48 am

    ayyadhu and rimeesha gulhuvaathi plssss

  14. Abdulla says:
    April 4, 2018 at 12:44 pm

    Kiuntherin beynungothah liyanvejjiyya vaahaka liyaakah neygeyne… ekaku beynunva gothah liyefa anekaku beynunva gothah nuliyeveyne… writer beynunva gothah kuriah dhiyaima vaahaka reethi vaany… v reethi mi baives…

  15. Beauty says:
    April 5, 2018 at 11:53 pm

    ???

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 11←


All Right Reserved!