“ދަރިފުޅާ ވިކީ!!! މި އެންމެން މިކިޔަނީ ކީކޭ. މަންމަގެ ހިތެއް ޤަބޫލެއް ނުކުރޭ ދައްތަމެން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް” މައިސަރާ ކައިރީގައި އިށިން ވިކްޔަންގެ އަތުގައި ހިފާ ތަޅުވާލަމުން މައިސަރާ ބުނެލިއެވެ. “މަންމާ!! އަޅުގަނޑަށް ވެސް ޤަބޫލުކުރަން ދަތިވި. އެކަމަކު އެއީ ހަޤީޤަތް. އަޅުގަނޑަށް މީގެ ދެތިން ދުވަސް ކުރިން އެނގިއްޖެ” ވިކްޔަން މައިސަރާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. މައިސަރާ ދެލޯ ބޮޑުކޮށްމުން ވިކްޔަން އަށް ބަލާލިއެވެ. ވިކްޔަން އަށް ކުރިން […]
“ދޮންބޭ!!! ޕޮލިސް” މައިސަރާ އަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ފުލުހުން އަންނާނީ ކޮންމެސް ބޮޑުކަމެއް ދިމާވުމުން ކަން މައިސަރާ އަށް އެނގޭއެވެ. ދުވެފައި ގޮސް ބެލްކަނިން ބޭރު ބަލާލީރު ފުލުހުން ފިރޯޒާ އުޅޭ ބަޔަށް ވަންނަނީއެވެ. ހެޑްފޯނު އަޅައިގެން އިނުމުން މަހާ ބުނި އެއްޗެއް ސާފުނުވެ އިން ވިކްޔަން ކޮޅަށްތެދުވީ މައިސަރާ ދުވެފައި ބެލްކަންޔަށް ނިކުތް މަންޒަރު ފެނުމުންނެވެ. ************************************************ ހެޑްފޯން ކަންފަތާއި ދުރުކޮށްލަމުން ވިކްޔަން ވެސް މައިސަރާ އާއި ގާތުގައި ހުއްޓުމަށްފަހު ބޭރަށް ބަލާލީ ވެގެން […]
ރަޔާހީނާއި ރަމްލާ އަމިއްލަ ވާހަކަތަކެއްގައި ތިބިިއިރު ފީރޯޒާ އާއި އިރުފާން ލޮލާއި ލޮލުން ދައްކަމުން ދިޔަ ވާހަކަ އެދެމީހުންނަކަށް ރޭކާއެއް ނުލައެވެ. އިރުފާނަށް ވުރެ ދުވަސްވެ ގައި ބާރު ދޫވެފައިވާ ފީރޯޒާ މާހުޝިޔާރެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި ވަރުގަދަ މާޖަހާ ވާސް ނަގާ ރަޔާހީން ބޮލުގައި އަޅުވާލީ ފަހުން ނިކުންނާނެ ނަތީޖާއަކަށް ވިސްނާ ނުލައެވެ. ރަޔާހީންގެ އަނގައިން ‘މަންމާ’ މިލަފްޒު ނިކުމެ ވޭނުން ފުރިގެންވީ އަޑަކުން ރޮއެގަތެވެ. ރަމްލާ ވަގުތުން އޭނާގެ ބޮލުގައި އޮތް […]
“ކީކޭ! އަހަރެން ހަމަ ޚައިރާންވެއްޖެ. ވިކްޔަން ކޮން ވައްތަރަށް ތިއުޅެނީ. ދެމީހުން ރައްޓެހިވެގެން އުޅެފަ އެގުޅުން ކައިވެންޏާއި ހަމައަށް ދިޔަ ފަހުންތަ ލޯބިނުވާކަން އެނގުނީ. ވިކްޔަން އަށް ތިހެން ބުނެލަން ފަސޭހަޔަސް ވިސްނާލިންތަ އަނކާގެ ހިތް ކަން ހަލާކު އެކުރެވުނީ” މައިސަރާ ހިތްހަމނުޖެހިފައި ވާހަކަދެއްކިއެވެ. އަޑުގައި ހަރުކަށި ކަމެއް ވިޔަސް ވާހަކަދެއްކީ މަޑުންނެވެ. “މަންމާޤ ސޮރީ. އަޅުގަނޑު ނިހާ އާއި ރައްޓެހި ނުވަން. އަޅުގަނޑަށް މަންމަ އަށް މިކަން ސިއްރުކުރެވުނީ. އަޅުގަނޑު ޑްރާމާއެއް ކުޅުނީ ހީން ކުރިމަތީގައި. […]
ގޭތެރެއަށް ވަދެގެން އައި ރަޔާހީން ފެނުމުން ސޯފާގައި އިރުފާން ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމަށްފަހު ދެން ބަލާލީ ރަޔާހީންގެ ިމޫނަށެވެ. އޭރު ރަޔާހީން ސޯފާ އާއި ހަމައަށް އައިސް ހުއްޓިލަނީއެވެ. “ހީން ތަނަކަށް ދާއިރު މިހާރު ބުނެލުމެއް ވެސް ނޯވޭތަ؟ ގައިމުން މިހާރު އެގާރަ ޖަހަނީ ވިއްޔާ” ހިތްހަމަނުޖެހިފައި ހުއްޓަސް އިރުފާން ވާހަކަދެއްކީ ވަރަށް މަޑުމައިތިރި ކޮށެވެ. “އަހަރެން ދާހާ ތަނަކާއި ކުރާހާ ކަމެއް އިރޭ ބަލަން ޖެހޭތަ؟ އަހަރެންނަށް ކުޑަކުޑަ މިނިވަންކަމެއް […]
“ރަމްލާ ދޯ” މައިސަރާގެ އަޑުން ރަމްލާ ދިޔައީ އެއްލިގެންންނެވެ. ލަސްލަހުން އެނބުރިލީ އެއީ މައިސަރާ ކަން އެނގިގެނެއް ނޫނެވެ. ނަމަވެސް ކުރިމަތީގައި ހުރި މައިސަރާ ފެނުމުން ރަމްލާގެ މޭ ކެކިގަތެވެ. ދެފަރާތް ހޯދާލެވުނީ މައިސަރާ އާއި އެކީގައި ފީރޯޒާ ވެސް ހުރި ކަމަށެވެ. “ހާދަ ސިއްރުން. އެނގިއްޖެތަ މީ ކާކު ކަން” ސަލާމަށް އަތް ދިއްކޮށްލަމުން މައިސަރާ އަހާލިއެވެ. ރަމްލާ ވެސް ސަލާންކޮށްލަމުން މައިސަރާގެ ބުރަކަށީގައި ފިރުމާލީ އޭނާ އަށް ކާކުކަން އެނގިއްޖޭ ބުނަމުންނެވެެ. “ދުނިޔޭގަ އެބައުޅެންދޯ. […]
ދޮރު އެތެރެއަށް ހުޅުވާލުމާއެކު މައިސަރާގެ ނޭފަތުގައި އައިސް ޖެހުނީ ލުއިލުއި މީރު ވަހެކެވެ. އަނދިރިކަން ވެރިވެފައިވާ ކޮަޓަރި ތެރެއަށް ވަދެލުމަށްފަހު މައިސަރާ ފާރު ކައިރިއަށް ގޮސް ލައިޓްތައް ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދުކުލައިގެ ގަދަ އައްޔަކުން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން މައިސަރާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ ހަތަރުފާރަށް ވަކިވަކިން ބަލާލެވުނެވެ. އެނދުމަތީގައި އެންމެ ރުލެއް ވެސް ނެތް އިރު ކޮޓަރި ހުރީ ފޮޅާ ސާފުވެސް ކޮށްފައެވެ. ޑްރެސިންގ ޓޭބަލް މަތީގައި އަޅާފައިވާ […]
ރަޔާހީނަށް ބަލަން ދޮރުމަތީގައި ވިކްޔަން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އިރުކޮޅަކުން ދުރަށް ބަލާލަމުން ވިކްޔަން އޭނާގެ ދެކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓުވާލުމުން ރަޔާހީނަށް މޭގައި އަތްއަޅާ ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. “މަރިޔަންދައްތަަ ގޭގައި ހުރިތޯ ބަލާލީ މަންމަ ބުނެގެން” ވިކްޔަން ރަމްލާ އަށް ބަލާލަމުން ބުނެލިއެވެ. އެއަށްފަހު ކުޑަކޮށް ހީލުމަށްފަހު އަލުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ރަޔާހީނާއި ރަމްލާ އަލުން އުނދޯލީގައި އިށީނެވެ. “ދައްތައަށް އެނގޭ ދަރިފުޅުގެ ހިތުގައި އެސޮރާއި […]
ރޭގަނޑު އެކުވެރި ނަދާ އާއި އެކުގައި ބޭރަށްދާން ރަޔާހީން ތައްޔާރުވަމުން ދިޔައެވެ. ތުންފަތުގައި ލިޕްސްޓިކް ހާކާލީ އެންމެފަހު ކަމަކަށެވެ. ފާޚާނާއިގާ އުޅުނު އިރުފާން ކައިރީގައި އަހާލާކަށް ވެސް އޭނާ ބޭނުމެއް ނުވިއެވެ. ނަދާ އާއި ރަޔާހީން ބައްދަލުކުރީ އެގޭ މަގު ހުންނަ ފިހާރަ ކަންމަތިންނެވެ. “ނަދޫ އަށް ހަމަ ޔަޤީންތަ އޭނަ ހެލްޕް ވާނެ ކަން” ރަޔާހީން ނަދާ އާއި އެކުގައި މަގު ހުރަސްކޮށް އަނެއް ފަރާތަށް އަރަމުން އަހާލިއެވެ. “އާއެނކޭ… ލޫކް އެއީ އަހަރެންގެ ދޮންތަ […]