Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….13

Ushaali Level 810 Stories100 Comments100 Stories500 Comments
April 10, 2018 8 Mins Read
23 Comments

“އަދި އެއްވާހަކަ. ރިމީ ރުހުނަސް ނުރުހުނަސް ޖަނާން ބޭނުންވި ކޮންމެ ހިނދެއްގައި އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ޖަނާން ވާނެ. މައްސަލައެއް އޮތް ނަމަ ހަމަ މަރުހަބާ… ދާންވީ…..” އައްޔަދު އެންމެފަހު ބަސް އިއްވާލުމަށްފަހު ކޮޓަރި އަށް ވަދެގެން ދިޔައެވެ. ރިމީޝާ އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ރޮމުން ދިޔައީ ބޭރުން އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. ކަރުނައިން ބަރާވެފައިވި ދެލޮލުން އައްޔަދު ގޮސް އެނދަށް އަރާ އޮށޯތް މަންޒަރު ފެނުނެވެ. ރިމީޝާގެ ހިތް ހީވަނީ ފިސްފިސްވެ އެތިކޮޅުތަކަށް ފައިބަނީ ހެންނެވެ. ބައެއް ފިރިހެނުން އެހާ ރަހުމު ކުޑައީ ކީއްވެގެން ހެއްޔެވެ؟ އަންހެނުންގެ އިޙުސާސްތައް އެބައި މީހުންގެ ކުރިމަތީގައި އެއްޗަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ލޯބިނުވާ މީހަކާ އިނދެވުނީމާ އެވީ ހިތު ހުރި ގޮތެއް ހަދަން ހެއްޔެވެ؟ އަނެއްމީހާގެ މޭތެރޭގައި ވެސް ވިންދު ޖަހަމުން އެދަނީ ހިތެއް ނޫން ހެއްޔެވެ؟
“]ޕްލީޒް އަޔާ… އަހަރެންނަށް ތިހެން ނަހަދާ.. އަހަރެން އަޔާ ދެކޭ ހާދަ ލޯތްބެއް ވަމޭ…. އަހަރެން ބާކީ ނުކުރޭ. އަޔާ ގެ ހަޔާތަށް އިތުރު އަންހެނަކު ގެންނާކަށް އަހަރެން ކުޑަކޮށް ވެސް ބޭނުމެއްނޫން. އަދި އަހަރެން އަޔާގެ ހަޔާތުން ދުރަށް ދާކަށް ވެސް ބޭނުމެއްނޫން. އަހަރެން ވަރިނުކުރޭ… އަޔާ ލޯބިނުވާކަން އެނގޭ….. އެކަމަކު ލޯބިނުވިޔަސް ފިރުމާލަދީ… ހަމަ އެންމެފަހަރަކު ލޯބިނުވިޔަސް ފިރުމާލަދީ… ހެޔޮނުވާނެ….” ރިމީޝާ ހިތާއި ހިތުން އައްޔަދާއި ޝަކުވާ ކުރަމުން އާދޭސް ކުރަމުން ދިޔައެވެ. ޖަހަމުން ދިޔަ ހިމަ ފޮދު ވާރޭ ބޯކޮށްލިއިރު ވެސް ރިމީޝާ ހަމަ އެފިވަޅުމަތީގައި އެތަނުގައި ހުއްޓެވެ. އަރާމު ތަންމަތީގައި އޮތް އައްޔަދަށް އެކަން އެނގޭ އިރު ވެސް އެންމެ ފަހަރަކު ވެސް ރިމީޝާއަށް ބަލާނުލައެވެ. މާދަމާ ޖަނާން ބައްްދަލުކުރަން އެއްބަސް ވުމުން އެކަމުގެ އުފަލުގައި އޭނާގެ ހިތާއި ސިކުނޑީގައި ހަމައެކަނި އެނބުރެމުން ދަނީ ޖަނާންގެ ހިޔާލް ތަކެވެ.

ހެނދުނު ޒާއިރާ ކޮޓަރިއަށް ވަނީ ރިމީޝާގެ އެއްވެސް ހަބަރެއް ނުވުމުންނެވެ. އެހެން ދުވަސްތަކުގައި ރިމީޝާ އަކީ ފަތިސްނަމާދަށް ފަހު އެންމެ ކުރިން ބަދިގޭ އުނދުން ކައިރިން ޖާގަ ހޯދާ ކުއްޖަކަށް ވާތީ ވީ ގޮތެއް ބަލާލުމަށެވެ. އެނދުގައި ކުރު ގެޅިގެން އޮތް ރިމީޝާ ފެނުމުން ޒާއިރާގެ ފިޔަވަޅުތަކަށް ބާރުލާ އެނދާއި ކައިރިވެލިއެވެ. ނަސީބަކުން އައިކު ވެސް އަދި ނުހޭލައެވެ.
“ރިމީ!!!…” ރިމީޝާ އާއި ކައިރިވެލުމަށްފަހު ޒާއިރާ ގޮވާލިއެވެ. އަދި މޫނުގައި އަތް ޖައްސާލިއެވެ. މީހެއްގެ ބީހުން އިހުސާސްވެ ރިމީޝާއަށް ދެލޯ ހުޅުވާ ބަލާލެވުނެވެ. ރިމީޝާގެ ރަތްވެ ދުޅަވެފައިވާ ދެލޮލާއި ރަތްވެ ދުޅަވެފައިވާ ނޭފަތް ފެނުމުން ޒާއިރާ އަށް ރިމީޝާ ބަލިކަން ޔަގީންވިއެވެ.
“މާތްކަލާކޮ… ވަރަށް ހުންގަދަ…..” ރިމީޝާގެ މަގަތުން އިށީންނަމުން ޒާއިރާ ބުނެލިއެވެ.
“ރޯގާ ޖެހުނީ” މަޑުމަޑުން ރިމީޝާ ބުނެލިއެވެ.
“އެބަ އެނގޭ ރޯގާ ޖެހިފަކަން ވަރަށް ރަނގަޅަށް. އަޑު ވެސް ނެތެއްނު. އަދިވެސް ޝަނުމް އާއި ދެމީހުން ރޭގަނޑު ވިއްޔާ ފިނިކޮށް ކޮފީ ހަދައިގެން ބޮއެލާ އެނގޭ. އޭރުން ވަރަށް ރަނގަޅުވާނެ. އާނ އެހެންޏަ ތިމާ މެންނަކަށް ނޭގޭ ވިއްޔާ ތިމާމެންގެ ފެންވަރެއް. ޝަނުމް ވެސް ކޮލެޖަށް ނުދާތީ އެކޮޓަރިއަށް ވަދެ ބަލާލިއިރު އޮތީ ހަމަ ތިހާލުގަ. އެކަމަކު ތިހާ ހުމެއް ގަދައެއް ނޫން” އިރުވަރުން ޒާއިރާގެ އަނގަ ހިލިގަތެވެ. ރިމީޝާ އަށް ކުޑަކޮށް ހެވެން ވެސް ހެވުނެވެ.
“ތެދުވޭ އެއްޗެއް ކައިގެން ބޭސްކާން. އަޔާ ހޮސްޕިޓަލަށް ދިޔައީ ދޯ ރިމީ ތިހާލުގަ އޮށްވަ ވެސް.. ސާބަސް އެސޮރަށް ވެސް…..” ޒާއިރާ ބުނެލިއެވެ.
“ނޫން… އަޔާ ބުނި ހޮސްޕިޓަލަށް ދާން. އެކަމަކު އަޅުގަނޑު ދެކޮޅުހެދީ. އަޅުގަނޑު ބުނީ ފަހުންނޭ ދާނީ އަދި މިވަރުން ބޭސް ކައިގެން ރަނގަޅުވާނޭ” ރިމީޝާ އަވަސް އަވަހަށް އައްޔަދު ދިފާއު ކުރިއެވެ.
“އެހެންވީމަ އާދޭ ގައިދޮވެލައިގެން… ނަސީބެއްނުން އައިކު އަދި ނުހޭލާކަން ވެސް. އެސޮރު ނިދާފައި އޮތީމަ ރިމީ އަށް ވެސް ތިހާ އަރާމުގަ ތި އޮވެވެނީ.. އަވަހޭ ދޯ ރިމީ އާއި އޮޅުވިލެއް” ޒާއިރާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ.

ދުވާލުގެ ގިނަ ވަގުތު ވިސްނާ ފިކުރު ކުރުމުގައި ހޭދަ ކުރުމަށްފަހު ރިމީޝާ ނިންމީ އައްޔަދު ގެ ކައިރީގައި އާދޭސް ކޮށްގެން ވިޔަސް ޖަނާން އާއި އައްޔަދު ގުޅުން ބަދަހިކުރިޔަ ނުދިނުމަށެވެ. ރިމީޝާއަކީ އައްޔަދުގެ އަނބިމީހާ އަށް ވާއިރު އެވަރުގެ ހައްގެއް ރިމީޝާ އަށް ނުލިބުން އެއީ ރަނގަޅު ގޮތެއް ނޫނެވެ.
ކޮޓަރި ތެރޭގައި ހުރި ރިމީޝާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އިރުކޮޅަކާއި ފާހާނާ ދޮރާއި ދިމާލަށް ބަލާލައެވެ. ހީވާގޮތުން ފާހާނާއިގާ އުޅޭ އައްޔަދު ނިކުންނާނެ އިރަކަށް އިންތިޒާރުކުރަނީ ކަންނޭނގެއެވެ. ހަވީރާއި ހަމައަށް އައިރު ރިމީޝާގެ ހުންގަނޑު ވަނީ އެއްކޮށް ވިހެލާފައެވެ. މުޅިން ވެސް ޒާއިރާގެ މޮޅު ކަމެވެ.
ފާހާނާ އިން ނިކުތް އައްޔަދަށް ރިމީޝާ ފެންކަމަކަށް ވެސް ނުވިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ސްޕްރޭ މުޅި ގަޔަށް ޖަހާލިއެވެ. އަދި ވަކިން ހުރި ސެންޓް ފުޅިއަކުން ދެކަންފަތް ކައިރިއަށް ވަކިން ޖަހާލިއެވެ. ބޮލުގައި ޖެލް ހާކާލުމަށްފަހު އަލަމާރި ކައިރިއަށް ޖެހިލިއެވެ. އުނުގައި އޮތް ތުވާލި ނައްޓުވާލަން އުޅެފައި ވެސް ރިމީޝާ ބަލަން ހުރި ކަން އެނގުމުން ޖިންސު ހިފައިގެން ވަނީ އަލުން ފާހާނާ އަށެވެ. އިރުކޮޅަކުން ތުވާލި ގެންގޮސް ހަރުގައި އަޅުވާލުމަށްފަހު ކޮނޑުގައި އަޅުވާފައި އިން އަޅި ކުލައިގެ ޑިޒައިން ޖެހި އަތްކުރު ޓީޝާޓް ބޮލުން ވައްޓާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“އަޔާ ވާހަކައެއް ދައްކާލަން ބޭނުން” ރިމީޝާ ހިތްވަރުކޮށްފައި ބުނެލިއެވެ.
“ބުނޭ. ވަގުތެއްނެތް. މިހާރު ޖަނާން އިންތިޒާރުކުރާނެ” ފަރުވާކުޑަ ގޮތަކަށް ރިމީޝާއަށް ބަލާވެސްނުލާ އައްޔަދު ބުނެލިއެވެ.
“މީ…. އަހަރެ… އަހަރެން…”
“އަވަސްކުރޭ” އަނެއްކާ ވެސް އިވުނީ އައްޔަދުގެ އަޑެވެ.
“އަނެއް…. އިށީނދެގެން ވާހަކަދެއްކިދާނެތަ؟” ރިމީޝާ މަޑުމަޑުން ބުނެލިއެވެ. ބޭނުމަކަށްވީ އައްޔަދުގެ ވަގުތަށް ހުރަސް އެޅުމެވެ. އައްޔަދު ރުޅިއައިސްފައިވާ ހާލު ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ އިސްޖަހާލީ އައްޔަދުގެ ދެލޮލުން އޭނާއަށްޓަކައި ނަފްރަތު ދުށުމަށް ބޭނުންނުވާތީއެވެ.
“ބުނޭ” އެނދުގައި އިށީންނަމުން އައްޔަދު ބުނެލިއެވެ. އައްޔަދަށް ނޭނގޭނެހެން ރިމީޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެހާ ހިތްހަމަނުޖެހި ހުރެފައި ވިޔަސް ރިމީޝާ ބުނި ބުނުމަކަށްޓަކައި އިށީނުމުން އުފާވިއެވެ.
“އަހަރެން ބުނަން އުޅުނީ… އަސްލު…”
“ބުނަން ރިމީޝާ…. މިހާރު އަހަންނަށް ހީވާން ފަށައިފި އަހަރެންގެ ވަގުތު ބޭކާރުކުރަން ރިމީޝާ އެބަ އުޅެޔޭ. ދެން އެންމެ ރަނގަޅުވާނީ ތިދައްކަން އުޅެ ވާހަކައެއް އަމިއްލަ ނަފްސަށް ކިޔާދިނުމަށްފަހު އަމިއްލަ އަށް ހައްލު ހޯދިއްޔާ” އައްޔަދު ހިތްހަމަނުޖެހިފައި ކޮޓަރިން ނިކުމެގެން ދިޔައިރު ވެސް ރިމީޝާ އަށް ކުރެވުނުހާ ވެސް ކަމަކީ ބަލަހައްޓައިގެން ހުރުމެވެ. މިފަހަރު ވެސް އޭނާގެ ކޮޅަށް އިތުރުވީ ބޮޅެކެވެ. އައްޔަދަށް އެކެކެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ދުވަހަކީ ހުކުރު ދުވަހަށް ވުމާއެކު މަގުމަތީގައި ދެކޮޅަށް ދުއްވަމުންދާ އުޅަނދުތަކާއި އަދި ދެކޮޅަށް ހިނގާބިގާވެ އުޅޭ މީހުން ގިނަ ކަމަށް ދައްކައެވެ. ހެދިލައިގެން ތިބި އެކި އުމުރުފުރާގެ މީހުންނެވެ. އެހުރިހާ މީހުންތަކުން ރެކިގެން ވާހަކައިގާ ތިބެ ރަސްރަނި ބަގީޗާއަށް ވަދެގެން އެދިޔައީ ރިމީޝާ ، ޒޯހަލް އަދި ޝަނުމްއެވެ.
“މިއަންނަނީ….” ފޯނެއްގައި ހުރެ ޝަނުމް ރިމީޝާ ކައިރީގައި ބުނެލުމަށްފަހު އެތަނުން ގެއްލުނެވެ. ރިމީޝާއާއި ޒޯހަލް ބެންޗެއްގައި ޖައްސާލިއެވެ. ރިމީޝާ އިނގިލީ ކުރީގައި ހިފައިގެން ކިރިޔާ ފިޔަވަޅު އަޅަމުން ދިޔަ އައިކު ވެސް ބަގީޗާ ތެރޭގައި އުޅެ ކުދިބޮޑުމީހުން ފެނި ދިމަދިމާ ހޯދަމުން ދިޔައެވެ. ވަކިން ހުރި ހިލަ ގޮނޑިއެއްގައި ދެމީހުން ވެސް އިށީނދެލީ ކުޑަކޮށް ވާހަކަދައްކާލުމުގެ ބޭނުމުގައެވެ.
“އަސްލުތަ. އަލްހަމްދުލިއްލާހް އެހެންވިއްޔާ” ޒޯހަލް އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން ރިމީޝާއަށް ބަލާލިއެވެ. އޭރު ރިމީޝާ ދަބަހުން ނެގި ކުޑަ ފެންފުޅިއެއް އައިކުގެ އަނގައިގާ ޖައްސާލައިގެން އެއަށް ބަލަން އިނެވެ. ޒޯހަލް ރިމީޝާ އަށް އެދިނީ ޒޯހަލް މާބަނޑުވި ހަބަރެވެ.
“އަޅެ ތިސޮރު މިތަނަށް ދޫކޮށްލަބާ މަޖާކޮށްލަން” ޒޯހަލް ބުނެލިއެވެ.
“ނޫން. މީ މީހެއްގެ އަމާނާތެއް. މިއަށް ކަމެއް ވެއްޖިއްޔާ މިހާރަށް ވުރެ ވެސް ބޮޑަށް މަގޭ ދެކެ ރުޅިއަންނާނީ” ރިމީޝާ ބުނެލިއެވެ.
“އޭނ. އެކަމު ދެންމއެއްނު ތިބުނީ ހީކުރި ވަރަށް ވުރެ ވެސް ތިމަންނައަށް އަހޫ ރަނގަޅޭ. ކުރިން ރުޅި އަޔަސް މިހާރު ރުޅި ނާދެޔޭ” ޒޯހަލް ރިމީޝާއަށް ބަލާލަމުން ބުނެލިއެވެ ރިމީޝާއަށް ކުޑަކޮށް ސިހުން ލިބުނަސް މޫނުމަތިން އަވަހަށް އެކަން ފޮރުވާލިއެވެ.
“ހެހެހެ… ދެން ޒޯ ވެސް…. ދެން އޭގެ މާނައަކީ އަޔާ އަބަދު އިންނަނީ މަގޭ ގައިގަ ފިރުމާށޭތަ އަޅެފަހެ…. އައިކުގެ ކަމެއްގަ އަހަރެން ފަރުވާކުޑަ ވިއްޔާ ބައެއްފަހަރު ހިތްހަމަނުޖެހިގެން އެވާހަކަދައްކާ” ރިމީޝާ އަވަސް އަވަހަށް ދުލަށް އެންމެ އަވަހަށް ޖުމްލަތައް އައިގޮތަށް ތަރުތީބު ކޮށްލިއެވެ.
“ނޭނގޭނެއްނު… ރިމީ މަށަށް ކަމެއް ސިއްރު ނުކުރައްޗެ” ފާޑަކަށް ޒޯހަލް ބުނެލިއެވެ.
“ދެން… އާނ ނުކުރާނަމޭ…. އަނ. މިސޮރު ހިފާބަލަ. މަ މިއަންނަނީ ޝައްނު ކޮބާތޯ ބަލާފަ. އެވެސް މަގޭ ބޮލުގައި މިވަގުތަށް އެޅިފައިވާ ޒިއްމާއެއް” ޒޯހަލްގެ އަތަށް އައިކު ލުމަށްފަހު ރިމީޝާ ހިނގައިގަތެވެ. ޝަނުމް ހޯދަމުން ނިކުންނަ ގޭޓާއި ހަމައަށް ދިޔައިރު ވެސް ޝަނުމް ލައިގެން ހުރި ކުލައެއްގެ ހެދުމެއް ވެސް ރިމީޝާއަށް ނުފެނުނެވެ. ދުރުގައި ހުރި ފިހާރައަކުން ފިނި ފެންފުޅިއެއް ގަނެލަން މަގު ހުރަސްކުރި ރިމީޝާ ޖެހުނީ އެ ފިހާރައަށް ވަންނަން އައި އަންހެންކުއްޖެއް ގައިގައެވެ. އެވަގުތު އެއީ ރިމީޝާ ފެންފުޅި ކަނޑައިގެން އަނގަ އާއި ދިމާލަށް ގެންދިޔަ ވަގުތެވެ. ކޮންމެވެސް ސަބަބަކާ ހުރެ ފެންފުޅިން ފެންތައް ރިމީޝާގެ ހެދުމާއި އެއްކޮށް ކުރިމަތީގައި ހުރި އަންހެންކުއްޖާ ގަޔަށް ވެސް ކޮންމެސް ވަރަކަށް ބުރައިގެން ދިޔައެވެ.
“ކަނުތަ؟” ރިމީޝާ މާފަށް އެދެން އަނގަ ހުޅުވާލި ވަގުތު އިވިގެން ދިޔައެވެ. ރިމީޝާ އިސްއުފުލާ ރީއްޗަށް އެކުއްޖާ އަށް ބަލާލިއެވެ. އަދި ފިހާރައަށް ވަނުމަށް އެހެން މީހުންނަށް ދަތި ނުވާނޭހެން ސައިޑަކަށް ޖެހިލިއެވެ. ކަރުބޮޑު ރަތްކުލައިގެ ޓޮޕް ކޮޅަކާއި އެކު ކުޑަ ނޫކުލައިގެ ޖީންސް ސޯޓްބުރިއެއްގައި ހުރި އަންހެންކުއްޖާގެ ބުޅިނޫން އިސްތަށިގަނޑު އަރަނީ ކޮނޑާއި ހަމައަށެވެ. އާދަޔާހިލާފު ދޮންކަމެއް ލިބިފައިވާ އެކުއްޖާ ބަލާބެލުމަށް އެހާ ހިކި ކަމަށް ވެސް ނުދައްކައެވެ. އެހެންކަމުން އެހާ ދޮން ކުއްޖަކު އެހާ ނިވާކަން ކުޑަ ގޮތަކަށް ހުރެ ހަށިގަނޑުގައި ފޮރުވިފައި ހުންނަންޖެހޭ ބައިތަކުގައި ހުރި މަސްތައް ކޮންމެސް ވަރަކަށް ފެންނަން ހުރުމުން އައިބު ކަމެއް ހުއްޓެވެ. ރިމީޝާ ވެސް ލަދުން އަވަހަށް އިސް އޮބާލިއެވެ.
“ސޮރީ… އަޅުގަނޑު ގަސްދަކުނޫން” ރިމީޝާ އަވަސް އަވަހަށް ބުނެލިއެވެ.
“ތީ ތިއެއްޗެހިންގެ ފާޑު. ދެލޯ ހުއްޓަސް ނުފެންނާނެ. އަދިވެސް ބަލަން ހުންނަނީތަ؟ އަން މި ޓިޝޫ އިން އަހަރެން ގަޔަށް ތިބުރުވާލި ފެންތައް ސާފުކުރޭ” ރިމީޝާ ހޯދަމުން އައިކު އުރާލައިގެން ހުރެ އެތަނަށް އައި ޒޯހަލް އަށް ހަމަ ރަނގަޅަށް އެކުއްޖާ ބުނި ޖުމްލަ އަޑު އިވުނެވެ.
“ގަމާރު. އަޑުއިވިއްޖެތަ؟” އެކުއްޖާގެެ އަޑުން މިފަހަރު ރިމީޝާ ސިހުނެވެ.
“މީ ކާކުތަ އޮރިޔާމުން ހުރެ މި ހަޅެއްލަވަނީ” ޒޯހަލް ހަމަޖެހިލާފައި ބުނެލިއެވެ.
“ޝަޓްއަޕް” އަންހެންކުއްޖާ ބުނެލިއެވެ. ޒޯހަލް އަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން އެކުއްޖާ ބުނެލިއެވެ.
“އޭތް…. ދައްކަބަލަ މަގޭ އަތަށް ފޮހެދޭނަން. އަން ރިމީ މިސޮރު ގައިގަ ހިފާ” ކުރިއަށް ޖެހިލި ޒޯހަލް ރިމީޝާ އަތަށް އައިކު ދެމުން އަނެއް އަތުން ރިމީޝާގެ އެއް އަތުގައި އޮތް ފިނި ފެންފުޅި ނަގާ ބާކީ ހުރި ފެންފޮދު އަންހެންކުއްޖާގެ ކަރުވަޅާއި ދިމާކޮށް އަޅާލިއެވެ. ފެންތައް ފިނިކަމުން ކަންނޭނގެއެވެ. އަންހެންކުއްޖާ ސިހިގެން ދިޔަ ވަގުތު ހަށިގަނޑަށް ލޮޅުމެއް އައެވެ.
ރިމީޝާއަށް ހެވުނެވެ. އަންހެންކުއްޖާ އަށް ފިނިވެގެން ތެޅިގަތް މަންޒަރު ފެނުމުން ޒޯހަލް ވެސް ބާރަކަށް ހިނިގަނޑެއް ޖަހާލިއެވެ. ރިމީޝާ ޒޯހަލް އަށް ދެލޯ އަޅާލީ މަގުމަތީގައި އެހާ ބާރަށް ހޭންފެށުމުންނެވެ. ޒޯހަލް ރިމީޝާއަށް ބަލާލަމުން އެއްލޯ މަރާލި ގޮތުން އެއީ ފޭކް ހިނިގަނޑެއްކަން ރިމީޝާއަށް އެނގުނެވެ. އެހެންކަމުން ރިމީޝާއަށް އިތުރަށް ހެވުނެވެ.
“ވަޓް ދަ….” އަންހެންކުއްޖާ ރުޅިއައިސް ރަތްވެފައި ޒޯހަލް އަށް ބަލާލިއެވެ.
“ކޮން ވަޓް ދައެއް” ޒޯހަލް އަނގައަށް ގޮތެއް ހަދާލަމުން ރާގުލާފައި ބުނެލިއެވެ.
“ކިހިނެއްވީ ބޭބް” އަންހެންކުއްޖާ ކައިރިއަށް އައިސް ހުއްޓުނު އާދައިގެ އިސްކޮޅޭއްގެ ވެރި ފިރިހެން ކުއްޖަކު ބުނެލިއެވެ.
“ފިއްޓެ ބަލާބަ މިތިބަ ދެ ގަމާރު އަންހެނުން ކުރި ކަމެއް” ރިމީޝާއާއި ޒޯހަލް އަށް އިނގިލިން އިޝާރާތް ކުރަމުން އަންހެންކުއްޖާ ބުނެލިއެވެ. ފިއްޓެ ބަލާލުމާއެކު ރިމީޝާ އިސްޖަހާލިއެވެ. ނަމަވެސް ޒޯހަލް ހަމަ ގޮތުގަ އުނަގަނޑުގައި އަތް ޖައްސާލައިގެން ބަލަން ހުއްޓެވެ.
“މިހިރަ ބިސް އަންހެނާ… އަހަރެން ކަލޭ…..” ޒޯހަލް އާއި ދިމާލަށް ރުޅިވެރި ދެލޯ އަމާޒުކޮށްލަމުން އަންހެންކުއޖާ އަންނަން ފެށިއެވެ.
“އޭތްް ޖާން… ހަމަޖެހިބަލަ…” ޖަނާންގެ އަތުގައި ހިފާ ހުއްޓުވަމުން ފިއްޓެ ބުނެލިއެވެ.
“މާ ތާހިރުވާނެ އެންމެ ފުރަތަމަ ތިމާގެ އޮރިޔާން ނިވާކުރާނެ ގޮތެއް ވިސްނާފިއްޔާ. ދޭބަލަ އެހެރީ ފޮތި ވިއްކާ ތަނެއް ކަންނޭނގެ. ގޮސް ހައެއްކަ ފޮތިގަނޑު ގައިގަ އޮޅާ. އެއަށްފަހު އަހަރެމެންނާ ހަމައަށް އާދޭ” ޒޯހަލް އިނގިލިން ފުށްޓައްކެއް ޖަހާލަމުން ގަދަވެފައި ބުނެލިއެވެ. ރިމީޝާގެ އަތުގައި ޒޯހަލް ހިފާ ކުރިއަށް އަންނަން ބުނުމުން ރިމީޝާ އެނބުރިލި ވަގުތު ކޮނޑުމަތީގައި ނިދާފައި އޮތް އައިކު ޖަނާން އަށް ފެނުނެވެ. އެތުއްތު މައުސޫމް މޫނަށް ބަލަން އިރުކޮޅަކު ޖަނާން ހުއްޓެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ރުޅިން ޒޯހަލް އާއި ރިމީޝާއަށް ދެލޯ އަޅާލިއެވެ.

ކަލަންޑަރުން ގަނޑުތައް ހަލުވި ކަމާއެކު ފަހަތަށް އުކެމުން ދެއެވެ. އެތައް ބައެއްގެ ހަޔާތް ބަދަލު ކުރަމުންނެވެ. ފަހަތަށް ނިއުޅެމުންދާ ދުވަސްތަކުން ދިމާވެފައިވާ ހިތްދަތި ފިލާވަޅުތަކުން ޢިބްރަތް ލިބިގަންނަމުން އެއްބަޔަކު ދޭއެވެ. އެތަނުން އެކަކަކީ ރިމީޝާއެވެ. އައްޔަދާއި އިން ފަހުން އެއް އަހަރު ފާއިތުވެގެން ދިޔައިރު އަދި ވެސް ރިމީޝާއަށް ވަނީ އައްޔަދުގެ ކުރިމަތީގައި ފެއިލް ވެފައެވެ. އައްޔަދުގެ ލޯބި ކާމިޔާބު ކުރުމުގައި ރިމީޝާ ވަނީ ނާކާމިޔާބް ވެފައެވެ. ލިބިފައިވާ ހިތްދަތިކަން ގާތް ހުރިހާ މީހުންގެ ކުރިމަތީގައި ރިމީޝާ އަންނަނީ ސިއްރުކުރަމުންނެވެ. ސިއްރުނުވީ ރިމީޝާ ދެކެ ހިތާއި ފުރާނައިން ލޯބިވާ ޝިނާން އަށެވެ. ރިމީޝާ ދުލުން ނުބުނި ކަމުގައި ވިޔަސް ރިމީޝާގެ މޫނުމައްޗަށް އަރާ ފައިބާ ހުރިހާ ކުލަތަކެއް ޝިނާން ވަނީ ކިޔަވާފައެވެ. މިވީ ދުވަސްތަކުގައި ޖަނާން އާއި އައްޔަދު ގާތްވެފައި ވަނީ ދުވަހަކު ވެސް ވަކިނުކުރެވޭ ވަރަށެވެ. ޖަނާންގެ ފަރާތުން އައްޔަދަށް ލޯބި ނުލިބުނަސް ފޯނުން ގުޅީމާ ވާހަކަދައްކާ ހަދާތީ އައްޔަދު އުފާވޭއެވެ. ދަރިފުޅާ ބައްދަލުކުރަން ޖަނާން ދެކޮޅު ހެދިޔަސް އައްޔަދާއި ބައްދަލުކޮށް ހަދާތީ އެކަމާއި ވެސް އައްޔަދު އުފާވޭއެވެ. އައްޔަދު މިހާރު ވިސްނަނީ އޭނާގެ ހަޔާތުން ރިމީޝާ ދުރަށްލާނެ ގޮތަކާއެވެ. ނަމަވެސް ރިމީޝާ ވެފައިވަނީ އައްޔަދު ހީކުރި ވަރަށްވުރެ ވެސް ހިތްވރުގަދަ އަންހެނަކަށެވެ.

ރިމީޝާ އަށް ޖަނާން އަކީ އެދުވަހު ފިހާރަ ތެރެއިން އެހާ ހަޑި ހުތުރު ބަހުން ވާހަކަދެއްކި ކުއްޖާ ކަން އެނގުނު ދުވަހު ދެރަވިއެވެ. ރިމީޝާ އަށް ވުރެ މާބޮޑަށް ވެސް ބޭރުފުށުން ޖަނާން ރީތިކަން ގަބޫލުކުރެވުނެވެ. އެހުރިހާ ވާހަކަތަކެއް ރިމީޝާ އައްޔަދަށް ކިޔާދިނެވެ. ނަމަވެސް ރުހުމުގެ ލޮލަކަށް އައިބު ފެންނާނެ ހެއްޔެވެ؟ އައްޔަދު ކުރިމަތީގައި މިފަހަކަށް އައިސް ޖަނާނަކީ ހަމަ ތެދަށް ހުރި އަލިފެކެވެ.

ބަދިގޭގައި ކައްކަން އުޅުނު ރިމީޝާ މޭޒުމައްޗަށް ކާން ހަދަމުން ދިޔައެވެ. ކޮލެޖަށް ދާން ނިކުތް ޝަނުމް އަށް ގޮވާލުމަށްފަހު ކައިގެން ދާން ރިމީޝާ އެދުނެވެ. ސިޓިންގްރޫމުގައި ހުރި ޓީވީން ބޭބީ ޓީވީ ބަލަން އިން އައިކު ހީލާ އަޑު އިރުކޮޅަކާއި އިވިއިވި ހުއްޓެވެ. އައްޔަދު ހޮސްޕިޓަލުން ގެއަށް އަދި ނާދޭއެވެ.
“ޒާއްތަ ދިޔައިމަ ރިމީ އަށް ވަރަށް ބުރަ ދޯ” ޝަނުމް ކުޅިމަސް ކޮޅެއް ތައްޓަށް އަޅާލަމުން ބުނެލިއެވެ.
“ނޫން. މިގެއަކީ މާ ބައިވަރު ކަމެއް އޮންނަ ގެއެއް ނޫނެއްނު” ހަލުވި ކަމާއެކު ބަދިގޭގައި އުޅުނު ރިމީޝާ ބުނެލިއެވެ.
“އަސްލު ޒާއްތަގެ ދަރިފުޅު އެއީ ވަރަށް ބޯހަރު ސޮރެއް. ބައެއްފަހަރު ވަރަށް ރުޅިގަދަވާނެ. އެހެންވެހެން ހީވަނީ ބޮޑަށް ޒާއްތަ ދާން އެ އުޅުނީ” ޝަނުމް ކަމުން ވާހަކަދައްކަމުން ދިޔައެވެ.
ރިމީޝާ ތަށިތަކަށް ކާއެއްޗެހި އަޅާ މަތިޖަހަމުން ދިޔައެވެ. ކޮޓަރިއަށް ވަދެ ކުޑަ ބުރުގާ ކޮޅެއް އަޅާލައިގެން ތަށިތައް ހިފައިގެން ނިކުމެ ލިފްޓަށް އެރިއެވެ. އަދި ޝިނާންގެ ބައި ހުޅުވާލުމަށްފަހު ބަދިގެ އަށް ވަދެ ޝިނާން އަންނަން ވާއިރަށް ކާން ހަދާލިއެވެ. ޝިނާން އެނބުރި އައި ފަހުން އަބަދުވެސް ރިމީޝާ ކައްކަނީ ޝިނާން އާއި އެކުގައެވެ. އެގޮތަށް ޝިނާން އެއްބަސް ނުވިޔަސް ރިމީޝާ އަމިއްލަ ހިތަށް ފެނިގެން ކައްކަދެނީއެވެ.
ދޮރުން ނިކުންނަން ދިޔަ ރިމީޝާ ހުއްޓިލީ މިޝްކުގެ ކޮޓަރި ކައިރީގައެވެ. ދޮރު ހުޅުވާލުމަށްފަހު ލައިޓްތައް ޖައްސާލިއެވެ. މުޅި ކޮޓަރި ތެރެއިން ރިމީޝާއަށް ފެންނަމުން ދިޔައީ ހީނހީފައި މަޖާކުރަމުން ދިޔަ މިޝްކުއެވެ. އިސާހިތަކު ރިމީޝާއަށް ވެސް ހެވުނެވެ. ކޮޓަރި ތެރޭގައި މިޝްކު ބޭނުންކޮށްފައި ހުރި ކޮންމެ އެއްޗެއްގައި ރިމީޝާ އަތް ހާކަމުން ދިޔައެވެ. އެކުއްޖާ ލޮލަށް ނުފެންނަތާ އަހަރަކަށް ވުތެ ގިނަ ދުވަސްވީއެވެ. މިހާރު ހުންނާނީ ފަސް އަހަރު ވެފައެވެ. ރިމީޝާއަށް ރޮވެން ފެށުނެވެ. މިޝްކު ދެކިލުމަށް އެހިތް އެދި ގޮވަން ފެށިއެވެ.
“ދަރިފުޅާ!!” ރިމީޝާގެ ދެތުންފަތް ދޭތެރެއިން ކުއްލިއަކަށް އިވިގެން ދިޔައީ ރޮވިފައިވާ އަޑެކެވެ. އޭނާ އަށް ހުރި ދިމާ ތިރީގައި އިށީނދެވުނެވެ. ސައިޑްކަބަޑް މަތީގައި ހިތެއްގެ ބައްޓަމަށްވާ ފްރޭމެއްގައި އިން މިޝްކުގެ ފޮޓޯގައި ރިމީޝާ ބޮސްދިނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ޝިނާން އަށް ހަމަ ރީއްޗަށް އެމަންޒަރު ފެންނަމުން ދިޔައެވެ. ދަރިއަކާއި މަޔަކު ދުރުކޮށްގެން އޭނާ އަށް ކުރެވުނީ ރަނގަޅުކަމެއް ނޫން ކަން އޭނާ އަށް އަބަދުވެސް އިހުސާސް ކުރެވެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކޮށް ވެސް އޭނާއަށް ވާން ނެތީއެވެ. މިޝްކު އައްޔަދުގެ ބަޔަށް ގެންގޮސްގެން ރިމީޝއަށް އުނދަގު ނުވިޔަސް އެބަލި ކުއްޖާ އަށް އައްޔަދުގެ ނަފްރަތު ލިބޭނީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ.
ހަށިގަނޑަށް ގެނައި ހަރަކާތަކުން ފަހަތަށް އެނބުރިލި ރިމީޝާއަށް ދޮރުމަތީގައި ހުރި ޝިނާން ފެނުމުން ހުއްޓުން އެރިއެވެ. އަވަހަށް އެކޮޓަރިން ނިކުންނަން އައި ރިމީޝާއަށް ތަން ދައްކަމުން ޝިނާން އެއްފަރާތް ވެލިއެވެ. ރިމީޝާ ރޯތަން ފެނި ޝިނާންގެ ހިތަށް ތަދުވެލިއެވެ. ތަންކޮޅަކަށް ދިޔުމަށްފަހު ރިމީޝާ ހުއްޓިލިއެވެ. ނަމަވެސް ނުއެއް އެނބުރެއެވެ.
“ކާން ތައްޔާރުކޮށްފައި ހުންނާނީ. ތަށިތައް ނަގަން ފަހުން އަންނާނަން” ރިމީޝާ ފިޔަވަޅެއް ކުރިއަށް އަޅާލިތަނާ ޝިނާން ރިމީޝާގެ އެއް އަތުގައި ހިފަހައްޓާލިއެވެ. އެހިތަށް ކެތްނުވީއެވެ.
“މަށަކީ މީހެއްގެ އަންބެއް. ތިގޮތަށް ހިލޭ ފިރިހެނަކު މަގޭ ހަށިގަނޑުގައި އަތްލާކަށް ބޭނުމެއްނޫން” ރިމީޝާ ބުނެލިއެވެ. މަޑުން ވާހަކަދެއްކިއަސް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ޝިނާން އެ އަތް މިނިވަން ކުރީ ހަމަ ކުއްލިއަކަށެވެ. ތެދެކެވެ. އޭނާ އެގޮތަށް ރިމީޝާގެ ގެ ހަށިގަނޑުގައި އިނގިލި ކުރި ވެސް ޖައްސައިގެން ނުވާނެއެވެ. ރިމީޝާއަކީ މީހެއްގެ ހައްގެކެވެ. އޭނާ އެކުރީ ފާފައެކެވެ. ތައުބާ ވާން ޖެހޭނެއެވެ.
“މާފްކުރޭ… ހުރިހާ ކަމަކަށް ވެސް” ދެރަވެފައި ޝިނާން ބުނެލިއެވެ.
“އަހަރެން ދުވަހަކުވެސް ޝިނާން އަށް މާފެއް ނުކުރާނަން. މަށާ މަގޭ ދަރިއާއި ދެތަން ކުރި އެއްވެސް އިންސާނަކަށް އަހަރެން މާފެއް ނުކުރާނަން. އެއީ މަގޭ މަންމަ ކަމުގައި ވިޔަސް ހެޔޮ. ޝިނާން އަހަރެންގެ މާފު ބޭނުންނަމަ މިޝްކު ގެނެސްދީ” ރިމީޝާ ބުނެލިއެވެ. އިތުރަށް ޝިނާން އަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރިމީޝާ އެބައިން ނިކުމެގެން ދިޔައެވެ.
މަރުވެފައިވާ މައްޔިތެއް ފަދައިން ޝިނާން ވަދެގެން ގޮސް ހުއްޓުނީ މިޝްކުގެ ކޮޓަރީ މެދުގައެވެ. ފަރާތް ފަރާތް ބަލާލީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ. މޫނު ދެފަރާތަށް ތަޅުވާލަމުން ދެލޮލުން ވެއްޓެން ތައްޔާރުވި ކަރތުނަތިކި ހިފަހައްޓާލިއެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ރިމީޝާގެ ދުރުކަން ޝިނާންގެ ހިތް ބަލައިނުގަތެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު ޝިނާން އަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތަޤްދީރު (30) ފަހުބައި

Next

ނޫރު (ފަންސާސްއަށްވަނަ ބައި – ދިގުކުރެވިފައި)

Next
April 11, 2018

ނޫރު (ފަންސާސްއަށްވަނަ ބައި – ދިގުކުރެވިފައި)

Previews
April 10, 2018

ތަޤްދީރު (30) ފަހުބައި

23 Comments!

  1. Ushaali says:
    April 10, 2018 at 10:43 pm

    Salaam all! Vahaka lasvi kamahttakai emme furathama ves maafah edhen. Bodudhaitha balivegen rashah dhaan jehuny. Miadhu male’ ai gothah mi up koh dhiny. Huriha kudhin ves maaf kuraane kamah heekuran.:-)
    Dhn in bai maafhama rey genesdheynan. Insha allah ?
    Huriha kudhinnah ves v baajjaveri reygandakah edhen❤❤❤

  2. Fathun says:
    April 10, 2018 at 10:55 pm

    Hama Rimysha ah vaan vi goi thi vany. Shinaan ves edhuny loabi nuviyas firumaaladheyn
    Ekam Rimysha aka ves nuvieh nun
    .V.beynun Janaan ragalhu vaan
    .Ayyadh kurin ehn hedhyma ves aharumen nama Shinaan kahala myhaku dhule nukuranan.. Rimysha hedhi gothun Mishk ges geluny

  3. ss says:
    April 10, 2018 at 10:56 pm

    varah reethi .

  4. ❤shi ? says:
    April 10, 2018 at 10:57 pm

    Me firstdhw. Vv v reethi

  5. Afaa says:
    April 10, 2018 at 11:21 pm

    Varah salhii ??

  6. shanhaa says:
    April 10, 2018 at 11:37 pm

    eykakah dhyrayeh dheefa anekakah ufaluga nulhyvyne bunani hama ragalhu vaahaka eh adhi rimeesha dhaany shinaan ge gaathah eyru on naani vaguthu faaithu vyfa kan nyge rimeesha ah vaani dhy meedhaa fyhi bulha lah veevaru

  7. Beauty says:
    April 10, 2018 at 11:42 pm

    Varah Reethi

  8. Marshmallow says:
    April 10, 2018 at 11:45 pm

    Alheyyy shinan varah dheravaane dho
    Rimy ah visnaidhyba

  9. Fai says:
    April 11, 2018 at 12:03 am

    Ushaali u are so great
    ???????❤❤??❣???????

  10. Swety says:
    April 11, 2018 at 12:27 am

    Alhey rimee dheyba sinaan kaari ah eyrun ayaa dhaane rimee hodhan….mi gehlinu mihinmu ecehkan visnigen

  11. ޝަމްވީލް says:
    April 11, 2018 at 8:08 am

    އުޝާލީ ވަރަށް ރީތި ވާހަކަ
    ur the best
    anehbayah inthizaar kuran

  12. fathimabathool says:
    April 11, 2018 at 8:32 am

    varah reethi mivaahaka

  13. Manadhoo beauty says:
    April 11, 2018 at 9:28 am

    Varah foohi vey. My comments are not published

  14. Saalim says:
    April 11, 2018 at 10:00 am

    V salhi.. waiting for next part

  15. lotus says:
    April 11, 2018 at 10:54 am

    V inthizaaru koffin mi story ah… v nice.. haadha heeveyey mi relation tha efuh mifusha jeheynehen adhi.. n mi ayaa mee kuda koh syko meehe tha? Egotha ulhey anhene fahathun dhuvan

  16. Manadhoo beauty says:
    April 11, 2018 at 11:25 am

    Thyga ayaage kon Kusheh othy. Ayaage evves kameh olhuvaeh nulaa. Rimeesha hurihaa eccheh sirru kuramun olhuvamun komme kamakun eyna beynun haa gothakah kanthah kuramun amilla edhumuga ulheny

  17. Zaha says:
    April 11, 2018 at 12:40 pm

    Moya moya rimeesha.. nnge kyhve kameh.. dheraeh vx nuvey eyna ah ehen vaathy… dheravaan ulhunas nuvey… shinan ah ehen hedhyma vrh foohi vey.. adhi vx ihsaas eh nuve ehnu shinan kihaa rangalhu kan.. thy knkahala loabeh.. thy loabi kamaa medhu shakku…

  18. Reader says:
    April 11, 2018 at 4:26 pm

    Mi vaahaka feshifa inngothun heevanee ayyadhu aa rimeeshaa henn enme fahun gulheynee. But ekan egothah vaakah ehgothakas beynumeh noon. Shinaan maa rangalhu rimeeshaa aa gulhen. Eii hama bathaleh

  19. Ushaali says:
    April 11, 2018 at 4:48 pm

    rimesha dheke rulhi anna kudhin haadha gina ey dhw…. 😀 fahun emmen loabivaane rimee dheke balahche…. comment kolli huriha kudhinnah varah bodah shukuriyyaa… 🙂 🙂

  20. naanee says:
    April 11, 2018 at 5:01 pm

    ragalhu.. rimeesha ah vaan vee goii.. amilla dhari dhurah dhaan jehunee amilla endhun bodu veema… bali bali kujja dhurah funuvaafa meehehge dhari balannn….

  21. Manadhoo beauty says:
    April 11, 2018 at 7:46 pm

    Kobaaaaaaaa mirey

  22. lotus says:
    April 11, 2018 at 8:01 pm

    Nxt part mirey up vaane tha.. kiyaa hivvaale bodu kamun hama ahaalee

  23. Abdulla says:
    April 11, 2018 at 9:11 pm

    Janaan ah ragalhu filaavalheh dheebala… islaam dheenuga nahy kuravvaafa va kanthah kura kujjeh…

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ…. 14←


All Right Reserved!