Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ…. 15

Ushaali Level 710 Stories100 Comments100 Stories500 Comments
April 12, 2018 8 Mins Read
40 Comments

 

 

“އާހް…މަންމާ!! ތަދުވެޔޭ…” ރިމީޝާއަށް ރޮއެގަތް އަޑަށް މޭޒުކައިރީގައި ކާން އިން ޝަނުމް ބޯދިއްކޯށްލާފައި ބަލާލިއެވެ. އޭރު ފެނުނު މަންޒަރަކުން ޝަނުމް އަށް އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ދުވެފައި ރިމީޝާއާއި ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ.

 

“ދޮންބޭ!!! ތީ ކޮންކަމެއް؟” ޝަނުމް އަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

“މަންމާ!!” އައްޔަދު ރިމީޝާގެ އިސްތަށިގަނޑު އަތަށް އޮޅާލައިގެން ލައްކެއްޖަހާ ކޮންމެފަހަރަކު ރިމީޝާއަށް މަންމަ އަށް ގޮވާލެވޭއެވެ. ފަހަރަކު މީހަކު މޫނަށް ބަލަން އިން އައިކު ތުންކޮޅު ފިއްތާލުމަށްފަހު ބާރަށް ރޮއެގަތެވެ. ޝަނުމް އަވަސް އަވަހަށް އައިކު ނެގުމަށްފަހު ބައްދާލިއެވެ. އަދި އަނެއް އަތުން އައްޔަދުގެ އަތުގައި ހިފާ ރިމީޝާގެ އިސްތަށިގަނޑުން ދޫކުރުމަށް ކިޔަމުން ދިޔައެވެ.

“އަޔާ!! ހެޔޮނުވާނެ މަށަށް ތަދުވެޔޭ” ރިމީޝާ ރޮމުން ގިސްލަމުން ބުނެލިއެވެ. އޭރުވެސް ކެނޑިނޭޅި އައިކު ރޯ އަޑު މުޅި ގޭގައި ހިފާލާފައި ހުއްޓެވެ.

“ކޮންތަދެއް. މަށަށް ވެސް ތަދުވިޔޭ… ކީކޭ ހިތަށް އަރައިގެން ޖާން އަށް އެގޮތަށް ޖަވާބުދިނީ…. ރިމީޝާ ނުޖެހޭތަ ޖާން ގުޅި ވާހަކަ މަ ކައިރީގައި ބުނާކަށް” އައްޔަދު ރިމީޝާ ބުރުވާލީ ޓީވީރެކް ބުޑަށެވެ. ރިމީޝާގެ އަތް ވިދުނު ގޮތަކުން ތަދެއް އެރިއެވެ.

“ދޮންބޭ” ޝަނުމް ދުވަހަކު ވެސް އައްޔަދަށް ނުގޮވާހާ ބާރަށް ގޮވާލިއެވެ. އެއްއަތުން އައިކު އުރާލައިގެން ހުރެ ޝަނުމް އަށް ރިމީޝާއާއި ދިމާލަށް ދުއްވައިގަނެވުނެވެ.

“ޝައްނު ދުރުގަހުރޭ…” އައްޔަދު ޝަނުމްގެ އެއް އަތުގައި ހިފާ ދުރުކޮށްލިއެވެ. ފުދޭ ވަރަކަށް ބާރަށެވެ. ޝަނުމް އައްޔަދަށް ބަލާލީ ރޮވިފައެވެ.

“ނުހުންނާނަން.. ދޮންބެ ތިހުރީ މޮޔަވެފަތަ؟ ބަލަ ކޮންވައްތަރަށް ދޮންބެ ތިއުޅެނީ” ޝަނުމް އައްޔަދާއި ދިމާލަށް ދެލޯ އަޅާލައިގެން ހުރެ ހަޅޭއްލަވާ ގަތެވެ.

“ބުނެފީމެއްނު ޝައްނު ކައިރީގައި. އައިކު ގޮވައިގެން ހަމަމިހާރު ގޮސް ކޮޓަރިއަށް ވަދޭ” އައްޔަދު ޝަނުމް އަށް އެންގިއެވެ.

“ނުދާނަން” ޝަނުމް ފާޅުގައި ބުނެލިއެވެ. ތިރީގައި އިނދަޖެހިފައި އޮތް ރިމީޝާއަށް އެހީވެދިނުމަށް ޝަނުމް ހުރީ އިންތިހާ އަށް ބޭނުންވެފައެވެ. ކުއްލިއަކަށް ޝަނުމް ސިހުނީ އައްޔަދު ޝަނުމްގެ އަތުގައި ހިފައިގެން ދަމަމުން ގެންގޮސް ކޮޓަރިއަށްލާ ބޭރުން ތަޅުލުމުންނެވެ. އޭރު އައިކު ރޯ އަޑުގެ އިތުރުން ޝަނުމް ދޮރުގައި ތަޅާ އަޑާއި އައްޔަދަށް ގޮވާއަޑު އިވިއިވި ހުއްޓެވެ.

“ޝުކުރުކޮށްބަލަ ކަލޭ އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނަން ފުރުސަތު ދިނީތީ” ރިމީޝާގެ އެއް އަތުގައި ހިފާ އުފުލާލަމުން އައްޔަދު ބުނެލިއެވެ.

“ކިތައް ފަހަރު ބުނީމަތަ އަޑު އިވޭނީ. އަހަރެން ކަލޭ ދެކެ ލޯބިނުވޭ. އަހަރެން ބޭނުމީ ޖާން. ޖާން ރަނގަޅުކުރެވޭނީ ވެސް އަހަރެންނަށް. އަހަރެން ނުބުނަމެއްނު މަ ބަލިވެ އުޅުނުއިރު މަށަށް ކަންތައް ކޮށްދޭން ކައިރީގައި އިންނާށޭ” އައްޔަދު ރުޅި އައިއްސާ ރިމީޝާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ބުނެލިއެވެ.

“އަހަރެންނަށް ތަދުވެޔޭ އަޔާ” ރިމީޝާ ރޮމުން ބުނަމުން ދިޔައެވެ.

“ހެވޭ ތަދުވިޔަސް. ކަލޭގެ ސަބަބުން ޖާން ރުޅިއައިސް ރޫޑްކޮށް ވާހަކަދެއްކީމަ މަށަށް ވެސް ތަދުވިޔޭ…” އައްޔަދު ރުޅިއާއެކު ބުނެލިއެވެ. އޭރު ކޮޓަރިން އިވެމުންދިޔަ ޝަނުމް ތަޅާ އަޑާއި އައިކުގެ ރުއިމުގެ އަޑު ވަނީ މުޅިން ކެނިޑިފައެވެ.

“ހެޔޮނުވާނެ އަޔާ!!!! ދޫކޮށްލާ…. އަހަރެން އެހެން ބުނީ އަޔާ ބަލިކޮށް އޮތީމަ. އަހަރެން މާފަށް އެދޭނަން ޖަނާން ގެ ކައިރިން” ރިމީޝާ ބުނެލިއެވެ.

“އާނ ކަލޭ ޖެހޭނީ މާފަށް އެދެން. އެކަމަކު ވެސް އިތުރަށް ކަލޭ މަގޭ އަންބެއްގެ ގޮތުގައި ނުބޭންދޭނެ. ވަރިކޮށްފަ ތިހުރީ. ކަލޭ ޖެހޭނީ މިގެއިން ދާން” އައްޔަދު ފަހު ބަސް އިއްވާލުމާއެކު ރިމީޝާއަށް ދެލޯ މަރާލެވުނެވެ.

“އަޔާ ހަމައިގަތަ ތިހުރީ. މީ ދެވަނަ ފަހަރު. ހަނދާނެއްނެތްތަ؟” ރިމީޝާ މަޑުމަޑުން ބުނެލިއެވެ. އައްޔަދު ރިމީޝާގެ އިސްތަށިގަނޑުން ދޫކޮށްލުމަށްފަހު އަނެއްފަރާތަށް އެނބުރުނެވެ. އަމިއްލަ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއިރު އަދިވެސް އޭނާގެ ނަފްސު ހަމައަކަށް ނޭޅޭއެވެ.

“އަހަރެން ބޭނުމެއްނޫން އިނދެގެން އުޅޭކަށް” އަލުން އެނބުރި ރިމީޝާ އަށް ދިމާލަށް ފަހު ބަސް އެއްލުމަށްފަހު އައްޔަދު އެތަނުން ދިޔުމުން ރިމީޝާ ހުރި ތަނަށް ތިރިވިއެވެ. ފުރަތަމަ ފަހަރަށް އައްޔަދު ވަރިކުރި ދުވަހާއި ބަލާފައި މިއަދު ރިމީޝާގެ ދެލޮލުން އެންމެ ކަރުނަތިއްކެއް ވެސް ނުވެއްޓޭއެވެ. ނަމަވެސް އޭނާގެ ނަފްސަށް ހިމޭންކަމެއް އައިސްފައިވާކަން ޔަގީނެވެ.

***********************************

އެދުވަހުގެ ބާކީ އޮތް ވަގުތުތަކާއި އެރެއާއި އެއްކޮށް މުޅި ގޭތެރެއަށް ވަނީ އާދަޔާހިލާފް ހިމޭންކަމެއް ވެރިވެފައެވެ. ރިމީޝާ ކޮޓަރިއަށް ވަނީ އިރުއޮށްސުނު ވަގުތު އައްޔަދު ރީތިވެލައިގެން ބޭރަށް ނިކުތުމުންނެވެ. ކޮޓަރީގައި ހިމޭންވެފައި އިން ރިމީޝާގެ މަރުވަމުން ދިޔަ ނަފްސު ހޭލައްވާލީ ބަންގީގެ އަޑު ކަންފަތަށް އިވުމުންނެވެ. ޗާބީ ދީފައިވާ ބުދެއްހެން ފާހާނާ އަށް ވަދެ ވުޟޫކޮށްގެން ނިކުމެ ނަމާދަށް އެރިއެވެ. މިފަހަރު ﷲ ގެ ހަޟްރަތުން ރިމީޝާ އެދުނީ ފިރިމީހާ އަށް ހެޔޮ ވިސްނުން ދެއްވުމަކަށް ނޫނެވެ. އޭނާ އަށް ކެތްތެރިކަން ދެއްވުމަށް އެދިއެވެ. މުސައްލަ އޮޅާލާފައި ދުރުގައި ބޭއްވުމަށްފަހު ރިމީޝާ ގޮސް ސޯފާގައި އިށީނދެލިއެވެ. އަތުގައި އޮތް ފޯން ވައިބްރޭޓްވާން ފެށީ އެގޮތަށް ރިމީޝާ ވިސްނުމެއްގައި އިންދައެވެ. އަރާފައިވާ ޝަނުމްގެ ނަން ފެނި ރިމީޝާ އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖެހިއެވެ.

“ރިމީ!! ރަނގަޅުތަ؟ ޕްލީޒް މިތަން ހުޅުވަދީބަ. އައިކު މިހާރު އޮންނާނީ ވަރަށް ބަނޑުހައިވެފަ. ރޮއެރޮއެފަ ނިދިއްޖެ މިހާރު” އެކޮޅުން ޝަނުމް ބުނެލި އަޑު ރިމީޝާއަށް އިވުނެވެ. ރިމީޝާ އަވަސް އަވަހަށް ކޮޓަރިތެރެ ފަރާތް ހޯދާލީ ތަޅުދަނޑިފަތި ފެންނަން އޮތްތޯއެވެ. ނަސީބަކުން ޑްރެސިންގްޓެބަލް މަތީގައި ތަޅުދަނޑިފަތި އޮތްތަން ރިމީޝާއަށް ފެނުނެވެ. އަވަހަށް އެ ހިފައިގެން ނިކުމެ އެކޮޓރީގެ ތަޅު ހުޅުވާލިއެވެ. ކުރިމަތީގައި ހިތާމައިގެ ތަސްވީރެއް ފަދައިން ހުއްޓި ހުރި ރިމީޝާ ފެނުމުން ޝަނުމް ކުއްލިއަކަށް ތެދުވެ އައި ގޮތަށް އައިސް ރިމީޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ރިމީޝާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“ހޭއި… ޝައްނު ކޮންއިރަކު ތިހާ ހިތްބަލިވީ…. ޝްޝްޝް….. އޭރުގަ ހިނގި އެއްވެސް ކަމަކާއި އަހަރެން ދެރައެއްނުވޭ… އެއްވެސް ތަނަކަށް ތަދެއްވެސް ނުވޭ” ޝަނުމްގެ ބޮލުގައި ފިރުމާލަމުން ރިމީޝާ ބުނެލިއެވެ. އަދި ރޮމުންދިޔަ ޝަނުމްގެ ދެލޯ ކައިރި ފޮހެދިނެވެ.

“އެއީ ޝައްނުގެ ދޮންބެއެއް ނޫން. ދޮންބެ އެހާ ރަހުމްކުޑައެއް ނުވާނެ. ދޮންބެ އަށް އެނގޭނީ ބަލި މީހުންނަށް ފަރުވާ ކުރަން. ފަރުވާ އަށް ބޭނުންވާ މީހުންނަށް އަނިޔާ ކުރަން ޝައްނުގެ ދޮންބެއަކަށް ނޭނގޭނެ” ޝަނުމް ގިސްލާފައި ރޮމުން ބުނަމުން ދިޔައެވެ. ހަގީގަތުގައި ވެސް އެފަދަ މަންޒަރެއް އައްޔަދުގެ ފަރާތުން ފެނުނީތީ ޝަނުމް ހުރީ އިންތިހާ އަށް ދެރަވެފައެވެ.

“އަޅާނުލާ. އެއީ އެވަރުގެ ކަމެއް ނޫން. ހިނގާ ދެކުދިން ނޫޑްލްސް ކައްކަން ދަމާ” ރިމީޝާ ލޯތްބާއެކު ބުނެލިއެވެ.

“މިއަދު މަންމަ ދުނިޔޭގައި ހުރިނަމަ….” ޝަނުމް އަށް ބުނެވުނެވެ.

“ޝްޝްޝް… ނަމަ ކިޔައިގެން އެއްޗެހި ބުނާކަށް ނުވާނެ. އެއި ގޯސްކަމެއް ދެން ނުބުނައްޗެ…” ރިމީޝާ ލޯބިން ޝަނުމް އަށް ވިސްނާދިނެވެ.

“ޝައްނުގެ ދޮންބެދައްތަ ތީ… މީގެ ފަހުން ޝައްނު ކިޔާނީ އެހެން. ހެޔޮދޯ…” ޝަނުމް ބުނެލިއެވެ. ރިމީޝާގެ ދެލޯ ފެންކަޅިވިއެވެ. އަވަސް އަވަހަށް ބޯޖަހާލަމުން ޝަނުމްގެ ނިތަށް ބޮސްދިނެވެ.

“ދޮންބެ އެއީ އަޅެ އިންސާނެއްތަ؟” އަނެއްކާ ވެސް ޝަނުމް އަށް ރޮވުނެވެ. އަދިވެސް އެއީ އޭނާގެ ދޮންބެކަން ގަބޫލުކުރަން ދަތިވަނީއެވެ.

“ދެން އެވާހަކަ ނުދައްކަމާ… އަޔާ އަކީ ގޯސްމީހެއް ނޫން. އޭނަ އެހެރީ ޖަނާން ދެކެ ވެވުނު ކަނު ލޯތްބެއްގެ ސަބަބުން ބަލިކަށިވެފައި. އަދި ވިސްނޭނެ” ރިމީޝާ ދުރު ބަލާލަމުން ބުނެލިއެވެ.

“ދޮންބެދައްތަ ދެން މިގެއިން ދާނީތަ؟” ޝަނުމް އަހާލިއެވެ.

“ތިބުނީ؟” ރިމީޝާ ޝަނުމް އަށް ބަލާލިއެވެ.

“މިބުނީ… ޝައްނު އަށް އަޑު އިވުނު ދޮންބެ ދެއްކި ހުރިހާ ވާހަކައެއް” ޝަނުމް އިސްޖަހާލަމުން ބުނެލިއެވެ.

“ދޮންބެދައްތަ ދާންޖެހޭނެ. މިހާރު ދޮޮންބެދައްތަ އަކީ އަޔާގެ އަންބެއްނޫން. ރަށަށް ފުރުން ހަޖަހެންދެން މަޑުކޮޮށްފަ ފުރާނީ. ޝައްނު އެއްވެސް މީހެއް ކައިރީގައި މި ވަރި އާއި ބެހޭ އެއްވެސް ވާހަކައެއް ނުދައްކައްޗެ. އޭރުން ދޮންބެ ބަދުނާމް ވާނީ” ރިމީޝާ ބުނެލިއެވެ. ޝަނުމް ބޯޖަހާލުމަށްފަހު ދެއަތުން ކަރުނަތައް ފޮހެލިއެވެ. ރިމީޝާގެ ހަށިގަނޑުގައި ބައްދައިގަތީ އޭނާ އަށް ރަނެއް މަލެއް ކަހަލަ ފަހަރިއެއް ދެއްވިކަމަށްޓަކައި އުފާ ކުރަމުންނެވެ.

*********************************

އެރެއެވެ. އައްޔަދު ގެއަށް އައިސް ވަނީ ރޭގަނޑު ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. އެންމެ ފުރަތަމަ ވެސް އައްޔަދު މިސްރާބު ޖެހީ ޝަނުމްގެ ކޮޓަރި އާއި ދިމާލަށެވެ. ޝަނުމްގެ ކޮޓަރީ ތަޅުގައި ދެފަހަރަކު ޖަހާލުމުން ވެސް ނުހުޅުވިިއެވެ. އައްޔަދު މަޑުމަޑުން އެކޮޓަރީ ތަޅުގައި ހިފާ އަނބުރާލުމާއެކު އެތެރެއަށް ދޮރު ހުޅުވުނެވެ. މޭޒު ކައިރީގައި ފިލާވަޅުތައް ހަދަން އިން ޝަނުމް އަށް އެތެރެއަށް ވަން އައްޔަދު ފެނުމުން އަޅާވެސް ނުލިއެވެ. އައްޔަދަށް ބަލާލެވުނީ ޝަނުމްގެ އެނދުގައި ނިދާފައި އޮތް އައިކު އަށެވެ. އައްޔަދު ގޮސް އެނަދަށް އަރާ އައިކު ނަގާ ބައްދާލާ ކޮލުގައި ބޮސްދިނެވެ. އެއަށްފަހު ޝަނުމް ކައިރިއަށް ގޮސް ޝަނުމްގެ ބޮލުގައި ފިރުމާލިއެވެ. ޝަނުމް ހިތްހަމަނުޖެހިފައި އައްޔަދުގެ އަތް ދުރަށް ހޫރާލިއެވެ.

“ދޮންބެ ދެކެ އަދިވެސް ހިތްހަމަނުޖެހިފަތަ؟” އައްޔަދު އަހާލިއެވެ. ޝަނުމް ވަކި ޖަވާބެއް ނުދޭއެވެ.

“ޝައްނު….” އައްޔަދު ޝަނުމް އަށް ގޮވާލިއެވެ. ޝަނުމްގެ ބޮލަށް އުނދަގުވެގެން ފޮތް ހިފައިގެން ގޮސް އެރީ އެނދަށެވެ.

“ޝައްނު. ވާހަކަނުދައްކާނަންތަ؟” އައްޔަދު ޝަނުމް ކައިރީގައި އިށީންނަމުން ބުނެލިއެވެ.

“ސޮރީ” އައްޔަދު ބުނެލިއެވެ. އެވަރުން ވެސް ޝަނުމް އަނގައިން ނުބުންޏެވެ.

“ޕްލީޒް… މާދަމާ ޓެސްޓް އެބައޮތް. އުނދަގު ނުކޮށްފާނަންތަ؟” ޝަނުމް ހަރުކަށިކަމާއެކު ބުނެލިއެވެ.

“ދޮންބެ ކިހިނެއް ދާނީ. ޝައްނު ރީތިކޮށް ހީލާފައި ވާހަކަދެއްކީމަ ދާނީ” އައްޔަދު ހީލާފައި އޭނާގެ ކޮޅު ގަދަކޮށްލިއެވެ.

“އެހެންވީމަ ހުރޭ….” ޝަނުމް ފޮތް ލައްޕާލުމަށްފަހު ކުއިލްޓް އައިކު އާއި އެކުގައި އަޅާލިއެވެ. އަދި އައްޔަދަށް ބަލާވެސްނުލާ އެއް އަތުން ބެޑްލައިޓްގެ އަލި ފަނޑުކޮށްލިއެވެ. އައްޔަދު އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޝަނުމްގެ ބޮލުގައި ފިރުމާލާފައި އެކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.

 

އައްޔަދު ގޮސް އަމިއްލަ ކޮޓަރިއަށް ވަންއިރު ރިމީޝާ ފޯނާ ކުޅެން ސޯފާގައި އޮތެވެ. އައްޔަދު ވަންކަން އެނގުމުން ރިމީޝާ ތެދުުވިއެވެ. ފޯނު ދުރުގައި ބާއްވަމުން ރިމީޝާ އައްޔަދަށް ބަލާލިއެވެ.

“ކާން ހަދާފައި ހުންނާނީ” ރިމީޝާ ބުނެލިއެވެ. އައްޔަދު ވަކި ޖަވާބެއް ނުދީ ގޮސް ވަނީ ފާހާނާއަށެވެ. ރިމީޝާއަށް ކުރިން ވެސް އައްޔަދު ނުކާނެކަން އެނގެއެވެ. ނަމަވެސް އޭނާ އެގޮތަށް ކަންތައްކުރީ އަލްވީރާ ދީފައިވާ ހެޔޮ ނަޞޭޙަތާއި އެއްގޮތަށެވެ.

ރިމީޝާ ބަދިގެއަށް ގޮސް ތަށިތައް ނަގާ ރިހަ އަށް ހޫނުކުރުމަށްފަހު ލައިޓްތައް ނިއްވާލާފައި ފެންފުޅިއެއް ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ. އޭރު އައްޔަދު ނިދަން ތައްޔާރުވަނީއެވެ. ރިމީޝާ ބަހެއް ނުބުނެ ސޯފާ ކައިރީގައި ހުރި ހުސް މޭޒުމަތީގައި ފެންފުޅި ބެހެއްޓުމަށްފަހު ކުޑަކޮށް އޮށޯވެލިއެވެ.

“ޝަނުމް ކައިރީގައި އެއްވެސް އެއްޗެއް ކިއިންތަ؟” އައްޔަދުގެ އަޑު ރިމީޝާގެ ކަންފަތަށް އިވުނު ހިނދު ދެލޯ މަރާލެވުނެވެ.

“ނުކިޔަން. އެކަމަކު އެދުވަހު މިގޭގައި ވީ ހުރިހާ ކަމެއް ޝައްނު އަށް އެނގޭ. އެއްޗެއް ނޭނގޭވަރު ކުޑަކުއްޖެއް ނޫން އެއީ. އޭނާ ދެކަންފަތް ހުރީ އަދި ސަލާމަތުން” ރިމީޝާ އޮތް ގޮތަށް އޮވެ ޖަވާބުދިނެވެ. ފަހުން އެއްވެސް އެއްޗެއް އައްޔަދު ނުބުނާތީ ރިމީޝާ ވެސް އެއާއި ގުޅުވައިގެން ވަކި އެއްޗެއް ނުބުނެއެވެ.

“އަންނަ ހުކުރު ދުވަހު ރަށަށް ދާން ފުރަން މިއުޅެނީ” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރިމީޝާ ބުނެލިއެވެ. އައްޔަދު ވެސް އެއްޗެއް ނުބުނެ ހިމޭންވިއެވެ.

“ފުރަންވަންދެން މީގެ ފަހުން އަނެއް ކޮޓަރިއަށް ބަދަލުވޭ” އައްޔަދު އިއްވާލިއެވެ.

“އިއްދައިގެ އިންނައިރު ވަރިކުރި މީހާގެ ކޮޓަރީގައި އުޅުން ވެސް އިއްދައިގެ އިންނަ އަންހެނާއަކަށް މަނައެއް ނޫން. ހަމަ ބުނެލީ. އެކަމު މިރޭ މިބަދަލުވީ އެކޮޓަރިއަށް” ރިމީޝާ ތެދުވެގެން ގޮސް ކޮޓަރީ ދޮރު ލައްޕާލިއެވެ. އައްޔަދަށް އޮތްތަނުން ތެދުވެވުނެވެ. ފުރަތަމަ ފަހަރަށް ޖެއްސުމަށް ބުނާ ކަހަލަ ގޮތަކަށް ރިމީޝާގެ ވާހަކަދެއްކުމުގެ ރާގު ހުރިގޮތުންނެވެ.

********************************

ދެހަފްތާ ފަހެވެ. ސިފައިންގެއިން އައިސް ވަން ޝިނާން ވަރުބަލިވެފައި ހުރި ވަރުން އިރުކޮޅަކު ސޯފާގައި ޖައްސާލައިގެން އިނެވެ. ރިމޯޓް ނަގާ ޓީވީ އޮންކޮށްލުމަށްފަހު ބަދިގެއަށް ވަދެ ފުރިޖު ހުޅުވާލައިގެން ފިނި ފެންފުޅިއެއް ނެގިއެވެ. މޭޒުމައްޗަށް ކާން ހަދާފައި ހުރުމުން އެއީ ނޯޔާގެ ކަމެއް ކަން ޝިނާން އަށް އެނގުނެވެ. މުޅިން ވެސް ޝިނާން އަށް މީރު ކާނާތަކެވެ. ނަމަވެސް އެތަކެތި ކައިގެން އޭނާގެ ބަނޑު ފުރުނަސް ހިތެއް ނުފުރެއެވެ. ފޫހިކަމާއެކު ޗޮކެއް ކަނޑާލާފައި ޝިނާން ފިނި ފެންފުޅިއެއް ހިފައިގެން ގޮސް އަލުން ސޯފާގައި އިށީނެވެ. ގަޑި ބަލާލިރު ރޭގަނޑު އަށެއް ޖަހަން އަދި ފަނަރަ ވަރަކަށް މިނިޓް ހުއްޓެވެ. މިރޭ މީ ޝިނާން ސަޕޯޓްކުރާ ޓީމް ކުޅޭ ރެއަށް ވާތީ މެޗަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ލައިގެން ހުރި ގަމީސް ބަދަލުކުރަން ކޮޓަރި އާއި ދިމާލަށް ދިޔައެވެ. ނޯޔާ ކޮބާތޯވެސް ބަލާނުލާ ޝިނާން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެވެސް ނޯޔާ ވަދެދާނެތީއެވެ. އަލަމާރި ކައިރީގައި ހުރެ ގަމީސް ބޭލުމަށްފަހު ޖީންސު ވެސް ދެފައިން ނައްޓާލިއެވެ. އެއަށްފަހު އެ ހިފައިގެން ގޮސް ފާހާނާއިގާ ހުރި ދާ ވަށިގަނޑަށް ލާން އެދިމާލަށް ހިނގައިގަތެވެ. ފާހާނާއިގެ ތަޅުގައި ހިފާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. ޝިނާން ދިޔައީ ސިހިގެންނެވެ. ހެއްދެވި ހާލަށް ފާހާނާ އިން ނިކުތް ނޯޔާގެ ހަށިގަނޑަށް ޝިނާން އަށް ބަލާލެވުނެވެ. ފިޔާތޮށި ކުލައިގެ މާތަކެއް ޖަހާފައިވާ ތުވާއްޔަކުން އިސްތަށިގަނޑުގައި އޮޅާލައިގެން ކޮޅަށް ހުރި ނޯޔާގެ ތުންފަތްމަތީގައިވީ ލަދުރަކި ހިނިތުންވުމެކެވެ. ގަޔަށް ހިފާލާފައި ހުރި ކުޑަ ބޮކްސާ ކޮޅުގައި ހުރި ޝިނާން އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އަތުގައި ބޮޑިކޮށްފައި އޮތް ޖީންސު އަވަސް އަވަހަށް ލިއެވެ. ނޯޔާ ހުރީ އޭނާ އަށް ފުރަގަސްދީގެން ހަރަކާތްތެރިވަމުން ދިޔަ ޝިނާން އަށް ބަލަން ހުއްޓިފައެވެ.

ޝިނާން ނޯޔާ އަށް ދެލޯ އަޅާލުމަށްފަހު އެކޮޓަރިން ނިކުމެގެން ގޮސް ސޯފާގައި އިށީން އިރު ރުޅި އައިސްގެން މީހާ ރޫރު އަޅައެވެ. އިރުކޮޅަކުން ފެނުނީ ނިވާކަން ކުޑަ ހެދުމަކާއި އެކު ނޯޔާ އައިސް ޝިނާންގެ ކުރިމަތީގައި ހުރި ގޮނޑީގައިި އިށީންތަނެވެ. އަނގައިން ލޯބީގެ ލަވައެއްގެ ރާގު އަޅުވާލައިގެން އިން ނޯޔާގެ ނަޒަރު ޝިނާން އަށް ހުއްޓިފައި ވިޔަސް ޝިނާންގެ ނަޒަރު ވަނީ ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗަށް ހުއްޓިފައެވެ.

“ހާދަ ހޮޓޭ ޝިނާން ހުސް ބޮކްސާ ކޮޅުގައި ހުންނަ އިރު” ޝިނާންގެ ސަމާލުކަން ނުލިބުމުން އެންމެފަހުން ނޯޔާ ބުނެލިއެވެ.

“ކީއްކުރަން އެކޮޓަރިއަށް ވަނީ ފެންވަރަން. މިގެއިން ނޯޔާ އަށް ކޮޓަރިއެއް ނުދެންތަ؟” ހިތްހަމަނުޖެހިފައި ޝިނާން ބުނެލިއެވެ. ނޯޔާ ހީލި އަޑު އިވުމުން ޝިނާން ނޯޔާ އަށް ބަލާލިއެވެ.

“ކިހިނެއްވީ؟ ޝިނާން ނޯޔާ އަށް ދެލޯ އަޅާލިއެވެ.

“ކޮބާ މައްސަލައަކީ؟ ޝިނާން އަހަރެން މިތަނަށް ގެނައީ އަންބެއްގެ ރޯލް ކުޅުވަން. އެހެންވީމަ އެކޮޓަރިއަށް މަށަށް ފެންވަރާލަން ނުވަދެވޭންވީ ސަބަބަކީ ކޮބާ؟” ނޯޔާ ބުނެލިއެވެ.

“ނޯޔާ އަކީ މަގޭ އަންބެއްތަ؟ އަހަރެން ބުނީ އެކްޓް ކޮށްދޭށޭ. ނޯޔާ ތީ ހިލޭ އަންހެނެއް. އެހެންވީމަ މީގެ ފަހުން ނުވަންނާތި” ޝިނާން އިންޒާރެއް ދިނެވެ.

“އަހަރެން ނޭކެޑްކޮށް ފެނުނީމަ ކެތްނުވީދޯ… ކީއްވެ އަތްނުލީ…. ލޯބިނުވިޔަސް ފިރުމާލަދެވިދާނެދޯ ހަމަ” ނޯޔާ ޒާތަކަށް ހީލާފައި ބުނެލިއެވެ.

“ހުނ… މިއުޅެނީ މޮޔަވެގެން ދޯ…. ބޭނުމެއްނޫން” ފަރުވާކުޑަ ރާގަކަށް ޓީވީ އަށް ނަޒަރު ހުއްޓާލައިގެން އިނދެ ޝިނާން ބުނެލިއެވެ

“އަހަރެން ނުބުނާނަން ތީ މޮޔައެކޭ.. އެކަމަކު އަހަރެންގެ މިހަށިގަނޑުގަ ޝިނާން އަށް ނުފެންނަ ތަނެއް އަތްނުލާ ތަނެއް ނޯންނާނެ. އޭރުގަ މައްސަލައަކަށް ނުވޭ” ނޯޔާ ބުނެލިއެވެ.

“ނޭނގޭތަ؟ އޭރާއި މިހާރު ތަފާތެއްނު. އެހެންވިޔަސް އޭރުގެ ވާހަކަދައްކާކަށް ނެތިން. އުނދަގުނުކޮށް މިތަނުން ދޭ” ޝިނާން ބުނެލިއެވެ. ނޯޔާ ފާޑަކަށް ހީލިއެވެ. އިރުކޮޅަކުން ޝިނާން ކައިރީގައި ހުރި ހުސް ޖާގައިގާ އިށީނދެ ޝިނާންގެ ކޮލުގައި ބޮސްދިނެވެ.

“ކިހާ ދެރަކަމެއް. ހުރިހާ ގޮތަކުން އަހަރެންގެ މި ކެތްތެރިކަން އިމްތިހާން ކުރަން ނޫޅެބަލަ. ނޯޔާގެ ހަށިގަނޑަކަށް ވެސް އަދި ނޯޔާ އަކަށް ވެސް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް” އުނގުތެރޭގައި އޮތް ކުޝަން ނޯޔާގެ މޫނުމައްޗަށް ހޫރާލުމަށްފަހު ޝިނާން ހިނގައިގަތެވެ. ނޯޔާ ފާޑަކަށް ހެވިފައި އިނދެ ޝިނާން އެއްލި ކުޝަންގައި ތުންފަތް ޖައްސާލިއެވެ.

“ނުވެސް ކައިތަ ކޮޓަރިއަށް ވަންނަނީ. ހިނގާ ކާން” ނޯޔާ ޝިނާން އަށް އިވޭ ވަރަށް ގޮވާލިއެވެ.

“ނުކާނަން. ނޯޔާ ކައިގެން އަމިއްލަ ބަނޑު ފުރާލާ” ޝިނާން ދޮރުލައްޕާލި އަޑަށް ނޯޔާ ވެސް ސިހިގެން ދިޔައެވެ.

**********************************

ދަންވަރު އެކެއް ޖަހަން ދާދި ގާތްވެފައި ވަނިކޮށް ގޭ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަން އައްޔަދު އެއްލެމުން އައިސް ޖެހުނީ އެއްފަރާތުގައި ބަހައްޓާފައި ހުރި މަސް ޓޭންކްގައެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު އަނެއްކާ އެއްލެމުން ގޮސް ރިމީޝާ ބަދަލުވި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެނދުގައި ނިދިފައި އޮތް ރިމީޝާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އައްޔަދު ގޮސް އެރީ ރިމީޝާ ގައި މައްޗަށެވެ. ރިމީޝާ ފުންމައިގެން ތެދުވިއެވެ. އައްޔަދު އޮތް ގޮތް ފެނި ރިމީޝާ ދެލޯ ބޮޑުވިއެވެ.

“އަޔާ!!” ރިމީޝާއަށް ގޮވާލެވުނެވެ.

“ޝްޝްޝް… ޖާން…. މާގިނަ ވާހަކަނުދައްކާ…” ރިމީޝާ ގައިގާ ބައްދައިގަންނަމުން އައްޔަދު ބުނެލިއެވެ. ރިމީޝާއަށް ވިސްނުނެވެ. އައްޔަދު މިވަގުތު ހަމައެއް ނޫނެވެ. ޖަނާން ކޮންމެސް އެއްޗެއް ދިނީއެވެ. ނަމަވެސް ދޮގެއްގެ މައްޗަށް ބިނާކޮށް ލޯބިކުރާން ރިމީޝާ ބޭނުންނުވާތީ އައްޔަދު ދެކޮނޑުގައި ހިފާ ދުރުކޮށްލިއެވެ.

“އަޔާ!! މީ ޖަނާންއެއް ނޫން… މީ ރިމީޝާ. އަޔާ މިހާރު ހުރީ އަހަރެން ވަރިކޮށްފަ” އައްޔަދުގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ބުނެލިއެވެ.

“ޖާން….. ތީ ހަމަ ޖާން……” އައްޔަދު ހީލަމުން ރިމީޝާގެ ތުންފަތުގައި ބޮސްދިނެވެ. ރިމީޝާ ދެލޮލުން ކަރުނަ ނީރާލިއެވެ. ހަމަހޭގައި ހުރެ އައްޔަދު އެހާ ވަރަށް ވެސް ކައިވެނިކުރި ފަހުން ރިމީޝާއާއި ގާތްވެފައެއް ނުވޭއެވެ. އޭނާގެ ހިތުގެ ލޯބި އުތުރި އަރައިގަތެވެ. އައްޔަދުގެ ހަށިގަނޑުގައި ބައްދައިގަނެވުނީ އެލޯތްބަށް އޭނާ ވެސް އެދޭ ވަރުންނެވެ. އައްޔަދުގެ ބީހުންތަކުން ރިމީޝާ މޮޔަ ކުރުވަމުން ދިޔައިރު ސިކުނޑީގެ ކޮންމެސް ހިސާބަކުން އެކަން ހުއްޓުވަން ވެސް ގޮވަމުން ދިޔައެވެ. ނަމަވެސް މިފަހަރު އޭނާ އިޖާބަ ދިނީ ހިތުގެ ގޮވުމަށެވެ. އައްޔަދާއި އެކީގައި އޭނާ ދެވޭނެ ކަމަށް ހީވެސްނުކުރާހާ ދުރަކަށް މިރޭ ދެވިއްޖެއެވެ. ތިރިއަށް އުކާލެވިފައިވާ ދެމީހުންގެ އަންނައުނުތަކަށް ބަލަން ގެއްލިފައި ރިމީޝާ އިންއިރު އައްޔަދު އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ. ބަންޑުން ނިދާފައި އޮތް އައްޔަދުގެ ހާމައަށް ފެންނަން އޮތް ބުރަކަށީގައި ރިމީޝާ ލޯތްބާއެކު ބޮސްދިނެވެ. ކުއިލްޓް މައްޗަށް ޖައްސާލިއިރު އެހިތުގައި ރިހުމެއް ވިއެވެ. ހަމަހޭވެރިކަން އައުމުން ކުރެވުނު ކަންތަކާއި އައްޔަދު ދެރަވެ ރުޅި އަންނާނެކަން އެނގޭއެވެ. ނަމަވެސް ރިމީޝާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އެދެމެދުގައި މިރޭ ހިނގާދިޔަ ކަންތަކުން ޔަގީނުން ވެސް އެދެމީހުންގެ ކައިވެނި އެވަނީ ދެވަނަ ފަހަރަށް ރުޖޫޢަ ވެފައެވެ.

 

ކުޑަކޮށް ފޭވެފައި ހުރި ދޮރުފޮތިކުގެ ތެރެއިން ފުރޭނިގެން ކޮޓަރިއަށް އެޅިފައި ހުރި އަވިން އައްޔަދުގެ ހަށިގަނޑަށް ހޫނުކުރުވަމުން ދިޔައެވެ. މޯޅިއަކަށް ދެމިލުމަށްފަހު އޭނާ ކަންނެތްކަމާއެކު ދެލޯ ހުޅުވާލިއެވެ. ފުރަތަމަ ވެސް އޭނާގެ ދެލޯ ގޮސް ހުއްޓުނީ ތިރީގައި ވެއްޓިފައި އޮތް އޭނާގެ ސޯޓްބުރިއަށެވެ. ކުއްލިއަކަށް ރޭގައި އޭނާ ބޭރަށް ދިޔަ ހިސާބުން ކަންތައްވީގޮތް ހަނދާނަށް އަންނަން ފެށިއެވެ. ޖަނާން އާއި ބައްދަލުކުރުމަށް ގެސްޓްހައުސްއަކަށް ދިޔަ ހަނދާނެވެ. ޖަނާން މަކަރުން އޭނާ އަށް އެއްޗެއް ބޯންދިން ކަމެވެ. ފަހުން ކާރަކަށް ލައިގެން އައިސް ގޭ ދޮރުން އެތެރެއަށް ވެއްދި ކަމެވެ. އެއަށްފަހު ރިމީޝާއާއި އެކުގައި ކުރެވުނު ކަންތަކެވެ. އައްޔަދަށް މޫނުގައި އަތް ހާކާލެވުނެވެ. ކައިވެނި ސަލާމަތް ކުރެވުނީކަން އެނގުމުން ހިތުގައި ފޫހިކަމެއް އުފެދުނެވެ. ކުރަން ބޭނުން ނުވިޔަސް މިހާރު އޭނާ އެވަނީ ރިމީޝާއާއި އެކުގައި ގުޅުމެއް އުފައްދާފައެވެ. އެކަމާއި ކުރިމަތިލުން ނޫން ގޮތެއް ވެސް އަދި އެކަމުގައި ރިމީޝާ ކުށްވެރިކުރެވޭކަށް ވެސް ނެތެވެ. ސަބަބަކީ ރިމީޝާ އޮތީ އޭނާގެ ކޮޓަރީގައި ކަމަށްވެފައި އެކޮޓަރިއަށް ވަދެގަތީ އޭނާ އަމިއްލަ އަށް ކަމަށް ވާތީއެވެ.

ތިރީގައި އޮތް ޖީންސު ނަގާ ލައިގެން ޓީޝާޓް ކޮނޑުމައްޗަށް އެއްލައިގެން އައްޔަދު ކޮޓަރިން ނިކުތެވެ. އަމިއްލަ ކޮޓަރި އަށް ގޮސް ފެންވެރުމުގެ ކުރިން ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ކޮފީއެއް ހަދާލަން ބަދިގެއަށް ވަނެވެ. މޭޒު ކައިރީގައި ހިމޭންކަމާއެކު ސައިބޯން އިން ރިމީޝާ އައްޔަދު ފެނުމުން ކުޑަކޮށް ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އަޅާވެސް ނުލާ އިނެވެ. އައްޔަދު އިރުކޮޅަކާއި ރިމީޝާއަށް ބަލާލުމަށްފަހު ގޮނޑި ދަމާލަމުން އިށީނެވެ.

“ސައި ތައްޔާރުކޮށްފައި ތިހުރީ” ރިމީޝާ ބުނެލިއެވެ. އައްޔަދު މަޑުމަޑުން ބޮލުގައި އަތް އަޅާލައިގެން އިނެވެ.

“ކޮފީއެއް ގެންނަންވީތަ؟” ރިމީޝާ އަހާލިއެވެ.

“ނޫޅެން ބޯކަށް” އައްޔަދު ނުރުހިފައި ބުނެލިއެވެ.

“ބުނަން. ތިމާ އަށް ކުރެވުނު ކަންތަކުން ދެން ބޯހާސްކުރާނެ ކަމެއް ނެތް. ފަށައިގަތީ އަޔާ. އަހަރެން އެކަމަށް އެއްބާރުލުން ދިނީ އަޔާ އެކަން ނުހުއްޓީމަ. އަހަރެން ބުނިން މީ ޖަނާނެއް ނޫނޭ. އެކަމަކު ވެސް އަމިއްލަ އަށް ހުއްޓާނުލީމަ އޭގަ މަ ކުރާނެކަމެއް ނެތެއްނު”  ސައިބޮއެ ތަށިތައް ހިފައިގެން ގޮސް ޒިންކަށް އަޅާލަމުން ރިމީޝާ ނުރުހިފައި ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

އަނދިރިފަރާތް 34

Next

ސޫރަ 2

Next
April 13, 2018

ސޫރަ 2

Previews
April 12, 2018

އަނދިރިފަރާތް 34

40 Comments!

  1. Friends says:
    April 12, 2018 at 9:55 pm

    First dhw

    1. Friends says:
      April 12, 2018 at 9:56 pm

      Kiyaalaafa comm eh kohlaanan

    2. Ushaali says:
      April 12, 2018 at 10:04 pm

      yes mifaharu first dhw 🙂

  2. Afaa says:
    April 12, 2018 at 9:57 pm

    Salhii?waiting for next part

    1. Ushaali says:
      April 12, 2018 at 10:04 pm

      thankyu Afaa 🙂

  3. Ushaali says:
    April 12, 2018 at 9:57 pm

    salaam all!!! mi bai ves thi huriha kudhinnah kamudhaane kamah heekuran. dhn in bai ves maadhama mendhuru fahuge vagutheh gai genesdheveytho try kuraanan. insha allah 🙂
    varah baajjaveri reygandakah edhen huriha kudhin 🙂

  4. Shai says:
    April 12, 2018 at 10:10 pm

    Wow varah reethi me first dhw

    1. Ushaali says:
      April 13, 2018 at 8:06 am

      thankyu Shai 🙂

  5. Pinky says:
    April 12, 2018 at 10:10 pm

    Me 1st v v nice

  6. Araash says:
    April 12, 2018 at 10:12 pm

    Dhn v foohi..Stry v salhi..Ekm mi rimee ah visnen vejje eh noon thr mihaaru..

    1. Ushaali says:
      April 13, 2018 at 8:07 am

      mihaaru dhn rimee ah visnemun e annany…..
      thanks Araash 🙂

  7. Inoo says:
    April 12, 2018 at 10:14 pm

    mi baivx haadha reechey…comment nukiriyas baraabarah mi sry kiyan…varah reethi mi sry gendhaa goi♥

  8. Friends says:
    April 12, 2018 at 10:26 pm

    Masha allah stry ge furihama kamaai…. v salhi igey hama ushaali liyaa ehen stry thakaa mi stry v thafaathu igey ekam v reethi.keep it up..
    Rimeesha ah varu gadha ladeh libeyne kan nyge mihen moya vegen ulheni koh.waiting 4 next part..-salaam-??

    1. Ushaali says:
      April 13, 2018 at 8:08 am

      dhw Friends 😀 thankyou so much dear 🙂

  9. Nu Xu says:
    April 12, 2018 at 10:46 pm

    Mi part vx vvvv loabi?? keep it up.. Waitin 4 nrt prt????? lotx of luv

    1. Ushaali says:
      April 13, 2018 at 8:09 am

      thankyu Nu Xu 🙂

  10. Fai says:
    April 12, 2018 at 11:15 pm

    Ushaali ge mi vaahaka v v reethi adhi ehaa asarugadha
    Best of luck Ushaali ??????????❤❤❤❤?❤?❤?❤?❤?❤

    1. Ushaali says:
      April 13, 2018 at 8:09 am

      thankyu so much Fai 🙂

  11. Beauty says:
    April 12, 2018 at 11:27 pm

    Loabi

    1. Ushaali says:
      April 13, 2018 at 8:10 am

      thanks Beauty 🙂

  12. Shiha says:
    April 13, 2018 at 12:23 am

    Vvvvv riithi ?????? varah kiyaahithun kiyaaliimioh.

    1. Ushaali says:
      April 13, 2018 at 8:10 am

      varah bodah thankyu thihaa kiyaalaa hithun kiyaaleethee 🙂

  13. Rish says:
    April 13, 2018 at 12:29 am

    Reethikamun adhives kiyaahivani. Ayaa ulheygothun v v v foohi.

  14. Rish says:
    April 13, 2018 at 2:16 am

    Alhe rovaalaafi haadha dheraveyey.

  15. Aa says:
    April 13, 2018 at 7:19 am

    Ushaali ehen kaaveni salaamaiy kureveyne tha.neygeythee hama ahaalee

    1. Friends says:
      April 13, 2018 at 7:58 am

      Ey dear dhulun nubune ehen vex rujjua kure veyne.ehen viyy ma dhen nuje heyne dhulun rujjua kohfiy meyy bunaakah

    2. Ushaali says:
      April 13, 2018 at 8:13 am

      yes Aa…. raj’ee vari eh nama furathama faharu ves dhevana faharu ves firimeeha ge dhulun rujooa kohfeemey buni nama ves adhi dhemafirin gulhun hingi nam ves autometically kaiveni innaany rujooa vefa. ekamu 03 vana faharu vari kuryma e gothah nuvaane…. ithurah olhunfiluvumah alhe ehen meeheh kairy ahaalaba 🙂 🙂

  16. afoo says:
    April 13, 2018 at 8:53 am

    Perfect story eh.v nice .waiting for next episode

  17. Manadhoo beauty says:
    April 13, 2018 at 10:18 am

    Ziney kurumaa varikuryma ves firihen myhaa aa eky ulhumaa midhen kon kamehh. Rimeesha aky Ma dhekey gothuga emme ulhumeh nei gotheh gotheh nei faafathakah araiganna myheh. Adhi namad kuriyakas nunimey dho

    1. Ushaali says:
      April 13, 2018 at 11:40 am

      😀 😀 😀 Manadhoo beauty thihiree rimeesha dheke varah varah rulhi aissa dhw…. rimeesha haadha dheravaaney dhw…. ekamu bunantha… vahaka badhaluvegen annaany ekaku ves heenukuraa kahala gothakah… 🙂

  18. Meee says:
    April 13, 2018 at 10:19 am

    Yaa ehen vx salaamah kureveyne ekam ushaali ayaa evaguthu Hama heyga noonen huree so ekan ok vaane tha and eyna amihla ah noonen hey buhdhi dhuhvaalee vx …….Hama heyga huregen noonen eyna ekan kuree so kaiveni rujooa vaane tha??

    1. Ushaali says:
      April 13, 2018 at 11:44 am

      yes ekan ayaa kury hama heyga huregeneh noon. e than ushali ah olhun eryma ahaalin ekahala kanthah engey dhe meehaku kairyga. dhe myhun dhiny dhe javaabeh. ehenvyma rangalhu gotheh nenge. fahun innaane hama jassaafa 16 vana baiga. ayaa hama heyga huregen kaiveni rujooa koffa 🙂

  19. Marshmallow says:
    April 13, 2018 at 11:39 am

    Keeve tha vari kuri kan sirru kurany.. Vari saabithu ves kuran ieheyne nun

    1. Ushaali says:
      April 13, 2018 at 11:42 am

      vari kurikan sirru kohdheyshey rimeesha buny hamaekani shanum kairyga. vari saabithu nukurun e aky goaheh. ehenvyma e bai annaane adhi 🙂

  20. Reem says:
    April 13, 2018 at 12:32 pm

    Aslu mihaaru varah foohi..
    Alhe vari kurumaa rujooa kurumaaa..
    Rimisha ge boa galhi kamun v foohi..
    Alhey thiya janaaneh ves thankolheh rangalhu koffa hama magah alhuvaafa ayyadhu ah dheebala
    N shinaan ah rimeesha
    Rimeesha ge furathama dhariyakii ayyadhuge dhw

  21. Rif says:
    April 13, 2018 at 12:52 pm

    First. Kaiveni kohfa dhemafiri kamuge gulhun nuhingaa vari kohfa rujooa eh nukureveyne. Vari kohfi nama jeheynee alun valee ves hoadhaigen kaiveni Kuran.meega eboiy saaf koh bunefa gulhumeh nuhinga ey. Dhn ehnveema rujooa eh nuvaane ehnu.. Ei egenvaane kan kan.

    1. Neena says:
      April 14, 2018 at 9:47 am

      Aslu ves.mihaaru ves remeesha mennah e kureveny faafa.jimaau nuve vari kohfinama rujooa kurumeh nuvey

  22. Asli says:
    April 13, 2018 at 12:55 pm

    Rif is right liushaa. Migothah thandhoru nubalaa vaahaka liuneema meehun confuse vaanee

  23. Aisha says:
    April 13, 2018 at 1:28 pm

    Ushaali koba 16

  24. Sal says:
    April 13, 2018 at 2:40 pm

    Alhe mi rimeeshaa miulheny moya vegen tha?? ?
    Rimeeshaa ulhey gothun foohi vey mihaaru mi story kiyan ves.. koniraku Tha rimeeshaa ah heyo visnun libeyni.. heevany meena ekani henn myheh dheke loabi vevigen miulheny. Huvaa v foohi

Comments are closed.


All Right Reserved!