Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 09

Ushaali Level 810 Stories100 Comments100 Stories500 Comments
April 2, 2018 9 Mins Read
13 Comments

“ރަށުން ފުރަން އޮތް ދުވަހު ޒާއްތަ އެންމެފުރަތަމަ އެވާހަކަ ދެއްކީ. ބުނީ މަށާ އަޔާ އާއި ކުރިން ރައްޓެހިވިކަން ޝަނުމް ގެ ފަރާތުން އެނގުނޭ.. ޒާއްތަ ބޭނުންވަނީ ރިމީ އަޔާ އާއި ކައިވެނި ކުރާށޭ. އަޔާ ޒާއްތަ ބުނެފި ކަމަކަށް ދެކޮޅެއް ނުވާނޭ. ދެން ޝިނާން ބުނެބަލަ އަހަރެންނަށް ވާނެވަރު. އުފަލުން ރޮވުނީ. އެލޯތްބަށް އަހަރެން ކުރި އިންތިޒާރު އެންމެ ކައިރިން ފެންނާނީ ޝިނާން އަށް” ރިމީޝާ ދެލޯ ފެންކަޅިވިއެވެ. ރިމީޝާ ބަލާލުމުން ޝިނާން ނިކަން ބޮޑަށް ހިނިތުންވެލައެވެ. ޝިނާންގެ މޫނުން ރިމީޝާ ނަޒަރު ވަކިކޮށްލުމާއެކު މަލެއްހެން އެމޫނުމަތި މިލާ މޯޅިވެގެން ދެއެވެ.

 

 

“ދެން ދެންމެގަ ޒާއްތަ ގުޅާފައި ބުނީ. އަޔާ ކައިވެންޏާއި ގަބޫލޭ. ވީހާ ވެސް އަވަހަށް ނިންމަން ބޭނުމޯ. އިނުމުގެ ކުރިން އަޔާ ބޭނުމޯ ވާހަކަދައްކާލަން. އަސްލު އެހެންވެ އެހާ ބޮަޑަށް އުފާވީ” ރިމީޝާ ބުނެލިއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިނދުކޮޅަކަށް ޝިނާން ހިމޭންވިއެވެ. މޭގައި ހިފާފައި ހުރިވޭން ހިނދެއް ހިނދަކަށް ބޮޑުވާހެން ހީވާން ފެށުމުން މޭގައި ފިރުމާލަމުން ކެއްސާލިއެވެ. ދެން ބަލާލީ ރިމީޝާ އަށެވެ.

“ސޯ….”  ލައިގެން ހުރި ސޯޓްބުރީގެ ދެ ޖީބަށް އަތް ޖަހާލަމުން ޝިނާން ބުނެލިއެވެ.

“މާދަމާ ކޮންމެސް ގަޑިއެއްގައި އެގެއަށް ވަދެލާނީ” ރިމީޝާ ބުނެލިއެވެ.

“ރިމީ މަންމަމެންނަށް ތިހަބަރު ދީފިންތަ؟” ޝިނާން އަހާލިއެވެ.

“ނޫން. އެންމެ ފުރަތަމަ ވެސް ޝިނާން އަށް މިދިނީ” ރިމީޝާ ބުނެލިއެވެ.

“އެހެންވީމަ އަވަހަށް އަލްވީރާއްތަ އާއި ނަޒީމްބެއަށް ތިހަބަރުދީ. އަހަރެން ވެސް ރިމީ ކައިރީގައި ވާހަކައެއް ބުނާނަން. އެކަމަކު މާދަމާ” ކޮޓަރިން ނިކުންނަމުން ފަސް އެނބުރި ޝިނާން އަށް ބަލާލި ރިމީޝާއަށް ހިނިތުންވުމެއް ދެމުން ޝިނާން ބުނެލިއެވެ. ރިމީޝާ ނިކުތުމާއެކު ޝިނާން ކޮޓަރި ލޮކް ކުރިއެވެ. ކުރިއަށް ފިޔަވަޅު އަޅާނެހާ ބާރު ހަށިގަނޑުގައި ނެތުމުން ގައިގެ ވަރުދޫވެ ހުރި ދިމާލުން ތިރިއަށް ސޮހިގަތެވެ. އަޑު ނުނިކުތެއް ކަމަކު އެހިތް ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ރިމީޝާ އޭނާ އަށް އެދިނީ ކޮންފަދަ ނުބައި ހަބަރެއް ހެއްޔެވެ؟ އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ކޮންޓްރޯލުން ނެއްޓުނީ އެވަގުތުއެވެ. ދެކަކުލުގައި ބޯއަޅާލައިގެން ޝިނާން  އިނީ އޭނާގެ ނަސީބަށް ހަމްދަރުދީވެފައެވެ. މިންވަރު ކުރެއްވި ގޮތަކަށް ރުހިގެން އިނުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

 

ކުއްލިއަކަށް ޝިނާން އަށް ދެލޯ ހުޅުވާލެވުނީ ދެލޮލަށް އަމާޒުވެގެން ދިޔަ އައްޔެއްގެ ސަބަބުންނެވެ. ދެވަނަ ފަހަރަށް ވިދާލި ވިދުވަރާއެކު މުޅި މާލެ އެކީ އަލިވެގެން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ އުޑުމަތި ވަރަށް ސާފުކޮށް ވިދުވަރާއެކު ޝިނާން އަށް ފެނިގެން ދިޔައެވެ. އުޑުމައްޗަށް ޖަމާވެފައިވާ ބޯ ވިލާތައް ފެނުމުން މޫސުން ވަރަށް ގޯސްވެއްޖެކަން ޝިނާން އަށް އެނގުނެވެ. ދެވިލާގަނޑު ބައްދަލުވީ ހިނދު ޖަހާލި ބާރު ގުގުރީގެ އަޑުން ފިރިހެނަކަށް ވިޔަސް ޝިނާން ހިތަށް ބިރުވެރިކަމެއް ވަނެވެ. މަޑުމަޑުން ޖަހަމުން ދިޔަ ވާރޭ ތިކިތައް ހިނދެއް ހިނދަކަށް ބޯކުރަމުން ދިޔައިރު ވެސް މަގުގެއްލިފައިވާ މުސާފިރެއް ފަދައިން ޝިނާން އިން ތަނުގައި އިނެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އޭނާގެ ހިތަށް ހަމަޖެހުމެއް މިވަގުތަށް ބޭނުންވެއެވެ.

 

މެންދުރު ކައިގެން ޒާއިރާ އިނީ ސިޓިންގރޫމް ސޯފާގައެވެ. އައިކު ރީތިިކޮށްލުމަށްފަހު ޒާއިރާ ތެދުވެގެން ގޮސް ކުރިމަތީ ސޯފާގައި އިން ރިމީޝާގެ އަތަށް ދިނެވެ. އައިކު ރިމީޝާގެ މޫނަށް ވަރަށް ފުން ނަޒަރަކުން ބަލާލިއެވެ. ރިމީޝާ ހީލުމުން ކުޑަކުޑަ އައިކު ވެސް ރަކި ގޮތަކަށް ހީލިއެވެ. ރިމީޝާ އުއްމައެއްދޭށޭ ބުނުމުން އައިކު ހިިނިގަނޑަކާއެކު ރިމީޝާގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އައިކުގެ އަނގައިން ހޭކުނު ކުޅުކޮޅު އަތުން ފޮހެލަމުން ރިމީޝާއަށް ހީލެވުނެވެ. މާޒީގެ ތެރެއިން ދުވަހެއް ހަނދާންވުމުން ރިމީޝާއަށް އޭނާގެ ބަނޑުގައި އަތް ހާކާލެވުނެވެ. އިރުކޮޅަކުން އައިކު މެއާއިލާ ބޮނޑިކޮށްލިއެވެ. ކުޑަކޮށް ލަދުގަނެފައި އިން އައިކު ރިމީޝާގެ އުނގުން ފައިބަން އުޅެން ފެށުމުން ރިމީޝާ އޭނާ ދޫކޮށްލިއެވެ. ކުދިކުދި ފިޔަވަޅުތަކެއްގައި  އައިކު އޭނާގެ އަމިއްލަ ދުނިޔެއަށް ދިޔުމުން ރިމީޝާއަށް ހީލެވުނެވެ. ރިމީޝާ ޒާއިރާ އަށް ބަލާލިއިރު ޒާއިރާ ވެސް އިނީ ހިނިތުންވެފައި ބަލަހައްޓައިގެންނެވެ.

“ޒާއްތައަށް ހަމަ ހީވީ އައިކު އެއީ ރިމީގެ ދަރިއެކޭ” ޒާއިރާ ބުނެލިއެވެ. ރިމީޝާ ހީލުމަކުން ފުއްދާލިއެވެ.

“މަންމަމެން ކައިރީގައި އަހާލިންތަ؟” ޒާއިރާ އަހާލިއެވެ. ރިމީޝާ ބޯޖަހާލިއެވެ.

“ދުވަހެއް ނިންމާނީ ދެކުދިން ވާހަކަދައްކައިގެން. އެހާ ގިނަ ދުވަސް ނަގާކަށް ޒާއްތައަކަށް ނުފެނޭ” ޒާއިރާ ބުނެލިއެވެ.

“އަހަރެން ވާހަކައެއް ބުނަން ބޭނުން” ރިމީޝާ ބުނެލިއެވެ.

“މިޝްކު އާއި ނުލާ އެންމެ މިނިޓެއް ވެސް އުޅެން އަހަރެންނަށް ދަތިވާނެ. މިޝްކު ހުންނާނީ އަހަރެން ކައިރީގައި. މާތްﷲ ގެ ހެޔޮރަހްމަތްފުޅުން އައިކު އާއި މިޝްކު އެއްވެސް ތަފާތެއް ނުކުރާނަން” ރިމީޝާ ބުނެލިއެވެ. ޒާއިރާ ހީލަމުން ޒާއްތަގެ މައްސަލައެއްނެތޭ ބުނެލިއެވެ.

ވަދެގެން އައި އައްޔަދު ފެނުމުން އެހެންޏާ އެހިތަށް ނުލިބޭފަދަ ދިރުމެއް ލިބުނުހެން ރިމީޝާއަށް ހީވިއެވެ. ސޯފާގޮނޑި ކައިރީގައި ކުޅެން އިން އައިކު އުރާލަމުން އައްޔަދު އެނބުރި ކޮޓަރިއާއި ދިމާލަށް ދިޔައީ ރިމީޝާއަށް ހިނިތުންވުމެއް ދީފައެވެ.

“ކާންހަދަންވީ ދޯ ދަރިފުޅާ” ޒާއިރާ އަހާލިއެވެ. ރިމީޝާ ޒާއިރާ އާއި އެކީގައި ބަދިގެއަށް ގޮސް ކާންހެދުމާއިގެން އުޅެން ފެށިއެވެ.
“މިޝްކޮ ކިހާއިރަކުއޭ ނިމެނީ” ޒާއިރާ އަހާލިއެވެ.

“އެއްގަޑި ސާޅީސްފަހެއްގަ” ތަށިތަކަށް ޖޫސް އަޅަން ހުރި ރިމީޝާ ބުނެލިއެވެ. މޭޒުމަތީގައި އޮތް ފޯނަށް މެސެޖެއް އައީ އެވަގުތުއެވެ. “ރިމީ ކޮޓަރިއަށް އާދެވޭނެތަ؟” އައްޔަދު ލިޔެލާފައިވާ ކުރު  މެސެޖް ކިޔާލާފައި ރިމީޝާގެ ހިތް ތެޅިލިއެވެ.  “މިއަންނަނީ. އަޔާ ބައްދަލްކޮށްލަން ބޭނުމޭ ބުނީމަ” ރިމީޝާ ޒާއިރާގެ ހުއްދަ ލިބުމުން ހިނގައިގަތެވެ. ކޮޓަރިއަށް ވަންއިރު އައްޔަދު އެނދުގައި އިށީނދެލައިގެން އިނެވެ. ޓެބްލެޓަކުން ބޭބީ ރައިމްސް އަޅުވާފައި އެނދުގައި އައިކު ބާއްވާފައި އޮތެވެ. ކޮޓަރި ތެރެއިން އިވެނީ ބޭބީ ރައިމްސްތަކުގެ އަޑެވެ.

“ރިމީ ބޭނުންތަ އަހަރެންނާއި އިންނަން” ކައިރީގައި އައިސް ހުއްޓުނު ރިމީޝާއަށް ބަލާލަމުން އައްޔަދު އަހާލިއެވެ. ފާޅުގައި އައްޔަދު އިންނަން އަހާލުމުން އިސްއުފުލާ ރިމީޝާ އައްޔަދަށް ބަލާލިއެވެ.

“ހޫމް. ވަރަށް ބޮޑަށް” ރިމީޝާ ބުނެލިއެވެ. ލަދުވެތިކަމެއް މޫނަށް ވެރިވި ހިނދު އިސްޖަހާލެވުނެވެ.

“ރިމީ އަހަރެންނަށް ހިތް ގޯސް ނުކުރައްޗެ. ޅަ އިރު އެވީ ލޯބި އެއީ ނުވިސްނޭއިރު ކުރެވުނު ކަމެއް. އަހަރެން ލޯބިވަނީ އައިކުގެ މަންމަ ދެކެ. ވަރަށް ބޮޑަށް ލޯބިވޭ. ރިމީ އަހަރެންގެ އަންބެއްގެ މަގާމުގައި އިނަސް ޖަނާން އަހަރެންގެ ދިރިއުޅުމަށް އަންނަން ބޭނުންވެއްޖެނަމަ އަހަރެން ދެކޮޅެއް ނަހަދާނަން.” އައްޔަދު ބުނެލިއެވެ. ރިމީޝާ ކަރުނަވީ ލޮލަކުން އައްޔަދަށް ބަލަން ހުއްޓެވެ.
“ޅަ އިރު އަހަރެމެން ދެމީހުން ދެމެދު އެކުރެވުނުހާ ކަންތަކޯ. އެންމެރެއަކު ނޫން. އެތައް ރެއަކު އެތައްފަހަރަކު. އެއީ ވެސް ނުވިސްނިގެންތަ؟” ރިމީޝާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލިއެވެ.

“ވީކަމެއްވީ. މާޒީގައި ހިނގާފައިވާ ކަމެއް އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ ދޯ” އައްޔަދު ބުނެލިއެވެ.

“އަހަރެންގެ މައްސަލައެއްނެތް އަޔާ އަހަރެން ދެކެ ލޯބިނުވިޔަސް. އަހަރެން ލޯބިވޭ. އަހަރެން އަޔާ އަށް ވަރަށް ލޯބިދޭނަން. ދެވަނަ ފަހަރަށް އަހަރެންގެ މައްޗަށް ހިތް ޖައްސުވާނަން” ރިމީޝާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. އައްޔަދު ހުރީ ރިމީޝާއަށް ބަލަހައްޓައިގެންނެވެ.

“އަދި އެއްވާހަކަ. އަހަރެންގެ ހަޔާތުން ހަމައެކަނި އަންބެއްގެ މަގާމު މިދެނީ. އަހަރެން އެއްވެސް ގުޅުމެއް ހިންގާކަށް ބޭނުމެއްނޫން. އަމުދުން ދަރިއެއް ރިމީގެ ފަރާތުން ބޭނުމެއްނޫން. ރިމީ އަށް ދެރައެއް ދޭކަށް ބޭނުމެއްނޫން” އައްޔަދު ބުނެލިއެވެ. އައްޔަދުގެ ކޮންމެ ޖުމްލައެއް ވިހަ ތޫނު ހަންޖަރެއް ފަދަ އެއްޗަކުން ރިމީޝާގެ ހިތް ޒަހަމްކުރަމުން ދިޔައެވެ. ކޮންފަދަ ރަހުމްކުޑަ ބަސްތަކެއް ހެއްޔެވެ؟

“ދަރިންނަކީ އެމީހަކު ބޭނުންވީމަ ލިބޭ އެއްޗެއް ނޫން. އެއީ މާތްﷲ ދެއްވާ ނިޢުމަތެއް. އަޔާގެ ފަރާތުން އަހަރެންނަށް އަދިވެސް ދަރިއަކު ލިބެން ހުރިއްޔާ ލިބޭނެ” ރިމީޝާ ބުނެލިއެވެ. އައްޔަދު ދެލޯ ބޮޑުވެ ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ ދުރުބަލާލިއެވެ. ރިމީޝާގެ މޫނުން ނަޒަރު ވަކިކޮށްލުމަށްފަހު އައްޔަދު އެނދުގައި އިން އައިކު އަށް ބަލާލިއެވެ.

“ރިމީ ބޭނުންވެއްޖިއްޔާ އަދިވެސް މި ކައިވެންޏަށް ދެކޮޅު ވެވިދާނެ. ރިމީގެ ވެސް ބަލި ދަރިއަކު އެބަހުރި ދޯ. ޝިނާން ވެސް ބޭނުންނުވާނެ ދޯ ރިމީ އާއި އަހަރެން އިންނަން” އައްޔަދު މަސައްކަތްކުރީ ރިމީޝާގެ ވިސްނުން ބަދަލުކުރެވޭތޯއެވެ.

“އަހަރެން ޝިނާން ދެކެ ލޯތްބެއް އެއްވެސް އިރެއްގައި ނުވޭ. އިންއިރު ވެސް ނުވޭ. އަހަރެން ލޯބިވަނީ ކުރިން ވެސް މިހާރު ވެސް ހަމައެކަނި އަޔާ ދެކެ. އަޔާ ކައިވެނިކުރަން ބޭނުން ތާރީހެއް ކަނޑައަޅާފައި ޒާއްތަ ކައިރީގައި ބުނޭ” ރިމީޝާ ނުރުހުންވެފައި އިއްވާލިއެވެ. އައްޔަދު ރިމީޝާގެ މުނަށް ބަލާލިއެވެ. ހައިރާންވެފައެވެ. ރިމީޝާގެ ވާހަކަދެއްކުމުގައި އަމުރުވެރިކަމާއި ހަރުކަށިކަން ވީތީއެވެ.

“ރިމީ ޝިނާންދެކެ ލޯބިނުވާއިރު ކީއްކުރަން ދަރިއަކު ހޯދީ. ކީއްކުރަން އެގޭގައި ނުއިނދެ ތިއުޅެނީ؟” އައްްޔަދު އަހާލިއެވެ. ނިކުންނަން ގޮސް ގޮސް ހުރި ރިމީޝާގެ ފައިގާ ތަޅެއް އެޅުވި ކަހަލައެވެ.

“ބައެއް ކަހަލަ ސުވާލުތައް ހުންނާނެ އޭގެ ޖަވާބު ނުހުންނަ ކަހަލަ ސުވާލުތަކާއި އަދި ޖަވާބުދޭން ބޭނުންނުވާ ކަހަލަ ސުވާލުތައް. އަހަރެން ދަނީ. މަގޭ ދަރި ބަލާދާ ގަޑި ކައިރިވެއްޖެ” އައްޔަދަށް ބަލާވެސް ނުލާ ރިމީޝާ އެކޮޓަރިން ނިކުތެވެ. އައްޔަދު ވިސްނާލިއެވެ. ޖަވާބު ނުހުންނަ ސުވާލުތައް ހުރޭ ހެއްޔެވެ؟ ނުހުންނާނެއެވެ. އެވާނީ އެސުވާލުގެ ޖަވާބުދޭން ރިމީޝާ ބޭނުންނުވަނީއެވެ. ދެވަނަ ސިކުންތުގައި އައްޔަދު ޖަނާންގެ ހިޔާލުތަކަށް ގެއްލިގެން ދިޔައެވެ.

“ޖާން!! ޕްލީޒް އާދޭ… ” އައްޔަދުގެ ދެތުންފަތް ދޭތެރެއިން ނިކުމެގެން ދިޔައެވެ.

 

ކޮޓަރިން ފޯނެއްގައި ހުރެ ނިކުތް ރިމީޝާ މިޝްކު ގެންގޮސް ސޯފާގައި ބޭންދިއެވެ. އަދި ފުރިޖުން ކުރުނބާ ފެންފޮދެއް ގެނެސް މިޝްކުގެ އަނގައިގާ ޖެއްސިއެވެ.

“އާނ ޒޯ… އަވަހަށް އަންނަން އުޅޭ ދެން. އަހަރެން ބޭނުން ޒޯ ހުންނަން. މަންމަމެން ވެސް ވަރަށް އަވަހަށް އަންނާނެ” ރިމީޝާ ފޯނުގައި ހުރެ ބުނެލިއެވެ.

“އޭ ޒޯ މިގަޑީގައި ބާއްވާލީއޭ. ބެލްއަޅާ އެބަ” ރިމީޝާ ފޯން ކަންފަތާއި ދުރުކޮށްލިއެވެ.

“ދަރިފުޅުދޭ ގޮސް ތުން ދޮވެލަން. މަންމި އަންނާނަން ދޮރު ހުޅުވާފައި” މިޝްކު ބަދިގެއާއި ދިމާލަށް ފޮނުވާލާފައި ހިނގައިގަތީ ދޮރު ހުޅުވުމަށެވެ. ދޮރުމަތީގައި ތިބި ދެއަންހެންކުދިން ފެނި ރިމީޝާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކޮންބައެއްކަން ނޭނގުނަސް ރިމީޝާއަށް އެއީ ގާތްބައެއްގެ ގޮތުގައި ފެނުނީ ދެމީހުންގެ ވެސް މޫނުމަތިން މިޝްކު އާއި އެއްގޮތް ކަމެއް ފެންނަން ހުރުމުންނެވެ. ބިޑިހެދުންލާ ޝޯލް އަޅާފައި މޫނުގައިވާ މޭކަޕް ތަކުންނާއި އަދި ރިމީޝާއަށް އެމީހުން ބަލާލި ގޮތުން ވެސް އެއީ އާދައިގެ ބައެއް ނޫން ކަން ރިމީޝާއަށް އެނގުނެވެ. ރިމީޝާ ކައިރީގައި އައިސް ހުއްޓުނު މިޝްކު ފެނުމުން އެދެމީހުންގެ ނަޒަރު މިޝްކުއަށް ހުއްޓުނެވެ. އެތަނުގައި ތަންކޮޅެއް އުމުރުން ބޮޑުކޮށް ހުރި މީހާ މިޝްކު އުރާލަމުން އެތެރެއަށް ވަދެ ހިނގައިގަތެވެ. ބީރައްޓެހި ގޮތަކަށް މިޝްކު އެދެމީހުންންގެ މޫނަށް ބަލަމުން ދިޔައެވެ. ފަހަތުން ދެން ހުރި އަންހެންކުއްޖާ ވެސް އެތެރެއަށް ވަނުމުން ރިމީޝާ ދޮރު ލައްޕާލާފައި އެދެމީހުން ފަހަތުން ވަދެގެން އައެވެ. ބަދިގެއަށް ވަދެ ދެ ޖޫސްތައްޓާއި ދެ ފެންތަށި ތަބަކަށް ލައިގެން އައިސް މެހެމާންދާރީ އެންމެ ފުރިހަމައަށް ރިމީޝާ އަދާކުރިއެވެ. ކޮޓަރިން ޓީޝާޓް ލަމުން ނިކުމެގެން އައި ޝިނާން ހީލަމުން އައިސް އެދެމީހުން ކައިރީގައި އިށީނެވެ.

“މީ ރިމީ އަކީ….އެނގޭދޯ…. މިޝްކުގެ މަންމި” ޝިނާން އަށް އެދެމީހުން ބަލާލުމަށްފަހު ރިމީޝާއަށް ބަލާލީ ދެބުމަށް ގޮށްޖަހާލަމުންނެވެ.

“މިޝްކުގެ މަންމިއޭ…” ފާޑަކަށް ރިމީޝާއަށް ބަލާލަމުން އެ އަންހެންމީހާ ބުނެލިއެވެ. ރިމީޝާއަށް މަޖްބޫރުވީ އިސްޖަހާލާށެވެ.

“ރިމީ!! މީ ނޯޔާގެ ދެ ދައްތަ. މިއީ ނަގަމްދައްތަ ދެން މީނީ ތޫބާދައްތަ. ރިމީ އަށް ކުރިން ނުފެންނާނެ. އެމީހުން އަބަދުވެސް އުޅެނީ ފިލިޕީންސްގަ. ނޯޔާގެ މަންމަ ފަރާތު ކާފައެއީ ފިލިޕީންސް މީހެއް” ޝިނާން ވަކިވަކިން ދެމީހުން ވެސް ރިމީޝާއަށް ތައާރަފް ކޮށްދިނެވެ. ނަގަމް އާއި ތޫބާ ރިމީޝާއަށް މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެހުރިހާ އިރު ނަގަމް ގެ އުނގުގައި މިޝްކު އިނީ ގަޔާނުވެފައެވެ.

“މިހާރު ނޯޔާ ކިހިނެއް؟” އަހަން ނާހަން ހުރެފައި ވެސް ޝިނާން އަހާލިއެވެ.

“ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު. މިހާރު ކޮންމެސް ވަރަކަށް ވާހަކަ ވެސް ދައްކާ” ނަގަމް ޖަވާބުދިނެވެ. އެގެއަށް ވަނިއްސުރެ ފެށިގެން ވެސް ތޫބާގެ ނަޒަރު ހުއްޓިފައިވަނީ އޭނާ އަތުގައި އޮތް ފޯނަށެވެ.

“މިޝްކޮ ދައްތިމެންނާއި އެކު ދާންވީނުން އެކޮޅަށް ގޮސްލާފައި އަންނަން”  މިޝްކުގެ މޫނު ނަގަމްގެ މޫނާއި ދިމާލަށް އަނބުރާލަމުން ނަގަމް ބުނެލިއެވެ. މިޝްކުގެ މޫނުމަތިން ފެންނަނީ ބީރައްޓެހިކަމެވެ.
“މިއްކޮ ދާނީ މަންމި ކައިރިއަށް” ނަގަމްގެ މޫނަށް ބަލަން އިނދެ މިޝްކު ޅަ އަޑަކުން ބުނެލިއެވެ.

“އެހެންތަ؟ ދައްތި މިއައީ މިޝްކޮ އަށް ބައިވަރު ޗޮކްލެޓް ވެސް ހިފައިގެންނޭ. ބަލާބަ” ނަގަމް ދަބަސް ހުޅުވާލަމުން އަތުފުރާ ނެގި ޗޮކްލެޓްތައް މިޝްކުގެ ދެއަތަށް އަޅާދިނެވެ. މިޝްކު ބަލާލީ ރިމީޝާގެ މޫނަށެވެ. ރިމީޝާގެ ހުއްދައަކަށް އެދުނު ކަހަލައެވެ.

“ދަރިފުޅު ފަހުން ދޯ ކާނީ…. މިހާރު ކެއިމަ ދަތް ހަޑިވާނީ ދޯ ބޭބީ” ލޯތްބާއެކު މިޝްކުގެ ބޮލުގައި ފިރުމާލަމުން ރިމީޝާ ބުނެލިއެވެ. އެއަޑަށް ފޯނާއި ކުޅެން އިން ތޫބާ ވެސް ފޫހިކަމާއެކު ރިމީޝާއަށް ބަލާލިއެވެ. ނަގަމް ބަލާލީ ބިރުވެރި ޒާތަކަށެވެ. ހަގީގަތުގައި ރިމީޝާ އެހެން ބުނީ ޗޮކްލެޓަކީ ކެއުން މިޝްކު އަށް މަނާ އެއްޗަކަށް ވާތީއެވެ.

“މިދެން ޗުއްޓީއެއްގައި ރާއްޖެ އާދެވުނީމަ ހިތަށް އެރީ ތިކުދިން ކައިރިއަށް ޖައްސާލާނީއޭ. މިގެއަށް ނުވަދެ އެނބުރި ދިޔައިއްޔާ މަންމަ ވެސް ނުރުހުން ފާޅުކުރާނެ. މިޝްކޮ.. ދައްތިމެން ދަނީއޭ… އަދި ފަހުން ވަރަށް ބައިވަރު ހަދިޔާ ހިފައިގެން އަންނާނަން އިނގޭ. މިޝްކު ކޮލަށް ބޮސްދެމުން ނަގަމް ބުނެލިއެވެ. ކައިރީގައި އިން ތޫބާ ވެސް ތެދުވަމުން ދަބަސް ތެރެއަށް އަތްކޮށްޕާލާފައި ނެގި ބޮޑީސްޕްރޭ ފުޅިން ގަޔަށް ބުރުއްސާލިއެވެ. އެއާއެކު ތޫބާ ކައިރީގައި ކޮޅަށް ހުރި މިޝްކު ކެއްސަން ފެށިއެވެ. އިސާހިތަކު އެކުޑަ ހަށިގަނޑު ނޭވާ ނުލެވިގެން ތެޅިފޮޅެން ފެށިއެވެ. ރިމީޝާ ހުރީ ޝޮކެއްގައެވެ. މިޝްކު އަރިއަޅާލި މަންޒަރު ރިމީޝާއަށް ފެނުމުން ރޮއެގަނެވުނެވެ. ޝިނާން އަވަސް އަވަހަށް މިޝްކު އޭނާގެ އަތްދަނޑި މައްޗަށް އުފުލާލިއެވެ. އޭރުވެސް ގޭތެރޭގައި ވަނީ ރިމީޝާގެ ރުއިމުގެ އަޑެވެ. ނަގަމް އާއި ތޫބާ ތިބީ ވާނުވާ ނޭނގިފައެވެ. މުޅި ގޭތެރޭގައި ހުރީ ތޫބާ ޖަހާލި ސްޕްރޭގެ ވަހެވެ.

“އަނހަ ބޭބީ އަށް ކިހިނެއްވީ” މިޝްކު އަށް ވީގޮތް ފެނުމުން ތޫބާ ކައިރިވެލީ އިތުރަށް ސްޕްރޭ ފުޅިން ހެދުމަށް ބުރުވާލާފައެވެ.

“މީ ކިހާދެރަކަމެއް” ކުއްލިއަކަށް ރިމީޝާ ތެދުވެ ތޫބާގެ އަތުގައި އޮތް ސްޕްރޭ ފުޅި އަތުލާފައި ބެލްކަނިން ބޭރަށް ހޫރާލިއެވެ.

“ޝިނާން!!! އަވަހަށް ހުރިހާ ދޮރުތަކެއް ހުޅުވާ. ފަންކާ ފުލްކޮށްލާ” ސޯފާގައި އޮތް މިޝްކު ކައިރީގައި އިށީންނަމުން ރިމީޝާ  ބުނެލިއެވެ.

“ދަރިފުޅާ… ދޫންޏާ.. މަންމިގެ ފުރާނަޔާ ފުންކޮށް ނޭވާލާ ބޭބީ” މިޝްކުގެ މޭގައި ފިރުމަމުން ރިމީޝާ ބުނަމުން ދިޔައެވެ. މަންޒަރު ބަލަން ތިނި ނަގަމް އާއި ތޫބާގެ މޫނުމަތީގައިވީ ނުރުހުމެވެ. ރިމީޝާ ކަންތައް އެކުރި ގޮތުން ދެމީހުން ވެސް ތިބީ އިންތިހާ އަށް ރުޅިއައިއްސައެވެ. މިޝްކު އަށް އެމީހުން ކަމެއް ކޮށްފި ހެއްޔެވެ؟ ނަގަމް ރިމީޝާއަށް ތުން އަނބުރާލިއެވެ.

“ނޭނގޭތަ މިޝްކޮ އަކީ…..” ޝިނާން އަށް ޖުމްލަ ފުރިކަމަ ނުކުރެވުނީ ރިމީޝާ އޭނާގެ އަތުގައި ހިފުމުންނެވެ. މިޝްކު އަށް އަޑުއިވޭ ހިސާބުގައި އޭނާ އަކީ ބަލި ކުއްޖެކޭ ރިމީޝާ ވެސް އަދި ޝިނާން ވެސް ބުނެފައިނުވާތީއެވެ.

“ނޭނގި ސްޕްރޭ ޖެހުނީ. އަބަދު އާދަވެފައި ހުރީމަ” ތޫބާ ދެރަވެލާފައި ބުންޏެވެ.

“މީހަކަށް ނޭނގި ވެސް ކަމެއް ކުރެވިދާނެދޯ. އެހެނޭ ކިޔާފައި ނުޖެހޭ ދޯ ސްޕްރޭ ފުޅި ހޫރާލާކަށް” ރިމީޝާއަށް ދެލޯ އަޅާލަމުން ނަގަމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“މާފްކުރޭ. މިޝްކޮ އަށް ވީގޮތް ފެނިފަ އުޅެވުނު ގޮތެއް ނޭނގުނީ” ރިމީޝާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. މިޝްކު އޮތީ ރިމީޝާގެ ކޮނޑުމަތީގައި ބޯއަޅާލައިގެންނެވެ. އޭރުވެސް މިޝްކުގެ ނޭވާ ހަމައަކަށް ނޭޅޭއެވެ.

“ޝިނާން އަހަރެމެން ދަނީ. ފުރުމުގެ ކުރިން އަދި އާދެވޭތޯ ބަލާނަން” ރިމީޝާއަށް ފޫހި ގޮތަކަށް ބަލާލަމުން ނަގަމް އާއި ތޫބާ އެގެއިން ނިކުމެގެން ދިޔައިރު ވެސް ޝިނާން ހުރީ ވެދިޔަ ކަންތަކުން ކިޔަންވީ ކީކެ ކަމެއް ނޭނގިފައެވެ. ރިމީޝާގެ ސައިޑުން ވިސްނާލައިފިނަމަ އޭނާ ކުރީ ގޯސް ކަމެއް ނޫނެވެ. އަދި ބަޔަކު ގެންގުޅުނު އެއްޗެއް އެގޮތަށް އެއްލާލާކަށް  ރިމީޝާއަަކަށް ވެސް ނުޖެހެއެވެ.

“މަންމިގެ ބޭބީ އޯކޭތަ މިހާރު” އަލުން ސޯފާގައި އިށީންނަމުން ރިމީޝާ މިޝްކު ބޭއްވީ އުނގުތެރޭގައެވެ.

“މަންމީ!! މިޝް….މިޝްކޮ އަށް ކީއްވެތަ މިހެން ވަނީ” ހުއްޓަ ހުއްޓާފައި މިޝްކު ބުނެލިއެވެ.

“އެއީ ކަމެއްނޫން ދޫނީ. ބައެއް ކުދިން އެކި އެއްޗެއްސަށް އެލާރޖިކް ވާނީ. މިހާރު ރަނގަޅުވީނު ދޯ. ހިނގާ އަވަހަށް ކޮޓަރިއަށް ދަމާ” ދެއަތުން މިޝްކުގެ މޫނުގައި ފިރުމާލުމަށްފަހު ނިތްކުރިއަށް ބޮސް ދެމުން ރިމީޝާ ހިނގައިގަތެވެ. ދުރުގައި މަންޒަރު ބލަން ހުރި ޝިނާން ހުރީ ގަނޑުވެފައެވެ. ކުރިން އޭނާ ނިންމައިގެން ހުރީ ރިމީޝާ ކައިވެނި ކުރަންވީ ރެއަށް މިޝްކު އޭނާގެ މާމަ އާއި ބޮޑުދައިތަމެން ކައިރިއަށް އިންޑިއާ އަށް ފޮނުވާލާށެވެ. ރިމީޝާއަކީ މިޝްކުގެ މަންމަ ކަމުގައި ވިޔަސް ރިމީޝާގެ އުފާވެރި ހަޔާތަށް އިތުރު މީހެއްގެ އުނދަގުލެއް ބުރައެއް ތަކުލީފެއް ލިބެން ނޭދޭތީއެވެ. ނަމަވެސް މިޝްކު އާއި ނުލާ އުޅެން ރިމީޝާއަށް ކިހާ އުނދަގުވާނެކަން ފާއިތުވެ މިދިޔަ ދެތިން މިނިޓަށް ވިސްނާލިޔަސް އެނގޭނެއެވެ. މަޔަކާއި ދަރިއަކު ވަކިކުރަން ވެދާނެ ހެއްޔެވެ؟ ޝިނާން ދެފަރާތަށް ބޯ ހޫރާލިއެވެ. ވިސްނަންވީ އެއްޗެއް އޭނާ އަށް ނޭނގުނެވެ.

 

ހޮސްޕިޓަލުން ނިކުމެގެން އައި އައްޔަދު އެރީ ހޮސްޕިޓަލް ބޭރުގައި އިން ޝިނާންގެ ސައިކަލަށެވެ. އައްޔަދު ކޮންމެހެން ވެސް ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން ޝިނާން ސިފައިންގެއިން އައި ގޮތަށް ހެދުން ބަދަލުކޮށްގެން އެ އައީ އައްޔަދު ބަލައެވެ.

“ކޮންތާކަށް ދާނީ” ސައިކަލުގައި ކުރިއަށް ދުއްވަމުން ދިޔަ ޝިނާން އަހާލިއެވެ.

“ހިނގާ މިމަގު ކޮޅުގަ އިންނާނެ ކެފޭއެއް” އައްޔަދު އިނގިލިން އިޝާރާތްކުރަމުން ބުނެލިއެވެ. ޝިނާން އަށް މާގިނައިރަކު ދުއްވާކަށް ނުޖެހުނެވެ. ކެފޭ އަށް ވަދެގެން ގޮސް ދެމީހުން އިށީނީ ކުޑަ ދޮރެއް ކަނޑާފައިވާ ދިމާލުގައެވެ. އެތަނަށް ގުދުރަތީ ހިތްގައިމު ވައި ޖެހެމުން ދިޔައިރު ސިކުނޑި ގޮވާފައިވާ ޝިނާން ކަހަލަ ކިތަންމެ މީހަކަށް ހަމަޖެހުން ލިބޭނެއެވެ.

“އަޔާ ފަށާބަލަ” ގޮނޑީގައި ހަމަޖެހިލަމުން ޝިނާން ބުނެލިއެވެ.

“މަށަށް ހީވަނީ ޝިނާން އަށް އެނގޭނެހެން އަހަރެން ދައްކަން މިއުޅޭ ވާހަކަ. ރިމީޝާގެ ވާހަކަ. ކުރިއަށް މިއޮތް އެއްހަފްތާ ތެރޭގައި އަހަރެމެންގެ ކައިވެނި ކުރެވޭނެ. ޝިނާން ބޭނުންވިއްޔާ އަދި ހުއްޓުވިދާނެ. ކޮންމެގޮތެއް ވިޔަސް ރިމީ އަކީ ޝިނާންގެ ދަރިފުޅުގެ މަންމަ” އައްޔަދު ސީދާ މައުލޫ އަށް ވާހަކަދެއްކިއެވެ.

“އަހަރެން ރިމީ އާއި އިނީ ލޯތްބަކުން ނޫން. އަދި ރިމީ ވެސް” ޝިނާން ފެންފޮދެއް ބޯލަމުން ބުނެލިއެވެ.

“ދެން ކީއްވެ؟…… ރިމީ ވެސް އިނީ ލޯތްބަކުންނޫން… ދެން ކީއްކުރަން ދެމީހުން އިނީ… ކޮބާތަ ދެމީހުންނަށް މަޖޫބޫރުވި ސަބަބަކީ؟ ” އައްޔަދު ބަލަން އިނީ ޝިނާންގެ މޫނަށެވެ. ޝިނާން އިރުކޮޅަކު ހިމޭނުން އައްޔަދަށް ބަލަން އިނެވެ. އެއަށްފަހު ފުން ނޭވައެއް ލިއެވެ. އެ ސުވާލުގެ ޖަވާބު ދޭން ބޭނުންނުވާތީ ޝިނާން ދުރު ބަލަން ފެށިއެވެ.

“ކީއްވެހޭ ޝިނާން؟ ކޮން މަޖްބޫރީއެއް ވީ” ދެވަނަ ފަހަރަށް އައްޔަދު ސުވާލު ތަކުރާރުކޮށްލިއެވެ. އިތުރު ސުވާލަކާއި އެކީގައެވެ.

“ބައެއް ކަހަލަ ސުވާލުތަކަށް އެމީހެއް ހަމަހިމޭންކަން ޖަވާބަކަށް ފުދޭނެ. އަހަރެން މި އިނީ ހަނު. އެހެންވީމަ ތިކަމާއި ގުޅުވައިގެން އިތުރު ސުވާލެއް ނުކުރުން ރަނގަޅީ. އެއީ ތި ސުވާލުގެ ޖަވާބު މަށަށް ވެސް އަދި ރިމީ އަށް ވެސް ނުދެވޭނެ. އަދި އަމުދުން އަޔާ ތި ސުވާލުކުރީމަ ވަރަށް އޮޑު” ޝިނާން ހަމަޖެހިލަމުން ބުނެލިއެވެ.

“އެ ކީއްވެ؟ ވަރަށް ހެއްވާ” ހިނިގަނޑެއް ޖަހާލަމުން އައްޔަދު ބުނެލިއެވެ.

“އަހަރެން ރިމީ އާއި އިންނާކަށް ބޭނުމެއްނޫން. އަހަރެން އަދިވެސް މި ހުރީ ޖަނާން ގެ އިންތިޒާރުގަ” އައްޔަދު ބުނެލިއެވެ.

“ނޫން އަޔާ ތިހެން ނަހަދާ ރިމީ އަށް. ރިމީ އަޔާ ދެކެ ވަރަށް ލޯބިވޭ. އަށްއަހަރު. ދުލުން ބުނެވިދާނެ. އެކަމަކު އެއީ ވަރަށް ދިގު މުއްދަތެއް. ރިމީ އިންތިޒާރުކުރި އަށްއަހަރު. މިހާރު އިންނަން ދެ ދުވަހަށް ވީމަ ދެކޮޅު ނަހަދާ. ރިމީގެ ހިތްހަލާކުވެދާނެ” މޭޒުމަތީގައި އޮތް އައްޔަދުގެ އަތް މަތީގައި އަތް ބާއްވާލަމުން އާދޭހުގެ ރާގަކަށް ޝިނާން ބުނެލިއެވެ.

“ރިމީގެ އުފަލަށް އަހަރެން ރިމީ އާއި އިނީމަ ހަލާކުވެގެންދާނީ ދެ ހިތެއް. އެކަމަކު އަހަރެން މިކަމަމަށް އިންކާރު ކުރިއްޔާ ހަލާކުވާނީ ހަމައެކަނި ރިމީގެ ހިތެއްނު” އައްޔަދު ބުނެލިއެވެ.

“ނުވިސްނުނު. ކޮން ދެހިތެއް” ފަހަތަށް ޖެހިލާ ގޮނޑީގައި ލެގިލަމުން ޝިނާން ބުނެލިއެވެ.

“އެކަކު އެއީ އަހަރެން. އަހަރެންނަށް ރިމީ އަންބެއްގެ މަގާމަށް ގެނައުމަކީ ކުރަން ވަރަށް ދަތި ކަމެއް. އެއީ އަހަރެން ރިމީދެކެ ލޯބިނުވާތީ. އަހަރެން ލޯބިވަނީ ޖަނާން ދެކެ. ބޭނުންވަނީ ވެސް ޖަނާން. އަނެއް މީހަކީ ޝިނާން. ޝިނާން ލޯބިވަނީ ރިމީ ދެކެ. އެކަން އެނގޭ ހާލުގަ ވެސް ތިއުޅެނީ ރިމީ އެހެންމީހަކާއި ތަތް ނުކުރެވިގެން” އައްޔަދު ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ.

“ހެހެހެ…. ފަހަރެއްގައި އަޔާ ރިމީދެކެ ލޯބިނުވާއިރު ތި ހިތަށް އަސަރު ކޮށްފާނެ. އެކަމަކު އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ. އަހަރެން ރިމީ ދެކެ ލޯބިނުވަން. ރިމީ އަކީ ހަމައެކަނި މިޝްކުގެ މަންމަ. ރިމީގެ ކައިވެނި ކުރެވުނުހާ އަވަހަކަށް އަހަރެން ވެސް ކައިވެނިކުރާނަން. ނޯޔާ އާ” ޝިނާން ބުނެލިއެވެ. ހިތް މަތީގައި ހިލަގަނޑެއް އޮވެ އެހިތް ފިތި ބާރުވަމުން ދާއިރު ވެސް ޝިނާން ހިނިތުންވެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ސޫރަ ޓްރެއިލަރ

Next

ޖާހާ

Next
April 2, 2018

ޖާހާ

Previews
April 2, 2018

ސޫރަ ޓްރެއިލަރ

13 Comments!

  1. Ushaali says:
    April 2, 2018 at 5:30 pm

    salaam huriha kudhin!! kihinehtha emmen? ummeedhu kuran mi bai ves kamudhaane kamah. faharegga mihaaru vahaka midhany kiyuntherin hiyhama jehey gothakah noon kamah vedhaane. varah bodah sorry ekamah. vahaka varah reethi vaane adhi fahun 🙂 🙂

  2. Nu Xu says:
    April 2, 2018 at 6:04 pm

    Wow.. Nu Xu heekury tomorrow kamah… Thnkx avahah up kohladhynyma… N mi part vx salhi vvvvv… Ehn vedhaane stry ge salhikan ingeyny nimey hisaabunney… Eh part in hurihaakameh ingen v ma stry ehaa ehaa eh nuvaane. So keep going… I know its a nice stry akah vaanekan… Feshun goiyy ehaa loabi… Adhi nimun maa loabi vaane… I trust u… Lotx of luvx… ?????? ☺☺☺☺

  3. Nu Xu says:
    April 2, 2018 at 6:08 pm

    ☺☺☺☺Yey me first dhw…☺☺☺ Hehe… Waiting 4 nxt prt….☺☺☺☺

  4. Shann says:
    April 2, 2018 at 7:47 pm

    Alhey shinan ah ehen nuhadhaa ushaa… Rimee ah kyhvetha shinan ge rangalhukan nuvisnigen e ulheny… V ves rythi mibaives… Anehbai kiyaahithun mihaaru hurevenyky nun… V ves rythi story kuriah gendhaa goeh

  5. Ifa says:
    April 2, 2018 at 9:17 pm

    Who is noya???

  6. lotus says:
    April 2, 2018 at 9:24 pm

    Alhey… wat is wrong with these people…? and haadha curious vey eba.. WHY did rimee n shinan got married???

  7. Maii says:
    April 2, 2018 at 9:51 pm

    Vaanuvaa eh mikamuga neyngey… Hiy v kudhi kudhi… ??Wat is the truth?? How did shinaan and rimee got married?? And is mishku or aiku the child of rimee?? Confusion hee confusion.. I love the part.. Waiting for the nxt part.. ??

  8. Yehtaf says:
    April 2, 2018 at 10:40 pm

    There might b a chance that one of that kid is rimee and ayaa’s…. Just guessing.. Story is v nicr

  9. Beauty says:
    April 2, 2018 at 11:33 pm

    Interesting

  10. Thaath says:
    April 2, 2018 at 11:46 pm

    ?????

  11. sham says:
    April 3, 2018 at 12:14 pm

    noyaa aky kark?

  12. sham says:
    April 3, 2018 at 12:15 pm

    when next part

  13. reader says:
    April 3, 2018 at 2:44 pm

    mishku e ee rimy aai ayaage dho

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 10←


All Right Reserved!