Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 12

Ushaali Level 810 Stories100 Comments100 Stories500 Comments
April 5, 2018 8 Mins Read
37 Comments

“ވަރަށް ވަރަށް ލޯބިވޭ އަޔާދެކެ” އައްޔަދުގެ މޭގައި ރިމީޝާގެ އިނިގިލިތަކުން ފިރުމާލަމުން ބުނެލިއެވެ. ރިމީޝާއާއި ވީ ދިމާލަށް އައްޔަދު އެނބުރިލިއެވެ. ހިތް ތެޅެމުންދާއިރު ރިމީޝާއާއި ކައިރިވެލުމަށް ހިތް ގޮވަމުން ދިޔައެވެ. ޖަނާންގެ ފަރާތުން ލިބުނު ހިތްދަތިކަން ފިލުވާލުމަށް އައްޔަދު ބޭނުންވީ ރިމީޝާގެ ހަށިގަނޑުގެ ބޭނުން ހިފާށެވެ. ނަމަވެސް ރިމީޝާގެ ހަށިގަނޑުގައި ފިރުމާލުމަށް އަތް ހިއްލާވެސް ނުލާ ހުރިއިރު ބަލަމުން ދިޔައީ ދުރަށެވެ.

 

“އަޔާ ލޯބިނުވިޔަސް އަހަރެން މަސައްކަތްކުރާނަން އަޔާގެ ހިތުން ޖާގައެއް ލިބެތޯ” ރިމީޝާ އައްޔަދާއި ޖެހިފިތިގެން އޮށޯވެލަމުން ބުނެލިއެވެ. އައްޔަދު ދެކޮޅަށް އެއްޗެއް ނުބުނެ ބަލަން އޮތް ގޮތުން ރިމީޝާ އުފަލުން ދެލޮލުން ކަރުނަ ނީރާލިއެވެ. ކުއްލިއަކަށް އައްޔަދު ތެދުވެ ރިމީޝާ ގައި މައްޗަށް ޖެހުނީ ރިމީޝާ ނުވިސްނާ އޮށްވައެވެ. ރިމީޝާގެ މޫނާއި އޭނާގެ މޫނު ކައިރިކުރަމުން އައިސް ރިމީޝާގެ ތުންފަތާއި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް އޭނާގެ ތުންފަތް ކައިރިކޮށްލުމަށްފަހު ފުންމައިގެން ތެދުވިއެވެ. ރިމީޝާ އަވަސް އަވަހަށް އައްޔަދުގެ އަތުގައި ހިފާލިއެވެ.

“ނޫން ތިހެން ނަހަދާ އަޔާ…” ރިމީޝާ ރޮވިފައި ބުނެލިއެވެ.

އަހަރެން ރިމީދެކެ ލޯތްބެއްނުވޭ. އަހަރެން އަބަދުވެސް ބޭނުންވަނީ ޖަނާން. ޖަނާން ނޫން އެހެންމީހަކާއެކު އަހަރެން ތިފަދަ ގުޅުމެއް ހިންގާކަށް ބޭނުމެއްނޫން” އައްޔަދު ރިމީޝާއަށް ފުރަގަސް ދެމުން ބުނެލިއެވެ.

“އެ އެންމެންނާ އަހަރެން ތަފާތެއްނުން. ފުރަތަމަ ސަބަބަކީ މަށަކީ އަޔާގެ އަންހެނުން. ދެވަނަ ކަމަކީ އަޔާ އަލަކަށް ނޫނެއްނު އަހަރެންނާއި ގުޅުން ހިންގަން ތިއުޅެނީ” ރިމީޝާ ބުނެލިއެވެ. އައްޔަދުގެ ކުރިމައްޗަށް ރިމީޝާ އެރުމާއެކު އައްޔަދު ދެލޯ މަރާލައެވެ.

“އޭރާއި މިހާރު ވަރަށް ތަފާތު. އޭރުވެސް އަހަރެން ލޯބިނުވޭ. މިހާރުވެސް ނުވޭ. ނުވެސްވެވޭނެ. ރިމީ ބޭނުމިއްޔާ އަހަރެން މިހާރުވެސް ރިމީ ވަރިކޮށްދީފާނަން” އައްޔަދު ބުނެލިއެވެ. ރިމީޝާ ސިހިގެން ދިޔައެވެ.

“ނޫން…ނޫން… ދެވަނަ ފަހަރަށް އަޔާ ތިލަފްޒް ހިތަށް ވެސް ނުގެންނާތި….. އޯކޭ… އަހަރެން އެއްވެސް ގުޅުމެއް ހިންގާކަށް ބޭނުމެއްނޫން. ބޭނުންވަނީ އަޔާގެ އަންބެއްގެ މަގާމުގައި އިންނަން. ކުރެވުނު ކަންތަކަށް ސޮރީ” ރިމީޝާ ދުވެފައި ގޮސް ފާހާނާ އަށް ވަދެ ދޮރު ލައްޕާލިއެވެ. ބޮލުގައި އަތް އަޅާލައިގެން އައްޔަދު އެނދަށް ވެއްޓިގަތެވެ. ރިމީޝާ އާއި މެދު ކަންތައް ކުރެވުނު ގޮތަކުން ނުވަތަ ބުނެވުނު ބަހަކުން އައްޔަދުގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އޭނާ ހިތާއި ވިސްނުމާއި ގުޅިފައިވަނީ ޖަނާނެވެ. އޭނާ ބޭނުންވަނީ ޖަނާން ކައިރީގައި ވުމަށެވެ. އެހެން ފިރިހެނަކާއި އެކު ޖަނާން އެގޮތަށް އުޅޭ މަންޒަރު ބަލަން އޭނާ އަށް ކެތެއްނުވޭއެވެ.

 

އާދުވަހަށް އިރު ފެނުން ތޮޅިލުމާއެކު ގަޑީގެ ކަށިތަކަށް ބާރުލާ ދައުރުވަމުން ދާންފެށިއެވެ. ހެނދުނުގެ ސަޔަށް މޭޒުކައިރީގައި އަލްވީރާގެ އާއިލާ ތިއްބެވެ.

“ކިހާ އިރަކު ބޯޓް ފުރަނީ” ސައިބޯން އިން އަލްވީރާ ކުރިމަތީގައި އިން ނަޒީމް އާއި ސުވާލުކޮށްލިއެވެ.

“ނަޒީމް” ދެވަނަ ފަހަރަށް އަލްވީރާ ނަޒީމަށް ގޮވާލީ އެއްވެސް ޖަވާބެއް ނުދިނުމުންނެވެ.

“އެން؟ އެއްޗެއް ބުނިންތަ؟ ނަޒީމް އަވަސް އަވަހަށް އަހާލިއެވެ. އަލްވީރާ އާއި ނާއިން އަދި އަންޖަލް އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

“އަހަރެން ބުނީ ފުރަނީ ކިހާ އިރަކުހޭ” އަލްވީރާ އަހާލިއެވެ.

“ހަވީރަށް ތައްޔާރުވޭ. އިހަވަންދޫ ބޯޓުން މިފަހަރު ދާނީ” ނަޒީމް ބުނލިއެވެ.

“ނަޒީމް ކޯއްޗެއް ތިވިސްނަނީ” އަލްވީރާ އަހާލިއެވެ.

“މި ހިތަށް އަރަނީ އަހަރެމެންގެ ރިމީޝާ އައްޔަދާއި ދެވައިގެން އަހަރެމެންނަށް މިކުރެވުނީ ރަނގަޅު

ކަމެއްބާއޭ. މިހެން މިބުނީ އެސޮރު އަހަރެމެންނާ އެހާ ގުޅޭހެނެއް ހިއެއްނުވޭ. ކުރިން ވާހަކައެއްވެސް ނުދައްކާ. ޕާރޓީ ފެށިގެން ގޮސް ނިމުނުއިރު ވެސް އެސޮރުގެ ތުންފަތްމައްޗަކުން ހިނިތުންވުމެއް ނުފެނޭ” ނަޒީމް ސައިތަށި ދުރުކޮށްލަމުން ވާހަކަދެއްކިއެވެ. ހިނދުކޮޅަކު ހިމޭނުން އަލްވީރާ އިނީ އެކަންތައް އޭނާ އަށް ވެސް ފާހަގަވީމައެވެ.

“އަޅުގަނޑަކާ ވެސް ވާހަކައެއް ނުދައްކާ. ޝިނާންބެ އާއި ދޮންތަ އިންރޭ ކިހާ މަޖާކޮށް ދިޔައީ” ނާއިން ވެސް ބުނެލިއެވެ.

“ކޮންމެކަމެއް ވެސް ވާނީ އެންމެ ރަނގަޅަކަށް. އައްޔަދަކީ ކުރިން އަހަރެމެންގެ ދަރިފުޅު ރައްޓެހިވި ކުއްޖެއް. އެހެންވީމާ އެކުއްޖާއަށް ރިމީ އަލެއްނުވާނެއްނު. އެދަރިފުޅުގެ ކައިވެނި ބާއްޖަވެރި ކުރައްވާތޯ ދުއާ ކުރުން އޮތީ” ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ފިލުވާލަމުން އަލްވީރާ ތެދުވެ ހަޑިވެފައި ހުރި ތަށިތައް ނަގަން ފެށިއެވެ.

 

އައްޔަދު ހެނދުނު ހޮސްޕިޓަލަށް ދިޔުމާއެކު ރިމީޝާގެ ޑިއުޓީއަކަށް ވީ އައިކުގެ ހުރިހާ ކަންތަކެއް ކުރުމެވެ. ޒާއިރާ ބަދިގޭގައި މަސައްކަތްކުރި ވަގުތު ވެސް ރިމީޝާ ބަދިގެއަށް ވަދެ އޭނާ އަށް ކުރެވުނު ކަމެއް ކުރިއެވެ. ޝަނުމް ކޮލެޖަށް ދިޔުމަށް ނިކުތް ވަގުތު އެކުގައި ޒާއިރާ ނިކުތީ ރައްޓެއްސަކާއި ބައްދަލުކުރުމަށް ބޭރަށް ދިޔުމަށެވެ. ގޭގައި ރިމީޝާ އާއި އައިކު އެކަނިވީއެވެ. ކޮންމެ ދުވަހަކުވެސް މެންދުރުގެ ކެއުމަށް އައްޔަދު ގެއަށް އަންނަކަން ޒާއިރާ ރިމީޝާ ކައިރީގައި ބުނެފައި އޮތުމުން އައިކު ނިންދަވާލާފައި ރިމީޝާ މަސައްކަތްކުރީ އައްޔަދު އަންނަން ވާއިރަށް ރަނގަޅު ކެއުމެއް ތައްޔާރުކުރާށެވެ.

މޭޒުމައްޗަށް ކާން ތައްޔާރު ކުރުމަށްފަހު ރިމީޝާ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާލާފައި ބަލާލިއެވެ. އައިކު އަދިވެސް ލޯބިކޮށް ނިދާލާފައި އޮތުމުން ރިމީޝާ މަސައްކަތްކުރީ އައްޔަދު އަންނަން ވާއިރަށް ރީތިވެލުމަށެވެ. ފިރިމީހާ އާއި ބައްދަލުކުރަން އޭނާ ބޭނުންވަނީ ތާޒާ ކަމާއެކުގައެވެ. ފިރިމީހާގެ ރުހުން ހޯދުމަށް އެއީ ވެސް ވަރަށް މުހިއްމު ކަމެއް ކަން ރިމީޝާއަށް އެނގުނީ ކިޔުނު އާޓިކަލް އަކުންނެވެ.

ފެންވަރާ އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ނިކުތް ރިމީޝާ ސޯފާގައި އިށީނދެ ކުރިމަތީގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އެކެއްޖަހަން އަދި ފަނަރަ ވަރަކަށް މިނިޓް ހުރުމުން އަލުން މޭޒު ކައިރިއަށް ގޮސް ހުރިހާ ކަމެއް ރަނގަޅުތޯ ބަލާލިއެވެ. ބަދިގެއިން ނިކުތް ރިމީޝާ ސިހުނީ ކުއްލިއަކަށް އެޕާރޓްމަންޓް ދޮރު ހުޅުވުނު އަޑަށެވެ. އައްޔަދު ވަތްތަން ފެނުމުން ރިމީޝާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އައްޔަދު ހީވެސްނުލާ ވަނީ ކޮޓަރިއަށެވެ.

ފަހަތުން ރިމީޝާ ވެސް ކޮޓަރިއަށް ވަނެވެ. އައްޔަދު ފެންނަން ނެތުމުން ރިމީޝާ ބޮލުގައި އޮޅާފައި އޮތް ތުވާލި ނައްޓުވާ ބެލްކަނީގައި އަޅާލިއެވެ. އަދި އައްޔަދު ނިކުންނަންދެން އެނދުގައި ޖައްސާލިއެވެ. ނިދާފައި އޮތް އައިކު ހޭލަން އުޅޭ ކަހަލަ ގޮތަކަށް ކުސް ތަޅާލުމުން ރިމީޝާ އެސޮރުގެ ނެޕީ މަތިން ތަޅާލިއެވެ. އައްޔަދު ފާހާނާ އިން ނިކުތީ ރިމީޝާ އެހެން އިންދައެވެ.

“ހިނގާކާން. ކާން ހަދާފައި ހުންނާނީ” ރިމީޝާ ބުނެލިއެވެ.

“ކޯއްޗެއް” ފަރުވާކުޑަ ގޮތަކަށް އައްޔަދު އަހާލިއެވެ.

“ބަތާއި ކުކުޅު ރިހަ. ރޮށި ވެސް ފިހުނިން” ރިމީޝާ ބުނެލިއެވެ.

“ނެތްތަ ރިހާކުރު” ގަސްދުގައި އައްޔަދު ބޭނުންވީ ގޭގައި ނެތް އެއްޗެއްގެ ނަން ބުނެ ރިމީޝާ ދެރަކޮށްލާށެވެ.

“ރިހާކުރު ކެއިމަ އަޔާ އެލާރްޖިކްވެއެއްނު. ޒާއްތަ ބުނި މިގެއަށް ރިހާކުރު ނުގަންނަތާ އެތައް ދުވަހެކޭ” ރިމީޝާ ބުނެލިއެވެ.

“އެލާރޖިކް ވަނީ ކުރިން. މިހާރު ކިތަންމެ ކަމެއް ބަދަލުވެއްޖެ” އައްޔަދު ޑްރެސިންގްޓޭބަލް ކައިރީގައި ހުރެ  އަތުން އިސްތަށިގަނޑު އެއްވަރު ކުރަމުން ބުނެލިއެވެ.

“އެކަމު މިވަގުތު ރިހާކުރެއް ނެތް. ދެން މިގަޑީގަ ހިނގާ ގޭގައި ހުރި އެއްޗެއް ކާން. އަޔާ ބުނެފިއްޔާ އިތުރު އެއްޗެއް ތައްޔާރުވެސް ކޮށްލެވިދާނެ. ބުނޭ. ނޫޑްލްސް ކައްކަދެންތަ؟ އަޔާ އަށް ވަރަށް މީރު އެއްޗެއްނު ނޫޑްލްސް އަކީ” ރިމީޝާ މަސައްކަތްކުރީ އައްޔަދާއި ލޯތްބާއެކު ވާހަކަދައްކާށެވެ.

“ތިއިން އެކައްޗެއްވެސް މިހާރަކު މީރެއް ނޫން. ނުކާނަން. މިއައީ ކައިގެން. ނިދާލަން ބޭނުމީ” ރިމީޝާ ބުނާ އެއްޗަކަށް ބެލުމެއްނެތި ފޯނު ނަގާ ހަވީރު ހަތަރަކަށް އެލާމް ކުރުމަށްފަހު ބާލީސްމަތީގައި ބޯއަޅާލިއެވެ. ރިމީޝާ އެއްޗެއް ބުނަން އުޅޭހެން ހީވުމުން ދެލޯ މަރާލީ ހަމަ އެނގިހުރެއެވެ. ރިމީޝާ ދެރަވިއެވެ. ހިމޭނުން އިރުކޮޅަކު އައްޔަދަށް ބަލަން ހުއްޓެވެ. މަޑުމަޑުން ކޮޓަރިން ނިކުމެ ދޮރު ލައްޕާލީ އެނޫން ގޮތެއް ނެތިގެންނެވެ.

ސިޓިންގްރޫމް ސޯފާގައި ވިސްނުމަކަށް ގެއްލިފައިން ރިމީޝާ ސިހިގެން ދިޔައީ ދޮރުގެ ބެލް އަޅާލި އަޑަށެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ތބި އޭނާގެ އާއިލާ ފެނިފައި ހިނިތުންވެލިއެވެ. ރިމީޝާ ބޮލުގައި ފިރުމާލާފައި އެތެރެއަށް ވަންނަމުން ނަޒީމް އައްޔަދު ކޮބައިތޯ ސުވާލުކޮށްލިއެވެ. ރިމީޝާ މޫޑް އޮފްވެފައި ވެސް އަވަހަށް ހީލިއެވެ.

“އެބަ އޮތް ނިދާފައި. މިއަދު ކުޑަކޮށް ބަލިވެ އުޅެނީ” ރިމީޝާ ބުނެލިއެވެ.

“މިހާރު ކައިފިންތަ؟ ކާން ހަދާފައި ހުރި ގޮތަށް ދޯ އެހުރީ އަދި” ކާމޭޒާއި ދިމާލަށް ކަޅިއެއް އެއްލަމުން އަލްވީރާ ބުނެލިއެވެ.

“އަޔާ ނުކަނިސް އަޅުގަނޑު ކެއުން ރަނގަޅެއްނޫނެއްނު މަންމާ. އެހެންވެ އަޔާ ހޭލަންދެން މަޑުކޮށްލީ. އެހާ އިރަށް ޒާއްތަ އާއި ޝަނުމް ވެސް އަންނާނެ” ދެއަތްތިލަ ދެއަތްތިލަ އާއި މޮޑެލަމުން ރިމީޝާ ބުނެލިއެވެ. އަލްވީރާ އިނީ ފަރުވާތެރިކަމާއެކު ރިމީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ދަރިފުޅާ މަންމަ ވާހަކައެއް…..”

“ބައްޕަމެން ކިހާ އިރަކު ފުރަނީ. އަޅުގަނޑު ވަރަށް ހަނދާންވާނެ އެންމެން މަތިން” ރިމީޝާ ގަސްދުގައި އަލްވީރާ ބުނަން އުޅުނު އެއްޗެއް ހުއްޓުވީއެވެ. އެމައުލޫ އަށް ވާހަކަދެއްކުމަކީ އޭނާ އަށް ފަސޭހަ ކަމެއް ނޫނެވެ.

“ހަވީރު. އެހެންވެ އޭގެ ކުރިން މިއައީ ކޮންމެހެން ވެސް އެބަޖެހޭ އައްޔަދާއި ބައްދަލުކޮށްލަން” ނަޒީމް ބުނެލިއެވެ. ރިމީޝާ ކަންބޮޑުވިއެވެ. ނިދާފައި އޮތް އައްޔަދަށް ގޮވާނީ ވެސް ކިހިނެއްހެއްޔޭ ހިތަށް އަރަމުން ދިޔައެވެ.

އެވަގުތު ޒާއިރާ އާއި ޝަނުމް ވަދެގެން އައީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ޒާއިރާ ހީލާފައި ވަދެގެން އައިސް އަލްވީރާ ކައިރީގައި ހުހަށް ހުރި ގޮނޑީގައި އިށީނުމުން ޝަނުމް ހީލާފައި ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ރިމީ މަޑުކުރޭ. ޒާއްތަ އަންނާނަން އެސޮރު ގޮވައިގެން” އަލްވީރާ އެބަޔަށް އައި ބޭނުން ބުނުމާއެކު ޒާއިރާ ތެދުވެގެން ދިޔައީ ކޮޓަރި އާއި ދިމާލަށެވެ. ފަސްވަރަކަށް މިނިޓް ފަހުން ޒާއިރާ އާއި އެކުގައި ޓީޝާޓް ލަމުން ކޮޓަރިން ނިކުތް އައްޔަދު ފެނިފައި ރިމީޝާގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ.

“ދަރިފުޅާ!! ރަނގަޅުތަ؟” ނަޒީމް އިސްވެ އައްޔަދާއި ސަލާމަށް އަތް ދިއްކޮށްލަމުން ވާހަކަދެއްކިއެވެ. އައްޔަދު ވެސް ހީލަމުން ނަޒީމް ދިއްކޮށްލި އަތުގައި ހިފާ ސަލާމް ކޮށްލިއެވެ.

“ރަނގަޅު. އެންމެން ރަނގަޅުތަ؟” ކުޑަކޮށް ހީލަމުން އައްޔަދު އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

“އަލްހަމްދުލިއްލާހި. ބައްޕަމެން ވަރަށް ރަނގަޅު. ބައްޕަމެން މިއުޅެނީ މިއަދު ހަވީރު ރަށަށް ދާން ފުރަން. ދަރިފުޅާ ބައްދަލުކޮށްލަން ބޭނުންވީ ވަރަށް ބޮޑު ވާހަކައެއް ދައްކަން” ނަޒީމް އައްޔަދާއި ކުރިމަތިލަމުން ބުނެލިއެވެ.

“އައްޔަދު ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ އައްޔަދުގެ މޫނުން ނަޒަރު ވަކިކޮށް ނަޒީމްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.

“ކޮންވާހަކައެއް”؟ ގަޔާނުވެފައި އިނދެ އައްޔަދު ބުނެލިއެވެ.

“ދަރިފުޅުގެ އަންބެއްގެ މަގާމުގައި އޭނީ ބައްޕަމެންގެ ދެލޮލުގެ ދެ ނޫރު. ބައްޕައަށް އެނގޭ ރިމީޝާ ބުނި އަގެއް ދީފައި މިހާރު އެވަނީ ގަނެފައިކަން. އެކަމަކު ވެސް އެއީ ބައްޕަމެންގެ ދަރިއަކަށް ނުވެއެއްނުދާނެ. އެދަރިފުޅަށް އަނިޔާއެއް ވޭނެއް ހިތާމައެއް ނުދޭތި. ދަރިފުޅުގެ ހަޔާތުން ރިމީޝާ ދުރަށްލާން ބޭނުންވެއްޖެނަމަ މުޅި ރަށަށް އޭނާ ފަޟީހަތްނުކޮށް ބައްޕަ އަށް ނޫނީ މަންމަ އަށް ގުޅާފައި ހަވާލުކޮށްދީ. އެންމެ ފުރަތަމަ ރިމީޝާ ޝިނާން އާއި އިން އިރުގައި ވެސް ޝިނާން ކައިރީގައި ވެސް ބައްޕަ މި ވާހަކަދެއްކިން” ނަޒީމްގެ ވާހަކަތައް އަޑު އަހަން އައްޔަދު އިސް އޮބާލައިގެން އިނެވެ. ރިމީޝާ ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން ހީލެވޭތޯ ބަލާލިއެވެ.

“ބައްޕަމެން ތި ހީކުރާހާ ގޯހެއް ނޫން އަޔާ. އަޔާ އަކީ އަންހެނުންގެ އިހުސާސްތަކަށް ގަދަރުކުރަން އެނގޭ ފިރިހެނެއް” އައްޔަދުގެ އަތުގައި ހިފާލަމުން ރިމީޝާ ބުނެލިއެވެ. އައްޔަދު ރިމީޝާގެ މޫނަށް ބަލާލަމުން މަޖްބޫރީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. އެދެމީހުންގެ އެ އަމަލުން ޒާއިރާ އަށް ވެސް ހިނިތުންވެވުނެވެ. ހެދުން ބަދަލުކޮށްލައިގެން ނިކުތް ޝަނުމް ވެސް ޒާއިރާ އިން ގޮނޑީގެ އަތްގަނޑު މަތީގައި އިށީނދެލީ އެތަނުގައި ސީރިޔަސް ވާހަކައެއް ދެކެވޭތީ އަޑުު އަހާލުމުގެ ބޭނުމުގައެވެ.

“ވަރަށް އުފާވެއްޖެ. ބައްޕަމެން ދެން ދަނީ. ފުރުމުގެ ކުރިން އަދި ބާޒާރު ކޮށްލަން ވެސް ޖެހޭ. ހިތްހެޔޮކުރާތި” ނަޒީމްމެން ތެދުވީ ފަހު ފަހަރަށް އައްޔަދާއި ސަލާން ކޮށްފައެވެ. ރިމީޝާގެ ގައިގާ ބައްދައިގެން ހުރެ ރޮއެ ހެދުމަށްފަހު އަލްވީރާ އެގެއިން ނިކުތީ ޒާއިރާ ކައިރީގައި ވެސް ރިމީޝާ ހެޔޮކޮށް ހިތުމަށް އެދިފައެވެ. އެމީހުން އެބައިން ނިކުތުމާއެކު އައްޔަދު ފުންމައިގެން ތެދުވެ ކޮޓަރި އާއި ދިމާލަށް ދިޔަ މަންޒަރު ބަލަން ރިމީޝާ އިނީ ކަރު އެލުވާލައިގެންނެވެ.

ރޭގަނޑުގެ ކެއުމަށް ފަހު ރިމީޝާ ކޮޓަރިއަށް ވަނީ އައިކު ނިންދަވާލުމަށެވެ. ބެލްކަނީގައި ފޯނާއި ކުޅެން އައްޔަދު ހުރި އިރު ވައަތުގެ ދެއިނގިލި ދޭތެރޭގައި ހިފަހައްޓާފައި އޮތް ސިނގިރެޓްގެ އަލިފާންކޮޅު ފެނި ރިމީޝާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ރިމީޝާ އަށް އެނގިފައިވާ ގޮތުގައި އައްޔަދަކީ އެއްވެސް އިރެއްގައި ސިނގިރެޓް ބުއި މީހެއް ނޫނެވެ. އެނދުގައި އިނދެ އައިކު ނެޕީ ބަދަލުކޮށްލުމަށްފަހު ކޮޓަރި ތެރެއަށް ދޫކޮށްލިއެވެ. ރިމީޝާ ތެދުވެ ބެލްކަންޏަށް ނިކުމެލީ އައްޔަދާއި ވާހަކަދައްކާލާ ހިތުން އެހިތް ތެޅި ފޮޅޭވަރުންނެވެ.

“އަޔާ!!! ކޮންއިރަކު ސިނގިރެޓް ބޯން ފެށީ” ރިމީޝާ އައްޔަދު ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ.

“ހުރިހާ އިރެއްގަވެސް” ފަރުވާކުޑަ ގޮތަކަށް އައްޔަދު ބުނެލިއެވެ. ރިމީޝާ އެއްޗެއް ނުބުނެ ދުރުދުރުން ފެންނަމުން ދިޔަ އިމާރާތްތަކުގެ އަލިތަކަށް ބަލަން ފެށިއެވެ.

“ބަލާބަ އަޔާ. މިރޭ ހަނދު ވަރަށް ރީތި ދޯ. ބުރުހަމަ ހަނދެއް ނޫނަސް އެގޮތަށް އެއްފަޅި ފެންނަން އިންނަ އިރުގައި ވެސް ކިހާ ފުރިހަމަ” ރިމީޝާގެ ނަޒަރު ހުއްޓާލާފައި ވަނީ އުޑުގައި ހަރަކާތްތެރިވަމުން ދިޔަ ފަޅި ހަނދަށެވެ.

“އަހަންނަކަށް އުޑެއް ، ހަނދެއް ، ތަރިއެއް ރީއްޗެއް ނޫން” އައްޔަދު ރުންކުރު ރާގެއްގައި ޖަވާބުދިނެވެ. ރިމީޝާ ދެވަނަ އެއްޗެއް ބުނަންވާއިރަށް އައްޔަދު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކޮޓަރިތެރެއަށް ވަނެވެ. ރިމީޝާ ދެރަވިއެވެ. އުޑަށް ބަލަހައްޓައިގެން ހުރީ ހިތުގައި ޖަމާވެފައިވާ ޝަކުވާތައް ހިފަހައްޓާލައިގެންނެވެ. ނުވިސްނާ ހުއްޓާ ހަށިގަނޑު ބީހިލާފައި ދިޔަ ފިނިފިނި ވައިރޯޅިން ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހަމައެގޮތަށް ދެވަނަ ވައިރޯޅި ބީހިލުމާއެކު ރިމީޝާއަށް ދެލޯ މަރާލެވުނެވެ.

އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުން ރިމީޝާ އަތަށް ބަލާލިއެވެ. ބޭރު ނަންބަރަކުން ގުޅަން ފެށުމުން ރިމީޝާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ޔަގީނުން ވެސް ޝިނާން ނޫނީ މީހަކު ނުގުޅާނެކަން ރިމީޝާއަށް ޔަގީނެވެ. އުފާވީ ޝިނާންގެ ކޯލަކަަށް ވީމައެއް ނޫނެވެ. އުފާވީ ޝިނާން މެދުވެރިކޮށް މިޝްކު އާއި ވާހަކަ ދެއްކޭނެތީއެވެ. ފޯނު ނެގުމަށްފަހު ކަންފަތުގައި ރިމީޝާ ފޯނު ޖައްސާލިއެވެ.

“އަހަރެން ޝިނާން އާއި ވާހަކަ ދައްކާކަށް ބޭނުމެއްނޫން. މަގޭ ދަރިއަތަށް ފޯނު ދީ” ރުޅިވެރިކަމާއެކު ރިމީޝާ ވާހަކަދެއްކިއެވެ.

“މަންމީ…” އެކޮޅުން އެއްވެސް ޖަވާބެއް ނުލިބި ހިނދުކޮޅެއް ދިޔުމަށްފަހު ދެން އިވިގެން ދިޔައީ މިޝްކުގެ ޅަ އަޑެވެ.  ރިމީޝާއަށް ހިތަށް ލިބުނު ހިތްހަމަޖެހުމުގައި ވަގުތުން ދެލޮލުން ކަރުނަ ފާއްދާލިއެވެ.

“މަންމިގެ ދަރިފުޅާ…. މަންމިގެ ފުރާނަޔާ… ދޫނި ކިހިނެއްތަ މަންމިގެ ބޭބީ” ލޯތްބާއެކު ރިމީޝާ ބުނެލިއެވެ.

“ރަނގަޅު. މަންމި ނެތް މިތާ. މަންމި އާދޭ މިޝްކޮ ކައިރިއަށް. ބައްޕި ބުނީ މަންމި ނާންނާނޭ….” މިޝްކު ރޮވިފައި ބުނެލިއެވެ.

“ދަރިފުޅު ތީ މަންމިގެ ބަސްއަހާ ބޭބީއެއްނު ދޯ. މަންމި ކައިރިއަށް ދަރިފުޅު ވަރަށް އަވަހަށް ގެންނާނަން. ދަރިފުޅު ބަސްއަހައިގެން ހުންނައްޗެ” ރިމީޝާ ބުނެލިއެވެ.

“މަންމި ނެތީމަ މިޝްކޮ ވަރަށް ދެރަވޭ…” މިޝްކު ބުނެލިއެވެ.

“މަންމި އަބަދުވެސް ހުންނާނީ ދަރިފުޅާ އެކު. ބޭބީ ދެރަނުވޭ އިނގޭ…. މަންމި ގުޅާނަން ކޮންމެ ދުވަހަކު. ދަރިފުޅު ވެސް މަންމި މަތިން ހަނދާންވީމަ ގުޅައްޗެ”  ރިމީޝާ އެހެން ބުނުމުން އެކޮޅުން މިޝްކު ހޫނ އެއް ލައްވާލި އަޑު އިވުނެވެ.

“ދަރިފުޅު މާމަ ވިޔަސް ބައްޕި ވިޔަސް އަދި ދައްތިމެން ވިޔަސް ބޭސްދިނީމަ ބަސްއަހައިގެން ބޭސްކާންވާނެ އިނގޭ. އޭރުން މަންމި ކައިރިއަށް ދަރިފުޅަށް އަވަހަށް އާދެވޭނީ” ރިމީޝާ ލޯތްބާއެކު ބުނެލިއެވެ.

މިޝްކު ހިތްހަމަޖައްސާ ދިނުމަށްޓަކައި އެތައް އިރަކު ރިމީޝާ ބެލްކަނީގައި ފޯނުގައި ހުއްޓެވެ. މަޖާ ވާހަކަތަކާއި ބައެއް ކަހަލަ ކާރޓޫންގެ ވާހަކަ މިޝްކު އަށް ކިޔާދިނެވެ. އެންމެފަހަށް ރިމީޝާ ފޯނު ކަނޑާލީ އެކޮޅުން ޝިނާން މިޝްކު އަށް ނިދުނު ވާހަކަ ބުނުމުންނެވެ.

ދަންވަރު ސޯފާގައި ނިދާފައި އޮތް ރިމީޝާއަށް ކުއްލިއަކަށް ހެލެވުނީ ވަރަށް ބޮޑަށް ހީކަރުވައިގަނެގެންނެވެ. ކުޑަކޮށް ބޯ އުފުއްލާ ބަލާލީއިރު އެނދުގައި ފޯނާއި ކުޅެން އައްޔަދު އޮތެވެ. ފޯނުގެ އަލި މޫނަށް އެޅިފައި އޮތް އިރު އައްޔަދުގެ ހިނިތުންވުން ހާމައަށް ފެންނަން ހުއްޓެވެ. ހިނދުކޮޅަކަށް އެދިމާލަށް ބަލަން ރިމީޝާ އިނެވެ. އައްޔަދާއި އިނދެގެން އެގެއަށް އައި ފަހުން އަދި އައްޔަދު އެގޮތަށް ހިނިތުންވެފައި ހުއްޓާ ރިމީޝާއަށް ފެނިފައެއް ނުވޭއެވެ.

ރޯގާގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމާއެކު ރިމީޝާގެ ހަށިގަނޑު ވަނީ ކޮންމެސް ވަރަކަށް ހޫނުވެފައެވެ. ކަރުގައި ވެސް ރިއްސާކަން އެނގުނީ ހަމަ ދެންމެއަކުއެވެ. އޭސީގެ ފިނިން މީހާ ފިނިވެގެން ދާއިރު ވެސް އައްޔަދު ކައިރީގައި ފިނި މަޑުކުރުމަށް އެދޭކަށް ނުކެރުނެވެ. ރިމީޝާގެ އެ އެދުން ފުރިހަމަ ކޮށްދިނީ ކުޑަ އެނދުގައި ނިދާފައި އޮތް އައިކުއެވެ. ނިދީގެ ތެރެއިން ދެފަހަރަކު އައިކު ކެއްސާލުމާއެކު އައްޔަދު ފުންމައިގެން ތެދުވެ އައިކުގެ ގައިގާ އަތް ހިންގާލިއެވެ. އަދި ގައިމަތީގައި ކުއިލްޓް ރީއްޗަށް ދަމާލަމުން އޭސީގެ ފިނިވެސް މަޑުކޮށްލިއެވެ. ނިދާކަމަށް ހެދިގެން ރިމީޝާ އޮތީ އެހުރިހާ މަންޒަރެއް ބަލާށެވެ.

 

ފަހަރަކަށް ވުރެ ފަހަރެއް ހުން ގަދަ ކުރަމުންދާތީ ރިމީޝާ ނުނިދިފައި އޮތެވެ. ބޯދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއިރު މެންދަމު ތިނެއް ޖަހަން ދެ މިނިޓް ހުއްޓެވެ. ކުޑަކޮށް ހިމަ ފޮދު ވާރޭ ވެސް ވެހޭކަން ރިމީޝާއަށް އެނގުނީ އެކަހަލަ އިހުސާސެއް ވީމައެވެ. އައްޔަދު އެނދުގައި އޮތްތޯ ބަލާލިއިރު ފެންނަން ނެތުމުން ރިމީޝާ ފުންމައިގެން ތެދުވިއެވެ. އެހާ އަވަހަށް އައްޔަދު ދިޔަތަނެއް ވެސް ނޭނގޭއެވެ. ގައިމުން ވެސް ފާހާނާ އަށް ވަދެވޭނީ ރިމީޝާ ކުރިމަތިން ހުރަސްކޮށްފައި ކަމުން ފާހާނާއިގާ ނޫޅޭކަން ރިމީޝާއަށް ޔަގީންވިއެވެ. ބެލްކަނީ ދޮރު ކުޑަކޮށް ފޭވެފައި ހުރުމުން އައްޔަދު ހުރީ އެތަނުގައި ކަން ރިމީޝާއަށް އެނގުނެވެ. އިންތަނުން ރިމީޝާ ބުޑު ހިއްލާލީ މިވަގުތު އައްޔަދު އެތާ ހުރި ސަބަބެއް އަހާލާހިތްވުމުންނެވެ.

 

“ޕްލީޒް ޖާން…. އެންމެ ފަހަރަކު މީޓް ކޮށްލަން އާދެބަ. ހަމަ އެންމެފަހަރަކު… ބުނި ކަމެއް ކޮށްދޭނަން” ރިމީޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އައްޔަދު ގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެވަނަ ފަހަރަށް ޔަގީންކޮށްލުމަށްޓަކައި ރިމީޝާ ދޮރުފަތާއި ތަންކޮޅެއް ކައިރިވެލިއެވެ.

“ޖާން….ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ. އަހަރެން ޖާން ދެކެ ލޯބިވާވަރު ޖާން އަށް އަހަރެން ބޭނުންވާވަރެއް ނޭނގޭތަ؟” ފުރަގަހަށް އެނބުރި ހުރި އައްޔަދު ދައްކަމުން ދިޔަ ވާހަކަތަކުން ސިއްރުން އަޑު އަހަން ހުރި ރިމީޝާއަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ފިތައިގަތް ހެންނެވެ. ދެލޯ ފުރިގެން އައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަންބަކު ހުއްޓާ އެހެން އަންހެނަކަށް އައްޔަދު އެދޭ ކަން އެނގި ރިމީޝާގެ ނަފްސު މަރުވި ކަހަލައެވެ.

“އޯކޭ… ޔަގީން ދޯ. މާދަމާ ހަވީރު ހަތަރެއް ޖަހާއިރަށް. އަހަރެން ރެޑީ” ރިމީޝާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. މިހާ އަވަހަށް ގަޑި ވެސް ކިޔާލީ ވިއްޔާއެވެ. ރިމީޝާ އިރުކޮޅަކު މަޑުކޮށްލީ ފޯނު ބޭއްވުމަށްފަހު އައްޔަދު ދެން ކުރަނީ ކީއްތޯ ބަލާލުމަށެވެ. ނަމަވެސް އެހުރި ގޮތަށް އުޑާއި ދިމާލަށް ބަލަހައްޓައިގެން އައްޔަދު ހުއްޓެވެ. ރިމީޝާ އިރުކޮޅަކު ވިސްނާލުމަށް އެތަނުގައި ހުއްޓެވެ. ފިރިއެއްގެ ފަރާތުން އަންބަކަށް ލިބެންވާ ލޯބީގެ ޒައްރެއްގެ މިންވަރު ނުލިބޭއިރު ވެސް ބަތްތަށީގެ އެއްފަޅިން ކާން ހުންނާކަށް ރިމީޝާ ބޭނުމެއްނޫނެވެ. މިހާރު ވެސް އައްޔަދު ބުނިހާ ގޮތަކަށް ކަންތައް ކޮށްގެން ހުންނަނީއެވެ. ވީއިރު ހަށިގަނޑު ދެބައި ކޮށްފަ އެހެން އަންހެނަކަށް ދޭތަން ބަލަން ހުރެވިދާނެ ހެއްޔެވެ. ހުރިތަނުން ރިމީޝާ ފައި ކުރިއަށް އަޅާލީ އައްޔަދާއި ވާހަކަދެއްކުމަށް އެތަނަށް ދާށެވެ.

“އަޔާ މިތާ މިގަޑީގަ. ނިދި ނާންނަނީތަ؟” ހިތްވަރުކޮށްފައި ވަރަށް އާދައިގެ ގޮތަކަށް ރިމީޝާ އަހާލިއެވެ.

“އަހަރެން މިތާ ހުންނާކަށް ވަކި ގަޑިއެއް ނޯވޭ. އަހަރެންގެ ގެ. އަހަރެން ބޭނުން ގަޑިއެއްގައި ހުރެވޭނެ” އައްޔަދު ރިމީޝާއަށް ބަލާވެސްނުލާ ޖަވާބުދިނެވެ. ރިމީޝާގެ އަނގަ ހުތްވިއެވެ.

“މި…. ދެންމެގަ… އަޔާ… ފޯނެއްގަ….މިގަޑީގަ ކާކަށް…..” ރިމީޝާ ލަސްލަހުން އޭނާގެ ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހުއްޓާލަން ޖެހުނީ އައްޔަދުގެ ރުޅިވެރި ދެލޯ ރިމީޝާއަށް އަމާޒުވިތަން ފެނިފައެވެ.

“ރިމީ އަށް ކީތް؟ އަހަރެން ވާހަކަދެއްކީ އަހަރެންގެ ހަޔާތަށް ގެންނަން ބޭނުންވާ ފަރާތާ. އަހަރެންގެ ދަރިފުޅުގެ މަންމަ ޖަނާން އާ. އަހަރެން ވަރަށް އަވަހަށް ޖަނާން އާއި ކައިވެނި ކުރާނަން” އައްޔަދު ބުނެލިއެވެ. ރުޅިވެރިކަމާއެކުގައެވެ.

“ނޫން… އަޔާ ތިހެން ނަހަދާ މަށަށް…. ސޮ…ސޮރީ…. ދެން އެހެން ނާހާނަން….” ރިމީޝާއަށް ރޮއެގަނެވުނެވެ.

“ބަލަ ރިމީ ބޭނުންވަނީ އަހަރެންގެ އަންބެއްގެ މަގާމުގައި އިންނާކަށްނު. އިނދޭ ތިމަގާމުގަ. ތިހިރީ އަހަރެންގެ ހަޔާތުން ޖާގަ ދީފަ. ހިތަކުން ނޫން” އައްޔަދު އެތެރެއަށް ވަނުމަށްޓަކައި ރިމީޝާ އަށް ފުރަގަސް ދިނެވެ. ލައިގެން ހުރި ކުރުތާ ހަރުވާޅުގެ ދެޖީބަށް އަތް ޖަހާލުމަށްފަހު ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ (އެއްވަނަ ބައި)

Next

ސިއްރު – 9

Next
April 6, 2018

ސިއްރު – 9

Previews
April 5, 2018

އެހަނދާން ނުދާނޭ ފިލާ (އެއްވަނަ ބައި)

37 Comments!

  1. Ushaali says:
    April 5, 2018 at 9:57 am

    salaam all 🙂 kihinehtha huriha kudhin? mi bai ves kamudhaane kamah heekuran. mistake eh iniyya fahaga kolladheche. 🙂 🙂
    baajjaveri hendhuneh adhi baajjaveri dhuvahakah edhen 🙂 i love you all 🙂

  2. lotus says:
    April 5, 2018 at 10:09 am

    Mivaagothun heevanee this marriage roolheyneehen….. waitin for the next part

  3. އައިޝް says:
    April 5, 2018 at 10:13 am

    varah reethi mi bai ves.. <3

  4. Zee says:
    April 5, 2018 at 10:20 am

    Vvvvvvvv Salhi. ……….. Ushaali u a the best ☺☺☺

  5. fai says:
    April 5, 2018 at 10:24 am

    Gud v v shalhi thivareh neh

  6. Fathun says:
    April 5, 2018 at 10:40 am

    Remeesha mee moya eh tha

  7. Pinky shifoo says:
    April 5, 2018 at 11:39 am

    Vvv reethi ingey mi part vx
    ???… Eagerly waiting for the next part… ???

  8. Friends says:
    April 5, 2018 at 12:33 pm

    Vvvv reeethi.dhen vaany kihineh baa.rimee dhaany kan nyge . Waiting 4 nw part.??

  9. Ina says:
    April 5, 2018 at 2:02 pm

    Vvv reethi thanks avahah upload kohdheythiy?

  10. Z says:
    April 5, 2018 at 3:53 pm

    Vvvreethi rimy kihineba dhen hadhaani

  11. Anonymous says:
    April 5, 2018 at 4:08 pm

    Woooww. Nice

  12. rishy says:
    April 5, 2018 at 5:38 pm

    vvvv reethi 🙂

  13. Shiha says:
    April 5, 2018 at 5:51 pm

    Varah riithi.thiihama best ???waiting 4next dhen rimii dhen shina a gulheyniitha? Ushaali hama habeys oooooo…

  14. Saa says:
    April 5, 2018 at 7:19 pm

    Rimy ah landu libunyma salhi, aa eehenya 8 aharu whytherivi Sinaan dhookohlaafa joos bovije Ehhnu ??.

  15. roassy says:
    April 5, 2018 at 10:38 pm

    thima loabiva meehakah vure thima dheke loabiva meehaku hoadhun enme ragalhuvaany, aharen kaiveni kuree aharen loabiva meehaka eyru neyge hux loabi nuvaa kameh. eynage loabi hoadhan nukura kameh nuhun naane. ekmves eyna akah nuvisney

  16. roassy says:
    April 5, 2018 at 10:42 pm

    heyolafa firiyeh libumaky midhuniyeyga anhenakah libeyne enme bodu niumai

  17. Mixuhan says:
    April 5, 2018 at 11:26 pm

    Alhey .
    Avahah upkh dheeba…

  18. Beauty says:
    April 6, 2018 at 9:53 am

    Vejje ennu miadhuge bai up kuran dhw. Mivaahaka ves ithubaaru dhany tha anekkkaa

  19. mmmm says:
    April 6, 2018 at 10:29 am

    Vvv reethi

  20. Ushaali says:
    April 6, 2018 at 1:35 pm

    Salaam everyone! Huriha kudhinnah ves varah bodah shukuriyya ?
    Ushali ah dhn in part genesdheven othy sunday night ga. ? sorry for that. Sunday ge fahun anekkaa ves daily koh eh part genesdheveytho try kuraanan ❤
    Heekuran huriha kudhinves rulhi isnukoh keitheri kamaa eku wait kuraane kan heekuran 🙂

    1. Beauty says:
      April 6, 2018 at 11:48 pm

      Dhen Sunday aa hamayah madu kuran vy. Varah foohi vey

    2. Anonymous says:
      April 9, 2018 at 5:08 pm

      Alhe kobaatha vaahaka mihaaru sunday gohsi mondayves mioh nimenee haadhahaavaa inthizaarekeydho kuran mijehenee

  21. nanni says:
    April 7, 2018 at 1:15 am

    hey. can u guide me to register. i couldnt do it. anyyways vaahaka vrh reethi…. waaitingfor the next part

  22. Beauty says:
    April 7, 2018 at 10:32 pm

    What????

  23. Beauty says:
    April 7, 2018 at 10:33 pm

    Whaaaat???

  24. Anee says:
    April 9, 2018 at 11:14 am

    Ushaa koba miadhu ge part. Waiting waiting

  25. Naz naz says:
    April 9, 2018 at 12:14 pm

    Ushaali…… koba update vaany kondhuvahakuntha? Vaahaka kiyaahithun keih madhuvefa.

  26. Maain says:
    April 9, 2018 at 1:26 pm

    Hey ushaali Sunday nimijje mihaaru mee Monday.. Koba story???

  27. rishy says:
    April 9, 2018 at 2:13 pm

    kobaa vaahaka??????????????? mee mihaaru monday:(

  28. naal says:
    April 9, 2018 at 10:34 pm

    Kba vaahaka. Haadha lahey avahah up kohdheeba please

  29. meesh says:
    April 10, 2018 at 8:49 am

    sundayga ee bunifahunves de duvas veee……. alhe avahah up kohdeebala…….please

  30. Manadhoo beauty says:
    April 10, 2018 at 9:30 am

    Den please

  31. ނާޒް says:
    April 10, 2018 at 11:32 am

    މި ވާހަކަ ދެން ނުލިނީ ތަ////////؟؟؟؟؟؟؟؟؟؟/

  32. shamveel says:
    April 10, 2018 at 11:49 am

    ushaali vahaka mihisaabun nimmalytha

  33. Manadhoo beauty says:
    April 10, 2018 at 2:43 pm

    Dhen vejje ennu vaahaka up kuran
    Kihaa dhera kameh tha midhen

  34. Jash says:
    April 10, 2018 at 9:11 pm

    Vaahaka please…

  35. Beauty says:
    April 10, 2018 at 9:19 pm

    Who is this???

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….13←


All Right Reserved!