Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 11

Ushaali Level 810 Stories100 Comments100 Stories500 Comments
April 4, 2018 9 Mins Read
33 Comments

އަލްވީރާ ދިއްކޮށްލި ފެންތަށި ދުރުކޮށްލުމަށްފަހު ކުއްލިއަކަށް ރިމީޝާ ދުއްވައިގަތެވެ. ގޭ ދޮރު ހުޅުވާލާފައި މަގުމައްޗަށް ނިކުތީ ފައިވާނަކަށް ވެސް ނާރައެވެ. ފަހަތުން ނިކުތް އަލްވީރާ ވެސް ކުޑަކޮށް ދުވަމުން ރިމީޝާ ފަހަތުން ނިކުތެވެ. މަގުމަތީގައި ރޮމުން ހުސްފަޔާ ދުވަމުން ދިޔަ އަންހެންކުއްޖާ ފެނި މަގުމަތީގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ވަނީ ހައިރާންކަމެއް ލިބިފައެވެ. އެކި މީހުން އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދިޔައިރު ބައެއް މީހުން ފުލުހުންނަށް ވެސް ގުޅަމުން ދިޔައެވެ. މައިނޭވާ އަޅަމުން ދިޔަ އަލްވީރާ އަށް މަގު ހުރަސްކުރި ޓެކްސީއަކަށް ރިމީޝާ އެރި މަންޒަރު ފެނުމުން ހުއްޓުނެވެ. ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ރިމީޝާ އެކްސިޑެންޓެއް ނުވެ ސަލާމަތްވީތީއެވެ. މަގުމަތިން ހުސްވި ޓެކްސީ އަކަށް އަލްވީރާ ވެސް އެރިއެވެ. އަދި ރިމީޝާ މިވަގުތު އެދާ ތަން އެނގޭތީ އަލްވީރާ ވެސް އެތަނުގެ ނަން ޓެކްސީ ޑްރައިވަރ ކައިރީގައި ބުނެލިއެވެ.

ހުޅުލޭ ފެރީތައް އޮންނަ ދިމާލަށް ޓެކްސީ މަޑުކުރުމާއެކު ރިމީޝާ ފޭބީ ޑްރައިވަރަށް ލާރި ވެސް ނުދީއެވެ. އޭނާގެ ހާލު އެނގި ޑްރައިވަރ ވެސް ވަކި އެއްޗެއް ނުބުނެއެވެ. ތަންކޮޅެއް ލަހުން އާދެވުމުން އަލްވީރާ އަށް ރިމީޝާ އެރި ފެރީ އަށް އެރުނީ ކިރިޔާއެވެ. ފެރީގައި ތިބި މީހުން ކުރިމަތީގައި އިން ރިމީޝާ ރޮމުން ދިޔައިރު ފެރީގައި ތިބި ހުރިހާ މީހުންގެ ނަޒަރު ހުރީ ރިމިޝާ އަށް ހުއްޓިފައެވެ. އަލްވީރާ ގޮސް ރިމީޝާ މޫނުގައި ފިރުމާލިއެވެ.

“ދަރިފުޅާ މަންމަ ދުވަހަކު ވެސް ނުދެކެން ދަރިފުޅު ތިހާލުގައި އިންދާ. ދެން ހުއްޓާލާ. ދަރިފުޅު ތިގޮތަށް ރޯތަން ފެނުމުން މަންމަ ވަރަށް ދެރަވޭ” ރިމީޝާ ކައިރީގައި އިން އަލްވީރާ ބުނަމުން ދިޔައެވެ.

“މަން….މަންމާ… މަގޭ ދަރި….. އެންމެ ނޭވައެއް….އެންމެ ނޭވައެއް ވެސް މަށަކަށް ނުލެވޭނެ މިޝްކު އާ ނުލާ… މަގޭ ދަރި ގެނެސްދީ މަންމާ” އަލްވީރާ އަތުގައި ހިފާލަމުން ރިމީޝާ ރޮމުން ގިސްލަމުން ބުނެލިއެވެ.

“ދަރިފުޅަ ތިކުރެވެނީ ބޭކާރު ކަމެއް. ހުޅުލެ އަށް ދިޔަސް އެމީހުންނަކާއި ދިމައެއް ނުވާނެ ދަރިފުޅާ. ހިތްވަރުކޮށްގެން ހިނގާ ގެއަށް ދަމާ. މިޝްކު އަދި ގެންނާނެ ދަރިފުޅު ކައިރިއަށް. އެވާނީ ޗުއްޓީއަކަށް ދިޔައީ ކަމަށް. އެހެންނޫނަސް ދަރިފުޅު ބުނީމެއްނު މިޝްކު ތިންމަހުން ގެންދަންޖެހޭ ވާހަކަ” އަލްވީރާ ބެލީ ލޯބިން ވާހަކަދައްކައިގެން ރިމީޝާ އަށް ހަމަޖެހުމެއް ދެވޭތޯއެވެ.

 

ހުޅުލެއަށް ފެރީ ލެފުމާއެކު ރިމީޝާ އިންތަނުން ތެދުވިއެވެ. ރަނގަޅަށް ފެރީ ކައިރި ވެސް ނުކުރަނީސް ރިމީޝާ އެއްގަމަށް ފުންމާލިއެވެ. މޫދަށް ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. ޗެކިން ބަންދުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފްލައިޓް ފުރާނެ ކަމަށް ރިމީޝާ އަށް ލިބުނު ލިބުނު މައުލޫމާތަކާއި ގުޅިގެން މުޅި މީހާ އަށް ހުއްޓުމެއް އައެވެ. އަނބުރައިގަނެގެން ތިރިއަށް ވެއްޓުނީ ބިމުން ކަނޑާ ވައްޓާލި ރުކެއް ފަދައިންނެވެ. ހުޅުލޭ މެޑިކަލް ސެންޓަރ ގައި ރިމީޝާ އަށް ފަރުވާ ދިނުމަށްފަހު އަނބުރާ މާލެ ގެނައިރު ވެސް އެއްވެސް މީހަކާއި ވާހަކަނުދައްކައެވެ. ދެލޮލުން ވެސް ކަރުނަ ހިކިފައިވާ ކަހަލައެވެ. ގެއަށް ގެނެސް އެނދުގައި ބޭއްވުމާއެކު ރިމީޝާ އަށް ނިދިއްޖެއެވެ. ބޭހުގެ އަސަރު އެކުރީ އަދި ކިރިޔާއެވެ. އަލްވީރާ ހުރީ ރިމީޝާގެ ހާލަތު ފެނި ނިހާޔަތަށް ކަންބޮޑުވެފައެވެ. ނަޒީމްގެ ފޯނަށް ވެސް ނުގުޅެއެވެ. ރިމީޝާ ކައިރީގައި އެނދުގައި އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ވިސްނުންތަކާއި ފިކުރުތައް ރިމީޝާގެ ސިކުނޑިން ދުރަށް ދިޔައީ އެންމެ ތިރީހަކަށް މިނީޓަށެވެ. މިޝްކު ބާރަކަށް ގޮވާލާފައި ފުންމައިގެން ރިމީޝާ ތެދުވިއެވެ. ކައިރީގައި އިން އަލްވީރާ ފެނި ރިމީޝާ ބަޑި ފަޅައިގެން ދިޔައެވެ.

“މަންމާ ޝިނާން ކަންތައްކުރި ގޮތް އެހެރީ. އޭނަ އެދުރުކުރީ މަޔަކާއި ދަރިއެކޭ. އެކަމުގެ އަޒާބު އޭނާ އަށް ލިބޭނެ. އޭނަ މަކަރަަކުން މިޝްކު އެގެންދިޔައީ ނޯޔާ ކައިރިއަށް. މަންމާ!! މަގޭ ދަރި މަށަށް ގެނެސްދީ. އަހަރެން އައްޔަދު ބޭނުމެއްނޫން. އެކަމަކު ދަރިފުޅު ބޭނުން. ޝިނާން އަށް ގުޅާފައި ބުނެދީ މިޝްކު ގެނެސްދޭށޭ” ރިމީޝާ ގިސްލަމުން ބުނަމުން ދިޔައެވެ. އަމިއްލަ ލެއިން ކާންދީގެން މިދުނިޔެއަށް އެދަރިފުޅު އުފަން ކުރުމަށްފަހު ރޭގަނޑުގެ ނިންޖާއި ޒުވާންކަން ގުރުބާންކޮށް ބަލާބޮޑުކުރި ހުރި ހަމައެކަނި އަންހެންދަރިފުޅުގެ ރުއިމުގެ އަޑުންނާއި ކުރަމުން ދިޔަ ޝަކުވާތައް އަހަން އަލްވީރާ އަށް ކެތްކުރެވުނީ އިރުކޮޅަކަށެވެ. ރިމީޝާ އާއި އެއްވަރަށް އަލްވީރާ ވެސް ދިޔައީ ރޮމުންނެވެ. މިޝްކުގެ މައްޗަށް ގޮތް ނިންމީ އެކުއްޖާގެ ބައްޕައެވެ. އެކުއްޖާ ގެންދިޔައީ ބައްޕަ ފަރާތު މާމައެވެ. އެވެސް ބައްޕަގެ ރުހުމުގައެވެ. އެކަމަށް ފާޑުކިޔާ ރިމީޝާއަށްޓަކައި ބަހުސް ކުރަން ނިކުންނާކަށް އަލްވީރާ ބޭނުމެއްނުވިއެވެ. ޝިނާން އާއި ދެކޮޅަށް އަލްވީރާ އެއްޗެއް ނުބުނީ އެހެންވެއެވެ. މިއަދު އޭނާ ހިތާމަ ކުރަނީ އެހެންކަމަކާއެވެ. އެދަރިފުޅު ބޮޑުވަމުން އައިރު ކެތްތެރިކަމަކީ ކޮބާ ކަމާއި ކެތްކުރަންވީ ކިހާ މިންވަރަކަށް ކަން އަދި ކެތްތެރިންނަށް އޮތީ ކޮންފަދަ އުފާވެރި ހަބަރެއްކަން އެދަރިފުޅަށް ބުނެދެވުނު ނަމަ މިއަދު އެގޮތަށް ރޮއެ ހިތާމަ ނުކުރީސް ކަން ޔަގީނެވެ. ނަމަވެސް ދެން ކުރާނެކަމެއް ނެތެވެ.

އެކޮޓަރިއަށް ނާއިން އާއި އަންޖަލް އަދި ނަޒީމް ވަދެގެން އައީ ދެމައިން އެނދުގައި ރޯން ތިއްބައެވެ. އެއިން ކޮންމެ މީހެއްގެ ދެލޯ ބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލާލީ ވާނުވާއެއް ނޭނގުނީމައެވެ. އިސާހިތަކުން ނާއިންގެ ދެލޯ ވެސް ފުރިގެން އައީ ހަމަ ކުއްލިއަކަށެވެ. މަންމަ އާއި ދޮންތަ ރޯތަން ފެނި މާބޮޑަށް ހިތުގައި ޖެހުނީއެވެ.

“ކިހިނެއްމިވަނީ؟ އައްޔަދު އިންކާރު ކުރީތަ؟” ނަޒީމް އަޑު އިވުމުން ރިމީޝާއާއި އަލްވީރާ އެދިމާލަށް ބަލާލިއެވެ. އަލްވީރާ ދެލޯ ފޮހެލުމަށްފަހު ނަޒީމް އަށް ވީ ގޮތް ކިޔާދިނެވެ. އޭރުވެސް ރިމީޝާ އަންޖަލްގެ ކޮނޑުގައި ބޯއަޅާލައިގެން މަޑުމަޑުން ގިސްލަމުން ދިޔައެވެ.

އަލްވީރާގެ ދެލޯ ފޮހެލަދިނުމަށްފަހު ނަޒީމް ގޮސް ރިމީޝާގެ އަނެއްފަރާތުން އިށީނދެލިއެވެ. ލައިގެން ހުރި ފަޓްލޫނުގެ ޖީބުން ފޯނު ނަގާ ހުޅުވާލުމަށްފަހު ގެލެރީއަށް ގޮސް ދެން ހުޅުވާލި ފޮޓޯ ރިމީޝާއަށް ދައްކާލިއެވެ. ދެން ފެނުނީ ރިމީޝާ ތުންފިއްތާލި މަންޒަރެވެ.

“މީކާކު؟” ނަޒީމް ފޯނު ދައްކާލަމުން ރިމީޝާއަށް ބަލާލިއެވެ.

“އަޅުގަނޑުގެ ދަރިފުޅު. އައިޝަތު ޔުމްނު ޒީން” ރިމީޝާ ބުނެލިއެވެ. ރޮވިފައެވެ.

“ކޮބާ މިހާރު؟” އަނެއްކާ ވެސް ނަޒީމް ސުވާލުކޮށްލިއެވެ. ބާކީ ތިބި ތިން މީހުން ވެސް ނަޒީމް ކުރަން  އެ އުޅެނީ ކީއްކަން ނޭނގި މަޑުމަޑުން ތިއްބެވެ.

“ނެތް ދުނިޔެއަކު” ރިމީޝާ ބުނެލިއެވެ. އިރުކޮަޅަކާއި އެތެރެއަށް ނޭފަތް ދަމާލައެވެ.

“އެހެންވިއްޔާ ދަރިފުޅު ހަނދާން އެބަހުރިތަ މީގެ އަހަރުތަކެއް ކުރިން މިދަރިފުޅު ދުނިޔެއާއި ވަކިވެ ދިޔަ ގޮތް” ނަޒީމް އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

“އޅުގަނޑުގެ އަލަށް މަންމަ ކިޔަން ލިބުނު ދަރިފުޅު ތީ. އަޅުގަނޑުގެ މުޅި ހަމަޖެހުން ނަގާލާފައި ތި ދަރިފުޅު ދިޔައީ. ވީއިރު އެހަނދާންތަކުން ޒައްރެއްގެ މިންވަރު ވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވޭނެތަ؟ ބައްޕަ ތިއުޅެނީ އަޅުގަނޑު އިތުރަށް ރޮށްވަންތަ؟” ރިމީޝާ ޝަކުވާގެ ނަޒަރަކުން ނަޒީމްގެ މޫނަށް ބަލާލިއެވެ.

“ނޫން ދަރިފުޅާ!! ބައްޕަ މިއުޅެނީ ދަރިފުޅު ރޮށްވާކަށް ނޫން. އެއްޗެއް ބުނެދޭން. އަސްލު ބުނެދޭންޖެހޭ މީހާ އަކީ މަންމަ ކަމުގައި ވިޔަސް ދަރިފުޅުގެ ތި ހިތާމަތައް ދެކެފައި މަންމަ ވެސް އެހުންނަނީ މުޅިން މާޔޫސްވެފައި” ރިމީޝާގެ ބޮލުގައި ފިރުމާލަމުން ނަޒީމް ބުނެލިއެވެ.

“ޔުމްނު ވެސް މިދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލީ ދަރިފުޅުގެ އުނގުތެރޭގައި އޮވެ. އެދުވަހު ދަރިފުޅު ރުއި ކިތަންމެ ވަރަކަށް ވެސް. އެދުވަހު ހިތްވަރު ދިނީ މަންމަ އާއި ބައްޕަ އާއި އަދި ޝިނާން. އެދުވަހު ޝިނާން ވެސް ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވައްޓާނުލާ. މިއަދު ދެވަނަ ހިތާމައެއް ތި ލިބުނީ ދުނިޔޭގައި ހުރި ދަރިފުޅު އެކުއްޖާގެ މާމަ ގެންދިޔައިމަ. ދަރިފުޅާ! ބައްޕަ ބުނަން މިއުޅޭ އެއްޗަކީ ދުނިޔެއަކީ ވަގުތީ ތަނެކޭ. އަހަރެމެން ހިތްއެދޭހާ ކަމެއް މިތާކު ނުވާނޭ. ހިތްއެދޭ ހުރިހާ ކަމެއް ވާނީ ސުވަރުގޭގަ. މިޝްކު އެދިޔައީ އުމުރަކަށް ނޫން. ހަމައެކަނި ކުޑަ ދުވަސްކޮޅަކަށް. ޝިނާން އެއްފަހަރު ވެސް ބުނިތަ ދަރިފުޅާއި މުޅިން އެކުއްޖާ ވަކިކޮށްލީއޭ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ޝިނާންގެ ވާހަކަތަކާއި ބައްޕައަކަށް ދެކޮޅެއްނުވެވޭ. އެހެންވީމަ  ބައްޕައަށް ފެންނަނީ ދަރިފުޅު ފިނި ހިތަކުން ގޮތެއް ނިންމަން ޝިނާން ކަންތައް އެކުރީ ރަނގަޅަށްކަން ނުވަތަ ނޫންކަން” ރިމީޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ސިކުންތަކު  އެއްފަހަރު ކަހަލަ ގޮތަކަށް ފޮހެދެމުން ނަޒީމް ވާހަކަދެއްކިއެވެ.

“ބައްޕާ!! ބައްޕަ ތިދެއްކި ވާހަކަތައް އަޅުގަނޑު ގަބޫލުކުރެވޭ. އެކަމަކު ބުނެފާނަން. ޝިނާން އަޅުގަނޑާއި މިޝްކު ވަކިއެކުރީ އަޅުގަނޑުގެ ކައިވެނީގެ ހަޔާތަށް ހިތްދަތިކަމެއް ލިބިދާނެތީ. ޝިނާން އަށް ހީވަނީ އަޅުގަނޑުގެ އުފާވެރިކަން ވަނީ މިޝްކު އާއި ނުލައޭ… އެކަމަށް އަޅުގަނޑު ޝިނާންއަކަށް މާފެއް ނުކުރާނަން.  ދުވަހަކުވެސް ނުކުރާނަން” ރިމީޝާ ބުނެލިއެވެ. ރިމީޝާއަށް ނަޒީމްގެ ކޮނޑުގައި ބޯއަޅާލެވުނެވެ. ހިތުގައި ރިހުމެއް އުފެދިފައިވީތީ އޭނާގެ ލޮލަކުން ކަރުނަ ހުސްވާގޮތެއް ނުވިއެވެ. މިއަދު ޝިނާން އޭނާ އެވައްޓާލީ ދުވަހަކު ވެސް އަރައިނުގަނެވޭނެ އަނދަވަޅަކަށެވެ. އެކުޑަކުޑަ ފުރާނަ ކުރިމަތީ ފެންނަން ހުރުމުން ނޫނީ ރިމީޝާގެ އަރުން އެތެރެއަށް ފެންފޮދެއް ވެސް ނުދާނޭކަން އެނގިހުރެ ވަކިކުރީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އެލޯބި މޫނުގައި އަތްފިރުމާނުލާ ރިމީޝާއަށް ނުނިދޭނެކަން އެނގިހުރެ ދަރިފުޅާ އެވަކިކުރީ ކުރިއަށް މިއޮތް ހުރިހާ ރޭތަނުގެ ނިދިން މަހްރޫމް ކުރުވަން ހެއްޔެވެ؟ ޝިނާން އެފިލުވާލީ ކޮންކަމެއްގެ ހަސަދައެއް ހެއްޔެވެ؟ އައްޔަދާއި އިންނަން އެންމެ ބާރު އެޅީވެސް ޝިނާން އެއް ނޫން ހެއްޔެވެ؟

“މަންމިގެ ދަރިފުޅާ ދޫންޏާ!!! އާދޭ މަންމި ކައިރިއަށް. އެހެންނޫނީ މަންމި މަރުވެދާނެ” ރިމީޝާއަށް ދެވަނަ ފަހަރަށް ހިތުގައި ޖެހި ރޮއެގަނެވުނެވެ. މިފަހަރު އެއްވެސް މީހަކު ރިމީޝާ ހުއްޓުވާކަށް ނޫޅުނެވެ. މިފަހަރު ރިމީޝާ ހުއްޓާލީ ކައިރީގައި ތިބި ހުރިހާ މީހުންގެ ލޯތައް ކަރުނުން ތެންމާލާފައެވެ.

 

ރޭގަނޑު ކައިވެނިކުރުމުގެ ވަގުތު ޖެހުނު އިރު ނޫކުލައިގެ ދިގު ބޮޑު ހެދުމުގައި ހެދިލައިގެން އިން ރިމީޝާގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. އެނދުގައި އިށީނދެގެން އިންއިރު އުނގުތެރޭގައި އޮތީ ރިމީޝާ ލައިގެން ހުރި ހެދުމާއި އެއް ފޮތިން ހަމަ އެ ޑިޒައިނަށް މިޝްކު އަށް ފެހި ހެދުމެވެ. ދެލޮލުން ވެއްޓުނު ކަރުނަތިކި އެ ހެދުމުގެ ތެރޭގައި ފޮރުވިގެން ދިޔައެވެ. މިޝްކު ގެންދިޔައިއްސުރެ ފެށިގެން ހިތުން އެކުއްޖާފުޅު އެންމެ ސިކުންތަކަށްވެސް ނުފިލައެވެ. މިޝްކު މިވަގުތު ކުރާނީ ކީއްބާއޭ ހިތަށް އަރަނީއެވެ. ބައެއްފަހަރު މަންމި ނެތީމަ އެކުއްޖާ ރޯނެވަރު ހިތަށް އަރާފައި އެ ހިތް ފަޅައިގެންދާވަރު ވެއެވެ.

“ރިމީ! ދަރިފުޅާ! އަދިވެސް ފިކުރު ކުރުމުގަ.. ހިނގާ ދާން” ކޮޓަރިއަށް ވަދެގެން އައި އަލްވީރާ އަށް އެނދުގައި ރޮވިފައި އިން ރިމީޝާ ފެނުމުން ބުނެލިއެވެ.

“މަޑުކުރޭ. ހުއްޓާލާ ދެން…. ދަރިފުޅު އެންމެ ލޯބިވާ މީހާގެ އަންބަކަށް ވާން ތިއުޅެނީ. މިރޭ މީ ދަރިފުޅަށް ކިހާ އުފާވެރި ރެއެއް” ރިމީޝާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލަމުން އަލްވީރާ ބުނެލިއެވެ.

“އާނ މަންމާ. މިރޭ އެއް އުފާ އަޅުގަނޑަށް ލިބޭއިރު އަނެއް އުފަލުން މިވަނީ މަހްރޫމްވެފައި. ނޫން މަހްރޫމް ކޮށްލާފައި” ރިމީޝާ އަސަރާއެކު ބުނެލިއެވެ.

“ނިކަން ތަންކޮޅެއް ހިތްވަރުގަދަވެބަލަ ދަރިފުޅާ. ކުރާ ކޮންމެ ނަމާދެއް ފަހަތުގަ އެދަރިފުޅު ހެޔޮ ހާލުގައި ލަހައްޓަވާތޯ ދުއާކުރޭ. މަންމަ ބޭނުމީ ދަރިފުޅު އުފަލުގަ ހުންނަން. ދެން ހީލާ….” ރިމީޝާގެ އަނގައިގެ ދެފަރާތުގައި ދެ އިނގިލި ޖައްސާ ކުޑަކޮށް ފޭކޮށްލަމުން އަލްވީރާ ބުނެލިއެވެ. ރިމީޝާ ލުއިލުއިކޮށް ހީލިއެވެ. އެއްވެސް އަސަރެއްނެތް ގޮތަކަށެވެ.

ގާޒީ ކައިވެނީގެ ހުތުބާ ލައިދެމުން ދިޔައިރު އައްޔަދު އިނީ އިސްޖަހާލައިގެންނެވެ. ރިމީޝާ ވެސް އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގޭއެވެ. ކުއްލިއަކަށް އައްޔަދު ސިހިގެން ދިޔައީ ފަހަތުގައި ހުރި ޒާއިރާ އައްޔަދުގެ ކޮނޑުގައި ކޮށްޓާލުމުންނެވެ.

“ކީކޭ ޒާއްތާ!” އައްޔަދު އަހާލިއެވެ.

“އަނބިގަބޫލުކޮށްފިން” އައްޔަދު އެހެން ބުނެލީ ގާޒީގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. ޒާއިރާ ދެވަނަ ފަހަރަށް ކޮށްޓާލުމުންނެވެ. ރިމީޝާއަށް ދެލޯ މަރާބާރުކޮށްލެވުނެވެ. މިހާރު މިވަގުތުން ފެށިގެން އޭނާ އަކީ އައްޔަދުގެ ހަލާލު އަނބިމީހާއެވެ. ރިމީޝާގެ ތުންފަތަށް ދިރުމެއްނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކައިވެނީގެ ހަފްލާ ނިމި މެހްމާނުން ސަޔަށް އިންސާފް ކުރަން ފެށުމާއެކު ތަން ފުދޭވަރަކަށް ހަލަބޮލި ވެގެން ދިޔައެވެ. ގާތް ތިމާގެ މީހުންނާއި އެކުވެރިން ގާތްގާތުގައި ފޮޓޯ ނަގަމުން ދިޔައިރު މަޖްބޫރީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން ހުރީ އައްޔަދެވެ. ދާދި ދެންމެއަކު އޭނާ އަށް ލިބުނު މެސެޖެއްގެ ސަބަބުން އޭނާ އަށް ކުރެވުނު ކަންތަކާއި މޮޔަ ހީވެއްޖެއެވެ. އަނބިގަބޫލުކޮށްފީމޭ ބުނުމުގެ ކުޑަ ތަންކޮޅެއް ކުރިން މެސެޖް ބަލާލެވުނު ނަމައޭ ހިތަށް އަރަމުން ދިޔައެވެ.

ލޯބިވާމީހާގެ އަންބަކަށް ވުމުގެ ސަބަބުން ހިނދުކޮޅަކަށް ނަމަވެސް ރިމީޝާއަށް ލިބިފައިވާ ހިތްދަތިކަން ވަނީ ފިލާ ގޮސްފައެވެ. ހިނިތުންވެ ހުރެ އައްޔަދުގެ އަތުގެ އިނގިލިތަކުގެ ތެރެއަށް އިނިގިލިތައް މަހާލަމުން ރިމީޝާ އައްޔަދުގެ މޫނަށް ބަލާލިއެވެ. އައްޔަދު ވެސް ރިމީޝާގެ މޫނަށް ބަލާލިއެވެ. އެހެންދިމާލަކަށް ނަޒަރު ހުއްޓާލީ ރިމީޝާއަށް ހީވެސްނުލައެވެ. ނޭނގޭކަމަށް ހަދާފައި އަތް ދުރުކޮށްލަމުން ދުރަށް ހިނގައިގަތެވެ. ރިމީޝާގެ ހިނިތުންވުން ފިލާ ދިޔައެވެ. ނަމަވެސް ހިތުގެ އެއް ކަނަކުން އަޒުމް ކަނޑައެޅީ ދެވަނަ ފަހަރަށް އައްޔަދުގެ ހިތުން ޖާގަ ހޯދާނެކަމަށް އުއްމީދު ކުރަމުންނެވެ.

ރޭގަނޑު އެގާރަ ގަޑި ބައިވީތަނާ ގެއަށް ޖަމާވެފައި ތިބި މީހުން ގޮސް ހުސްވުމުން މުޅި ގޭތެރެ އެއްކޮށް ހިމޭންވިއެވެ. ޒާއިރާ އާއި ޝަނުމް ވެފައިވާ ވަރުބަލިކަމުގައި ކޮޓަރިއަށް ވަނެވެ. ރިމީޝާ ވެސް އައްޔަދުގެ ކޮޓަރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރިއެވެ. ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައިވާ އެނދުމަތި އޮތީ އެގޮތް މިގޮތް ކޮށްލާފައެވެ. ބާލީސްތައް ވެސް ހޫރާލާފައެވެ. ކޮޓަރިން އައްޔަދު ފެންނަން ނެތުމުން ރިމީޝާ ކުރިއަށް ޖެހިލާ ފާހާނާގެ ތަޅުގައި ހިފާލިއެވެ. ފާހާނާގެ ދޮރު އެތެރެއަށް ހުޅުވިގެން ދިޔުމާއެކު ރިމީޝާ އެތެރެ ބަލާލިއެވެ. އައްޔަދު ފެންނާކަށް ނެތެވެ. ކޮޓަރިން ނިކުމެވެން ހުންނަ ބެލްކަނި ރިމީޝާ ބަލާލިއިރި އެތާކުވެސް ނެތެވެ. ރިމީޝާ ކަންބޮޑުވިއެވެ. ނުރުހުމުގައި ކުރެވުނު ކައިވެންޏަކަށް ވިޔަސް އައްޔަދު އެންމެ ފުރަތަމަ ރޭގައި މިގޮތަށް ކަންތައްކޮށްފާނެ ކަމަކަށް ރިމީޝާ ހީކޮށްފައެއްވެސް ނެތެވެ. ޑްރެސިންގްޓޭބަލް ކުރިމަތީ ހުރެގެން ބުރުގަލުގެ ޕިންތައް ނައްޓުވަމުން ދިޔަ ރިމީޝާއަށް އެނދުމަތީގައި ބޭއްވިފައި އޮތް ފޯނު ފެނުނީ ލޯގަނޑުންނެވެ. އަވަސް ހަރަކާތަކާއެކު ފޯނު ހިފައިގެން އައިސް އައްޔަދުގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ރިންގުވުމާއެކު ކޯލް ބިޒީކޮށްލިއެވެ. ރިމީޝާ ދެވަނަ ފަހަރަށް ވެސް ގުޅާލިއެވެ. ނަމަވެސް ފޯނު ނިއްވާލާފައިވާ ކަމަށް ބުނެ ރިމީޝާގެ ކަންފަތަށް އިވުނު ޖުމްލައާއެކު ރިމީޝާގެ ހިތްފަޅައިގެން ދިޔަ ކަހަލައެވެ.

ސައިކަލުގައި ދުއްވާފައި ދިޔަ އައްޔަދު ސައިކަލް މަޑުކޮށްލީ އަނދިރި ގޯޅިގަނޑަކަށެވެ. އެހިސާބުގައި ސައިކަލް މަޑުކޮށްލުމަށްފަހު މަޑުމަޑުން ކުރިއަށް ހިނގާފައި އައީ ދެޖީބަށް އަތް ޖަހާލައިގެން ހުރެއެވެ. ވަކި ހިސާބެއްގައި ހުއްޓުމަށްފަހު މަގުގެ ދެފަރާތް ބަލާލަމުން ޖީބުގައި އޮތް ފޯނު ނަގާ ނަންބަރަކަށް ގުޅާލުމަށްފަހު ކަންފަތުގައި ޖަހާލިއެވެ. އަދި ދެވަނަ ސިކުންތުގައި މަގު ހުރަސްކޮށްލުމަށްފަހު އައިސް ހުއްޓުނީ ބަލާބެލުމަށް ހަދަން ފަށާފައި ހުރި އިމާރާތެއްގެ ކުރިމައްޗަށެވެ. އިމާރާތަށް ވަނުމުގެ ކުރިން ވެސް ބަލާލި ގޮތަށް މަގުގެ ދެފަރާތަށް ބަލާލުމަށްފަހު އައްޔަދު އެތެރެއަށް ދެމިގަތެވެ. ފޯނުގެ ލައިޓް ޖައްސާލައިގެން ސިޑިއަކަށް ފަހު ސިޑިއެއް ކަޑައްތު ކުރަމުން އަރައިގެން ދިޔަ އައްޔަދު ހުއްޓުނީ ތިންވަނަ ބުރިއަށް އެރުމުންނެވެ. އެއްފަރާތެއްގައި މަޅު ދޮރެއް ލާފައިވާ ކޮޓަރި އެއްއަތުން އެތެރެއަށް ކޮށްޕާލިއެވެ. ކޮޓަރިތެރެ އަލިކޮށްފައިވަނީ އެއްފަރާތެއްގައި ދިއްލާފައި ހުރި ދެތިން އުއްބައްތިންނެވެ. ތިރީގައި އަޅާފައިވާ ގޮދަޑި ވަނީ ވަރަށް ރީއްޗަށް ބެޑްޝީޓް އަޅާލާފައެވެ. އައްޔަދު އެތެރެއަށް ވަނުމަށްފަހު ކޮޓަރި ދޮރު ލައްޕާލަމުން އެތެރެއިން މަކުޑި ވެސް އަޅުވާލިއެވެ. ކުރިމަތީގައި ހުއްޓިހުރި އަންހެންކުއްޖާ ހުރީ ހަމައެކަނި މެއާއި ހަމައިން ރަތްކުލައިގެ ތުވާއްޔެއް ގައިގާ އޮޅާލައިގެންނެވެ. އިސްތަށިގަނޑު ދޫކޮށް މައްޗަށް ހުޅިއެއްޖަހާފައި ވާއިރު ބުރަކަށިން ހާމައަށް ފެންނަން އޮތް ބައި އުއްބައްތި ތަކުގެ އަލީގައި ފެންނަގޮތް ވަރަށް ހިތްގައިމެވެ. އެއްފަރާތު ކޮނޑުހުޅުން ތިރީ ބުރަކަށީގައި ބޮޑު ކޮކާލެއް ގޮތަށް ޖަހާފައިން އިން ޓެޓޫ އައްޔަދަށް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވީ މަސްތީ ހިނިތުންވުމެކެވެ. އިތުރަށް އެކުއްޖާ އާއި ދުރުގައި ހުންނާކަށް އައްޔަދަކަށް ކެތެއް ނުވިއެވެ. އެސޫރަ ބަލާލަން އޭނާގެ ހިތް އެދި ގޮވާތާ ކިތައް އަހަރު ހެއްޔެވެ؟ އެންމެ ރެއަކު ހަށިގަނޑުގައި ލޯބި ކޮށްލަން ދިނުމަށްފަހު ކުއްލިއަކަށް ގެއްލުނީއެވެ. އައްޔަދު މަޑުމަޑުން ލައިގެން ހުރި ގަމީސް ގޮށްތައް ނައްޓުވަމުން ދިޔައެވެ.

“ޖާން” އަންހެންކުއްޖާގެ ހަށިގަނޑުގައި ފަހަތުން އޮޅުލައިގަންނަމުން އެކުއްޖާގެ ކަންފަތާއި މަޑުމަޑުން އަނގަ ކައިރި ކޮށްލުމަށްފަހު އައްޔަދު ގޮވާލިއެވެ. ނަމަވެސް ވައި އަޑުންނެވެ. ޖަނާންގެ މޫނު އައްޔަދަށް ފެނުމާއެކު ބާރަކަށް އޮޅުލައިގަތެވެ. ދުވަހަކު ވެސް ރާއްޖެ އެނބުރި ނާންނާނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ޖަނާން މިއަދު އެހުރީ އައްޔަދުގެ ކުރިމަތީގައެވެ. އެއީ ވެސް ޖަނާން އައްޔަދު ދެކެ ވާލޯތްބެއްގެ ބޮޑުކަމުންކަން އައްޔަދު ހީކުރިއެވެ.

“ޖާން” ޖަނާން އަށް އައްޔަދުގެ އަޑު އިވުމާއެކު ތުންފަތުގައި ކުޅެލީ ފަރި ހިނިތުންވުމެކެވެ.

“އަޔާ” ޖަނާން އައްޔަދުގެ މޭގައި އަތް އަޅާ ކުޑަކޮށް ދުރުކޮށްލަމުން ބުނެލިއެވެ. އައްޔަދުގެ ހިތަށް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ވެރިވެގެން ދިޔައެވެ. ކުރިމަތިން ފެންނަން ހުރި ޖަނާންގެ ފުރިހަމަ ހަށިގަނޑު ފެނުމުންނެވެ. މަޑުމަޑުން އައްޔަދުގެ އަތް ހަރަކާތްކުރަން ފެށުނީ ވެސް ބޭއިހްތިޔާރުގައެވެ.

އަހަރުތަކަށްފަހު ޖަނާންގެ ހިތްގައިމު މޫނު އައްޔަދަށް އަދި ކިރިޔާ އެފެނުނީއެވެ. ދެލޮލުން ކަރުނަ ފާއްދާލީ ނޭނގިހުއްޓައެވެ. ޖަނާން ނުވިސްނާ ހުއްޓާ އައްޔަދު ޖަނާންގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ. ޖަނާންގެ ތުންފަތް އައްޔަދުގެ ދެތުންފަތް ދޭތެރޭގައި ހައްޔަރުކޮށްލީ ޖަނާނަށް ވާހަކަދައްކަން ވެސް ފުރުސަތެއް ނުދީއެވެ. އެކަކު އަނެކަކަށް ބަހެއް ނުބުނެ ދެހަށިގަނޑު އެކަތިގަނޑަކަށް ވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ގިނަ އިރުތަކަށްފަހު ގޮދަޑިމަތީގައި ބޯދަށަށް އަތް ލައްވާލައިގެން އޮތް އައްޔަދު ކައިރީގައި އޮތް ޖަނާންގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ.

“އަހަންނަކަށް އަދިވެސް ގަބޫލެއްނުކުރެވޭ. ޖާން ހަމަ އައީތަ؟ ދެން ނުދާނަން ދޯ” ގައިމަތީގައި ބެޑްޝީޓް އަޅާލައިގެން އޮތް ޖަނާންގެ މޫނަށް ބަލާލަމުން އައްޔަދު އަހާލިއެވެ. ވަކި އެއްޗެއް ނުބުނެ ޖަނާން ތެދުވެ އޭނާގެ ހަށިގަނޑުން ވަކިކުރި އަންނައުނު ފަހަރަކު އެއްޗެއް ކަމަށް ލަމުން ދިޔައެވެ.

“ޖާން!! ޕްލީޒް ކީއްވެ ފިލައިގެން ދިޔައީ” އައްޔަދު އަހާލިއެވެ. މިފަހަރު ވެސް ޖަނާން އެއްޗެއް ނުބުނެއެވެ.

“ޖާން!! އަދިވެސް ރުޅި އައިއްސަތަ؟” އަނެއްކާ ވެސް އައްޔަދެވެ.

“އަޔާ!!! އަހަރެން މިއައީ އެއްކޮށް އަޔާ ކައިރިއަކަށް ނޫން. އަހަރެން ކުރިން ވެސް ބުނީމެއްނު އަޔާދެކެ ލޯތްބެއްނުވެޔޭ. އަހަރެން ދޮގުހެދީއޭ. އަހަރެން ދޮގުހެދިކަން އެނގޭއިރު ވެސް ކީއްވެ ރުޅި ނާންނަނީ” ޖަނާން ބުނެލިއެވެ.

“އެއަށްވުރެ މާބޮޑަށް ލޯބިވޭ” އައްޔަދު ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން އެއްވެސް މީހެއް އަހަރެންދެކެ ލޯބިވާކަށް. މިދަތުރަކީ ފިއްޓެމެން އައި ދަތުރެއް. ފަތިހު އަހަރެން މިއުޅެނީ ރިސޯޓަށް ފުރަން. އަހަރެން އަޔާ ދެކިލާހިތުން ގުޅީ” ޖަނާން ބުނެލިއެވެ.

“ޕްލީޒް ޖާން ނުދޭ. އަހަރެން ޖާން ވަރަށް ބޭނުން” އައްޔަދު ދެރަވެފައި ބުނެލިއެވެ.

“ހެހެހެ… އަހަރެން ވެސް ވަރަށް ބޭނުންވެގެން މިރޭ އުޅުނު ކަންތައްމިވީ. މިކަންތައް ކޮންމެފަހަރަކު ފިއްޓެ ކޮށްދޭ. އަޔާ އަށް ވުރެ ފިއްޓެ މާ ސަޅި” ޖަނާން ބުނެލިއެވެ. އައްޔަދު ދެލޯ ކަރުނުން ފުރުނެވެ.

“ތި ހީކުރަނީ މަށަކީ ފިނޑިއެއް ކަމަށްތަ. މަށަށް ނުވާނެކަމަށްތަ؟ ޖާން ބުނެފިއްޔާ އިރުއަރަންދެން ވެސް….” އައްޔަދު މޮޔައަކުހެން އޭނާ އަށް ފުރަގަސްދީގެން އިން ޖަނާންގެ ކޮނޑުގައި ހިފާ ގަދަކަމުން ބާއްވާފައި ޖަނާންގެ ދެއަތް އައްޔަދުގެ ދެއަތް ތެރޭގައި ހައްޔަރުކޮށްލިއެވެ.

“އަޔާ!! ތެދުވޭ… އަހަރެން ހަގީގަތޭ މިބުނީ” ޖަނާން ހީލަމުން ބުނެލިއެވެ. އެންމެ ލޯބިވާ ޖަނާން އޭނާގެ ކުރިމަތީގައި އެހެން ފިރިހެނަކަށް ތައުރީފްކޮށް ވާހަކަދެއްކުމުން އައްޔަދަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. ޖަނާންގެ ލައިގެން ހުރި އަތްކެނޑި ޓޮޕްކޮޅު ބޮލުން ދަމައިގަންނަމުން އައްޔަދު ބާރު ހިނިގަނޑެއް ޖަހާލިއެވެ. ކުރިއާއި ހިލާފަށް މިފަހަރު ޖަނާން ގަދަހަދަމުން ދިޔައެވެ.

“ޕްލީޒް ތީ ލޯބިވާ މީހުން އުޅޭގޮތް. ތިކުރަނީ ރޭޕް މިހާރު” ޖަނާންގެ އަޑު އިވުމާއެކު އައްޔަދު ކުރަމުން އައި ކަންތައް ހުއްޓާލިއެވެ.

“އަޔާ ކިތަންމެ އިރަކު މިތާ އިނަސް ހެޔޮ. އަހަރެން ދަނީ. ފިއްޓެ އަންނާނެ ބަލާ. އެހެންނޫނަސް މީ ފިއްޓެގެ ތަނެއް. މިތަނުން އަޔާ ފެނިއްޖިއްޔާ ކަމަކުނުދާނެ” ގޮދަޑިމަތިން ތެދުވެ ޖަނާން ތިރިން ޖިންސުލަމުން ކޮޓަރިން ނިކުތެވެ. އައްޔަދު ކަރުއެލުވާލައިގެން ޖަނާން ދިޔަ މަންޒަރު ބަލަން އިނެވެ. އަވަސް އަވަހަށް ހަށިގަނޑު ނިވާކުރަމުން އައްޔަދު ވެސް ޖަނާންގެ ފަހަތުން ފައިބަން ފެށިއެވެ.

“މަޑުކޮށްބަ ޖާން… ” މަގަށް ނިކުތް ޖަނާންގެ އަތުގައި ހިފާ ހުއްޓުވަމުން އައްޔަދު ބުނެލިއެވެ.

“ދޫކުރޭ. މިތަނުން ދެން ދޭ. މިހާރު ފިއްޓެ އަންނާނެ” އައްޔަދުގެ އަތް ނައްޓުވާލަމުން ޖަނާން ބުނެލިއެވެ.

“އަހަރެމެންގެ ދަރިފުޅުގެ ވާހަކަވެސް ނާހާނަންތަ؟” އައްޔަދު ބުނެލިއެވެ. ޖަނާން ހިނިގަނޑެއް ޖަހާލިއެވެ.

“އަހަރެންގެ ދަރިއެއް ނުހުންނާނެ. އެހެންނޫނަސް ކައިވެނިކުރި ރޭ އަޔާ މަށަށް ދިން ލަނޑެއް އެއީ. މަބުނިން ދޯ ދަރިއަކު ބޭނުމެއްނޫނޭ އެހާ އަވަހަށް” ޖަނާން ނުރުހުންވެފައި ބުނެލިއެވެ. އެ ގޯޅި ތެރެއަށް ސައިކަލެއް ވަނުމާއެކު އައްޔަދު ނުފެންނާނެހެން އެއްކައިރި ވެލިއެވެ. އޭނާ އަކީ މީހުންގެ ގަދަރު ލިބިފައިވާ ޑޮކްޓަރަކަށްވާތީ އަގުވެއްޓެން ބޭނުން ނުވާތީއެވެ. ފިއްޓެގެ ސައިކަލު ފަހަތުގައި ޖަނާން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު އައްޔަދު އޭނާގެ ސައިކަލާއި ދިމާލަށް ބަލާލިއެވެ.

 

ގަޑިން ހަތަރެއް ޖެހީވެސް އެނދުގައި ރިމީޝާ ހޭލާ އިންދައެވެ. ރޮއެރޮއެ އެދެލޯ ވަނީ ފާރުވެފައެވެ. އެއްކޮޅަކުން ވެސް އޭނަ އަށް އުފަލެއް ނެތެވެ. ގޭޓުން އެތެރެއަށް ސައިކަލް ވަތްއަޑު ރިމީޝާއަށް އިވުމާއެކު އެނދުން ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލުމަށްފަހު އައްޔަދާއި ކުރިމަތިލާން ރިމީޝާ ނިންމިއެވެ. އެ ލޯބި ހޯދަން އެތައް ކަމެއްކުރަން ޖެހުނަސް އެކަމެއް ކުރަން އޭނާ ހުރީ ތައްޔާރުގައެވެ.

ކޮޓަރިއަށް ވަން އައްޔަދު ސިހުނީ ކޮޓަރި މެދުގައި ހުއްޓިގެން ހުރި ރިމީޝާ ފެނުމުންނެވެ. ހިނދުކޮޅަކަށް ރިމީޝާއަށް ބަލާލުމަށްފަހު ބަހެއް ނުބުނެ އަލަމާރި ކައިރިއަށް ގޮސް ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އައްޔަދު ސިހުނީ ފަހަތުން ރިމީޝާ އެ ހަށިގަނޑުގައި ބައްދާލަމުންނެވެ.

“ކޮންތާކުން ތިއައީ. ވަރަށް މިސްވި” ރިމީޝާ ބުނެލިއެވެ. އައްޔަދު ބަހެއް ނުބުނެ ހުރުމަށްފަހު ރިމީޝާ ދުރުކޮށްލިއެވެ.

“އަޔާ އަށް އެނގޭތަ؟ މިރެއަކީ ކޮންމެ އަންހެންކުއްޖަކަށް ވެސް ވަރަށް ހާއްސަ ރެއެއް. މިރޭގެ އުފާ އަހަރެންނަށް ނުދޭނަންތަ؟” ރިމީޝާ އައްޔަދުގެ މޭގައި ލައްވެލަމުން ބުނެލިއެވެ. ބަހެއް ނުބުނެ ފާހާނާ އަށް ވަން އައްޔަދު ނިކުތީ ކަކުލުން ތިރިއަށް ހުރި ސޯޓެއް ލައިގެންނެވެ. ދާދި ދެންމެއަކު ޖަނާން ހުރި ގޮތަށް ތުވާލި އޮޅާލައިގެން ކޮޓަރިމެދުގައި ހުރި ރިމީޝާ ފެނުމުން އައްޔަދުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ރިމީޝާ ހިނިތުންވެލިއެވެ. ރިމީޝާގެ ހަށިގަނޑު ފެނުމާއެކު އައްޔަދުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ހިއްސުތައް ކޮންޓްރޯލް ނުކުރެވިދާނެތީ އައްޔަދު އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ.

“ނެތް ޝައުގެއް. ނިދަން އުޅޭ. ވަރަށް ނިދިއައިއްސި” އައްޔަދު ބުނެލިއެވެ. ރިމީޝާ ފަހަތުން އައްޔަދުގެ ހަށިގަނޑުގައި ބައްދާލިއެވެ.

“ވަރަށް ވަރަށް ލޯބިވޭ އަޔާދެކެ” އައްޔަދުގެ މޭގައި ރިމީޝާގެ އިނިގިލިތަކުން ފިރުމާލަމުން ބުނެލިއެވެ. ރިމީޝާއާއި ވީ ދިމާލަށް އައްޔަދު އެނބުރިލިއެވެ. ހިތް ތެޅެމުންދާއިރު ރިމީޝާއާއި ކައިރިވެލުމަށް ހިތް ގޮވަމުން ދިޔައެވެ. ޖަނާންގެ ފަރާތުން ލިބުނު ހިތްދަތިކަން ފިލުވާލުމަށް އައްޔަދު ބޭނުންވީ ރިމީޝާގެ ހަށިގަނޑުގެ ބޭނުން ހިފާށެވެ. ނަމަވެސް ރިމީޝާގެ ހަށިގަނޑުގައި ފިރުމާލުމަށް އަތް ހިއްލާވެސް ނުލާ ހުރިއިރު ބަލަމުން ދިޔައީ ދުރަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ބޭނުންވަނީ ޔާރާ… 5

Next

ސިއްރު – 8

Next
April 4, 2018

ސިއްރު – 8

Previews
April 3, 2018

ބޭނުންވަނީ ޔާރާ… 5

33 Comments!

  1. Ushaali says:
    April 4, 2018 at 10:07 am

    salaam all!! mi bai migenesdhinee varah dhigu koh. huriha kudhinnah ves mi bai kamudhaane kamah heekuran. vahaka dhn annaany madu madun reethi vamun. rimeesha ge visnun ves dhn badhaluvaan fashaane 🙂 🙂 mistake eh iniyya fahaga kolla dheythi konme kuhjjehe ves 🙂
    vahaka hadi kudhin ves kiyaalaathi ingey. i love you all my supporters 🙂 🙂 varah baajjaveri hendhunakah adhi dhuvahakah edhen 🙂 🙂

  2. Friends says:
    April 4, 2018 at 10:25 am

    First dhw

    1. Ushaali says:
      April 4, 2018 at 2:04 pm

      yes mifaharu first 🙂

  3. fai says:
    April 4, 2018 at 10:35 am

    Wow kiyaalaa hithun indhaa thi update kurey thanks v v shalhi

    1. Ushaali says:
      April 4, 2018 at 2:05 pm

      wc fai and thanks to you too 🙂

  4. Ruhoo says:
    April 4, 2018 at 10:37 am

    Me first

    1. Ushaali says:
      April 4, 2018 at 2:05 pm

      Ruhoo ah mifaharu second 🙂

  5. lotus says:
    April 4, 2018 at 10:43 am

    Rimee ge visnun anekka kihinetha chang vanee.. waitin for the next part

    1. Ushaali says:
      April 4, 2018 at 2:06 pm

      hinga balamaa rimeege visnun badhaluvaa goi dhw…. 🙂

  6. lotus says:
    April 4, 2018 at 10:46 am

    BTW, who r people in the cover pic.. v dhuvas vejje mi suvaalu kollan ulhey thaa..

    1. Ushaali says:
      April 4, 2018 at 2:15 pm

      mihaaru cover ga e inee ayyadh and rimee.. adhi badhaluvaane 🙂

  7. Friends says:
    April 4, 2018 at 10:48 am

    Masha allah mi bai vex v salhi.rimee adhi hihvaru kohla eyrun ragalhu vaane.haha.keep it up..
    Waiting 4 nw part.
    Have a great day..
    V salaam..?????

    1. Ushaali says:
      April 4, 2018 at 2:16 pm

      thakyou Friends 🙂 rimee varah hiyvvaru kuraane 🙂

  8. Pinky shifoo says:
    April 4, 2018 at 10:51 am

    Mi part vx v v v reethi ???… Eagerly waiting for the next part ???

  9. shai says:
    April 4, 2018 at 11:35 am

    Rimeesha ge 2 kudhin ves aee shinan ge tha. Ekam dhen yumnu zeen kieema heevany zeen kiyaa meeheh ge dharieh hen

    1. Ushaali says:
      April 4, 2018 at 2:17 pm

      adhi engeyne 2 kudhinge parents. yumnu ge fahathah zeen ai sababu ves innaane konmes eh baehga 🙂

  10. Shaai says:
    April 4, 2018 at 11:35 am

    Superb

  11. Meemee says:
    April 4, 2018 at 11:40 am

    When is next episode?? Vaahaka varah reethi.

  12. Yass says:
    April 4, 2018 at 12:00 pm

    Very nice Waiting of next part

    1. Ushaali says:
      April 4, 2018 at 2:17 pm

      thankyou Yass 🙂

  13. Mixuhan says:
    April 4, 2018 at 12:59 pm

    Haadha reethi hisaabakun thi nimmaaly..comment nukurevunas baraabarah mi vaahaka kiyan..varah reethi..kn irakun next part ?? Varah kiyaa hiyy vey eba

    1. Ushaali says:
      April 4, 2018 at 2:18 pm

      next part insha allah maadhama genesdheynan 🙂 v ufaavehjje comment nukoh ves vahaka kiyaali vahaka bunyma 🙂

  14. Sai says:
    April 4, 2018 at 1:58 pm

    Alhe v reethi mi part… ❤❤

    1. Ushaali says:
      April 4, 2018 at 2:19 pm

      thankyou Sai 🙂

  15. seema says:
    April 4, 2018 at 1:59 pm

    ayyadhu aai rimeesha marry kureema varah ufaavejje. dhen e dhe meehun dhurunukuruvahchey pls pls pls plssssssssssssss. ehenveema rimeesha n ayyadh ge baby maruvee dho. mishk e ee rimeeshaa ge kujeh noon dho. ayyadh n rimeesha plsssss

    1. Ushaali says:
      April 4, 2018 at 2:20 pm

      ehenvyma seema ah rangalhy ayyadh and rimee gulhunyma dhw 🙂 lets vaa gotheh. vahaka nimenvaa irah huriha suvaalu thakegge javaabu libeyne 🙂

    2. Saa says:
      April 5, 2018 at 12:22 pm

      Rewchehnnu, kaavenyge furathamareyvess, aayadhu kuryge anhenunnaaeku ziney koffa eaee. Ekan rimy ah anganvaane. Rimyah 8 aharu vaandhen ehytherivi shinaan ah landu dhinyma varh molhuvejje wedding night ga haha, I’m with shinaan ??

  16. A girl says:
    April 4, 2018 at 3:37 pm

    Rimeesha ah liben v ladu libuneethi…dhen hurey thimaa loabivaa meehaa yaa marry kohgen ehn meehun hurt koh koh…thima loabi vaa meehah vure thimaa dheke loabi vaa meehaa iskurun budhi veri…

  17. ss says:
    April 4, 2018 at 4:00 pm

    ushalige vaahskathah v reethi. busy kamuh kommentu nukureveny. alhe keevetha Shinan aa nugulhuny. adhives rimy ah visnayvareh nuvaydhoa. AYaa thee mr dhoakaa.

  18. Fai says:
    April 4, 2018 at 4:19 pm

    Mibaives v reethi Ushaali rimy haada nuvisney dho
    U are the best writer Ushaali ah baajaveri duvahakan Eden u are so lovely
    ??????❤???❤??????????????tc

  19. Hafeez says:
    April 4, 2018 at 8:30 pm

    Rimeeshaage visnun badhalu vaathan eba feney. Shinaan dheke loabi nuvaathaa mihaaru efakeerah nafurathu ekury. Eii thikiyaa visnun thafaathuviyey thibunaa thankolhaky. Dhen anyways vaahaka hama varah reethi. Daily koh up kohdheythee varah bodah thanks ey buneveynee. Good luck for your story.

  20. Saa says:
    April 5, 2018 at 12:18 pm

    Rimyge kuryge baby aky ayaage baby eh. Bunneyhhu ayaage faraathun adhives liben huriyya libeyneyey.

  21. Xxxxx says:
    April 11, 2018 at 12:52 pm

    Konirak dhen up kohdhenee

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 12←


All Right Reserved!