ދުރުން އިވެމުން އައި ތޫލި އަޑެއް ކަންފަތުގައި ޖެހެން ފެށުމުން ޔަޒްދާން ދެލޯ ހުޅުވާލިއެވެ. އޭނާ ތެދުވެ މޯޅިއަކަށް ދެމިލި ވަގުތު ހަށިގަނޑު ހުސްކަން އިހުސާސް ކުރެވުނެވެ. ދެފަރާތް ބަލާލއިރު އޭނާ ލައިގެން ހުރި ޓީޝާޓާއި ސޯޓް ވަކިން ފެނުމުން އިނދެވުނު ތަނެއްވެސް ނޭނގުނެވެ. އޭރުވެސް އޭނާގެ އަތުގައި އަޅާފައި އިން ގަޑިން އެލާރމް އަޅަމުން ދިޔައެވެ. ބޮލަށް އުނދަގުވެގެން އެލާރމް އޮފްކޮށްލުމަށްފަހު ސޯޓާއި ޓީޝާޓް ލައިގެން ބޭރަށް ނިކުތުމަށް އެނބުރު ވަގުތު އަރިއަކަށް ނިދާފައި އޮތް […]
15 ވަނަބައިގެ ތެރެއިން…. “އެހެންވެ ދޯ މިދުވަސްކޮޅު އައިނީ ހޫނުފެނަށް ވެއްޓިގެން މިއުޅެނީ. ބްރޯއަށް ނޭނގުނަސް ބުނަންތަ ވާހަކައެއް. މި ކޮލެޖުގައި މަދުވާނެ އޭނާ ހިތާނުވާ ފިރިހެނެއް. މީހެއްގެ މޫނަށް ބަލާލާއިރު އެހުންނަ މައުސޫމު ކަމަކުން ރީތިކަމަކުން މީހެއްގެ ހަޤީޤީ ސިފައެއް ހާމައެއް ނުވެދާނެ. އެކަމަކު އައިނީއަކީ މީހަކު ލޯބިވެގެން ހިތާވާވަރުގެ މީހެއް ނޫން. މިކޮލެޖުގައި އުޅޭ ހުރިހާ ފިރިހެނުންގެ ތުންފުހި އެއީ” ފައިޒަން ބުނެލިއެވެ. ޔަޒްދާން ހުރީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ. “ފައިގެވެސް ތަ؟” ޔަޒާދާން […]
14 ވަނަ ބައިގެ ތެރެއިން….. “ނޫން. މިހާރު ތިއުޅެނީ މާރަނޑުވެގެން. ހުރެބަލަ ނިކަން” އައިނީ ޔަޒްދާން އެނދުގައި ބޭންދުމަށްފަހު ޔަޒްދާން ލައިގެން ހުރި ޓީޝާޓް ބޭލުވިއެވެ. ޔަޒްދާންގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާފައި އައިނީ އަރާ ޔަޒްދާންގެ ބަނޑުގެ ދެފަރާތަށް ދެފައި ލައިގެން އިށީނެވެ. ޔަޒްދާން އޮތީ އައިނީގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ މޫނުމަތިން މިވަގުތު ފެންނަމުން ދަނީ އައިނީގެ ބީހުންތަކަށް މަރުހަބާ ކިޔާކަހަލަ އަސަރުތަކެކެވެ. އައިނީ ޔަޒްދާންގެ މޭމަތީގައި ބޯއަޅާލުމުން ޔަޒްދާނަށް ހީވީ އޭނާގެ ހިމާޔަތަށް ޔަނާލް އެދުނުހެންނެވެ. […]
13 ވަނަ ބައިގެ ތެރެއިން…. އަނެއްދުވަހު ހެނދުނު ސަޔަށް ހުރިހާ އެންމެން ހަމަވިއިރު މަދީ އެކަނި ރިޔާޒެވެ. އެންމެފަހުން އައިސް އެންމެންނާއި ބައިވެރިވި ފައިޒަން އޭނާގެ ބައްޕަ ސުފުރާމަތިން ނުފެނުމުން ކަންބޮޑުވުން ފާޅުކުރިއެވެ. “ކޮބާ ބައްޕަ މިއަދު” ފައިޒަން އަހާލިއެވެ. އޭރު ދޮންކެޔޮވަކެއް ކާން ކުލްޝޫމް އިނެވެ. “ކޮޓަރީގަ. ކުޑަކޮށް ބަލިކޮށް އުޅެނީ. ސައިބޯން ގޮވީމަ ބުނެފި ފަހުން ތެދުވެ ސައިބޯނަމޭ” ކުލްޝޫމް ބުނެލިއެވެ. އޭރު ކޮފީތަށި ތުނބުގައި ޖަހައިގެން ޔަޒްދާން ހަމަޖެހިލާފައި އިނެވެ. “ބަލީއޭ. އަނެއްކާ […]
12 ވަނަ ބައިގެ ތެރެއިން…. ޔަނާލް ކޮލެޖަށް އައިރު ދޮރުމަތީގައި ފައިޒަން އަދި ޔަޒްދާން ހުއްޓެވެ. ޔަނާލް ފެނުމުން ޔަޒްދާން އަވަހަށް އެހެން ކަމަކާއި މަޝްޢޫލުވިއެވެ. ފައިޒަންއަށް ހިނިތުންވުމެއް ދިނުމަށްފަހު ޔަނާލް އެތެރެއަށް ވަދެގެން ދިޔައީ އެކަންޏެވެ. ބޭރުގައި ޔަނާލް ގޮވައިގެން އައި ހާރޫން އެތެރެއަށްވަނީ ހުރިހާ ކުދިން ގޭޓުން އެތެރެއަށް ވަދެ ނިމުމުންނެވެ. ކްލާސްތެރޭގައާއި ކުލާހުން ބޭރުގައި ހޭދަކުރި ކޮންމެ މިނިޓެއްގައި ޔަޒްދާނަށް ޔަނާލްގެ ހަރަކާތްތަކަށް ބެލެމުން ދިޔައެވެ. ޔަނާލްގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ދެވިފައިނުވާތީ […]
“އޮފްކޯޒް އެވެސް ދަރިން. އެކުދިންނަކީ ފިރިހެން ދަރިން. އެމީހުންނަށް އަހަރެމެންގެ ދެމީހުން ނެތް ދުނިޔެއެއްގަ އެކުދިންނަށް ޖެހޭނީ ކޮންހާލެއް. އިރާދަކުރެއްވިއްޔާ އެއީ ކިޔަވައިގެން ތިބި ވިސްނުންތޫނު ކުދިބައެއް” ހާރޫން ބުނެލިއެވެ. މާއިރާ ހީލިއެވެ. ނަމަވެސް ހާރޫންގެ އެ ނިންމުން އޭނާ ހިތްހަމައެއްނުޖެހެއެވެ. “ދެން އަޅެ. ހާރޫނަށް ހީވޭތަ މިއީ ރަނގަޅު ނިންމުމެއްހެން. ނާލް އަދި ވަރަށް ޅައެއްނު” މާއިރާ ބުނެލިއެވެ. “ތިންކް ޕޮޒިޓިވް މައި ލަވް. މީތި އެމަންޖެ މައްޗަށް ހިނގާނީ އެމަންޖެގެ އުމުރުން އަށާރަ އަހަރުވީމަ. […]
10 ވަނަ ބައިގެ ތެރެއިން….. “ދެން… ދިގުކޮށް ހުންނަ ހެދުމެއް ލައިފިއްޔާ އިންޑިޔާ މީހެއް. ކުރު ހެދުމެއް ލައިފިއްޔާ ޔޫރަޕް މީހެއް. ބުރުގާ އަޅައިފިއްޔާ ބުނާނެ ފަލަސްތީނު މީހެކޭ. މި ފައި ކުރިމައްޗަށް އަންނަންވީ އެއްވެސް އެއްޗެއްނުލާ ކަންނޭނގެ” ޔަނާލް ހަޅޭއްލަވާތެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔަޒްދާން ސިއްރު ނަޒަރެއް ޔަނާލަށް ދިނެވެ. ޔަނާލް ހުރިގޮތުން ޔަޒްދާން ކައިރރިއަށް ހިނިއައެވެ. ނަމަވެސް ހިމޭނުން އިނެވެ. “ނުނޭ.. ވަރަށް ރީތި ޕްރިންސަސް…” އާކިން ޔަނާލްގެ […]
09 ވަނަ ބައިގެ ތެރެއިން…. “ދެންހެޔޮ ދިމާނުކުރިޔަސް. އެހެންވާނީ ދުވަހަކުވެސް މީހަކުދެކެ ލޯބިވާން ނޭނގޭ މީހަކު ތިކަހަލަ ވާހަކައެއް ދެއްކީމަ” ޔަނާލް ޝީޓުގައި ހަމަޖެހިލަމުން ބުނެލިއެވެ. “ނަނާއަށް ކިހިނެއް އިނގެނީ އަހަރެން މިކުރީ ސަމާސާއެއް ކަމެއް. ހަޤީޤަތަކަށްވެސް ވެދާނެއްނު” ކާރު ދުއްވާލަމުން ފައިޒަން ބުނެލިއެވެ. “ދެންހެޔޮ…. އަހަރެން ފައި ބޭނުމީ ހަމައެކަނި އެކުވެރިއެއް ގޮތުގަ. ޔުއަރ މައި ބެސްޓްފްރެންޑް. ފޯރ އެވަރ އެންޑް އެވަރ” ދުއްވަން އިން ފައިޒަންގެ ކޮނޑުގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލަށް […]
08 ވަނަ ބައިގެ ތެރެއިން……. ބެލްކަނީގައި ކޮފީ މަގެއް ހިފައިގެން ހުރި ޔަޒްދާންގެ ނަޒަރު ހުއްޓިފައިވަނީ މަތިމައްޗަށް ހިއްލާލާފައި ހުރި މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާގެ އަޅިކުލައިގެ ކަޅި އެހެންދިމާލަކަށް ހަރަކާތްވެސް ކޮށްނުލައެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީގައި ކޮފީތަށި ބަހައްޓަމުން ލައިގެން ހުރި ޖީބަށް އަތްކޮށްޕާލުމަށްފަހު ފޯނު ނެގިއެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ދެލޯ ކަރުނުން ފުރިގެން ދިޔަތަނެވެ. “ޔަޒްދާން! ދައްތަ ހާދަ ގޮވައިފީމޭ. މިތާހުންނާނެ ކަމެއް ނޭނގޭނެއްނު” ކުލްޝޫމް ފެނުމުން ހީލާފައި ޔަޒްދާން އޭނާގެ ފޯނު […]