Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުބިޔަސް ފިރުމާލަދީ….38 ފަހުބައި

Ushaali Level 710 Stories100 Comments100 Stories500 Comments
May 13, 2018 9 Mins Read
99 Comments

“ރުފޭ އަންނާނެ ޝައްނު ވައްޓާލާފަ. ކުޑަކަމަކު ހޮސްޕިޓަލަށް ވަދެލާފައި ދާން” އައްޔަދު ޖަވާބުދިނެވެ. ލަސްލަހުން ރިމީޝާ ޝިނާންގެ ފަހަތަށް އަރާ އިށީނދެލިއެވެ. ޝިިނާންގެ އުނަގަނޑުގައި ދެއަތް ވަށާލުމާއެކު ޝިނާން ދުއްވާލަންވީހޭ ރިމީޝާ ކުރެން އަހާލިއެވެ. ރިމީޝާ ބޯޖަހާލުމުން ޝިިނާން ސައިކަލް ކުރިއަށް ދުއްވާލިއެވެ. އެވަގުތު ރިމީޝާ އައްޔަދަށް ބަލާލިއެވެ. އައްޔަދު ވެސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އައްޔަދުގެ ދެލޮލުން ރިމީޝާ އަށް ހުރިހާ ކަމެއް އެނގި ސާފުވިއެވެ. އައްޔަދު އަދިވެސް އެދެނީ އޭނަ އަށް ކަމެވެ. ނަމަވެސް އެކަމުގައި މިއަދު އޭނަ އަށް އައްޔަދަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އޭނާ ހިތް އެދެނީ ޝިިނާނަށެވެ. ލޯބިވަނީ ޝިނާން ދެކެއެވެ. އެލޯބި ދުވަހަކު ވެސް ނިމުމެއް އަންނަން އޭނަ ނޭދޭއެވެ. އައްޔަދަށް ޖެހޭނީ އޭނާ މަތިން ހަނދާން ނައްތާލާފައި ކުރިއަށް ދާށެވެ.

ގެއަށް ވަދެ ކޮޓަރި އާއި ދިމާލަށް ދިޔަ ރިމީޝާ ފައިގާ މިޝްކު އާއި ނާފް ކުޅެން ގެންގުޅޭ ކުޑަ ޓޯއީ އެއް އަޅައިގަތުމުން އެ ކޯޗެއްތޯ ބަލާލަން ފަހަތަށް އެނބުރު ވަގުތު އެރުނީ އެހެން އެއްޗެއްގެ މައްޗަށެވެ.  އެވަގުތު ހަށިގަނޑު ބެލެންސް ނުކުރެވި ރިމީޝާ އަރި އަޅާލިއެވެ. ވެއްޓެން ދިޔަ ވަގުތު ބަނޑުގައި އަތް އަޅާލަން އުޅުނެވެ. ނަމަވެސް އަރި އަކަށް ވެއްޓި މުށިތަކުގެ މަތީގައި އެންމެ ފުރަތަމަ ވެސް ޖެހުނީ ފޫކޮޅެވެ. ދަށް ބަނޑަށް އެރި ތަދާއެކު ރިމީޝާ ހޭކެނޑިގެން ދާ ވަރުވިއެވެ. އަނގައިން ވޭނީ އަހާކާއި އެކު މަންމާއޭ ކިޔާ ގޮވާލެވުނު އިރު މީހާ އަށް ރަނގަޅަށް ރޮއެގަނެވިއްޖެއެވެ. އެދަނޑިވަޅުގައި ރިމީޝާގެ ހަށިގަނޑަށް އެޅި ވޭނަށް ވުރެ ވެސް ބޮޑަށް އޭނާ ކަންބޮޑުވީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެތީއެވެ. ވޭނަށް ކެތްނުވެ ތެޅެމުން ދިޔައިރު ހިތާހިތުން ދަރިފުޅު ރައްކާތެރިކޮށް ދިނުމަށް އެދި ދުޢާ ކޮށްލެވެއެވެ.

ސައިކަލް ޕާރކް ކުރާނެ ތަންކޮޅެއް ގިނައިރުން ލިބުމުން ޝިނާނަށް ޖެހުނީ ކުރިން ރިމީޝާ ގެއަށް ވައްދާށެވެ. ދޮރު ހުޅުވާލި ވަގުތު ޝިނާނަށް ހުއްޓުމެއް ލިބުނެވެ. ވެއްޓިފައި އޮތް ރިމީޝާ އޮތީ ލިބުނު ވޭނެއްގެ ސަބަބުން އަނބުރައިގަނެފައެވެ. ޝިނާނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އަޑުގެ ކޮޅަށް އަލްވީރާ އަށް ގޮވާލާފައި ތިރީގައި އޮތް ރިމީޝާ ނަގައިގެން ގޮސް ސޯފާގައި ބޭއްވިއެވެ. އަލްވީރާ އާއި ނަޒީމްގެ ހަބަރެއް ނުވިޔަސް ޝިނާންގެ އަޑަށް ކޮޓަރީގައި ތިބި އަންޖަލް އާއި ނާއިން ނިކުތެވެ. އެދެމީހުންނަށް ވެސް ވީ ޝިނާނަށް ވީ ވަރެވެ. އަންޖަލް ދުވެފައި ގޮސް އަލްވީރާގެ ކޮޓަރީ ދޮރުގައި ތަޅައިގަތެވެ. އިރުކޮޅެއް ނުވަނީސް އަލްވީރާ އާއި ނަޒީމް އެކީގައި ކޮޓަރިން ނިކުތެވެ. އޭރު ޝިނާން ރިމީޝާގެ މޫނުގައި ފެން ހާކަނީއެވެ. ރިމީޝާ އަށް ހޭވެރިކަން ވުމާއެކު ބަނޑާއި އުނގަނޑުމަތިން ނަގަމުން ދިޔަ ތަދު އިހުސާސް ވާން ފެށިއެވެ. މަންމާއޭ ކިޔާ ރިމީޝާ އަށް ރޮއެގަނެވުނެވެ. އިސާހިތަކު ޝިނާނާއި ނާއިން ވެގެން ރިމީޝާ ހޮސްޕިޓަލަށް ގެންދިޔުމަށް މަގުމައްޗަށް ނިކުތެވެ.

 

ގަވައިދުން ރިމީޝާ ދައްކަމުން އައީ އޭޑީކޭ އަށް ނަމަވެސް ވާގުތުގެ ނާޒުކު ކަމުން ގެއާއި އެންމެ ކައިރީ އައި.ޖީ.އެމް ހޮސްޕިޓަލަށް ވުމާއެކު ރިމީޝާ ގެނައީ އެ ހޮސްޕިޓަލަށެވެ. ލޭބަރ ރޫމަށް ރިމީޝާ ވެއްދި ފަހުން އެއްވެސް ހަބަރެއް ނުވާތީ އިންތިޒާރުގައި ތިބި އެއްވެސް މީހަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ނާފް އާއި މިޝްކު ކައިރީގައި އަންޖަލް މަޑުކުރަން ޖެހުމުން ނާއިންގެ ފޯނަށް އިރުކޮޅަކާއި ގޭގައި ހުރެ އަންޖަލް ގުޅަމުން ދިޔައެވެ.

 

އެއް ގަޑީރެއްހާއިރު ފަހުން ރިމީޝާ އަދިވެސް ނުވިހާ ކަމަށާއި ރިއްސާތީ ރޯ ވާހަކަ ބުނުމުން ޝިނާން ދެރަވިއެވެ. ރިމީޝާގެ ބަދަލުގައި އެވޭން އުފުލަން އެނާ އަށް ޖެހުނު ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އަލްވީރާ އާއި ނަޒީމް ދަރިފުޅަށްޓަކައި ހެޔޮ ދުއާ ކުރަމުން ދިޔައެވެ.

“ނާއިން އާއި ދެކުދިން އެއްޗެއް ބޮއެގެން އަންނަންވީނުން. މަންމަ އާއި ބައްޕަ މިތިބީނުން މިތާ” ޝިނާން ކައިރީގައި އިން އަލްވީރާ ބުނެލިއެވެ. އެކަމަކު ޝިނާން ދާކަށް ބޭނުމެއް ނުވިއެވެ. ރިމީޝާ އަށް އެވޭނަށް ލުޔެއް ނުލިބޭހާ ހިނދަކު އޭނާގެ އަރުން އެތރަށް ފެންފޮދެއް ވެސް ނުދާނެއެވެ.

“ދަރިފުޅުގެ މަންމަމެންނަށް ހަބަރު ދެވިއްޖެތަ؟” އަލްވީރާ އަހާލިއެވެ.

“ނުނަގާ ފޯނެއް. ނިދާފައި ތިބޭނީ. ފަތިހު އިންނާނީ ފްލައިޓު. ކުރިން ވެސް ހަމަޖައްސާފައި އިން ދަތުރަކަށްވިކަން ނަސީބު. އެހެންނޫނީ މިކޮޅަށް އަންނަން ވަރަށް އުނދަގުވީސް” ޝިނާން ދެއަތުން މޫނުމަތި ފޮހެލަމުން ބުނެލިއެވެ.

“ޖަންނަ އަށް އަންގަންވީތަ؟” އަތުގައި އޮތް ފޯނަށް ބަލާލަމުން އަލްވީރާ އަހާލިއެވެ.

“ނޫން… އެދެމަފިރިންނަށް އުނދަގު ނުކުރޭ… ރިމީ ވިހެއިމަ އަރަޝް އަށް އަޅުގަނޑު މެސެޖެއް ކޮށްލާނަން…” ޝިނާން ބުނެލިއެވެ. ހިތް ނުތަނަވަސް ކަމެއްގައި ވާތީ ވާހަކަދައްކަން ވެސް އޭނާ އިނީ އުނދަގު ވެފައެވެ.

 

ގަޑިން ފަތިހު ހަތަރެއް ޖެހިއިރު ވެސް ރިމީޝާ ނުވިހާތީ ޝިނާން ވަނީ މުޅިން މާޔޫސް ވެފައެވެ. ކުޑަ ދަރިފުޅަށް ބޭނުންވާ ސާމާނު ބަލާ ނާއިން އާއި އެކުގައި އަލްވީރާ ގެއަށް ދިޔުމުން ނަޒީމް އާއި ޝިނާން އެކަނިވިއެވެ.

“ދަރިފުޅާ!! ބައްޕަ މިދަނީ މިސްކިތަށް. ހަބަރެއްވިއްޔާ އަންގާލާތި” ނަޒީމް މިސްކިތަށް ދިޔުމުން ހާސްވެ ކަންބޮޑުވެފައި އިން ޝިނާން ގޮނޑީގައި ޖައްސާލިއެވެ. އެވަގުތު ރުފޭލް އާއި އެކީގައި އެތަނުން ހުރަސް ކުރި އައްޔަދަށް ޝިނާން ފެނުމުން ކައިރިއަށް ހުއްޓި ގޮވާލިއެވެ. ޝިނާންގެ ފަރާތުން ރިމީޝާ ވިހަން ވައްދައިގެން އުޅޭ ވާހަކަ ބުނުމުން އައްޔަދުގެ މޫނުމަތިން ވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ފެނުނެވެ. ރުފޭލް ގެއަށް ފޮނުވާލާފައި އައްޔަދު ޝިނާން ކައިރީގައި މަޑުކުރިއެވެ.

ފަތިސްނަމާދުގެ ބަންގި އާއި އެކު ރިމީޝާ ފިރިހެން ކުއްޖަކު ވިހެއި ހަބަރު ޝިނާނަށް ލިބުނެވެ. ވަގުތުން ﷲ ށް ހަމްދުކޮށް މޫނުގައި އަތް ހިންގާލެވުނެވެ. ޝިނާނަށް ވުރެ ކުރިން ރިމީޝާގެ ހާލު އެހުނީ އައްޔަދަށެވެ. މަންމަވެސް ދަރިފުޅު ވެސް ރަނގަޅުކަމަށް ބުނެފައި ނަރުސް ކުއްޖާ ދިޔައީ ކުޑަ އިރުކޮޅަކުން ދައްކާލަން ދަރިފުޅު ނެރޭނެކަމަށް ބުނެފައެވެ. އައްޔަދުގެ އެ އަމަލުން މިވަގުތު ޝިނާންގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. އެއަށް ވުރެ ބޮޑަށް އޭނާގެ ހިތަށް ލިބިފައިވާ އުފާވެރިކަން ބޮޑެވެ. ރިމީޝާ އާއި ކުޑަދރިފުޅު ދެކިލާހިތުން އޭނާގެ ހިތް ތެޅިފޮޅެން ފެށިއެވެ.

ކުޑަ ދަރިފުޅު ޝިނާންގެ އަތަށް އެރި ވަގުތު އޭނާ ރަނގަޅަށް އެކުއްޖާ އަށް ބަލާލިއެވެ. ހުދު ދޮންކަމެއް ލިބިފައިވާ އެކުޑަ ކުއްޖާގެ ދެކަންފަތް ކައިރިން ވަނީ ވަރަށް ބޮޑަށް ރަތްވެފައެވެ. ދެލޯ ހުޅުވާލައިގެން ޝިނާނަށް ބަލަހައްޓައިގެން ދޫ ނެރެލަ ނެރެލާ އޮތްއިރު އެދަރިފުޅަށް ބައްޕަ ފެންނަ ކަހަލައެވެ. ދެލޮލުން ވެއްޓުނު ކަރުނަ ތިއްކާއި އެކު ޝިނާނަށް އެދަރިފުޅު މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. އަލްވީރާ އާއި ނަޒީމް އަދި ނާއިން ދަރިފުޅާއި ކައިރިވެ ފޮޓޯ ނަގާ ހަދަން ފެށުމުން މަންޒަރު ބަލަން ހުރި އައްޔަދު މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. ހޮސްޕިޓަލުން ނިކުންނަން އެނބުރުނު އިރު ދެލޮލުން ދާދި އެކު އެކީގައި ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގެން ދިޔައެވެ. އޭނާ އަށް އެ ނަސީބު ލިބިފައި ވެސް ލޮލަށް ނުފެނި އޭނާގެ ދަރިފުޅު ވަނީ މިދުނިޔެ އާއި އަލްވަދާއު ކިޔާފައެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނާ އަށް މޭގައި އަތް އަޅާލެވުނެވެ. ނަމަވެސް އޭނާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

 

އާދައިގެ މީހަކަށް ހަމަ ކުއްލިއަކަށް ޕްރައިވެޓް ރޫމެއް ހޮސްޕިޓަލުން ހޯދުން އެއީ ފަސެހަކަމެއް ނޫނެވެ. އެހެންކަމުން ލޭބަރ ރޫމުން ނެރުނު ގޮތަށް ރިމީޝާ ކުޑަ ދަރިފުޅާއި އެކު އެންމެ ފުރަތަމަ ގެންދިޔައީ އަންހެނުންގެ ވާރޑަށެވެ. މިޝްކު އާއި ނާފް އަށް ހެނދުނުގެ ސައި ދީފައި އަންޖަލް ހޮޮސްޕިޓަލަށް އައީ އަލްވީރާ އާއި ނަޒީމް ގެއަށް ދިޔުމުންނެވެ. ނާއިން ވެސް ކުޑަކޮށް ނިދާލުމަށްޓަކައި ގެއަށް ދިޔުމުން ފިރިހެނަކަށް ހުރީ ޝިނާން އެކަންޏެވެ.

“ދޮންތަބެ ވެސް ގެއަށް ގޮސް ނިދާލާފައި އަންނަންވީނުން. އަޅުގަނޑަށް އުނދަގުލެއްނުވާނެ” ޝިނާން ކައިރީގައި އަންޖަލް ބުނެލިއެވެ.

“ނޫން. ފަހުން ދާނީ. ރިމީ ހޭލީމަ” ރިމީޝާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޝިނާން ބުނެލިއެވެ. ދަރިފުޅު ބޮޑުކަމުން ވިއްސަން ޖެހުނީ ހަށިގަނޑުން ބޮޑުު ތަނެއް ކަފާލައިގެން ކަމަށްވާތީ މާބޮޑަށް ރިމީޝާ އަށް ތަދުވަނީއެވެ. އެހެންކަމުން މިވަގުތު އޮތީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ.

އަންޖަލް ފާހާނާ އަށް ވަން ވަގުތު ޝިނާން ރިމީޝާގެ ކައިރިއަށް ޖެހިލުމަށްފަހު ރިމީޝާގެ ހިކިފައިވާ ތުންފަތުގައި ލޯބިކޮށްލިއެވެ. އެވަގުތު ކުޑަކޮށް އެސްފިޔަތައް ދުރުކޮށްލާފައި ރިމީޝާ ޝިނާނަށް ބަލާލިއެވެ. ނިދީގެ ސަބަބުން އެވަގުތު އެންމެ ރަނގަޅަށް ރިމިޝާގެ ސިކުނޑި މަސައްކަތް ނުކުރާތީ ފަނޑު ހިނިތުންވުމެއް ޝިނާނަށް ދިނުމަށްފަހު އަނެއްކާ ވެސް ފުން ނިދީގެ ތެރެއަށް ރިމީޝާ ފީނައިގަތެވެ. ޝިނާން ހީލުމަށްފަހު ރިމީޝާ މޫނުގައި ފިރުމާލިއެވެ. މާގިނަ އިރު ޝިނާނަށް އެތަނުގައި ނީނދެވުނެވެ. މަންމަ އާއި ދެ ދައްތަ ބަލާ ހުޅުލެ އަށް ދާން ޖެހިގެން އޭނާ ދިޔައި ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ގުޅުމަށް އަންޖަލް ކައިރީގައި ބުނެފައެވެ.

 

ގޭ ވަކި އެޕާރޓްމަންޓެއްގައި ނޫރާން އާއި ނޫރުލްހުދާ އަދި ނިބްރާސް ތިބިއިރު ނޫރާންގެ އެދުމަށް އެބަޔަށް މިޝްކު އާއި ނާފް ތިބީީ ގެނެވިފައެވެ. މެންދުރުން އަނބުރާ ހަވީރުގެ ފިނި ޖެހުނު އިރު ވެސް ރިމީޝާ އަށް ހޭވެރިކަމެއް ނުވާތީ ނޫރާން ބޭނުންވީ ހަމަޖެހިލައިގެން ހޮސްޕިޓަލަށް ދާށެވެ. ލޯބިވާ ފިރިހެން ދަރިފުޅަށް ލިބުނު އުފާވެރިކަމުގައި އޭނާ ހުރީ އިންތިހާ އަށް އުފާވެފައެވެ. ނިބްރާސް އާއި ނޫރުލްުހުދާ ވެސް ޝިނާންގެ ކިބައިން ކިޔެވުނު އެއްޗިއްސާއި ކަންތައް ކުރެވުނު ހުރިހާ ގޮތްތަކަށް ދެވަނަފަހަރަށް މާފަށް އެދުނެވެ. ޝިނާން އޭނާގެ ދެ ދައްތަ ބޮލުގައި ފިރުމާލާފައި ގެނެސް ލޯބިން ބައްދާލިއެވެ. މިވަގުތު އޭނާ އަށް އެއްވެސް މީހަކު ދެކެ ރުޅިއެއް ނާދެވޭނެއެވެ. އެއަށްވުރެ މާބޮޑަށް ވަނީ ހިތްހަމަޖެހިފައެވެ.

ހަވީރު ވީއިރު ރިމީޝާ އަށް ވަނީ ޕްރައިވެޓް ކޮޓަރި އަކުން ޖާގަ ލިބިފައެވެ. އަދި ރިހެމުންދާ ތަނުގައި އަޅާ ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ވެސް ވަނީ ލިބިފައެވެ. އެނދުގައި ދަރިފުޅު ގޮވައިގެން ހީލައިގެން އޮތް ރިމީޝާ އަށް ބަލަން ސައި ތައްޓެއް ގިރަން ހުރި އަންޖަލް ހުއްޓެވެ.

“ދޮންތާ!! ހާދަ ވަރަކަށް ބޭބީ އަށް ތިބަލަނީ… ނޫޅެއޭ މީހަކު ބޭބީ ގެންދާކަށް” އަންޖަލް ހީލާފައި ބުނެލިއެވެ.

“ކާކާ ވައްތަރީ އަންޖޫ އަށް” ރިމީޝާ ބުނެލިއެވެ.

“އަނހާ!! ކުޑައިރު އަދި ބުނާކަށް ނޭނގޭ. މަށަށް ވައްތަރީ މަށާ” އަންޖަލް ބޭބީ ކައިރިއަށް އައިސް އަތް ހިންގާލަމުން ބުނެލިއެވެ.

“ބައްޕި ގޮތަށް އަބަދު ނިދާ ކުއްޖެއް. މިވަރަށް އުނދަގު ކުރާ އިރު ވެސް އަޅެ ލޯ ހުޅުވާ ވެސް ނުލައެއްނު. މަންމިގެ ބޭބީކޮޅު ވަރަށް ބަސްއަހާ ކަންނޭނގެ. ނުވެސް ރޮއެއްނު އެހާ ވަރަކަށް” ދަރިފުޅުގެ ކުޑަކުޑަ އަތްތިލައިގާ ހިފައިގެން އޮވެ ރިމީޝާ ބުނެލިއެވެ.

“މިޝްކު ގެންނަނީ ކޮންއިރަކުން؟” އަންޖަލް އަށް ބަލާލާފައި ރިމީޝާ އަހާލިއެވެ.

“މިހާރު އަންނާނެ ގޮވައިގެން. ދޮންތަބެ ވެސް މިތަނުން ފޮނުވާލީ ހާދަ ވަރަކުންނޭ. ދުރަށްނުދޭ ދޮންތަ ކައިރިން” ރިމީޝާ ހީލިއެވެ. ޝިނާން އުޅޭނެ ގޮތް ހިޔާލުކޮށްލެވުނެވެ.

“ފޯނެއް. ޒޯއްތަ….. އަދި ކިރިޔާ ހަބަރު ލިބުނީއެ” ކަބަޑް މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ރިމީޝާގެ އަތަށް ދެމުން އަންޖަލް ބުނެލިއެވެ. އަދި ނިދާފައި އޮތް ކުޑަ ދަރިފުޅު ނަގައިގެން ގޮސް އެކުއްޖާ އަށް ހާއްސަކޮށްފައިވާ އެނދުގައި ބާއްވާލިއެވެ.

“އަޅޭ… ހުވާތަ؟ ކޮންގްރާ….. ދެން އުޅޭ އަންނަން. ދެން ތިރަށަށް އެއްކޮށް ބަދަލުވާނީއެއްނުން” ޒޯހަލް އާއި ފޯނުން ވާހަކަދައްކަމުން ދިޔަ ރިމީޝާ ބުނަމުން ދިޔައެވެ. އަންޖަލް އިރުކޮޅަކާއި ރިމީޝާ އަށް ބަލާލާފައި ހީލައެވެ.

“ޒޯ ސަލާން ބުނި އަންޖޫ އަށް. އަން. ބެބީގެ ފޮޓޮއެއް ވައިބަރ ކޮށްލަބަ ޒޯ އަށް. ބުނި ވަރަށް އަވަހަށް ދާނަމޭ. އާން އެހެންޏަ ކާޝިފްގެ ބޮޑުދައިތަގެ ރަށަށް ދިޔަފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ މިހާރު.  ޒޯ ބަނޑުބޮޑޯ…. ވަރަށް އުފަލުން އެހެރީ….” ރިމީޝާ ބުނެލިއެވެ.

 

އަންޖަލްގެ އެހީތެރިކަމާއެކު ފެންވަރާ ތާޒާވެލައިގެން މިޝްކު އާއި ޝިނާންގެ އިންތިޒާރުގައި ކުޑަ ދަރިފުޅު އުނގަށް ލައިގެން ރިމީޝާ އިނެވެ. އެގޮތުގައި މާގިނަ އިރު އިންތިޒާރު ކުރާކަށް ރިމޝާ އަށް ނުޖެހުުނެވެ. ވަދެގެން އައީ ހީކުރި ވަރަށް ވުރެ ވެސް ގިނަ މީހުންނެވެ. އައްޔަދުގެ އާއިލާއެވެ. ޝިނާންގެ އާއިލާގެ އިތުރުން ރިމީޝާގެ އާއިލާއެވެ. ގާތްގަނޑަކަށް ކޮޓަރި އެއްކޮށް ކަހަލަ ގޮތަކަށް ފުރުނެވެ. މިޝްކު އަށް ރިމީޝާ ފެނުމާއެކު ދުވެފައި ގޮސް ބެއްދިއެވެ.

“މަންމި ކޮންއިރަކުން ގެއަށް އަންނާނީ. މިޝްކޮ އާއި ނާފްކޮއްކޮ އެކަނި ކުޅެކުޅެ ވަރުބަލިވެއްޖެ. މަންމީ!! މި ކޮއްކޮ ވެސް ދެން ކުޅޭނެ ދޯ މިޝްކު މެންނާއިއެކު” އިރުވަރުން މިޝްކު އަނގަ ތަޅަން ފެށިއެވެ. ރިމީޝާ މިޝްކު މޫނުގައި ފިރުމާލަމުން ހޫމް އެއް ލައްވާލިއެވެ. ނޫރާން ކުރިއަށް ޖެހިލާފައި ރިމީޝާގެ އުނގުގައި އޮތް އޭނާގެ ދެވަނަ މާމަ ދަރިފުޅު ނަގާ އުރާލިއެވެ. އަދި އެނދުގައި ކުޑަކޮށް އިށީންނަމުން ރިމީޝާގެ މޫނަށް ބަލާލިއެވެ. ބޮޑެތި މީހުން ރިމީިޝާ އާއި ކައިރިވާން ފެށުމުން މިޝްކު ސޯފާއަށް އެރިއެވެ. އަންޖަލް މިޝްކު އަށް ކާރޓޫން އަޅުވާ ދިނުމުން ވަރަށް ފަސޭހައިން އޭގެތެރެއަށް މިޝްކު ގެއްލުނެވެ.

“މަންމަ އަށް ހީކުރެވުނީ މުޅިން ގޯސްކޮށް. މަންމަގެ ޝިނާނަށް ލިބިފައިމިަނީ އަހްލާގް ރަނގަޅު ހިތްހެޔޮ ބައިވެރިއެއް. މަންމަ އަށް ކަންތައް ކުރެވިފައިވަނީ ގޯސްކޮށް. އެކަމަށްޓަކައި މިތިބަ ހުރިހާ މީހުން ކުރިމަތީގައި މާފަށް މިއެދެނީ” ރިމީޝާ ވަގުތުން ނޫރާން ހުއްޓުވާ ބައްދާލިއެވެ. ނޫރުލްހުދާ އާއި ނިބްރާސް ވެސް މާފަށް އެދުނެވެ. އެހުރިހާ މީހުންނަށް ރިމީޝާ ހަދިޔާކުރި ރީތި ހިނިތުންވުމާއެކު މާފުކުރިއެވެ. އޭނާގެ ހިތުގައި އެއްވެސް ބޮޑާކަމެއް ނެތެވެ.

“އަޅުގަނޑުގެ ޝިން އާއި ގުޅުން ހުރި ކޮންމެ އެއްޗެއް ދެކެ އަޅުގަނޑު ލޯބިވަން. ދުވަހަކު ވެސް ޝިން ލޯބިކުރާ އެއްޗަކަށް އަޅުގަނޑު ނަފްރަތެއް ނުކުރާނަން. އަޅުގަނޑުގެ ޝިންދެކެ އަޅުގަނޑު ވަރަށް ބޮޑަށް ލޯބިވޭ” ރިމީޝާގެ ދުލުން އެހެން ބުނި އަޑު އިވުމުން ބޭރުގައި ހުރި އައްޔަދުގެ ހިތް ކުދިކުދިވި ކަހަލައެވެ. އެތެރޭގައި ޖާގަ ކުޑަކަމުން ރުފޭލް އާއި ޝިނާން އާއި އައްޔަދު މަޑުކޮށްގެން ތިބީ ކޮޓަރި ދޮރުމަތީ ބޭރުގައެވެ.

ފަހަރަކު މީހަކު ގެނައި ހަދިޔާތަކާއި އެކު ރިމީޝާ އަށް މަރުހަބާ ކިއެވެ. ކުދިވެރިންގެ ޝަކުވާތަކާއި ރޯއަޑު އިވެން ފެށުމުން ޝަނުމް އާއި އަންޖަލް ކުދިވެރިން ގޮވައިގެން ބޭރަށް ނިކުމެލިއެވެ. ރިމީޝާ ކައިރިން ދުރަށް ނުގޮސް އިނީ ޝިނާންގެ މަންމަ އާއި ދެ ދައްތައެވެ. އެމަންޒަރު ބަލަން އަލްވީރާ އިނެވެ. ނަޒީމް ފަހުން އަންނާނެ ކަމަށް ބުނެފައި ބޭރަށް ނިކުތްފަހުން އަދި މިވީ ކުޑަ އިރުކޮޅެކެވެ.

އިރުއޮށްސުނުތަނާ ރިމީޝާ ކައިރިއަށް ޒިޔާރަތް ކުރި ހުރިހާ މީހުން ގެއަށް އެނބުރި ދިޔައެވެ. ތިބީ ރުފޭލް އާއި އައްޔަދުގެ އިތުރުން ޝިނާނެވެ. ޝިނާން އެތެރެއަށް ވަނީ އައްޔަދާއި ރުފޭލް އާއި އެކީގައެވެ. އެހާ ގިނަ އިރުފަހުން ޝިނާންގެ އުޖާލާވެފައިވާ މޫނު ފެނުމުން ރިމީޝާގެ ދެލޯ ވިދައިގަތެވެ. އެތެރެއަށް ވަނުމަށްފަހު ރިމީޝާ އަށް ނުބަލަން ހުރެފައި ވެސް އައްޔަދަށް ރިމީޝާ އަށް ބަލާލެވުނު ވަގުތަކީ އަނެއްކާ ވެސް އޭނާގެ ހިތުގައި ރިއްސާލި ވަގުތު ކޮޅެކެވެ. އެއްވެސް މީހަކަށް ނުފެންނާނޭހެން ރިމީޝާ ޝިނާނަށް ފްލައިން ކިސް އެއް ދިން ވަގުތު އެތަން ފެނުނީ އައްޔަދަށެވެ. ބަދަލުގައި ޝިނާން އެއްލޯ މަރާލި ތަން ވެސް އައްޔަދަށް ފެނުނެވެ. ނަމަވެސް އޭނާ ކުރިއަށް ޖެހިލާ ރިމީޝާ އަށް ކުރިމަތިލީ ހިތް މަތީގައި ގާ ގަނޑެއް ބާއްވައިގެން ހުރެއެވެ.

“ކޮންގްރެޓްސް ރިމީ!! ބޭބީ ވަރަށް ލޯބި” ރިމީޝާ އުނގު ތެރޭގައި އޮތް ކުޑަ ދަރިފުޅު ކޮލުގައި އިނގިލިން މަޑުމަޑުން ކޮށްޓާލަމުން އައްޔަދު ބުނެލިއެވެ. އެވަގުތު ރިމީޝާ ޝުކުރުއަދާ ކުރަމުން އައްޔަދަށް ބަލާލިއެވެ. އެވަގުތު ކޮޅުގައި ވެސް ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. އައްޔަދެކޭ އެއްގޮތަށް ރުފޭލް ވެސް ރިމީޝާ އަށް މަރުހަބާ ކިޔެވެ. ޝިނާން ރިމީޝާގެ ކައިރިން ގޮސް އެނދުގައި އިށީނުމާއެކު ރިމީޝާ ޝިނާނަށް ބަލާލިއެވެ. ޝިނާން ރިމީޝާގެ ނިތަށް ބޮސްދިން މަންޒަރުން އައްޔަދަށް ޖެހުނީ އަނެއް ފަރާތަށް އެނބުރޭށެވެ.

“އަޔާ އަހަރެމެން ހިނގާ މިތަނުން ދަމާ… ލަވްބާރޑްސް އަށް އެކަނި ވަގުތު ކޮޅެއްދީ” ރުފޭލް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އައްޔަދު ވެސް ހީލަމުން ފަހުން ކޮފީ އަކުން ބައްދަލު ކުރާނެ ކަމަށް ބުނެ އެތަނުން ނިކުތެވެ.  ކުރިން ނިކުތް ރުފޭލް ފޯނެއްގައި ހުރެ މާކުރިން ދާން ފެށުމުން އައްޔަދު އަޅާނުލާ އޭނާގެ ފަހަތުން މަޑުމަޑުން ނިކުތެވެ. އެވަގުތު ޖެހިގެން ހުރި ކޮޓަރިން ނިކުތް ހިމަތޮޅި އަންހެންކުއްޖާ އާއި އައްޔަދު މުޑި އެރިއެވެ. ނުވިސްނާ ތިބުމުގެ ސަބަބުން ދެމީހުން އެއްކޮށް ދެފަރާތަށް ވެއްޓުނެވެ.

“ވަޓް ދަ…..” އައި ރުޅިއެއްގެ ސަބަބުން އައްޔަދަށް ދުލުން ބޭރުކޮށްލަން އުޅުނު ބަސް ބޭރުކުރެވޭ ގޮތް ނުވީ އޭނާ އަށް އެ ކުއްޖާގެ މޫނަށް ބަލާލެވުމުންނެވެ. ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ ބޮޑު ދެލޮލުން އައްޔަދަށް ބަލަން އިން ގޮތް މައުސޫމް ކަމުން އައްޔަދުގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އައްޔަދު އެންމެ އަޅައިގަތީ ރިމީޝާގެ މޫނާއި އެ ކުއްޖާގެ މޫނު އެއްވެސް ތަފާތެއް ނެތުމުންނެވެ. އެ ހިކި ކަމާއި ހެދުން އެޅުމުގެ އެއްގޮތް ކަމާއި ހީލި ގޮތެވެ. ލޮލާއި ނޭފަތެވެ. އައްޔަދަށް ސިފަވެގެން ދިޔައީ ރިމީޝާ އެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އެހެންވެގެންނެވެ. ހަމައެކަނި ރިމީޝާގެ ނޫ ކުލައިގެ ކަޅިއެއް ނެތްކަމެވެ.

“ސޮރީ ބޭބީ… އޫޕްސް…. ގަސްދުގައެއްނޫން…” ތެދުވެލާ ކުޑަކޮށް ފޫކޮޅާއި ދިމާލުން ފޮހެލަމުން އައްޔަދު ބުނެލިއެވެ. އެ ކުއްޖާ އަދިވެސް އިނީ އިންތަނުގައި އައްޔަދުގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭރު އެ ކުއްޖާގެ ތުންފަތް މަތީގައި ވެސް ވަނީ ހިނިތުންވުމެކެވެ.

“އަވަހަށް ތެދުވޭ… މީހުން ބަލާނެ” އެ ކުއްޖާއަށް އަތް ދިއްކޮށްލަމުން އައްޔަދު ބުނެލިއެވެ. އައްޔަދުގެ އަތް ތެރެއަށް އެކުއްޖާގެ އަތްތިލަ ލައްވާލުމާއެކު ދެމީހުންނަށް އެއްކޮށް އަތްތިލަ އަށް ބަލާލެވުނެވެ.

“އިޓްސް އޯކޭ…. ޑރ.އައްޔަދު ދޯ….” އަތުން ދޫކޮށްނުލާ ހުރެ އަންހެންކުއްޖާ ބުނެލިއެވެ.

“ސްޓްރޭންޖް… އަހަރެންނަށް އަދި ތިކުއްޖާ މިފެނުނީ ފުރަތަމަ ފަހަރަށް. ކިހިނެއް ނަން އެނގުނީ……” ހީލަމުން އަތުން ދޫކޮށްނުލާ ހުރެ އައްޔަދު ބުނެލިއެވެ.

“އަމް……… ވެއިޓް……. މީ ކުޑަކުޑަ ތަނެއް. މީހެއްގެ ނަން ހޯދުމަކީ އުނދަގު ކަމެއް ނޫން…. ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއް…. އެއީ އެއްނު ދޭނެ ޖަވާބަކީ…” މިފަހަރު ވެސް ވާހަކަދެއްކީ އައްޔަދެވެ. އަންހެންކުއްޖާ ދޭނެ ޖަވާބު ވެސް އައްޔަދު ދިނީއެވެ. އަންހެންކުއްޖާ ބޯޖަހާލުމާއެކު ދެމީހުންނަށް އެކީގައި ހެވުނެވެ.

“އަދި ނަން ވެސް ނުބުނެވޭ ދޯ….. ރިމީ…. މަރިޔަމް ރިމީ އިމާދު…. ހާފް ސްޕެއިން……” ހީލާފައި އަންހެންކުއްޖާ ބުނެލިއެވެ. އައްޔަދު ހީކުރީ މީހަކު އޭނާ އާއި ވިހަގަދަ ސަމާސާއެއް ކުރަނީ ކަމަށެވެ. ހޭލާ ހުއްޓާ ފެންނަ ހުވަފެނެއްބާއޭ ވެސް ހިތަށް އެރިއެވެ. ދެފަހަރަކު މޫނު ދެފަރާތަށް ތަޅުވާވެސް ލިއެވެ.

“އާރ ޔޫ އޯކޭ…” އައްޔަދަށް ވީ ގޮތް ފެނި ރިމީ އަހާލިއެވެ.

“އާނ… ދެންމެ ތިބުނީ އަސްލު ނަންތަ….ރި… ރިމީ” އައްޔަދު އިތުރަށް ޔަގީން ކުރަން ލަސްލަހުން އަހާލިއެވެ.

“ހޫމް… ރިމީ…. ރިމީ އިމާދު…” ރިމީ ބުނެލިއެވެ.

“މާޝﷲ… ކުއްޖާގެ އިތުރުން ނަން ވެސް އެހާ ރީތި. ފުރިހަމަ…..” އައްޔަދު ބުނެލިއެވެ.

“ފަހުން ބައްދަލުވާނެ ދޯ… މީ އަހަރެންގެ ކާރޑް…. ގުޅާލާނެ ކަމަށް ހީކުރަން. މީގެ ފަހުން މީ އެކުވެރިއެއް ކަމަށް ދެކުނިއްޔާ ވަރަަަަަަށް އުފާވާނެ” އައްޔަދު ރިމީގެ އަތަށް ނަމާއި ނަންބަރ އަދި އެހެނިހެން މައުލޫމާތު އެނގޭނެހެން ލިޔެފައިވާ ކާރޑެއް ދިއްކޮށްލިއެވެ. ރިމީ ހީލަމުން ޝުކުރުއަދާކުރިއެވެ.

“ދެން ދަނީ….” ރިމީ ބުނެލިއެވެ.

“އޯކޭ… ދޭ…. އެކަމު ގުޅައްޗެ. ވާނެއްނު އަދި ބައްދަލުކޮށްލަން…” އައްޔަދު ބުނެލިއެވެ. އަދިވެސް އަންހެންކުއްޖާ ނުގޮސް ހުރުމުން އައްޔަދު ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާލާ ކަހަލަ ގޮތަކަށެވެ.

“އަ….އަތް….އަތުން ދޫކޮށްލީމަ ދޯ ދެވޭނީ…..” ރިމީ ކުޑަކޮށް ރަކިވެފައި ބުނެލިއެވެ. އައްޔަދު ހިވީ އަތަށް ކައްޓެއް ޖެހިހެންނެވެ. ރިމީގެ އަތުން ދޫކޮށްލަމުން ދެއަތުން ކަނދުރާގައި އަޅުވާލީ ވެސް ހުނުން ކޮންޓްރޯލް ކުރަމުންނެވެ. ރިމީ މަޑުމަޑުން ހިނގާފައި ކުރިން ނިކުތް ކޮޓަރިއަށް ވަންނަންދެން އައްޔަދު ބަލަހައްޓައިގެން ހުއްޓެވެ.

“ކިހާ ބޮޑު އިއްތިފާގެއް….. ޔެސް… އަހަރެންނަށް ރިމީ ލިބިއްޖެ…. އައި.ލަވް.ޔޫ ރިމީ….” އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަދައްކަމުން އައްޔަދު އަނެއް ފަރާތަށް އެނބުރުނުއިރު ރުފޭލް ފެންނަން ވެސް ނެތެވެ. ކުރިއަށް އޭނާ ހިނގައިގަތެވެ.

“ރިމީ!!! ލޯބި ނުވިޔަސް ފިރުމާލަދީ!!!…… ހެހެހެ……” މޮޔައެއްހެން ހެމުން އައްޔަދު ކިޔަމުން ކުރިއަށް ދިޔައެވެ.

އެ ދެމީހުން ނިކުތުމާއެކު ޝިނާން ރިމީޝާގެ އުނގުގައި އޮތް ކުޑަ ދަރިފުޅު ނިދިފައި އޮތުމުން އެނދުގެ ތަންކޮޅެއް ދުރުގައި ދެ ބާލީސް ދޭތެރެ ބާއްވާލިއެވެ. އެއަށްފަހު ރިމީޝާ އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ ރިމީޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. މޫނުގައި ބޮސްދޭން ފެށިއެވެ.

“ވަރަށް ތަދުވިތަ ބޭބް…” ރިމީޝާ ލައިގެން ހުރި ހެދުމުގެ އެތެރެއިން ބަނޑުގައި އަތް އުގުޅާލަމުން ޝިނާން އަހާލިއެވެ. ރިމީޝާ ބޯޖަހާލިއެވެ. ޝިނާން ރިމީޝާގެ ބަނޑުގައި ބޮސްދިނެވެ. “ވަރަށް ވަރަށް ލޯބިވޭ ރިމީ ދެކެ. އަވަހަށް ރަނގަޅުވޭ…. އޭރުން އަނެއް ބޭބީ ރެޑީ ކުރެވޭނީ” ޝިނާން ބުނެލިއެވެ. ވަށްކަޅިން ރިމީޝާގެ މޫނަށް ބަލާލީ އެރި ކުލަވަރު ބަލާލުމަށެވެ. ރިމީޝާ މޫނު ހަދާލަމުން ޝިނާންގެ މޭގައި ބޮނޑިވެލިއެވެ.

“އަނދިރި ރޭރޭ ، ވިދާ ތަރިތައް

ފެނުނީމާ ރިމީ ސިފަވޭ…..

އުފާވެރިކަން ފެތުރިފައިވާ ، މަގޭ މިހަޔާތް

ބަދަލުވެއްޖޭ…..

ލޯބިވާތީ ފިރުމާނަމޭ………ހެހެހެ…. ދެން ނުބުނާނަން ލޯބިނުވިޔަސް ފިރުމާދޭށޭ…..” ރިމީޝާގެ އަތްތިލަ އަށް ބޮސްދެމުން ޝިނާން ކިޔަމުން ދިޔައެވެ. ރިމީޝާ ހެމުން ދިޔައެވެ.

“އައި ލަވް ޔޫ ހަޒްބެންޑް…” ޝިނާންގެ ހަށިގަނޑުގައި ބައްދާލަމުން ރިމީޝާ ބުނެލިއެވެ…..

“ލަވް ޔޫ މޯރ އެންޑް މޯރ…. ވައިފީ……” ބަދަލުގައި ޝިނާން ވެސް ލޯތްބާއެކު ބުނެލިއެވެ.

“މަންމީ! ބައްޕީ! މިޝްކޮ ނުދާނަން ގެއަކަށް. މިޝްކޮ ގެއިން އައީ މާމަ ދިން ޕެކެޓް ބޮއެލައިގެން” ދެމީހުން ލޯބީގެ ދުނިޔެއަކަށް އެކީ ގެއްލިފައި ތިއްބާ ކުއްލިއަކަށް އިވުނީ މިޝްކުގެ އަޑެވެ. އޭރު ދެ އުކުޅުގައި އަތް ވިދެލައިގެން މިޝްކު ހުއްޓެވެ. ދޮރު ހުޅުވުނު އަޑު ވެސް އެ ދެމީހުންނަށް ނީވުނީއެވެ.

“ދަރިފުޅު މާމަމެންނާއި އެއްކޮށް ގެއަށް ދިޔަނަމައެއްނު” ޝިނާން ލޯތްބާއެކު ބުނެލިއެވެ.

“މިޝްކު ބޭނުމީ ކޮއްކި ކައިރީގައި ހުންނަން. ކާފަ ބުނި މިޝްކޮ ބަލައި އަންނާނަމޭ. މިޝްކޮ މިތަނަށް ލާފައިވެސް ކާފައޭ އެދިޔައީ” މިޝްކު އައިސް އެރީ އެނދުގައި ރިމީޝާ އާއި ޖެހިގެން އިން ޝިނާންގެ އުނގަށެވެ. ރިމީޝާ ލޯބިން މިޝްކުގެ ކޮލުގައި ބޮސްދިނެވެ. އަދި ނިދިފައި އޮތް ކުޑަ ދަރިފުޅު ނަގާ މިޝްކުގެ އުނގުގައި ބޭއްވިއެވެ. މިޝްކުގެ އަތުގައި އޮތް ޓެބްލެޓުން ޓެލރޓަބީސް ކާރޓޫން އަޅުވާފައި ހުރިއިރު އޭގައި އުޅޭ ހަތަރު ކެރެކްޓަރސް އެކީގައި ބައްދައިލައިގެން ތިބި މަންޒަރެއް ފެންނަމުން ދިޔައެވެ. މިޝްކު ހީލި އަޑު އިވުނެވެ.

“މިޝްކު މެންގޮތަށް މިތިބީ” އެވަގުތު ޝިނާނާއި ރިމީޝާ އެކީގައި ބަލާލިއެވެ. ދެމީހުންނަށްް އެއްފަހަރާ ހީލިއެވެ. މިޝްކު ކުޑަ ބޭބީގެ ނިތުގައި ބޮސްދިނެވެ. އެވަގުތު އެއީ ޝިނާން ރިމީޝާގެ ނިތުގައި ބޮސްދިން ވަގުތެވެ. އެވަގުތު ކެމެރާއެއްގެ ފްލޭޝް އަލި އެޅިގެންދިޔައެވެ. އަޑު އައި ދިމާލަށް ރިމީޝާ އާއި ޝިނާނަށް ބަލާލެވުނީ އެކީގައެވެ. ޓެބްލެޓުން މިޝްކު ނަގާލި ސެލްފީ އަބަދަށްޓަކައި ޝިނާނާއި ރިމީޝާގެ ހަނދާނުގެ ޑައިރީގައި ރައްކާކުރެވިިގެން ދިޔައީއެވެ. ހަމަ އެފަދައިން މިޝްކުގެ ޅަ ހިތުގައި ވެސް މެއެވެ. އެވަގުތު އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ނިދީގެ ތެރޭގައި އޮތް ކުޑަކުޑަ ބޭބީ ގެ ކުޑަކުޑަ ތުންފަތަށް ވެރިވި ލުއިލުއި ހިނިތުންވުމެވެ. މަންމަ އާއި ބައްޕަގެ އިތުރުން ލޯބިވާ ކުޑަ ދޮންތަގެ އުފަލުގައި ބައިވެރިވި ކަހަލައެވެ.

  • – ނިމުނީ –

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ނުދާނޭ ތިހަނދާން ފިލާ 3

Next

“ސީކްރެޓް ޕްރިންސެސް”

Next
May 13, 2018

“ސީކްރެޓް ޕްރިންސެސް”

Previews
May 13, 2018

ނުދާނޭ ތިހަނދާން ފިލާ 3

99 Comments!

  1. Aishaa says:
    May 13, 2018 at 8:26 pm

    Wow story update..

    1. Ushaali says:
      May 13, 2018 at 9:24 pm

      Yes… Avahah kiyaala ❤

  2. ❤ says:
    May 13, 2018 at 8:36 pm

    Maasha allah..????????❤

    1. Ushaali says:
      May 13, 2018 at 9:32 pm

      Thanks ❤???????

  3. Shiman says:
    May 13, 2018 at 8:38 pm

    Masha Allah vvv reethi story❤???❤❤❤❤??❤❤❤

    1. Ushaali says:
      May 13, 2018 at 9:33 pm

      Thankyou shiman ❤❤❤

  4. Xxxx says:
    May 13, 2018 at 8:38 pm

    V. Reethi story eh..
    ❤️??❤️❤️??keep it up dear

    1. Ushaali says:
      May 13, 2018 at 9:34 pm

      Thankyou Xxxx ❤❤❤

  5. Shaa says:
    May 13, 2018 at 8:43 pm

    Mee 1st hehe dhw adhi nuves kiyan

    1. Ushaali says:
      May 14, 2018 at 5:29 pm

      Thankyou shaa❤❤

  6. Shaa says:
    May 13, 2018 at 8:46 pm

    Mee 1st dhw adhi nuves kiyan

    1. Ushaali says:
      May 14, 2018 at 5:30 pm

      ❤

  7. Icy says:
    May 13, 2018 at 8:48 pm

    wow
    nice story

    1. Ushaali says:
      May 13, 2018 at 9:34 pm

      Thankyou Icy ❤❤❤

  8. Shaa says:
    May 13, 2018 at 8:51 pm

    Adhi nukiyan kiyaafa comenteh dheynan

    1. Ushaali says:
      May 14, 2018 at 5:31 pm

      Yes waiting ❤

  9. inan says:
    May 13, 2018 at 8:53 pm

    nimun not as expected i was expecting ayadh ah vess happy life eh libi marry kuraane kamah
    heevi ava aruvaalaafa nihmaalan ulhunu hen but overall splendid sory if only the ending was a little bit improved

    1. Ushaali says:
      May 13, 2018 at 9:37 pm

      Thankyou inan ❤❤❤ ushaly ah hiyeh nuvey avas aruvaalevunuhen. Ekamu ves inan ah egothah heevyma sorry dear ❤❤❤

  10. Araash says:
    May 13, 2018 at 9:00 pm

    V v v salhi…

    1. Ushaali says:
      May 13, 2018 at 9:38 pm

      Thankyou Araash ❤❤❤

  11. Hshaa says:
    May 13, 2018 at 9:03 pm

    Achi vvvv foohi I hate shinan n rimishaa l love ayyadhu v fake mi vahakah kiyun moya

    1. Ushaali says:
      May 13, 2018 at 9:40 pm

      Thankyou Husha. 🙂
      Sorry Husha beynunvi gothah nimun naeema…. 🙂 🙂

  12. Shafaq says:
    May 13, 2018 at 9:03 pm

    Miyoh loabi story nimuneema haadha sad ey.. vv reethi mi story… Ushaali you are the best writer ever.. wish u all the best… V avahah mifadha ehen story eh kiyan libeyne kamah ummeedhu kuran?????????☺?

    1. Ushaali says:
      May 13, 2018 at 9:41 pm

      Thankyou so much shafaq ❤❤❤ insha allah new story eh fashaanan ❤❤❤

  13. aisha says:
    May 13, 2018 at 9:05 pm

    wow.vvv reethi.sooo touching ??❤????????

    1. Ushaali says:
      May 13, 2018 at 9:42 pm

      Thankyou so much aisha ❤❤❤

  14. nonni says:
    May 13, 2018 at 9:08 pm

    varah reethi
    adhi ehen vaahaka eh up kuraathi
    enimunii dho mi vaahaka
    finally
    I am very happy

    1. Ushaali says:
      May 13, 2018 at 9:43 pm

      Thankyou so much nonni❤❤❤❤

  15. Riyaa says:
    May 13, 2018 at 9:08 pm

    V reethi ninmaali goeh.. keep it up dear…. waiting 4 tha nxt story…. ??❤❤

    1. Ushaali says:
      May 13, 2018 at 9:44 pm

      Thankyou Riyaa ❤❤ keep waiting ❤❤❤

  16. mishy says:
    May 13, 2018 at 9:12 pm

    Woww… vrh vrh reethi… finally rimee nd shin a lovely life… rimeesha nd shinan, janaan nd arash, rimee nd ayyadh, shanum nd rufeyl Kaashif….. nice cpls… vrh vrh reethi… amazingg…. mishybeynun vi goiyy e v mi stry ga…. vrh vrh reethi…fuhi kmh nethi hurihaa prt eh s kiyrlevunu… hrdha reehchey… nd daily kh huttr nulr stry up khliim vrh reethi… ur lovely rpl to ur cmnts r also wndrfl… hrdha hrdha reehchey… abadhu s waitt kurevey stry eh mee….ekm vrh dhera vejje ushaa dhrthii… plx plx cm bck sun..dhn ushaage new stry eh libeynii kn irkn… curiouslii waitin for ur nw stry…ly…♥♥♥♥♥♥♥♥♥♥♥♥

    1. Ushaali says:
      May 14, 2018 at 5:28 pm

      Awwwwwww❤❤❤❤❤ vr vr happy alhe….. Thankyou so much mishy❤❤❤?????????
      Insha allah barah avahah ushali enburi annaanan ❤❤❤❤ inthizaaru kurhcheh❤❤ hama mikala vr loabi vahaka eh gennaanan. Insha allah ??????❤??❤

  17. Navii says:
    May 13, 2018 at 9:15 pm

    Maasha Allah.. What a fantastic story????.. I just luv this part and this whole story too.. ????Waiting for your next story..????

    1. Ushaali says:
      May 13, 2018 at 9:46 pm

      Awwwwww thankyou so much navii❤❤❤vr happi vehjje ehaa loabi commen eh kollyma adhi ehaa bodah kamudhiyaima❤❤❤

  18. lotus says:
    May 13, 2018 at 9:18 pm

    Story kithammehaa vx reethi aslu.. dhera v lotus beynun v gotha story nimun iru rimee n aya nugulhuneema but thats ok.. hurihaa kudhin beynun v gothaka nuvaane dhw.. ummeedhu kuran v avaha ehen story eh kiyaalan libeyne kama.. v salaam???

    1. Ushaali says:
      May 13, 2018 at 9:48 pm

      Thankyou lotus 🙂
      Sorry dear 🙁 mee emme furathama ves ushaali visni goi. Ekamu ves happi vehjje kiyaalyma ❤❤❤

    2. Hshaa says:
      May 13, 2018 at 11:03 pm

      Maves u aku lotus keep it up ushaill:)

  19. Ushaali says:
    May 13, 2018 at 9:23 pm

    Salaam all
    Ingey baeh kudhin maa hiyhama jehey gothah noon kan story mi nimuny. Sorry for that? kurin ves buni hen mee mi story hama plan kuri goi.
    Ummydhu kuranvushaaly ge mi story comment nukoh kiyaali huriha faraai thakaai adhi support dhin huriha faraai thakah kamudhaane kamah… Insha allah. Vr avahah new story eh update kuran fashaanan. Ushaali ummydhu kuran new story akah inthizaaru kuraane kamah. ?❤❤❤??????? thankyou so much and i lurv all alot… Ushaly ge hurihaa supporters ves vr miss vane?????❤?❤????????????

  20. Ane says:
    May 13, 2018 at 9:34 pm

    Story v reethi n always love ur stories. Best writer.. Waiting for new st

    1. Ushaali says:
      May 14, 2018 at 5:31 pm

      Thankyou so much Ane ❤❤❤

  21. Ainthu says:
    May 13, 2018 at 9:35 pm

    Maasha allah v v reethi story

    1. Ushaali says:
      May 13, 2018 at 9:49 pm

      Thankyou so much Ainthu ❤❤❤

  22. Anu says:
    May 13, 2018 at 9:54 pm

    Yeyyyy… Last episode ? I love this story hama feshuneehsureh ❤️❤️❤️ Anu ah vrh reethi hama nimmaalaafa in goiy.. But yes ayyadh n rimee happy life eh ulhey bai genesdhin nama maa furihama vees ☺️ Anu vrh fahakun ushaali he hurihaa stories eh kiyaalee… Vrh reethi ???? Vrh dhera vx vehjje story nimunyma ? ushaali thi buny dho avahah new story eh upload kuraanamey… EAGERLY WAITING ? n good luck ??? thank you so much mihaa reethi stories genes dheythee ❤️?❤️?

    1. Ushaali says:
      May 13, 2018 at 11:20 pm

      Awwwe❤❤❤ so sweet??? thankyou so much dear ❤❤❤?????? ayyadh and rimee ge bai ithurah liyan ulhunu nama vr beykaaru bai ginavees…??????
      Insha allah vr avahah fashaanan new story eh ???

  23. Maya says:
    May 13, 2018 at 9:54 pm

    Wow. Alheyy mioh reethii story nimuny dhw..???????? Vvvv reethii??????????????. hama just like mi story kahala story eh kiyaalan libeyne kamah unmeedhukuran??.. U really cute ushaali. Vv loves ???????

    1. Ushaali says:
      May 13, 2018 at 11:22 pm

      Awww❤❤❤ thakyou so much Maya ?❤❤❤
      Insha allah vr avahah new story eh genesdheynan ❤❤❤? luv u ❤❤❤

  24. Juvey says:
    May 13, 2018 at 9:57 pm

    V v reethi story nimun goiyy. .ushaali ge new story ah mihaarun feshign waiting. ???❤❤??will miss you so much ?

    1. Ushaali says:
      May 13, 2018 at 11:27 pm

      Thankyou so much Juvey ❤❤
      Ushaali ves vr miss vaane ?? and keep waiting ??

  25. Aishu says:
    May 13, 2018 at 10:19 pm

    Heeves vi ey nimey thanun ayyadh ah rimee kiya ehen kujjeh lobeyne ey pic ga egothah ineema. Rimeesha ge dad ah ves koyanee imadh tha anekka me rimee dad spain meehakah libun dhari eh tha?

    1. Ushaali says:
      May 14, 2018 at 6:01 pm

      Nooney…. Ayyadh ah ves libuny rimee kiyaa kuhjjeh. Aslu rimeesha r gulhumeh oi kuhjjeh noon rimee akee. And rimeesha bappa ah kiyany nazeem…. ??

  26. suty says:
    May 13, 2018 at 10:22 pm

    varah reethi story nimmaali goiy..hiy hama jehey gothah meenee hama..waau hama amazing…vara vraah reethi mi vaahaka..dhera.ves vey vaahaka nimuneema..but new vhk akah hama inthuxaaru kuraanan..story us just mind blowing fantastic…varah kiyaahithun kiyunu vaahaka eh mee..saabahey ushaali thi gothuga kuriyah dhey…ummeedhu kuran thafaathu vaahaka eh kiyaalan libeyne kamah varah avahah

    1. Ushaali says:
      May 14, 2018 at 2:45 pm

      Awwwwww…❤❤❤❤ so sweet???❤???? thankyou so much my dear suty ????? vr ufaa vehjje mi comment kiyaalaafa.. Insha allah vr avahah next story start kuraanan?????❤❤ keep waiting dear….❤❤❤

  27. Shaee says:
    May 13, 2018 at 10:39 pm

    Masha Allah?????????????vvvvvvvvvvvv reeeeethi mi story???❤❤❤❤❤❤❤❤??

    1. Ushaali says:
      May 14, 2018 at 2:46 pm

      Awwww ❤❤❤❤ thankyou so much shahee ????????????????????

  28. Saaa says:
    May 13, 2018 at 10:44 pm

    Selfie nagaairu flash veytha..btw story nice 🙂

    1. Ushaali says:
      May 13, 2018 at 11:17 pm

      Sorry saaaa ?
      E scene eynee liyan ulhunu gothah noon liyevifa. Liyan ulhuny kuda baby ge photo akee eku rimeesha and shinan ge photo eh misku negi vahaka. Ekamu ehennoon dhw mi liyevuny. Ekamu ethankolhu faahaga koh dhinythee vr bodah thanx ❤❤

  29. ss says:
    May 13, 2018 at 10:47 pm

    story v reethi. nimmaaleeves thi ehaa reethikoh .thanks. thee hama best. new storyge inthizaargaa.

    1. Ushaali says:
      May 14, 2018 at 2:49 pm

      Thankyou so much ss ❤❤❤❤??? keep waiting ????

  30. Enaax says:
    May 13, 2018 at 11:01 pm

    Hadi eh nun bt rimeesha and ayyadh nama maa reethivis. Ayyadh ah partner eh nulibenis nimuneema kada

    1. Ushaali says:
      May 13, 2018 at 11:25 pm

      Thankyou Enaax. Sorry ?kurin ves plan kuri gothah story mi ninmaalevuny ❤

  31. Inoo says:
    May 13, 2018 at 11:02 pm

    Wow..varah reethi mi stry vx waiting for your new strys

    1. Ushaali says:
      May 14, 2018 at 5:32 pm

      Thankyou so much inoo.❤ keep waiting dear ❤❤❤

  32. Naanu says:
    May 13, 2018 at 11:36 pm

    Mivaahakaige massala akee vahakaige medhuthereinn meega dhenn vaanee kihinei kann engijje…. Ehen v ma eha intrest eh noon… Ekam vaahaka huthureh noon… Sifakurunthah vess reethi hama
    Kiyaa meehunge shauguverikann enme fahuvaguthai hamayah vess hifehehteynee nimeyne goii kurinn baiga neyguneema….
    Rimeesha varah foohi charactr eh…

    1. Ushaali says:
      May 14, 2018 at 2:54 pm

      Rimeesha ge bai foohi vedhaane genesdherfa in gothun. I agree… But vahaka medhutherein evves myhakah nengene kuriah vaan huri gotheh. Vahakaiga shauguverikan hifahattan ushali vr masakkai kuran. Fahun vaane goi kuhhjaku guess kuriyas fahun eythi ushaali change kuran. Mi vahaka ninman dhiya iru ves gina kudhin thiber suvaalu ufedhifa dhn vaany kihinehtho hithah araafa. Maybe Naanu ah enguny thoacheh. Ekamu ves vr ufaa vehjje thi comment kiyaalafa 🙂

  33. shaan says:
    May 13, 2018 at 11:40 pm

    nice v v v lobe mievaahaka keep it up love ☺???????????????❤??

    1. Ushaali says:
      May 14, 2018 at 2:56 pm

      Thankyou so much shaan… ❤❤❤????????????

  34. Saa says:
    May 13, 2018 at 11:56 pm

    Ushaali, mee varah varah varah varah reethi story eh. Mi vaahakaige update ah abadhuves inthizaaru kurin. Vaahakaige nimun ves varah furihama. Thank you so much for writing such a beautiful story. You are a really good writer.

    1. Ushaali says:
      May 14, 2018 at 2:57 pm

      Awwww❤❤❤❤ thankyou so much ????

  35. Goma says:
    May 14, 2018 at 12:09 am

    Masha allah liushaa ah hama saabas nooneyvaa molhu vvvv reethi….1vana…

    1. Ushaali says:
      May 14, 2018 at 2:59 pm

      Thankyou so much Goma ❤❤❤❤

  36. Loo says:
    May 14, 2018 at 3:12 am

    Boring

    1. Ushaali says:
      May 14, 2018 at 3:01 pm

      Its ok dear loo 🙂 thankyou so much

  37. Kamana says:
    May 14, 2018 at 3:57 am

    Vaahakaage kury kolhu v rythi.. medhaa hisaabahves reethi vamun aee.. v vai nimun…

    1. Ushaali says:
      May 14, 2018 at 3:02 pm

      Nimun v vai kan engi hure kiyaalyma vr ufaavehjje. Thanks 🙂

  38. shasha says:
    May 14, 2018 at 6:49 am

    Story feshunves nimun ves mulhi storyves vvvvv reethi hurihaa part akah comment nukurias baraabarah kiyan.. Ushaaleege new story akah inthizaaru kuran.. U’r a good ✏writer ????

    1. Ushaali says:
      May 14, 2018 at 5:25 pm

      Thankyou so much shasha ❤❤❤
      Keep waiting ❤❤??❤?

  39. Ary says:
    May 14, 2018 at 7:40 am

    Maasha Allah… Vaahaka varah furihama… Story liyumuge talent ebahuri ushaal he…keep it up dear…♥♥..mi story hyvaany kurimathin fenamun dhaa thanehen….hama lolah fennahen ehaavs sifakurun molhu… Sifakohdhyfa hunna lel reethi kamun hama sad thanthan ays roveny…. Neih hama bunaane ehchevs… Vaahaka liyumun ushaali ah ran thahteh libun hahgu… Good job..

    1. Ushaali says:
      May 14, 2018 at 6:04 pm

      Awwwwwww…vr sweet comment eh❤❤❤?????? thankyou so much Ary❤❤vr vr haapy vehjje thihaa loabi commenteh dhineema❤❤❤❤

  40. mishy says:
    May 14, 2018 at 11:21 am

    Alheyy… vrh vrh reethi… mishy ham beynun vi goiyyhh e v…. rimee nd shin… rimeesha nd shinaan, ayyadh nd rimee, janan nd arash, shanum nd rufeyl, xohal nd kaashif… nice cpls…. vrh vrh reethi…. curiouslii waitinn 4 ur new stry… ly… ♥♥♥♥♥♥♥♥♥

    1. Ushaali says:
      May 14, 2018 at 6:06 pm

      Thankyou so much mishy❤❤❤❤ insha allah. Vr avahah grnesdheynan new story eh. Insha allah???

  41. Liusha says:
    May 14, 2018 at 12:53 pm

    Waiting for a new story liusha..

    1. Ushaali says:
      May 14, 2018 at 6:07 pm

      Thankyou so much liusha ❤❤ keep waiting ???

  42. Guy says:
    May 14, 2018 at 3:20 pm

    Wowwww sorry varah reethi….ekamu ves ayyadh aagen kuriahdhiyanama….half Spanish kujjaa aa

  43. Ejnehrhe says:
    May 14, 2018 at 3:59 pm

    Hey .. I have a question. , what is shinaans age ??? Ehen mi ehiii thankolheh kurii bayaku in shinaange rujehifa in skin eyyy something like that. Eyge fahun varan hithah araaaa suvaaleh eiiiii. ..

    1. Ushaali says:
      May 14, 2018 at 6:10 pm

      ? nooney shinan moonuga gina dhuvas v ma roojehifa in kamah neennaane. Story ga bunefa in gothun viyya shinan ge age akee 29. Rimeesha and ayyadh ah vure shinan boduvaane?

  44. psenhi says:
    May 14, 2018 at 6:23 pm

    Masha Allah. Mee hama story liyan dhaskiraa kudhinnah good example eh kamah believe kureveny. Ekkoh story feshigen kiyaalymi. Hama nunehe ehves thankolheh nufenun except thinfah varin varivi hisaabuga lil bit olhun gandakah dhaan ulhunhen hyvi bt at the end it was clear. Kyp up the good work Ushaali. Bst of luck n hope to c more stories from u

  45. Stry kiyaa man says:
    May 14, 2018 at 8:17 pm

    Masha allah stry v salhi .
    Ekam ninmaalamun ayyadh men vex kaiveni kohfa end genai nama dear.vvv feney mi stry ge S 2 gennan.ummeedh kuran v avahah nw stry eh genass dheyne kamah like “2:30” kahala.waiting 4 nw stry.hope mi comm jahaa dheyne kamah.
    -salaam-????

  46. luba says:
    May 15, 2018 at 4:27 pm

    varah reethi masha allah .. hama rovihjje

    1. Ary says:
      May 15, 2018 at 10:31 pm

      Vaahakaeh kiyaa gen…dheravegen rovun vaahaka aky…Ary agree with u luba…hama rangalhah. High rohvaalaafi.. Masha Allah v reethi…

  47. Ary says:
    May 15, 2018 at 10:44 pm

    V Masha Allah v reethi

  48. Aesh says:
    May 16, 2018 at 11:45 am

    maa shaa allah… haadha reethi story ekey miee.. adhi alah mi kiyaaly story.. feshi gothah reethikamun dhn nuhurevunu… hama nimmaalaifa huttaaly.. story is fantastic!!!!! hama aslugaves rovunu kee iruga… haadha hayyey reethy.. neiyy bunaane ehcheh ves.. ushaaly, you are an amazing writer! you have proved it! dhn mishko aa new baby dhw… awwwwwwnnn.. haadha cute ey e 2 kudhin… vrh vrh vhr loabi family eh.. ushaaly, aesh ge ebaothey suvaaleh.. dhn ayyadh ah v gotheh neyngunehnu fahun.. new rimy aa ayyadh dhimaa vegn dhiyaee dhw… anyway, this is one of the best stories i’ve read… again, just wow! ummeedhu kuran ushaali ge ithuru vaahaka eh avas musthaqbalegga kiyaalan libeyne kamah… i looovvee this story…. 🙂

  49. Ifu❤ says:
    May 17, 2018 at 3:47 pm

    V reethi mi storyyy ??????

  50. xeybooo says:
    May 22, 2018 at 11:49 am

    salhi concept ekm express kuran eha eh noon…

  51. unique says:
    May 24, 2018 at 9:46 pm

    omg…….. vaahaka nimuny dhw im late dhw exqm dhuvas kolhu vma nuves kiunu mirey hurihaa part eh kiyaafa reply mi kolly its the best i love this a looooot

    1. unique says:
      May 24, 2018 at 9:48 pm

      omg…….. vaahaka nimuny dhw im late dhw exam dhuvas kolhu vma nuves kiunu mirey hurihaa part eh kiyaafa reply mi kolly its the best i love this a looooot

  52. unique says:
    May 24, 2018 at 9:50 pm

    will miss u ushaali

  53. maul says:
    June 28, 2018 at 9:54 pm

    Woooow

  54. NaxoO says:
    September 27, 2018 at 12:10 pm

    Happy to see ur story after longtime….v reethi mi vaahaka ves…shinaan n rimmie v gulhey…heekuran v avahah aa vaahaka ey kiyan libeyne kamah…ushaali , muthaa u too r the best story writers..??✍

  55. Aasha says:
    November 25, 2019 at 2:28 pm

    ???oh my I’m speechless. it’s so beautiful story. keep it up ushy

Comments are closed.


All Right Reserved!