ރޮއެރޮއެ ކަރުނަ ހުސްވެއްޖެއެވެ. އެދެލޮލުން ފައިބާ ކަރުނަތަކުން ކޯތާފަތް ފިހޭހެން ހީވަނީ އެކަރުނަތައް ހޫނު ކަމުންނެވެ. މީ އަލްމާޝް އަމިއްލައަށް ހޯދައިގަތްކަމެކެވެ. އެންމެ ތުއްތުއިރުގައި އިނގިލީކުރީގައި ހިފައިގެން ހިނގަން ދަސްކޮށްދިން މައިންބަފައިންނަށް ސިއްރުން ކަންތައް ކުރިމަވާނީ މިހެންނެވެ. މިއަދު މިދުނިޔެވެސް ލައުނަތްދޭ ކަހަލައެވެ. އުއްމީދަކީ ފަހުނޭވައަށް ދަންދެންވެސް ކުރެވޭނެ އެއްޗެކެވެ. އުމުރުގައި ބާކީ މިއޮތް ދުވަސްތަކުގައި ދޫކޮށްދިޔަ މައިންބަފައިންނަށް އަމިއްލަ އަތުން ހިދުމަތް ކޮށްދިނުމަށް އަލުން ދެއްވާތޯ އެކަލާނގެއަށް ދުޢާ ކުރުން ނޫން ގޮތެއްނެތެވެ. ދެލޮލުގެ އެތްއަރިމަތިން […]
ކުރިމަތީގައި ހުރި ކޮފީތަށި ހިހޫވެ ފެނަށްވެފައި ހުރިއިރު އެއްފަރާތުގައި އިން ޖިނާން އިނީ ނިމާންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެ ބަލަހައްޓައިގެންނެވެ. މާޔޫސްވެ ކަރުއެލުވާލި ނިމާން ސިއްސައިގެންދިޔައީ އަތުތެރޭގައި އޮތް ފޯނުގެ ރިންގްގެ އަަޑަށެވެ. ދެވަނަ ސިކުންތުގައި ފޯނުނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ރޮވިފައިވާ އަޑަކުން ޝޯނާއޭ ބުނެ ގޮނޑިއަށް ވެއްޓިގަތެވެ. “ނިމާން ދަރިފުޅުތަ؟ ހާދަ ހާސްވެފަ… ކޮބާ އެމަންޖެ؟” ސަމަދުގެ އަޑު ޖެހުމުން ނިމާން އިރުކޮޅަކަށް ހުއްޓުންއެރިއެވެ. ބޯގޮވާފަހުރި ވަރުން ފޯނަށް އަރާއިން ނަންވެސް ބަލާނުލެވުނީއެވެ. “ބޮޑުބެތަ… ޝޯނާދޯ… […]
އިޝާނަމާދުކޮށް އަވަދިވެގެން އަލްމާޝް މައްޗަށް ދެއަތް ނަގާ ދުޢާ ކުރިއެވެ.ލިބެން އުޅޭ ދަރިފުޅަށްޓަކައެވެ. ދުނިޔޭގައިވާހާ ލޯތްބެއްދީގެން އެންމެ ކުޑަދުވަހުން ފެށިގެން އެންމެ ލޯތްބެއްވެސް އުނި ނުކޮށް އެތައް ގުރުބާންތަކެއްވި މައިންބަފައިންނާއި ދެތަން ނުކުރަށްވާތޯ ރޮއެފާ ދުޢާ ކުރިއެވެ. ނަމާދު ބުރުގާ ގެންގޮސް ކޮނޑެއްގައި އަޅުވާލިއެވެ. އެއީ އަލްމާޝްގެ އަބަދުގެވެސް އާދައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނީ ބޮޑުވަމުން އަންނަ ބަނޑަށް ބަލާލުމަށެވެ. ބޮޑުވަމުން އަންނަ ބަނޑާ އެއްވަރަށް އަލްމާޝްގެ ދެކޯ ވެސް ފުއްޕާފައި ވާކަން އަލްމާޝް ފާހަގަކުރިއެވެ. އަލަމާރި […]
“ތީ ވަކި… އިކްލީލް ސާރ އާއި އަފޫ އެއްތަން ވީމަ ވާހަކަ ހުސްވޭތަ” އަލްމާޝް ވެސް ދެރަވާކަށް ބޭނުމެއްނޫނެވެ. ކައިރީގައި ހުރި ދިފްރާން ހީލުމުން އަފާފް ދިފްރާންގެ ބަނޑުގައި ވިކައިގަތެވެ. ޕާރޓީ ނިންމާފައި އެންމެން ދާން ފެށުމުން އަލްމާޝް އާއި އަފާފް އެކަނި ފޮޓޯ ނަގަން ބޭނުންވިއެވެ. ނާފް އަތުގައި އޮތް ކެމެރާއިން ފޮޓޯނަގަމުން ދަނިކޮށް އަލްމާޝް ވަރަށް ބާރަށް އޯކަށްދެމިގަތެވެ. ދުރުގައި އިން ފަޒްނާ އަށް ދުވެފައި އާދެވުނީ އަލްމާޝް ހުރި ދިމާލަށެވެ. އަފާފް އާއި […]
“ނޫން މާޝް ދެން ހުއްޓާލާ… ތީ ކުށެއް ނޫން… އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ… ޔަގީން މާޝް ތިކުރި ކަންތަކުން ދައްތަވެސް ބޭބެ ވެސް ރުޅި ނާންނާނެ. އަވަހައް ދައްތައަށް ކިޔާދީ… ބޭބެ މާލޭގަ ހުއްޓަސް ދައްތަ ކިޔާދޭނެއްނު… ދެން ހުއްޓާލާ….” އަލްމާޝް ގެ ބޮލުން ބޮޑު ބުރައެއް ފިލައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނީ އެންމެ ގާތް އެކުވެރިޔާއަށް ހަގީގާތް ކިޔާ ދެވުމުންނެވެ. “މަޑުކޮށްބަލަ މާޝް….ތި ހާލަތު އަހަރެންވެސް ގަބޫލުކުރަން.. އެކަމު ތި ކައިވެނި ކިހނެއް އަހަރެން […]
“ދަރިފުޅާ…. މީ ހާދަ ވަރުގަދަ އުޅާ ގަނޑެއް…. ރަން ދޯ މީ…. ކުރިން ދަރިފުޅު މިކަހަލަ އެެއްޗެހި އަޅަން ދެކޮޅު ހަދާތީ މަންމަ އަޅާނުލަނީ… މިހާރުވެސް މަންމާ އަލަމާރިގައި އޮންނާނެ ދަރިފުޅުގެ ތަނޑިގަނޑު” ފަޒްނާ މިހެން ބުނުމާއެކު އަލްމާޝް ގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވެ ބޮލުގައި ރިއްސަން ވެސް ފެށިއެވެ. މިވަގުތު އަލްމާޝްގެ މޫނައް ބަލާލި ކޮންމެ މީހަކައް ވެސް ކަންތައް ގަނޑެއް އަލްމާޝް ސިއްރު ކުރަމުންދާނެކަން ޔަގީން ވާނެއެވެ. […]
“ފަޒްނާ….. އަދި ވެސް ނުނިމޭތަ؟…. މިހާރު ކިހާއިރެއް މިވީ… ދެން އޮތީ އެންމެ ގަޑީރެއް… އެއްގަޑީރުތެރެ އެހިސާބަށް ދެވޭނެ ކަމެއް ވެސް ނޭނގެ”… މަނިކް އޭނާގެ އަނބިމީހާ އާއި ވާހަކަ ދައްކަމުން އައިސް ބަދިގެއަށް ވަނެވެ. “ނޫނޭ…. މި ނިމުނީ… ހިނގާ ދަމާ….” ކާ އެއްޗެހި ތަކުގެ މަތިޖަހަމުން ފަޒްނާ ވާހަކަ ދެއްކިއެވެ. “ދައްތާ … އަޅުގަނޑު ވެސް ނިމިފަ މިހުރީ…” އެވަގުތު ބަދިގެއަށް ވަދެގެން އައި އަފާފް ފެނުމުން ފަޒްނާ ބޮޑަށް ހިނިތުން ވެލިއެވެ. ” […]
“ދަރިފުޅާ… ބައްޕަ އަބަދުވެސް ބުނަމެއްނު ދުނިޔޭގައި އުޅޭއިރު ކަންތަކާއި ދިމާވާނޭ.. ހިތްވަރާއެކު ކޮންމެ ކަމަކައް ވެސް ކުރިމަތިލާށޭ. ދަރިފުޅު ތިހެން އުޅުނީމަ ކޮއްކޮމެންނައް ވާނީ ކިހިނެއް. މަންމަ އަށް ވާނީ ކިހިނެއް. ބައްޕަ މިހުރި މަގާމައް ދެން އަންނަން ޖެހޭނީ ދަރިފުޅު. ދަރިފުޅުގެ އާއިލާގެ ޒިންމާ ނަގަން ދެން ޖެހޭނީ ދަރިފުޅު. ދަރިފުޅަކީ މިހާރު ހެޔޮ ވިސްނޭ ބޮޑުވެފައިހުރި އަންހެން ކުއްޖެއް. މަންމައާއި ބައްޕަ ދަރިފުޅައް ދިން ތަރުބިއްޔަތުގެ ބޭނުންހެޔޮ ގޮތުގައި ހިފަންވާނެ. ކޮއްކޮމެން ބިކަ ވާން […]
“ދަރިފުޅާ… ކާކު ތިވަރުގެ ހަދިޔާއެއް ދިނީ” މާކުރިންވެސް މި ސުވާލު މަންމަމެންގެ ފަރާތުން އަހަރެންނައް އަންނާނެކަން އެނގެއެވެ. އެއަށް ދޭނެ ޖަވާބެއް ނުވިސްނާހުއްޓާ މި ސުވާލު އަހަރެންނާއި އަމާޒުވުމުން ކިޔާނެ އެއްބަހެއްވެސް އަހަރެންނައް ނޭނގުނެވެ. “އަ..އަ…”.. “އެއީ އަރުޝަދު ގެ ދަރިފުޅު އެ މަންޖެއަށް ދިން އެއްޗެއް” އަހަރެންނައް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަންމަގެ ސުވާލައް ބައްޕަ ޖަވާބުދިނެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އަހަރެން ސިއްސައިގެން ގޮސް ފޯނު ބަލާލިއިރު އޮތީ […]