Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް – 1

Ushaali Level 810 Stories100 Comments100 Stories500 Comments
June 28, 2015 4 Mins Read
19 Comments

“ފަޒްނާ….. އަދި ވެސް ނުނިމޭތަ؟…. މިހާރު ކިހާއިރެއް މިވީ… ދެން އޮތީ އެންމެ ގަޑީރެއް… އެއްގަޑީރުތެރެ އެހިސާބަށް ދެވޭނެ ކަމެއް ވެސް ނޭނގެ”… މަނިކް އޭނާގެ އަނބިމީހާ އާއި ވާހަކަ ދައްކަމުން އައިސް ބަދިގެއަށް ވަނެވެ.

“ނޫނޭ…. މި ނިމުނީ… ހިނގާ ދަމާ….” ކާ އެއްޗެހި ތަކުގެ މަތިޖަހަމުން ފަޒްނާ ވާހަކަ ދެއްކިއެވެ.

“ދައްތާ … އަޅުގަނޑު ވެސް ނިމިފަ މިހުރީ…” އެވަގުތު ބަދިގެއަށް ވަދެގެން އައި އަފާފް ފެނުމުން ފަޒްނާ ބޮޑަށް ހިނިތުން ވެލިއެވެ. ” އަންޖޫ… ވަރަށް އަވަހަށް ދައްތަމެން އަންނާނަން… ކާ މޭޒުމަތު ރެޑީ ކޮށްލަންވާނެ…އަދި ބުނަން އަލްމާޝް ގެ ކޮޓަރި ހުރީ އޭނާ އެންމެ ބޭނުން ގޮތައް ތޯ އަދި އެއްފަހަރު ޗެކް ކޮށްލައްޗެ”…. އެ ތަނަވަސް ބޮޑު ބަދިގޭގައި ހުރި މޭޒެއް ކައިރީގައި ފަތް ތަކެއް ފިލުވަން ހުރި އަންޖޫ ބޯ ޖަހާލިއެވެ.

އަލްމާޝް އަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރަށުން ކިޔެވޭނެ އެންމެ މައްޗަށް ކިޔަވާ ދިނުމައް ފަހު މަތީ ތަޢުލީމް ހާސިލް ކުރުމައްޓަކައި އަލްމާޝް މެލޭޝިއާ އަށް ފޮނުވީ އެ ދެމަފިރިންގެ ހިތް މަތީގައި ހިލަ ގަނޑެއް ބާއްވާފައެވެ. މިއަދަކީ ބަރާބަރު 7 އަހަރު ފަހުން އަލްމާޝް އެނބުރި އޭނާގެ އުފަން މައިންބަފައިން ކައިރިއަށް އަންނަން އޮތް ދުވަހެވެ. އެ ދެމަފިރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އެދަނީ އެ ދަރިފުޅު އެނބުރި އެމީހުންގެ ލޮލައް ފެންނާނެ ވަގުތަކަށެވެ.

މަނިކު އަކީ މިވަގުތު އައްޑޫސިޓީގެ ހިތަދޫގައި އުޅޭ އެންމެ ނަން ހިނގާ ވިޔަފާރިވެރިޔާއޭ ބުންޏަސް ދޮގަކައް ނުވާނެއެވެ. މަނިކު އަކީ ތަނަވަސް ކަން ދެއްވާފައި ވީ ނަމަވެސް އެކަމާ ބޮޑާ ވެގެން އެ ރަށުގައި ފޮނި ބައިސާ ކަނޑަން ދުވާ މީހެއް ނޫނެވެ. މިއަދު އޭނާގެ ހުރިހާ މުދަލަަކީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ އެއްޗެއް ކަމަށް ވަނީ ހަދާފައެވެ. އެދަރިފުޅައްޓަކައި ޖާނާ މާލު ވެސް ގުރުބާން ކުރަން ތައްޔާރައް ތިބި ކަހަލައެވެ.

“ދައްތާ… މާޝް މިހާރު ވަރަށް ތަފާތުވާނެ ދޯ…. އެހާ ދުވަސް ފަހުން ފެންނަ އިރު ކިހިނެއްބާ ހުންނާނީ” ކައިރީގައި ހުރި ފަޒްނާގެ ކޮނޑުގައި އެލި ގަންނަމުން އަފާފް ބުންޏެވެ. ޖަވާބުގައި ފަޒްނާ ވެސް ހީލިއެވެ.

އާނ…. ތިބުނީ ތެދެއް…އަފޫ,  ދައްތައަށް ފޮޓޯ ވެސް ދެއްކީމެއްނު… އޭރުވެސް ކިހާ ޗަބީކޮށް ހުރީ… ދެކޯ ވެސް ފުއްޕާލާފަ” ފަޒްނާ ވެސް އަފާފް އާއި އެއްބައި ވެލުމުގެ ގޮތުން މަނިކުުއަށް ބަލާލާފައި ބުންޏެވެ.

“އެއީ މީގެ ދެ އަހަރު ކުރީގެ ފޮޓޮއެއް.. މިހާރު ކިހާ ދުވަހެއް މިވީ” މަނިކު ވެސް އެއްޗެއް ބުނެލިއެވެ.

“ފަޒްނާ…އަހަރެންގެ ދަރިފުޅު ދެކޭ ހިތުން މިހާރު ހުރެވެނީ އެއް ނޫން…މިއަދު އަހަރެންގެ ހުވަފެންތައް ހަގީގަތުގަ ވެސް ކުލަ ވެއްޖެ” މަނިކު ވާހަކަ ދައްކަމުން ދިޔައިރު އަނގައިގެ ތެރޭގައި ނުފެންނަ އެންމެ ދަތެއް ވެސް ނެތެވެ. އެންމެން ވާހަކައިގެ ތެރޭގައި ތިއްބާ ފަޒްނާ ސިއްސައިގެން ދިޔައީ ފަހަތުން އޭނާގެ ގައިގާ މީހަކު ބައްދައިގަތުމުންނެވެ. ހިސާބަކައް ރުޅި އައިއްސާ ފަހަތައް ބަލާލިއިރު ކުރިމަތީގައި ހުރީ އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅެވެ. މަނިކު ވެސް ސިހިފައި އެނބުރުނުއިރު ކުރިމަތިން އަލްމާޝް ފެނުމުން އުފަލުން ހުރެވުނު ތަން ވެސް ނޭނގުނެވެ. އަލްމާޝް ގައިގާ ބައްދާލީ އޭނާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ވެސް ނުދީއެވެ. ފަޒްނާވެސް އަލްމާޝް ގައިގާ ބައްދައިގެން ހުރިއިރު އެ ދެލޮލުން ކަރުނަ ވެސް އާދޭއެވެ. ކައިރީގައި ހުރި އަފާފް ހުރީ އަލްމާޝް ފެނިފަ ބަހެއް ބުނަންވެސް ނޭނގިފައެެވެ. ދެލޯ ބޮޑު ކޮށްގެން އޭނާގެ އެންމެ އެކުވެރި ރަހްމަތްތެރިޔާ އަށް ބަލަހައްޓައިގެންނެވެ. އަފާފް ނުވިސްނާ ހުއްޓާ އަލްމާޝް އަފާފް ގައިގާ ވެސް ބައްދާލިއެވެ.. އެވަގުތު އަފާފް ފަހަތައް އަރިވެސް އަޅާލިއެވެ.

“ނުފެންންތާ 7 އަހަރުވީ… ހާދަ ތަފާތޭ…ވެރީ ވެރީ ބިއުޓިފުލް…އެން ކޮންކަހަލަ ހެދުމެއްތަ ލާފަ ތިހުރީ” އަފާފް ބަލާލީ އަލްމާޝްގެ ހެދުމަށެވެ.. ކަޅު ކުލައިގެ އަބާޔާ ހެދުމުގައި އަލްމާޝް ވަރަށް ވެސް ފުރިހަމައެވެ. ކަޅުކުލައިގެ ޝޯލް ތެރެއިން އެ ދޮން މޫނު ފެންނަ އިރު ފެންނަ ކޮންމެ މީހަކައް ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

“އަފޫ އަށް މިހެދުން ހަޑިވީތަ… އެކަމު ކިހާ ރީތި ހެދުމެއް މީ…” އަލްމާޝް ހެދުމައް ބަލާލަމުން ކުޑަކޮށް ފަހަތައް ޖެހިލިއެވެ.

“ނޫން.. އަސްލު މިހާރު މާޝް މާ ރީތި ތިކަހަލަ ހެދުމުގަ…ހީވަނީ އަރަބިއަން ކުއްޖެއްހެން… ހިތުން ރުހުމުގަތަ ސްޓައިލް ބަދަލުކޮށްލީ… އެފްބީ އިން ދިމާވީމަ ބުނާނެ މިކަހަލަ ހެދުން ވަރަށް ފޫއްސޭ…މިހާރު މަންޖެއަށް ކިހިނެއް މިވީ” އަލްމާޝް ގެ ދަތްދޮޅިގައި ހިފާ އުފުލާލަމުން އަފާފް ބުންޏެވެ.

“މީ މަގޭ ސްޓައިލް އެއް ނޫން.. އެކަމު ދެން މުޅިންވެސް ލާނީ މިކަހަލަ ހެދުން…މީ މާން އަށް އެންމެ ކަމުދާ ސްޓައިލް” ވިސްނާނުލާ އަލްމާޝް އަށް ބުނެވުނު އެއްޗަކުން ކައިރީގައި ހުރި މަނިކު އާއި ފަޒްނާ އެކަކު އަނެކަކު މޫނައް ބަލާލިއެވެ.

“ކީކޭ ދަރިފުޅާ…. މާނެކޭ…ކޮން މާނެއް”

“ނޫން ބައްޕާ..މާނު އެއީ އެކޮޅުގަ އުޅުނު ދީންވެރިއެއް” އަފާފްގެ މޫނައް އަލްމާޝް ބަލާލިއިރު އެމޫނު މަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ.އެންމެން އެކުގައި ކާރައް އެރިއިރު ވެސް އެ މޫނު މަތިން ކަންބޮޑުވުން ފާޅުވާން ހުރިކަން އަފާފް ފާހަގަކުރިއެވެ. ކާރު ގޮސް ހަވެލީޝާމް ގެއަށް މަޑޮކޮށްލުމާއެކު އެންމެ ފުރަތަމަވެސް ކާރުން ފެބީ އަލްމާޝް އެވެ. ތިން ބުރިއަށް ހިއްލާލެވިފައިވާ ބޮޑު ގެ ފެނުމުން އަލްމާޝް އަނގަމަތީގައި އަތް އަޅާލިއެވެ.

“މާޝް ކޮއްކޮ…” އަލްމާޝް ފެނުމުން އަންޖޫއަށް ދުރުގައި ނުހުރެވުނެވެ.

“މިހާރު ވަރަށް ލޯބި” އަލްމާޝްގެ ދެ ކޮލުގައި އަންޖޫ ހިފާލިއެވެ. އެވަގުތު މަޑުމަޑުން އަލްމާޝް ހީލި އަޑު އިވުނެވެ.

“މިހާރު ހާދަ ދިވެހި ފަރިތައޭ އަންޖޫ…. ދޯ މަންމާ” އަލްމާޝް ފަޒްނާ ކައިރިން އަހާލިއެވެ.

“އާން…. މިހާރު މާޝް ކޮއްކޮއަށް ވުރެ ފަރިތަވާނެ”.. ފަޒްނާ އާއި މަނިކު ކައިރީގައި އަންޖޫ ދިރިއުޅެމުން އަންނަތާ 20އަހަރު ވެފައިވާތި އަންޖޫ އަލްމާޝް ދެކެނީ އެއްބނޑު އެއްބަފާ ކޮއްކޮއެއް ގޮތަށެވެ. އަލްމާޝް ގެ ކޮނޑަށް އަތް ލައިގެން މަނިކު ގޭޓުން އެތެރެ ވުމާއެކު އަފާފް ފަހުން ދިމާވާނެ ކަމަށް ބުނެ ގެއަށް ދިޔައެވެ.

ވަގުތަކި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރެވެމުން ދިޔަ ވަގުތެވެ. އަލްމާޝް ގެ އިންތިޒާރުގައި މަނިކު އަށް ކާން ނުފެށި އިިނެވެ. އަލްމާޝް ނާންނަނިސް އެތަނުން ބޯފެން ފޮދެއްވެސް މަނިކުގެ ކަރުން އެތެރެއަށް ނުލާނެކަން އެނގޭތީވެ ފަޒްނާ އަންޖޫއަށް ގޮވާފައި އަލްމާޝް ކޮބާތޯ ބަލާލަން ފޮނުވިއެވެ.

ސީލިންގް ގައިވާ ފަންކާއަށް ކަޅި ހުއްޓާލައިގެން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތް އަލްމާޝް ސިއްސައިގެން ދިޔައީ ކައިރީއި އޮތް ފޯނުގެ ރިންގްގެ އަޑަށެވެ. އެވަގުތު އޭނާގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ފޯނައް އަރާފައިވާ ނަން ފެނުމުންނެވެ. އެ ކޯލައް އޭނާ އިންތިޒާރުކުރަމުން ދާތާ ކިހާ އިރެއްވެއްޖެ ހެއްޔެވެ.

ހޭއި ޝޯނާ…. މައި ލަވް…މިސް ޔޫ ސޯ މަޗް”

“މިސް ޔޫ ޓޫ މާން….. އައި ލަވް ޔޫ….”….. ނިމާން ޝާކީ އިބްރާހީމް އަކީ މެލޭޝިއާ މަންމައަކާއި ފަލަސްތީނު ބައްޕަ އެއްގެ ހުރި ދެކުދިން ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. ނިމާން ގެ މަންމަ އާއި އިނދެގެން ނިމާން ގެ ބައްޕަ މެލޭޝިއާގައި ދިރިއުޅެމުން އަންނަތާ 22 އަހަރު ވެއްޖެއެވެ. މުސްކުޅި ބަލީގައި ނިމާން ގެ ބައްޕަ މި ދުނިޔެ ދޫކުރިތާ އަދި މިވީ އެންމެ ހަފްތާއެކެވެ. ނިމާން ގެ އަޑު ޖެހުމުން ލިބުނު ހިތްހަމަޖެހުމުގައި އަލްމާޝް ފޯނުން ވާހަކަދައްކަމުން ދިޔައިރު އެ ކޮޓަރީގެ ދޮރު ތަޅުނުލެވޭކަން ވެސް ހަނދާނެއް ނެތެވެ. އަލްމާޝް އަށް ނޭނގުނީ އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވޭ ހިސާބުގައި އަންޖޫ ހުރިކަމެވެ.

“މާޝް ކޮއްކޯ…. ކާން އަންނާށޯ” އަންޖޫ ވާހަކަދެއްކީ އެއްވެސް އެއްޗެއް އަޑުނީވޭ ކަމަށް ހަދައިގެން ހުރެއެވެ. ފޯނު ބާއްވާފައި ކޮޓަރިން ނިކުތް އަލްމާޝްގެ ތުންފަތް މަތީގައިވާ ހިނިިތުންވުން ނުފިލާ ހުރީ ނިމާން ދިން އުފާވެރި ހަބަރަކުންނެވެ. ނިމާން އަކީ ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރަކައް ވުމުން އޭނާގެ ވަޒީފާ ދިވެހިރާއްޖެއަށް ބަދަލުކޮށްފައިވާ ކަމަށާއި ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ނިމާން ހުންނާނީ އަލްމާޝް ކައިރީގައި ބުނުމުންނެވެ. އަލްމާޝް އިނގިރޭސި ބަހުން ނިމާން އާއި ދެއްކި ވާހަކަތައް އަންޖޫއަށް އެނގުނަސް އެވާހަކަތައް އެއްވެސް މީހަކައް ނާންގަން ނިންމީ އަލްމާޝް ދެކެ އަންޖޫ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

އަލްމާޝް ގޮސް ކާން އިށީނުމާއެކު ފަޒްނާ ދެ ބަފައިންނައް ކާން ތަށިތައް ކައިރިކޮށްލަދިނެވެ.

“ދަރިފުޅާ.. މަންމަ އާއި ބައްޕަ ވިސްނައިފިން ބައްޕަ މިކޮޅުގައި މި ހިންގާ ވިޔަފާރި އެއްކޮށް މާލެ ބަދަލުކުރަން. ކުރިން ނުދިޔައީ މަންމަ މިތާ އެކަނިން އުޅޭތީވެ. މިހާރު ދަރިފުޅު ހުރުމުން މަންމަ އެކަނި ނުވާނެ ދޯ” މަނިކު އާފަލު ފޮއްޗެއް އަނގައަށް ލަމުން ވާހަކަދެއްކިއެވެ.

“ބައްޕާ… އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް.. އިރާދަކުރެއްވިއްޔާ ދެން މަންމަ އެކަނި ހުންނާކަައް ނުޖެހޭނެ”… އާފަލް ކޮށާފައި އަޅާފައި ހުރި ތަށި ހުރީ އަލްމާޝް އާއި ތަންކޮޅެއް ދުރުގައި ކަމުން އަތް ދަމާލީ އެތަށިން އާފަލު ފޮއްޗެއް ނެގުމުގެ ބޭނުމުގައެވެ. އެވަގުތު އަލްމާޝް ލާފައި ހުރި މަޑު ފެހި ކުލައިގެ ކުރުތާގެ އަތްކުރި މޭޒުމަތީގައި ހުރި ކާއެއްޗެހިގައި ކޭއްތި ދާނެތީ ފަޒްނާ އަލްމާޝް ގެ އަތުގައި ހިފާލާފައި އަތްކުރި އޮޅާލިއެވެ. އަލްމާޝް ގެ އަތުގައި އަޅާފައި އޮތް ރަންކުލައިގެ ވަރުގަދަ އުޅާގަނޑެއް ފަޒްނާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

“ދަރިފުޅާ…. މީ ހާދަ ވަރުގަދަ އުޅާ ގަނޑެއް…. ރަން ދޯ މީ…. ކުރިން ދަރިފުޅު މިކަހަލަ އެެއްޗެހި އަޅަން ދެކޮޅު ހަދާތީ މަންމަ އަޅާނުލަނީ… މިހާރުވެސް މަންމާ އަލަމާރިގައި އޮންނާނެ ދަރިފުޅުގެ ތަނޑިގަނޑު” ފަޒްނާ މިހެން ބުނުމާއެކު އަލްމާޝް ގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވެ ބޮލުގައި ރިއްސަން ވެސް ފެށިއެވެ. މިވަގުތު އަލްމާޝްގެ މޫނައް ބަލާލި ކޮންމެ މީހަކައް ވެސް ކަންތައް ގަނޑެއް އަލްމާޝް ސިއްރު ކުރަމުންދާނެކަން ޔަގީން ވާނެއެވެ. ދުރުގައި ހުރި އަންޖޫ އަލްމާޝް އަށް ބަލަން ހުރި ގޮތުން އަލްމާޝް ގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހަވާތިފް… 6 ވަނަ ބައި

Next

ހިތް ވިންދާނުލައި… (6)

Next
June 29, 2015

ހިތް ވިންދާނުލައި… (6)

Previews
June 28, 2015

ހަވާތިފް… 6 ވަނަ ބައި

19 Comments!

  1. Ushaali says:
    June 28, 2015 at 9:53 pm

    ކޮބާ ދިގު ވާހަކައެއް ގެނެސްދޭން މިފެށުނީ. ލަސްވިކަމަށްޓަކައި މާފަށް އެދެން. 🙂

  2. Tigrious says:
    June 28, 2015 at 10:05 pm

    Varah Rythi … Awahah Update Kih Dheyne Kamah Heekuran

  3. salumaa says:
    June 28, 2015 at 10:43 pm

    Thi huri vataj vx igidhaanethaa dhooo

  4. Meesh says:
    June 28, 2015 at 10:51 pm

    Reethivaane hen heevanee… feshun v reethi… avahah up kurevuneema kiyaahihvvane

  5. Crazi says:
    June 28, 2015 at 11:13 pm

    Shalhi but dhigu koh genes dhyfiyaa vrh ragalhu

  6. Cuty says:
    June 28, 2015 at 11:18 pm

    Nice…

  7. Fayaz says:
    June 28, 2015 at 11:34 pm

    Feshun salhi unmeedhu kuran dhigukuramungos vaahakaa gaiy bunaa moral saafukoh bunedheynekamah vvv rethinking keep it up

  8. Thoo says:
    June 29, 2015 at 12:20 am

    Kurinves genes dhinih dhw me vaahaka ehn site akuh

  9. faai says:
    June 29, 2015 at 2:39 am

    Rythi

  10. maahee says:
    June 29, 2015 at 4:01 am

    V kerigen vaahaka liyaathi. Baraabarah up kuraathi

  11. shaisha says:
    June 29, 2015 at 5:14 am

    Almash akee boy or a girl and afaaf akee girl or a boy

    1. azoo cuty says:
      July 5, 2015 at 2:58 am

      Abaya hedhun nulaane dhw boy eh

  12. nihaa says:
    June 29, 2015 at 9:50 am

    Nice… Vaakaka day to day ah up nukurevennya story readers baiga hunnanyy…best of luck:)

  13. xaaxaa says:
    June 29, 2015 at 4:14 pm

    Varah reethi wahaka eh mee love the story 🙂

  14. ushaali says:
    June 29, 2015 at 5:30 pm

    Dhekudhinnaky ves girls…. thnx maahee…. vahaka liyan molhu noonas v liyaa hithun miliyany… roadha mas v ma konme dhuvahaku up nukurevidhaane… engenu girls bizi vaane kan…. ekamu try kuraanan las nukoh genesdheveytho…. ☺☺☺☺☺

  15. finni says:
    June 29, 2015 at 10:19 pm

    Kihine vaane baa emmenves reethi story liyan fashaafa up kureveynee 2 3 hafthaa fahun…noony kudakuda thankolhey lhiyefa….
    Hop u wil never do like this..

  16. Liu says:
    June 30, 2015 at 5:36 am

    Koba next part

  17. Grant gustin says:
    August 30, 2015 at 6:44 pm

    Varah hadi kiyaa hitheh neth

    1. xxx says:
      September 1, 2015 at 1:32 am

      dhn nukiyabala… myhaku majubooru kuritha kiyan

Comments are closed.

Next Episodeއަލްމާޝް -2←


All Right Reserved!