Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 11

Ushaali Level 810 Stories100 Comments100 Stories500 Comments
August 20, 2015 9 Mins Read
10 Comments

” އަހަރުން ނައްޓާލާށޯ… ހިނގާ ދަމާ…ނިމާން އަށް ގުޅިއްޖެ…ޓްރެފިކް ބާރުބޮޑީއޯ… އޭނަ ސީދާ ގާތްކުރާނަމޯ ފެރީޓާމިނަލާ” ދަބަސްތައް ބޭރަށް ނެރެމުން ޖިނާން މަސައްކަތްކުރީ އަލްމާޝްގެ މޫނަށް ނުބަލާ ވޭތޯއެވެ. ކާރުގައި އިން އިރުވެސް އަލްމާޝް މޫނުހަދާގެން އިނީ އޭނަގެ ފޯނަށް އެގޮތަށް ނިމާން ޖަވާބު ނުދިނުމުންނެވެ. ކާރު ދުއްވަންއިން ޖިނާންވެސް އިނީ ފާޑަކަށެވެ. ނިމާން ވާހަކަދެއްކިއިރު ކޮންމެސް ކަމެއްވެފައި ހުރިކަން ޖިނާންއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ފަހުން ކިޔާދޭނެ ކަމުގައި ނިމާން ބުނުމުން ޖިނާން ހިތްހަމަޖައްސާލިއެވެ.

ބޭބޭ… ދައްތާ… ވަރަށް ލަސްވެއްޖެ… ދެން ދަނީ….ވަރަށް ހިތްހެޔޮ ކުރާތި” އެދެމަފިރިންގެ މޫނަށް ބަލާވެސްނުލާ ނިމާން ނިކުންނަން ހިނގައިގަތެވެ.

“މަޑުކުރޭ….” ފަޒްނާގެ ހަރުކަށިބަހުން ނިމާންގެ ފައިގާ ހީވީ ލޮކް އަޅުވާލިހެންނެވެ. އެހުރިގޮތަށްހުރެ ދެލޯ މަރާލެވުނީ ހާސްވި ވަރުންނެވެ.

“ބުނީމެއްނު ފޮޓޯ ފެނުނީމަ އެނގޭނޭ… ދަންނަ ކުއްޖެއް ވައްތަރު ޖަހާތަ” ސުވާލުކުރީ ފަޒްނާއެވެ.

“ނޫން”…..ހީލުމަށްފަހު ނިމާން ދޮރުން ނިކުމެގެން ދިޔައިރު ފަޒްނާ ހުރީ ޝައްކުގެ ނަޒަރަކުން ނިމާންއަށް ބަލަހައްޓައިގެންނެވެ.

ފްލައިޓްެތެރޭގައި ނިމާންއާއި ޖެހިގެންއިން އަލްމާޝް އެންމެ ފަހަރަކުވެސް އިސް އުފުލާ ނިމާންއަށް ބަލާނުލައެވެ. އެމޫނުމަތިން ހިތްހަމަނުޖެހިފާ އިންވަރު ހާމަވާން ހުއްޓެވެ. އަތުގައި އޮތް މޯބައިލް ފޯނަށް ބަލަހައްޓައިގެން އިން ނިމާންވެސް ކައިރީގައި އަލްމާޝް އިންކަން ހަނދާންވެސް ނެތް ކަހަލައެވެ. ހަގީގަތުގައި ނިމާން ފޯނަށް ބަލަހައްޓައިގެން އިނަސް އެހިތާއި ސިކުނޑިވަނީ މުޅިން އެހެންކަމަކާއި ގުޅިފައެވެ. ފަޒްނާގެ ޝައްކުން ފުރިގެންވީ ލޯ މިހާރުވެސް ނިމާންއަށް ފެންނަ ކަހަލައެވެ. ފަޒްނާ ކައިރިން މިވަގުތު ސަލާމަތް ވެވުނަސް އެއީ އަދި ސަލާމާތެއް ކަމަށް ނިމާން ނުދެކެއެވެ. ފަޒްނާގެ ސުވާލުތައް އަދި ނިމާންއަށް އަންނާނެއެވެ. އެސުވާލުތަކަށް ފިޒިކަލީ އަދި މެންޓަލީ ނިމާން ތައްޔާރުވާންޖެހޭނެއެވެ. ހަމަ އެހިނދުކޮޅުގައި ނިމާންގެ ހިތަށް އުފާވެރިކަން ވެރިވެގެންދިޔައީ އެއީ އޭނާ އެންމެ ލޯބިވާ ޝޯނާގެ މައިންބަފައިންކަން ހަނދާންވުމުންނެވެ. ލޯބިން ފުރިގެންވީ ބަލާލުމަކުން އަލްމާޝްއަށް ބަލާލިއިރު އިނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. ނިމާން ހީކުރީ އަލްމާޝް އަށް ލޯމެރިފައި އިންކަމަށެވެ. އެހެންވެ އަޅާނުލާ ނިމާންވެސް ރީތިކޮށް ގޮޑީގައި ލެގިލާ ލޯމަރާލިތަނުން އިވުނީ އަލްމާޝްގެ މަޑު ގިސްލުމުގެ އަޑެވެ. ނިމާން ފުންމައިގެން ތެދުވިއިރު މިއިނދެވުނީ ފުލައިޓްގައި ކަންވެސް ހަނދާންނެތް ކަހަލައެވެ.

“ވަޓް ހެޕެން ޝޯނާ….އޯހް…. ސޮރީ ދޫނީ…..” އަލްމާޝްގެ އަތްތިލަ ނަގާ ނިމާންގެ ތުންފަތުގައި ޖައްސާލީ ނިމާންގެ ފަރާތުން އެހިތަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާއެއްދިނުމުގެ ގޮތުންނެވެ.

މަށަށް ކީއްވެ އެހެންހެދީ… ފަހަރެއްގަވެސް މާން ކުރަންހުރި ކަންތަކަށް ހުރަސް އަޅާކަށްނޫން އަހަރެން އެވަރަށް ގުޅީ” ބޮޑަށް ރޮވިދާނެތީ ތުންފަތުގައި ދަތް އަޅާލަމުން އަލްމާޝް އިސްދަށަށް ޖަހާލިއެވެ. އެމޫނުގެ ދެފަރާތުގައި ހިފާ ނިމާންގެ މޫނާ ދިމާލަށް އަނބުރާލުމުން ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަލްމާޝްގެ ލޮލުން ނިމާންއަށް ފެނިގެން ދިޔައީ އިންތިހާދަރަޖައިގެ ޝަކުވާއެވެ.

“ސޮރީ ދޫނީ….އެވަގުތު ވަރަށްބޮޑު ކަމެއް ނިންމަން އިނީ….ދެން އެހެން ނުވާނެ…ޕްރޮމިސް” އަލްމާޝް މޫނު އަނބުރާލުމުން ނިމާން އެއަތުގައި ހިފާލުމުން އަތް ދުރަށްލާން އުޅުނެވެ. ނިމާންގެކޮޅު ގަދަކޮށްލާ އެއަތްތިލަ ނިމާންގެ އަތުތެރޭގައި ހައްޔަރުކޮށްލުމުން ދެފަހަރަކު ގަދަހަދާލުމަށްފަހު އަލްމާޝް ބޯޖައްސާލީ ނިމާންގެ ކޮނޑުގައެވެ. އަނެއްކާވެސް ނިމާން އެއަތްތިލަ ތުންފަތުގައި ޖައްސާލަމުން ހީލިއެވެ. މިރޭ ނިމާންގެ ސަބަބުން އަލްމާޝް ވަރަށް ހިތުގައި ޖެއްސިއްޖެއެވެ. އަލްމާޝް ރޮށްވުމަކީ ނިމާންގެ ހަމަހޭގައި ހުރެގެން ދުވަހަކުވެސް ކުރާނެކަމެއް ނޫނެވެ. ނިމާންކުރާ ކޮންމެ ކަމެއް ކުރާނީ އަލްމާޝްއަށްޓަކައެވެ. އަނެއްކާވެސް އަލްމާޝްގެ އުފަލަށްޓަކައި ކަމެއްކޮށްލުމުގެ ފުރުސަތު ނިމާންއަށް މިއޮތީ ލިބިފައެވެ. އަލްމާޝްއަށް އޭނާގެ މައިންބަފައިން ހޯދަދޭނީ ނިމާންއެވެ. އަލްމާޝްގެ އިތުރު މައުލޫމާތު ހޯދަން ފަޒްނާ ގުޅައިފިއްޔާ ދޭނެ ޖަވާބެއްވެސް ނިމާން ވިސްނާލިއެވެ. މައިންބަފައިންނާއި ބައްދަލުވާހިނދު އެމޫނުމަތިން ފެންނާނެ އުފާވެރިކަން މިހާރުވެސް ނިމާންގެ ލޯމަތިން ސިފަވެއްޖެއެވެ.

ހަވީރުއްސުރެ ވެހެންފެށި ވާރޭ އަދިވެސް ކަނޑާނުލައެވެ. ވައިގަދަކަމުން ޖައްވުގައި ބޫން އަޑު ހިފާލާފައި ހުރިއިރު ހީވަނީ ކަންފަތްދަށުގައި ވަރުގަދަ ޖަނަރޭޓަރެއްގެ އަޑު ހަރުލާފައި ހުރިހެންނެވެ. ރޭގަނޑުން ބޮޑުބައެއް ވޭތުވެވެގެން ދިޔައިރު ކޮންމެ މީހަކުވެސް ވަނީ ރޭގަނޑުގެ އަރާމު ނިންޖަށް އިންސާފުކުރަން ފަށާފައެވެ. އެކި މީހުން މި ފިނީގެ އަރާމު ހޯދަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން އަވަހަށް ނިންޖަށް ދެލޯ މަރައިގެން ނިދަންއަރާ ތިބިއިރު އަނެއް ބަޔަކު ވެހެމުންދާ ވާރޭއަށް ނަޒަރު ހުއްޓާލައިގެން ވެސް ހިތަށް ހިތްހަމަޖެހުން ހޯދާއެވެ. އެގޮތުން އަސުރުމާވާދީގޭ ހުރިހާ ކޮޓަރިތަކެއްވެސް ބަލާލި މީހަކަށް ފެންނާނީ އަލިގަދަ ލައިޓްތައް ނިއްވާ ފަނޑުކޮށްލާފައިވާ އަލިކަމެއްގެ ތެރެއިންނެވެ. އެގޭ ހުރިހާ މީހުން ނިދާފައި ތިބިއިރު ދީމާ ދަނީ އޭނާ އެންމެ ބޭނުންވާ ގޮތަށް އަރާމު ހޯދަމުންނެވެ. އޭނާ ދެކޭ ގޮތުގައި އަސްލޫ އަރާމަކީ އެއީއެވެ.

“އައްދޭ… ބޭބީ މިރޭ ހާދަ އަވަހަކަށް ވަރުބަލިވީ…. އަދި އެންމެ ތިން ބުރެއްނު މިއެޅުނީ…އަދި އެއްފަހަރު…ޕްލިޒް….”އެއިވުނީ އެ އެނދުގައި ދީމާ އާއި ޖެހި ފިތިގެންއޮތް ސެންޓޭގެ އަޑެވެ.

“މަށަށް ވެދާނެ އިރު އަރަންދެންވެސް… އެކަމު ސެންޓޭ ވަރުބަލިވާނީ….” ސެންޓޭ ކުޑަކޮށް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގި ލުމުން ދީމާވެސް ހަމައެގޮތަށް ސެންޓޭގެ ގައިގާ ބައްދާލައިގެން އިނެވެ. މެއާއި ހަމައިން ހުދު ފޮތިގަނޑަކުން ނިވާކޮށްލައިގެން އިންއިރު ތުންފަތްކައިރީގައި ރަތް ކުލައިގެ ލިޕްސްޓިކް ހުރީ ފޭދިފައެވެ.

“އަސްލު ދީމާ ލަނޑުދޭން ތިއުޅެނީ ގާލް އަކަށްތަ؟؟…..ބަޓް ވައި؟؟؟” ސެންޓޭގެ ސުވާލުން ދީމާގެ ތުންފަތްމަތީގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ. އަދި އެއް އަތުން ނިމާން ޖެހި ކޯތާފަތް މަތީގައި ފިރުމާލީ އެއްޗެއް ހަނދާންކޮށްލާ ގޮތަކަށެވެ.

ހޫމް…. މިއުޅެނީ ރިވެންޖެއް ނަގަން ވެގެން…. އޭނަ ހަމަ ބިމަށް ތިރިކޮށްފަ ނޫނީ ހުއްޓާނުލާނަން” ދީމާ ހިޔާލީ ގޮތަކަށް ބުންޏެވެ.

“އޯކޭ… ދީމާ ބޭނުމީ ޑްރަގްސްއެއްނު… މިރޭ އެ ދޭނަން…. ވަރަށް ވަރުން އެއުޅޭ ޅަބޭ އަތުން ލިބުނީ…އެކަމު ދީމާ ނުވާނެ މަށާއެކު މިގުޅުން ހުއްޓާލައިގެނެއް….އޯކޭ…” ސެންޓޭގެ މޫނަށް ދީމާ ބަލާލަމުން ހީލި ގޮތުން ސެންޓޭއަށް ޖަވަބު ލިބިގެން ދިޔައެވެ. ސެންޓޭ ނުބުނި ކަމުގައި ވިޔަސް އެގުޅުން ކުރިއަށްގެންދާން ދީމާ ބޭނުމެވެ. ސެންޓޭގެ ސީރިއަސް ބިޓެއް ހުންނަކަން ދިމާއަށް އެނގޭއިރުވެސް ދީމާ ބޭނުންވަނީ ސެންޓޭގެ ފަރާތުން އެންމެ ކަމެކެވެ.

މެލޭޝިޔާގައި އަލްމާޝް އުޅެމުންދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ނިމާންގެ މަންމަގެ ފަރާތުން އަލްމާޝްއަށް ލޯބި ލިބެނީ ހީވެސް ނުކުރާ ވަރަށެވެ. ދެރަވަނީ ހަޔާތަށް އަންނަ އެންމެ އުފާވެރި ދުވަހު ކައިރީގައި ފަޒްނާ ނެތުމުންނެވެ. ދެރަވެ ކަރު އެލުވާލާ ވަގުތު ނިމާންގެ މަންމަގެ ފަރާތުން ލިބޭ ލޯބި އިތުރުވެގެންދެއެވެ.

ގަޑިން ރޭގަނޑު ބާރަ ޖެހީއެވެ. އަލްމާޝް އައީ ކޮޓަރިއަށް ފެން ޖަގެއް ހިފައިގެންނެވެ. އެނދުމަތީގައި ބަންޑުން އޮތް ނިމާން އޮތީ ލޯމެރިފައެވެ. ލައިގެންހުރި ނައިޓީ މަތިން ޖެކެޓްކޮޅު ބާލާ ސޯފާ ގޮނޑީގައި އަޅުވާލަމުން އަލްމާޝް އެނދަށް އެރިތަނުން ނިމާން ދެލޯ ހުޅުވާލާ ސީދާވެލިއެވެ.

“މިހާރު ކިހިނެއް؟.. ހީކުރީ މާން ނިދީކަމަށް….” ނިމާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަލްމާޝް ވާހަކަދެއްކިއެވެ.

“މިހާރު އޯކޭއޭ… ޝޯނާ ހާކާލި އެއްޗަކުން ލޮލަށް އާވި އަރާވަރުން ލޯ މަރާލައިގެން އޮތީ…. އެކަމު ހީވޭ ވަރަށް އަވަހަށް ނިދި އަތުވެދާނެހެން” އަލްމާޝްގެ ބަނޑުމަތީގައި އެއްއަތް ބާއްވާލަމުން ނިމާން ބުންޏެވެ.
“ހިނގާބާ އަވަހަށް ފަޅާލާފައި ނަގަން… ބޭބީ ބަލާލާހިތުން މިހާރު ހުރެވެނީއެއްނޫން….ހިނގާބާ ގެސް ކުރަން… މާން ބުނާނީ ކޮންކަހަލަ ބޭބީއެކޭ” އަލްމާޝް އަޑުން އުފާވެރިކަން އެކުލެވިފައިވީއިރު ނިމާން ކިތަންމެ ނިދި އައިއްސަ އޮތަސް ގަދަކަމުން ދެލޯ ހުޅުވައިގެން އޮތީ އަލްމާޝްގެ އުފާވެރި މޫޑު ހަރާބުކޮށްލަން ބޭނުން ނުވާތީއެވެ.

“ބޭނުމީ ޝޯނާ ކަހަލަ ކުޑަކުޑަ ޝޯނާއެއް….” ނިމާން އަލްމާޝްގެ ބަނޑުގައި ހުރަހަކާ ނުލާ ފިރުމަމުން ދިޔައެވެ.

“ނޫން…ބޭނުމީ މާން ކަހަލަ ކުޑަ ޑޮކްޓަރެއް….އަލްމާޝް ނިމާންގެ އަތުގައި ހިފެހެއްޓީ އެއަތް މަޑުމަޑުން މައްޗަށް ދާން ފެށުމުންނެވެ.

“ނޫން…މާން….ނޮޓް ނައު….ބަލިކޮށެއްނު ތިއުޅެނީ….” ކުޑަކޮށް ހިއްލިލާ ނިމާން އަލްމާޝްގެ ބަނޑުގައި ތުންފަތްޖައްސާލަމުން ދެލޯ ކުޑަކޮށް އަލްމާޝްގެ ގައިގާބައްދާލިއެވެ.

އެއްމަސް ފަހެވެ. އުޑުމަތި ސާފު ވަރަށް ރީތި ދުވަހެކެވެ. އެހެންނަމަވެސް އުޑުމަތި ކަޅުކޮށްލާފަަައި ކުޑަކުޑަކޮށް ވާރޭ ވެހެންފެށީ ކުއްލިިިއަކަށެވެ. އިރުއޮށްސޭން ދިޔަ ވަަަގުުުތުުު ވާރޭ ތުނިކޮށްލުމުން އަފާފް އާއި ޝަހާނާ ނިކުތީ ކުޑަކޮށް ޖޮގިންކޮށްލުމަށެވެ. ޓްރެކްދަނޑު ވަށާ ދެބުރުއެޅި ފަހުން ވައިގަދަވެ ވާރޭ ބޯކުރަން ފަށައިފިއެވެ. އެދެމީހުން ނުލާވެސް އެވަގުތު މަދުމަދުން ދަނޑުގައި މީހުން ހަރާކާތްތެރިވަމުން ދޭއެވެ. ދެމީހުން ގެވެސް ހުންނަނީ ފުދޭވަރަކަށް ދުރުގައި ކަމުން ދެމީހުންވެސް އަވަސްވެގަތީ މަގުމަތިން ޓެކްސީއެއް ހޯދައިގެން އަވަހަށް ގެއަށް ދިއުމަށެވެ.

“ހިއެއްނުވޭ އެހާ ފަސޭހައިން ޓެކްސީއެއް ލިބިދާނެހެނެއް… މިހެން ތެޅިތެޅި ހުއްޓާ މާބޮޑަށް ތެމިދާނެ… ހިނގާބާ މިގޭ ދޮރާށި ކައިރީގައި މަޑުކޮށްލަން ވާރޭ ތަންކޮޅެއް ތުނިކޮށްލަންދެން” އަފާފްގެ އަތުގައި ހިފާލަމުން ޝަހާނާ އިޝާރާތްކުރީ ކުރިމަތީގައި ހުރި ގޭ ދޮރާއްޓަށެވެ.

“ފާޑަކަށް އެއްކޮށް ތެމިއްޖެދޯ… އަޅޭ… ދިފޫ ވަރަށް ރުޅި އަންނާނެކަންނޭނގެ… މަ އަންނަން އުޅެނިކޮށްވެސް ބުންޏޭ ނުދާށޭ…މާދަމާ ދާން މަޑުކުރާށޭ…އެކަމު މަ ގަދަކޮށްލާފައި އައީ” ލައިގެންހުރި މަޑު މުށިކުލައިގެ ޓީޝާޓުން ފެންފޮޅާލަމުން ފަހަތުން ކޮނޑުގައި އަޅުވާލާފައި ހުރި ބޭގް ކުރިމައްޗަށް ގެނެސް އޭގަ ބައްދާލަމުން އަފާފް އުޑުމަތި ބަލާލީ ވާރޭ ހުއްޓާލަން އުޅޭތޯއެވެ.

“ސާބަސް އަފޫ…. އުޑުމަތި ބެލީމަ އެނގޭތަ ވާރޭ ހުއްޓާލަން އުޅެންޏާ… މަށަށް އެނގެނީ ވާރޭ އަޑުމަޑުވީމަ ވާރޭ ހުއްޓާލަން އުޅޭކަން” ޝަހާނާ އަފާފްއާއި ދިމާކޮށްލުމުން ދަބަހުން ޝަހާނާ ގައިގަ ކުޑަކޮށް ޖަހާލަމުން އަފާފް ހީލިއެެވެ. އެވަގުތު އެއީ މަނިކުވެސް ދުވެފައި ދޮރާށިން އެތެރެއަށް ވަންނަން އައި ވަގުތެވެ. ދޮރާށި ތެރެއިން ދެއަންހެންކުދިން ފެންނަން ތިބުމުން ކުޑަކޮށްމަޑުޖެހިލީ އެއީ ކޮން ކުދިބައެއްތޯ ބަލާލުމުގެ ބޭނުމުގައެވެ. އެވަގުތު އަފާފް ތިރިވެލީ ބޫޓުގެ ނާޑުވާ ނެއްޓިފައި ހުރެގެން ބާރުކޮށްލުމުގެ ބޭނުމުގައެވެ. މަނިކުއަށް އަފާފްގެ މޫނު ނުފެނުނީ އެހެންވެއެވެ. ކުރިމަތީގައިހުރި ޝަހާނާ ފެނުމުން މަނިކުއަށް ދެނެގަންނާކަށް ނޭނގުނެވެ.

“އަފޫ…މިހިރީ މީހަކު ވަންނަން އައިސް….ތެދުވެބަލަ ތިތަނުން” ޝަހާނާ ކޮށްޓާލީ އަފާފްގެ ބޮލުގެ މެދުގައެވެ. އެވަގުތު އަފާފް ވަރަށް އަވހަށް ތެދުވެ ހިންދެމިލިއެވެ. ކުރިމަތީގައިހުރި މަނިކު ފެނުމުން އަފާފްގެ ދެލޯ  ބޮޑުވެ އަނގަ ހުޅުވުނެވެ. އަފާފްއަށް ވީގޮތްފެނި ޝަހާނާ ހުރީ ވާނުވާ ނޭނގިފައެވެ.

“ބޭބޭތަ؟…ކިހިނެއްތަ ބޭބޭ؟؟ ކޮބާ ދައްތަ؟ ރަނގަޅުތަ؟؟” އަފާފްއަށް ކޮށްލެވުނު ސުވާލުތައް ގިނަ ކަމުން ޝަހާނާ އަފާފްގެ އަތުގައި މަނިކުއަށް ނޭނގޭނެހެން ވިކައިގަތެވެ. ޝަހާނާ ހީކުރީ އަފާފްއަށް އޮޅުނީ ކަމަށެވެ.

“އެކޮއި މިތާ ކީއްކުރަނީ….ކޮބާ މޫމިނާދައްތަ ރަނގަޅުތަ؟ އެކޮއިމެން މަލޭގަ އުޅޭކަން އެނގޭ ބޭބެއަށް… އުޅޭ ވަކިތަނެއް ނޭނގޭތީ ހަބަރެއް ނުވަނީ” ލޮލުގައި އަޅާފައި އޮތް އައިނު ނަގަމުން މަނިކުވެސް ހީލެވޭތޯ ބެލިއެވެ. އަފާފް ފެނުމުން އަލްމާޝް މަތިން ހަނދާންވީ މާބޮޑަށެވެ.

“މީ ބޭބެ އުޅޭގެ. ހިނގާ އެތެރެއަށް….މިހިރީ ކޮން ކުއްޖެއް” މަނިކު އިޝާރާތްކޮށްލީ ޝަހާނާއަށެވެ.

“ބޭބެއަށް ނޭނގުނު ދޯ… މީ ޝަހާނާ…އަހަރުމެންނާއި އެކު އުޅުނެއްނު”

“އެހެންތަ؟ އެކޮއި އެހާ ގިނަ ދުވަސްފަހުން ފެނުނީމަ ބޭބެއަށް ނޭނގުނީ… ތިކުދިން މަތިން ބޭބެ ދުވަހަކުވެސް ހަނދާން ނުނެތޭނެ” މަނިކު ޝަހާނާގެ ބޮލުގައި ފިރުމާލިއެވެ.

“ބޭބެ ފެނުނީމަ ނޭނގިފަ މިހުރީ… އެކަމު ކުޑަކޮށް ހީވި ތީ މާޝް ބައްޕައޭ” ކުއްލިއަކަށް ޝަހާނާ އަލްމާޝްގެ ނަން ބުނުމުން މަނިކު ހިތުގައިޖެހުނެވެ. އެހެނަސް މޫނުމަތިން އެކަން ނުދައްކާ އެންމެން އެކީ ތެރެއަށް ވަނެވެ.

“ފަޒްނާ….ފަޒްނާ….ބަލާބަލަ..މިތިބީ ކޮން ބައެއް؟” މަނިކުގެ އަޑަށް ކޮޓަރިން ނިކުމެގެން އައި ފަޒްނާ ފެނުމުން އަފާފް ދައްތާއޭ ކިޔާ ދުވެފައި ގޮސް އޮޅުލައިގަތެވެ.
ދައްތައަށް އެނގޭ އަފޫ މާލޭގަ އުޅޭކަން…. އެއީ ޝަހާނާތަ؟ ހާދަ ވައްތަރޭ….” އަފާފްގެ ފަހަތުގާ ހުރި ޝަހާނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލީ ފުރަތަމަ ނަޒަރުންވެސް ފަޒްނާއަށް އޭނަ ވަކި ކުރަން އެނގުނީމައެވެ.
ހޫމް….ދައްތައަށް އެނގިއްޖެދޯ….ބޭބެއަށް ނޭނގުނޭ” ޖަވާބުދިނީ ޝަހާނާއެވެ. ފަޒްނާ ޝަހާނާވެސް ގަޔާ ކައިރިކޮށްލީ ޝަހާނާއަށް ވެސް ފަޒްނާގެ ހިތުގައިވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

“ދެކުދިންވެސް ދާންވާނީ ހޫނު ކޮފީ ބޮއެގެން މިރޭ…ހިނގާ ކޮފީ ބޯންދާން” ފަޒްނާ ބަދިގޭގައި ކޮފީ ހެދުމުގެ މަސައްކަތުގައި އުޅުނުއިރު އެމީހުން ބައިވެރިވީ މީހަކު އެކަނި މަސައްކަތްކުރާތަން ބަލަން ހުރުން އެއީ ދެމީހުންވެސް އާދަވެފައިވާ ކަމަކަށް ނުވާތީއެވެ.

“މިއޮށް ބޮޑު ގޭގަ ދައްތައާއި ބޭބެ އެކަނި…ފޫއްސެއްނުވޭތަ ދައްތާ” ކޮފީ ބޯން އިންއިރު އެއްވެސް މީހަކު އަނގައިން ނުބުނާތީ ޝަހާނާއަށް މަޑުން ނީނދެވުނެވެ.

“ކޮން ފޫއްސެއްވާނީ… ހެއްދެވި ފަރާތަށް އަޅުކަންކޮށްފަ ފިރިމީހާގެ ވާޖިބު އަދާކުރުން އެއީ ދައްތަ ކުރާކަމަކީ” އަފާފްއަށް ފާހަގަކުރެވުނު އެއްޗަކީ ފަޒްނާގެ މޫނުމަތީގައި ކުރިން ހުންނަ އުޖާލާކަން ނުހުންނަކަމެވެ.

“ދައްތާ ކުޑަކޮށްވެސް މާޝް މަތިން ހަނދާންވޭތަ؟” ފަޒްނާއަށް ނުފެންނާނެހެން އަފާފް ކައިރީގައި އިން ޝަހާނާގެ ފައިގާ ކޮށްޓާލަމުން އަހާލިއެވެ.

“ކުރިން އެކޮއިމެން ކައިރީގައި އަހާލަން ނުކެރިގެން މިއިނީ…އެނގޭތަ މަގޭ އަލްމާޝް ވީ ތަނެއް؟ ޖުމްލަ ރަނގަޅަށް ނުނިމެނިސް ފަޒްނާގެ ދެލޯ ފުރިގެންއައިތަން ޝަހާނާއަށް ފެނުނެވެ.

“އާނ…އޭނަވީ ރާއްޖޭން ބޭރުގަ… އިންސާނެއް ވިއްޔާ ގޮތެއް އޮންނަންވާނެއްނު..”

“އެއީ މަގޭ ދަރިއެއް… ކުއްޖަކު ވިހަން މަގޭ ހަށިގަނޑުގަވެސް ވަރަށް ވޭން އެޅި….އެދަރި އަހަރެން ކިތަންމެހާވެސް ބޭނުން…އެކަމު އަފޫމެންނަށް އެނގެއެއްނު އޭނަ އެކުރީ ކިހާ ހަޑި ކަމެއް… އެކަމެއް ކުރި އިރު އެންމެ ފަހަރަކުވެސް ވިސްނާނުލި އަހަރެމެން ދެމަފިރިންނާއި ދޭތެރެ” ފަޒްނާއަށް މިހާރު އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

“ދައްތާ މާޝް ކުރި ހަޑިކަމެއް މަށަށް ނުފެނޭ… މާޝްއަކީ ހަލާލު ދަރިއެއްކަން ދައްތައަށް ޔަގީން ވަންޏާ އަހަރެންނަށް ވެސް ހަމަ ސަތޭކަ ޕަސެންޓް ޔަގީން ކަން އެބައޮތް އޭނަގެ ބަނޑުގަވެސް އޮތީ ހަލާލު ދަރިއެއްކަން” އަފާފްއަށް މިހެން ތަންކޮޅެއް ބާރަށް ބުނީ ދުރުގައި އިން މަނިކުއަށްވެސް އަޑު އިއްވާލުމުގެ ބޭނުމުގައެވެ. އެހެނަސް ކުރިން އިން ގޮތަށް މަނިކު ކިޔަން އިން ނޫސްގަނޑުން މޫނު ނިވާކޮށްލައިގެން އިނެވެ.

“ކީކޭ!!!!…. ކޮބާ ތީގެ މާނައަކީ؟ ނުވިސްނުނު……” ފަޒްނާއަށް ގޮނޑިކަހާލެވުނީ އަފާފްއާއި ތަންކޮޅެއް ކައިރިއަށް ޖެހިލުމުގެ ގޮތުންނެވެ.

“މިބުނީ މާޝް އެއީ ބަލިވެ އިންއިރު މީހެއްގެ އަންބެކޭ….އޭނާގެ އަލަތު ކައިވެންޏަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅު އެއީ…ދައްތަގެ ފުރަތަމަ މާމަ ދަރިފުޅު” އަފާފްއަށް އޮޅުންފިލުވަދެވުނީ މާބޮޑަށެވެ. ކައިރީގައި އިން ޝަހާނާ އިނީ ފަހަރަކު މީހެއްގެ މޫނަށް ބަލާލަ ބަލާލައެވެ.

“މީހެއްގެ އަންބަކަށް އެމަންޖެވީ ކިހިނެއް؟….. ކާކު އޭނައަށް ވަލީ………………” ޖުމްލަ ފުރިހަމަނުކޮށް ފަޒްނާއަށް އިސްޖަހާލެވުނީ އަމިއްލައަށް ކުރެވެން އުޅުނު ސުވާލުގެ ޖަވާބު ގާތްގަނޑަކަށް އޭނާއަށް ހީވުމުންނެވެ.

“ދައްތާ… މާޝް ކައިވެނިކުރި ގޮތެއް މަށަކަށް ކިޔައެއް ނުދޭ……… ބުނީ ކައިވެނިކުރި ވާހަކަ…. ކުރަންޖެހުނީ މަރަށް އަރާ އޮތް މީހެއްގެ އެންމެ ފަހު އެދުމެއް އެމީހާގެ ބޮލާލާ ޖަހަން ނުކެރިގެން…. ދައްތަމެން ކައިރީގައި ބުނަން އޭނައަށް ނުކެރުނީ… ޖެހިލުންވީ…އެކަމު މިފަހުން އެގެއިން އަހަރެން އެދެމީހުންގެ ސެޓްފިކެޓް ދެކުނިން… މަށަށް އެނގެނީ މަ އޭނައަށް ވަރަށްބޮޑަށް އިތުބާރުކުރަން ކަން…. އެރޭ މާޝް މަސައްކަތްކުރީ ދައްތައަށް ހުރިހާ އެއްޗެއް ކިޔާދިނުމަށް…..އެންމެ ފަހަރަކުވެސް ދައްތައަށް އޭނަ ކިޔަން އުޅުނު އެއްޗެއް އަޑެއް ނޭހުނު” އެޜޭ މަތިން ފަޒްނާ ކުއްލިއަކަށް ހަނދާންވެެއްޖެއެވެ. ފަޒްނާ ކައިރީގައި ވާހަކައެއް ބުނަން އެރޭ އަލްމާޝް ވަރަށް މަސައްކަތް ކުރިއެވެ. އަޑުއަހަން ފަޒްނާ ބޭނުންނުވީއެވެ.

“އަފޫ ތިބުނީ ތެދެއްހެން މިހާރު ދައްތައަށް ހީވެއްޖެ.. އެރޭ އެމަންޖެ ދައްތަ ކައިރީގައި ވާހަކައެއް ބުނަން ވަރަށް އުޅުނު… އޭނައަށް އެފުރުސަތު ދައްތަ ނުދިނީ… ބޭރަށްނެރެ އެއްލާލީ ވަރަށް އިހާނެތިކޮށް…އެހާލުގަ އެމަންޖެ ބަނޑަށް މޭޒުގެ ކަންވަދެ ތިރިއަށް ވެއްޓުނު އިރުވެސް ދައްތާ އަޅާވެސްނުލަން………މާތް ކަލާކޯ…މަށަކީ ކޮންފަދަ ނުބައި މީހެއް….މި ދެއަތުން އެދަރި ތަރުބިއްޔަތުކުރީ…އެކަމަކު މިއަދު އަހަރެންގެ ހުދު އަހަރެން އަމިއްލަ ނަފްސަށް ހަޖޫ ޖެހުނީ…މާތްކަލާކޯ….. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ފަޒްނާއަށް ރޮވުނެވެ.

“ދެން އަޅާނުލާ ދައްތާ…..ވީކަމެއްވީނު… އަހަރެންހުރީ ދައްތައަށް އެވާހަކަތައް ކިޔާދޭން…ނަސީބުދެރަކަމުން އަހަރެންނާއި ބައްދަލްނުވެ ދައްތަ ފުރައިގެން އައީ” އަލްމާޝްއާއި ޝަހާނާއާއި ފަޒްނާގެ ކައިރިއަށް ޖެހިލާ އެއަތުގައި ހިފާލިއެވެ.

ހަމަރަނގަޅަށްތަ ތިބުނީ….އަލްމާޝްވީ ރާއްޖޭންބޭރުގަތަ…. ނޫނީ ދައްތައަށް އަދިވެސް ސިއްރު ކުރަނީތަ؟؟” މިފަހަރު ފަޒްނާގެ ލޮލުން ފޭބި ކަރުނަތަށް ފޮހެލަދިނީ ޝަހާނާއެވެ.

“އަހަރެން ދުވަހަކުވެސް ދައްތައަށް ދޮގެއް ނުހަދަން…އަދި ނުވެސް ހަދާނަން…މާޝް މިވަގުތުވީ ބޭރުގަ…އޭނަ ފިރމިހާއާއި އެކު”

“އެއީ ތެދެއް ދައްތާ… މާޝް ވީ ބޭރުގަ… މަށާ މާޝްއާއި ދިމާވީ ވެސް މާޝް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮށްވާ..” ޝަހާނާވެސް ފަޒްނާއަށް ޔަގީން ކަން ދިނެވެ.

“ތިހުރިހާ ކަމެއް ދައްތައަށް ކުރިން ވިސްނުނުނަމަ ކިހާ ރަނގަޅު… އެމަންޖެ ދެކިލާ ހިތުން ލަގޮނޑި ފަޅައިގެންދާވަރުވޭ” އަނެއްކާވެސް ފަޒްނާ އަށް ރޮވިއްޖެއެވެ.

“ދެން ނުރޮއި ދައްތާ… މާޝްގެ ހާލު ރަނގަޅު… އަދި ނުއެއްވިހާ… އެނގޭތަ ދައްތާ މާޝްގެ ހާލު ވަރަށްބޮޑުވިކަން… އަބަދު ނިންދަވާފަ ބާއްވަނީ… ހޭލެވުމާއެކު ގޮވާލަނީ މަންމާއޭ ކިޔާފަ…މަށާ އަންޖޫ ނެތްނަމަ މިއަދު ދައްތަގެ ދަރިފުޅު އޮންނާނީ ބިމު އަޑީގަ”  އަފާފް ފަޒްނާ ކައިރީ އިށީނދެއިނދެ ވަރަށް މަޑުން ވާހަކަދައްކަމުން ދިޔައެވެ.

“ކީކޭ؟؟؟ އަންޖޫއޭ…. އަންޖޫ މަގުމަތިން ދިމާވެގެން ބުނީ އެމަންޖެ ވީތަނެއް ނޭނގެއޭ….ކީއްވެތަ އަންޖޫ ދައްތައަށް ދޮގު ހެދީ”

“ތިއެއް ނޭނގެ ދައްތާ…ވެދާނެ ދައްތަ ކަންތައްކުރި ގޮތުން އަންޖޫވެސް ހިތްހަމަނުޖެހުނީކަމަށް…އެނގެއެއްނު އޭނަވެސް ކިހާ ލޯބިވޭ މާޝްދެކެ… މާޝް ގޮވަިއގެން އެމެޖެންސީކޮށް މާލެއައީ ވެސް އަންޖޫއާއި ދިފްރާންއާ ދެމީހުން”

“ދަރިފުޅާ….މަންމައަށް މާފްކުރޭ….ދުނިޔޭގެ ހުރިހާ އެއްޗަކަށްވުރެ ބޮޑަށް މަންމަ ދަރިފުޅު ބޭނުން… އާދޭ މަންމަ ކައިރިއަށް” ފަޒްނާ ރޮވޭގޮތްވިއެވެ.

“ދައްތާ…. މާޝް ގުޅައިފިއްޔާ އަހަރެމެން ހުރިހާ ވާހަކައެއް ކިޔާދޭނަން…. ދެންދަނީ… ނަމާދުވަގުތު ވެސް ފާއިތުވެ ދިޔައީ… ވާރޭ ވެސް ހުއްޓީދޯ… އެހެންފަހަރަކުން މިގެއަށް އަންނާނަން” އެދެމީހުން ދޮރުން ނިކުންނަންދެން ފަޒްނާ ބަލަން ހުއްޓެވެ.

ކޮފީ ބޮއެފަ ހުރި ތަށިަތއް ނަގާ މޭޒުމަތި ސާފުކުރުމަށްފަހު މަނިކުއަށް ނުފެންނާނެހެން ބުރުގަލުން ދެލޯ ފޮހެމުން ކޮޓަރިއަށް ވަން ފަޒްނާ އަވަސްއަވަހަށް ދޮރު ލައްޕާލިއެވެ. ފަޒްނާއަށް ނޭނގުނީ މަނިކު ވެސް އިނީ ފަޒްނާ އިން ހާލުގައި ކަމެވެ.

ގޮނޑީގެ އެއްފަރާތުގައި ނޫސްގަނޑު ބާއްވާލަމުން މަނިކު ޖެހިލީ ޓީވީ ކައިރީގައި ބަހައްޓާފައިހުރި އަލްމާޝްގެ ފޮޓޯ ފްރޭމް ކައިރިއަށެވެ.

“ދަރިފުޅާއެވެ. ބައްޕަ މިދުނިޔޭން އެންމެ ލޯބިވަނީ ދަރިފުޅުދެކެ…. މި ދުނިޔޭން ބައްޕައަށް ދަރިއެއްގެ އިހުސާސްކޮށްދިނީ އެކަނި ދަރިފުޅު… ތީ ބައްޕަގެ ދެލޮލު ދެ ނޫރު….އެންމެ ފަހަރަކުވެސް ދަރިފުޅު ބައްޕައާއި ބައްދަލުކޮށްފަ ތިހުރިހާ ވާހަކައެއް ކިޔާދިންނަމަ….ދަރިފުޅު ކޮންމެ އެއްޗެކޭ ކިޔަސް ބައްޕަ އަޑުއަހާނަން… ކިތަންމެ ވަރަކަށް ދަރިފުޅު ވާހަކަ ދެއްކިއަސް ބައްޕަ ފޫއްސެއް ނެތި އަޑުއަހާނަން….އެކަން ދަރިފުޅަށް ވަރަށް ރަނގަޅަށް އެނގޭނެވެސްމެ…..ދަރިފުޅާއެވެ… ދަރިފުޅު ހުރީ ރާއްޖޭން ބޭރުގައޭ ބުންޏަސް ބައްޕަ ދާންވީ ކޮން ގައުުމަކަށް ހެއްޔެވެ؟؟؟ބައްޕައަށް މާފްކޮށްފަ އަލުން ބައްޕަ ކައިރިއަށް އަންނާށެވެ…ދަރިފުޅުދެކެ ބައްޕަ ވަރަށް ބޮޑަށް ލޯބިވަމެވެ… މިއަދު ދަރިފުޅާ މެދު ބައްޕަ ވަރަށް ބޮޑަށް ފަހްރުވެރިވަމެވެ…ދެން އަމުދުން ދަރިފުޅާ ނުލާ ބައްޕަ އުޅޭނީ ކިހިނެއްހެއްޔެވެ؟؟ ބައްޕަގެ ކާފަ ދަރިފުޅު އުރާލަން ބައްޕަވެސް ބޭނުމެވެ……” މަނިކު އަތުގައިވާ އަލްމާޝްގެ ފޮޓޯ ވެސް ރަނގަޅަށް ނުފެނެއެވެ. އެދެލޮލުން ފައިބާ ކަރުނަތަށް ފްރޭމްގެ ލޯގަނޑު މައްޗަށް ފައިބާފައިވީއިރު އެހުރިހާ ވާހަކަތަކެއްވީ މަނިކުގެ ހިތުގައެވެ. ތުންފިއްތާލައިގެން ހުރިއިރު އެދެފައިގަވެސް ކުޑަ ތުރުތުރުލުމެއް ހުއްޓެވެ. ކައިރީގައި ހުއްޓި ހުރި ފަޒްނާއަށް މަނިކު ރޯތަން ފެނުމުން ބަޑި ފަޅައިގެންދިޔައެވެ. މަނިކު އައިސް ކުރިން އިން ގޮނޑީގައި އިށީނުމައެކު ފަޒްނާވެސް މަނިކު ކައިރީގައި ތިރީގައި އިށީދެ އެދެފައިގާ ބޯއަޅާލިއިރު އެކަކޫމަތި ތެންމަމުންދިޔައީ ފަޒްނާގެ ހޫނު ކަރުނަތަކުންނެވެ. މަނިކުއަށްވެސް މާބޮޑަށް ރޮވި ފަޒްނާގެ ބޮލުގައި މަނިކުގެ ބޯ އަޅާލިއެވެ.

އުޑު މެދުގައިވާ ފުރިހަމަ ހަނދަށް ކަޅިހުއްޓާލައިގެން އަލްމާޝް އޮތްއިރު އެތޫނު ދެލޯ ކުޑަވަގުތު ކޮޅަކަށްވެސް ހަނދާ ވަކި ނުވެއެވެ. ދެފައި ދަމާލައިގެން ދިގު ގޮނޑީގައި ކުޑަ ގޮތަކަށް އޮށޯވެލައިގެން އޮތްއިރު އަލްމާޝްއަށް ވެސް ނޭނގި އެދެލޮލުގެ އަރިމަތިން ފޭބި ކަރުނަތިކި ފޮހެލަދިނީ އެވަގުތު ފެންފުޅިއެއް ހިފައިގެން ޓެރަސްއަށް އެރި ނިމާންއެެވެ.

“އަނެއްކާ ކިހިނެއްވީ… ތަދުވަނީތަ މާބޮޑަށް”… ނިމާން ކަންބޮޑުވީ އަލްމާޝްގެ ބަނޑަށް ދުވަސްވެފައި ވުމާއެކު އިރުއިރު ކޮޅުން ތަދުވެޔޭ ބުނާތީއެވެ.

“ނޭނގެ މިރޭ މަންމައާއި ބައްޕަ ވަރަށް ބޮޑަށް މިސްވޭ އެބަ… ނޭނގެ ކީއްވެ ކަމެއް….އަނެއްކާ އެމީހުން ރަނގަޅުބާ…..” ހަގީގަތުގަވެސް އަލްމާޝް އެމީހުން މަތިން އާދަޔާހިލާފަށް ހަނދާންވަނީއެވެ. އަދި މިރޭ ސަމަދު އެގެއަށް އައިއްސަ ދިޔަ ފަހުން މާބޮޑަށް ހަނދާންވަނީއެވެ.

ހެހެހެ…. އެވަރު ކަމަކާތަ…. ޑޯންޓް ވޮރީ… އެމީހުންގެ ހާލު ރަނގަޅު…. ކުޑަކޮށް ދަރިފުޅު މަތިން ހަނދާންވާތީ މިރޭ އުޅެނީ” ނިމާން ބުނި އެއްޗަކުން އަލްމާޝް ދެލޯ ބޮޑުކޮށްލަމުން ބަލާލީ ނިމާންއަށެވެ. އަލްމާޝް ކައިރިއަށް ޓެރަސްއަށް އައުމުގެ ކުރިން ނިމާންހުރީ މަނިކުއަށް ގުޅައިގެން ފޯނުން ވާހަކަދައްކާށެވެ.. ހުރިހާ ވާހަކައެއްވެސް މަނިކު ނިމާންއަށް ކިޔާ ދިނީއެވެ… ނިމާންގެ ހިތަށް ލިބިގެންދިޔަ އުފާވެރިކަން އެހިނދު ބުނާކަށްވެސް ނޭނގެއެވެ….ނިމާން ހަނދާންވި މެލޭޝިޔާއަށް އެމީީހުން އައި ފަހުން އެއްރޭ ފަޒްނާ ގުޅަިއގެން ނިމާންއާ އަލްމާޝްއާއި ބެހޭ ގޮތުން އެތައް ސުވާލެއް ކުރި ހަނދާނެވެ. ފަޒްނާ ހުއްޓާލީ ނިމާންގެ އަންހެނުންނަށް ކިޔާ ނަން ތަކުރާރުކޮށް އެހުމުން ނިމާން ޖަވާބުގައި ޝޯނާއޭ ބުނުމުންނެވެ. ފަޒްނާއަށް ދޮގު ހެދުމަކީ ނިމާން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. އެދުވަހަކުން ދޮގެއް ހަދާނީވެސް އެމީހުންނަށްޓަކައެވެ… ނުވަތަ އަލްމާޝްއަށްޓަކައެވެ. ރާއްޖެ އަނބުރާ ދެވުމުން ނިމާން ވަޒީފާ ނޫން ދެންމެ އިސްކަމެއް ދީގެން ކުރާނީ އަލްމާޝްއަށް އޭނާގެ މައިންބަފައިން އެއްތަން ކުރުމުގެ މަސައްކަތެވެ.

“މާން އަނެއްކާ ކާކުމަތިން މިސްވަނީ….” ނިމާންގެ ލޮލުގެ ކުރިމަތީގައި ފުށްޓައްކެއް ޖަހާލަމުން އަލްމާޝް އަހާލިއެވެ.

“ޝޯނާވެސް މަންމަމެން މަތިން ހަނދާންކުރާތީ އަހަރެންވެސް ކުޑަކޮށް ވިސްނާލީ އެމީޙުން މަތިން…. މާލެ ގޮށްސަ ޝޯނާ ކައިރިއަށް އެމީހުން ގެނެސްދޭނަން އެނގޭ” އަލްމާޝްގެ ކޮލުގައި ކުޑަކޮށް ހިފާލަމުން ނިމާން ބުނެލިއެވެ.

“ބޭބޭ…. މަންމަ ގޮވާ…..” ކައިރީގައި ހުރި ގޮނޑިމަތީގައި ފުރުޓް ތައްޓެއް ބަހައްޓާލަމުން މޯނާ ދިޔައީ އަލްމާޝް ކައިރީގައި އެތަށި ހުސްކުރުމަށް ބުނުމަށްފަހުއެވެ. ނިމާންވެސް މިއަންނަނީއޭ ކިޔާ ތިރިއަށް ދިޔައީ އަލްމާޝްއަށް ތެދުވަން ނުޖެހޭގޮތަށް ފެންފުޅިވެސް ކައިރިކޮށްލަދީފައެވެ. ފުރުޓްކާން ފެށުމުގެ ކުރިން އަލްމާޝް އަނގައިގެ ތެރޭގައި އޮތް ބޫމާގަނޑު އެއްލާލަން ޓީޝޫއެއް ހިފައިގެން ތެދުވެލީ ތަންކޮޅެއް ދުރުގައިހުރި ޑަސްޓްބިން ކައިރިއަށް ދިއުމަށެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ އުނަގަނޑާއެކު ބަނޑަށް ކުއްލި ތަދެއް އެރުމުން ކުޑަކޮށް މަޑުޖެހިލީ ތަދު މައިތިރިވަންދެންނެވެ. އިރުކޮޅަކުން އަނެއްކާވެސް ތަދެއް އެރީ އެހިސާބަށް ނުދެވެނިސްއެވެ. އޭރު އަލްމާޝް މޫނުމަތިން ދާހިއްލާލާ ނޭވާ ހުރީ އަވަސްވެފައެވެ.ތިންވަނަ ތަދާއެކު އަލްމާޝްއަށް ރޮއެ ގަނެވުމާއެކު މަންމާއޭ ކިޔާ ގޮވާލިއަޑު ޓެރަސްއަށް އެރުމަށްޓަކައި ސިޑީގެ މެދުގައި ހުރި ނިމާންގެ ކަންފަތުގައި ޖެހުމާއެކު ދެފަޔަށް ލެވުނުހާ ބާރެއްލާފާ ދުއްވާއިގަނެވުނީ އަތުގައި އޮތް މޯބައިލް ފޯނަށްވެސް ބަލާނުލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހިޖުރަ (ސޯޅަވަނަ ބައި)

Next

ދުޢާ 2ވަނަ ބައި..

Next
August 20, 2015

ދުޢާ 2ވަނަ ބައި..

Previews
August 19, 2015

ހިޖުރަ (ސޯޅަވަނަ ބައި)

10 Comments!

  1. Ushaali says:
    August 20, 2015 at 7:22 am

    sorry everyone… maa bodah lasvee vahakaliyan vaguthu nulibeythee.. shift duty kuraathyve…aslu konme faharaku vahaka liyefa up kuranvyma lasvany… mifaharu ulhuny vahaka ehkoh liye ninmaafa up kuran.. ekamu maa bodah las vaanethee liyevunu varah up kolla dhine mi… once again um really very sorry…:-(

  2. fath says:
    August 20, 2015 at 7:57 am

    vvvvv reethi. tnx. pls next part avahah up kohdheythi

  3. maahy says:
    August 20, 2015 at 8:10 am

    v lwbi waiting for next part:):):)

  4. nukko says:
    August 20, 2015 at 8:55 am

    V v reethi… aneh part avahah up kohdheythi pleexe

  5. Anonymous says:
    August 20, 2015 at 9:26 am

    Dhivehi bas beynun kureven edhen.. Reethi dhivehi bas beynun kureven ohvaa thiya beynun kurany faranjee bas..

  6. EMILIYA says:
    August 20, 2015 at 1:29 pm

    NICE HE IS CALLING HER PARENTS RIGHT I MEAN ALMAASHS

  7. Meekail says:
    August 20, 2015 at 1:34 pm

    Varah reethi mi vaahaka. Unmeedhu kuran vrh avahah up kuraane kamah.. kn irakun tha next part up kuranee

  8. Princess Noddy says:
    August 20, 2015 at 9:47 pm

    Awesome…. alhe next part avahah up kohla dhehcheyy plz plz… can’t wait to read next part.

  9. nukko says:
    August 21, 2015 at 12:20 pm

    Kn irakun nxt part..? Waiting waiting for the next part…. plx up kohdhyy. Keitherikan kolhun lanee mihaaru… 😛 😉 🙂 😛

    1. lily says:
      August 23, 2015 at 8:41 am

      nukko haada keitherikan kudaey dhw????

Comments are closed.

Next Episodeއަލްމާޝް 12←


All Right Reserved!