Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 12

Ushaali Level 810 Stories100 Comments100 Stories500 Comments
August 22, 2015 6 Mins Read
19 Comments

ކައިރީގައި ހުރި ގޮނޑިމަތީގައި ފުރުޓް ތައްޓެއް ބަހައްޓާލަމުން މޯނާ ދިޔައީ އަލްމާޝް ކައިރީގައި އެތަށި ހުސްކުރުމަށް ބުނުމަށްފަހުއެވެ. ނިމާންވެސް މިއަންނަނީއޭ ކިޔާ ތިރިއަށް ދިޔައީ އަލްމާޝްއަށް ތެދުވަން ނުޖެހޭގޮތަށް ފެންފުޅިވެސް ކައިރިކޮށްލަދީފައެވެ. ފުރުޓްކާން ފެށުމުގެ ކުރިން އަލްމާޝް އަނގައިގެ ތެރޭގައި އޮތް ބޫމާގަނޑު އެއްލާލަން ޓީޝޫއެއް ހިފައިގެން ތެދުވެލީ ތަންކޮޅެއް ދުރުގައިހުރި ޑަސްޓްބިން ކައިރިއަށް ދިއުމަށެވެ. ތަންކޮޅަކަށް ހިނގައިގަތްތަނާ އުނަގަނޑާއެކު ބަނޑަށް ކުއްލި ތަދެއް އެރުމުން ކުޑަކޮށް މަޑުޖެހިލީ ތަދު މައިތިރިވަންދެންނެވެ. އިރުކޮޅަކުން އަނެއްކާވެސް ތަދެއް އެރީ އެހިސާބަށް ނުދެވެނިސްއެވެ. އޭރު އަލްމާޝް މޫނުމަތިން ދާހިއްލާލާ ނޭވާ ހުރީ އަވަސްވެފައެވެ.ތިންވަނަ ތަދާއެކު އަލްމާޝްއަށް ރޮއެ ގަނެވުމާއެކު މަންމާއޭ ކިޔާ ގޮވާލިއަޑު ޓެރަސްއަށް އެރުމަށްޓަކައި ސިޑީގެ މެދުގައި ހުރި ނިމާންގެ ކަންފަތުގައި ޖެހުމާއެކު ދެފަޔަށް ލެވުނުހާ ބާރެއްލާފާ ދުއްވާއިގަނެވުނީ އަތުގައި އޮތް މޯބައިލް ފޯނަށްވެސް ބަލާނުލައެވެ. ހެދުން ހިއްކާ ހަރުގަނޑުގައި ހިފަހައްޓާލައިގެން އެއްއަތުން ދަށްބަނޑުގައި ހިފަހައްޓާލައިގެން ގުދަށްކަހަލަ ގޮތަކަށްއޮތް އަލްމާޝް އަށް ކުޑަކަމުދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. ނިމާންގޮސް އަލްމާޝް ގައިގާ ހިފަހައްޓާލިއިރު އެމޫނުމަތިން ފެންނަންހުރި ކުލަލަވަރުން އަޑަށްބާރުލާ މަންމައަށް ގޮވާލިއެވެ.

ލޭބަރ ރޫމް ކުރިމަތީގައި ނިމާން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ދުރުގައި ގޮނޑިއެއްގައި އިން ނިމާންގެ މަންމަ އިނީ ނިމާންގެ ހަރާކާތްތަކަށް ވަރަށް ފަރުވާވެ ބަލަހައްޓައިގެންނެވެ. އެތުންފަތަށް ހިނިތުންވުމެއްވެރިވީ އޭނާގެ ލޯބިވާ ދަރިފުޅު ބައްޕައަކަށްވަނީއޭ ހިތަށްއެރުމުންނެވެ. އަލްމާޝް ލޯބިލޯބި އަންހެންކުއްޖަކު ވިހޭ ހަބަރު ނަރުސް ކުއްޖަކު ދިން ގަޑީގައި ވީ އުފަލުން ނިމާންއަށް އެކުއްޖާ ގައިގަވެސް ބައްދާނުގަނެވުނީ ކިރިޔާއެވެ. ފަނަރަަވަރަކަށް މިނިޓްފަހުން ދަރިފުޅު ނިމާންގެ އަތަށް އެރުމާއެކު އެދެލޯ ފުރިގެންއައީ ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ދަރިފުޅުގެ މަޑުމަޑު އަތްތިލައިގާ ނިމާންގެ ތުންފަތް ޖައްސާލުމުން ތެޅިގަނެފާ ދެލޯ ހުޅުވާލާ ނިމާންއަށް ބަލާލިއެވެ. ހީވީ އުރާލައިގެން ހުރީ ބައްޕަކަން އެނގުނީހެންނެވެ. ހެއްދެވި ފަރާތަށް ޝުކުރުކޮށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔައީ ލޯބިވާ ޝޯނާ ދެލޮލަށް ފެންނާނެ ވަގުތަކަށެވެ.

“ވާއު….ހީވަނީ ކުޑަކުޑަ ޝޯނާއެއްހެން…. ބަލާބަލަ…. ތިމޫނާ ހަމަ އެއްވެސް ތަފާތެއް ނެތް” ވަރުބަލިކަމާއެކު އެނދުގައި އޮތް އަލްމާޝްގެ އެއްފަރާތުގައި އޮތް ކުޑަ ދަރިފުޅު ކޮލުގައި ކޮށްޓާލުމުން ކުރުގެޅިލާފައި އަލްމާޝްއާއި ވަރަށް ގާތަށް ވަންނަން މަސައްކަތްކުރާ ކަހަލަ ގޮތަކަށް އެދަރިފުޅު މޫނު އަނބުރާލިއެވެ.

“ސާބަސް މާން…. މިހާ ކުޑައިރު ވައްތަރު ކިޔާކަށް ނޭނގޭނެ…. މަށަށް ވައްތަރީ މާންއާ…” ކައިރީގައި ހުރި ކުޑައެނދުގައި ދަރިފުޅު ބާއްވާލީ ނިމާންގެ ދެއަތުންނެވެ.

“ކޮބާ….ބަނޑު….ތަދުވިތަ ދޫނީ….” އަލްމާޝްގެ އެއްކޮށް ހިނދިފައިވާ ބަނޑުގައި ނިމާން ފިރުމާލަމުން އައިވީ ގުޅާލައިފާ އޮތް އެއަތް ހިއްލާލާ ނިމާންގެ އަތުގެ ތެރެއަށް ލިއެވެ.

“ހޫމް….ވަރަށް ވަރަށް ތަދުވި… އެކަމު ބޭބީ ނެގުމުން އެއްކޮށް ތަދު ކެނޑިއްޖެ… ދެން ނުވާނެ އެނގޭ މާން……” އަލްމާޝްގެ ކުރަކި ވެފައިވާ އަޑުން އެހެން ބުނުމުން ނިމާން ކައިރިއަށް ވަރަށް ހިނިއައެވެ.

“އޯކޭ…. އެކަމު މަށަށް ހާދަ ދިގު އިންތިޒާރެކޭދޯ ކުރަން މިޖެހުނީ…. މިހާރު މާބޮޑަށް ޝޯނާއާއި ކައިރިވެލަން ބޭނުން…. ބަނޑެއްވެސް ނެތެއްނު…މިހާރު މާސަޅިވާނެ” ނިމާންގެ ވާހަކަތަކުން އަލްމާޝް ލަދުގަނެފާ މޫނު އަނބުރާލިތަން ފެނުމުން ނިމާން ހީލަމުން އެއަތުގެ މުލަށްދަނޑީގައި ތުންފަތް ޖައްސާލިއެވެ.

ދުވަސްތައް މާޒީގެ ސޮފްހާތަކާ އެކުވަމުން ގޮސް އެއްމަސް ދުވަސް ފާއިތުވީ ވަރަށްވެސް އަވަހަށެވެ. ވަގުތަކީ ވަރަށް ހެނދުނުގެ ވަގުތެކެވެ. ނާފް ކޮލެޖަށް ދިއުމުގެ ކުރިން ސައި ހެދުމަށްޓަކައި އަފާފް ވަރަށް އަވަދިނެތި އަތް ހަރާކާތްކުރަމުން ދެއެވެ. ޒިންކު ކައިރީގައި އެއްޗެއް ދޮންނަން މޫމިނާ ވެސް ހުއްޓެވެ.

“ދަރިފުޅާ… މިހާރު އަލްމާޝްގެ ކުޑަމަންޖެ ރަނގަޅުތަ؟؟؟ ދަރިފުޅު ފޯނުން އެފޮޓޯ ފެނުނީމަ ވަރަށް ދެކިލާހިއްވެއްޖެ” މޫމިނާ ވާހަކަދެއްކުމުން މަސްހުނިގަނޑު މޮޑެންހުރި އަފާފް އެނބުރި މޫމިނާއަށް ބަލާލިއެވެ.

“އާނ މާމާ…. މާލް އަށް ރީނދޫ ހުން ޖެހިގެން މާޝް ހުއްޓޭ ރޯލާފަ… އެކަމު މިހާރު އެއްކޮށް ރަނގަޅު… މިރޭ ދަންވަރު ފްލައިޓުން އަންނާނެ… މާދަމާ މާމަވެސް ވާނެ އެގެއަށް ދާން” ސައި ތައްޔާރުކޮށް ނިންމާ މޭޒުމަތި ރެޑީކޮށްލަމުން އަފާފް ޖައްސާލީ މޭޒު ކައިރީހުރި ގޮނޑިއެއްގައެވެ.

“އަލްހަމްދުލިއްލާހި….. ރޭގަ ފަޒްނާ މަގުމަތިން ދިމާވެގެން ވަރަށް ރޮއެރޮއެފަ ދިޔައީ… މާމަ ބުނިން އަންހެންކުއްޖަކު ވިހައިފިއޭ…. ދެމައިންގެ ހާލުވެސް ވަރަށް ރަނގަޅޭ” މޫމިނާ ވާހަކަދައްކަމުން ދިޔައިރު އަފާފް ބޮލުގައި ހިފަހައްޓާލައިގެން އިންތަން ފެނުމުން ކައިރިއަށް ޖެހިލާ ބޮލުގައި ފިރުމާލިއެވެ.

“ނޭނގެ މާމާ…. ހޭލިއްސުރެވެސް ބޯ އަނބުރަނީ…. ރޭގަ ދެފަހަރަކު ހޮޑުވެސް ލެވުނު ދަންވަރު ގަޑީގަ…. ދިފޫ ބުނި ޑޮކްޓަރަށް ދައްކަން ދާން… އެކަމު ފާޑުފާޑުގެ ބޭސް ކާހިތެއްނުވޭ މާމާ” އަފާފް މޫމިނާގެ މޫނަށް ބަލާލަމުން ބުންޏެވެ.

“މާމައަށް ހީވަނީ ދަރިފުޅު ބަލިވެ އިނީހެން… ދަރިފުޅާމެދު މާމައަށް ޝައްކުވާތާ ހަފްތާއެއް ވަރުވެއްޖެ. ކުރީދުވަހު ދަރިފުޅު ފިހާރައަށްގޮސް ވީގަޑީގަ މިއުޅޭ ޝަހާނާވެސް މިގެއަށް އައުމުން މާމަ ބުނިން އަނެއްކާ ބަލިވެއިނީހޭ ހާދަ ފާޑަކަށޭ މިހާރު ތިހުންނަނީ… ދަރިފުޅުމެން އެކަހަލަ ވާހަކައެއް ނުދައްކާތީ މާމަވެސް އަޅާނުލާ ހުންނަނީ”

“ބަލިވެ އިނީއޭ އަހަރެން… އަސްލުތަ މާމާ… އަހަރެން މަންމައަކަށް ވަނީތަ… އަވަހަށް ޓެސްޓް ހަދަންވީދޯ”

“އާނ….މަށަށްވެސް ފެންނަނީ ޓެސްޓް ހަދަން… ހަކުރު ޓެސްޓްކޮށްލުން އަދި އެއީ މައްސަލައެއް ނޫނެއްނު…މާމަ ބޭސް ނުކާތީއޭ މައްސަލައަކީ….މާމަގޮތަށް ބޭސްނުކާން މި އަފޫވެސް އުޅެނީ” ގަމީހުގެ އަތްކުރި އޮޅަމުން ކޮޓަރިން ނިކުތް ދިފްރާން ގޮނޑީގައި އިށީންނުމުން ފަހަތުން ނާފްވެސް އައިސް އިށީނެވެ. ދިފްރާން އެހެން ބުނުމުން މޫމިނާއާއި އަފާފް އެކަކު އަނެކަކަށް ބަލާލަމުން ހީގަތެވެ،

“ކިހިނެއްވީ… މަށަށް ޖޯކެއްތަ މިބުނެވުނީ….މާމަވެސް އަދި އެބަ ހެއެއްނު” ރޮށިކޮޅެއް އަނގައަށް ލަމުން ދިފްރާން ބުންޏެވެ.

“ތިބުނީނު މާމަގެއޭ ޓެސްޓް ހަދަންވީ…. މާމަ ނޫޅެން ޓެސްޓް ހަދަން… މިއުޅެނީ………” މޫމިނާ އަފާފްއަށް ބަލާލުމުން ބޮލުގެ އިޝާރާތުން ނުބުނާށޭ ބުނިތަން ދިފްރާންއަށް ފެނުނުހެން ހީވުމުން އަނގައަށް ގޮތެއް ހަދާލިއެވެ.

“މާމައާއި ދެމީހުންގެ ހާދަ ސީކްރެޓް ގިނައޭދޯ…. މަށަށްވެސް އެނގޭ އަފޫއަށް ނޭނގޭ ސިއްރެއް” ދިފްރާން ގަދަވެލާފާ ބުނި އެއްޗަކުން އަފާފް ވަރަށް އެސިއްރު އަޑުއަހާލާހިއްވިއެވެ.

“ބުނެބާ… އޭރުން މަވެސް ބުނާނަން ސިއްރެއް” އަފާފް ދިފްރާންގެ އަތުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ.

“ޝަހާނާ ޕްރެގް….. ރޭގަ މާމަ ބޭސްސިޓިއަށް ބޭސް ނަގަން އޭޑީކޭއަށް ގޮސް އުޅެނިކޮށް ޖިނާންއާއި ދިމާވެގެން ބުނީ… ޖިނާންގެ ކޮލު ދަތްވެސް ހުރީ ފެންނަން” ދިފްރާން ކަމުން ވާހަކަދެއްކިއެވެ.

“މާމަ ހާދަ ސީދަލޭ ދޯ…. މާމައަށް ކިހިނެއް އެނގުނީ” އަފާފްގެ ސުވާލު އަމާޒުވީ މޫމިނާއަށެވެ.

“މާމާމެންގެ ތަޖްރިބާ ހުންނާނެ ދޯ ދަރިފުޅާ… ދުނިޔޭގަ އުޅޭތާ ފަސްދޮޅަސް އަހަރުވެއްޖެ… ކަންތައްތައް ނޭނގުނިއްޔާ ދެން ކާކަށް ވަކި އެނގޭނީ” ހީލުމަށްފަހު މޫމިނާ ޓީވީ ކައިރީގައި އޮތް ބޭސްކޮތަޅު ހިފައިގެން ވަނީ ކޮޓަރިއަށެވެ.

އަނެއް ދުވަހު މެންދުރުފަހުވަގުތެވެ. ދިފްރާންގެ ސައިކަލު ފަހަތުގައި އިން އަފާފް ފޯނުން ވާހަކަދައްކަމުން ދަނީ ޝަހާނާއާއެވެ. މޫމިނާއާއި ނާފް މާކުރިން ޓެކްސީއެއްގައި ހަވޭލީއަށް ދިޔައީ އަފާފް އަލްމާޝްގެ ދަރިފުޅު މާޝަލްއަށް ފިހާރައަކުން އެއްޗެއް ގަނެގެން ދާންވުމުންނެވެ.

“ހާދަ ގޯހޭ… މަށަށް ވުރެ ކުރިން މާލްބޭބީ ޝަހާއަށް ފެނުނީދޯ…ދެން ތިގޭ ދޮރުހުޅުވަންވީނުން..މަމިހިރީ ދޮރުމަތީގަ” އަފާފް ވާހަކަދެއްކީ ޝަހާނާއާއެވެ.

އަލްމާޝް ފެނުމުން އަފާފްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ދިފްރާންގޮސް ނިމާންއާއި ސަލާމްކޮށްލަމުން މުމިނާގެ އުނގުގައި މޫމިނާގެ މޫނަށް ބަލަހައްޓައިގެން އޮތް ކުޑަކުޑަ މާޝަލްގެ ކޮލުގައި ކޮށްޓާލިއެވެ.

“މީ ހަމަ އަހަރެމެންގެ މާޝްތަ…. ހިއެއްނުވޭ ކުއްޖަކު ވިހާފަ ހުރިމީހެއްހެން ވެސް…. އެންމެ ކުރިންވެސް ހަމަ ހުރި ގޮތަކަށްނު ތިހިރީ…. އެކަމަކު ހާދަހާ ހިއްކޭ މާޝް…ބަނޑެއްވެސް ނެތްދޯ” އަފާފް އަލްމާޝްގެ ހަށިގަނޑަށް ބަލާލަމުން ކައިރީގައި ހުރި ގޮނޑިމަތީގައި އަތުގައި އޮތް ކޮތަޅު ބާއްވާލިއެވެ.

“މަވެސް މިކިޔަނީ ތިހެން…. މާޝް މިހާރު ވަރަށް ރީތިވެއްޖޭ..ދޯ މާމާ” ޝަހާނާވެސް ކައިރީގައި އިން މޫމިނާއަށް ދޯ އެއްލިއެވެ.

“ދެން ހެވޭ…މަށަށް އެސްފީނާ ޖެހިގެން ހިނގާ ނުލެވޭ ވަރަށް ފަލަވެދާނެ… އޭރުން މާން މަ ބާކީ ކޮށްލާނެ…” ދުރުގައިހުރި ކުޑަމޭޒެއް ކައިރީގައި ޖިނާންއަދި ދިފްރާންއާއި އެކު ކޮފީ ބޯންއިން ނިމާންއަށް ބަލާލަމުން ބުންޏެވެ. ނިމާންވެސް އިރުއިރުކޮޅުން އަލްމާޝްއަށް ބަލާލައެވެ.

 

“އަޅޭ ހާދަ ލޯތްބޭ…. ވަރަށް ކިއުޓް ފޭސްއެއް ދޯ ޝަހާ…. މާމާ ބަލާލަބަލަ…މާޝްގެ ވައަތުގަ… މާލްގެ ކަނާއަތުގަ ބޮޑު ކަޅުތިލައެއް…. މިބޭބީ ގެއްލިއްޖިއްޔާ ފަސޭހައިން ހޯދާލެވޭނެ ދޯ…. މަށަށް ވައްތަރީވެސް މާޝްއާ….” މާޝަލް އުރާލައިގެން ދެކޮޅަށް ހިނގަހިނގާ ހުރި އަފާފް އެމޫނަށް ބަލަހައްޓައިގެން ހުރެ އިރުއިރުކޮޅުން ތުންފަތުގައި ޖައްސާލައެވެ.

“އަދި ބޮޑުވާ ވަރަކަށް ބަދަލު އަންނާނެދޯ މާމާ…. ދެން ބުނެބަލަ ތިދެމީހުން ނޫޅެންތަ މިކަމާ… ދެން އަޅެ އުޅެބަލަ… އޭރުން އަހަރެމެން ތިން މީހުން އުޅޭ ގޮތަށް މިމީހުން އުޅެން ފަށާނެ” ސޯފާ ގޮނޑުމަތީގައި ހުރި ކުދި ހެދުންތައް ބަލަން އިން ޝަހާާނާގެ އަތުގައި ކޮށްޓާލަމުން އަލްމާޝް ބުންޏެވެ.

“މި މީހުން އަދި ނުބުނޭ ދޯ ދަރިފުޅު ގާތަކު.. ދެމީހުން ވެސް އިނީ ބަލިވެ… ރޭގަ މި އަފާފް އޮތީ ހޮސްޕިޓަލުގަ…ބަނޑބޮޑުކަން އެނގުނީ ރޭގަ” މޫމިނާގެ ވާހަކަތަކުން އަލްމާޝް އިރުކޮޅަކު އެދެމީހުންނަށް ބަލަ ހުރުމަށްފަހު ބާރަކަށް ދެމީހުންގެ ގައިގާ ބައްދާލިއެވެ.

ތިދެމީހުން ވަރަށް ގޯސް… ބަލާބަލަ ކުރި ކަންތައް… ޔަގީނޭ ދެމީހުން އެއްބަސް ވެގެން އެއްކޮށް ޕްރެގްވީ ކަން” އުނަގަނޑުގެ ދެފަރާތު އަރިމަތީގައި ދެއަތް ވިއްދާލައިގެންހުރެ އަލްމާޝް ބުނެލިއެވެ. އޭރު ނިދާލާފައި އޮތް މާޝަލް ގޮވައިގެން އަލްމާޝްގެ ކޮޓަރިއާއި ދިމާލަށް ދަނީއެވެ.

“އަސްލު އަނެއްހެން ޕްލޭން ކޮށްގެނެއްނޫން…އެކަމު މިގޮތަށް ދިމާވީ ހަމަ އިއްތިފާގުން… މަށާ ދިފޫއާ ވަކި އަނެއްހެން ބޭބީއަކަށް ޓްރައިއެއް ނުކުރަން. ދެން ނޭނގެ ޝަހާގެ ގޮތެއް” އަފާފް ގޮނޑީގައި އިށީންނަމުން ކުޝަންނަގާ އުނގުމަތީގައި ބާއްވާލިއެވެ. ސޯފާ ގޮނޑީގެ އެއްފަރާތުގައި ހެޑްސެޓް ކަންފަތަށް ޖަހާލައިގެން އިން ނާފް އިނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ.

“މީ ހަމަ ޖިނާ ބޭނުންވެގެން ކުރި ކަމެއް… ދެން އޯކޭއެއްނު… މިކަންވެސް ކޮންމެސް އެއްދުވަހަކުން ކުރަން އެބަޖެހޭ ވިއްޔާ” ޝަހާނާވެސް ބައިވެރިވެލިއެވެ.

“މަގޭ ހިތަށް މިއަރަނީ ދިފްރާންއަށް ހަމަ އެހާވަރުވެފަ ބާއޭ އޮތީ… މިބުނީ ކޮންޓްރޯލް ނުކުރެވުނީމަ…ބުނީމެއްނު ދިފްރާން ކޮންޓްރޯލް ކުރަން ވަރަށް މޮޅޭ” ވިސްނާނުލާ އަލްމާޝްއަށް މިހެން ބުނެވުނީ ތަންކޮޅެއް ބާރަށްކަމުން ދުރުގައި އިން ދިފްރާންއާއި ނިމާން އެއްކޮށް ބަލާލިއެވެ. އަލްމާޝްއާއި ނިމާންގެ ހަތަރުކަޅި ހަމަވުމާއެކު ނިމާންގެ އެއްތުންފަތަށް ވެރިވި ހިނިތުންވުން ފެނި ހަމަ ރަނގަޅަށްވެސް އަލްމާޝް ރަކިވިއެވެ. އެދޮން މޫނުމަތި ރަތްވެގެން ދިޔަތަން އަފާފްއާއި ޝަހާނާއަށް ފެނުމާއެކު އެއްފަހާރާކަހަލަ ގޮތަކަށް ހީލިއެވެ.

ގަޑިން ރޭގަނޑު އެގާރަ ޖަހަނީއެވެ. މާޝަލް އުނގަށްލައިގެން އިން އަލްމާޝް މަސައްކަތްކުރަމުން ދަނީ އެކުއްޖާ ބަނޑުހައި ހޫނުކަން ފިލުވާދިނުމަށެވެ.

“ނިދީތަ މަގޭ ޕްރިންސަސް…” ފާހާނާއިން ނިކުތް ނިމާންއަށް މާޝަލް އުރާލައިގެން ތެދުވި އަލްމާޝް ފެނުމުން އަހާލިއެވެ.

“ޝްޝްޝް…މާން ތަންކޮޅެއް މަޑުން…ބޭބީ ނިދާފަ” އަތުގެ އިޝާރާތުން ނިމާންއަށް މަޑުން ވާހަކަދެއްކުމަށް އަންގާލުމަށްފަހު ހިނގައިގަތެވެ.

“ގެނޭ މަގޭ އަތަށް…އެބަ އަންނަން ބޭބީ ބާއްވާފަ… ޝޯނާ މިތަން ތަރުތީބު ކޮށްލާ” ނިމާންގެ ކޮޓަރީތެރެއިން ވަދެވޭ ގޮތަށް ހަދާފައި ހުރި ކުޑަކޮޓަރިއަށް މާޝަލްގެ ބައެއް ސާމާނު ވައްދަން ހުރި އަލްމާޝް އަތްމަތި ވަރަށް އަވަސް އަރުވާލިއެވެ. މާޝަލް އެކޮޓަރިއަށް ނިންދަވަން ނުވައްދަނީ އަދި ތަންކޮޅެއް ކުޑަވީމައެވެ.

ސާބަސް ޝޯނާ… ކައިވެނިކޮށްގެން ދަރިއަކު ލިބުނީމަވެސް ކޯއްޗެއްތަ މަށަށް ފޮރުވަން ތިއުޅެނީ….. ކިހާ ދުވަހެއް ވަންދެން ތިހެން ފާހާނާއަށް ވަދެ ޗޭންޖް ކުރާނީ” އެނދުމަތީގައި އެއްއަތްމައްޗަށް އޮތް ނިމާންހުރީ އަލްމާޝްއަށް ބަލަހައްޓައިގެންނެވެ.

“އެއްކަލަ މާން…. އަބަދުވެސް އަހަރެން ލަދު ގަންނަ ކަހަލަ އެއްޗެއް ނޫނީ ނުކިޔާނެ… މައެބަ އުޅެންތަ ފާހާނާއަށް ވަންނަން” އަލަމާރި ކައިރީގައި ހުރެ މަޑުމަޑުން ހެދުން ބަދަލުކޮށްލުމަށްފަހު އަލްމާޝް ނިމާން ކައިރީގައި ޖައްސާލިއެވެ.

“ދެން ކިޔާބަލަ…ވަރަށް ހީވޭ ވާހަކައެއްދައްކަން އުޅޭހެން” މާޝަލްއަށް އުނދަގުވެދާނެތީ އޭސީގެ ފިނި މަޑުކޮށްލަމުން އަލްމާޝް އެނބުރުނީ ނިމާންއާއި ދިމާލަށެވެ.

ރޭގަ ވަރަށް ފާޑެއްގެ ހުވަފެނެއް ފެނުނީ… ޝޯނާ މާލް ގޮވައިގެން ގެއިން ނިކުންނަނީ… ވަރަށް ރުޅި އައިއްސަ ހުރީ އަހަރެންދެކެ… ހިފަހައްޓަން ވަރަށް އުޅުނިން… ދެން ނޭނގެ ފަހުން ވީގޮތެއް…” ނިމާންގެ އަތްދަނޑިމަތީގައި އޮތް އަލްމާޝްގެ މޫނު މައްޗަށް ވެއްޓިފައޮތް އިސްތަށިކޮޅު ކަންފަތް ކައިރީގައި އަޅުވާލަމުން ނިމާން ބުންޏެވެ.

“މާން މާބޮޑަށޭ އަހަރެމެންނާއި ދޭތެރެ ތިވިސްނަނީ… އިރާދަކުރެއްވިއްޔާ އެފަދަ ދުވަހެއް ނާންނާނެ…އެހެންނޫނަސް އެއްވެސް ކަމާކާނުލާ އަހަރެންމާންދެކެ ރުޅިއެއް ނާންނާނަން… މާނައަކީ ކުޑަކުޑަ ކަމަކާއި ދުވަހަކުވެސް ރުޅިއެއް ނާންނާނަން… މީހަކު މަގޭ ކައިރީ މާން އުޅެނީ މިވެނި ގޮތަކަށޭ ބުންޏަސް އަހަރެން ދެލޮލުން ނުދެކި އަތުން ނުހިފާ ގަބޫލެއް ނުކުރާނަން… ދެލޮލަށް ފެނުނީމަ ދެން ދައްކާނެ އެހެން ވާހަކައެއް ނޯންނާނެ ދޯ” އަލްމާޝް ދެއްކި ވާހަކަ އަޑުއަހަން އޮތް ނިމާން އަލްމާޝް ގަޔާ ކައިރިކޮށްލއިެވެ.

“ތީ އަހަރެން ނުކުރާނެ ކަމެއް…. ޝޯނާދެކެ އަހަރެން ވަރަށް ލޯބިވޭ…ވަރަށް ބޮޑަށް ލޯބިވޭ އަދި ވަކިން މިހާރު” އަލްމާޝްގެ ނިއްކުރިމަތީގަިއ ތުންފަތް ޖައްސާލަމުން ނިމާން ބުންޏެވެ.

“ދެން ތިވާހަކަ ނުދައްކަމާ… ދެމީހުން ދެމީހުންނަށް ޓްރަސްޓް ކުރެވެންޏާ އެކުގައި އުޅެން ވަރަށް ފަސޭހަވާނެ… ދިރިއުޅުުމުގައި މައްސަލަތަކެއް ނުޖެހެންޏާ އެއީވެސް މައްސަލައެއް… އެކަމު އަހަރުން ދެމީހުން ވާހަކަދައްކައިގެން ހައްލު ކުރަމެއްނު އެކަހަލަ ކަންތައް” އަލްމާޝް ބުނެލިއެވެ.

“އެހެންވިއްޔާ ވައުދުވެބަލަ ދުވަހަކުވެސް މާން ދޫކޮށްލާފައި ނުދަނެކަމަށް” ނިމާނެގެ ކަނާއަތް އަލްމާޝްއަށް ދިއްކޮށްލަމުން ބުންޏެވެ.

“ދެން ސާބަހޭ މާން.. އަހަރން ނޫޅެން މާން ދޫކޮށްލާފާ ދާން…. އަހަރެންދެކެ ތިހާ ލޯބީވާނީ ކާކު؟؟ އަހަރެންގެ ވަކި ހުރީ ކާކު؟؟؟ ދެން ތިކަހަލަ ވާހަކަނުދައްކާ….ވަރަށް ބިރުގަނޭ” އަލްމާޝް ބޮނޑިވެލަމުން ނިމާންގެ މޭދަށަށް ވަނުމާއެކު ނިމާން އެއްއަތުން ލައިޓްގެ އަލި ފަނޑުކޮށްލިއެވެ.

ފުދޭ ވަރެއްގެ ދިގު ޗުއްޓީއަކަށްފަހު މިއަދަކީ ނިމާން ވަޒީފާއަށް ނިކުތް ދުވަހެވެ. އަލްމާޝް ވިހަން މެލޭޝިޔާއަށް ދިޔަފަހުން އަންޖޫވެސް އިންޑިޔާއިން އައީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ. އެތައް ދުވަހެއްފަހުން ނިމާން ފެނުމުން ދީމާ ހުރީ ފާޑަކަށް ހީލައިގެންނެވެ. އެހީލުމުގައި ވަނީ މަލާމާތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނަޖާ (ދެވަނަ ބައި)

Next

ހަދިޔާ (ފަސްވަނަ ބައި)

Next
August 22, 2015

ހަދިޔާ (ފަސްވަނަ ބައި)

Previews
August 22, 2015

ނަޖާ (ދެވަނަ ބައި)

19 Comments!

  1. Ushaali says:
    August 22, 2015 at 8:22 pm

    mi baives kamudhaane kamah ummeedhu kuran 🙂

  2. mee says:
    August 22, 2015 at 8:46 pm

    V……… reeth maakuree

  3. SaM says:
    August 22, 2015 at 8:55 pm

    Yeah.. vrh kamudhey.. yageen dheema ge kameh.. dhn ekm eoh loabin ulhey dhemihun vakikuran ulheyny haadha ladhunuganna meehekey dhw.. eves boy ge nugabooluga.. mi part yes nice.. next part kiyan hiyy avasvefa..:-)

  4. Crazi says:
    August 22, 2015 at 8:56 pm

    Yah vrh shalhi

  5. maf says:
    August 22, 2015 at 9:13 pm

    vvv nice

  6. Rishme says:
    August 22, 2015 at 9:59 pm

    nice

  7. neha says:
    August 22, 2015 at 10:34 pm

    Maash n nimaan dhuru nukuraathi, eyrun v hadi vaane

  8. anna says:
    August 23, 2015 at 1:12 am

    nice

  9. shiuna says:
    August 23, 2015 at 12:52 pm

    Dhonaa buny mi vaahaka v nice o

  10. Some one says:
    August 23, 2015 at 5:33 pm

    Vv obi nxt part avahah up kohdhehchey

  11. maahy says:
    August 23, 2015 at 5:48 pm

    v reethi..

  12. nihaa says:
    August 23, 2015 at 9:34 pm

    Nice

  13. hajja says:
    August 24, 2015 at 3:38 pm

    alhe aneh part kon irakun?

  14. nukko says:
    August 25, 2015 at 7:13 pm

    Dhn alhwyy up kohdhy ba. nUkko mi story ah wait mi kurane … impatiently waiting

  15. Saba says:
    August 26, 2015 at 8:42 pm

    Pls update it soon. Cant wait for the next episode…pls make it soon as possible..thanks for the lovely story…

  16. smilebuddy says:
    August 27, 2015 at 3:05 pm

    haadhalahekey thikurani uhhh avahah up kohladeebal mihaaru maaduvas vehje ehnun upnukoh

    1. uls says:
      August 27, 2015 at 8:11 pm

      Yaa ey tedeh..vv slow

  17. azoo cuty says:
    September 6, 2015 at 6:11 pm

    Hmmmm ushaali haadha molhey. Vaahaka kiyaalyma feel v dhn kuriah vaan oii goi engeye. V salhi.v unique.

  18. ammmday says:
    September 13, 2015 at 10:41 am

    V v v v reeethi

Comments are closed.

Next Episodeއަލްމާޝް 13←


All Right Reserved!