Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 22

Ushaali Level 810 Stories100 Comments100 Stories500 Comments
January 19, 2016 11 Mins Read
28 Comments

ެ. ނިމާން އެނބުރިއަންނާނެ ދުވަހަކަށް އަލްމާޝް އިންތިޒާރުކުރާނެއެވެ. ނިމާނާއި ދޭތެރޭ ގޯސްކޮށް ވިސްނާކަށް އަލްމާޝް ބޭނުމެއްނުވެއެވެ. އެހިތްއެދި އަބަދުވެސް ގޮވަނީ ނިމާންއަށެވެ. ލަކްޔަން ކުރާ ކޮންމެ ނަމާދެއްގެެ ފަހަތުގައި ވަނީީ އަލްމާޝް ކަމުގައި ވިޔަސް އަލްމާޝް ކުރާ ކޮންމެ ނަމާދެއްގެ ފަހަތުގައި ކުރެވޭ ދުޢާ އަކީ ނިމާނަށްޓަކައި ކުރެވޭ ދުޢާ އެވެ. ފެންކަޅިވެފައިވާ ދެލޮލުން އަދި އެއްފަހަރު ލަކްޔަން ދިޔަ ދިމާލަށް ފަހަތަށް އެނބުރި އަލްމާޝްއަށް ބަލާލެވުނެވެ.

 

ސިޓިންގްރޫމުގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމަކަށް ގެއްލިފައިން އަޒްމާ ސިއްސައިގެންދިޔައީ ފިރިހެން އަޑަކުން ސަލާން ގޮވާލުމުންނެވެ. އޭރު ޒުވާން ފިރިހެންކުއްޖެއް ދޮރުމަތީގައި ހީލައިގެން ހުއްޓެވެ. އަތް މަތީގައި އުމުރުން އެއް އަހަރަށްދާ ވަރުގެ ކުޑަ އަންހެން ކުއްޖެއް އިނެވެ. އެކުޑަކުއްޖާއަށް ހެވިފައި އިންއިރު އަތުގެ އެއްއިނގިލި އޮތީ އަނގައިގެ ތެރޭގައެވެ. ރަތްކުލައިގެ ކުޑަ ޓޮޕް ކޮޅަކާއި ކަޅުކުލައިގެ ސްކާރޓް ކޮޅެއް ލައްވާލާފައި ވާއިރު ބޮލުގައި ކުޑަ ތޮތްޕެއްވެސް އޮތެވެ. ޓީޝާރޓް ކޮޅުގައި އައި ލަވް ޔޫ ގްރޭންޑްމާ ޖަހާލާފައި އިނެވެ. ކުޑަކުއްޖާއަށް ބަލަހައްޓައިގެން ހުރި އަޒްމާއަށް ހުރެވުނީ ކުރިމަތިން ފެންނަން ހުރި މަންޒަރު ގަބޫލުނުކުރެވިފައެވެ. އޭރު ކޮޓަރިން ނިކުމެގެން އައި ދިޔާވެސް އަޒްމާގެ އެއްފަރާތުގައި ހުއްޓިލައިގެން ހުއްޓެވެ. އަޒްމާގެ ޝައްކު ޔަގީނަށް ބަދަލުވީ ފިރިހެން ކުއްޖާގެ ފުރަގަހުން މަޑުމަޑުން ނިކުތް އަންހެންކުއްޖާ ފެނިފައެވެ. އޭގެފަހުން އެތެރެއަށް ވަން ދެއަންހެންކުދިން އައިސް އަޒްމާގެ ގައިގާ ބައްދާލިއިރު ވެސް އަޒްމާއަށް ހުރެވުނީ ކުރިމަތީގައި ހުރީ ދީމާ ކަން ގަބޫލުނުކުރެވިފައެވެ. ކަޅުކުލައިގެ އަބާޔާ ހެދުމުގައި  ހުރި ދީމާގެ ފެންނަން ހުރީ ހަމައެކަނި މޫނާއި ދެއަތްތިލަ އެކަންޏެވެ. ދީމާ އިސްކޮޅުން ދިގުކަމުން އެހަށިގަނޑު ކުރިއަށްވުރެ ވެސް ހިކިކަމަށް ދައްކައެވެ. ފަހަތުން ފޮށިތައް ހިފައިގެން ވަން އަދުނާން ފެނުމުން އަޒްމާގެ ދެލޯ ބޮޑުވިއެވެ. އޭރު ދިޔާ ގޮސް ލޯބިވާ ދޮންތަގައިގާ ބައްދާލައިފިއެވެ. އަދުނާން އެތެރެއަށް ވަދެ ދީމާގެ ބޮލުގައި ލޯބިން ފިރުމާލުމާއެކު މަންޒަރު ބަލަން ހުރި އަޒްމާ މަޑުހިނގުމެއްގައި ސިޑިން  އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދުނާން ދީމާ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދުމުން ދިޔާ އެތާގައި ހުރި ފިރިހެން ކުއްޖާ އަތުން ކުޑަކުއްޖާ އުރާލިއެވެ. އެކުއްޖާ މޫނުގެ އެކިތަންތަނުގައި ދިޔާ ދޮންދޭއިރު ކިއްވެސް ކިޔާ ނުލާ އިނީ ހަމަ ކުރިން އިންހެން ހީލައިގެންނެވެ.

“ބައްޕާ…. އަޅުގަނޑަށް މަންމަ އަދިވެސް މާފް ނުކުރަނީތަ…އަޅުގަނޑު މިހާ ދުވަސްކޮށްފަ ފެނުމުން ހިއެއްނުވޭ މަންމަ އުފާވިހެނެއް. އަޅުގަނޑު ހުންނަން މަންމަ ހިތްހަމަނުޖެހެންޏާ ވީ އެންމެ އަވަހަކަށް އަނބުރާ ފޮނުވާލަދީ…ޒުކް ފެނުނީމަވެސް މަންމައަށް ނޭނގުނީތަ؟”  ދީމާ ދެރަވެފައި އިންވަރުން ކުރިމަތީގައި އިން ރޫހީ އާއި ޖޫލް އިނީ ދެރަވެފައެވެ.

“ނޫން ދަރިފުޅާ… މަންމަ ދަރިފުޅުދެކެ ވަރަށް ބޮޑަށް ލޯބިވޭ… މިވީ ދުވަސްތަކުގައި ދަރިފުޅުގެ މަންމަ އުޅުނު ގޮތް އެންމެ ކައިރިން ފެނުނު އެކަކީ ބައްޕަ”  ދީމާގެ ބޮލުގައި ފިރުމާލަމުން އަދުނާން ވާހަކަދެއްކިއެވެ. ބަލާބާ…. މަތި އެއްކޮށް އެއީ ދަރިފުޅަށް….އެކަމަކު ދަރިފުޅު ބޭނުމިއްޔާ”  ހަތް ބުރިއަށް އެގެ ހިއްލާލާފައި ވާއިރު އެންމެ މަތީބުރި ހާއްސަކުރީ ދީމާއަށެވެ.

“ދަރިފުޅު ދޭބަލަ މަންމަ ކައިރިއަށް ކޮޓަރިއަށް…”  އަދުނާން ދީމާގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ.

“ނުކެރޭނެ… މަންމަގެ އަނިޔާއާއި ރުޅިއާއި ކުރިމަތިލާނެހާ ހިއްވަރެއް ދެން އަޅުގަނޑުގެ ނެތް ބައްޕާ”  ދެއަތް ދެއަތާއި މޮޑެމުން ދީމާ ބުނެލިއެވެ.

“ފަތް އުފެދުމުގެ އަސްލަކީ ގަސްކަމަށް ވާއިރު ފަތް ދެކެވާ ލޯބި ގަސްދެކެ ނުވުމަކީ އިންސާފެއްނޫން….ނުވަ މަހާއި ނުވަދުވަހު އަމިއްލަ ހަށިގަނޑުން ކާންދީގެން އުފަންކުރުވި ދަރިއެއްނޫންތަ ޒުކް އަކީ….އެދަރިފުޅުދެކެ ދަރިފުޅު ލޯބިވާއިރު ، ދަރިފުޅު މިދުނިޔެއަށް އުފަން ކުރި މީހާ ދަރިފުޅުދެކެ ލޯބި ނުވަންޏާ އެވާނީ ވަރަށް ބޮޑު ބޭއިންސާފަކަށް…. ބައްޕަ ބުނީތީ ދޭބަލަ” އަދުނާންގެ އެތައް އާދޭހަކުން ދީމާ ސިޑިން އަރައިގެންދިޔައިރު ފަހަތުން އެހެންމީހުން ވެސް ދިޔައެވެ.

ކޮޓަރީ ދޮރު ހުޅުވާލުމާއެކު އެނދުގައި އިން އަޒްމާ ކޮޅަށް ތެދުވިއެވެ އަދި ދީމާ ފެނުމާއެކު ދުވެފައި އެއައި ގޮތަށް ދީމާގެ ހަށިގަނޑުގައި ބާރަށް ބައްދާލިއެވެ. ދީމާގެ މޫނުގައި ބޮސްދީ ދެއަތް ތިލައިގާ ބޮސްދިންއިރު ދީމާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. “މަންމާ… އަޅުގަނޑަށް މާފުކުރީތަ”  ދީމާގެ އަޑު ކަންފަތުގައި ޖެހުމާއެކު އަޒްމާ މައިތިރިވިއެވެ.

“މަންމަ ދަރިފުޅަށް އަބަދުވެސް ހިންހެޔޮ” އެވަގުތު ހުޅުވާލާފައިވާ ކޮޓަރީގެ ދޮރުމައްޗަށް އެރި ޔޫސުފް އަތުގައި އިން ޒުކް ފެނުމާއެކު އަޒްމާ ގޮސް އެކުއްޖާ އުރާ ގަޔާލާ ބޮނޑިކޮށްލިއެވެ. އަޒްމާ އެވަރަށް ބޮނޑިކޮށް މޫނުގައި ދޮންދީ ހެދިއިރު އެކުއްޖާ އަޑެއްވެސް ލައްވާ ނުލައެވެ.

“މަންމާ… މީ ޔޫސުފް….އަޅުގަނޑުގެ ފިރިމީހާ…. ޔޫސުފަކީ ސައޫދީ ކުއްޖެއް… އާއިލާ އެއްވެސް މީހަކު ނެތް ނިކަމެތި ކުއްޖެއް….” ފަހަތުގައި ހުރި ޔޫސުފްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ދީމާ ބުންޏެވެ.

“ތިހެން ނުބުނޭ… މިތިބީ މުޅީންވެސް އާއިލާ މީހުން…. މަންމަގެ ދަރިފުޅަށް ތި ހޯދަދިން އުފާވެރި ދިރިއުޅުމަށް ޝުކުރުއަދާ ކުރާނެ ގޮތެއްވެސް ނޭނގެ….. މީގެ ފަހުން މީ ގެ ކަމަށް ދެކިގެން އުޅުނީމަ ރަނގަޅުވާނެ”  ޔޫސުފްގެ އަތުގައި ފިރުމާލަމުން އަޒްމާ ވާހަކަދެއްކިއެވެ.

“ބޮޑުއްތަ އަޅުގަނޑުމެން މަތިން ހަނދާން ނައްތާލީ” ރޫހީ ބުނެލިއެވެ.
“ނޫނޭ ތީވެސް ބޮޑުއްތަގެ ދަރިން… ހިނގާ ކާންދަމާ… ހުރިހާ ކުދިންނަށްވެސް އެންމެ މީރު އެއްޗިހި ވަކިވަކިން ހަދާފަ ހުންނާނެ….” ކާމޭޒު ކައިރީގައި އިންއިރުވެސް އަޒްމާ ޒުކް ގައިން ދޫކޮށްނުލައެވެ. ސަމަދާއި ބެހޭ ގޮތުން އަޒްމާ ސުވާލުކުރުމުން ދީމާ ފާޅުކޮށްލި ސިއްރަކުން އަޒްމާ އުފާވި ނަމަވެސް ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އިންތިހާއަށް ލޯބިވާ އަލްމާޝް މަތިން ހަނދާންވެ ދެލޮލުން ފެންއައެވެ. ރޫހީއާއި ޖޫލް އަލްމާޝްއާއި ބައްދަލްކުރަން ދާން ބޭނުންވާ ވާހަކަ ބުނުމުން ދީމާގެ ހަރާކާތްތަކަށް ހުއްޓުމެއް އައެވެ. އަދި ކައިރީގައި އިން ޔޫސުފްގެ މޫނަށް ބަލާލުމާއެކު ކޮށްލި އިޝާރާތަކުން ދީމާ ތިމަންނަ ވެސް އަލްމާޝާއި ބައްދަލްކުރަން ބޭނުންވާ ވާހަކަ ބުނުމުން އަޒްމާ އުފަލުން ހީލިއެވެ.

 

ދުވަސްތައް މާޒީގެ ސޮފްހާތަކާއި އެކުވަމުން ގޮސް މިއަދަކީ އަލްމާޝްގެ ކުޑަދަރިފުޅު މިކްޔަންއަށް ދެއަހަރާއި ފަސްް މަސް ފުރުނު ދުވަހެވެ. މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ކެތްތެރިކަމެއްނެތި އަލްމާޝް އިންތިޒާރުކުރަމުން ދިޔައީ މިއަދު އަފާފް އެގެއަށް ބާބަކިއު އަކަށް އަންނާނަމޭ ބުނެފައި އޮތީމައެވެ. ދުރުގައި ވަކިން ހުރި ގޮނޑިއެއްގައި ފަޒްނާ މިކްޔަންއަށް ބުށްފުޅިދޭން އިންއިރު އަލްމާޝް އިނީ މާޝަލް އަށް އެންމެ މީރު ނޫޑްލްސްް އޭނައަށް ކާންދޭށެވެ. އެއްވެސް މީހަކާއި އަނގައިން ބުނުމެއްނެތި މަޑުމަޑުން މާޝަލް ކާންއިނީ އެއީ އޭނައަށް އެންމެ މީރު ކެއުމަށްވީތީއެވެ. މަނިކު ފޯނު ކަންފަތުގައި ޖަހައިގެން އިނދެ ވާހަކަދެއްކީ ލަކްޔަންއާއިކަން އެނގުނީ ދޭތެރަކުން މަނިކު އެނަން ކިޔާލާތީއެވެ. މާޝަލް އިރިއިރުކޮޅުން މަނިކަށް ބަލާލާފައި އަލްމާޝްއަށް ބަލާލަމުން ބުނި އެއްޗަކުން އެންމެންނަށް ހެވުނެވެ…

“މަންމީ…މާފަ ވަރަށް އަނގަބޮޑު ވާނެ….ލަންޗްގަދީގަ މާފަ ފޯނުކުރާފަ ވާހަކަ ކިޔަނީ”  ފެންތަށި ބޯލަމުން މާޝަލް ވާހަކަދެއްކީީ ގޮނޑީގައި އިނދެ ބިމުގައި ނުޖެހި ހުރި ދެފައި ތަޅުވާލަމުންނެވެ.
“މަންމި ބުނީމޭ މާފަ ކައިރީގައި….ކާގަޑީގައި ވާހަކަ ނުދައްކާށޭ….”  މާޝަލްގެ ކުރިމަތީގައި ކާންއިން މަނިކު އޭނައަށް ބަލާލާފައި ހީލުމުން މާޝަލްވެސް އަނގައަށް ލި ނޫޑްލްސް ކޮޅާއި އެކު ކުދި ދަތްތައް ދައްކާލާފައި ހީލިއެވެ.

“ދަރިފުޅުވާނެ މިއަދު ރެސްޓޯރަންޓްގެ ބަދިގެއާއި ތަންތަން ޗެކް ކޮށްލަން….ހަފްތާއަކު އެއްފަހަރު މިކަން ނުކޮށްފިއްޔާ ބޭރުމީހުންތައް އެތަން މުޑުދާރުކޮށްލާނެ…. ” މަނިކު އެދެއްކީ އަލްމާޝްގެ ނަންމަތީގައި ހުޅުވާފައިވާ މާލޭގެ އެންމެ މަޝްހޫރު ރެސްޓޯރަންޓްކަމަށްވާ މިކްމާލްގެ ވާހަކައެވެ. މަޖީދީމަގުގައި ހުންނަ މާލް އެންޑް މިކް ބިއުޓީ ޝޮޕް  ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލާގައި މިރެސްޓޯރަންޓް ހުޅުވާފައި ހުރިއިރު އެންމެމަތީގައި އެއީ އޮފީސްބައެވެ. ހުރިހާތަނެއް ހިންގަނީ އަލްމާޝްކަމަށް ވާއިރު މޮޅު ހިޔާލު ދެނީ މަނިކުއެވެ.

“ކިހާ އިރަކު ފްލައިޓް އިނީ….”  މިކްޔަން އަތްމަތީގައި ބާއްވާ ދެކޮޅަށް ތަޅުވަމުން މޭޒާ ކައިރިވެލި ފަޒްނާ ސުވާލުކޮށްލީ މަނިކާއެވެ.

“ބައްޕަ ތަނަކަށް ދަނީތަ؟”  އަލްމާޝް އަހާލީ މަނިކަށް ބަލާލަމުންނެވެ.

“އާނ…މުދާ ބަލާ ދާން މިއުޅެނީ…..”  އަލްމާޝްއަށް ބަލާނުލާ މަނިކު ވާހަކަދެއްކުމުން ކަމެއް ފޮރުވަން އުޅޭހެން އަލްމާޝްއަށް ހީވިއެވެ.

“އެހެންވިއްޔާ ލަކީވެސް ދާނެތާދޯ… ކޮންމެ ފަހަރަކުވެސް ލަކީ ދެއެއްނު ބައްޕައާއެކު”  މާޝަލް އަނގައަށް ސަމްސާ ލައްވާލަމުން އަލްމާޝް ވާހަކަދެއްކިއެވެ.

“ނޫން…. މިފަހަރު މިދަނީ ބައްޕަ އެކަނި…ފަޒޫ…. ފަތިސްނަމާދު ކޮށްގެން ހުޅުލެއަށްދާނީ…. މާގިނަ އެއްޗެހި ތައްޔާރުކުރާނެ ކަމެއް ނެތް…ދެތިން ހެދުން ރަނގަޅުވާނެ”  އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު އަލްމާޝްއަށް ނުދީ މަނިކު ތެދުވެ ހިނގައިގަތީ މާޝަލްގެ ބޮލުގައި ފިރުމާލާފައެވެ. މަނިކު ސިންގަރޕޯރއަށް މިދާ ސަބަބެއް ހުދު މަނިކަށް ވެސް ނޭނގެއެވެ. ސަމަދު މަނިކު ކައިރީގައި އެއްވެސް ސަބަބެއް ނުބުނެ ބުނިހާވެސް އެއްޗަކީ ވީއެންމެ އަވަހަކަށް އެތަނަށް އައިސް ދިނުމަށެވެ. މަނިކު ސީދާ އަންނަން މިއުޅެނީ ސަމަދުގެ އެންގުމަކަށްކަން ގޭމީހުންނަށް ސިއްރުކޮށްދިނުމަށް އެދުނީވެސް ސަމަދެވެ.

 

ހަވީރުވެގެން އައިއިރު ހަވޭލީގައި ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ޕިންކްވިލާގޭ ހުރިހާ މީހުން މިއަދު އެގެއަށް އައިސް އުޅޭ ދުވަހެކެވެ. ދީމާ މާލެއައި ފަހުން މީ މިގެއަށް އައި ފުރަތަމަ ދުވަހެވެ. އަލްމާޝްއާއި ކުރިމަތިލާން ނުކެރިގެން ނައިސްހުރީ އިހުސާސްކުރެވޭ ލަދެއްގެ ބޮޑުކަމުންނެވެ. އެގޭ މީހުން މިއަދު އައިއިރު އަންނަން އެބަސްވީ ޔޫސުފްގެ ފަރާތުން ލިބުނު އެއްބާރުލުމެއްގެ ބޮޑުކަމުންނެވެ.

ދީމާއަށް ކުރެވުނު ކުށަށް އިއިތިރާފްވެ އެންމެންކުރިމަތީގައި އަލްމާޝްގެ ފަރާތުން ހިތްހަލާލު ހޯދުމުން އިތުރު އެއްވެސް ސުވާލަކާއި ނުލާ އަލްމާޝް ދީމާއަށް މާފްކުރިއެވެ. ދީމާއަށް ލިބުނު ހިތްހަމަޖެހުމުން އަލްމާޝްގެ ހަށިގަނޑުގައި ބައްދާލިއިރު މަންޒަރު ބަލަންތިބި އެންމެންގެ ލޯ ފެންކަޅިވެގެން ދިޔައެވެ. އަލްމާޝްގެ ހެދުމުގެ ފަސްބައިގާ ހިފައިގެން ހުރި މާޝަލް ދީމާގެ މޫނަށް ބަލަންހުރީ ބީރައްޓެއްސެއްގޮތަށެވެ. މާޝަލް އުރާލާ ކޮލުގައި ދޮނެއް ދިނުމުން މާޝަލް ބުނި އެއްޗަކުން ތަނުގެ ހަމަހިމޭންކަން ނަގާލީ ހުރިހާމީހުން ހީލިއަޑުންނެވެ. އަޒްމާ މިކްޔަން އުރާލައިގެން އިންއިރު ވަރަށް ރަނގަޅަށް އަލްމާޝްގެ މޫނަށް ބަލަމުން ދިޔައެވެ. މީހުންތެރޭގައި ހީލައިގެން ހުއްޓަސް އެމޫނުމަތި މީލާފައިވާ ތަން ކިތަންމެ ރަނގަޅަށްވެސް ފާހަގަވިއެވެ. އެއްސުފުރާމަތިން އެންމެންނަށް ހަވީރުގެ ސައި ބޯލެވުމުން އަޒްމާ އަދި ފަޒްނާ ހިތަށްވެސް ލައްކަ ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

 

 

ރޭގަނޑުގެ ފުރަ މެންދަމުގައި އަލްމާޝްގެ ކޮޓަރިތެރޭން އިވެމުންދަނީ މަޑުމަޑު ގިސްލުމުގެ އަޑެވެ. ކޮޓަރިތެރޭގައި ހޮޅިބުރީގެ ހުދު އަލި ހުރިއިރު އެކޮޓަރިތެރެން ވަދެވެން ހުރި ކުޑަކޮޓަރި ތެރޭގައި އަލްމާޝްއަށް ފެންނަ ހިސާބުގައި ހުރި ބޮޑު އެނދުމަތީގައި މާޝަލް ނިދާލާފައި އޮތެވެ. ކައިރީގައި ފަޒްނާއޮތެވެ. ފަޒްނާގެ ބަނޑުމަތީގައި މާޝަލްގެ އެއްއަތް އޮތްއިރު އެއްފައިވެސް އޮތީ ފަޒްނާ ގައިމަތީގައެވެ. ދަމާލާފައިވާ ފައި މަތީގައި އޮތް ބާލީސްމަތީގައި މިކްޔަން އޮތްއިރު އަލްމާޝް އިނީ އެނދުގެ ހެޑްބޯޑުގައި ބޯޖައްސާލައިގެންނެވެ. ލޮލުގެ ދެފަރާތުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށް އަމިއްލަ އަތް އުފުއްލާލާނެ ހިތްވަރެއް ވެސް އަލްމާޝްގެ ނެތެވެ. ރެއަކީ ވަރަށް ވިއްސާރަ ރެއެއްކަމުން ޖަހާލި ބާރުގަދަ ގުގުރިއާއެކު ކުޑަކުޑަ މިކްޔަން ސިއްސައިގެން ގޮސް ރޯން ފެށުމުން އަލްމާޝް މިކްޔަން ނަގާ މެއާލާ ބޮނޑިކޮށްލިއެވެ. އިރުގަނޑެއްފަހުން މިކްޔަން ނިދީކަން ޔަގީންވުމުން އަލްމާޝާއި ދާދި ކައިރީގައި މިކްޔަން ބޭއްވުމަށްފަހު ތެދުވެގެން ގޮސް އަލަމާރި ހުުޅުވާލުމަށްފަހު ނެގި ކުޑަފޮތެއް ހުޅުވާލުމަށްފަހު މޭދަށަށް ބާލީހެއް ލައްވާލައިގެން ބަނޑުން އޮވެ ފޮތުގައި އެއްޗެއް ލިޔަން ފެށިއެވެ. ނިމާންގެ ވަކިވުމަށްފަހު އަލްމާޝްގެ ހިތުގެ އުދާސްތައް ހިއްސާކުރާ ބައިވެރިޔަކީ އެފޮތެވެ. ފޮތުގައި ލިޔެވުނު ޖުމްލައަކުން ކަންނޭނގެއެވެ. ކުއްލިއަކަށް ފެނުނީ އަލްމާޝް ބާލީހުގައި މޫނު ފޮރުވާލާ ބާރަށް ރޯންފެށި މަންޒަރެވެ. މިއަޑަށް ފަޒްނާ ބޯއުފުއްލާލާ އަލްމާޝްގެ އެނދާ ދިމާލަށް ބަލާލުމަށްފަހު ބޯތިރިކޮށްލީ މޫނުމަތީގައި ބާލީސް އަޅައިގެން އޮވެ އަލްމާޝް ރޮނީކަން ޔަގީންވުމުންނެވެ. ފަޒްނާގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު ރޮއެ ހިތާމަ ކުރާ މަންޒަރު ފެނުމުން ފަޒްނާގެ ހިތް ފަޅައިގެންދާވަރުވެ ތުންފިއްތާލަމުން ލޯ މަރާލިއެވެ. ނަމަވެސް ދެން ނުނިދޭނެ ކަން ޔަގީން ވުމުން ތެދުވެ ދަމު ނަމާދަށް އެރީ އެދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރާ ހާލުގައެވެ. ފަޒްނާ ނަމާދުން ފައިބާ އަލްމާޝް ކޮބާތޯ ބަލާލިއިރު މުސައްލަ މަތީގައި ދުޢާއަށް އަތް ނަގައިގެން އިންދާ ފެނުމުން ހިތަށް މަޖެހުން ލިބުނެވެ.

 

ހަފްތާ ބަންދަށްފަހު އޮފީހުގައި އަލްމާޝް އިނީ ކުރަންހުރި ބައެއް މަސައްކަތްތައް ނިންމާލުމުގައެވެ. ދުރުގައި އިން ލަކްޔަންގެ ތޫނު ނަޒަރުން އަލްމާޝް އިނީ ވަރަށް ލަދުގަނެފައެވެ. މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތްކުރަމުން ދިޔަ އަލްމާޝްއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. ލަކްޔަންއަށް ބަލާލަމުން ލޯއަޅާލުމުން ވެސް ލަކްޔަންގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްނުލިއެވެ. އެންމެފަހުން އަލްމާޝްއަށް ހެވުނީއެވެ. “ޕްލީޒް ލަކީ… ތީދެން ކޮންކަމެއް…މިތަނުން ސްޓާފެއްގެ ލޮލުގައި އަޅައިގަތިއްޔާ ކީކޭ އެމީހުން ހީކުރާނީ”  ފޯނު ނަގާ ލަކްޔަން އަލްމާޝްގެ މެސެޖް ކިޔާލިއެވެ.

“މާޝްއާ ދޭތެރޭ މަގޭ ހިތުގައި އޮތީ ކީކޭކަން ނޭނގޭ މީހެއް މިތާ ނޫޅޭ… އެހެންނޫނަސް އުފާކޮށްބަލަ. މީހުން ބަލާނީ ރީތިއެއްޗެއްސަށް”  ބަދަލުގައި ލަކްޔަންވެސް ރިޕްލައި ކޮށްލިއެވެ. އަނެއްކާވެސް ލަކްޔަންއަށް ބަލާލަމުން އަލްމާޝް ލޯއަޅާލަމުން ކުރަންހުރި މަސައްކަތަށް ނަޒަރުހުއްޓާލިއެވެ. އިރުކޮޅެއްފަހުން އަލްމާޝް ބަލާލިއިރު ލަކްޔަން އިނީ އަވި އައިނު އަޅައިގެންނެވެ. އެތުންފަތުގައިވި ހިނިތުންވުން އަންގައިދެނީ އަދިވެސް ލަކްޔަންގެ ލޮލުގެ އަމާޒަކަށް ވެފައި އިނީ އަލްމާޝްކަމެވެ.

ހަވީރުގެ ވަގުތެވެ. އޮފީސް ނިންމާލުމަށްފަހު އަލްމާޝް ގެއަށް ވަންނަމުން ފަހަތަށް ބަލާލީ އެކީގައި ލަކްޔަން ވެސް ހުރުމުންނެވެ. ސިޓިންގްރޫމުން އެއްވެސް މީހަކު ފެންނަން ނެތުމުން އަލްމާޝް ބަދިގެ ފަރާތަށް ގޮސް ލަކްޔަންއަށް ފިނިފެންތައްޓެއް ގެނެސްދިނެވެ. އެއަށްފަހު އަލްމާޝް ސިޑިން މައްޗަށް އަރައިގެން ދިޔައީ ލަކްޔަން ގޮނޑީގައި އިށީނދެ ހުޅުވާފައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލުމުންނެވެ. ފަޒްނާގެ ކޮޓަރިއަށް ވަދެ ދެފަރާތް ބަލާލިއިރު މީހެއްގެ ހިލަމެއް ނުވުމުން އަލްމާޝް ކުރިއަށް ޖެހިލާ އެނދުގައި ދެފައި ތަޅުވަން އޮތް މިކްޔަން ނަގާ އުރާލާ ލޯބިކޮށްލިއެވެ. ފާހާނާތެރެން މާޝަލްގެ ސަކަރާތުގެ އަޑު އިވުމުން އަލްމާޝް ކުޑަކޮށް ދޮރުން ބޯދިއްކޮށްލިއެވެ. އެވަގުތު ކުދި އަންނާރުއޮށްތަކެއް ފަދަ ދަތްތައް އިސްތިހާރުކޮށްގެން ހުރި މާޝަލް ފަޒްނާއާއި ދިމާލަށް ފެން އުކަނީއެވެ. މާޝަލް ފެންވަރުވާއިރު އެއީ އަބަދުގެވެސް އާދައެވެ. ފެންވަރުވަން އެކީގައި ވަންނަ މީހާވެސް ނިކުންނަން ޖެހޭނީ ފެންވަރައިގެންނެވެ. މާޝަލްއަށް އަލްމާޝް ބަލަން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. އަވަސްއަވަހަށް މިކްޔަން ގޮވައިގެން ތިރިއަށްފޭބީ މާޝަލްއަށް އަލްމާޝް ހުރި ކަން ނާންގަންވެގެންނެވެ. ތިރީގައި އިން ލަކްޔަންއަށް އަލްމާޝްގެ މޭގައި ލައްކޮށްލައިގެން އިން މިކްޔަން ފެނުމުން ނަގާ އުރާލިއެވެ. އަދި ލޯބިކޮށްލުމަށްފަހު އަލްމާޝްއަށް ބަލާލަމުން ވައްތަރެއްނޫނޭ ބުނެލިއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އަލްމާޝް އިށީނދެލީ ލަކްޔަން އުނގުމަތީގައި އޮތް މިކްޔަން ހީލާ މަންޒަރު ބަލާލުމަށެވެ. ލަކްޔަން ފޯނުނަގާ މިކްޔަންއާއެކު ސެލްފީނަގަމުން ދުރުގައި އިން އަލްމާޝްއަށް ވެސް ދައުވަތު ދިނެވެ. އެންމެފަހުން އަލްމާޝް ނޫނެކޭ ބުނަން ނުކެރިގެން ލަކްޔަންއާއެކު މެދަށް މިކްޔަން ވާގޮތަށް ބައިންދައިގެން ސެލްފީއެއް ނަގާލިއެވެ. ލަކްޔަން އަލްމާޝްއަށް އެއްލޯ މަރާލަމުން ތޭންކްްސް އޭ ބުނެލުމުން އަލްމާޝް ހީލިއެވެ.

މާޝަލްގެ ހިނިގނޑުގެ އަޑު އިވުމުން އަލްމާޝް ބަލާލިއިރު ކޮޓަރިން ނިކުމެގެން ބާރަށް މާޝަލް އަންނަތަން ފެނުނެވެ. ދަނބުކުލައިގެ ބަޓަރފްލައި ޖަހާފައި އިން ޓޮޕް ކޮޅަކާއި އެކު ހަމަ އެކުލައިގެ ލޭސް ފޮތީގެ ސްކާރޓެއް ލާފައި ހުރިއިރު ދަށުން ކަކުލަށް ވުރެ އިންޗިއެއް ތިރިއަށް ހުރި ޓައިޓްކޮޅެއްގައި މާޝަލް ދުވެލާފައި އައިއިރު ބަލަން އިން އަލްމާޝް އަށް އިންތަނުން ކޮޅަށް ތެދުވެވުނީ ކުޑަކުޑަ މާޝަލް ސިޑިތައް ގިރާކުރަން އުޅޭގޮތުން ހިތަށް ބިރުވެރިކަން ވަނުމުންނެވެ. މާޝަލް ފަހަތުން ބާރަށް އައި ފަޒްނާ މަޑުޖެހިލީ ފަޒްނާ ފަހަތުން މާޝަލް އަތުލަން އަންނަކަން އެނގިި ފޯރީގައި މާޝަލްގެ ދުވުން ބާރުކޮށްލަފާނެތީ އެކުއްޖާގެ ސަލާމަތަށެވެ. މާޝަލް އައިގޮތަށް އައިސް ބައްދާލީ އަލްމާޝް ފައިގެ ފަލަމަސްގަނޑާއި ހަމައިންނެވެ. އޭރު މަޑުހިނގުމެއްގައި އައިސް ފަޒްނާ މަޑުކޮށްލަނީއެވެ. ފަޒްނާ ފެނުމާއެކު މާޝަލް އަނގަމަތީގައި ކުޑަ އަތްތިލަ އަޅާލާ އަނެއްކާ ހޭން ފެށިއެވެ. އެއަށްފަހު މާޝަލް ގޮސް ލަކްޔަންގެ އެއްފައިމަތީގައި އިށީނުމާއެކު އަލްމާޝް ކައިރިވެލާ ލަކްޔަންގެ އުނގުމަތީގައި އޮތް މިކްޔަން ނަގާ އުރާލިއެވެ.

“މާލް…ކިހިނެއްވީ ބޭބީ މާވަރަކަށް ހެވެނީ”  އަލްމާޝް އާހާލީ ވަރަށް ލޯބިންނެވެ. މާޝަލް އެއްޗެކޭ ބުނުމުގެ ކުރިން ފަޒްނާ އެތަނުން ގޮސް ބަދިގެއަށް ދެވެން އޮންނަ ހިމަ ގޯޅިއަޅާ ފާރާއި ނިވާވެލިއެވެ.

“މަންމީ މާލްއަށް މާމަގެ ދަންގިޔާ ފެނިއްޖެ”  ޖުމްލަ ބުނެވުމާއެކު އަނެއްކާ މާޝަލް އަނގަމަތީގައި އަތްއަޅާ ހޭންފެށިއެވެ. ހިޔާލެއް ފިކުރެއްނެތި މާޝަލް ބުނެލި ޖުމްލައިން އަލްމާޝްގެ ދޮން ދެކޯތާފަތް ލަދުން ރަތްވެގެން ދިޔަ ތަން ލަކްޔަން ފެނުމާއެކު އިސްޖަހާލީ މިދަނޑިވަޅުގައި ލަކްޔަން ބަލާކަން އަލްމާޝްއަށް އެނގުމުން ލަދުން ގޮސް މިލާ މޯޅިވެގެން ބިމަށް ތިރިވެދާނެކަން އެނގުމުންނެވެ. ދުރުގައި ފާރާއި ނިވާވެގެން ހުރި ފަޒްނާ ހުރީ ލަދުން މަރުވާވަރުވެފައެވެ. މުޅި މާހައުލު ހަމަހިމޭންވެފައި އޮތްއިރު އިވޭ ހަމައެކަނި އަޑަކީ މާޝަލްގެ ހުނުމެ އަޑެވެ. ލަކްޔަން އަލްމާޝްއަށް ސިއްރު ނަޒަރެއް ދިންއިރު އަލްމާޝް ހުރީ ލަކްޔަންއަށް ބަލަން ނުކެރިފައިހެން ހީވުމުން ލަކްޔަން ހިނިއައި ނަމަވެސް އެވަގުތު އެންމެ ރަނގަޅުގޮތް އިހްތިޔާރުކުރިއެވެ.

“މާލް އައިސްކްރީމް ބޯނަންތަ”  އަވަސްއަވަހަށް މާޝަލް ބޯޖަހާލުމާއެކު ލަކްޔަން ހިނގައިގަތީ މާޝަލް އަތްމައްޗަށް ލައިގެން ހުރެއެވެ. އެމީހުން ނިކުތުމާއެކު އަލްމާޝް ދެކޮޅަށް ބޯހަލުވާލަމުން ގޮނޑީގައި އިށީނދެލިއެވެ. އެވަގުތު ފަޒްނާ ކައިރިވެލުމުން ދެމައިންނަށް އެއްކޮށް ހެވުނެވެ.

“ދަރިފުޅާ މާލް ގޮވައިގެން މިހާރު އުޅެވޭ ވަރެއް ނޫން…. މަންމަ އަލަމާރިތެރެން ޖަންގިޔަލެއް ފެނިގެން އެހާވަރު އެވަނީ….މިއަދު ލަދުން ހަލާކުވާވަރު ވެއްޖެ..އެވެސް ލަކްޔަން ކުރިމަތީގަ”  އަލްމާޝް ކައިރީގައި އިށީންނަމުން ފަޒްނާ ވާހަކަދެއްކިއެވެ.

މާޝަލްގެ ލާނެއްކަމާމެދު ވިސްނަންއިން އަލްމާޝްއަށް އިހުތިޔާރަކާއިނުލާ ހެވުނެވެ. މިވީ ތިންއަހަރު ދުވަހު އަލްމާޝްއަށް މިއަދަށް ވުރެ ގިނައިން ހެވުނު ދުވަހެއް ނުދެއެވެ.

 

 

ހަތަރު ހަފްތާ ފަހެވެ. ބެލްކަނީގެ ރެއިލިންގައި އަލްމާޝް ބަނޑުއަޅާލައިގެން އޮތްއިރު ކައިރީގައި އަފާފް ވެސް އޮތެވެ. ގޯތިތެރޭގައި ހުރި ޕްލޭ ގްރައުންޑްގައި މާޝަލްއާއި އާރާވް ކުޅެން ތިބިއިރު ކައިރީގައި ހުރި ޖޯލީގައި ފަޒްނާ މިކްޔަން އުނގަށްލައިގެން އިނެވެ. މިކްޔަން އިނީ މާޝަލްއާއި އާރާވް ފުންމާ މަންޒަރު ފެނި މަޖާވެފައެވެ. އަލްމާޝްއާއި އަފާފްގެ ނަޒަރުވެސް ސީދާ ވެފައިވަނީ އެމަންޒަރަށެވެ.

“މާޝް މަށަށް ފެންނަނީ ތިއިންތިޒާރު މެދުކަނޑާލުމަށްފަހު ދެން މޫވްއޮން ކުރަން…ވިސްނާލަބަލަ…ތީ ޒުވާން އަންހެންކުއްޖެއް….. ތި ހަށިގަނޑަށް ބޭނުންވާނެ ކިތަންމެ ކަމެއް ހުންނާނެ…ލަކީ އެހުންނަނީ މާޝް އާއެނކޭ ބުނާނެ ދުވަހެއްގެ އިންތިޒާރުގައި… އެސޮރަށް ތިހެންނުހަދާ މާތްﷲ ގެ ބަރަކާތުން އާލައިފެއް ފަށަން މަށަށް ފެންނަނީ”  އަފާފް ރަހްމަތްތެރިޔާއަށް ވިސްނަދެވޭތޯ މަސައްކަތްކުރިއެވެ.

“ނޫން އަފޫ ޕްލީޒް ތިވާހަކަ ނުދައްކަބަލަ…. މިހަށިގަނޑަކީ ހަމައެކަނި މާންގެ ހައްގެއް… ހިތްބުނޭ މާން އަންނާނޭ… މިހިތް މާން ދެން ދުވަހަކުވެސް ނާންނާނޭ އެންމެ ފަހަރަކު ބުންޏަސް އިތުރަށް ވެއިޓެއް ނުކުރާނަން….. މާތްﷲ މަށަށް ކެތްތެރިކަން ދެއްވާނެ..މިއަދާ ހަމައަށްވެސް ކެތްކުރިން…. އަފޫ… ހާދަ ލޯބިވެއޭ މާންދެކެ.. ހިތް ބުނަނީ މާންއަށް ވަރަށް ބޮޑު ކަންތައްގަނޑަކާއި ދިމާވީއޭ…”  އަފާފްގެ އަތް މަތީގައި އަލްމާޝްގެ އަތްތިލަ ބާއްވާލަމުން މޫނަށް ބަލާލިއެވެ. އަފާފްއަށް އަލްމާޝްގެ ދެލޮލުގެ ތެރޭން ފެނުނީ ޔަގީންކަމެވެ. އެކުވެރިޔާގެ އެޔަގީންކަން ފެނި އަފާފްގެ ދުލުގައި ތަޅު އެޅުވުނު ކަހަލައެވެ.

“އެނގޭ ލަކީ ވަރަށް ލޯބިވާކަން… އެކަމު ލަކީ ލޯބިވީ އަހަރެން ހިތާ ފުރާނައިން އެހެންމީހަކު ދެކެ ލޯބިވެފައި ވަނިކޮށް… ލޯތްބަކީ ބަހާ އެއްޗެއް ނޫނޭ އަފޫ… މާން ނޫން އެހެންމީހަކު ދެކެ ދުވަހަކުވެސް ހިިއެއްނުވޭ ލޯބި ވެވޭނެހެން… ރޭގައި މަންމަވެސް ދެއްކީ ހަމަ ތިވާހަކަ… މަންމަ ވެސް ބޭނުންވަނީ އަހަރެން ލަކީއާ ގުޅެން…..ތެދެއް ބުނަންތަ އަފޫ… މާން އަހަރެން ދޫކޮށްލުމަށްފަހު ދެވަނަ ފިރިހެނަކު އިހްތިޔާރުކުރަން ޖެހިއްޖެނަމަ އަހަރެން ދާނީ ލަކީ ކައިރިއަށް…އެކަމަކު މިހާރު އަހަރެން ލަކީއާ ގުޅޭ ފަހުން މާން އެނބުރި އައިއްސި ނަމަ ދެން ކިހިނެއްހަދާނީ…. ވަފާތެރިކަންމަތީ ކިހނެއް އަހަރެން ލޯބިވާ މީހާ ކުރިމަތީގައި އުޅޭނީ… އެހެންވީމަ އަދި އަހަރެން ވަގުތު ބޭނުން……”  ރޮވިފައިވާ އަޑަކުން އަލްމާޝް ވާހަކަދެއްކި އިރު އަފާފް ވެސް ހުރީ ރޮވިފައެވެ. ރަހްމަތްެރިޔާގެ ގައިގާ އަފާފް ބައްދާލީ ރަހްމަތްތެރިޔާގެ ދުޢާތައް އިޖާބަކުރައްވާތޯ މާތްﷲ ށް ހިތާހިތުން ދުއާ ކުރަމުންނެވެ.

ދަރުބާރުގޭގައި އޮތް ލަކްޔަންގެ އެކުވެރިއެއްގެ ވެޑިންގް ޕާރޓީއަކަށް އެކުގައި އަލްމާޝް ދިޔައީ ލަކްޔަންގެ އެތައް އާދޭހަކާއެކުގައެވެ. ހުރިހާ އެކުވެރިންނަށްވެސް ލަކްޔަން އަލްމާޝް ތައާރަފް ކޮށްދިނީ އެކުވެރިިއެއްގޮތަށެވެ. އެކަމާއި އަލްމާޝް ވަރަށް އުފާވިއެވެ. ޕާރޓީ ނިންމާލުމަށްފަހު ކާރުގައި ދެމީހުން ގެއަށް އައި މަގުމަތީގައި ކޮޅިގަނޑުގައި ލައްވާލިއެވެ. ވާރތިކިތައް ކާރުގެ ބިއްލޫރިގަނޑު މައްޗަށް އޮށްސާލިގޮތް ހިތްގައިމު ކަމުން އަލްމާޝް އަށް ބަލަން އިނދެވުނެވެ. އާދައިގެ ދުއްވުމެއްގައި ލަކްޔަން ކާރު ދުއްވަމުން ދިޔައިރު އަލްމާޝް އިނީ ކާރުގެ ބިއްލޫރިގަނޑަށް ބަލަހައްޓައިގެންނެވެ. ލަކްޔަން ކާރުގެ ބުރަކި ކުއްލިއަކަށް ޖައްސާލީ އަލްމާޝް ބުނެލި އެއްޗަކުންނެވެ. އަލްމާޝްގެ މޫނަށް ބަލަން އިނދެވުނީ ގަބޫލު ނުކުރެވިފައެވެ.

“ކީކޭ… ކީއްވެ ތިހެން ތިއެހީ”  އަލްމާޝްގެ މޫނަށް ބަލާލަމުން ލަކްޔަން ސުވާލުކޮށްލިއެވެ.

“ހަމަ އަހާލީ… ދެން ބުނެބަލަ ވަރަށް ވަރަށް ބޭނުންތަ މަށާ އިންނަން” އެއިން ގޮތަށް އިނދެ އަލްމާޝް  އަހާލިއެވެ.

“މާޝް ދިރިހުރުމަށްޓަކައި ފެނަށް ބޭނުންވޭތަ”  ލަކްޔަން ކޮށްލި ސުވާލުން އަލްމާޝް ލަކްޔަންގެ މޫނަށް ބަލާލުމަށްފަހު ބޯޖަހާލިއެވެ.

“ހަމަ އެމިންވަރަށް އަހަރެން މާޝް ބޭނުން… ވަރަށް ބޮޑަށް ލޯބިވޭ….ދެރަވޭ މީހެއްގެ އަންބެއްދެކެ ލޯބި ވެވުނީތީ”  ލަކްޔަން މަޑުމަޑުން ބުނެލިއެވެ.

“އެހެންވިއްޔާ ލަކީ އަދިވެސް ކުޑަ ދުވަސްކޮޅަކަށް އިންތިޒާރުކޮށްދީފާނަންތަ… މިބުނީ ގާތްގަނޑަކަށް ވަން މަންތުވަރު” ލަކްޔަންގެ މޫނަށް ބަލަން އިނދެ އަލްމާޝް ބުނެލިއެވެ.

“މުޅި އުމުރަށްވެސް އިންތިޒާރުކޮށްފާނަން…..ހެޔޮ ސާޅީށް ދަރިން ގޮވައިގެން އަޔަސް….އައި ނީޑް ޔޫ އަލޮޓް” އަލްމާޝްގެ ފިނިވެފައިވާ އަތްތިލައިގާ ލަކްޔަން ތުންފަތް ޖައްސާލުމާއެކު އަލްމާޝްއަށް އަތް ދަމާގަނެވުނެވެ.

“ސޮރީ..މާބޮޑަށް އުފާވީ”  ލަކްޔަން ހީލަމުން މިހެން ބުނުމަށްފަހު ކާރު ދުއްވާލިއެވެ. ގަރާޖަށް ކާރު ވެއްދުމަށްފަހު އަލްމާޝްއާއެކު ދުވަމުން އައިސް އެގޭ ބޭރުގައި ހުރި އުނދޯލިގެއަށް ދެމީހުން އެކީގައި ވަނީ ވާރޭ ތުނިކޮށްނުލާތީއެވެ. އަލްމާޝް ލައިގެންހުރި ތުނި ކަޅު ހެދުން ބުރުގަލާއެކު ހަށިގަނޑުގައި ތައްލާފައި ހުރުމުން ވަނާތައް އެނގެންހުއްޓެވެ. އަލްމާޝްއަށް މިކަން އެނގުމާއެކު ދެއަތް މޭމަތީގައި ހުރަސްކޮށްލެވުނެވެ. ވަށްކަޅިން ލަކްޔަންއަށް ބަލާލިއިރު ލަކްޔަން ހުރީ ސީދާ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެންނެވެ. ލަކްޔަން މަޑުމަޑުން އަލްމާޝްއާއި ކައިރިވަމުން އަންނާތީ އަލްމާޝް މަޑުމަޑުން ފަހަތަށް ގޮސް ތަތްވީ ފާރުގައެވެ. އަލްމާޝްގެ ބޮލާއި ދިމާލުން ފާރުގައި އެތް އަތް ވިއްދާލުމާއެކު އަނެއް އަތުން ލަކްޔަން ހިފަހައްޓާލީ އަލްމާޝްގެ މޫނުގެ އެއްފަރާތުގައެވެ. ވާން މިއުޅޭ ކަމެއް ނޭނގޭތީ އަލްމާޝް ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. ކުއްލިއަކަށް އަލްމާޝް ސިއްސައިގެން ދިޔައީ ތުންފަތަށް އެރި ލޮޅުމެއްގެ ސަބަބުންނެވެ. ވިދާލި ވިދުވަރާއެކު ބާރަަށް ގުގުރާލުމާއެކު އަލްމާޝްއަށް ލަކްޔަންގެ މޭގައި ބާރަކަށް ތަތްވެގަނެވުނެވެ. ލަކްޔަންގެ ބުރަކަށީގައި އަލްމާޝްގެ ދެއަތް ވަށާލާ ލަކްޔަން ކުރަމުންދިޔަ ކަންތަކަށް އެއްބާރުލުން ދެވުނެވެ. ނިމާންގެ ސޫރަ އަލްމާޝްގެ ކުރިމަތީގައި ސިފަވީ ކަންނޭނގެއެވެ. ލަކްޔަންގެ މޭގައި ދެއަތްއަޅާ ދުރަށް ކޮށްޕާލިއެވެ. އަދި އަތުން ތުންފަތް ފޮހެލުމަށްފަހު ލަކްޔަންއަށް ބަލާލުމެއްނެތި ގޭދޮރުން އެތެރެއަށް ދެމިގަތެވެ. ލަކްޔަންއަށް ކުރެވުނު ކަންތަކާ މޮޔަހީވެ ގޮށްމުށުގެ ބާރު އެތިފަހަރު އަމާޒުވީ އަލްމާޝް ތަތްކޮށްލައިގެން ހުރި ފާރަށެވެ. އަލްމާޝް ބުނި މުއްދަތަށް ކެތްނުކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. އެއްއަތުން ބޮލުގައި ހުރި ފެންތަކާއެކު ބޮލުގައި އަތް ހިންގާލުމަށްފަހު އެގެއިން ނިކުންނަން ހިނގައިގަތީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީތީ ހިތާހިތުން ހަޅޭއްލަވަމުންނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތް އަލްމާޝް ބާރަކަށް ދޮރު ލެއްޕުމަށްފަހު ދޮރުފަތަށް ލައްގަނެވުނެވެ. މިވީ ކީއްހެއްޔެވެ؟ އަލްމާޝްގެ ހިތާ ފުރާނައިން އެދުނު ހަމަ އެކަނި އިންސާނާ ފަޅި ސިކުންތަކަށް ހަނދާނުން ކައްސާލީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އަނގަމަތީގައި އަތް އަޅައިގެން ހުރި އަލްމާޝް ހަށިގަނޑުގައި އެއްވެސް ބާރެއް ނެތި ހުރި ދިމާލުން ތިރިއަށް ސޮހިގަތެވެ. މިހުރިހާ ކަމަކީވެސް މާންގެ ސަބަބުންވާ ކަންތައް… އަހަރެން ބާކީ ކޮށްލާފައި މާން ދުރުގައި ކުޅި ބަލަން ހުރުމުން ވީ ގޮތްމީ… އަލްމާޝް ހިތަށް އަރަމުންދިޔައެވެ. ބަރާބަރު ތިން އަހަރަށްފަހު މިއަދު ފުރަތަމަ ފަހަރަށް އަލްމާޝްގެ ހިތުގައި ނިމާންއާމެދު ޝަކުވާ އުފެދުނެވެ. އިންތަނުގައި އިނދެ ހިތްފުރެންދެން ރޮޔުމަށްފަހު ތެދުވެގެން ގޮސް އެނދުގައި އިށީނދެ ފޯނު ނަގާ ލަކްޔަންއަށް މެސެޖް ކޮށްލީ އެއީ ނުވާ ކަމެއްގެ ގޮތުގައި ދެކެން ޖަހާލާފައެވެ. އަތްމަތި އަވަސްކޮށްލާ ތެތް ހެދުން ބަދަލުކުރުމަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ފަޒްނާގެ ކޮޓަރިއަށްވަނީ އަލްމާޝްގެ ކުދިން ކައިރިއަށެވެ. އަލްމާޝް ކޮޓަރީގެ އޭސީ މައްސަލަޖެހިފައި ހުރުމުން މިރޭ ކުދިން ގޮވައިގެން ފަޒްނާ އެކޮޓަރީގައި ނިދިކަން އެއީ ނަސީބޭ ހިތަށް އެރިއެވެ. އެނދުމަތީގައި ފަޒްނާގެ ބިއްދަށުގައި ނިދާފައި އޮތް މާޝަލްއަށް ދޮނެއްދިނުމަށްފަހު މަގަތުގައި އޮތް މިކްޔަން އުރާލައިގެން އަލްމާޝް އޭނާގެ ކޮޓަރިއަށް ވަނީ އެހެންތަނެއްގައި ނުނިދޭނެތީއެވެ.

 

“ނާހަމަ ތެދެއްތަ؟ ސުބްހާނަﷲ….އެކަންކުރި މީހުންނަށް ހައްގު އަދަބު ލިބުނީތީ މާތް ރަސްކަލާނގެ ކިނބަފުޅަށް ހަމްދާއި ޝުކުރު ކުރަން…..” ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރި ފަޒްނާ ވާހަކަދެއްކީ އެނދުގައި އިށީނދެގެން އިން މަނިކާއެވެ. ރާއްޖޭންބޭރަށް ކުރި ދަތުރަށްފަހު މަނިކު މާލެ އައީ މިއަދުގެ ވަގުތެއްގައެވެ.މިއަދުު މަނިކު ފަޒްނާއަށް އެދިނީ ފަހުގެ ތާރީހެއްގައި ފަޒްނާއަށް އިވުނު އެންމެ އުފާވެރި އަދި އެންމެ ހައިރާންކުރުވަނިވި ހަބަރެވެ. ފަޒްނާގެ ދެލޮލުން އިހުތިޔާރަކާނުލާ ކަރުނަ އަންނަންފެށީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ދުނިޔެމަތީގައި ނުލާފާ ނުބައި މީހުން އުޅޭކަން ފަޒްނާ ދަނެއެވެ. އެކަމަކު މިކަހަލަ ރަހުމްކުޑަ އަނިޔާވެރި ބައެއްގެ ވާހަކަ އަޑު އެއިވުނީ އަދި އަލަށެވެ.

“މާތް ރަސްކަލާނގެ އިރާދަފުޅުން މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު. ދެން އޮތީ އެންމެ ބޮޑު ކަންތައް….” ހުރި ޖަގުން ފެންތައްޓެއް އަޅަމުން މަނިކު ބުނެލިއެވެ.

“އިންޝާ ﷲ” އަދިވެސް ފަޒްނާ ހުރީ ރޮވިފައެވެ.

“ކޮބާ ކުދިން މިހާރު… އަލްމާޝް ގޭގަ އުޅޭތަ އެބަ”  ބޯދަށަށް ދެއަތްލާ ބާލީސްމަތީގައި ޖައްސާލަމުން މަނިކު އަހާލިއެވެ.

“ހޫމް… މިގޭ ކުޑަކުޑަ އަނގަބޯސާ ޤުރުޢާން ކުލާހަށް ގެންދަން ތައްޔާރުކުރަން އެބައިން….މިހާރު ކުރިއަށް ވުރެ ލާނެއް ވެއްޖެ… ނޭނގޭ ހަމައެއްކައްޗެއް ވެސް ނެތް… ކުރީ ދުވަހު ސްކޫލުން ގެއަށް އައި މަގުމަތީގައި މަގޭ ކައިރީގައި އަހަނީ މާމާއޭ އަދިވެސް އަދީބު ހުރީ ޖަލުގޭގަހޭ…. މަށަށް ނޭނގުނު ކިޔާނެ ބަހެއް ވެސް….ގައިމުން މަނިކު ފުރައިގެން ދިޔަ ފަހުން މަހަކާއި ދެ ހަފްތާވީ އިރު މިގޭގަ ޓީވީއަކުން ސިޔާސީ އެއްވެސް ޕްރޮގްރާމެއް ނުދައްކާ…. މާލް ކައިރީގައި ކާކު ދެއްކި ވާހަކައެއްހޭ ބުނީމަ ބުނެފި ކުލާސް ކުއްޖެއް ބުންޏޭ އަދީބު އަދިވެސް ހުރީ ޖަލުގައޭ..” ފަޒްނާ ހެމުންހެމުން ވާހަކަދެއްކުމުން މަނިކަށްވެސް ހީގަނެވުނެވެ. ފަޒްނާ ކައިރީގައި މަނިކު އަލްމާޝްގެ ކައިރީގައި އެއްކަލަ ވާހަކަދައްކަން ހިނގާށޭ ބުނުމުން ފަޒްނާ ބޯޖަހާލީ އެއީ ކޮންވާހަކައެއްކަން އެނގޭތީއެވެ.

ގޭދޮރުމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން ލަކްޔަން ކުރިމަތީގައި ހުރި ކުޑަކުޑަ މާޝަލް އުރާލާ ސޭފްޓީ ބެލްޓް އެޅުމަށްފަހު ކުރިއަށް ދުއްވާލުމުން އަލްމާޝް އެތެރެއަށް ވަނެވެ. މަންޒަރު ބަލަން ތިބި ފަޒްނާއާއި މަނިކު އަލްމާޝް ފަހަތުން ކޮޓަރިއަށް ވަތްތަން ފެނުމުން އަލްމާޝްގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ. އަދި ކުރަން ހުރި ކަންތައް ފަހަށް ބެހެއްޓުމަށްފަހު އެދެމީހުންނާއި ކުރިމަތިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބީގެ ރާސްތާއަކީ ކަރުނައޭ…..

Next

އަލްމާޝް 23

Next
January 20, 2016

އަލްމާޝް 23

Previews
January 19, 2016

ލޯބީގެ ރާސްތާއަކީ ކަރުނައޭ…..

28 Comments!

  1. Ushaali says:
    January 19, 2016 at 10:17 pm

    hi readers , vahaka lasvi kamahttakai varah bodah maafah edhen. kokko eh balivumaai gulhigen varah emgency koh raajein beyrah furan jehuny. v bizi koh hospital ga ulhuhny. geyga wifi hamajehumaa eku vahaka up kury mi… hurihakiyuntherin ves understand vaane kamah ummydhu kuran…mi bai ves kamudhaane kamah heekuran

  2. Niz says:
    January 19, 2016 at 10:30 pm

    Oh finally kiyaalan libijje…vvv wait kyrevvije muvaahaka up kureythw….mi part vvv reethi..niz ah hyvany maan annan ulhenyhen….haha…whn nxt waiting

  3. Niz says:
    January 19, 2016 at 10:32 pm

    Oh gws ushaali kokko ah…ok..me understand vey…ehen vx vaane…yeyy me first..

  4. Shahaa says:
    January 19, 2016 at 10:38 pm

    Nyc???

  5. zero says:
    January 19, 2016 at 10:50 pm

    3years fahun ves almash ge baby ah 5 months tha? Thats impossible dho

    1. jeen says:
      January 19, 2016 at 11:17 pm

      Zero aaa ma ves ebbas… Aslu bodu kujjaa ah 4 varakah years vaan jeheyne dhww… And aneh kujja ah 3.. Ushaa think about it…

  6. Zaanaa says:
    January 19, 2016 at 10:58 pm

    Vvvv inthizaaru kurevehje dhan khohme duvahaku up kurahchay vaahaka

  7. Mar Sha Marsha says:
    January 19, 2016 at 11:09 pm

    Verrryyy nice… fazna men bunaany maash lucky aa marry kuran tha anekkaa?? Or does manik has any news of maann??? Mi kahahala hithah undhagu vaa kahala than kolhun anekkaa inthizaaru kuran jassan heyo nuvaanenu ushaali… but story was awwwsummmm.n get well soon to ur kokko… hope to c 23 really soonnn…

  8. Raush Umar says:
    January 19, 2016 at 11:21 pm

    Dhen v fooi mivaahaka …

  9. hajj says:
    January 19, 2016 at 11:24 pm

    Aslu ves varah reethi. Thihaaburakoh ulemun ves up kohladineytey sukuriyaa….

  10. elsa says:
    January 19, 2016 at 11:26 pm

    zero ebuni thankolhu elsa ahves faahagavi. ethankolhu change kolla usha. eyrun ok vaane.n kuriah oi thanuga ekahala kankamah visnaealahche. gud luck ushaa. when next part

  11. Aimsithu says:
    January 20, 2016 at 12:09 am

    Almash ge baby ah 5 months eyee olhumeh baa… 3yrs v vaahaka ves ebaoi bunefa. … ehenve ahaaaly ingye

  12. cr@z! says:
    January 20, 2016 at 1:01 am

    konmeh dhuvahaku genes dheebah

  13. heartless pwincess says:
    January 20, 2016 at 1:30 am

    My favorite ushaaaliiii.. 🙂
    Daily koh up kohbaaaa.. gws ur kokko ah

  14. LatHu says:
    January 20, 2016 at 6:59 am

    Ushaaly, kuda mistake eh ebain… maan dhiya fahun 3years viyya nw almash ge kuda baby ge age vaan jeheyne 2 years…
    Btw story v interesting…… waiting for next part….

  15. faathun says:
    January 20, 2016 at 8:20 am

    V nice ingey n part tankolheh avaskohladeythia p p

  16. Anonymous says:
    January 20, 2016 at 8:42 am

    2 year varu vAany baby ah cox almaash preg vikan inguny nimaan beyrah dhiya fahun..so 9 month fahun dho vihaany so 2 yr varu vaany

  17. Nookko says:
    January 20, 2016 at 8:50 am

    Oh mi partves varah reethi…varah reethi sifa kurunthahves…keep it up ushaali…love yew… :*

  18. ken? says:
    January 20, 2016 at 9:20 am

    kudhinge age hama nujehey….rangalhah proof reading hadhaalinama dhw…..

  19. Inth Haim says:
    January 20, 2016 at 10:50 am

    mihaaru kada vejje mivaahaka… nimaan vaane annan…

  20. Abdu says:
    January 20, 2016 at 11:25 am

    Next part avaskoba

  21. Ushaali says:
    January 20, 2016 at 12:38 pm

    yes.. aee ushali ge mistake eh. ethan change kuran ulhefa ves fahu vaguthu handhaanun kassaaly. but v v v bodah thanx handhaan kolla dhin huriha kudhinnah. mihaaru engijje ushali ge vahaka varah visnanigen kiyaakan. and thnx for da lovely comments…

  22. cr@z! says:
    January 20, 2016 at 1:21 pm

    wen update kuraanee….ahvaha koh dheacheh n maan ah dera gothe nuhadaathi plz….

  23. nihaa says:
    January 20, 2016 at 2:34 pm

    Alhey maan genesdhyba avahah shona kairiah..plxxx….whn nxt part….v v v reethi…hingey

  24. Liu says:
    January 20, 2016 at 4:51 pm

    Thnks for updating…….vaahaka hama habeys…..maan avahah genesdheeba dhen.
    ..vaahaka nimen ulheyhen haadha hyveyey……..ehaa avahah daythah pst vegengohsi

  25. Zaanaa says:
    January 20, 2016 at 9:20 pm

    Ushaa nextpart up kohdeeba please

  26. abhy says:
    January 20, 2016 at 9:37 pm

    Pls. Next part avas kohdhyba.. pls..

  27. Yanaalee says:
    January 20, 2016 at 10:51 pm

    Haadha lahey uo waaleh.. Can’t wait to read next part. Anyway v reethi..

Comments are closed.

Next Episodeއަލްމާޝް 23←


All Right Reserved!