Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 23

Ushaali
January 20, 2016
8 Mins Read
45 Comments

ގޭދޮރުމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން ލަކްޔަން ކުރިމަތީގައި ހުރި ކުޑަކުޑަ މާޝަލް އުރާލާ ސޭފްޓީ ބެލްޓް އެޅުމަށްފަހު ކުރިއަށް ދުއްވާލުމުން އަލްމާޝް އެތެރެއަށް ވަނެވެ. މަންޒަރު ބަލަން ތިބި ފަޒްނާއާއި މަނިކު އަލްމާޝް ފަހަތުން ކޮޓަރިއަށް ވަތްތަން ފެނުމުން އަލްމާޝްގެ ތުންފަތްމަތީގައި ދުވެލީ ހިނިތުންވުމެކެވެ. އަދި ކުރަން ހުރި ކަންތައް ފަހަށް ބެހެއްޓުމަށްފަހު އެދެމީހުންނާއި ކުރިމަތިލިއެވެ.

“ދަރިފުޅު ކީއްކުރަން ތިއުޅެނީ”  މަނިކު އަހާލިއެވެ.

“ނަމާދުކޮށްލަންކަމަށް އުޅުނީ… އެކަމު މަންމައާއި ބައްޕަ ދައްކަން ތިއުޅޭ ވާހަކަ އަޑުއާހާލާފައި ދާހިއްވަނީ”  އަލްމާޝް ވެސް ހީލަމުން ބުނެލިއެވެ. އަލްމާޝް ހީކުރީ އެމީހުން ލަކްޔަން ވާހަކަދައްކަން އުޅޭކަމަށެވެ. އެހެންކަމުން މަންމަމެންގެ ނިންމުމާ އަލްމާޝް ރުހޭ ވާހަކަ ބުނަން ތައްޔާރުވެލިއެވެ.

“ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން އުޅޭތާ… ދަރިފުޅަށް މިހާރު އެނގިފައި އޮތް ކަމެއް… އެކަމަކު މަންމައާއި ބައްޕަ ދުލުން އަދި ހަގީގަތް ހާމަކޮށްދެވިފައި ނެތީމަ އެވާހަކަ ބުނެލަން މިއުޅެނީ…ދަރިފުޅު ތީ މަންމައާއި ބައްޕަގެ އުފަން ދަރި…..”  މަނިކު ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ އަލްމާޝްއެވެ..

“ނޫން… ތިހެން ނުބުނޭ… ތީ އަހަރެންގެ މަންމައާއި ބައްޕައަކީ….މިދުނިޔެއަށް އަހަރެން ނޭވާލުމަށް މެދުވެރިވީ އެހެން އަންހެނަކަށް ވިޔަސް މި އިނގިލީކުރި ހިފައިގެން ބިންމަތީގައި ފިޔަވަޅު އަޅަން ދަސްކޮށްދިނީ ތި މަންމަ…ރެޔާއި ދުވާލު ގައިން ދާ އޮހޮރުވައިގެން މަސައްކަތްކޮށް މިއަދު އަހަރެން މިހުރި މަގާމަށް ގެނެސްދިނީ ތި ބައްޕަ…. މަންމަގެ ވުޖޫދަކީ ހަޔާތް….މަންމަގެ ދުޢާ އަކީ ކޮންމެ ދަރިއެއްގެވެސް ކާމިޔާބީ… މަންމަގެ ފައިތިލަ ދަށުގައިވަނީ ސުވަރުގެ… ދުނިޔެ ހުރިހާ ދުވަހަކު އަހަރެން މަސައްކަތްކުރާނަން މަންމަގެ ފައިތިލަ ދަށުގައިތިވާ ސުވަރުގެ ހޯދުމަށް… ދެން ތިހުރީ ބައްޕަ… އަހަރެން ކޯހުގައި ދިޔައިރު ބައްޕަދިން ނަސޭހަތެއް އަދިވެސް ހަނދާންއެބަހުރި….ބޮޑުވެގެން ދިރިއުޅުމެއް ފަށާއިރު ހަޔާތަށް އުޑުގައިވާ ތަރިތައް ގެންނަން މަސައްކަތް ނުކުރައްޗޭ…. ސަބަބަކީ ތަރިތަކަކީ ރޭގަނޑު ވިދާ ބަބުޅާފައި އިރު އެރުމާއެކު ގެއްލިގެންދާ އެއްޗަކަށްވާތީ….މިއާދާ ހަމައަށް ވެސް ބައްޕަގެ އެނަސޭހަތުގެ މަތީގައި ދެމިހުރީ… މިހާރު ކަންތައްތައް ބަދަލުވެފައި ވިޔަސް އެންމެފަހު ނޭވާއާ ޖެހެންދެން ވެސް އުއްމީދު ކަނޑައެއް ނުލާނަން….. ވީއިރު މިއަދު މަންމައާއި ބައްޕަ އުފަންދަރިއެއް ނޫނޭ ބުނެ އަހަރެން ދުރުކޮށްތިލަނީ ކީއްވެ؟”  ވާހަކަދައްކާ ނިމުނުއިރު އަލްމާޝްއަށް ހުރީ ރޮވިފައެވެ. ފަޒްނާ ގައިގާ އަލްމާޝްއަށް ބައްދާލުމާއެކު ބަޑި ފަޅައިގެންދިޔައެވެ. މަނިކު އަލްމާޝްގެ ބޮލުގައި ފިރުމާލިއެވެ. “މާފްކުރޭ ދަރިފުޅާ… މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަންމައަށް މިއަދު ލިބިފައި މިހުރީ ދަރިޖަވާހިރެއް….. ހުރިހާ މައިންގެ ދަރިން ދަރިފުޅު ފަދައިން ލައްވާށި… މިއަދު ދަރިފުޅު ކުރަމުންތިދާ ހިތާމަތައް އެންމެ ކައިރިން ފެންނަނީ މަންމައަށް… މަންމަމެން އިތުރު ތަކްލީފެއް ދަރިފުޅަށްދޭން މަސައްކަތްކުރެވުނީތީ މާފަށް އެދެން…. އިރާދަކުރެއްވިއްޔާ ދެން ލަސްތަކެއް ނުވެ ދަރިފުޅުގެ ތި އިންތިޒާރަށް ނިމުމެއް އައިސްދާނެ” އަލްމާޝްގެ ބުރަކަށީގައި ފިރުމަމުން ފަޒްނާ ވާހަކަދެއްކިއެވެ.

 

ހަލުވި ކަމާއެކު ދުވަސްތައް މާޒީގެ ސޮފާހާތަކާ އެކުވަމުން ގޮސް އިތުރު ދެމަސްދުވަސް ފާއިތު ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހަވޭލީއަށް މިއަދު އީދެއް އައިސްގެން އުޅޭ ކަހަލައެވެ. ޕިންކްވިލާގޭ އެންމެންނާއި އަފާފްގެ އިތުރުން މީގެ ދެއަހަރު ކުރިން މީހަކާ އިނދެގެން އިންޑިޔާއަށް ދިރިއުޅުން ބަދަލުކުރި އަންޖޫ ވެސް އިނެވެ. އަލްމާޝް އެންމެ އުފާވީ ބޮޑުބެގެ ދެދަރިން ރޫހީއާއި ޖޫލް ފެނުމުންނެވެ. ހުރިހާ މީހުންނަށް ތިބެވޭނެހެން ގޭ ޓެރަސްމަތި ފަޒްނާ ތައްޔާރުކޮށްލީ ވަރަށް ފުރިހަމައަށެވެ. ހަމައެކަނި މަދީ މަނިކެވެ. އަޒްމާގެ އަތްމަތީގައި އޮތް މިކްޔަން ނިދުމުން އަލްމާޝް މިކްޔަން ކޮޓަރިއަށް ގެންދިޔައެވެ. އެއްކައިރީގައިވާ ހަދާފައިވާ މާގަސްތަކުން މާ ބިނުމުގައި މާޝަލްއާއި އާރާވް އުޅެއެވެ. މިއަދު އެހާ ހާއްސަވީ ކީއްވެހޭ އަލްމާޝް ފަޒްނާ ކައިރީގައި އެހުމުން ފަޒްނާ ހަމައެކަނި ބުނީ އާއިލާ މީހުން އެއްތަންވާ ދުވަހަށް ވީމަކަމަށެވެ. މިކްޔަން ކޮނޑުމަތީގައި ބާއްވާލައިގެން މަޑުމަޑުން ސިޑިން އަރަމުންދިޔަ އަލްމާޝްގެ ހިތަށް ބުނަން ނޭނގޭ ގޮތްތަކެއް ވަނީއެވެ. ކޮންމެސް ހާއްސަ ކަމެއް ވާންއުޅެނީއޭ އެހިތް ބުނާ ކަހަލައެވެ. އެހެންދުވަސް ދުވާހާ ހިލާފުވީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިންވެސް އާއިލާ މީހުން އެއްތަންވެއްޖެއެވެ. އަލްމާޝް ހިތަށް އެރީ އެންމެ ނުބައިކޮށެވެ. ކައިވެނީގެ ވާހަކަދައްކަން ލަކްޔަން ފެމެލީ އަންނަ ކަމަށް ހީކޮށް އަލްމާޝްގެ ހިތަށް ނުބައި ގޮތެއްވިއެވެ. ލަކްޔަންއަށް ފާޅުގައި ދެވަނަ ފަހަރަށް ނޫނެކޭ ބުނެވުމުން އަލްމާޝް ހުންނަނީ އަލުން ލަކްޔަންއާއި ބައްދަލުކުރަން ނުކެރިފައެވެ. މީހެއްގެ ހިތް ހަލާކުކޮށްލަން އަލްމާޝް ބޭނުމެއްނުވެއެވެ. ހުދު އަލްމާޝްގެ ހިތަކީވެސް ހަލާކުވެފައިވާ ހިތެކެވެ. މަޑު ހިނގުމެއްގައި ގޮސް އަލްމާޝްގެ ބޮޑު އެނދުގައި މިކްޔަން ބާއްވާލުމަށްފަހު ކައިރީގައި ވަށާ ބާލީސްތައް ޖެއްސުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތް އަލްމާޝް އަށް ކަބަޑުމަތީގައި ހުރި ތާޒާ މާތައް ފެނުމުން އެނަގަން ކައިރިވެލިއެވެ. ދުރުގައި ހުރި ވާސް އަތަށް ހެޔޮވަރުކޮށްލުމަށްފަހު ސައިށް ކަބަޑު ކައިރީގައި ހުއްޓުނީ އެމާތައް ވާސްއަށް ޖަހާލުމަށެވެ. ދޮރާ ފުރަގަސްވާގޮތަށް ކުޑަކޮށް ގުދަށް އޮތް އަލްމާޝް ސިހުނީ ކަންފަތަށް އިވުނު އަޑަކުންނެވެ. ދެވަނަ ފަހަރަށް އެއަޑު އިވުމާއެކު ކުޑަކޮށް މަޑުޖެހިލެވުނީ އެއަޑު ގަބޫލުކުރަން ދަތި ވެގެންނެވެ.

“ޝޯނާ” ކުއްލިއަކަށް ފަހަތަށް އެނބުރުނު އަލްމާޝް ދެލޯބޮޑުވީ ކުރިމަތީގައި އެހުރި އިންސާނަކީ ހަމަ ނިމާންބާއޭ ހިތަށް އަރާފައެވެ. ކުރިއަށް ވުރެ ހަށިގަނޑު ހިކި ކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ކުރިއާއި ހިލާފަށް ވަރަށް ތުނިކޮށްލާފައެވެ. ވައަތު ލޮލުގެ ބުމައިން ފެށިގެން ތިރިއަށް ތިން އިންޗިއެއްހާ ވަރުގެ ލަކުނެއް ހުއްޓެވެ. ބަލާބެލުމަށް އެއީ ދުވަސްތަކެއްވެފައިވާ ލަކުނެއްކަން އަންގައިދެނީ ލަކުނު ކަޅުވެފައި އަދި ފަނޑުވަމުން އަންނާތީއެވެ. އެއީ ފަހާފައިވާ ތަނެއްކަން ދެވަނަ ވިސްނުމަކަށް ނުގޮސް އަލްމާޝް އަށް އެނގުނެވެ. ކަޅުކުލައިގެ ޓީޝާޓް ގަޔަށް ހިފާލާފައި ހުރިއިރު ޓީޝާޓްގެ އަތުކުރިން ވައަތުގައި ވެސް ވަށްކޮށްހުރި ކަޅު ލަކުނެއް ހުއްޓެވެ. މޫނުމަތީގައި ތާޒާކަން ހުރިއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. އަލްމާޝްއަށް ނިމާންއާއި ހަތަރުކަޅި ހަމަވުމާއެކު އަތުގައި އޮތް ބިއްލޫރި ވާސް ދޫވެ ޓައިލްސްމަތީގައި ޖެހި ބާރުގަދަ އަޑުފައްގަނޑެއް ކޮޓަރި ތެރޭގައި ގުގުމާލުމާއެކު އެނދުގައި އޮތް މިކްޔަން ސިއްސައިގެން ގޮސް ވަރަށް ބާރަށް ރޯންފެށިއެވެ. ދޮރުމަތީގައި ހުރި ނިމާން އަށް އެނދުގައި އޮތް މިކްޔަން ފެނުމާއެކު ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެނދާ ކައިރިވަމުން ގޮސް ދެލޯ ހުޅުވައިގެން ނިމާންގެ މޫނަށް ބަލަން އޮތް މިކްޔަން ނަގާ އުރާލިއެވެ. ދެވަނަ ސިކުންތުގައި މިކްޔަންގެ މޫނުގައި ބޮސްދޭންފެށީ މޮޔައަކު ފަދައިންނެވެ. މިކްޔަންވެސް ހީލާއިރު ހީވަނީ އުރާލައިގެން ހުރީ ބައްޕަކަން އެނގިގެން އުޅޭހެންނެވެ. މިކްޔަން އޮތް ތަނުގައި ބޭއްވުމަށްފަހު ނިމާން ބަލާލީ ކައިރީގައި ހުރި އަލްމާޝްއަށެވެ. ތިން އަހަރު ފާއިތުވެ ދިޔަސް އެއްވެސް ތަފާތެއްނެތެވެ. ބިއްސެއްވެސް ނުވާ ހަމަ އެއޮމާން މޫނެވެ. ހުދުކަން ގަދަ އެދެލޮލެވެ. ހަމަ އެމަޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. ދެގޮތެއްނުވާ ފުރިހަމަ އެހަށިގަނޑެވެ. ނިމާނަށް ނަޒަރު ހުއްޓާލައިގެން ހުރި އަލްމާޝްގެ ލޮލުގައިވާ ކަރުނަތައް ވެސް ހިނދުކޮޅަކަށް ހުއްޓިފައިވާ ކަހަލައެވެ. އަލްމާޝް ހުރީ އަދިވެސް ގަބޫލު ނުކުރެވިފައެވެ. ނިމާން މަޑުމަޑުން އަލްމާޝްގެ މޫނުގައި ފިރުމާލުމާއެކު ހަމަހޭވެރިކަންވީ ކަންނޭނގެއެވެ. ނިމާންގެ ބާރުގަދަ ހަށިގަނޑުގައި ބައްދައިގަތީ ދެން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ނިމާންވެސް އަލްމާޝްގެ ހަށިގަނޑުގައި ހިފަހައެްޓާފައި ހުރި ބާރުމިނުގައި އަލްމާޝްއަށް ނޭވާ ލާންވެސް އުނދަގޫވިއެވެ. އަލްމާޝްގެ މޫނުގައި ނިމާންގެ ތުންފަތް ނުޖެހޭ އެންމެ ތަންކޮޅެއްވެސް ނެތެވެ. ދެއަތްތިލައާއި އެވަގުތު ހާމައަށް ފެންނަން ހުރި ހުރިހާ ހިސާބެއްގައި ނިމާން ބޮސްދިނެވެ. ވާނީވެސް އެހެންތާއެވެ. އެލޯތްބާއި ނުލާ އޭނާ މިހޭދަ ކުރި ތިން އަހަރު  ދިގު ދެމިގެންދިޔައީ ތިން ގަރުނު ފަދައިންނެވެ. ލޮލަށް ފެނުނީމަ ދުރުގަ ހުރެވޭނީ ކާކަށް ހެއްޔެވެ؟ އަލްމާޝްއަށް ރޮވޭ ވަރަކަށް ނިމާންވެސް ދިޔައީ ރޮމުންނެވެ. އިސާހިތަކު އަލްމާޝްގެ ދެލޯ ރަތްވެ ދުޅަވިއެވެ. މަޑުމަޑުން އަލްމާޝް އެހަށިގަނޑާ ދުރުކޮށްލުމަށްފަހު އަލްމާޝްގެ ލޮލުން އައި ކަރުނަތައް ނިމާން ފޮހެލަދެމުން މާޒީވި ދުވަސްތައް ހަނދާން ނައްތާލާށޭ ބުނެލިއެވެ. އަލްމާޝް މަޑުމަޑުން މާލްއޭ ބުނެލުމާއެކު ނިމާން ބޭރަށްނިކުންނަން ހިނގާށޭ ބުނެ އެނދުގައި ބަންޑުން ބޯހިއްލާލައިގެން އޮތް މިކްޔަން އުރާލައިގެން އަލްމާޝްގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ކޮޓަރިން ނިކުތެވެ. ޓެރަސްގައި ތިބި ހުރިހާ މީހުން މިހާރު ތިބީ ގޭގެ ސިޓިންގްރޫމަށް ޖަމާވެފައެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ސިޑިންފައިބައިގެން އައިސް އެމީހުންގެ މެދުގައި ހުއްޓިލި ނިމާންއާއި އަލްމާޝްއަށެވެ. ތަންކޮޅެއް ދުރުގައި ހުރި ފަޒްނާ ހިނިތުންވުމަކާއެކު ލޮލުގައި ހުރި ކަރުނަތައް ފޮހެލި މަންޒަރު އަލްމާޝްއަށް ފެނުނެވެ. ވަކިވަކިން އެންމެންގެ މޫނަށް ބަލަމުން ދިޔަ އަލްމާޝް ނަޒަރު ހުއްޓާލީ ކުރިން އެތަނުން ލޮލުގައި އަޅައިގަނެފައިނުވާ ސަމަދަށެވެ. ކުރިއަށް ޖެހިލާ ސަމަދު ނިމާންގެ އަތްމަތީގައި އިން މިކްޔަން ނަގާ އުރާލިއެވެ. އަދި އެ ތުއްްތު މޫނުގައި ބޮސްދިނުމަށްފަހު މިކް އަކީ މިއާއިލާގެ އެންމެ ހާއްސަ މެމްބަރ ކަމަށް ބުންޏެވެ. އަދި އެއީ އެއާއިލާގައި ހުރި ހަމައެކަނި ފިރިހެން މެންބަރ ކަމަށް ބުނެ ހިނިގަނޑެއް ޖަހާލިއެވެ. އަޒްމާ ކައިރީގައި އިން ދިޔާގެ އުނގުމަތީގައި އިން މާޝަލް ތެދުވެގެން ދުވެލާފައި އައިސް ނިމާންގެ ފައިގާ ބައްދާލުމާއެކު ނިމާން ގުދުވެލާފައި މާޝަލް އުފުއްލާލުމާއެކު މާޝަލް ނިމާންގެ ކަރުގައި ބައްދައިގަނެގެން އޮވެ ރޯންފެށިއެވެ. ނިމާން މާޝަލް ގަޔާލާ ބޮނޑިކޮށްލިއެވެ. “ވަރަށް ބޮޑަށް ސޮރީ ޑެޑީގެ ޕްރިންސަސްް” ނިމާން ބުނެލިއެވެ. ނިމާންއާއި ދާދި ކައިރީގައި ހުރި އަލްމާޝް އިސްޖަހާލައިގެން ހުރެ މަޑުމަޑުން ރޮވެމުން ގޮސް މާޝަލް ރޯންފެށިއަޑު އިވުމާއެކު އަލްމާޝްގެ އަޑު ފަޅައިގެންދިޔައީއެވެ. އަލްމާޝްގެ ބޮލުގައި ފިރުމާލަމުން މަނިކު ފަޒްނާއަށް ބަލާލުމާއެކު ފަޒްނާ ނިމާން ކައިރިއަށް ޖެހިލާ މާޝަލް އުރާލަމުން އެންމެ ކައިރީގައި ހުރި ދޮރުން ބޭރަށް ނިކުމެލިއެވެ. ނިމާން އެނބުރުނު ގޮތަށް އަލްމާޝް އަތުގައި ހިފާ ދަމާލުމާއެކު އެހަށިގަނޑުގައި ބައްދާގަތީ ކުރިމަތީގައި ތިބި މީހުންނަށް ބަލާލުމެއްނެތި ، އެންމެންގެ ލޯވެސް ރޮށްވާލާފައެވެ. މާޒީވި ދުވަސްތައް މަތިން ހަނދާންވެ އަޒްމާ ކައިރީގައި ކޮޅަށްހުރި ދީމާ ދެރަވެ އިސްޖަހާލީ މީހެއްގެ ފިރިއެއް ހޯދަން ކުރެވުނު ހަޑި އެހެނަސް މުޑުދާރު މަސައްކަތްތައް ހަނދާންވެފައެވެ. އެހާ ލޯބިވާ ދެމީހުން ވަކިކުރަން ކުރެވުނު މޮޔަ މަސައްކަތްތައް ހިތަށް އެރުމާއެކު އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ހަގީގަތުގައި ވެސް މިދުނިޔޭގައި އެދެމީހުންނަށް ވުރެ ގުޅޭ ޖޯޑެއް ނުވާކަމަށް ހިތުގެ އަޑިން ގަބޫލުކުރެވުނެވެ. ދީމާގެ ހިތަށް ކުރި އަސަރުން އެތަނުން ދާން ހިނގައިގަތުމާއެކު ފިޔަވަޅަށް ހުއްޓުމެއް އައީ އަތުގައި އަޒްމާ އައިސް ހިފާލުމުންނެވެ. ދީމާގެ ދެލޯ ކަރުނުން ފުރިފައިވާތަން ފެނުމާއެކު ވީގޮތް އެނގި އަޒްމާ ވަރަށް ލޯބިން ދީމާގެ ދެލޯ ފޮހެލަދިނެވެ. “ދަރިފުޅާ… މާޒީއާއެކު ދިރިއުޅެން ޖެހުމަކީ ވޭނަކަށް ވެދާނެ. އެންމެ ރަނގަޅުގޮތަކީ މާޒީ ހަނދާން ނައްތާލުން. މުސްތަގްބަލާއެކީ ދިރިއުޅޭ މީހަކަށް މާޒީއެއް ނާންނާނެ” މީގެ ކުރިން ދީމާއަށް އެފަދަ ލަފްޒުތައް އަޑު އިވިފައި ވަނީ ބޮޑުބެ ސަމަދުގެ ފަރާތުންނެވެ. އެހެނަސް މިފަހަރު މަންމަގެ ދުލުން އެފަދަ ލަފްޒުތަކެއް އަޑު އިވުމާއެކު އަނެއްކާވެސް މުސްތަގުބަލާގެން ކުރިއަށްދާން ދީމާއަށް އިތުރު ހިއްވަރެއް ލިބިއްޖެއެވެ. ހީލަމުން އަޒްމާގެ ކޮނޑުގައި ބޯއަޅާލީ ދެން ހިތްވަރުދެރަ ނުކުރާނަމޭ ބުނަމުންނެވެ.

އެކަކު އަނެކަކު އަތު ތެރޭގައިވި އަލްމާޝްއާއި ނިމާނަށް ހޭވެރިކަމެއްވީ ސަމަދު ކަރުކެހިލުމުންނެވެ. ގޮނޑީގައި އިން އަފާފް އަލްމާޝް އަތުގައި ހިފާލުމާއެކު ކަރުނައިގެތެރޭން އަލްމާޝް އަށް ހީލެވުނެވެ.

“މި ހުރިހާ ދުވަހަކު ނިމާން އުޅުނު ތަނެއް އޮޅުންފިލުވަން ދަރިފުޅު ބޭނުންތަ؟”  ސަމަދު ބުނި ބަހަށް އަވަސްއަވަހަށް އަލްމާޝް ބޯޖަހާލިއެވެ. ދިޔާއަށް ސަމަދު ބަލާލުމާއެކު މިކްޔަން އުރާލައިގެން ބޭރަށް ނިކުމެލިއެވެ. ސަމަދު ގޮނޑީގައި ހަމަޖެހިލާ ވާހަކަދައްކަން ފެށިއެވެ. ” މިތަނުން މިހާރު ކަންވީގޮތް ނޭނގެނީ ހަމައެކަނި ދަރިފުޅަށް…. މީ ބޮޑުބެ ދަރިފުޅު ދެކެ ވާ ލޯތްބަށްޓަކައި ކޮށްދިން ކަމެއް… ދަރިފުޅު ވޭނުގައި ދުވަސްތައް ތަހައްމަލް ކުރަމުންދާގޮތް ބަރާބަރަށް ދަރިފުޅު މަންމައާއި ބައްޕަގެ ފަރާތުން ބޮޑުބެއަށް ލިބޭ… މިފަހަރު މަނިކު ރާއްޖޭންބޭރަށް ކުރި ދަތުރަކީވެސް ބޮޑުބެގެ އެދުމަކަށް ކުރި ދަތުރެއް. އެއީ ބޮޑުބެ ބޭނުންވީ ނިމާންއާއި ދޭތެރޭގައި ބައްޕަގެ ހިތުގައިވާ ޝަކުވާތައް ފިލުވާލަން… އަދި ވަކިން ބައްޕައާއި ނިމާން ބައްދަލްކުރުވަން….” ސަމަދު ވާހަކަދައްކާ ނިމުމާއެކު އަލްމާޝް ހައިރާންވެފައި ބަލާލީ މަނިކުގެ މޫނަށެވެ. ނިމާން އިނީ އަލްމާޝްގެ މޫނަށް ބަލަހައްޓައިގެންނެވެ.

“ދަރިފުޅުގެ ބައްޕަ ދަތުރު ނިންމާފައި ގެއަށް އައި ގޮތަށް މަންމައަށް ހުރިހާ ހަގީގަތެއް ކިޔާދިން… އެއް އިންސާނަކު އަނެއް އިންސާނަކާއި ދޭތެރޭ އެހާ އަނިޔާވެރި ވެދާނެއެކޭ ކުރިއަކުން މަންމަ ހިތެއް ނުބުނޭ… އެކަމު ނިމާންއާއި ދޭތެރޭ ކަންތައް ވެފައިވީ ގޮތުން މަންމަގެ ހިތުގައި އެސޮރާއި ދޭތެރޭވީ ހުރިހާ ޝަކުވާތައް އެކީ ފިލައިގެން ގޮށްސި” މިފަހަރު އަލްމާޝް ބަލާލީ އަރިމަތިން އައި ފަޒްނާގެ އަޑަށެވެ.

“ކުރިންވެސް މިތާރީހުގައި ނިމާން ރާއްޖެ އަންނަކަން ބޮޑުއްތަމެންނަށް އެނގޭ….އާއިލާ ހުރިހާ މީހުން އެއްތަންވީ މިއަދު ދަރިފުޅަށް ލިބިގެންމިދާ މިއުފާވެރިކަމުގައި ޝާމިލްވާހިތުން.. ބޮޑުއްތައަށް ވެސް ހަގީގަތް އެނގުނީ ދީމާ އައި ދުވަހު އޭނަ ކިޔާދިނުމުން” އަޒްމާ ވާހަކަދެއްކި އިރުވެސް އަލްމާޝްއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.

“އެމެރިކާ އިން ފަރުވާއަށް ފަހު ނިމާން އެނބުރި މެލޭއަށް އައި ދުވަހު އޭނަގެ ފައި މައްޗަށް ވެއްޓި އަހަރެން މާފަށް އެދުނިން އަހަރެންނަށް ކުރެވުނު ކުށްތަކަށް… އެދުވަހަށްފަހު ނިމާން އަހަރެން ރަހްމަތްތެރިއެއް ގޮތަށް ގަބޫލުކުރީ….” ދީމާގެ ވާހަކަތައް ނިންމާލުމުން އަލްމާޝް ދެލޯ ބޮޑުވިއެވެ.

“ފަރުވާއޭ…..މާންއަށް ކިހިނެއްވީ؟” އަލްމާޝްގެ ސުވާލު އަމާޒުވީ ސަމަދަށެވެ.

“ބޮޑުބެގެ ރައްޓެއްސެއް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮވެގެން އެދުވަހު ހޮސްޕިޓަލަށް ދިޔައީ އެކުވެރިޔާގެ ހާލު ބަލާލަން….ބޮޑުބެއަށް ނިމާން ފެނުނުއިރު ކިރިޔާ ފުރާނަ ހުރިކަން…. އެހަށިގަނޑުގައި ހޮޅިއެއް ނުގުޅާ އެންމެ ތަންކޮޅެއްވެސް ނެތް… އަޅާލާނެ މީހަކު ނެތި ހޮސްޕިޓަލުގައި އޮންނަތާ ދެވަނައަށް ވީދުވަސް އެއީ…. ޑޮކްޓަރުން ބުނި ގޮތުގައި ނިމާން ހޮސްޕިޓަލަށް ގެންދިޔައީ މުސްކުޅިފުރާގެ ފިރިހެނެއް… އެއީ ވެސް ނިކަމެއްޗަކަށް ވީތީ އޭމީހާ ނިމާން ހޮސްޕިޓަލަށް ދޫކޮށްލާފައި ދިޔައީ….ޑޮކްޓަރުންނަށް ބޮޑުބެގެ ހުރިހާ މައުލޫމާތެއް ދިނުމުން އެނގުނީ ނިމާންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިފައިވާ ކަން. އަދި ގެނައި އިރުވެސް ހޭނެތްކަމަށް ބުނީ…. އޮޕަރޭޝަނެއް ކޮށްފައިވާކަމަށް ބުނީ… ވަރަށް ހާލުދެރަކަމަށް ބުނުމުން ބޮޑުބެއަށް ނޭގުނު ހުރެވުނުތަން ވެސް… ނަސީބަކުން އޭގެ އަނެއް ދުވަހު ހޮސްޕިޓަލުގައި އޮތް ބޭބެގެ އެކުވެރިޔާ ޑިސްޗާޖްކުރުމުން އޭނަގެ އެހީއާއެކު ނިމާން ގޮވައިގެން ފުރީ އެމެރިކާއަށް…. އެތަނުގައި ރޫހީއާއި ޖޫލް ކިޔަވަން ތިބޭތީ އެތައް ގޮތަކަށް ވިސްނާފައި ދިޔައީ. އެތަނުން ބެލި ޑޮކްޓަރުން ބުނީ  ސިކުޑި ކައިރީގައިވާ ފަށަލައަކަށް ލޭބުރާފަ ހުރިކަމަށް… ޖެހޭނީ ބޮލުގެ ނާށިގަނޑު ބަދަލުކުރަންކަމަށް….މާތްﷲ ގެ ހެޔޮރަހްމަތްފުޅުން އޮޕަރޭޝަން ކާމިޔާބުވެ ދެވަނައަށް ވީ ދުވަހު ހޭއަރައިފި… އެކަމަކު އެއްވެސް މީހަކާއި ވާހަކަ ނުދައްކާ….ޑޮކްޓަރުން ބުނީ އެއީ ކަމެއް ނޫންކަމަށާއި އަދިވެސް އިނީ ޝޮކެއްގައި ކަމަށް…. ދުވަހަކަށް ވުރެ ދުވަހެއް ނިމާންގެ ހާލު ރަނގަޅުވަމުން އައިސް މަހެއްހާ ދުވަސްފަހުން ހޮސްޕިޓަލުން ދޫކުރި ދުވަހު ގޮވައިގެން ގެއަށް އައިތަނުން ފުރަތަމަ ފަހަރަށް އަނގައިން ބަހެއް ބުނީ…. ހަމައެކަނި ބުނިހާވެސް އެއްޗަކީ ޝޯނާއޭ…..ވާހަކަދައްކަން ފެށިތަނާ ވީގޮތް އޮޅުންފިލުވުން އެހާ ރަނގަޅުކަމަށް ބޮޑުބެއަށް ނުފެންނާތީ އަދި މަޑުކޮށްގެން ހުރީ…. އޭގެ ފަހުން އަނެއްކާވެސް ވާހަކަ ނުދައްކާ… ހަމަ މަޑުމަޑުން އިންނަނީ…. އެތަނުގައި 08 މަސްދުވަހު މަޑުކުރުމަށްފަހު ބޮޑުބެ މެލޭއަށް ނިމާން ގޮވައިގެން އައީ ނިމާންގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުވީމަ. ނިމާންގެ މަންމައާއި އޭނަ ހަވާލުކުރަން ވެގެން މަންމައަށް ގުޅޭނެ ނަންބަރެއް ނިމާން ކައިރީގައި އަހާލީމަ އެހިސާބުން ރޯންފެށީ….. ހަގީގަތަކީ ކޮބާކަން ބޮޑުބެއަށް އެނގުނީ އެހިސާބުން……މިވަރަށް ބުނަން ބޮޑުބެ ބޭނުންވަނީ…ކަނަތައްވީ ގޮތް ދެން ނިމާން ކިޔާދީ….” ހަށިފުރާ ނޭވާއެއް ލަމުން ސަމަދު ގޮނޑިގައި ލެގިލިއެވެ. ނުރޯން ހިއްވަރުކޮށްގެން އިން އަލްމާޝް އިނީ ކަރުނުން ފުރިފައިވާ ލޮލަކުން ނިމާންއަށް ބަލަހައްޓައިގެންނެވެ. ގުޅުވާލެވިފައިވާ ދެއަތް ގެނެސް ނިއްކުރީގައި ޖައްސާލައިގެން އިން ނިމާން ބޮޑުވައި އިނގިލި ކުރިން ލޯކައިރި ފޮހެލުމަށްފަހު އަލްމާޝްއަށް ބަލާލަމުން ހީލެވޭތޯ ބެލިއެވެ.

“ބޮޑުދައިތަގެ ފަރާތުން މަންމަ ވަރަށް ބަލިކަމަށް ލިބުނު މެސެޖަކުން އެމެޖެންސީކޮށް ދިޔައީ…. ދިޔަފަހުން ގެއިން އެއްވެސް މީހެއްގެ ނަންބަރަކަށް ނުއެއްގުޅޭ…ކަންބޮޑުވެފައި ހުރެ ގެއަށް ވަދެވުނު އިރު ވަދެވުނީ މަންމައާއި މޯނާ ކޮއްކޮގެ ޖަނާޒާއަށް… ހުރެވުނުތަންވެސް ނޭނގުނު… ހެޔަށް ގޮތްވާހެންވެސް ހީވި…. މަންމައާއި ކޮއްކޮގެ މޫނު ފެނުމުން މޮޔައަކު ހެން ރޯންފެށުނީ… ގޭގައި އެވަގުތު ތިބީ ބޮޑުދައިތައާއި އޭނާގެ އެކުވެރިޔާ….ހިއްވަރުކޮށްފައި ވީގޮތެއް އޮޅުންފިލުވުމަށް ބޮޑުދައިތަ ކައިރިއަށް ޖެހިލުމުން ނުލަފާ ގޮތަކަށް ހީގަތީ….ކުއްލިއަކަށް ފަހަތުން ބޮލަށް އެރި ލޮޅުމަކާއެކު ފަހަތަށް އެނބުރުނުއިރު ފިރިހެނެއްގެ މޫނު ވަރަށް ފަނޑުކޮށް ފެނުނު.. ދެންވީގޮތެއް ނޭނގުނު… ހޭވެރިކަމެއް ވީއިރު އޮވެވުނީ ކުޑަކުޑަ ގޮޅިއެއް ކަހަލަ ތަނެއްގައި ގަޑިންވީ އިރެއްވެސް ނޭނގޭ… ފޯނުވެސް ވޮލެޓްވެސް އަތުގައި އަޅާފައި އޮތް ގަޑިވެސް ނެތް….. އެހީއަކަށް އެދި ގޮވަން ފެށުމުން ވެސް މީހެއްގެ ހިލަމެއްނުވޭ… ފެންބޯވައިގަނެގެން ގޮސް ކަރުން އަޑު ނުނިކުންނަން އުޅޭހެން ވެސް ހީވި… އެގޮތަށް ތެޅިތެޅިފައި ދެލޮލުންކަރުނަ ހިކެން އުޅޭހެން ހީވީމަ ވަރުބަލިވެގެން ތިރީގައި އޮށޯވެލީ އެނގޭ ދެން ސަލާމަތްވެވޭނީ އެމީހުން ސަލާމަތްކުރި އިރަކުން ކަން. އަމިއްލަ ސަލާމަތަށް ކުރެވޭނެ އެއްކަމެއް ވެސް ނެތް…ދެން ނިދިފައި ހޭލެވުނީ ބުރަކަށީގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ޖެހުމުން… ވަރުބަލިވެފައި ދެލޯ ހުޅުވާލީމަ އެނގުނީ ކުރިމަތީގައި ތިބީ އޭރުގައި ގެއިން ފެނުނު ބޮޑުދައިތައާއި އޭނާގެ އެކުވެރިޔާގެ އިތުރުން ފިރިހެނެއް… ނޭނގެ އެއީ ކާކުކަން… ފަހުން ވިސްނާލީމަ އެނގުނީ އެއީ ދެއަންހެނުން ފަސޭހައަކަށް ގެންގުޅޭ ފިރިހެނެއްކަން…. ބަނޑުހައިވެގެން ގޮސް ހޮޑުލެވޭގޮތް ވުމުން ކާއެއްޗަކަށް އެދުނީމަ ދިނީ 1 ރޮއްޓާއި ބައި ޖޯޑު ފެން…. ގޮހޮރުގައި އޭތިކޮޅު ޖެހުމާއެކު ހަށިގަނޑަށް ކޮންމެސް ވަރެއްވި… ބޮޑުދައިތަ ކައިރީގައި އަހާލީމަ ބުނަނީ މާކުރިންވެސް މަންމަ އާއި މޯނާކޮއްކޮ ދުނިޔެއިން ދުއްވާލަން ރާވާފައިވާ ކަމަށް… އެކަން ނުވެފައި އޮތީ މޯނާކޮއްކޮ މަދީނާއަށް ކިޔަވަން ހުރުމުން ކަމަށެވެ. ރީތިކޮށް އެގެ ދިނުމަށް މަންމަ ކައިރީގައި އެދުނު ކަމަށާއި ފާޅުގައި އެތައް ފަހަރަކު އިންކާރު ކުރުމުން އެންމެފަހުގެ ގޮތް އިހުތިޔާރުކުރަން ޖެހުނީކަމަށް… އެމީހުންދޭ ލިޔުންތަކެއްގައި ސޮއި ކުރުމަށް ބުނީ އަހަރެން ކައިރީގައި… އަހަރެން ބުނީ ފުރާނަ ދުއްވާލިޔަސް ހެވޭ އެމީހުންބުނާ ކަމެއް ނުކޮށްދޭނަމޭ…. ވަރަށް އަނިޔާކުރުމަށްފަހު ބޮޑުދައިތަ ބުނަނީ މަރައެއްނުލާނަމޭ…މިގޮތަށް ތެޅުވީމަ ހަށިގަނޑަށް މާވޭން ލިބޭނޭ….ބޮޑުދައިތަ އެނބުރި އެތަނުން ދިޔައީ އަހަރެން އަނގަމަތީގައި ފައިންޖަހާ ތުންފަތާ ހިރުގަނޑާ އެއްކޮށް ފަޅާލާފައި…އެގޮތުން އެއްދުވަހު އެމީހުން ވަރަށް ރީތިކޮށް ވާހަކަދެއްކުމަށްފަހު އެތަނުން ނެރެދޭނަމޭ ބުނެ އެލިޔުންތަކުގައި ސޮއި ކުރުވުމަށްފަހު އަޅާވެސް ނުލާ ފާޑަކަށް ހެމުން ދިޔައީ… އެތަނުގައި އަހަރަކާއި ހަތްމަސް ވެފައިވަނިކޮށް އަހަރެން ސަލާމާތްކޮށްދިނީ ކުޑަ ފިރިހެންކުއްޖަކު… ފަހުން އެނގުނު އެއީ ބޮޑުދައިތަގެ އެކުވެރިޔާގެ ދަރިފުޅުކަން…. ހާމައުޑު ފެންނަ ހިސާބަށް ދެވުމާއެކު ނޭނގުނު ލިބުނު ހިތަހަމަޖެހުމެއް ބުނަންވެސް… މާތްﷲ ކިނބަފުޅަށް ޝުކުރުކޮށް ލެއްވި ރަހްމަތަށްޓަކައި ހުރިތަނަށް ސަޖިދަވެސް ކުރެވުނު. ޝޯނާއަށް ގުޅުމެއްޓަކައި ގޮތެއް ހޯދުމަށް ރައްޓެއްސެއްގެ ކައިރިއަށް ދަނިކޮށް ފަހަތުން ކުއްލިއަކަށް ބޮލަށް އެރި އެތިފަހަރަކުން ބިމަށް ތިރިވީ… ރޭގަނޑު ވަގުތަށްވެފައި އަނދިރި މަގެއްވީމަ މީހެއްގެ ލޮލުގަވެސް އަޅައިނުގަތީ… ހޭއެރިއިރު އަނެއްކާ އޮތީ ހަމަ ކުރިން އޮތް ތަނުގައި. ބޮލުން ފަޅައިގެންދިޔަ ތަނުގައި ވަރަށް ބޮޑަށް ރިއްސާ…ހަމަ އެހާލުގައި އެތަނުގައި އޮށްވާ ދެން އައި އަހަރުވެސް ފާއިތުވީ…. ދެވަނަ ފަހަރަށް އެތަނުން ބޭރަށް ނެރެދިނީ ބޮޑުދައިތަގެ އެކުވެރިޔާ… އެއީ ދަންވަރުގެ ވަގުތެއް…. ޓެރަސްމަތިން ހީސަކަރާތްޖަހާ އަޑު އިވޭ… މިފަހަރު ބޭނުންވީ އަތު ޖެހުނު އެއްޗަކުން ބޮޑުދައިތައަށް ހަމަލާދޭން. އެންމެ ކައިރިން އަތުގައި ޖެހުނު ދަގަނޑު ހޮޅިގަނޑެއް ހިފައިގެން ބޮޑުދައިތައާއި ކުރިމަތިލީ… އެވަގުތުވެސް ނަސީބު މަށަކާ އެއްބައެއް ނުވި. ބޮޑުދައިތަ ޓެރަސްމަތިން އަހަރެން ކޮށްޕާލީ…. ވެއްޓެންދިޔަ ވަގުތު ވަރަށް ބާރަށް މަންމައަށް ގޮވާލެވުނުކަން އެނގޭ….ދެން ވީގޮތެއް ނޭނގޭ….ހޭއެރުމުން އެންމެ ކައިރިން ފެނުނީ ޑޮކްޓަރެއް…ދެން ބޮޑުބެ” ވާހަކަދައްކާ ނިންމާލުމަށްފަހު ނިމާން މޫނުގައި ދެއަތްއަލާލައި މޫނުމަތީގައި ހުރި އުދާސްތައް ފޮހެލިއެވެ. އަޑުއަހަން ތިބި މީހުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ފަހުން ބޮޑުބެ ވަރަށް މަސައްކަތްކޮށްގެން އެކަމުގައި ބައިވެރިވި މީހުން ފުލުހުންނާއި ހަވާލުކުރީ… ﷲ ގެ އިރާދަފުޅުން ގެވެސް ނިމާނަށް ލިބުނީ….” ސަމަދު ބުނެލިއެވެ. ނިމާންގެ ކެތްތެރިކަމަށްޓަކައި ފަޒްނާ އުފަލުން ފުރުނެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްމާޝް ނިމާންއަށް ބަލާލިއެވެ. އެމޫނުމަތިން ފާޅުވާން ހުރީ އިންތިހާދަރަޖައިގެ ހިތާމައެވެ. އެވަގުތު ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލީ އަލްމާޝްގެ މަޑުމަޑު ގިސްލުމުގެ އަޑުންނެވެ. ސިހިފައި ނިމާން އަލްމާޝްއަށް ބަލާލުމަށްފަހު އަލްމާޝް ގަޔާ ކައިރިކޮށްލާ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. އެހިނދު އެތަނުގައި ހުރި ކޮންމެ މީހަކުވެސް އެމީހަކުގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.

ނުނިމޭ

59
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ushaali

Other Articles

Previous

އަލްމާޝް 22

Next

ލޯބިން އެކީގަ ވާނަމޭ.. (9)

Next
January 22, 2016

ލޯބިން އެކީގަ ވާނަމޭ.. (9)

Previews
January 19, 2016

އަލްމާޝް 22

45 Comments

  1. Ushaali says:
    January 20, 2016 at 11:15 pm

    varah massakathun mireyge part ves miothy up kurevifai. avahah kiyaala………….gudnyt..:-)

  2. jeen says:
    January 20, 2016 at 11:26 pm

    Ushaaa…. Alhe nimmaalii hama… So sad ?… But vaahaka vrh reethi… Thankxxx thihaa salhi vaahaka eh genesdhineema… Dhn kon irakun new story eh gennaaniii… Ushaage vaahaka hama best…. goood luck ushaaa… Love you… <3 :-* ??

    1. jeen says:
      January 20, 2016 at 11:28 pm

      Sorry.. Nimmaalaniii tha hama…. Jeen ulhunii ehen bunan vegen ?.. Mivaahaka nimuneema new story ves liyahcheyyy….

  3. ken? says:
    January 20, 2016 at 11:34 pm

    rovijje????

  4. Mar Sha Marsha says:
    January 20, 2016 at 11:43 pm

    Vvvvvv nice… alhe maaaannn fakyyru… vv happy that maan n shona finally unite vyma.. next bayah keiytheri kameh nethi inthizaaring….

  5. Yanaalee says:
    January 20, 2016 at 11:46 pm

    Story v reethi. Welldone Ushaali

  6. Aimsithu says:
    January 20, 2016 at 11:52 pm

    Vaahaka varah reethi. Mirey ge baii adhi vakin reethi. Naseebeh nu maan ah aadhevun kan

  7. Pppppp says:
    January 21, 2016 at 12:05 am

    V v v reethi dhen kn irakun up kuranee

  8. shau says:
    January 21, 2016 at 12:07 am

    WowwwWe…stry v v v v v v nice…I luv this stryy…u r the best ushaali…waiting for the nxt prt…alhe dhenn anna prt inn nimeyny tha…nuninnmaalahchey..

  9. 9797783 says:
    January 21, 2016 at 1:00 am

    Wow

  10. Zaanaa says:
    January 21, 2016 at 6:29 am

    Vvvvv nice vaahaka next part ah kehmadhuvefa

  11. Niz says:
    January 21, 2016 at 7:14 am

    Wow mivaahaka vvv reethi…kiyamun dhaairuvx rovey..bt vvv reethi..mivaaahaka nooney mihaaru vaahaka eh vx up nukurey….waitin for nxt prt

  12. ninth says:
    January 21, 2016 at 8:20 am

    varah reethi. dhen salhivaany ninmaalyma.

  13. Anonymous says:
    January 21, 2016 at 9:32 am

    Wow v habeys

  14. Nookko says:
    January 21, 2016 at 12:48 pm

    Varah reethi mi partves..its awesome…

  15. nihaa says:
    January 21, 2016 at 1:28 pm

    V v v reethi…..mhr mi vaahaka kiyaafa rovihje…….avahah up kohdhehchey hingey……..vv vvvvv nice this story…..luv u ushaaa

  16. NIHAA says:
    January 21, 2016 at 1:30 pm

    Mi vaahaka ehaa avahah nunihmahchey….eyrun hadi vaaney…….hingey….v reethi

  17. nihko says:
    January 21, 2016 at 1:31 pm

    Ey thedheh………n mivaahaka v v reethi…….ushaa v molhu hingey vhka liyan………v v reethi

  18. Kai says:
    January 21, 2016 at 2:18 pm

    Alhe nimnueetha 🙁 🙁 varah dhera vejhe 🙁 abadhuves kiyan mi story but varah manhunt cmnt kurani 😀 😀 nimaan dw…… hmm lakyan ah vee kihineibaa :V nimuneema hama rovenee 🙁 hope to see ushaali ge another story soon 😛 😛 bi bi till dhen ush 😉 he he he
    Story hama habeys 🙂 😉 lol

    1. jeen says:
      January 21, 2016 at 3:39 pm

      Adhi nunimeyyy… Nimen ulheniii kanneyge…

  19. Liu says:
    January 21, 2016 at 5:13 pm

    Alhey haadha avahakah ninmaalan thi ulhenyy….maa avahah daythah pst kohlaafa.mivaahaka nimunyma varah boring vaane….reethi ehen vaahakaeh neh dhen kiaakah…..btw vaahaka hama habeys…..waiting to read t beautiful stry

  20. neelorchid says:
    January 22, 2016 at 12:02 am

    Nice one 🙂 keep it up <3

  21. cr@z! says:
    January 22, 2016 at 12:39 am

    koba vahaka

  22. Zaanaa says:
    January 22, 2016 at 12:45 am

    Kobaa vaahaka nunedegen me ulhanee

  23. Rifaa says:
    January 22, 2016 at 8:38 am

    Vvvvv. Nice……waiting for nxt part♡♡

    1. Ina says:
      January 22, 2016 at 12:20 pm

      Mee 2

  24. Lillie(liu says:
    January 22, 2016 at 12:23 pm

    Kobaa stry……haadha lasvanyyyy…plssssss avahah up kohdheebaa….cant wait ……plssssssssssssssss

  25. ma says:
    January 22, 2016 at 6:26 pm

    varah nice

  26. jeen says:
    January 22, 2016 at 9:12 pm

    Kobaa story ushaaa… Lahun genesdhevunas angaaleema ok ?.. Iru iru kolhaa hama vadhefa check kohleveniii…. Ehnve ehen mi buniiii… Loadx of love ushaa ?

  27. Eekaa says:
    January 22, 2016 at 10:24 pm

    Alhey kobaatha story…….can’t wait anymore
    Plx up koh dheeba as soon as possible

  28. cr@z! says:
    January 23, 2016 at 1:19 am

    vahaka adheytho miyadhuves ehkoh midhiyaey…bunela dheebah koh dheyne dhuvahae

  29. eyna says:
    January 23, 2016 at 1:28 pm

    dhen ninmaaliaa reethi vaaneee ingey
    ithurah dhigu vehjeeyaamu hadi vaane
    you are the best 🙂

  30. Meena says:
    January 23, 2016 at 10:13 pm

    V reethi

  31. ushaali says:
    January 24, 2016 at 1:01 am

    Iraadha kureviyya next monday night ga vahaka kiyaalan libene. V dheragotheh dhimaavegen lasvany. Kiyaahiyvaa kudhin inthizaaru koh dheche.

    1. jeen says:
      January 24, 2016 at 6:36 am

      Thankxx buneleema…. Yes…. Inthizaaru kuraanan iraadh kureh viyyaa…

  32. anju says:
    January 24, 2016 at 11:40 am

    Ushaali hw’s ur kokko? Shafakallah.. story v nice

  33. Aana says:
    January 24, 2016 at 7:56 pm

    Koba next part avahah up kohdhyba plz plz ?ushaaly

  34. shaya says:
    January 25, 2016 at 5:56 pm

    Thanks Ushaali buneleethee

  35. Zaanaa says:
    January 25, 2016 at 8:16 pm

    Khon erakun up kuranee avahah up khohdeeba please please ? Kehmadhuvefa

  36. Kai says:
    January 25, 2016 at 8:20 pm

    Kobaa hai Kobaa hai magey loabi story maa dhuru gai vaa falhoo dhadhei gai 😛 😛 ushaa where is the story miothee Monday night vs jehifa 🙂 nahee hota hamsei inthixaar ab plc fast 😉

  37. Zaanaa says:
    January 25, 2016 at 9:03 pm

    Ushaa ushaa ushaa ushaa plz plz plz plz up kohdeeba vaahaka

  38. jeen says:
    January 25, 2016 at 10:43 pm

    Waiting waiting waiting….

  39. Kai says:
    January 25, 2016 at 10:48 pm

    Urgggg mihaaru inthixaaru koh koh varubalivejje midhanee nidhann tmrw schl ovey bi bi guy night 🙂

  40. T says:
    January 25, 2016 at 11:00 pm

    Alheyy kn irakuntha nidhi vx naisfa mionnany..

  41. jeen says:
    January 26, 2016 at 12:17 am

    Mihaaru Monday ves nimuniiii mi…. Ushaa ge kokkko Maa balivee tha… Inalthixaaruga adhives… Heekuran ushaa ah time eh veema vaaahaka up kuraane kamah… Try your best ingeyy… Vrh kiyaalaa hithun hama…

Comments are closed.

All Right Reserved!