ފާރުގައި ލެގިލައިގެން ހުރި އަލްޔާ ހުރީ ވެދިޔަ ކަންތަކުން އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރިފައެވެ. އަލްޔާ ލޫކަށް ނުބަލަން މަސައްކަތްކުރާކަން އެނގުމުން ލޫކް ކައިރިއަށް ހިނިއައެވެ. މިރޭ ލޫކަށް ވެސް އެއްކަމެއް ޔަގީންވެއްޖެއެވެ. އެޔަގީން ކަމުގައި ލޫކް ހުރީ ސާބިތުކަމާއެކުގައެވެ. މިރޭ ވެގެން އެދިޔައީ ތާރީހުގައި ފަވާލަން ޖެހޭ ފަދަ ރެއަކަށެވެ. ލޫކްގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. ހިތުން ތަފްހާގެ ނަން ފަނޑުކޮށްލާނެ ބާރު އަލްޔާގެ ފަރާތުން ލިބިއްޖެއެވެ. ނަމަވެސް ލޫކް ކެތްކުރާނެއެވެ. […]
ރެއަށް މުށިމަހު ރިހަ ކައްކަން ވެގެން ދެތިން ފިޔާ ހިފައިގެން ކޮށަން ކުޑަމަނިކެ ޖައްސާލީ ހަސަންފުތާއި ޖެހިގެން ހުރި ޖޯލީގައެވެ. ކާފަދަރިފުޅު ދުވާ މަންޒަރު ބަލަން ހަސަންފުތު އިނީ ގެއްލިފައެވެ. ކުޑަމަނިކެ ދެތިންފަހަރަކު ހަސަންފުތަށް ބަލާލީ އެހެންރޭރެއާއި ހިލާފަށް މިރޭ މާ މަޑުންއިންހެން ހީވާތީއެވެ. ކުޑަމަނިކެގެ މެއަށް ގޮތެއްވެގެން ދިޔައީ ހަސަންފުތުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައެވެ. “ހަސަނާ ކިހިނެއްވީ؟ ކޮން ފިކުރެއް ތިކުރަނީ” ފިޔާތަށި ދުރުގައި ބަހައްޓަމުން ހަސަންފުތާއި ކައިރިވެލަމުން ކުޑަމަނިކެ އަހާލިއެވެ. “ލޫކް ގުޅިތަ […]
ޒުވާނާ އަލްޔާ އާއި ކައިރިއަށް ފިޔަވަޅު އަޅަން ފެށުމާއެކު ޖެހިލުންވެފައި ހުރެ އަލްޔާ ޖެހެނީ ފަހަތަށެވެ. މީކާކު ހެއްޔެވެ؟ މި މީހާ ކައިރިއަށް އެއަންނަނީ ކީއްވެ ހެއްޔެވެ؟ މީ އަދި މިހާތަނަށް މި ސްޓޭޝަނުން ފެނިފައިވާ މީހެއް ނޫނެވެ. މީ އަނެއްކާ ފުލުހެއްބާއެވެ؟ ރަތްކުލައިގެ ބެނިއަންގައި ޒުވާނާ ކިތަންމެހާ ވެސް ފުރިހަމައެވެ. އަލްޔާ އެންމެ އަޅައިގަތީ ޒުވާނާގެ ފުރިހަމަ އިސްކޮޅާއެވެ. ޖޭމުގަސް ކައިރީގައި ހުރި ޓިނުގަނޑުގައި އަލްޔާ އަށް ލައްވެލެވުނީ އިތުރަށް ފަހަތަށް ޖެހެން ޖާގައެއް ނެތުމުންނެވެ. […]
ހަށިގަނޑުގައި ޖަހާފައިވާ މަސްތަކުގެ ސަބަބުން ހިނގާ ބިގާވެ އުޅެން އުނދަގުވާކަން ޝަރީފާ ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކުން ވެސް އެނގެއެވެ. ގޭދޮރުމަތި ކުނިކެހުމަށްފަހު ދުރުގައި ހުރި ޖަސްތުގަނޑާއި ގޯނިގަނޑު ހިފައިގެން އައިސް އެއްކޮށްފައި ހުރި ކުނިތައް އެއަށް އަޅަން އުނދަގުލުން ތިރިވިއެވެ. ލައިގެން ހުރި މާޖެހި ހައުސްކޯޓް ގަނޑު ކުޑަކޮށް މައްޗަށް ޖައްސާލީ އެތެރެއިންލާފައި ހުރި ހަރުވާޅު ފެންނަ ވަރަށެވެ. ބޮލުގައި އޮތް ކަންބުރުގާ ވެސް ދެފަރާތުން ގޮށެއް ޖަހާލާ އެއްފަރާތަކަށް އެއްލިއެވެ. “ހޫނ ކަންތަކާ މިޖެހުނީ…. […]
ހާމަކަން ބޮޑު މަގުގެ މެދުން ދުވަމުން ދިޔަ އަލްޔާ އަށް ވެހެމުންދާ ބޯ ވާރޭގެ ހިލަމެއް ވެސް ނުވާކަހަލައެވެ. ރޮވެމުން ދިޔައިރު ވާރޭ އާއި ކަރުނަ އެކުވަމުން ދިޔައެވެ. ދުނިޔެ އޭނާ އަށް ކެހިދިނީއެވެ. އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟ މަގުގެ ދެފަރާތުގައި ތިބި ޝައިމް އާއި ލޫކް އަލްޔާ އަށް ގޮވަމުން ދިޔައެވެ. އެއިން އެއްވެސް މީހަކަށް ބަލާކަށް އަލްޔާ ބޭނުމެއްނުވޭއެވެ. ދެމީހުން ވެސް އަލްޔާ އަށް ދޮގުހެދީއެވެ. އެކަކު އެއީ އަމަލުތަކުން ލޯބިވާކަމަށް ދައްކައިގެން އަލްޔާގެ […]
ޝިޔާރާގެ އަމިއްލަ އަޑުން ވާހަކަދެއްކިއިރު ހުރިހާ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިހާރު ވާހަކަމިދެކެވޭ މައުލޫގެ ސަބަބުން އެންމެންގެ ސަމާލުކަން ވަނީ އެކަމަށް ދެވިފައެވެ. ޝިޔާރާ އާއި އެއްވަރަށް ސާރާ އަށް ވެސް ރޮވެނީއެވެ. ސާރާގެ ދެކޮނޑުގައި ހިފާ އިބްރާހީމް ގަޔާ ކައިރިކޮށްލިއެވެ. ސާރާ އެބުނި ބަހުގައި ހަގީގަތެއްވާކަން ވަރަށް ފަސޭހައިން އިބްރާހީމްގެ ހިތާއި ސިކުނޑި ގަބޫލުކޮށްފިއެވެ. ޝިޔާރާ އެކަމަށް އިންކާރުކުރުމުގެ ސަބަބުން ގިސްލެވެމުން ދިޔަ ސާރާއަށް އެންމެ ބަހެއް ވެސް ނުކިޔުނެވެ. ޝިޔާރާ އަށް […]
ހަށިގަނޑުގައި ހުރިވަރެއްލާފައި ކުރިއަށް ދުއްވައިގަތް ސާރާ މެރެމުން ދިޔަ އެސްފިޔަ ދޭތެރެއިން ޝިޔާރާ އަށް ފެނުނެވެ. ހާލާ އެމްބިޔުލާންސަށް ގުޅުމުން ޝިޔާރާ ނެރުނީ ޝަޒަންގެ އަތްމަތީގައެވެ. އެމްބިޔުލާންސްގައި ޝިޔާރާ އާއި އެކު ދިޔައީ ސާރާ ، ހާލާ އަދި ރާކީއެވެ. ފަހަތުން ސައިކަލުގައި ޝަޒަން މަޑުމަޑުން ހުރި ޒޯހަން ގޮވައިގެން ނައްޓާލިއެވެ. އަދި ނިދާފައި އޮތް ހަރީރާ އާއި މޫސަ ހޭލައްވައިގެން ޝިފްނީ ޓެކްސީ އަކުން ހޮސްޕިޓަލަށް ދިޔައީ ކައިރީގައި ހުރި ނިއާ އަށް ބަލާވެސް ނުލައެވެ. […]
ކާރު ގޭޓުން އެތެރެއަށް ވައްދާލުމަށްފަހު ޕާރކިން އޭރިޔާގައި ކާރު ޕާރކް ކޮށްލުމަށްފަހު ޝަޒަންމެން ގެއަށް ވަންނަ ދޮރާއި ދިމާލަށް ދިޔައެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވީ ނިއާ އެވެ. ހަރީރާ ނިއާ އަށް ބަލާލީ ދެލޯވަށްކޮށްލައިގެން ހުރެއެވެ. ކުރިމަތީގައި ތިބި މީހުން ނިއާ އާއި ބަހެއް ވެސް ނުކިޔާ އެތެރެއަށް ވަނެވެ. “ކޮބާ ޒޯން” ޝަޒަން އަހާލީ ނިއާ ކައިރީގައެވެ. “ޒޯން ވީ އޮފީހުގައި. ކަމެއްގައި ދިޔައީ. ތަންކޮޅެއް ލަހުން އަންނާނީ” މޫނު އަނބުރާލައިގެން ހުރެ […]
“ނާހަމަ ތެދެއްތަ؟ ހުޅުމާލޭގަތަ އޭނަ އުޅެނީ؟ އެހެންވިއްޔާ މަންމަ ބޭނުން އޭނައާއި ބައްދަލުކުރަން. ބަދޫރާ ވެސް ހުރިތަ ކައިރީގައި” ހަރީރާ ސުވާލު ކުރިއެވެ. “މަންމަ ބުރައެއް އުފުއްލަވާނެ ކަމެއް ނެތް. މިރަށުގައި އުޅެންޏާ އަޅުގަނޑު އޭނަ ހޯދާނަން. އެކަމަކު ބަދޫރާއެއް ނެތް ކައިރިއަކު. އެކަނި ހުރީ” ސާރާ އޮޅުންފިލުވަ ދެމުން ދިޔައެވެ. “ތިހެންވިއްޔާ މިހާރުން ފެށިގެން އަހަރެންގެ އިންތިޒާރުކުރަން ފަށައިފި. މާމަގެ ޝިއުނީ އަށް” ހަރީރާއަށް ޖަޒުބާތީ ވެވުމުން ވަރަށް ފަސޭހައިން ރޮވުނެވެ. “މަންމާ ޝިއުނީ ދުނިޔޭގައި […]