“ލޫކް ސަރ….މިރަށުގަ” ފަހަތުގައި ހުރި ބަތޫލްގެ އަޑު ކަންފަތުގައި ޖެހުމާއެކު އަލްޔާ ގަނޑުވި ކަހަލައެވެ. ލޫކް އަނެއްކާ އައީ ހެެއްޔެވެ؟ ފަހަތަށް ބަލާލާކަށް ވެސް އަލްޔާ އަށް ނުކެރުނެވެ. މިދަނޑިވަޅުގައި އަލްޔާ އަށް ލޫކް ފެނިއްޖިއްޔާ އަނެއްކާ ހިތްވަރުއެލޭ ގޮތް ވެދާނެއެވެ. ސަޖޫލް އަލްޔާ އަތް ތިލައަށް ފިތާލުމާއެކު އަލްޔާ ހިތްވަރުކޮށްފައި ފަހަތަށް އެނބުރުނެވެ. އެއާއެކު ދެލޯ ފުރިގެން އައެވެ. ދާދި ކައިރީގައި ސައިކަލް ބަހައްޓައިގެން އޭގެމަތީގައި އިށީނދެގެން އަލްޔާ އަށް ބަލަހައްޓައިގެން އޭނީ ލޫކް ނޫން […]
“ލައިއޭ.. ކާކު އެއީ؟ އޭނަ ކީއްކުރީ…” ލޫކްްގެ ޖުމްލައިން ކުޑަމަނިކެ އަށް އޭނާގެެ ދަރިފުޅު އެރޮނީ ކުޑަކުޑަ ކަމެއް ވެގެންނޫންކަން އެނގުނެވެ. “މަންމާ! އެއީ ކާކުކަން މަންމަ އަށް އެނގޭނެ. އެވަގުތު ކުޑަމަނިކެ ނިތްކުރީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ކުޑަކޮށް ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ އަންހެންކުއްޖެއް ހެއްޔެވެ؟ ނުވަތަ ފިރިހެން ކުއްޖެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ކުޑަމަނިކެ އެމީހަކަށް މާފެއް ނުކުރާނެއެވެ. އޭނާގެ ދަރިފުޅު އެވަރަށް ހިތުގައިޖެއްސި މީހަކަށް ހިތާހިތުން އަޑުލަމުން ދިޔައެވެ. […]
ސަޖޫލްގެ ވާހަކަތަކުން ލޫކް ގެ ކަންފަތްބުޑުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އެވަގުތު ލޫކް ގެ ދެކަންފަތް ބީރުވާނެ ނަމައޭ ހިތަށް އެރިއެވެ. ބޮލުގައި މީހަކު ދަނގަޑުބުރިއަކުން ޖެހިނަމަވެސް މިހާވަުގެ ސިހުމެއް ނުލިބޭނެކަން ކަށަވަރެވެ. ދެލޯފުރިގެން އައީ ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅަކީ ހުވަފެނަކަށް ވުމަށް އެދެވެން ފެށުނެވެ. ދެފައިން ވާގިދޫވެ ކޮޅަށް ހުރި ލޫކް ވެއްޓިގަތީ ކުރިން އިށީނދެގެން އިން ގޮނޑިއަށެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. […]
ލޫކް އަކީ ހާދަ އަނިޔާވެރި އިންސާނެކޭ އަލްޔާ ހިތަށް އަރައެވެ. ޒަހަމަކީ ހުސްއެކަނި ބޭރުން ފުށުން ފެންނަން ހުންނަ އެއްޗެއް ނޫން ކަން މިހާރު އަލްޔާ އަށް ވިސްނެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ލަކުނެއްހާ ހިސާބު ނެތްއިރުގައި ވެސް އަލްޔާގެ ހިތް ވަނީ ލޫކްގެ ލޯތްބަށްޓަކައި ފަޅިފަޅި ވެފައެވެ. އެކަން ލޫކް އަށް އެނގޭ އިރު ވެސް ފަރުވާއެއް ދޭން ނާންނަނީ ކީއްވެގެން ބާއެވެ؟ ގަޑިން ބާރަޖެހިއިރު މިޔާނާ ބަދިގެއަށް ދިޔައީ ޢަބްދުއްޝަކޫރު ކޮފީ ތައްޓަކަށް […]
ސިގިރެޓެއް ނަގާ ރޮއެކޮށްލަމުން ޝާރިމް ބުންޏެވެ. “އާނ. ޝަރީފައްތަ. ވަރަށް މީރުކޮށް ކައްކާނެ. އެގޭ ކުދިން ވެސް” ލޫކް ހިޔާލަކަށް ގެއްލިފައި އިނދެ ބުންޏެވެ. “އޭނ! ކޮންގެއަކު މީހެއް އެއީ” ޝާރިމް ސުވާލުކުރިއެވެ. “އެއީ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ކާން ގެންނަ ދައްތަ” އަތުގައި އޮތް މޯބައިލް ފޯނުގެ ޑިސްޕްލޭގައި އިނގިލިން މަޑުމަޑުން ތަޅާލަ ތަޅާލަ އިން ލޫކް ބުންޏެވެ. “ކީކޭ! ކައެ ހަމަތަ ބުރޯ. ޝަރީފައްތަ ވީ ކޮންމެ ގަޑިއަކު ކައްކައިގެން މިރަށަށް ކާން ގެންނަން. […]
“ދަރިފުޅު ބައްޕަ ކައިރީގައި މިވާހަކަދައްކަން ނުކެރެންޏާ މަންމަ މެދުވެރިކޮށް ދަރިފުޅު ބުނަން ބޭނުންވާ އެއްޗެއް ބައްޕަގެ ކަންފަތާއި ހަމައަށް ގެނެސްދީ. ދަރިފުޅު ހިތްހަމަޖެހޭދޯ” އަލްޔާގެ ބޮލުގައި ފިރުމާލަމުން ޢަބްދުއްޝަކޫރު އަހާލިއެވެ. މޭގެ ތެރޭގައި އޮތް ހިތް ރޮމުންދާ އިރު ވެސް ލޯބިވާ ބައްޕަ އަށް އަލްޔާ ދިނީ ހިނިތުންވުމެކެވެ. ދުވަހުގެ ބާކީ އޮތް ވަގުތު ތަކުގައި އޮފީހުގައި މަސައްކަތް ކުރަން އިން އަލްޔާ އިނީ ކަންތައްތައް ވެގެންދާ ގޮތުން މާޔޫސް ވެފައެވެ. ޝައިމް ދެކެ […]
“އާދޭ މިތާ އިށީންނަން” އެނދުގައި އިށީންނަމުން ލޫކް އަލްޔާ އަށް ދައުވަތު ދިނެވެ. އަލްޔާ ހިމޭނުން ހުރީ ލޫކް އެނދުގައި އޮށޯންނަން ދައުވަތު ދީފާނެތީއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ލޫކް އެހާ ގޯސް ނުވާނެއެވެ. ލޫކް އާއި މެދު ގޯސް ނިޔަތެއް ބާއްވާކަށް އަލްޔާ ބޭނުމެއް ނޫނެވެ. “ބިރުގަންނަނީތަ؟ ޕްރޮމިސް ތި ނާޒުކް ކުއްޖާއަށް އެއްވެސް އަނިޔާ އެއް ލިބޭ ކަމެއް ނުކުރާނަން. ޖިސްމާނީ ގޮތުން ވެސް ނަފްސާނީ ގޮތުން ވެސް. އައި ޖަސް ވޯންޓް […]
ޝައިމްގެ ލޮލުން ފޭބި ކަރުނަތަކުން ހެދުންމަތިން ޝެނާގެ ބަނޑަށް ދިލަ ހޫނެއް އިހުސާސް ވުމާއެކު ވީގޮތް ކޮންމެސް ވަރަކަށް އެނގިގެން ދިޔައެވެ. ހިތްބިރުގަތީ އޭނާގެ ކޮއްކޮ އަށް ދެރަގޮތެއް ވެދާނެތީއެވެ. އަދި އޭނާގެ ކޮއްކޮ މިގޮތަށް ރޯންޖެހުނީ ކާކުގެ ސަބަބުންކަން ޝެނާ އަށް އަންދާޒާ ކޮށްލެވުނެވެ. ޝެނާ އަށް ރުޅި އާދެވުނެވެ. މިކަމުން ޝައިމް ސަލާމަތް ނުވާނީ ހެއްޔެވެ؟ މުޅި އުމުރުގައި އަހަރެންގެ ކޮއްކޮ އަށް އޮތީ މިގޮތް ހެއްޔެވެ؟ ޝެނާގެ ހިތުގައި ޝައިމް އާއެިމެދު ހަމްދަރުދީ […]
ނޭނގޭ ކަމަށް ހަދާފައި ލޫކް އަލްޔާ އާއި ކައިރިވެލާ ދުރަށް ބަލާލަމުން “ޕްލީޒް. މެޗް ނިމެންދެން މަޑުކުރައްޗޭ” ބުނެލަމުން އަތުގައި އޮތް ފެންފުޅި އަލްޔާ އަތަށް ދެމުން ދަނޑަށް އަރަން ދުއްވައިގަތެވެ. އަލްޔާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލޫކް ގެ ގާރލް އަކީ ތަފްހާ އެވެ. ވީއިރު މަޑުކުރަން އަލްޔާ ކައިރީގައި ބުނީ ކީއްވެހެއްޔެވެ؟ ތަފްހާ އާއި ލޫކް ލޯބިން މާފޮޅުވާ މަންޒަރު ދައްކަން ހެއްޔެވެ؟ އިދިކޮޅު ކުޅުންތެރިންގެ ފައިގާ ބޯޅަ ޖައްސާލަން ވެސް ނުދީ […]