ނަޝްފާއަށް ކެތް ނުވެގެން އޭނާ އެންމެ ފަހުން އަލަމާރި ވަތްގަނޑުން އެގޭގައި ހެދުން ކަނޑަން ގެންގުޅޭ ބޮޑު ކަތުރު ނެގިއެވެ. އަދި ރުޅިއައިސް ހުރެ ލޯގަނޑު އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ. ކަނާއަތުގައި އޮތް ކަތުރު ވާއަތާ ކާއިރި ކުރަމުން ގެންދިއައިރު ހީވަނީ ދެންމެ ދެންމެ ހަރާލަފާނެ ހެއްނެވެ. މަޑުމަޑުން އޭނާ ކަތުރު އޮތް އަތް އަނެއް އަތާ ކައިރި ކުރަމުން ގެންދިއައިރު އޭނާ ދިއައީ ދެބުމަ ގޮށް ޖަހައިގެން ހުރެ މި މަންޒަރު ކުރިމަތީގައި ހުރި […]
“އަންޖޫދާ ވެސް ދަސްކުރަންވާނެ އެހެން މީހުންނަށް އިހުތިރާމް ކުރަން އިނގޭ..” ސައްތާރު އެހެން ބުނެލީ މަޑުން ނަމަވެސް އެއަޑުގައިވާ ނުރުހުން އަންޖޫދާއަށް ރަނގަޅަށް ވެސް ނަގައިގަނެވެ. އޭނާ ސައްތާރާ ދިމާއަށް ބަލާލީ ޝަކުވާއިން ފުރިގެންވާ ނަޒަރަކުންނެވެ. ސައްތާރު އޭނާ ގޯސްކޮށްފައި އެ ހިމާޔަތް ކުރީ ރާހުލް ހެއްޔެވެ؟ އެ ނިކަމެތި ބަންގާޅި މީހާ ހެއްޔެވެ؟ ބައްޕަގެ އެ ބަސްތަކުން އަންޖޫދާގެ ހިތްހަމަ ނުޖެހުން ނަމަވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އޭނާގެ ހިތުގައި އެ […]
އޭނާ ހަަމަ އެ މަސައްކަތްކުރަނީ ޝިޔާމެންނަށްޓަކައި ނޫން ހެއްޔެވެ؟ މިކޮޅަށް އައިސް އޭނާ ޝިޔާމެންނާ ގުޅާލި އެންމެ ފުރަތަަމަ ދުވަހު ވެސް އޭނާގެ ހިތް ރޮއްވާލާފިއެވެ. އޭރުވެސް އެއްކަލަ ކުދިންތައް ދިއައީ ރާހުލް އަށް ބަލަބަލާފައި މަލާމާތްކުރަމުންނެވެ. އޭނާގެ ހިތަށް އަރަމުންދިއައެވެ. ހުސް އެއްކަހަލަ ބައެކެވެ. އޭނާގެ އެއްވެސް އިހުސާސެއް ދެނެނުގަނެވޭ ބައެކެވެ. އެވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ޝިޔާ ވާހަކަ ދައްކަ ދައްކައި ހުއްޓާ އޭނާ ފޯނު ކަނޑާލިއެވެ. […]
ރާހުލް އަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސްވެގެންނެވެ. ބަރުހެލި ގޮތަކަށް އޭނާ ދެލޯ ހުޅުވާލާ ބަލާލި އިރު ފެނުނު މަންޒަރަކުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފަނޑު އަލީގެ ތެރެއިންވެސް އެއީ ކާކުކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. އޭނާގެ މޭގައާއި ބަނޑުގައި ދެއަތުން ފިރުމަމުން ދިޔަ ޒުލޭހާ އޭނާއަށް ސިފަކުރެވުނީ ފެންބޮވައިގަނެފައިވާ ސިންގާއެއްގެ ގޮތުގައެވެ. “ޒުލޭހާ ދައްތާ؟” ރާހުލް ތެދުވެ ޒުލޭހާ އާ ދުރަށް ޖެހިލަމުން ބުނެލެވުނެވެ. “ޝްޝްޝް… އާމިނާ މެން […]
“ދަރިފުޅާ…. ތިތަނަށް ދާއިރު ވިސްނާތި… ގެންގުޅޭ މީހާއަކީ ކިތަންމެ ރަނގަޅު މީހަކަށްވެސް އަދި ކިތަންމެ ގޯސް މީހަކަަށް ވެސް ވެދާނެ… ނަމަވެސް ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ ބަސް ޤަބޫލުކޮށްގެން އުޅޭތި… ނަމަނަމަ އެމީހުންގެ އެއްޗަކަށް ގެއްލުންދީ ވައްކަންކޮށް ،މިފަދަ ވިޔާ ނުދާ ކަމެއް ނުކުރާތި… މަންމައަށް އެނގޭ ދަރިފުޅު އެފަދަ ކަންކަމެއް ނުކުރާނެކަން…. އެކަމަކުވެސް ބުނެލަދިނީ…. މަންމައަށް އެނގޭ ދަރިފުޅުގެ މަސައްކަތުން މަންމަ ރަނގަޅު ކުރާނެކަން….. ހިތްވަރުކުރާތި….” #~#~# ރާހުލް އަށް އޭނާގެ ހިޔާލީ ދުނިޔެއިން […]
“ހަލޯ…” ފޯނު ކަންފަތުގައި ޖެހުމަށްފަހު ރާހުލް އެހެން ބުނެލީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. “ހަލޯ… ނީލޫ މުހައްމަދު އުޅުއްވާތޯ؟” އެކޮޅުން އެހެން ބުނުމުން ރާހުލް ފަހާފޮށި ދޮށުގައި އިން ނީލޫއަށް ގޮވާލިއެވެ. ނީލޫ އައިސް ފޯނު ކަންފަތުގައި ޖަހައި ވާހަކަ ދައްކަން ފެށިއެވެ. “ހަލޯ.. މިއީ މުހައްމަދު މަސައްކަތް ކުރައްވާ އޮފީހުން އިނގޭތޯ…. މުހައްމަދު ގެ ބޮލަށް ދަގަނޑު ހޮޅިތަކެއް ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެގެން އެކަން އަންގާލުމަށް މިގުޅާލީ….” ނީލޫއަށް އެކޮޅުން އިވުނު […]
“އާމިނާ ދޭބަލަ އޭނައަށް ކާއެއްޗެއް ދައްކަން….” ސައްތާރު އެހެން ބުނުމުން އާމިނާ ރާހުލް އަށް އައުމަށް އިޝާރާތް ކުރަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އާމިނާ ގޮސް ރިހަތެލި މަތިނަގައި ބަލާލިއެވެ. އޭގައި މިހާރު އެހުރި ރިހަކޮޅުން އޭނާ އާއި ސައްތާރު ރެއިން ކާވަރު ވާނީ ކިރިޔާއެވެ. އެހެންކަމުން އޭނާ އޭގައި މަތިޖެހުމަށްފަހު ކުރިން ދުވަހު ކެއްކި ގަރުދިޔަ އެތީގެ މަތި ނަގައި ބަލާލިއެވެ. ފޫ ފޮރުވޭވަރުގެ ކުޑަ އެތިކޮޅެއް އޭގައި ހުއްޓެވެ. އޭނާ މިޔަދު ހެނދުނު އެ […]
“ކޮބާތަ އޭނާ؟ ކޮބާތަ މިހާރު؟” ނިދި ޖެހޭއިރަށް ސިއްސައިގެން ގޮސް ރާހުލް އަށް ތެދުވެވުނީ މީހަކު ހަޅޭއްލަވާ އަޑަށެވެ. އެ ކިޔާ އެއްޗެއް ނޫނގުނު ނަމަވެސް އެއަޑު ކަންފަތުގައި ޖެހޭއިރަށް އެއީ އާމިނާ ކަން އޭނާ އަށް ޔަޤީންވިއެވެ. ދެލޯ ހުޅުވާލުމަށްފަހު އޭނާ ލޯ އުނގުޅަން ފެށީ ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ ދެލޮލުގައި ރިއްސާތީއެވެ. އެތަނުގެ ޓިނު ދޮރުފަތް ޓަސް ލާފައި ހުޅުވުނު އަޑަށް ރާހުލް ސިހިފައި އެދިމާ ބަލާލިއެވެ. ދެބުމަ ގޮއް ޖަހައިގެން […]
ބަރުހެލި ދުވެއްޔެއްގައި ދުއްވާފައި ދިޔަ ‘ރޯދި’ ބޯޓު ބ.ތުޅާދޫ ބަނދަރު ކައިރިއަށް މަޑުކޮށްލުމާއެކު އެތެރޭގައި އިން ރާހުލް ދެލޯ އުނގުޅަމުން ބޭރު ބަލާލިއެވެ. ބަނދަރު ކައިރީގައި މަދުމަދުން ގަސް ފެންނަން ހުރި ނަމަވެސް ފަތިސްދަމުގެ އެވަގުތު އެތަން ފެންނަނީ ކުޑަކޮށް އަނދިރިކޮށެވެ. އެބޯޓުން އައި މީހުން ބަލާ ކަންނޭނގެއެވެ. ޖެޓީ ދޮށުގައި ފުދޭވަރަކަށް މީހުން އެއްވެ ތިއްބެވެ. ރާހުލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައިރު އެދެލޯ ހުރީ ރަތް ވެފައެވެ. ވާނީވެސް އެހެންތާއެވެ. ބޯޓަށް އެރީއްސުރެ އޭނާއަށް […]