“އާދޭ އެކޮއި….” ސައްތާރު ގޯތީގެ އަނެއް ފަރާތަށް ހިނގައިގަންނަމުން ރާހުލް އަށް އޭނާގެ ފަހަތުން އައުމަށް އިށާރާތްކޮށްލިއެވެ. އެއާއެކު ރާހުލް ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ. ސައްތާރު ގޮސް ހުއްޓުނީ ދެރަ ގޮތަކަށް ހަދާފައި ހުރި ގުދަނެއް ފާޑު ތަނެއްގެ ކައިރީގައެވެ. އެތަނުގައި ޖަހާފައި ހުރި ޓިނު ދޮރުފަތް އޭނާ ހުޅުވާލި ހިނދު އިވިގެން ދިއައީ ދަބަރު އަޑެކެވެ. އެއާއެކު ނިކުމެގެން އައި ހިރަފުސްތަކުގެ ސަބަބުން ސައްތާރު ކޮށި އަރާ ގޮތް ވިއެވެ. ހުޅުވާލުމަށްފަހު އޭނާ ފާރުގައި […]
ރޭޝަމްގެ އަތުގައި ހިފައިގެން ޝިކާ މިސްރާބު ޖެހީ ‘ފްލާވާރ ކްލިނިކް’ އާ ދިމާއަށެވެ. އެއީ އޭނާ މަސައްކަތްކުރާ ތަނަށް ވުމުން އެތަނުން ޓެސްޓު ހަދަން ފަސޭހަ ވާނެކަން އޭނާއަށް އެނގޭތީއެވެ. ޝިކާއާ އެކު ހިނގަމުން ދިޔަ ރޭޝަމް ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ގެ ބައްޕަ ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ބައްޕަ އޭނާ ދެކެ ލޯބިވާނެ ބާއެެވެ؟ މަންމަ ފަދައިން ބައްޕަ ވެސް އޭނާ ދެކެ ރުޅިއަންނަ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކްލިނިކާ […]
‘އަސަރު’ މި ވާހަކައިގެ ފަހުބައި އަންނަ ހަފްތާގެ ހުކުރު ދުވަހު ގެނަސްދެވޭނެ ވާހަކަ އަންގާލަމެވެ. އިންތިޒާރު ކޮއްލައްވާ!
ފަސްދުވަސް ފަސް…. ކްލިނިކުގެ މަސައްކަތްތައް ނިމުމާއެކު ޝިކާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިއައެވެ. އޭނާ ދަބަހުން ފޯނު ނެގުމަށްފަހު ރައުލްގެ ނަންބަރަށް ގުޅާލުމަށްފަހު މިޔަދު ނިމެނީ ތަންކޮޅެއް ލަހުން ކަމާއި ބަލާ އަންނަންވީމަ ގުޅާނެ ކަމަށް ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފިޔަވަޅުތަކަށް ބާރު ލަމުން އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ކުރަން އެއުޅޭ ކަންތައް އެއްގޮތަކަށްވެސް ރައުލްއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޝިކާ ގޮސް ހުއްޓުނީ އަށް ބުރީގެ އިމާރާތެއް ކައިރީގައެވެ. އަވަސް ފިޔަވަޅުތަކާއެކު […]
“އަަހަރެން މަރުވިއްޔާ މާ ރަނގަޅުވާނެ…. އަހަރެން ދެކެ ލޯބިވާ އެކަކު ވެސް ނޫޅޭ…” ލައިލާ އެހެން ބުނުމަށްފަހު ރެއިލިންގް ގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތް ދޫކޮށްލިއެވެ. އެއާއެކު އެ 8 ބުރީގެ އިމާރާތުން އޭނާގެ ހަށިގަނޑު ތިރިއަށް ވެއްޓެން ދިއައެވެ. “ލައިލާ!” އަމީން ބާރަކަށް އެހެން ގޮވާލަމުން ލައިލާއާ ދިމާއަށް ދެއަތް ދިއްކޮއްލަމުން ދުއްވައިގަތެވެ. ރަޝީދު ޖެހި ބުދެއް ފަދައިން ހިރިލަންވެސް ނޭނގިފައި ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ. އަމީންއަށް އެ ހިސާބަށް ދެވުނު އިރު […]
“ވަޓް؟ އެކަމު ޝިކްއެއް ނުބުނެ…. އަހަރެން ހީކުރީ ޝިކްވެސް ބޭނުންވެގެން ކަމަށް އެކައިވެނި ކުރަނީ….” އަހުސަން އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާގެ ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލިވާން ވެސް ދާން ފެށިއެވެ. “އަހުސަން…! ކޮންތާކަށް ތި ދަނީ؟” ލިވާން ފަހަތުން އަހުސަންގެ ކޮނޑުގައި ހިފާލަމުން އަހާލިއެވެ. ކުއްލިއަކަށް އަހުސަން ދާން ހިނގައިގަތުމުންް އޭނާގެ ހިތުގައި ސުވާލުމާކުތަކެއް ކުރެހިގެން ދިއައެވެ. “ޝިކާ ގާތަށް….” އަހުސަން ހުއްޓިލަމުން ބުނެލިއެވެ. “އެކަމު ޝިކާ ގާތަށް ގޮސްގެން މިހާރު ވާނެ ފައިދާއެއް […]
ރޭގަނޑުގެ ވަގުތެވެ. ޝިކާމެންގޭ ކައިރީގައި އަހުސަން ސައިކަލު ޕާކު ކޮށްލައިގެން އޭގެ މަތީގައި އިނެވެ. އޭނާ އެއިނީ ޝިކާގެ އިންތިޒާރުގައެވެ. އޭނާ އެއިނީ ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ބޮޑު ވެފައިކަން އެމޫނުމަތިން ދޭހަވެއެވެ. ބައެއް ފަހަރު އޭނާގެ އަތުން މޭގެ ވާއަތް ފަޅީގައި ދެލޯ މަރާލުމަށްފަހު ފިރުމާލައެވެ. އޭނާ މާގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. ޝިކާ ފަރިހިނގުމެއްގައި އެގެއިން ނިކުމެގެން އެދިމާއަށް އަންނަން ފެށިއެވެ. ކުރިން އެލޯބިވެތި ސޫރަ ފެނުމުން އެހިތަށް ބުނެދެން ނޭނގޭ ކަހަލަ […]
ތާމިން އޭނާގެ ޖީބުން ކުޑަ ފޮޓޮއެއް ނެގިއެވެ. އެއީ ކުރިން ޝިކާ އޭނާއަށް ދިން ފޮޓޮއެކެވެ. އެޖީބުގައި އެ ކުއްޖާގެ އެ ފޮޓޯ ނޯންނަ އިރެއް ނުދާނެއެވެ. ކަމަކާ ހާސްވެ ހިތްދަތިވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީ އެފޮޓޮއަށް ބަލާލުމުންނެވެ. ނަމަވެސް މިޔަދު އެފޮޓޮއަށް ބެލުމުން އެހިތުގައި އަޅަމުން ދަނީ ވޭނެވެ. “ޝިކް.. ވައި ކުޑުންޓް ޔޫ ވެއިޓް ފޯ މީ؟” ފެންކަޅިވެފައިވާ ދެލޮލާއެކު ތާމިން ވާހަކަ ދެއްކީ އެފޮޓޯގަނޑާއެވެ. އެ ފޮޓޯގައިވާ ސޫރައަށް ބަލަހައްޓައިގެން އޭނައަށް […]
އޭގެ ހަފްތާއެއް ފަހުން އަމީން އާ ލައިލާގެ ކައިވެނި ކުޑަ ގޮތަކަށް ކުރެވިގެން ދިއައެވެ. މި ހުރިހާ ކަމެއް ވެގެން ދިޔަ އިރުވެސް މޫސަ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ހިނިތުންވެފައިވާ މޫނެއް ދައްކައިގެން ކައިވެނީގެ ހުރިހާ ކަމެއްގައި ވެސް އަމީން އުޅެމުން ގެންދިއައީތީއެވެ. އޭނާ އެވަގުތު ހަމަ އަސްލުވެސް އަމީން ބަދަލުވެއްޖެ ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. އަދި ލައިލާ އެއްކޮށް ރަނގަޅުވަންދެން ފަރުވާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ނިންމިއެވެ. ކައިވެނިކުރިތާ ދެދުވަސް ފަހުން […]