Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ނުހައްޤު ލޯބި (1 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 11, 2016 7 Mins Read
33 Comments

ބަރުހެލި ދުވެއްޔެއްގައި ދުއްވާފައި ދިޔަ ‘ރޯދި’ ބޯޓު ބ.ތުޅާދޫ ބަނދަރު ކައިރިއަށް މަޑުކޮށްލުމާއެކު އެތެރޭގައި އިން ރާހުލް ދެލޯ އުނގުޅަމުން ބޭރު ބަލާލިއެވެ. ބަނދަރު ކައިރީގައި މަދުމަދުން ގަސް ފެންނަން ހުރި ނަމަވެސް ފަތިސްދަމުގެ އެވަގުތު އެތަން ފެންނަނީ ކުޑަކޮށް އަނދިރިކޮށެވެ. އެބޯޓުން އައި މީހުން ބަލާ ކަންނޭނގެއެވެ. ޖެޓީ ދޮށުގައި ފުދޭވަރަކަށް މީހުން އެއްވެ ތިއްބެވެ. ރާހުލްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައިރު އެދެލޯ ހުރީ ރަތް ވެފައެވެ. ވާނީވެސް އެހެންތާއެވެ. ބޯޓަށް އެރީއްސުރެ އޭނާއަށް ބޯ އަނބުރާފައި ހޮޑުލެވެނީއެވެ. ރޭހަތަރުދަމު ވެސް ބޯ އަނބުރާވަރުން ނިދާލާނެ ވަގުތެއް ނުވިއެވެ. މިއީ އޭނާ ކަނޑުމަގުން ކުރާ ފުރަތަމަ ދިގު ދަތުރަށް ވުމުން ކަމަށް ވެސް ވެދާނެއެވެ.

ބޭރުބަލަހައްޓާއިގެން ހުއްޓައި ރާހުލްގެ ނޭފަތުގައި ޖެހުނީ ބޯޓުގެ އިންޖީނު މަޑުކޮށްލި ވަގުތު ނިކުތް ދުންތަކުން ދުވަމުން ގެންދިޔަ ޕެޓްރޯލް ވަހެވެ. ވަގުތުން އޭނާގެ މޭނުބައިކޮށް އޯކަށް ދެމޭ ގޮތް ވެއްޖެއެވެ. އަވަސް އަރުވާލާފައި ދަބަހުން ޕްލާސްޓިކް ކޮތަޅެއް ނަަގައި އަނގައިގައި ޖައްސާލިތަނާ އޭނާ އަށް ހޮޑުލެވެން ފެށުނެވެ. އޯކާ ދެމިދެމިފައި ހޮޑުލަމުން ދިޔައިރު ބޯޓުތެރޭގައި ހުރި ގިނަމީހުންގެ ނަޒަރު އޭނާއަށް ހުއްޓިފައިވިއެވެ. ބޮޑު ފިރިހެނަކު އެގޮތަށް ހޮޑުލާތަން ފެނުމުން ބައެއް މީހުން ތިބީ ހިސާބަކަށް ހައިރާންވެސް ވެފައެވެ. އޭނާ މުޅިން ހަމައަކަށް އެޅުނު އިރު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބޯޓުން ފައިބައިފިއެވެ. ހަށިފުރާ އެތެރެއަށް ނޭވާއެއް ދަމާލުމަށްފަހު އޭނާ ކޮތަޅު ބޭރަށް އެއްލާލިއެވެ. އޭރު ގިނައިން ހޮޑުލެވުމުގެ ސަބަބުން އެދެލޯ ރަތްވެ ލޮލުން ފެން އައިސްފައި ހުއްޓެވެ. ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އޭނާ އިން ތަނުން ތެދުވެ ބޯޓުން ފޭބުމަށް ހިނގައިގަތީ އަތުގެ ނުފުށުން ދެލޯ ފުހެލުމަށް ފަހުގައެވެ. ބޯޓުން ވާޓަރަށް ފޭބިއިރުވެސް އޭނާ ހުރީ ފައި ކައްސާލައިގެން ފަޅު ތެރެއަށް ވެއްޓިދާނެތީ ބިރުންނެވެ.

ރާހުލް ވާޓަރަށް ފޭބުމަށްފަހު ދެކޮޅު ހޯދާ ބަލާލިއެެވެ. އޭރު އެތަނުގައި ހުރި ހޮޅުއައްޓަކުން ތެދުވެގެން މެދު އުމުރުގެ ފިރިހެނެއް އެދިމާއަށް އާދެއެވެ. އެމީހާ ހަލުވި ކަމާއެކު އަނގަ ހަލުވަމުން ދިޔައިރު ދެ މިޔަކަނުން ރަތް ކުލަ ފާޅުވާން ހުރުމުން އެއީ ވަރަށް ގަދައަށް ދުފާ މީހެއްކަން ފާހަގަވެއެވެ. އެމީހާ ރާހުލް ގާތަށް އައިސް ހުއްޓެންދެން ރާހުލް ހަމަ އެހުރި ގޮތަށް ބަލަހައްޓައިގެން ހުރީއެވެ.

“ބަންގާޅިޔާ! އަހަރެން މީ ސައްތާރުބޭ އޭ..! ހިނގާ އަވަހަށް ގޭ ދޮށަށް ދަމާ!” އެމީހާ ބާރަކަށް އެހެން ބުނުމުން ރާހުލް ހީލިއެވެ. އެމީހާ ކިޔާ އެއްވެސް އެއްޗެއް އޭނާ އަކަށް ދޭހައެއް ނުވިއެވެ. އެމީހާ ދެއްކި ވާހަކަތަކުން އޭނާ އަށް ހަމައެކަނި އެނގުނު ކަމަކީ އެމީހާއަކީ އޭނާ ރާއްޖެއަށް ގެނައި ‘ސައްތާރުބޭ’ ކަމެވެ. ސައްތާރު ރާހުލް އަށް ބަލާލުމަށްފަހު އަތުގެ އިށާރާތުން އަންނާށޭ ބުނެލީ އޭނާ ބުނި އެއްޗެއް ރާހުލް އަށް ނޭނގޭހެން ހީވުމުންނެވެ. ރާހުލް ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ހެޔޮވަރުކޮށްލަމުން ސައްތާރުގެ ފަހަތުން ހިނގައިގަތީ ބަސްއަހާ ކުއްޖެއް ފަަދައިންނެވެ. ރަށުގެ ހަނި ގޯޅިތަކުން ދެމީހުން ހިނގަމުން ދިޔައިރު ރާހުލް އެކި ތަންތަނަށް ބަލަމުން ދިއައެވެ. އެމޫނުމަތީގައި ކުޑަ ވަރެއްގެ ހައިރާންކަމެއް އެކުލެވިފައިވެއެވެ. ބަންގްލަދޭޝްގައި އޭނާ އުޅޭ ސަރަހައްދުގައި ހުންނަ މަގުތައް ނުލާހިކު ބޮޑެވެ. ހިނގަމުން ދަނިކޮށް ސައްތާރު މަޑު ޖެހެލީ އެރަށު މުދިމު އެހެންލާފައި ދާތަން ފެނުމުންނެވެ. ރާހުލް މުދިމާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ހުދު ގަމީހަކާއެކު ހުދު ކުލައިގެ ގޮޅިޖެހި މުންޑެއް އަނދެގެން ހުރިއިރު ބޮލުގައިވެސް ހުދު ތާކިހަލެއް އަޅާފައިވެއެވެ.

“ކޮބާ ސައްތާރޫ! މީ ދޯ ތިގެއަށް ގެނައި ބަންގާޅި އަކީ؟” މުދިމު އެހެން ބުނުމުން ސައްތާރު ހޫ އެކޭ ބުނެލިއެވެ. ރާހުލް އަށް އޭނާ ވާހަކަ ދެއްކި ތަނުން ނަގައި ގަނެވުނީ އެންމެ ބަހެކެވެ. ‘ބަންގާޅި’ މި ބަހެވެ. އެއީ އެމީހުން ބަންގްލަދޭޝް މީހުންނާ މުޚާތަބުކުރާ ގޮތްކަން އޭނާ އަށް ނަގައިގަނެވުނެވެ.

“ކަލޯ! ރަނގަޅަށް އުޅޭތި..” މުދިމު ރާހުލްގެ ކޮނޑުގައި ޖަހާލަމުން އެހެން ބުނެލާފައި ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. އެއާއެކު ސައްތާރު އަނެއްކާވެސް ހިނގައިގަތެވެ. ފަަހަތުން ކަހަލަ ގޮތަކަށް ރާހުލް ވެސް ހިނގަމުން ދިއައެވެ. ސައްތާރަށް ގެއާ ހަމައަށް ނުދެވެނީސް ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅި ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އެވަގުތު ރާހުލް އަށް ބޭއިޚްތިޔާރުގައި ލޯމަރާލެވުނީ އެއިވޭ އަޑަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ. ބަންގްލަދޭޝްގައި އޭނާ އުޅޭ ހިސާބުގައި މިސްކިތެއް ނުހުންނާތީވެ އަބަދުވެސް ބަންގީގެ އަޑު އެމީހުން އަޑު އަހަނީ ޓީވީ އިންނެވެ. ހަމަ ކަންފަތުން އޭނާ ބަންގީގެ އަޑު އަހާ މިއީ ފުރަތަމަ ފަހަރެވެ.

ސައްތާރު ގޮސް ވަނީ ބޮޑު ދޮރާއްޓެއް ލާފައި ހުރި ގެއަކަށެވެ. ދޮރާށީގައި ގަދަ ނޫކުލަ ލާފައި ހުރި އިރު އެގޭގެ ވަށާ ފާރުގެ ބޭރުގައި މަޑު ނޫކުލައެއް ލާފައި ހުއްޓެވެ. ސައްތާރުގެ ފަހަތުން ރާހުލް އެގެއަށް ވަނުމަށްފަހު ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ގޯތި ތެރެ މާބޮޑު ނޫނަސް ކުޑައެކޭ ވެސް ނުބުނެވޭނެއެވެ. ހިޔާދޭ ބޮޑު ޖޭމު ގަހެއް އެތަނުގައި ހައްދާފައި ވީއިރު އެ ގަހުގެ ދަށުގައި ޖޯލިފައްޗެއް ބަހައްޓާފައި ހުއްޓެވެ. ރާހުލް އެ ޖޯލިފައްޗަށް ބަލާލީ ފާޑަކަށެވެ. އެއީ އޭނާ ދުވަހަކުވެސް ދެކެފައިވާ ޒާތެއްގެ އެއްޗެއް ނޫނެވެ.

“އާމިނާ! އާމިނާ!” ސައްތާރު ގޯތިތެރެއަށް ވަތް ގޮތަށް އޭނާގެ އަންހެނުން، އާމިނާ އަށް ގޮވަން ފެށިއެވެ. ގޮވަމުން ގޮވަމުން ގޮސް އޭނާ ގެއަށް ވަދެވެން ހުންނަ ދޮރާއި ދާދި ގާތަށް ދެވުނު ފަހުން މެދު ޢުމުރުގެ އަންހެނަކު ގޭތެރެއިން ނިކުތެވެ. ހާ ފުރެމުން ނިކުތް އިރު އެ މޫނުމަތީގައި ވަނީ ކަންނެތްކަމެވެ.

“އޯތް ސައްތާރާ!” އަމިނާ ނިކުމެ އެހެން ބުނެލިއިރު އޭނާގެ ނަޒަރު ހުއްޓުނީ ސައްތާރުގެ ފަހަތުގައި ދަބަހެއް އަޅުވާލައިގެން ހުއްޓި ހުރި ރާހުލް އަށެވެ.

“އެއައީ އޭ އެސޮރު…. އެފަރާތުގައި ހުސްކޮށް ހުންނަ ކޮޓަރި އެސޮރަށް ދެމާ ބަހީ!” ސައްތާރު އެހެން ބުނުމުން އާމިނާ ދެލޯ ހަނިކޮށްފައި ރާހުލް އާ ދިމާއަށް ބަލާލިއެވެ. ގެއަށް ނޯކަރީކަން ކުރަން ގެނައި މީހަކަށް އެއޮއް ރީތި ކޮޓަރި ދެވޭ ހެއްޔެވެ؟

“ކީއްކުރަން އޭނައަށް އެކޮޓަރި ދޭންވީ؟ މި ބަންގާޅިން ފާހަނާ އާ ތަންތަން ނުލާހިކު އަވަހަށް ހަޑިކޮށްލާނެ….. އެހެން ނޫނަސް މަގޭ ރައްޓެއްސެއް އަޔަސް ބަހައްޓާލެވޭނީ އެކޮޓަރި ހުސްކޮށް ހުރެގެން ދޯ…..” އާމިނާ ނުރުހުމާއެކު ބުނެލިއެވެ. ރާހުލް ފާޑަކަށް އާމިނާއަށް ބަލަހައްޓައިގެން ހުރީ އެކިޔާ އެއްޗެއް ރަނގަޅަށް ދޭހަނުވާ ހާލުގައެވެ. ނަމަވެސް އޭނާ ފެނުމުން އާމިނާ ހިތްހަމަނުޖެހުނުކަން ނަގައިގަނެވުނެވެ.

“ދެނޯ؟ ދެން އޭނަ ބަހައްޓާނީ ކޮންތާކު؟” ސައްތާރު އާމިނާ އަށް ބަލާލަމުން ބުނެލިއެވެ.

“އެކޮޅުގައި އެހެރަ ގުދަން ބައި ރަނގަޅުވާނެއްނު؟” އާމިނާ ދެއަތް އުނަގަނޑުގައި ވިއްދާލަމުން ބުނެލިއެވެ.

“އެތާ ނުހުރެއެއްނު އެނދެއްވެސް؟ އަނެއްކާ އެތަން ނުލާހިކު ހޫނު ވާނެ…” ސައްތާރު ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެވަރުންވެސް އާމިނާ ގޮތެއް ދުލެއް ނުކުރިއެވެ. އެގޭގެ ރީތި ކޮޓަރިއެއްގައި އެހާ ނިކަމެތި މީހަކު ބަހައްޓާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.

“ސާބަސް ސައްތާރައް! އެއީ ކަލޭގެ ދަރިއެއްތަ ތިހާ ވަރަކުން އޭނަ މިގޭ ކޮޓަރިއެއްގަ ބަހައްޓަން ތި އުޅެނީ؟ މަ ހަމަ ހައިރާން ވެއްޖެ…… ބަލަ ބޭރުގައި ހުރި ފަތްޖެހި ގޮނޑި އެތަނަށް ވެއްދީމަ އޭނައަށް ނިދޭނެއެއް ނޫންތަ؟ ދެން މާ ހޫނުވަންޏާ އެއްކަލަ ބާ ސްޓޭންޑް ފަންކާ ވެސް އެތަނަށް ވެއްދިދާނެއްނު؟ އަދި ބޭރުގައި ހުންނަ ގިފލިންވެސް އޭނައަށް ފާހާނާ ކުރެވޭނެ ދޯ! މަ ހަމަ އަޖާބު ވެއްޖެ ސައްތާރު ތި މީހާ އާ ހެދި އުޅޭ ވަރަކުން…” އާމިނާ އެހެން ބުނެލުމަށްފަހު ތުން އަނބުރާލަމުން އެތެރެއަށް ހިނގައިގަތީ ނުރުހުމާއެކު ރާހުލް އަށް ބަލާލުމަށްފަހުގައެވެ. އާމިނާ ދިއުމުން ސައްތާރު ޗުސް ތަޅަމުން ދެ ފަރާތަށް ބޯ ހޫރާލީ އާމިނާގެ ބޯހަރުކަމާ މެދު އަޖައިބު ވެގެންނެވެ. ވާނުވާ ނޭނގިފައި ހުރި ރާހުލް ސައްތާރަށް ބަލަމުން ގެންދިއައެވެ.

“އާދޭ އެކޮއި….” ސައްތާރު ގޯތީގެ އަނެއް ފަރާތަށް ހިނގައިގަންނަމުން ރާހުލް އަށް އޭނާގެ ފަހަތުން އައުމަށް އިށާރާތްކޮށްލިއެވެ. ރާހުލް ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ.

ސައްތާރު ގޮސް ހުއްޓުނީ ދެރަ ގޮތަކަށް ހަދާފައި ހުރި ގުދަނެއް ފާޑު ތަނެއްގެ ކައިރީގައެވެ އެތަނުގައި ޖަހާފައި ހުރި ޓިނު ދޮރުފަތް އޭނާ ހުޅުވާލި ހިނދު އިވިގެން ދިއައީ ދަބަރު އަޑެކެވެ. އެއާއެކު ނިކުމެގެން އައި ހިރަފުސްތަކުގެ ސަބަބުން ސައްތާރު ކޮށި އަރާ ގޮތް ވިއެވެ. ހުޅުވާލުމަށްފަހު އޭނާ ފާރުގައި އަތް ކާއްތަން ފެށީ އެތާ ހަރުކޮށްފައި ހުންނަ ބޮކި ދިއްލުމުގެ ބޭނުމުގައެވެ. ބޮކީގެ އަލި މުޅި ތަނަށް ވެރިވުމާއެކު ސައްތާރަށް ދަތް ދޮޅީގައި އަތް ހާކާލެވުނެވެ. މުޅި އެތަނުގައި ޒާތެއްގެ ނުބައި ވަހެއް ހަރުލާފައި ހުރި އިރު އެތެރެ ފެންނަލެއް ވެސް ވަކި ތާހިރެއް ނޫނެވެ. އެއްފަރާތުގައި ލަކުޑިތަކެއް އަތުރާފައި ހުރި އިރު އެތަނުގެ މަތިން މީދާތަށް އަޑު ލައްވަމުން ދުވަމުން ގެންދިއައެވެ. މުޅި އެތަނުގައި ވެސް ވަނީ މީދާ ގުއްޔާއި މަކުނު ވާތަކެވެ.

“އެކޮއި…! މީ އެކޮއި ހުންނަން ޖެހޭ ތަނަކީ…” ސައްތާރު އެތަނާ ދިމާއަށް އިށާރާތް ކުރަމުން އެހެން ބުނެލި ވަގުތު ރާހުލް ވިސްނުންތެރިކަމާއެކު އެތަނަށް ބަލާލިއެވެ.

ސައްތާރު އިރުކޮޅަކު އެހެން ހުރެލުމަށްފަހު ހިނގައްޖެއެވެ. އޭރުވެސް ރާހުލްގެ ނަޒަރު ވަނީ އެ ފަކުރު ތަނަށް ހުއްޓިފައެވެ. ސައްތާރު އެނބުރި އައީ ފަތްޖެހި އެނދު ހިފައިގެންނެވެ. އެތެރެއަށް ވައްދައި އެ ހުޅުވާލުމަށްފަހު އަނެއްކާ ވެސް ހިނގައްޖެއެވެ. މިފަހަރު އޭނާ އައީ ބާލީހަކާއި އެގޭގައި އޮންނަ ބާ ސްޓޭންޑް ފަންކާ ހިފައިގެންނެވެ. ރާހުލް އަށް އެވަގުތު އެއީ އޭނާ ނިދަން ޖެހޭ ތަން ކަން ވިސްނުމާއެކު މުޅި ގައިން ހީބިހި ނަގައިގެއް ދިއައެވެ.

ސައްތާރު ފަތްޖެހިގޮނޑި ގެންގޮސް އެތަނުގެ ކަނަކަށް ޖައްސާލިއެވެ. އަދި އެތާ ކައިރީ ޖަހާފައި ހުރި ފިލާ ފުނި މަތީގައި ސްޓޭންޑް ފަންކާ ބަހައްޓާލުމަށްފަހު އޭގެ ނަރު އުނގަދޫ ކަމާއެކު ގެންގޮސް ސްވިޗްބޯޑަށް ޖަހާލިއެވެ. ސްވިޗް ޖައްސާލުމާއެކު ފަންކާ އެނބުރިގަތުމުން އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިތަނުގެ ކަރަންޓު ކަނޑާނުލެވުނު ކަމީ ހަމަ ނަސީބެކޭ އެހިތަށް އެރިއެވެ. ސައްތާރު އެނބުރި ރާހުލް އަށް ބަލާލިއިރު ބީރައްޓެހިކަމާއެކު އެތަނުގެ ތެރެއަށް ނަޒަރު ހިންގާލަ ހިންގާލަ ހުއްޓެވެ. ސައްތާރު ދެއަތް ފޮޅާލަމުން ރާހުލް އާ ދިމާއަށް ހިނގައިގަތެވެ.

“އެކޮއި! ހިނގާ މިތަން ސާފު ކުރަމާ ދޯ..” ސައްތާރު އެހެން ބުނުމުން ރާހުލްއަށް އެއްވެސް އެއްޗެއް ދޭހަ ނުވި ކަމުގައި ވިޔަސް ހިނިތުންވެލިއެވެ. އެވަގުތު ދެބުމަ ގޮއް ޖަހައިގެން ހުރެ އެދިމާއަށް އާމިނާ އަންނަ ތަން ފެނެއެވެ.

“އާމިނާ! ދޭބަލަ އިލޮށިފައްޗާ އިލޮށިފިހިގަނޑާ އެއްޗެހި ހިފައިގެން އަންނަން… މިތަން ތާހިރުކޮއްލަން ވެސް ޖެހޭނެއްނު..؟” ސައްތާރު އެހެން ބުނުމާއެކީ އާމިނާ އަނެއް ފަރާތައް ހިނގައިގަތީ ހަލުވިކަމާއެކީގައެވެ. އޭނާ އެނބުރި އައި އިރު އެއް އަތުގައި އިލޮށިފައްޗާއި ކުނި ނަގަން ގެންގުޅޭ އެތި އޮތެވެ. އަނެއް އަތުގައި އިލޮށިފިިހިގަނޑު އޮތެވެ. އެވަގުތު ސައްތާރު އެއެއްޗެހި އާމިނާ އަތުން އަތުލިއެވެ. އަދި އިލޮށި ފިހިގަނޑު ރާހުލް އަތަށް ދިނެވެ. އޭނާ އިލޮށިފަތި ހިފައިގެން ގުދަނުގެ ތެރެއަށް އަޅައަޅާ ހުރި ފިޔަވަޅު ހުއްޓުމަކަށް އައީ އާމިނާގެ ޒީލަގަދަ އަޑު އިވުމުންނެވެ.

“ސައްތާރާ! ތި ހަޑި ތަނަށް ތި ވަންނަނީ ކީއްކުރަން؟ އޭނަ އަށް އަމިއްލައަށް ސާފު ނުވަނީތަ؟” އާމިނާ ހިތްހަމަނުޖެހިފައި އެހެން ބުނެލި ހިނދު އޭނާގެ ދެބުމަ ވަނީ ގޮށް ޖެހިފައެވެ. އެ އަޑުގައި އެކުލެވިފައިވަނީ ނުރުހުމެވެ.

“އެކަމަކު ވެސް މިތަން ހާދަ ހަޑިއޭ….” ސައްތާރު އާމިނާ އާ ދިމާއަށް އެނބުރެމުން ބުނެލިއެވެ. “މި ތަނެކޭ މީދާ ގުއި ކޮއްޓެކޭ އެއްގޮތެއްނު” ސައްތާރު އެހެން ބުނުމުން އާމިނާ އިހުނަށް ވުރެ ވެސް ބޮޑަށް ދެބުމަ ގޮއްޖަހާލަމުން ލޯއަޅާލިއެވެ.

“ބަލަ ސައްތާރޫ….! މިގެއަށް މި މީހާ ގެނައީ ވެސް މަސައްކަތް ކުރާކަށް ނޫންތަ؟ ސައްތާރު ދެން އޭނަ ކުރާ ހުރިހާ ކަމެއްގަ ވެސް އެހީވާނަމޭ ހިތައިތަ ތި އުޅެނީ؟ ބަލަ އެއީ ގެންގުޅެން ގެނައި މީހެކޭ…!” އާމިނާ ރުންކުރުވެފައި ބުނެލިއެވެ. އަދި ތުން އަނބުރާލަމުން ދުރަށް ހިނގައިގަތެވެ. އެވަގުތު ސައްތާރަށް ވިސްނިގެން ކަހަލަ ގޮތަކަށް ރާހުލް އަތަށް އިލޮށިފަތި ދިނުމަށްފަހު ސާފުކުރުމަށް އިށާރާތް ކުރިއެވެ. އަދި އެތަނުން ދިއުމުގެ ކުރިން އޭނާ ގޯތިތެރޭގެ ތަންކޮޅެއް ދުރުގައި ހުރި ގިފިލި ދައްކާލިއެވެ.

ސައްތާރު ދިއުމާއެކު ރާހުލް އެ ކުޑަ ގުދަންގަނޑު އެތެރެއަށް ވަދެ ހިންދިރުވާލިއެވެ. ރޭގަނޑު އޭނާ މިތަނުގައި ނިދާނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އޭނާ ސިހުނީ ފައިމަތިން ލާފައި ދިޔަ ފަލަ މީދާ ފެނުމުންނެވެ. ސިހުނުވަރުން އޭނާއަށް ފުންމައިގަނެވިފައި ކަނާއަތު ފައި ހޫރާލެވުނެވެ. އެވަގުތު އޭނާގެ ފައިވާން ވިއްސައިގެން ގޮސް ކުރިމަތީގައި ހުރި ފާރުގައި ޖެހިފައި ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ. އެއާއެކު އޭނާ ގެ ހުސްފައި އެޅުނީ ތަޅުންގަނޑު މަތީގައެވެ. ފައި ދަށުގައިވާ މިދާ ގުއިތައް ޗަސްވެގެން ދިއުމާއެކު އަނގައަށް ގޮތެއް ހަދާލެވުނީ ފަކުރުގަތް ވަރުންނެވެ. އޭނާ ވަގުތުން އެފައި ހިއްލާލިއެވެ. އަދި ކޮރުޖަހަމުން ކަހަލަ ގޮތަކަށް ގޮސް ފައިވާނަށް އެރިއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ފަތްޖެހި އެނދުގައި ބަހައްޓާލުމަށް ފަހު އޭނާ ތަން ސާފު ކުރުމާއިގެން ކުރިއަށް ދިއައެވެ. އެތަނުގައި އުޅުނު ތިން މީދާ އޭނާ އަށް މަރާލެވުނެވެ. އެހެން މީދާތައް ހަލުވިކަމާއެކު ގުދަނުން ނިކުމެގެން ދިއައީއެވެ. ހިތްހަމަޖެހޭވަރަށް ސާފުވުމުން އޭނާ ނިތްކުރީގައިވާ ދާތައް ފުހެލަމުން މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. ހަށިގަނޑަށް ތާޒާ ކަމެއް ގެނައުމުގެ ގޮތުން އޭނާ އެވަގުތު ބޭނުންވީ ފެންވަރާލާށެވެ. އެހެންކަމުން ދަބަހުން ތުވާއްޔާއި އަދި ލާނެ އެއްޗެހި ނަގައިގެން އޭނާ އެތަނުން ނިކުމެގެން ގިފިއްޔާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު އިރުގެ ދޯދި ތަކުން މުޅި ދުނިޔެ ރީއްޗަށް އަލިވެއްޖެއެވެ.

ގިފިލިތެރެއަށް ވަދެ ރާހުލް އެތެރެއަށް ނަޒަރު ހިންގާލިއެވެ. ވަޅު ކައިރީގައި ކުޑަ ތަޅުންކޮޅެއް އަޅާފައި ގިނަ އަދަދެއްގެ ދޮންކެޔޮ ގަސް ހެދިފައި ހުއްޓެވެ. ސާފު ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން އެ ގަސްތަކުން ގިނަ އަދަދެއްގެ ހިކި ފަތް ފައިބާފައި ހުއްޓެވެ. ރާހުލް ގިފިލީގެ ޓިނު ދޮރު ލައްޕައި މަކުޑި އަޅުވާލިއެވެ. އަދި ލައިގެން ހުރި އެއްޗެހި ބޭލުމަށްފަހު ތުވާއްޔާއި އެއެއްޗެހި ރޯނުގައި އަޅުވާލަމުން އޭނާ މިސްރާބު ޖެހީ ވަޅާ ދިމާއަށެވެ. ވަޅު މަތީގައި ބާއްވާފައި އޮތް ދާނި ނަގައި އޭނާ އެއަށް ބަލާލީ ބީރައްޓެހިކަމާއެކުގައެވެ. އިރުކޮޅަކު އެހެން ހުރެފައި އޭނާ ވަޅުގެ ފެންގަނޑުގެ ތެރެއަށް ދާނި ގަންބާލުމަށްފަހު ފެންފޮދެއް ނަގައި ބޮލައް އޮއްސާލިއެވެ. ފަތިހުގެ އެ ފިނި ވަގުތު އެ ހަށިގަނޑުގައި ފިނި ފެން ތިކިތައް ބީހިލުމުން އޭނާގެ ސިކުނޑިއަށް ތާޒާ ކަމެއް ލިބިގެން ދިއައެވެ.

ފެންވަރައި ނިމިގެން އޭނާ މިސްރާބު ޖެހީ އޭނާގެ ‘ކޮޓަރި’ އާ ދިމާއަށެވެ. މަޑު ހިނގުމެއްގައި އައިސް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެ ދޮރު ޖެހިއެވެ. އަދި ވެފައި ހުރި ވަރުބައްޔާއެކު އޭނާ ގޮސް ސްޓޭންޑު ފަންކާ ޖައްސާލަމުން ފަތްޖެހި އެނދުގައި އޮވެލިއެވެ. ރޭ ހަތަރު ދަމު ނުނިދައި ހުރުމުގެ ސަބަބުންނާއި އެވަރަށް ހޮޑުލެވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަރު ހުސްވެފައިވާ ކަހަލައެވެ. އޭނާ އެވަގުތު ބޭނުންވީ އަރާމުކޮއްލާށެވެ. ބަރުވެފައިވާ އެ ބޮލަށް ލުޔެއް ހޯދާލާށެވެ. އިސާހިތަކު އޭނާގެ އެސްފިޔަތައް ބަރުވާން ފެށިއެވެ. މަޑުމަޑުން ނިދީގެ ތެރެއަށް އޭނާ ގެނބެން ފެށިއެވެ.

“ކޮބާތަ އޭނާ؟ ކޮބާތަ މިހާރު؟” ނިދި ޖެހޭއިރަށް ސިއްސައިގެން ގޮސް ރާހުލް އަށް ތެދުވެވުނީ މީހަކު ހަޅޭއްލަވާ އަޑަށެވެ. އެ ކިޔާ އެއްޗެއް ނޫނގުނު ނަމަވެސް އެއަޑު ކަންފަތުގައި ޖެހޭއިރަށް އެއީ އާމިނާ ކަން އޭނާ އަށް ޔަޤީންވިއެވެ. ދެލޯ ހުޅުވާލުމަށްފަހު އޭނާ ލޯ އުނގުޅަން ފެށީ ހަމަ ނިދި ނުލިބުމުގެ ސަބަބުން އެ ދެލޮލުގައި ރިއްސާތީއެވެ.

އެތަނުގެ ޓިނު ދޮރުފަތް ޓަސް ލާފައި ހުޅުވުނު އަޑަށް ރާހުލް ސިހިފައި އެދިމާ ބަލާލިއެވެ. ދެބުމަ ގޮއް ޖަހައިގެން ދޮރުމަތީގައި ހުރި އާމިނާ ފެނި އޭނާ ފަތްޖެހި އެނދުން ތެދުވިއެވެ. އަދި ދެލޯ ބޮޑުކޮށްގެން އާމިނާ އާ ދިމާއަށް ބަލަން ހުއްޓެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އާވާރާކަން (ތިންވަނަބައި)

Next

އަވަ

Next
August 11, 2016

އަވަ

Previews
August 11, 2016

އާވާރާކަން (ތިންވަނަބައި)

33 Comments!

  1. Liaa says:
    August 11, 2016 at 6:13 pm

    Hello.. Hurihaa kudhin ge haalu kolhu kihinehtha???
    Mi othy mi stroyge 1st part… Let me know how u feel abt this ingey 🙂
    And mee Liaa ge 2nd story… So, mistakes hurumakee ekasheegenva kameh 🙂 Rangalhu kollan vee than than bunela dhehchey…
    Enjoy! 🙂

    1. aff says:
      August 11, 2016 at 6:24 pm

      wohh liaa.. u back dhw ☺… nus kiyaa cmmnt kohlly mi… kiyaalaafa cmmnteh vahtaalaanan inge… hehe ☺☺☺

  2. sabeeha says:
    August 11, 2016 at 6:26 pm

    vvv reethi:-*

    1. Liaa says:
      August 11, 2016 at 6:44 pm

      Thankyw sabeeha ?

  3. Anonymous says:
    August 11, 2016 at 6:27 pm

    Vvv thafaathu…ekm myvaahakaage main character me ah ehaaa kamaku nudhey..ehn gotheh hn hyvanii…rkmvxx vaahaka hadi eh nooon…thafaaathu vaahakaeh kiaaaln libunymaa vvv hpy vehje.. ???☺☺

    1. Liaa says:
      August 11, 2016 at 6:47 pm

      Keevvetha e character kamu nudhany?
      Thankyw?

    2. Anonymous says:
      August 12, 2016 at 5:35 pm

      Vedhaaane e ee mikala stryeh nukiaathy kamah

  4. aff says:
    August 11, 2016 at 6:33 pm

    varah thafaath vaahaka eh heewey… keep goin liaa.. ☺

    1. Liaa says:
      August 11, 2016 at 6:48 pm

      Thanyw aff fr ur support ?

  5. Arik says:
    August 11, 2016 at 7:09 pm

    Stry v v v nyc ❤❤
    N I’m frm Thulhaadhoo ??

  6. Arik says:
    August 11, 2016 at 7:10 pm

    Stry v v v nyc ❤❤
    N I’m frm Thulhaadhoo ??
    Ehnve knmehen vx vaane dhw mi stry kiyan ?

    1. Liaa says:
      August 11, 2016 at 7:41 pm

      Hehe. Yess.. kiyaalahchey ?

  7. naj says:
    August 11, 2016 at 7:23 pm

    vr intresting…

    1. Liaa says:
      August 11, 2016 at 8:22 pm

      Thankss naj 🙂

  8. Akki says:
    August 11, 2016 at 7:33 pm

    Hey mee Asaru liyunu Liaa dho. ? welcome back Liaa. I missed you ? and this story ge next part ah waiting waiting ?

    1. Liaa says:
      August 11, 2016 at 8:26 pm

      yess Akki 🙂 Mee Asaru liyun Liaa .. hehe ..
      Thanyw <3

  9. lynum says:
    August 11, 2016 at 7:42 pm

    Woww.. starting ix awesome.. I think baeh myhunnah mi storyyge main character kamu nudhany eiy bangaalhi akah v mahnn… bt i dnt think it’s a matter.. Nd liaa i’m so happy 4 this change.. aslu enmnhnvx huss ehkahala stories genesdheny bt this time its really v v differentt… nd i reallyyy like this storyyy:)……
    Waiting 4 nxtt prtt…..

    1. Liaa says:
      August 11, 2016 at 8:43 pm

      thankyw Lynum 🙂

  10. ainth says:
    August 11, 2016 at 8:11 pm

    Ajaibeh.thilhaadhoo hama ehaa bodu tha? Iru osseyiru boat lefee yo. Geaa hama ah fathis namaadhu bangi ah.

    1. Liaa says:
      August 11, 2016 at 8:25 pm

      ainth 🙂 Eiy mistake eh.. Nw rangalhu kollaafin..
      Thankyw….

  11. ~minty~ says:
    August 11, 2016 at 8:17 pm

    Owhhh…liaa is back….asaru vx vrh reethi ingey girl…adhi comment nukurevunrs baraabarah e vrhaka kiyin…this story seems really different…looking forward ingey…ur my favourite author…
    ~xoxo~

    1. Liaa says:
      August 12, 2016 at 10:43 am

      Thats so sweet of u minty <3 Thankyw so much 🙂

  12. harry says:
    August 11, 2016 at 9:05 pm

    wowow….. new stry eh dhw….. hama habeyssss!! waiting 4 the nxt part
    😉

    1. Liaa says:
      August 12, 2016 at 3:19 pm

      Thankyw harry 🙂

  13. xprincess says:
    August 11, 2016 at 9:24 pm

    Liaaaaa… Ur back dhw my fav writer 🙂
    ASARU ves hama v reethi… I hope this story is goin to be fab just like asaru… 🙂 feshun v nice.. v thafaathu.

    1. Liaa says:
      August 12, 2016 at 3:20 pm

      Thankyw sweety <3

  14. chaa says:
    August 11, 2016 at 11:16 pm

    v thafaathu concept eh dhw. salhi vaanehen heevanyy

    1. Liaa says:
      August 12, 2016 at 3:21 pm

      Thankss chaa 🙂

  15. Rafa says:
    August 12, 2016 at 12:02 am

    wow liaaa..mi sty v different..i like how its going so far 😉

    1. Liaa says:
      August 12, 2016 at 3:22 pm

      Thankyw rafa 🙂

  16. Appy says:
    August 13, 2016 at 8:49 pm

    Nice

  17. Ihoo says:
    August 14, 2016 at 8:54 pm

    V v v rythi ihngeyy ingey mi prt. ??

  18. Rahmath says:
    September 16, 2016 at 8:03 pm

    Varah thafaathu fesumeh, keep going

Comments are closed.

Next Episodeނުހައްޤު ލޯބި (2 ވަނަ ބައި)←


All Right Reserved!