Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަ

ނުހައްޤު ލޯބި (6 ވަނަ ބައި)

Liaa
August 22, 2016
9 Mins Read
52 Views
45 Comments

ރާހުލް އަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސްވެގެންނެވެ. ބަރުހެލި ގޮތަކަށް އޭނާ ދެލޯ ހުޅުވާލާ ބަލާލި އިރު ފެނުނު މަންޒަރަކުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފަނޑު އަލީގެ ތެރެއިންވެސް އެއީ ކާކުކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ. އޭނާގެ މޭގައާއި ބަނޑުގައި ދެއަތުން ފިރުމަމުން ދިޔަ ޒުލޭހާ އޭނާއަށް ސިފަކުރެވުނީ ފެންބޮވައިގަނެފައިވާ ސިންގާއެއްގެ ގޮތުގައެވެ.

“ޒުލޭހާ ދައްތާ؟” ރާހުލް ތެދުވެ ޒުލޭހާ އާ ދުރަށް ޖެހިލަމުން ބުނެލެވުނެވެ.

“ޝްޝްޝް… އާމިނާ މެން ހޭލާފާނެ…” ޒުލޭހާ ތުނބުގައި ޝަހާދަތް އިނގިލި ޖައްސަމުން އެހެން ބުނެލީ ވައި އަޑުންނެވެ. “މިތާ އޮވެބަލަ ދެން..” އޭނާ ރާހުލްގެ އަތުގެ މުލައްދަނޑީގައި ހިފައި ރާހުލް ފަތްޖެހި އެނދުގައި ބޭންދޭތޯ ބެލިއެެވެ. ނަމަވެސް ރާހުލް އޭނާގެ އަތް ފޮޅުވާލަމުން ދުރަށް ޖެހެލިއެވެ. އަދި ނުރުހިފައި ޒުލޭހާ އާ ދިމާއަށް ބަލާލިއެވެ. އަބަދު ހައުސްކޯޓު ލާފައި ހުންނަ ޒުލޭހާ މިރޭ ލައިގެން ހުރީ ކިރިޔާ ފޫކޮޅު ފޮރުވޭ ވަރުގެ ޓޮޕުކޮޅެކެވެ. ލައިގެން ހުރި ހަރަވާޅުގެ ބާރުކަމުން އޭނާގެ ފައިގެ ފަލަ މަސްގަނޑު ފާޅުވާން ހުއްޓެވެ. ކުޑަ ބުރުގާކޮޅެއް އަޅައިގެން ހުރި އިރު އޭނާގެ ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއެއް ޖައްސާފައި ހުއްޓެވެ. މިމަންޒަރު ފެނުމުން ރާހުލް ހައިރާންވެފައި ބަލަހައްޓައިގެން ހުރީ ޒުލޭހާގެ ހުރި ވިޔާނުދާކަން ފެނުމުންނެވެ.

“ދެން ރާހުލް… އާދެބަލަ…. ” ޒުލޭހާ ރާހުލްގެ އަތް ގެންގޮސް އޭނާގެ އުނަގަނޑުގައި ޖައްސާލިއެވެ. ނަމަވެސް ރާހުލް ވަގުތުން އޭނާގެ އަތް ފޮޅުވާލިއެވެ. ޒުލޭހާ އެއަށްވުރެ ހުޝިޔާރެވެ. އޭނާ ރާހުލް ގައިގައި ބައްދައިގަތީ ގައިގައި ހުރި ބާރެއް ލާފައެވެ. ރާހުލް އޭނާގެ ހަށިގަނޑުގައި ވަށާލެވިފައިވާ ޒުލޭހާގެ އަތް ނައްޓުވާލަން މަސައްކަތް ކުރިއެވެ. އެންމެ ފަހުން އޭނާ ގައިގައި ހުރި ބާރެއްްލާފައި ޒުލޭހާ ދުރަށް ކޮއްޕާލިއެވެ.

“އަހަރެން ސައްތާރުބޭބެ އާ އާމިނާ ދައްތައަށް ގޮވަނީ…” ރާހުލް ދޮރާ ދިމާއަށް ބާރުބާރަށް ހިނގައިގައްނަމުން އެހެން ބުނެލީ ރުޅިވެރިކަމާއެކު ޒުލޭހާއާ ދިމާއަށް ބަލާލަމުންނެވެ.

“ތިހެން ކަލެއަށް މަ ކުށްވެރިއެއް ނުކުރެވޭނެ…. ” ޒުލޭހާ އެހެން ބުނެލި އިރު އެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. “އާމިނާ!” ރާހުލްގެ ހަރަކާތްތަކަށް ހުއްޓުން އެރީ ވޭނުން ފުރިގެންވާ އަޑަކުން ޒުލޭހާ އާމިނާއަށް ގޮވާލުމުންނެވެ. “އާމިނާ! މަ ސަލާމަތްކުރޭ!!!” ޒުލޭހާ ކަރުގެ ބުޑުން އެހެން ހަޅޭއްލަވަން ފެށުމުން ރާހުލް ހާސްވާން ފެށިއެވެ. އަނެއްކާވެސް އޭނާ އެހެން މަޅިއެއްގައި ބެދޭ ކަމުގެ އިހުސާސްކުރެވެން ފެށިއެވެ.

“ޒުލޭހަ ދައްތާ!” ރާހުލް ހާސްވެފައި ޒުލޭހާ އާ ދިމާއަށް ދަމުން ގޮވާލިއެވެ. އޭރުވެސް ޒުލޭހާ ގެންދިއައީ ކަރުގައި ނެތް އަޑު ނެރެގެން ހަޅޭއްލަވަމުންނެވެ.

އިރުކޮޅެއް ނުވެ އާމިނާ އާ ސައްތާރު އައިސް އެތަނުގެ ދޮރު ހުޅުވާލިއެވެ. އާމިނާ އަށް ފެނުނު މަންޒަރުން އަނގަމަތީގައި އަތް އަޅައި ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު ޒުލޭހާ ދުވަމުން ދުވަމުން އައިސް އާމިނާގެ އަތުގައި ހިފާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ އައިސް ހުއްޓެވެ. ރާހުލް ހުރީ ޒުލޭހާ ގެ މި ‘އެކްޓް’ ގެ ސަބަބުން ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އާމީ…. އާމީ… މީނަ މަށާ ބެހެން އުޅުނީ… މަ ގޭ ބޭރު ޖޯލީގަ އިނީ ވައި ޖައްސާލަން ވެގެން… އިންދަ މީނަ އައީނު… އެއްޗެއް ދައްކާލާނަމޯ ކިޔާފަ މިތަނަށް ގެނަސްފަ… މި ތަނަށް ގެނަސްފަ…” ޒުލޭހާ އާމިނާގެ އަތުގައި ހިފައި ރޮއިގަންނަމުން ބުނެލިއިރު އެ ކުރަނީ އެކްޓެއް ހެން ހީ ވެސް ނުވެއެވެ. އާމިނާ ރާހުލް އާ ދިމާއަށް ރުޅިއައިސް ރަތް ވެފައި ބަލާލިއިރު ސައްތާރުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

“އެކޮއި.. އެ ބުނީ ތެދެއްތަ؟” ސައްތާރު މަޑުމައިތިރިކަމާއެކު ރާހުލް ގާތު އަހާލިއެވެ.

“ނޫން… އަހަރެން ނިދާފަ ހުންނަނީމަ ޒުލޭހަ ދައްތަ އަންނަނީ… ދެން އަހަރެން ހޭލެވެނީ…” ރާހުލް ހާސްކަމާއެކު ސައްތާރު ގާތު ބުނެލިއިރު އޭނާގެ ދެލޯ ފެންކަޅިވާން ފަަށައިފިއެވެ. އޭނާގެ ބޮލުގައި އެއެޅުނީ ކިހާ ބޮޑު ތުހުމަތެއް ހެއްޔެވެ؟

“ހުސް ދޮގު އެ ހަދަނީ… މިޔަދުވެސް އެ ޝަރީފާގެ ދަރި، ޝާއީ އާ މިހިރަ މީހާ ބެހިގެން ޝަރީފާ މަށާ ދިމާއަށް ވަރަށް އެއްޗެހި ކިޔޭ! މިހާރު އެބެހެނީ ބޮޑެތި އަންހެނުންނާ! ހުރި ލަދުކުޑަކަން!” އާމިނާ ރުޅިއައިސްފައި ރާހުލް އާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ރޮމުން ގެންދިއަ ޒުލޭހާގެ ބުރަކަށީގައި ފިރުމާލަމުން އޭނާ ގޮވައިގެން އެތަނުން ހިނގައްޖެއެވެ. ރާހުލްއަށް ކެއްވީ އެހިސާބަށެވެ. އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ދެކޯތާފަތް މައްޗަށް ފައިބައިގަތެވެ.

“ބޭބޭ… އަހަރެން އެހެން ނަހަދަނީ..” ރާހުލް ސައްތާރު ކައިރިއަށް ގޮސް ގިސްލުމުގެ ތެރެއިން އެހެން ބުނެލިއެވެ. އޭނާގެ ހިތަށް އަރަމުން ދިއައެވެ. މިއީ ކޮންފަދަ އިންސާނުންތަކެއް އުޅޭ ތަނެއް ހެއްޔެވެ؟ މާދަމާ އޭނާގެ ބޮލުގައި އަޅުވާނީ ކޮން ތުހުމަތެއް ކަމެއް ވެސް ނޭނގެއެވެ. އަނެއްކާ މިމައްސަލައާ ހުރެ އޭނާ މިގެއިން ފޮނުވާލާފިއްޔާ އެހެން ވަޒީފާއެއް ހޯދަން ވެސް ވަގުތު ނަގާނެއެވެ. އޭނާގެ މަންމައަށްޓަކައި އެންމެ ވަގުތުކޮޅެއް ވެސް މަސައްކަތް ނުކޮށް ބޭކާރުކުރެވޭކަށް ނެތެވެ. އެހެންކަމުން އޭނާ ކޮންމެ ގޮތެއް ވިޔަސް މިގޭގައި ހުންނަން ބޭނުމެވެ.

“އެކޮއި.. ބޭބެ ގަބޫލުކުރަން އެކޮއި ތިހަދަނީ ތެދުކަމަށް… ދެރަނުވޭ… ” ސައްތާރު ހިތްހެޔޮކަމާއެކު އެހެން ބުނެލުމުން ރާހުލްގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބިގެން ދިއައެވެ. “ދެން ނިދާލާ އަވަހަށް…” ސައްތާރު އެހެން ބުނެލުމަށްފަހު އެތަނުން ނިކުމެގެން ދިއައެވެ. ރާހުލްއަށް އޭރުވެސް ދިއައީ ކުޑަކޮށް ރޮވެމުންނެވެ. އުމުރުން އެންމެ 21 އަހަރުގައި އޭނާ ޢާއިލާ ދޫކޮށް މަސައްކަތް ކުރަން އައި މި މާހައުލު ވީ ހީކުރި ވަރަށް ވުރެ ހިތްދަތި މާހައުލަކަށެވެ. މިތަނުގައި ކުރެވޭނެކަމަށް އުންމީދުކުރި ފޮނި ތަޖުރިބާ ތަކަކީ ހިޔާލީ ފޮލާއަކަށް ވެއްޖެއެވެ. މިމީހުން އޭނާގެ ބޮލުގައި އޭނާ ނުކުރާ އެތަށް ކަމެއް އެ އަޅުވަނީ ނުލާހިކު ފަސޭހަކަމާއެކީގައެވެ. މިތަނުގައި އުޅޭ އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާގެ އެއްވެސް އަގެއް ނެތެވެ. އޭނާ އެކޭ ތަނެއްގައި އުނގުޅިފައި ހުރި ނަޖިސްގަނޑެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ.

***

ސައްތާރު ކޮޓަރިއަށް ވަދެ އެނދުގައ އޮވެލި އިރު އާމިނާ ވީ ޒުލޭހާ ގޮވައިގެން އެގެއަށް ގޮހެވެ. އިރުކޮޅަކުން އާމިނާވެސް އަންނާނެކަން އެނގޭތީވެ އޭނާ ގައިގައި ބެޑުޝީޓް އަޅައި ހަމަޖެހެލިއެވެ. އޭގެ ފަސް ވަރަކަށް މިނެޓު ފަހުން އާމިނާ އައިސް ކޮޓަރިއަށް ވަނެވެ. އެ މޫނުމަތިން ފާޅުވަނީ ހިތްހަމަނުޖެހުމެވެ.

“ސައްތާރު ކައިރީ މަ އޭރުވެސް ބުނީމެއްނު ރަނގަޅު މީހަކު ގެންނާށޭ…” އާމިނާ އައިސް ސައްތާރުގެ މަގަތުގައި އިށީންނަމުން ބުނެލިއެވެ.

“ރާހުލް ކިހާ ރަނގަޅު.. އޭނާ އާމިނާ ބުނި ކޮންމެ ކަމެއް ކޮއްދެ އެއްނު؟” ސައްތާރު މަޑުމަޑުން ބުނެލިއެވެ.

“އަދިވެސް ރަނގަޅޭތަ ތި ބުނަނީ؟ ސައްތާރަކަށް ހަަމަ ނުފެނޭތަ އޭނަ ކުރާ ކަންތަކެއް؟” އާމިނާ ނުރުހިފައި ބުނެލިއެެވެ. “ފުރަތަަމަ އެ ބެހުނީ ކުޑަކުއްޖަކާ… މިހާރު ބޮޑު އަންހެނަކާ.. މާދަމާ ނޭނގެ ރަށުތެރޭގައި އުޅޭ ޒުވާން އަންހެން ކުދިންނާ ނޫންކަމެއް ބެހޭނީކީއެއް!” އާމިނާ ނިތްކުރިމަތީގައި އަތް އަޅާލަމުން ބުނެލިއެވެ.

“އާމިނާ… މަށަށް ހީވަނީ އޭނަ ނުކުރޭހެން ގޯސްކަމެއް… ނިކަން ވިސްނާލަބަލަ އެތަނުގައި ހުރިއިރު ޒުލޭހާ ހުރި ގޮތް…” ސައްތާރު ބެލީ އާމިނާއަށް ވިސްނައިދެވޭތޯއެވެ. އާމިނާ ވެސް ސައްތާރު އެހެން ބުނުމުން ކުޑަކޮށް މަޑުޖެހުނެވެ. ހީވަކަހަލައެވެ. އޭނާއަށް ވެސް މިކަމުގައި ރާހުލްގެ ކުށެއް ނެތްކަމަށް ހީވަނީއެވެ.

“ޒުލޭހާ އެއީ ދުވަހަކުވެސް އެކަހަލަ ކުރު ހެދުން ލައި އުޅުނު މީހެއް ނޫން… އެކަމަކު އެތަނުގައި ހުރި އިރު އޭނަ ހުރީ ފުއްޖަހައި ނަލަހެދިގެން އަދި ކުރު ކުރު ހެދުން ބުރިއެއް ވައްޓާލައިގެން… އަދި ނުވިތާކަށް ތުންފަތުގައި ކުލަ ޖައްސާލައިގެން.. އާމިނާ އަށް ހިޔެއް ނުވޭތަ މިކަމުގައި ކޮންމެވެސް ނުބައެއް އުޅޭހެނެއް…؟” ސައްރާތު ކުޑަކޮށް ތެދުވެ އާމިނާގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާއަށް ވިސްނޭގޮތް ހާމަކޮށްލިއެވެ. އާމިނާއަށް ސައްތާރު އެބުނީ ތެދެއްކަން ކަނޑައެޅިގެން އެނގުނު ނަމަވެސް އޭނާގެ ސިކުނޑި އަދިވެސް ދިއައީ ރާހުލް ކުށްވެރިކުރަމުންނެވެ.

“ވެދާނެއްނު ޒުލޭހާ ނިދަން ލާ ހެދުމެއް ކަމަށް އެއީ… އޭނަ ހަމަ ކުރު ހެދުން ލައިގެން ނިދަން އޮވެދާނެއްނު….؟” ހަޤީޤަތް ފެންނަން އޮތް ނަމަވެސް އާމިނާ ބޭނުންވީ އެކަމުގެ ކުށްވެރިއަކީ ރާހުލްކަން ސައްތާރަށް ވިސްނައިދޭށެވެ.

“މަށެއް ރާހުލް ކުށްވެރިއެއް ނުކުރާނަން… މަށަށް މީގައި ކުށްވެރީ ހަމަ ޒުލޭހާ… ދެން އަޅާނުލާ… މަ މިއުޅެނީ ނިދަން… އާމިނާ ވެސް އަވަހަށް ނިދަން އުޅޭ…” ސައްތާރު އެހެން ބުނެލަމުން އެނދުގައި އޮށޯވެ ގައިގައި ރަޖާ އަޅާލިއެވެ. އާމިނާ ވެސް ވިސްނުމެއްގައި ހުރެ ސައްތާރު އޮތް ފަރާތް ނޫން އަނެއް ފަރާތުގައި އޮށޯވެއްޖެއެވެ. އޭނާ ހިތަށް އަރަމުންދިއައެވެ. ސައްތާރު އެބުނީ ހަމަ ތެދެކެވެ. ޒުލޭހާގެ އަތެއް މިކަމުގައި ނުވާނަމަ އޭނާ މޫނުގައި ފުތް ޖަހައި ތުންފަތުގައި ލިޕްސްޓިކް ޖައްސައިގެން ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ޒުލޭހާގެ ފިރިމީހާ ވެސް ރަށުގައި އުޅެނީކީ ނޫންވިއްޔާއެވެ. މިހެން ހިތަށް އެރުމާއެކު އާމިނާގެ ހިތުގައި ޒުލޭހާގެ މައްޗަށް ކުރިން އޮންނަ ވަރަށް ވުރެ ބޮޑަށް ފޫހި އުފެދިގެން ދިއައެވެ.

“ވަރުގަދަ އަންހެނެއް.. މޮޔަވެގެން ތޯއްޗެ އަހަރެމެންގޭ ބަންގާޅި ގާތަށް އެވަނީ ފަރިވެގެން… އޭނަ ހީކުރީ ތޯއްޗެ އެސޮރު ހައްލާލެވޭނޭ… ޗީ ޗީ ޗީ.. އުޅޭ ވައްތަރު..” އާމިނާއަށް ހިތާހިތުން އެހެން ކިޔާލެވުނީ އައި ރުޅިއެއްގެ ބޮޑުކަމުންނެވެ.

***

ރާހުލް އަށް އެރޭ ނިދޭވަރެއް ނުވިއެވެ. އާމިނާމެން އޭނާ ފޮނުވާލަފާނެ ކަމުގެ ބިރު އެހިތުގައި އޮަންނަނީއެވެ. އޭނާ އަނެއްދުވަހު ފަތިހު ކުރިން ނުތެދުވާހާ އަވަހަށް ތެދުވެ ހުރިހާ ކަމެއް ކުރަން ފެށިއެވެ. އާމިނާ ހޭލި އިރު ރާހުލް ކުރަންޖެހޭ ހުރިހާ ކަމެއް ހެން ކޮށް ނިންމާލަނީއެވެ. އާމިނާ ތެދުވެ ލޯ އުނގުޅަމުން ގޮސް ބަލާލިއިރު ރާހުލް އެ ބޮޑު ގޯތި ތެރެ އިލޮށި ފިހިގަނޑުން ކުނިކަހައި ނިންމާލަނީއެވެ. ކުނިކަހަން ހުރި ރާހުލް އާ ދިމާއަށް އާމިނާ ބަލާލީ ފާޑަކަށެވެ. އެވަގުތު ރާހުލް ހުރީ އާމިނާ އޭނާއާ ދިމާއަށް ހަޅޭއްލަވައިގަނެފާނެތީ ބިރުން ސިހިސިހިއެވެ. މިގެއިން ފޮނުވާލާފިނަމަ އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭރުން އޭނާ ގެ މަންމަ ވެސް ނުލާހިކު ދެރަވާނެއެވެ. އޭނާ އެއްތަނެއްގައި ހަރުނުލާތީއެވެ.

އާމިނާ އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ދިއުމުން ރާހުލް ކުޑަކޮށް ހައިރާންވެސް ވިއެވެ. އެހެން ނޫނީ އާމިނާ އަކީ އަރައިގެން އަންނަ އިރާއެކު އޭނާ އާ ދިމާއަށް އެއްޗެހި ކިޔަން ފަށާ މީހެއް ވިއްޔާއެވެ. ރާހުލް ގެ ހިތަށް އެވަގުތު ނުބައި ވަސްވާސްތައް ވަންނަން ފެށިއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. ޔަޤީނެވެ. އާމިނާ އެއުޅެނީ އޭނާ ފޮނުވާލާށެވެ. އޭނާގެ އެއްވެސް ކުށަކާ ނުލައެވެ. މިޔަދު އާމިނާ އޭނާ އާ ދިމާއަށް އެއްޗެހި ނުކީ ވެސް އެހެންވެ ކަންނޭނގެއެވެ. އެދުވަހު ހަތަރުދަމު އޭނާ ހުރީ އެކަމާ ސިހިސިހިއެވެ. އާމިނާ ގޮވާލާ ކޮންމެ ފަހަރަކު އޭނާ ދަނީ ސިއްސައިގެންނެވެ.

ހަވީރުގެ ވަގުތު ރާހުލް އަށް އެއްވެސް މަސައްކަތެއް ނެތް ކަމުގައި ސައްތާރު ބުނުމުން ރާހުލް އަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާއަށް ހަވީރުގެ އެ ވަގުތުކޮޅުވެސް ހުސްވަނީ މަދު ދުވަހަކުއެވެ. ފޫހި ފިލުވާލާ ހިތްހަމަ ޖައްސާލުމަށްޓަކައި އޭނާ ފެންވަރައި ހަދާލައިގެން ގެއިން ނިކުތް ވަގުތު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ޖެހިގެން އިންގޭ ޖޯލީގައި އިން ޒުލޭހާ އެވެ. ރާހުލް ނިކުންނައިރަށް ޒުލޭހާ އޭނާ އާ ދިމާއަށް ބަލާލުމަށްފަހު ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. ރާހުލް ގާތަށް އެވަގުތު ރުޅިއައެވެ. ޒުލޭހާގެ ހުރި ލަދުކުޑަކަމާއި ހަޔާތްކުޑަކަން ހިތަށް އަރާފައެވެ. އޭނާގެ ބޮލުގައި އެފަދަ ތުހުމަތެއް އަޅުވަން ޒުލޭހާއަށް ކެރުނީތީ ވެސް އޭނާ ހައިރާންވިއެވެ. ޒުލޭހާ އާ ދިމާ ބަލާވެސް ނުލާ އޭނާ އެމަގުން އަޅައިގެން މިސްރާބު ޖެހީ ނަޝްފާމެން ފިހާރައާ ދިމާއަށެވެ. އޭނާގެ ހުރިހާ ކަމެއް އެންމެ ފަސޭހައިން ދެނެގަނެވޭނެ މީހަކީ ނަޝްފާ ކަމުގައި އޭނާ ދެކޭތީއެވެ.

ފިހާރައަށް އެއްވެސް މީހަކު އެގަޑީގައި ނާންނާތީވެ ނަޝްފާ ފޫހިވެފައި އިނީ ފިހާރަ ބޭރުގައި ހުންނަ ފިނިއަށީގައެވެ. އޭނާ އާ ދާދި ކައިރިގައި އޭނާގެ މަންމަ، ޞާބިރާ ވެސް އިނެވެ.

“ނަޝްފާ ދެން ނުވާނެ އެ ބަންގާޅި އާ ވާހަކަ ދައްކައިގެން ވެސް… ރޭގައި އޭނަ ކޮށްގެން އުޅޭ ކަންތައް މިހާރު މުޅި ރަށު އެންމެންނަށް އެނގޭ… އަނެއްކާ އޭނަ ނަޝްފާ އަށް ކަމެއް ކޮށްފިއްޔާ ހަދާނީ ކިހިނެއް؟” ޞާބިރާ ނަޝްފާ އާ ވާހަކަ ދެއްކީ ނުލާހިކު ކަންބޮޑުވެފައެވެ. ރޭގައި ޒުލޭހާ އާ ގަދަކަމުން ރާހުލް ބެހެން އުޅުނު ވާހަކަ މިހާރު ވަނީ މުޅި ރަަށަށް ފެތުރިފައެވެ.

“މަންމާ… މީހުން ކިޔާފާނެ ކޮންމެ އެއްޗެއްވެސް… އަހަންނަށް އެނގޭ ރާހުލް އެވައްތަރަކަށް ނޫޅޭނެކަން…” ނަޝްފާ އެހެން ބުނެލީ ދެލޯ ހަނިކޮށްލާފައެވެ.

“މީހެއްގެ ގޮތެއް ނޭނގޭނެ… އަދި އެއީ އެހެން ގައުމަކުން އައިސް އުޅޭ ބިދޭސީއެއް… މަ ހިތަށް އަރާ އޭނާއަށް ޒުލޭހާ ނޫން މީހަކު ނުފެނުނީބާއޭ..” ޞާބިރާ އެހެން ބުނެލީ މަލާމާތްކުރާ ރާގަކަށެވެ.

“މަންމާ… ބުނެފީމެއްނު ދޯ ރާހުލް އެ ފާޑަކަށް ނޫޅޭނޭ… މީހުން ދައްކާ ތޯތޯ ވާހަކަތައް ހަމަ ޖެހޭތަ ގަބޫލުކުރަން؟ އޭނަ އެހެން ގައުމަކުން އައީޔާ ދެން ވީ ކީއްތަ؟ މިގައުމުގައި އުޅޭ މީހުން މާ ރަނގަޅީތަ؟” ނަޝްފާ ނުރުހިފައި އެހެން ބުނުމުން ޞާބިރާ ވެސް އިތުރަށް އެއްޗެކޭ ނުބުންޏެވެ.

“ރާހުލް..” ނަޝްފާ އެެހެން ބުނެލި ގަޑީގައި ޞާބިރާ ވެސް އެމަގުގެ އަނެއްފަރާތަށް ބަލާލިއެވެ. އޭރު އެދިމާއަށް ރާހުލް އަންނަތަން ފެނެއެވެ. ރާހުލް އައިސް ނަޝްފާ އާ އަރާ ހަމަކުރުމުން ޞާބިރާ އަނެއް ފަރާތަށް މޫނު އަނބުރާލީ އެ ބަންގާޅި މީހާ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. މިއީ މާ ބޮޑު ކަމަކަށް ނުހަަދައި ރާހުލް ނަޝްފާ އާ ވާހަކަ ދައްކަން ފެށިއެވެ. ރަށުތެރޭގައި އޭނާ އޭ ކިޔައިގެން ފާޑު ފާޑު ވާހަކަ ދެކެވޭކަން އޭނާއަށް އެނގެއެވެ. އަދި އެ ވާހަކަތައް ޤަބޫލު ނުކޮށް ހުންނާނެ ހަމައެކަނި މީހަކީ ނަޝްފާކަން ވެސް އޭނާއަށް އެނގެއެެވެ.

“ފިހާރަ މަސައްކަތް ނިމުނީ ތަ؟” ރާހުލް ހީލަމުން ނަޝްފާއާ ސުވާލުކޮށްލިއެވެ.

“ނޫނޭ… މިއިނީ ވައި ޖައްސާލަން ވެގެން… އެކަކުވެސް މިގަޑީގަ ފިހާރައަށް ނާންނާތީ.. ހިނގާބަލަ އަތިރިމައްޗަށް ދާން ސަންސެޓް ބަލާލަން ދޯ؟” ނަޝްފާ ހެވިފައި އެހެން ބުނެލިއިރު ޞާބިރާ އިނީ ދެލޯ ހަނިކޮށްގެން ނަޝްފާ އާ ދިމާއަށް ބަލާށެވެ.

“މަންމާ.. ފިހާރަ ބަލާލައްޗޭ… މަ އެބަ އަންނަން..” ނަޝްފާ ޞާބިރާއަށް ބަލާލަމުން އެހެން ބުނެލާފައި އަވަސް އަވަހަށް ރާހުލް އާ އެކީ ހިނގައިގަތީ ޞާބިރާ ހުރީ ރުޅިއައިސްފައިކަން އެނގިހުރެއެވެ.

ނަޝްފާ އާއި ރާހުލް އަތިރިމައްޗަށް ގޮސް އެތާ ހުރި ލަކުޑި ގަނޑެއް މަތީގައި އިށީނެވެ. ހަވީރުގެ އެ ހިތްގައިމި ވަގުތު ޖެހެމުން ދިޔަ މަޑުމަޑު ރޯޅިތަކުގެ ސަބަބުން އެ ދެ ހިތަށް ވެސް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބެމުން ދިއައެވެ.

“ދެން ބުނެބަަލަ… މީހުން އެކިޔަނީ ކީކޭތަ؟ އަސްލު ވީ ކިހިނެއްތަ؟” ނަޝްފާ ރާހުލް އަށް ބަލާލަމުން އޭނާ ކުރަން ބޭނުންވެފައި ހުރި ސުވާލުކޮށްލިއެވެ.

“މީހުން އެއްޗެހި ކިޔަނީމާ ވެސް ނަޝްފާ ކީއްކުރަން އަހަރެން ކައރީ އަންނަނީ؟ އެހެން ހަދަނީމާ މީހުން ނަޝްފާ އާ ދިމާއަށް ވެސް އެއްޗެހި ކިޔަނީ ދޯ…” ރާހުލް ބުނެލިއެވެ. އޭނާގެ އަޑުގައި ކުޑަ ރިހުމެއް އުފެދިފައި ވިއެވެ.

‘އަހަރެން މީ މީހުން ކިޔާ އެއްޗެއްސަށް އަޅާލާ މީހެއް ނޫން… އަހަރެން ނިކަން ކޫލް ވާނެ..” ނަޝްފާ އެހެން ބުނެލި ގޮތުން ރާހުލް ގާތަށް ކުޑަކޮށް ހިނިއައެވެ. މިޔަދު ހަތަރު ދަމު ވީއިރު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް އެއައީ އަދި ކިރިޔާއެވެ.

ރާހުލް ރޭގައި ވީ ކަންތަކުގެ ވާހަކަ އަލިފުން ޔާއަށް ނަޝްފާއަށް ކިޔައިދިނެވެ. އެވަގުތު ނަޝްފާ ޒުލޭހާ ދެކެ ވަރަށް ރުޅިއައެވެ. އަދި ރާހުލް އާ މެދު ކަންތައް ވީ ގޮތުން ނުލާހިކު ދެރަވެސްވިއެވެ.

“އެ ޒުލޭހާ ގަނޑު ދޯ؟ މުސްކުޅި މާމަގަނޑެއް ވައްތަރު ޖަހާއިރުވެސް ރާހުލްމެން ކަހަލަ ޒުވާން ކުދިން ގާތަށް ވަންނާކަށް ލަދެއް ނުގަނޭ ވިއްޔަ…” ނަޝްފާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އަޅާ ނުލާ ރާހުލް… އެމީހާ ގަނޑާ ދެން ވާހަކަ ވެސް ނުދައްކާތި…” ނަޝްފާ ރާހުލް ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ރާހުލް ނަޝްފާގެ ހިތްހެޔޮކަމާމެދު އުފާވެފައި ހީލިއެވެ. އެފަދަ ރަހުމަތްތެރިއެއް ދެއްވީތީ އޭނާ މާތްﷲ އަށް ހަމްދުކުރިއެވެ.

***

ރާހުލް ގެއަށް އައީ މަޣްރިބު ނަމާދު މިސްކިތުގައި ކޮށްލައިގެންނެވެ. ގެއަށް އައުމުން އާމިނާ އޭނާއަށް ކޮންމެވެސް މަސައްކަތެއް ޖެއްސިއެވެ. ނަމަވެސް ރޭގައި ހިނގައިދިޔަ ހާދިސާގެ ވާހަކަ ސައްތާރުވެސް އާމިނާ ވެސް އިތުރަށް ނުދެއްކުމުން ރާހުލް ހައިރާންވިއެވެ. އަނެއްކާ އެމީހުން އެކަމުގައި އޭނާގެ ކުށެއް ނުވާ ކަމަށް ޤަބޫލުކުރީ ހެއްޔެވެ؟

އެމަހުގެ މުސާރަ އެރޭ ރާހުލް އަށް ލިބުމާއެކު އޭނާ އަވަސްވެގަތީ ފޯނެއް ގަތުމަށެވެ. މަންމަގެ ހާލު ބަލާލާ ހިތުން އޭނާ މިހާރު ހުންނަނީ ކެތްމަދުވެފައެވެ. އެރަށުގައި ހުންނަ މޯބައިލް ޝޮޕުން އޭނާ ފޮޓޯ ނެގޭކަހަލަ ނޮކިޔާ ކުޑަ ފޯނެއް ގަތެވެ. އަދި ސައްތާރު ކައިރީ ބުނެގެން ސިމެއް ނެގިއެވެ. އެއަށް ފޯނު ކާޑެއް އަޅާލަމުން އޭނާ ގޭގެ ނަންބަރަށް ގުޅާލީ ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. ފޯނު ކާޑު ގަތް ފިހާރައިގެ ބޭރުގައި ހުރެ އޭނާ ގުޅީ ވެސް އެހެންވެއެވެ.

“ހަލޯ…” އެކޮޅުން ހަލޯ އޭ ބުނީ ރިޔާކަން ރާހުލް އަށް ރަނގަޅަށް ވެސް އެނގުނެވެ.

“ރިޔާ ދައްތާ… މީ ރާހުލް އޭ..” ރިޔާގެ އަޑު ޖެހުމުން އުފާވެފައި އޭނާ ބުނެލީ އޭނާގެ ބަހުންނެވެ.

“ރާހުލް ކޮއްކޯ…” ރިޔާގެ އަޑުގައިވެސް ވަނީ އުފާވެރިކަމެވެ. އެޙާ ދުވަސްކޮށްފައި އޭނާގެ ކޮއްކޮ އާ ވާހަކަ ދައްކާލާނެ ފުރުޞަތެއް ލިބުނީތީއެވެ. “ހުރިހާ ކަމެއް ރަނގަޅުތަ؟” ރިޔާ އަހާލިއެވެ.

“އާ… ހަމަ ރަނގަޅު…” ރާހުލް އޭނާގެ ހާލު ބަޔާންކޮށްދޭން ބޭނުންނުވީ ރިޔާމެން ދެރަވެދާނެތީއެވެ. “ކޮބާތަ މަންމަ؟ މިހާރު މަންމަގެ ހާލު ކިހިނެއް؟” ރާހުލް އަހާލިއެވެ.

“މަންމަ އޮތީ މިހާރު ހޮސްޕިޓަލުގަ.. ރާހުލް ކޮއްކޮ އެކަމާ މެދު ހާސްނުވޭ… އަހަރެމެން މަންމަ ވަރަށް ރަނގަޅަށް ބަލަން..” ރިޔާ އެހެން ބުނެލިތަނާ ރާހުލް އަށް އިވިގެން ދިއައީ ޝިޔާގެ އަޑެވެ.

“ކާކު؟ ރާހުލްތަ؟ ދައްކަބަލަ މަ އަތަށް..” ޝިޔާ ބުނާ އަޑު އިވުނެވެ. “ހަލޯ..”

“ހަލޯ.. ޝިޔާ ދައްތަ ކިހިނެއް؟” ރާހުލް އަހާލިއެވެ.

“ކިހިނެއް ހެއްޔޭ؟ އަދި އެބަ އަހައެއްނު ކިހިނެއް ހެއްޔޭ؟ ކަލޭ ތި ތަނަށް ފޮނުވީ ކީއްކުރަންކަން އެނގޭތަ؟ އެއީ ލާރި ހޯދަން… ކީއްވެތަ މިއޮއް ހުރިހާ ދުވަހެއްވީ އިރު އެންމެ ލާރި ފޮއްޗެއް ވެސް ނުފޮނުވިގެން ތި އުޅެނީ؟” ޝިޔާގެ ހަރުކަށި ބަސްތަކުގެ ސަބަބުން ރާހުލްގެ ހިތުގައި ޖެހުނެވެ. ނަަމަވެސް އޭނާ ބެލީ މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކޭތޯއެވެ.

“ޝިޔާ ދައްތާ… މާދަމާ ލާރި ފޮނުވާނަމޭ… މިގޭ ބޭބެ ގާތު މިޔަދު ބުނެފީމޭ ލާރި ފޮނުވޭނެ ގޮތެއް ހަމަޖައްސައިދޭށޭ..” ރާހުލް މަޑުމަޑުން ބުނެލިއެވެ. އެވަގުތު ރާހުލްގެ ކަންފަތުގައި އަޅައިގަތީ ކުދިންތަކެއް ހޭ އަޑެވެ. އޭރު އެހެން ލާފައި ދިޔަ ފިރިހެން ގުރޫޕެއް ރާހުލް އާ ދިމާއަށް ބަލަބަލާފައި ހަމަ ހެނީއެވެ. ހީވާގޮތުން އެކުދިން އުޅޭނީ ގުރޭޑް ފަހެއް ހައެއް ގައެވެ. އެކުދިން އެ ހެނީ ރާހުލް އެތާ ހުރެގެން އޭނާގެ ބަހުން ވާހަކަ ދައްކާތީކަން އޭނާއަށް ވިސްނުނެވެ. އޭނާގެ ބަސް މަޖާވީމަ އެކުދިންނަށް ހެވެނީ ކަން ރާހުލްއަށް އެނގުނު ނަމަވެސް އެވަގުތު އޭނާއަށް ކުރެވިގެން ދިއައީ ތަފާތު އިހުސާސެކެވެ. އޭނާ އެވާހަކަ ދައްކަނީ އޭނާގެ ބަހުން ވިއްޔާއެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ އަނެއްކޮޅުން އޭނާ ބުރަކޮށް ދާ އޮހޮރުވައިގެން މަސައްކަތްކޮށްގެން ލާރި ހޯދާ އިރު ވެސް ޝިޔާ އޭނާ އާ ދިމާއަށް އެއްޗެހި ކިޔަނީއެވެ.

“ހީކުރަނީދޯ ރާހުލް ތިތަނަށް ގޮސް މަޖާކޮށްކޮށްފަ އުޅޭއިރު އަހަރެމެންވެސް މި އުޅެނީ އުފަލުގައޭ.. ބަަލަ މިހާރުވެސް މިޖެހެނީ ސަލާން ޖަހައިގެން ލާރި ހޯދައިގެންނޭ ހޮސްޕިޓަލުގެ ބިލުތައް ދައްކަން… އެހާ ބުރަކޮށް އަހަރެމެން މަސައްކަތް ކުރާއިރުވެސް ފުރިހަމައަށް ބަނޑުފުރާލާނެ ލާރިއެއް ނުލިބެގެންނޭ މިއުޅެނީ… ކަލޭ ކީއްތަ ވާނީ ލާރި ފޮނުވިއްޔާ އަވަހަށް… އަހަރެމެންގެ ހާލު ބަލާލަންވެސް ގުޅަން އިނގެނީ މިހާރުތަ؟ ކިހާ ދުވަހެއް ވެއްޖެތަ ތި ކޮޅަށް ދިޔަ ފަހުން…؟؟” ޝިޔާގެ ކޮންމެ ޖުމްލައެއް ރާހުލްގެ ހިތަށް ހެރެމުން ދިއައީ ވިހަ ގަދަ ތީރެއްގެ ސިފައިގައެވެ. އޭނާގެ ހިތުގައި އެހާ ވަރަށް ޖެހެމުން ދިއައެވެ. ޝިޔާ ހީކުރަނީ އޭނާ އެއުޅެނީ އުފަލުގައި ކަމަށް ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަންޖެހޭލެއް ބުރަކަން އިހުސާސްވަނީ ހަމައެކަނި އޭނާއަށެވެ. އޭނާ ހަަމަ އެ މަސައްކަތްކުރަނީ ޝިޔާމެންނަށްޓަކައި ނޫން ހެއްޔެވެ؟ މިކޮޅަށް އައިސް އޭނާ ޝިޔާމެންނާ ގުޅާލި އެންމެ ފުރަތަަމަ ދުވަހު ވެސް އޭނާގެ ހިތް ރޮއްވާލާފިއެވެ. އޭރުވެސް އެއްކަލަ ކުދިންތައް ދިއައީ ރާހުލް އަށް ބަލަބަލާފައި މަލާމާތްކުރަމުންނެވެ. އޭނާގެ ހިތަށް އަރަމުންދިއައެވެ. ހުސް އެއްކަހަލަ ބައެކެވެ. އޭނާގެ އެއްވެސް އިހުސާސެއް ދެނެނުގަނެވޭ ބައެކެވެ. އެވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ޝިޔާ ވާހަކަ ދައްކަ ދައްކައި ހުއްޓާ އޭނާ ފޯނު ކަނޑާލިއެވެ. އަދި ގެއަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް ފައިބައިގަތެވެ. އަތުގެ ނުފުށުން ކަރުނަތަށް ފުހެލަމުން އޭނާ ހިނގައިގަތް ވަގުތު އެތަނުން ކުއްޖެއް ގޮވާލި އަޑު އިވުނެވެ. “ކަލޯ… ބިޓު ކެޓީތަ؟” ނަމަވެސް ރާހުލް އަޅާވެސް ނުލައި ހިނގަމުން ދިއައެވެ. އެ ބަސްތަކުން އޭނާ އިތުރަށް ދެރަވާގޮތް ވިއެވެ.

#ނުނިމޭ#

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ.

Next

މަންޝާ (އޮނަ ސާޅީސްވަނަ ބައި)

Next
August 22, 2016

މަންޝާ (އޮނަ ސާޅީސްވަނަ ބައި)

Previews
August 22, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ.

45 Comments

  1. aik says:
    August 22, 2016 at 4:00 pm

    vv reethi ???

    1. Liaa says:
      August 23, 2016 at 1:00 pm

      Thankyw aik 🙂

  2. Aanaa says:
    August 22, 2016 at 4:22 pm

    Reethi reethi

    1. Liaa says:
      August 23, 2016 at 1:08 pm

      Thankyw Aanaa 🙂

  3. Sheyn says:
    August 22, 2016 at 4:30 pm

    Raahul biteh nagaakahh nuvey tha pls reply to my comment liaa

    1. sabeeha says:
      August 22, 2016 at 4:39 pm

      sheyn thihirynu..hehe ..sorry ??

    2. sabeeha says:
      August 22, 2016 at 4:40 pm

      BTW story reethi..??

    3. Sheyn says:
      August 22, 2016 at 9:11 pm

      Sabeeha maa rangalhu vaane mashah thure hehe am i right??seriously mashahh heevany sabeeha nd sahthaaru maa gulheyne kannneynge hahaahahha..sabeeha if u c my comment pls reply varahh vehhjje thyna aa vaahaka dhahkaalaahiyy

    4. sabeeha says:
      August 22, 2016 at 9:23 pm

      chydhi..??adhi sahttaraa tha thi gulhu v ma…??hehe

    5. sabeeha says:
      August 22, 2016 at 9:24 pm

      chydhi..??adhi sahttaraa tha thi gulhu v ma…??

    6. Sheyn says:
      August 22, 2016 at 9:37 pm

      Haha sabeeha thy kon age ehh ge meeheh kamehh vs neynge ehnve ehn buny nd u knw raahul eyii 21 yrs ge kuhjjwkey thyna 50 aharuge mewhakahh vs vedhaane ehnnu dhw hehe whatever sorry

    7. sabeeha says:
      August 23, 2016 at 6:54 am

      hehe haadha muskulhi kohly thi..I am a student n am 15 mi aharu furuny vs…

    8. Sheyn says:
      August 23, 2016 at 12:45 pm

      I’m 16 boy ekey mashakee??

    9. Liaa says:
      August 23, 2016 at 1:09 pm

      Sheyn.. haadha raahul ah biteh hoadha dhey hithu thi ulheny… hehe 🙂
      Lets see dhw wat heppans…

    10. Sheyn says:
      August 23, 2016 at 1:33 pm

      Hhaha seriously liaa varahh kiyaa hiyy vey mi stwry varahh reethi mashahh heevany emme fahunn e zeelagadha aaminaa ge dhariyakaaa henn rahul alhaigannaany haha?

    11. sabeeha says:
      August 23, 2016 at 1:39 pm

      boy eh tha…ma hykury grl eh kamah..ehenve mi talk kury vs…

    12. Idiot says:
      August 23, 2016 at 3:02 pm

      Dhn thi buny tlk nukuraanamey tha??

    13. sheyn says:
      August 23, 2016 at 5:37 pm

      Yaa beynumey tlk kurann ekammm mi part ge maaa comment thahh gina vehjje
      dhnn next part ga habarehh velaanan ingey sabeeha mansha kiyan tha?

    14. sabeeha says:
      August 23, 2016 at 5:48 pm

      hehe thanks…?

    15. sabeeha says:
      August 23, 2016 at 6:04 pm

      hehe ..iam not using fb..but iam using viber,whatupp n imo

  4. Nysh says:
    August 22, 2016 at 4:57 pm

    Dhw cheedi dhn zuleyhaa haadha hayaai kuda eyyy…..lol anyways v unique & reethi vaahaka eh

    1. Liaa says:
      August 23, 2016 at 1:09 pm

      Thankyw Nysh 🙂

  5. love love says:
    August 22, 2016 at 5:17 pm

    Varah reethi…as i guessed it was zuleyhaa…varugadha handi eh ei…varah foohivey…muskulhi v ma kuraane kameh nethigen ulhey hen heevanee….anyways…vaaahak hama best…

    1. Liaa says:
      August 23, 2016 at 1:10 pm

      Thankyw love love 🙂

  6. Rafa says:
    August 22, 2016 at 5:37 pm

    V nice mi part vx ….?

    1. Liaa says:
      August 23, 2016 at 1:10 pm

      Thankyw rafa dear 🙂

  7. harry says:
    August 22, 2016 at 5:42 pm

    So it was zuleyha… ?hama ehen ulhey meehun vx ulheny thaa dhw…. i thought somthing was fishy abt her?… btw.. this stry is amazing liaa… waiting impatiently fr the nxt part….

    1. Liaa says:
      August 23, 2016 at 1:10 pm

      Thankyw harry 🙂

  8. Maain says:
    August 22, 2016 at 7:12 pm

    Vvvv nice.???????

    1. Liaa says:
      August 23, 2016 at 1:11 pm

      Thankss Maain 🙂 <3

  9. މަރީ says:
    August 22, 2016 at 8:43 pm

    Dhen Komme thaaku ves ulheyne dho rangalhu meehun…
    Mi vaahakaa ga hus goas meehun ulhunyma kada ey

    1. Liaa says:
      August 23, 2016 at 1:12 pm

      Hus goas meehunne noonennu mi ulheny… Nashfaa vx kihaa rangalhu raahul ah … Anyways thankyw fr the comment 🙂

  10. Afy says:
    August 22, 2016 at 8:43 pm

    V v v reethi

    1. Sheyn says:
      August 22, 2016 at 9:12 pm

      Ehkala afy mi story vss kiyaan tha

    2. Liaa says:
      August 23, 2016 at 1:22 pm

      Thankyw afy 🙂

  11. Appy says:
    August 23, 2016 at 8:00 am

    V rythi mi part vx ….esoru fakyru ehaa dheravefa hunna iru adhi e shiya eh vx ehera ulhey gotheh dhw ???

    1. Liaa says:
      August 23, 2016 at 1:22 pm

      Thankyw Appy… 🙂

  12. ba says:
    August 23, 2016 at 10:25 am

    Nice 🙂

    1. Liaa says:
      August 23, 2016 at 1:23 pm

      Thankyw ba 🙂

  13. Idiot says:
    August 23, 2016 at 1:35 pm

    I have a doubt first of all sobeehaa eh nun eyna yahh kiyany sabeeha hehe

  14. Elly says:
    August 23, 2016 at 5:03 pm

    Hehe yaa ma vss meee afy ge bodu fan ekey like u rif hehe rif varahh reethi namehh ingey thy?

  15. Elly says:
    August 23, 2016 at 5:20 pm

    Rif lls reply ehh dheeba tlk me

  16. Thaaniya says:
    August 23, 2016 at 9:17 pm

    wow..nice story

  17. Idiot says:
    August 24, 2016 at 11:20 am

    mioh kameh..meee chat kurn onna thaneh nooneyyy….vaahaka kiaafa e ah commmnt kurabalaaa…..

  18. Hauafu says:
    October 5, 2016 at 5:53 pm

    Whooooo nice story eh

Comments are closed.

All Right Reserved!