Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (7 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 24, 2016 8 Mins Read
83 Comments

އޭނާ ހަަމަ އެ މަސައްކަތްކުރަނީ ޝިޔާމެންނަށްޓަކައި ނޫން ހެއްޔެވެ؟ މިކޮޅަށް އައިސް އޭނާ ޝިޔާމެންނާ ގުޅާލި އެންމެ ފުރަތަަމަ ދުވަހު ވެސް އޭނާގެ ހިތް ރޮއްވާލާފިއެވެ. އޭރުވެސް އެއްކަލަ ކުދިންތައް ދިއައީ ރާހުލް އަށް ބަލަބަލާފައި މަލާމާތްކުރަމުންނެވެ. އޭނާގެ ހިތަށް އަރަމުންދިއައެވެ. ހުސް އެއްކަހަލަ ބައެކެވެ. އޭނާގެ އެއްވެސް އިހުސާސެއް ދެނެނުގަނެވޭ ބައެކެވެ. އެވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިއައީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ޝިޔާ ވާހަކަ ދައްކަ ދައްކައި ހުއްޓާ އޭނާ ފޯނު ކަނޑާލިއެވެ. އަދި ގެއަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް ފައިބައިގަތެވެ. އަތުގެ ނުފުށުން ކަރުނަތަށް ފުހެލަމުން އޭނާ ހިނގައިގަތް ވަގުތު އެތަނުން ކުއްޖެއް ގޮވާލި އަޑު އިވުނެވެ. “ކަލޯ… ބިޓު ކެޓީތަ؟” ނަމަވެސް ރާހުލް އަޅާވެސް ނުލައި ހިނގަމުން ދިއައެވެ. އެ ބަސްތަކުން އޭނާ އިތުރަށް ދެރަވާގޮތް ވިއެވެ. އޭނާ ހިނގުން ބާރު ކޮށްލީ އަވަހަށް ގެއަށް ދިއުމުގެ ނިޔަތުގައެވެ.

އެދުވަހަހު ރާހުލްގެ މޫޑު ހުރީ އެއްކޮށް ކަހަލަ ގޮތަކަށް ސަކަރާތްވެފައެވެ. އާމިނާ ކަމެއް ކުރަން ބުނުމުންވެސް އޭނާއަށް އެކަމުގައި އުޅެވެނީ ނުލާހިކު ކަންނެތްކަމާ އެކުގައެވެ. އޭނާ ހަމަ އެއްވެސް ކަމެއް ކުރާ ހިތް ނެތީއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން އާމިނާ ދެތިން ފަހަރު އޭނާއާ ދިމާއަށް އެއްޗެހި ވެސް ކިޔެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކަކަށް ބަދަލެއް ނައެވެ. އޭނާ ހުރީ އެއަށްވުރެ މާ ބޮޑަށް ދެރަވެފައެވެ.

އާދައިގެން މަތިން އެ ދުވަހު މެންދުރުފަހު ރާހުލް އުޅުނީ ގޭތެރެ ކުނި ކަހައި މޮއްޕު ލުމުގެ މަސައްކަތުގައެވެ. އެގޭގެ ބާކީ ހުންނަ ތިން ކޮޓަރީގައި އެއްވެސް މީހަކު ނޫޅުނު ނަމަވެސް ކޮންމެ ދުވަހަކު އާމިނާ އޭނާއަށް އެހުރިހާ ތަނެއް ސާފުކުރަން ޖައްސައެވެ. ރާހުލް އާމިނާމެން ކޮޓަރި ސާފުކޮށް ނިންމާލުމަށްފަހު އޭނާ ހިނގައިގަތީ ޖެހިގެން ހުރި ކޮޓަރިއާ ދިމާއަށެވެ. އޭނާއަށް އެކޮޓަރީގައި އެއްވެސް މީހަކު ނޫޅޭކަން އެނގޭތީވެ، އޭނާ ދޮރު ހުޅުވާލީ ޓަކި ނުޖަހައެވެ. އިސްޖަހައިގެން ދޮރު ހުޅުވާލި ރާހުލް ކޮޓަރިއަށް ވަންނަން އެތެރެއަށް ބަލާލި ވަގުތު އޭނާއަށް ފެނުނު މަންޒަރަކުން އޭނާގެ ހުރިހާ ހިއްސުތައް ގަނޑުކޮށްލި ކަހަލައެވެ. ދެއަތުން ފިހިގަނޑު ހިފަހައްޓައިގެން އޭނާ އެދިމާއަށް ބަލަހައްޓައިގެން ހުރީ އާޝޯޚުވެފައެވެ.

ރާހުލްގެ ލޮލުގައި އެންމެ ފުރަަތަމަ ވެސް އަޅައިގަތީ ދޮން ދޮން ދެފައެވެ. އޭނާގެ ހަށިގަނޑު ނިވާކުރެވިފައި ވަނީ މެއާ ހިސާބުން އޮޅާލެވިފައިވާ ފިޔާތޮށި ކުލައިގެ ތުވާއްޔަކުންނެވެ. އެއްއަތުން އެ ތުވާލީގައި ހިފަހައްޓާލައިގެން ހުރި އިރު އޭނާގެ މަޑު މުށި ކުލަ ޖައްސާލެވިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ވިދާ ބަބުޅަމުން ދިއައެވެ. އުނަގަނޑާ ހަމައަށް އަރާ އެ އިސްތަށިގަނޑުން ފެންތިކިތައް ތަޅުންގަނޑަށް ފައިބަމުން ދިއައެވެ. ރާހުލް ދޮރު ހުޅުވާލި އަޑު އިވުމުންކަންނޭނގެއެވެ. އޭނާ ދޮރާ ދިމާއަށް ބަލާލާފިއެވެ. އެވަގުތު އެ މުށި ކުލައިގެ ދެލޮލުގައިވާ ރީތި ވިދުވަރުން ރާހުލްގެ ހިތް ކަތިލާލި ކަހަލައެވެ. ނޭވާ ހިފަހައްޓާލައިގެން އޭނާއަށް އެ ރީތި ޖިންސުއްލަތީފާ ދިމާއަށް ބަލަން ހުރެވުނީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ.

ރާހުލް އަށް ހޭވެރިކަމެއްވީ އެ އަންހެން ކުއްޖާ މެއާ ދިމާއިން އަތް ހުރަސްކޮށްލަމުން ތޫނު އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ. ރާހުލް ތެޅިގަނެފައި އަވަސް އަވަހަށް ދޮރު ޖަހާލަމުން އެތަނުން ނިކުތެވެ. އޭނާއަށް ކުރެވުނު ކަންތަކާމެދު ދެރަވެ ލަދުގަތެވެ. އޭރު އެ އަންހެން ކުއްޖާ ހަޅޭއްލަވާ އަޑަށް އާމިނާ ދުވެފައި އެދިމާއަށް އާދެއެެވެ. ދޮރު ކައިރީގައި ހުރި ރާހުލް އަށް އާމިނާ ބަލާލީ ދެބުމަ ގޮށް ޖަހައިގެން ހުރެއެވެ. އާމިނާ ދޮރު ތަޅުގައި ހިފާލިއިރު އެ ހުރީ ތަޅުލާފައެވެ.

“ދަރިފުޅާ! ދަރިފުޅާ އަންޖޫ! ކިހިނެއްވީ ތިޔަ ހަޅޭއްލަވަނީ؟” އާމިނާ ދެތިން ފަހަރު ދޮރުގައި ޖަހާލަމުން ގޮވާލިއެވެ. އެވަގުތު ރާހުލް ސުވާލުން ފުރިގެންވާ ނަޒަރަކުން އާމިނާއާ ދިމާއަށް ބަލާލިއެވެ. އާމިނާމެންގެ ދަރިއެއް ހުންނަކަމެއް ކުރިއަކުން އޭނާއަކަށް ނޭނގެއެވެ. އޭނާ ދެއަތަށް ބޯ ހޫރާލިއެވެ. އެއީ އޭނާއަށް އެނގެެން ޖެހޭ އެއްޗެއް ވެސް ނޫނެވެ. އޭނާ އަކީ އެ ގޭގައި ގެންގުޅޭ ނޯކަރެއް ވިއްޔާއެވެ.

“މަންމާ! ކާކުތަ މިތަނަށް އެވަނީ ދެންމެ؟ ފާޑެއްގެ ފިރިހެނެއް ވަތީ!” އެކޮޅުން އަންޖޫދާ ގޮވާލި އަޑު އިވުނެވެ. އެވަގުތު އާމިނާ ރާހުލް އާ ދިމާއަށް ބަލާލީ ރުޅިވެރިކަމާއެކީ ގައެވެ.

“ކަލޭ ޓަކި ޖަހާފަ ވަންނަ ނަމަ ދޯ…” އާމިނާ ރުޅިއައިސްފައި ރާހުލް އާ ދިމާއަށް ބުނެލިއެވެ. ރާހުލް އިސްޖަހާލިއެވެ. އެ ކޮޓަރީގައި މީހަކު އުޅޭކަމެއް އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

“އަހަރެން ނޭނގެނީ މީހަކު ހުންނަނީކަމެއް..” ރާހުލް މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ތަޅު ހުޅުވާލި އަޑު އިވިގެން ދިއައެވެ. ފަރި ހިނގުމެއްގައި އެތެރެއިން ނިކުތް އަންޖޫދާ އާ ދިމާއަށް ރާހުލް ބަލާލިއެވެ. އޭނާ މިހާރު ލައިގެން ހުރީ ކަޅު ކުލައިގެ ކަކުލާ ހަމައަށް އަރާވަރުގެ ހެދުމެކެވެ. އެއާއެކު ފަޔަށް ބާރު ކަޅުކުލައިގެ ސްކިނީ ޖީންސު ލާފައި ހުރުމުން އެ ހިމަތޮޅި ހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. އެ މުށި ކުލައިގެ އިސްތަށިގަނޑު މިހާރު ވަނީ ކުރިމައްޗަށް ގެނެސް ވައްޓާލާފައެވެ. އޭރުވެސް އެ އިސްތަށިގަނޑުގައި ފެންތިކިތައް ވިދަމުންދިއައެވެ. ރާހުލް ބަލަން ހުރުމުން އޭނާ ދެބުމަ ގޮށް ޖަހާލިއެވެ. އެއާއެކު ރާހުލް އިސްޖަހާލީ ޖެހިލުންވެ ހުރެއެވެ.

“މީ ކާކުތަ މަންމާ؟ އަހަރެން ފެންވަރައިގެން އައިސް ފެން ހިއްކަން ހުއްޓަ މީނަ އައިސް ވަނީއޭ..” އަންޖޫދާ އާމިނާ ގާތު އަހާލީ މޫނުމައްޗަށް ރުޅިވެރިކަން ގެންނަމުންނެވެ.

“ތީ މަންމަ ބުނެގެން ބައްޕަ މިގެއަށް ގެނައި ބަންގާޅިއެއް…” އާމިނާ ބުނެލިއެވެ.

“ކީއްކުރަން ގެނައި މީހެއްތަ؟ އަހަރެން ހާދަ ފޫއްސެއް ވެއްޖޭ މީނަ ދެކެ…” އަންޖޫދާ ތުން އަނބުރާލަމުން ރާހުލް އަށް ބަލާލަމުން އެހެން ބުނެލި ވަގުތު ރާހުލް އިސްއުފުލާލާ ބަލާލިއެވެ. އެއާއެކު އެދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިއައެވެ. ރާހުލް ވަގުތުން ދުރު ބަލާލީ އަންޖޫދާގެ އެހެރަ ތޫނު ރުޅިވެރި ބެލުމުން އުނދަގޫވެގެންނެވެ.

“ކިހިނެއް ވީތަ މިތާ؟ ދަރިފުޅާ އަންޖޫދާ… ކީއްވެ އެހާ ރުޅި އައިސްފަ ތިހުރީ؟” ތިން މީހުން ވެސް ގޭ ދޮރާ ދިމާއަށް ބަލާލީ އެތެރެއަށް ވަދެގެން އައި ސައްތާރު ގެ އަޑު އިވުމުންނެވެ.

“ބައްޕާ.. މީނަ އަހަރެން ގައިގައި ތުވާލި އޮޅައިގެން ހުއްޓަ ވަނީ ކޮޓަރިއަށް.. ޓަކިވެސް ޖަހާނުލާ… އަދި ވަދެފަ ބަލަހައްޓައިގެން ހުރީއޭ…” އަންޖޫދާ ސައްތާރާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ސައްތާރު ބަލާލީ ޖެހިލުންވެފައި ހުރި ރާހުލް އާ ދިމާއަށެވެ.

“ދަރިފުޅާ.. ރާހުލް އަކަށް ނޭނގޭނެ އޭ ދަރިފުޅު މިގެއަށް އައި ކަމެއް… އެހެންވެއޭ އޭނަ ޓަކި ނުޖަހާ އެ ވަނީ… ދެން އަންޖޫދާ ވެސް ހަނދާންކުރަންވާނެ ދޮރު ތަޅުލައިގެން ހުންނަން.. އިނގޭ..” ސައްތާރު އަންޖޫދާގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ބުނެލިއެވެ.

“ރާހުލް… މީ މަގޭ ހުރި ހަމައެކަނި ދަރި، އަންޖޫދާ… އޭނަ އެއައީ މިޔަދު.. މާލޭގަ ހުރެފަ…” ސައްތާރު ރާހުލް އާ ދިމާއަށް ބަލާލަމުން އެހެން ބުނެލީ ހިތްހެޔޮ ކަމާއެކީގައެވެ. އަންޖޫދާ އެވަގުތު ތުން އަނބުރާލީ އޭނާގެ ބައްޕަ ރާހުލް އާ އެހާ ރީތިކޮށް ވާހަކަ ދެއްކުމުން ހިތްހަމަނުޖެހިފައެވެ.

“އަންޖޫދާގެ ފޮށިތައް ބަލާ ދާން ހިނގާބަލަ ސައްތާރުބޭ އާ އެކީ… އަދި ބޯޓުން ނުބާލާ ހުރީ އެއެއްޗެހި… އިހަށް ތި ފިހިގަނޑު ބަހައްޓާފަ ހިނގާ…” ސައްތާރު ރާހުލް އާ ދިމާއަށް އެހެން ބުނެލަމުން ހިނގައިގަތީ ގެއިން ނިކުންނާށެވެ. ރާހުލްވެސް ފާރުގައި ފިހިގަނޑު ލަންގާލުމަށްފަހު ސައްތާރުގެ ފަހަތުން ހިނގައިގަތީ ރުޅި މޫނު ހަދައިގެން ހުރި އަންޖޫދާއާ ދިމާއަށް ސިއްރު ސިއްރުން ބަލާލާފައެވެ.

“އަންޖޫ… ހިނގާ ކާން.. ބަނޑުހައެއް ނުވޭތަ؟” އާމިނާ އަންޖޫދާގެ އަތުގައި ހިފާލައި އެހެން ބުނެލުމުން އޭނާ އާމިނާ އާ އެކު ކާގެއަށް ދާން ހިނގައިގަތެވެ. އޭނާ ގޮސް ކާމޭޒު ދޮށުގައި އިށީނުމުން އާމިނާ ތައްޓަކަށް ބަތާއި ރިހަ އަޅައިގެން ގެނެސް އޭނާގެ ކުރިމަތީގައި ބެހެއްޓިއެވެ. އެވަގުތު އަންޖޫދާ ސަމުސަލެއް ނަގައި ބަތް ކޮޅެއް އަނގައަށް ލީ ހިޔާލެއްގައި ހުރެގެންނެވެ.

އަންޖޫދާ އަކީ އާމިނާ އާއި ސައްތާރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދެމަފިރިންވެސް އޭނާ ދެކެ ދެލޮލުގެ ކޮއި ފަދައިން ލޯބިވެއެވެ. އޭނާ ބުނެފިނަމަ އެދަމަފިރިން ނުކޮށްދޭ ކަމެއް ނޯވެއެވެ. ރަށުން ގްރޭޑް ދިހައެއް ނިންމުމަށްފަހު އެދެމަފިރިން އަންޖޫދާ މާލެ ފޮނުވީ މޮޅަށް ކިޔަވައި ދިނުމުގެ މަޤުސަދުގައެވެ. މާލޭގައި 11 12 ކިޔަވައި ނިމުމުން އަންޖޫދާ ބޭނުންވީ ކޭކު އަޅާ ކޯހެއް ހަދާށެވެ. އޭނާ މިފަހަރު ރަށަށް އެއައީ އެ ކޯސްވެސް ފުރިހަމަކޮށްގެންނެވެ.

“ދަރިފުޅާ.. ދެން އެއްކޮށް މިކޮޅަށް އައީ ދޯ ތި؟ ކޯސް ވެސް ނިމުނީނު… ދެން ހުންނަން ޖެހޭނީ މަންމަމެން ގާތު…” އާމިނާ ލޯތްބާއެކު ބުނެލިއެވެ. މާލޭގައި އަންޖޫދާ ހުރި 3 އަހަރު ތެރޭގައި އޭނާ އަހަރަކު ދެ ފަހަރު ރަށަށް އައި ނަމަވެސް އެކަމުން އާމިނާ އަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އޭނާ ބޭނުންވަނީ އަބަދުވެސް އަންޖޫދާ އޭނާއަށް ފެންނަ ހިސާބުގައި ހުރުމަށެެވެ.

“ހޫމްމް..” އަންޖޫދާ އަނގައިގައި ހުރި ބަތްތައް ހަފަމުން ކުރު ޖަވާބެއް ދިނެވެ.

“ދެން މިހާރު މިގޭ ބޭރު ފާރުގައި ހިއްޕަންވީނު މިގެއިން ކޭކު އަޅައިދެމޭ ކިޔާފަ.. އޭރުންނެއްނު އަންޖު އަށް ވެސް ލާރިއެއް ލިބޭނީ…” އާމިނާ ދަތްތައް ދައްކާލަމުން ބުނެލިއެވެ. މިފަހަރުވެސް އަންޖޫދާ ބުނީ ހަމައެކަނި އާއެކޭ އެވެ.

“މަންމާ… ބައްޕަ ކީއްވެތަ އެ ބަންގާޅި އާ އެހާ ރީތިކޮށް ކަންތައް ކޮށްދެނީ އެ؟” އަންޖޫދާ އެއްޗެއް ހަނދާންވާ ފަދަ ގޮތަކަށް އެހެން ބުނެލިއެވެ.

“ނޭނގެ މަންމައަކަށް… ދެން އެކަމާ އަންޖު އަޅާނުލާ..” ރާހުލްގެ ވާހަކަ ދެއްކުމުން އާމިނާގެ ނިތަށް ކުޑަކޮށް ރޫތަކެއް ޖަމާވިއެވެ. އަންޖޫދާ ދެކޮނޑު އަރުވާލުމަށްފަހު ކެއުމާއިގެން ކުރިއަށް ދިއައެވެ.

***

ސައްތާރާއެކު އަންޖޫދާގެ ފޮށިތައް ހިފައިގެން ރާހުލް އައި އިރު ސޯފާގައި ދެފައި ދަމާލައިގެން ޓީވީ ބަލަން އަންޖޫދާ އިނެވެ. ގެއަށް އައި ގޮތަށް ރާހުލް އަވަސްވެގަތީ ކުނިކަހައި ނުނިމެ އޮތްބައި ކުނިކަހައި ނިންމާލުމަށެވެ. ސިޓިންގރޫމު ތެރެ ކެހުމަށްޓަކައި އޭނާ ސިޓިންގރޫމުގައި ޖައްސާފައި ހުރި ފަންކާ ނިވާލީ އެއްވެސް ފިކުރެއް ނެތިއެވެ. ސިޓިންގރޫމް ދޮރުމަތީގައި އަޅާފައި އޮތް ފައިފުހި ނަގައި އެ ބޭރަށް ފޮޅާލުމަށްފަހު އެނބުރެލިތަނާ އޭނާ ދިއައީ ސިއްސައިގެންނެވެ. ދެބުމަ ގޮށް ޖަހައިގެން ކުރިމަތީގައި މިހުރީ އަންޖޫދާއެވެ. ރުޅިއައިސްގެން ގޮސް އެ ދޮން މޫނު އެވަގުތު ވަނީ ރަތް ވެފައެވެ. އެ ލޯބި މޫނު އެހާ ކައިރިން ފެނުމުން ރާހުލް އަށް ހިން ދިރުވާލެވުނެވެ. އެ ރީތި މުށި ކުލައިގެ ދެލޮލުގެ ތެރެއަށް ވިރިގެން ދާން އޭނާގެ ހިތް އެދެން ފެށީ ކީއްވެކަމެއް އޭނާއަކަށް ވެސް ނޭނގުނެވެ. ރުޅިއައިސްފައި ހުރި އިރު ވެސް އެ އަޖައިބެއް ފަދަ ރީތިކަމަކަށް ބަދަލެއް ނާދެއެވެ.

“ނުފެނޭތަ މަ މިތާ ސޯފާގައި ހުރި ތަނެއް ފަންކާ ތި ނިވާލީ؟ ” އަންޖޫދާ ރުޅި އައިސްފައި އެހެން ބުނުމުން ރާހުލް އަވަސް އަވަހަށް އިސްޖަހާލިއެެވެ. އޭނާއަށް މި ކުރެވެނީ ކޮންކަހަލަ އިހުސާސްތަކެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ގޯހެކެވެ. އޭނާ ގެ ސާހިބުމީހާގެ ދަރިއާ މެދު މިފަދަ ނަޒަރަކުން ދެކެން ހެޔޮނުވާނެއެވެ.

“ހޫނުވެޔޭ ފަންކާ ނިވީމަ… މީނަ ގަނޑާ ހެދި މަށަށް ގޭގައި ހަމަޖެހިގެން ޓީވީ ބަލާލަން އިނދެވެނީކީ ވެސް ނޫނޭ!” އަންޖޫދާ އެހެން ބުނެލަމުން ދުރަށް ހިނގައިގަތީ ފަންކާގެ ސުވިޗު ޖައްސާލުމަށްފަހުގައެވެ. އޭނާގެ މި ބަސްތަކުން ރާހުލްއަށް ވާނެ ގޮތަކާ މެދު ވިސްނާވެސް ނުލައެވެ.

އަންޖޫދާ އޭނާ ދެކެ ރުޅި އަންނާތީވެ ރާހުލް އިންތިހާއަށް ދެރަވި ނަމަވެސް ފަންކާ ޖަހާފައި ހުރި އިރުވެސް އޭނާ ބެލީ އެތަން ކުނިކެހޭތޯއެވެ. އޭނާ ފިހިގަނޑު ކާތާލާ ކޮންމެ ފަހަރަކު ފަންކާގެ ވަޔާއެކު އެކުނިތައް ބުރައިގެން ދަނީއެވެ. އެންމެ ފަހުން އޭނާ އަށް އެކަން ނުވެގެން ހުއްޓާލީ އާމިނާ ރުޅިއަންނާނެކަން އެނގިހުރެއެވެ. އޭނާ ކުރާނީ ވަކި ކީއްހެއްޔެވެ؟ އަންޖޫދާ ރުޅިއަރުވާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ.

އާމިނާ އެވަގުތު ވީ ބޭރަށް ގޮހެވެ. އޭނާ އައި ގޮތަށް އައިސް ރާހުލް އާ ދިމާއަށް އެއްޗެހި ކިޔަން ފެށީ އަދިވެސް ސިޓިންގރޫމް ތެރެ ކުނި ނުކަހަ އޮތީމައެވެ.

“ދައްތާ.. އަންޖޫދާ ހުންނަނީމާ ނުކެެހެނީ.. އޭނަ ބުނަނީ ފަންކާ ނުނިވަނީ އޭ..” ރާހުލް އިސްޖަހައިގެން ހުރެ ބުނެލިއެވެ. ޓީވީ ބަލަން އިން އަންޖޫދާ ބޯ ހިއްލާލުމަށްފަހު އެދިމާއަށް ބަލާލިއެވެ.

“މިހާރު އެއުޅެނީ މަ ބޮލަށް ޖަހާކަށްނު؟ އަން…! ކުނި ކަހާ..!” އަންޖޫދާ ރުޅިއައިސްފައި އިން ތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ބާރުބާރަށެވެ. ” މި ބަންގާޅިންގެ ވައްތަރޭ ހަމަ މީ!” އެހެން ބުނެލުމަށްފަހު އޭނާ ކޮޓަރިއަށް ވަދެ ދޮރުޖެހިލެއް ބާރުކަމުން ފާރުގައި ހުރި ގަޑި ވެސް ގުޑާލިހެން ރާހުލްއަށް ހީވިއެވެ.

އާމިނާ ދެއަތަށް ބޯހޫރާލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ރާހުލް އަނެއްކާ ވެސް ފިހިގަނޑު ނަގައި ކުނިކަހަން ފެށިއެވެ. އޭނާ ހިތަށް އަރަމުންދިއައެވެ. އަންޖޫދާ މިހާރު އޭނާ ދެކެ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ގޯސްކޮށް ކަމެއް ނުކުރެއެވެ. އޭނާ ކުނިކަހަން ވެގެން ފަންކާ ނިވާލީމަ އަލުން އެ ފަންކާ ޖެހީ އަންޖޫދާއެއް ނޫން ހެއްޔެވެ؟ އޭނާ އަށް ކުނި ނުކެހުނީ އެހެންވެ އެއް ނޫން ހެއްޔެވެ؟ އޭނާ ދެރަވިއެވެ. އަނެއްކާވެސް ނުކުރާކަމެއް އޭނާގެ ބޮލުގައި އެޅުނީމައެވެ.

***

ރޭގަނޑުގެ ވަގުތު އެތަން ފެންނަނީ ވަަރަށް ހިތްގައިމުކޮށެވެ. އިރުއިރުކޮޅާ ޖެހޭ ތެތް ފިނި ވައިރޯޅި ތަކުގެ ސަބަބުން ގަސްތަކުގެ ފަތްތައް ހިތްގައިމު ގޮތަކަަށް ހެލިލައެވެ. ހަނދުވަރުދޭ ރީތި ރެއެއް ކަމުން އެ ގަސްތަކުގެ ތެރެއަށް ހަނދުގެ އަލި ރީތި ގޮތަކަށް ފޭދިފައިވެއެވެ. ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑު އެ ހިސާބަށް އިވެމުން ދިއައީ ލުއި ލުއި މިޔުޒިކެއް ފަދައިންނެވެ. ގަސްތަކުގެ ތެރޭގައި އިން ހިޔަންޏެއް ދެއަތަށް ހެލިލާފިއެވެ. އެއާއެކު ހުދު އައްޔެއް ދިއްލިގެން ދިއައެވެ. އެތަނުގައި އިން މީހާގެ މޫނު އެއަލީގެ ސަބަބުން ފާޅުވެގެން ދިއައެވެ.

ފޯނުގެ ހުދު އަލި އަންޖޫދާގެ މޫނަށް އެޅިފައިވީއިރު އެ މޫނު ފެންނަނީ ވަރަށް ލޯބިކޮށެވެ. ތުންކޮޅު އޫ ކޮށްގެން ހުރެ އޭނާ އަވަސް އަވަހަށް ފޯނުގެ ޓަޗް ސްކްރީނާއި ކުޅެމުން ދިއައިރު އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުވެސް ފާޅުވަމުން ދިއައެވެ. އިރުކޮޅަކުން އޭނާ ސިހިގެން ދިއައީ ފަހަތުން މީހަކު އައިސް އޭނާގެ ލޯ މަތީގައި އަތް އެޅުމުންނެވެ.

“ވިޝް!” އަންޖޫދާއަށް އެހެން ބުނެލެވުނީ ހިނިތުންވެލަމުންނެވެ. އެއްމިޔަކުން ހީލަމުން ވިޝާން އަންޖޫދާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އެވަގުތު އަނެއްކާ ވެސް އަންޖޫދާގެ މޫނު މައްޗަށް ވެރިވީ ނުރުހުމެވެ. އަދި ތުން އަނބުރާލަމުން ވިޝާންގެ އަތުގައި ވިކައި ގަތެވެ.

“އައްދޯތް އަންޖޫ…” ވިޝާން ވަރަށް ތަދުވާކަމަށް ހެދިފައި އެހެން ބުނެލިއެވެ.

“ކީއްވެ ލަސްވީ؟ އަހަރެން ކައިރީ ދާށޭ ކިޔާފަ ވިޝް ތިއައީ ހާދަ ލަހަކުންނޭ…” އަންޖޫދާ ހަށަން ބަނދެލަމުން އެހެން ބުނެލީ ތުން އޫކޮށްލަމުންނެވެ. ވިޝާން އަކީ އަންޖޫދާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ. އޭނާ ގުރޭޑް ދިހަޔަކުއްސުރެ ވިޝާން އާ ރައްޓެހިވެގެން އެއުޅެނީ ވިޝާން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މާލޭގައި ހުރެފައި ރަށަށް އާދެވޭ ކޮންމެ ފަހަރަކު އޭނާ ވިޝާން އާ ބައްދަލުކުރަން އާދެއެވެ. ނަމަވެސް އެއީ އޭނާގެ މަންމަމެންނާ ސިއްރުންނެވެ. ވިޝާންގެ އާއިލާގެ ގޮތުން އާމިނާމެން އޭނާއާއި ވިޝާން ގެ އެ ގުޅުމަށް ނުރުހޭނެކަން އެނގޭތީއެވެ.

“ލަސްތަ؟” ވިޝާން އަންޖޫދާގެ އުނަގަނޑުގައި ދެއަތް ވަށާލަމުން އެހެން ބުނެލީ އަންޖޫދާގެ ކަޅިރަވަ ރީތި، ތޫނު ދެލޮލަށް ފުންކޮށް ބަލާލަމުންނެެވެ. އަންޖޫދާ އެވަގުތު ލަދުން އިސްޖަހާލިއެވެ. އެއާއެކު ވިޝާން އޭނާގެ ދަތްދޮޅީގައި ހިފައި އޭނާގެ އިސްނެގުވިއެވެ.

“ލޯބިވޭތަ އަހަރެން ދެކެ؟” ވިޝާން ވައިއަޑުން އެހެން އަހާލީ ހަމައެކަނި އަންޖޫދާ އަށް އަޑު އިވޭ ވަރަށެވެ. އަންޖޫދާ މަޑުމަޑުން ބޯ ޖަހާލިއިރު އޭނާގެ މޫނަށް ވެރިވެފައިވަނީ ރަކި ހިނިތުންވުމެކެވެ.

ވިޝާން އޭނާގެ މޫނު މަޑުމަޑުން އަންޖޫދާގެ މޫނާ ކައިރިކުރަމުން ދިއައެވެ. އޭނާގެ ހޫނު ނޭވާތައް އަންޖޫދާގެ މޫނަށް އެޅެމުން ދިޔައިރު ދެމީހުންގެ ނޭވާވެސް ދިއައީ އަވަސްވަމުންނެވެ. ދެ ހިތުގެ ހިނގުންވެސް ދިއައީ ހިނދެއް ހިނދަކަށް ބާރުވަމުންވެ. ވިޝާންގެ ތުންފަތް އައިސް އަންޖޫދާގެ ފިނި ތުންފަތުގައި ބީހިލުމާއެކު އަންޖޫދާގެ ދެލޯ މެރިގެން ދިއައެވެ. ވިޝާންގެ ދެއަތް އަންޖޫދާގެ ވަށާލެވިފައިވާއިރު އޭނާ ގެންދިއައީ އަންޖޫދާގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުންނެވެ. އެއްހަށިގަނޑު އަނެއް ހަށިގަނޑާ ޖެހި ފިތިފައިވީއިރު އެ ދެމެދަށް ވައިރޯޅިއަކަށް ވެސް ނުވަދެވޭނެކަން ޔަޤީނެވެ.

***

ވިޝާން އާ ބައްދަލުކޮށް ނިންމުމަށްފަހު އަންޖޫދާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ގޭ ބޭރު ޖޯލީގައި އާމިނާ އާއި ސައްތާރު އޭނާ އަންނަ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ގެއިން ނިކުތް ރާހުލްއަށް ދުރުން އަންނަ އަންޖޫދާ ފެނި ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. ކަކުލާ ހަމައަަށްް އަރާ ފެހި ކުލައިގެ ޓޮޕުކޮޅާއި ހުދުކުލައިގެ ސްކިނީގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އޭނާގެ މުށިކުލައިގެ އިސްތަށިގަނޑު ހުޅިއަކަށް މައްޗަށް ނެގިފައިވީއިރު ބައެއް އިސްތަށިކޮޅު އޭނާގެ ދޮން މޫނަށް ވެއްޓިފައިވާ ގޮތުން އެ މޫނު އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. އަންޖޫދާ އެއައި ގޮތަށް އައިސް އާމިނާ އާ ޖެހިގެން ހުރި ޖޯލީގައި އިށީނީ ރާހުލް އާ ދިމާއަށް ފާޑަކަށް ބަލާލަމުންނެވެ.

“އަންޖޫ؟ ކޮންތާކުން ތި އައީ؟” އާމިނާ އަންޖޫދާ އާ ސުވާލުކުރިއެވެ. އަންޖޫދާ ހުރީ ކުރިން ވެސް އޭނާގެ މަންމަގެ އެ ސުވާލަށް ޖަވާބު ދޭން ތައްޔާރުވެގެންނެވެ.

“މިއައީ އެ އުޅޭ ރަސްމާ މެންނާ ވާހަކަ ދައްކާލަން އިނދެފަ…” އަންޖޫދާ ދޮގެއް ހަދާލިއެވެ. އޭނާ އެ ދިޔައީ ވިޝާން އާ ބައްދަލުކުރަންށޭ އާމިނާ ގާތު ބުނަން އޭނާއަށް ލާހިކެއް ނޫނެވެ.

“އަންޖޫދާ ވެސް މިހާރު ރޭގަނޑު އެހާ ގިނައިން ބޭރަށް ނުދާންވީ އިނގޭ..” ސައްތާރު ބުނެލިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ގޯސްގޮތަކަށް އުޅޭކަށް އޭނާ ނޭދެއެވެ.

“ބައްޕާ.. އަހަރެން ނުދަމެއްނު އެހާ ގިނައިންނެއް… އެހެން ނޫނަސް މިހާރު އަހަރެންމީ ކުޑަ ކުއްޖެއް ނޫނޭ…” އަންޖޫދާ އެހެން ބުނެލި އިރު އެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރު ފާޅުވިއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ އެދިމާއަށް ބަލަހައްޓައިގެން ގޭ ދޮރާށި ކުރިމަތީގައި ހުރި ރާހުލްއެވެ. ” އަދި މީނަ އެބަ ބަލައެއްނު؟” އޭނާ ތުން އަނބުރާލަމުން އެހެން ބުނެލުމުން ރާހުލް އިސްޖަހާލިއެވެ. އާމިނާ ވެސް ނުރުހިފައި ރާހުލް އާ ދިމާއަށް ލޯ އަޅާލިއެވެ. ނަމަވެސް ސައްތާރު ބަލާލީ ރާހުލް އާ ދިމާއަށް ބަލަހައްޓައިގެން ދެބުމަ ގޮށް ޖަހައިގެން ހުރި އަންޖޫދާ އަށެވެ.

“އަންޖޫދާ ވެސް ދަސްކުރަންވާނެ އެހެން މީހުންނަށް އިހުތިރާމް ކުރަން އިނގޭ..” ސައްތާރު އެހެން ބުނެލީ މަޑުން ނަމަވެސް އެއަޑުގައިވާ ނުރުހުން އަންޖޫދާއަށް ރަނގަޅަށް ވެސް ނަގައިގަނެވެ. އޭނާ ސައްތާރާ ދިމާއަށް ބަލާލީ ޝަކުވާއިން ފުރިގެންވާ ނަޒަރަކުންނެވެ. ސައްތާރު އޭނާ ގޯސްކޮށްފައި އެ ހިމާޔަތް ކުރީ ރާހުލް ހެއްޔެވެ؟ އެ ނިކަމެތި ބަންގާޅި މީހާ ހެއްޔެވެ؟ ބައްޕަގެ އެ ބަސްތަކުން އަންޖޫދާގެ ހިތްހަމަ ނުޖެހުން ނަމަވެސް އޭނާ އިތުރު އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. އޭނާގެ ހިތުގައި އެ ބަންގާޅި މީހާއަށް އުފެދިފައިވާ ނަފުރަތު ހަގުނައަށް އިތުރުވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 10

Next

އިތުބާރު

Next
August 24, 2016

އިތުބާރު

Previews
August 23, 2016

އެދުނީމޭ ލޯތްބާއި އުފާ 10

83 Comments!

  1. Rafa says:
    August 24, 2016 at 2:45 pm

    Yeyy me first..?…liaaage mi srty v v kiyaahyvey..v v v v v nice

    1. Liaa says:
      August 24, 2016 at 2:47 pm

      hehe.. haadha avahah thi comment kollii 🙂
      Thankyw rafa 🙂

    2. Rafa says:
      August 24, 2016 at 2:59 pm

      Hehe mee anju vx hama mama style dhw…hmm interesting ?

    3. Liaa says:
      August 25, 2016 at 1:14 pm

      Hmm dhw rafa .. hehe…

  2. Liaa says:
    August 24, 2016 at 2:46 pm

    hii.. mi bai ves kamudhaane kamah ummeedhu kuran… 🙂
    Loves <3

    1. Naju? says:
      August 24, 2016 at 7:52 pm

      Best stry. ??

    2. Liaa says:
      August 25, 2016 at 1:02 pm

      thankyw naju <3

  3. Rish says:
    August 24, 2016 at 3:01 pm

    V reethi nuruhun vumaky loabeege feshumoa bunaa adu ahan

    1. Liaa says:
      August 25, 2016 at 1:03 pm

      Dhw Rish 🙂 hehe.. lets see dhw wat heppans

  4. Ayaath. says:
    August 24, 2016 at 3:20 pm

    ????????????????

  5. Booooo says:
    August 24, 2016 at 3:55 pm

    Bondhu loabi dho, ???

    1. harry says:
      August 24, 2016 at 4:03 pm

      Ey mihira booooooo! Me bondhu lobi eh noon. Mee raajje masahkai kuran ais ulhey nikamethi meehehge ihusaasthah….

    2. xprincess says:
      August 24, 2016 at 4:07 pm

      Asluves… mi meehun heekuraniii bangaalhi eh vejjiyyaa ehves ihusaas eh nuhurey kamah…. typical maldivian people… ?
      Btw liaa…. hama mi stry v lobi… comment nukuriyas hurihaa baeh vx kiyan… v v reethi❤

    3. Liaa says:
      August 25, 2016 at 1:04 pm

      Thankyw Xprincess 🙂

    4. 789 says:
      August 26, 2016 at 5:05 pm

      boo u kindly respects the peoples who come to work here.. remember that they work for maldivians after coming maldives leaving their home countries and family. if your not respecting them they also feel sad as we get sad when others say hard words. if we re hurting them they may stop believe in humanity..

  6. xiya says:
    August 24, 2016 at 4:03 pm

    Koaba sheea

  7. sharaa says:
    August 24, 2016 at 4:04 pm

    Hi.. mi Sharaa. Nice story. I have a story if anyone interested please contact me 7997991

    1. ?? says:
      August 24, 2016 at 8:43 pm

      Thyna yah kiyany Ariph dhw

  8. xiya says:
    August 24, 2016 at 4:05 pm

    Koabaa shabeeha??……V v rythi mi vaahaka

    1. Liaa says:
      August 25, 2016 at 1:04 pm

      Thankyw xiyaa 🙂

  9. harry says:
    August 24, 2016 at 4:05 pm

    Mi bai vx v v reethi…v v furihama….. keep it up ???????

    1. Liaa says:
      August 25, 2016 at 1:05 pm

      Thankyw harry 🙂 always so supportive

  10. flower says:
    August 24, 2016 at 4:09 pm

    Mee mihaaru.mi site ga in emme hih dhamai ganna stry… huwaa rovuney mi story ge baeh than than kiyaafa… v asaru gadha ???????

    1. Liaa says:
      August 25, 2016 at 1:06 pm

      Thatz really sweet 🙂 thankyw flower

  11. sabeeha says:
    August 24, 2016 at 4:11 pm

    Wow… v v reethi.mi bai ves ?

    1. Liaa says:
      August 25, 2016 at 1:06 pm

      Thankyw sabeeha 🙂

  12. bad gurlie?? says:
    August 24, 2016 at 4:15 pm

    Raahul fakeerah ehen nahadhaa… ? v v dhera veyyy…..

  13. Sabeeha says:
    August 24, 2016 at 4:18 pm

    vv reethi..??

    1. Sheyn says:
      August 24, 2016 at 6:24 pm

      Hei

    2. Sabeeha says:
      August 24, 2016 at 7:17 pm

      Hei sheyn

    3. Sheyn says:
      August 24, 2016 at 8:05 pm

      Hehe handhaanehh nunethunn dho??mee dhnn frnd ehh kamuga bala ingey eyrunn aharenn vara ufaa vaane?

    4. Sabeeha says:
      August 24, 2016 at 8:08 pm

      thi frnd eh kamuga balaigen fin miadhun feshigen ??

    5. Sheyn says:
      August 24, 2016 at 8:16 pm

      Hehe miadhu??iyya ehh nun tha?

    6. Sheyn says:
      August 24, 2016 at 8:18 pm

      Saby asslu mashahh kiyany maaxin ingey dhnn real name nujahann vegen emme faseyhainn hithahh ai namehh jahaalii sheyn eyii magey kokko???

    7. Sabeeha says:
      August 24, 2016 at 8:21 pm

      aa iyye..?..Sheyn me dhen on vaani 28 ga..tlk kuraan e dhuvahun..but mirey tlk kohleveyne..

    8. Sabeeha says:
      August 24, 2016 at 8:22 pm

      nice name ingey..:-)

    9. Sheyn says:
      August 24, 2016 at 8:22 pm

      Eyii keeevve?anehhkaa kihineh v tha??

    10. Sabeeha says:
      August 24, 2016 at 8:24 pm

      vaki kameh nuve then ?

    11. Sheyn says:
      August 24, 2016 at 8:26 pm

      Hehe yaa okay handhaan nahtaa nulahche..bye tc

    12. Sabeeha says:
      August 24, 2016 at 8:30 pm

      2 days vandheh online nuve vetythy v foohi..mansha story in tlk kuraanan tha?

    13. Sabeeha says:
      August 24, 2016 at 8:44 pm

      ok bye tgc..

    14. Sheyn says:
      August 24, 2016 at 8:48 pm

      Hehe manshaa dhw yaa sure..tlk kuraanan hurihaa stwry akunn vss

    15. Sheyn says:
      August 24, 2016 at 8:49 pm

      Coxx i like yuh

    16. Sabeeha says:
      August 24, 2016 at 8:56 pm

      ok..mi hi jahany..

    17. Sabeeha says:
      August 24, 2016 at 9:12 pm

      hey..bye ingey 2 days fahun habareh velaanan..my frnd..maaxin..dhw kiyani..?

    18. Sheyn says:
      August 24, 2016 at 9:20 pm

      Hehe okay bye habarehh velahche 2 days fahunn viyas

    19. Liaa says:
      August 25, 2016 at 1:07 pm

      Thankyw sabeeha 🙂 2 sabeeha tha miulheny?

  14. Thaaniya says:
    August 24, 2016 at 4:30 pm

    wow..v loabi..

    1. Liaa says:
      August 25, 2016 at 1:07 pm

      Thankss thaaniya 🙂

  15. Mee says:
    August 24, 2016 at 4:31 pm

    Aslu evves myhaku emyhegge saahibu meehaage dharifulhaa medhu egothah dhekumaky rangalhu kameh noon aharen dhekey gothuga. Komme myhakahves e situation aa dhimaavyma egeynee anjoodhaa ge feelings. I had a similar situation once. Likewise i also hated him like anything..

    1. bad gurlie?? says:
      August 24, 2016 at 4:41 pm

      Bt mi stry is nice, right? E kamuga raahul ge kusheh nethennu

    2. Mee says:
      August 25, 2016 at 4:05 pm

      Aan. Story v nice…

    3. 789 says:
      August 26, 2016 at 4:50 pm

      hey swry to say ekm feelings eiee gasthuga ufahdhaa ehchehnoon or bunefa ufedhey ehcheh vx noon so feelings ana iraku nubunaane naanaashey e saahibu myhaa ge dhariekey. no hard feelings but thats the truth

  16. Leem says:
    August 24, 2016 at 6:09 pm

    Haadha hyvey dhivehi film yoosuf copy kuraahenn…eyga dhenn deaf myheh ulheykann n myga beyru myheh…dhenn e anjoodhaa parents aa dhekolhah raahul aa marry kuraany dhw

    1. Naju? says:
      August 24, 2016 at 7:51 pm

      Ummm.. i dont tjink it will happen like that
      But vumaky ekashygen vaa kameh.
      Story reethi. ☺??

    2. Liaa says:
      August 25, 2016 at 1:08 pm

      Mee yoosuf ge copy eh noon Leem 🙂 I never even thought abt that film while writing this… Lets see dhw wat heppans…

    3. Liaa says:
      August 25, 2016 at 1:13 pm

      Thankyw naju 🙂 <3

  17. ken? says:
    August 24, 2016 at 6:21 pm

    every story duxnt hav to b a happy ending…

    1. Liaa says:
      August 25, 2016 at 1:09 pm

      Dhw ken 🙂 lets see dhw how this stry ends

  18. Sheyn says:
    August 24, 2016 at 6:22 pm

    Ekamm aharemenn rashu bondhunn ehaa rangalhehh nun e keevve??raahul kahala bondhunn mashakahh nufeney dhuvahaku vsss??

  19. love love says:
    August 24, 2016 at 6:36 pm

    Vishaan keevve vishaal ah badhalu v ??? Ei vidhaan tha noony vishaal tha??? Anyways….vaahaka varah reethi…..

    1. Liaa says:
      August 25, 2016 at 1:11 pm

      Oh.. love love.. eiy mistake eh 🙂 thankyw fr telling.. nw rangalhu kollaafin….

  20. RIF says:
    August 24, 2016 at 8:34 pm

    Wow..amazing. …this stry is really heart touching ??❤???

    1. Elly says:
      August 24, 2016 at 8:51 pm

      Hii rif

    2. ?? says:
      August 24, 2016 at 8:58 pm

      Hii elly

    3. Liaa says:
      August 25, 2016 at 1:11 pm

      Thankyw RIF 🙂

  21. RIF says:
    August 24, 2016 at 9:00 pm

    Elly u again ..hii

  22. Raeess says:
    August 24, 2016 at 9:35 pm

    Majilees gai nixaama n gulhey vaahaka dhehkumakee manaakameh… sabeeha Elly RIF Ava’s musthagbalehga majileehun beyrukuran jehidhaane…

    1. ??lipstick? says:
      August 25, 2016 at 2:51 pm

      ?????????????

    2. ??lipstick? says:
      August 25, 2016 at 2:54 pm

      Hmm…sabeehaa aaa sheyn n rif n elly ah hyvanii miii viber frnd grp ehhn..n internet in dhimaavaa nudhnna myhunnaa tlk kurakah nuvaaaneee…

  23. Thaany says:
    August 25, 2016 at 7:40 am

    Wow v reeeethi ngey anjoo vx haadha rulhi e k dw rahul dheke mi annanee adhi fahun rahul ah anju ragalhuwaane thwche…

    1. Liaa says:
      August 25, 2016 at 1:12 pm

      Thankyw Thaany 🙂 Lets see dhw wat heppanz..

  24. Metal0-1 says:
    August 25, 2016 at 12:31 pm

    So sad
    Nice story

    1. Liaa says:
      August 25, 2016 at 1:12 pm

      Thankyw 🙂

  25. Appy says:
    August 25, 2016 at 2:48 pm

    V rythi mi bai vx ..mamma ge goeh libifa huri dharieh thy hehe

    1. Appy says:
      August 25, 2016 at 2:49 pm

      Adhi mamma mennah filaigen rahul aa innaane thivaru kuranya

    2. Liaa says:
      August 26, 2016 at 12:47 pm

      Thankyw Appy 🙂

  26. ??lipstick? says:
    August 25, 2016 at 2:52 pm

    I agreee with u..RAEES

  27. Mode says:
    August 26, 2016 at 10:43 am

    Asluves mi vaahaka varah reethi.aneh bai nikunnaany kon dhuvahakun?????

    1. Liaa says:
      August 26, 2016 at 12:48 pm

      next part tmrw up kureveythw mi balanii 🙂 THankyw

  28. Amshin says:
    August 26, 2016 at 3:36 pm

    Brillent stry …This is really heart touching …..

  29. faathimaa says:
    August 26, 2016 at 4:52 pm

    vrh nice mi part vx liaaaaaa. i just love your this story also..

  30. shaany says:
    September 12, 2017 at 5:30 pm

    vvvv salhi I love your stryz

Comments are closed.

Next Episodeނުހައްޤު ލޯބި (8 ވަނަ ބައި)←


All Right Reserved!