ޝިކާ ކައުންޓަރާ ދިމާއަށް ދިޔައިރު އޭނާ ގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އަމީން މެން ފުލުސް އޮފީހުން އޭރު ދޫކޮށްލީ ކޮންއިރަކު ހެއްޔެވެ؟ އަދި އަމީންގެ އަންހެނުންނަށް މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުނީ ކިހިނެއް ހެއްޔެވެ؟ އަބަދުވެސް ރީތި އަންހެން ކުދިންނާ އެކު އުޅެން ބޭނުންވާ އަމީން އެފަދަ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކާ ކައިވެނި ކޮށްގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިޔަދު އޭނާ މިހުރިހާ ސުވާލުތަކެއްގެ ޖަވާބު ހޯދާނެއެވެ. ކައުންޓަރު ކައިރިއަށް ގޮސް […]
ގެއަށް ވަދެ ދޮރުހުޅުވާލި އިރު އޭނާގެ އަންހެނުން ކައްކާ މީރު ކުކުޅު ރިހައިގެ ވަސް މުޅިތަނުގައި ހިފާލާފައިވެއެވެ. ލިޔާޒް ކޮޓަރިއަށް ލުމަށްފަހު އޭނާ އައިސް ބަދިގެއަށް ވަތްއިރު އޭނާއާ ފުރަގަހަށް ވާގޮތަށް ހުއްޓިގެން ހުރި އަންހެނާ ފެނި އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަތުން ގޮސް އޭނާ އެ އަންހެނާގެ ގައިގައި ބައްދާލިއެވެ. “އަހޫ…އައި މިސްޑް ޔޫ…” އެހެން ބުނަމުން ލިވާން އޭނާގެ ކޮލުގައި ބޮސް ދިނެވެ. ރިހަ ތެލި ހަލަން ހުރި އަހުލާގެ މޫނަށް […]
“ދެން ގުޑް ބާއީ ފޯރއެވާ… އަހަންނާ ދެން ނުގުޅާތި..” ތާމިން އަށް އެހެން ބުނެވުނީ ވަރަށް ވެސް އުނދަގުލުންނެވެ. ދެންމެ ދެންމެ ރޮވިދާނެހެން ހީވާން ފެށުމުން އޭނާ އަވަސް އަވަހަށް ފޯނުކަނޑާލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އެ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ހިފާލާފައިވިއެވެ. #~#~#~# ތާމިން އަށް އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކުރިމަތީގައި ހުރި ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު އޭނާގެ ދެލޮލުން ވަނީ ރޮނގަކަށް ކަރުނަ ފައިބައިފައެވެ. […]
އެއީ ކާކުކަން ޝިކާއަށް ވިސްނުނު ހިނދު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ކުރިއަށް ވުރެ އެ ހަށިގަނޑުގެ ބައިމަތި ފުޅާވެ ދޮން ވެފައިވީއިރު ތުނބުޅި މަތިމަސްވެސް ހުރީ ހިތްގައިމު ވަރަކަށް ދިގުކުރެވިފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ދަށަށް ޖަހައި އެއާ ގުޅޭ ގަދަ ފެހި ކުލައިގެ ޓައީ އެއް އަޅާފައި ހުރި އިރު އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ އަސަރުގަދަ ދެލޯ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ […]
ބާރަ އަހަރު ފަސް……….. އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުތެރޭގައި ތަފާތު މީހުން ހޭލާމޭލާވެ އުޅެމުން ގެންދިއައެވެ. ފުރަންދާ މީހުންނާއި ލަފައިގެން އަންނަ މީހުންނެވެ. މީހުން ފުރުވަން އައިސް ތިބޭ މީހުންނާއި ބަލައި އައިސް ތިބޭ މީހުންނެވެ. މިއެންމެންގެ ތެރެއިން ފުރޭނިގެން ފަދަ ގޮތަކަށް ފަރި ހިނގުމެއްގައި އެހެރަ އަންނަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ގަދަ ނޫ ކުލައިގެ އަބާޔާއެއް ލާފައި ހުރި އިރު ބޮލުގައި އަޅި ކުލައިގެ ޝޯލްއެއް އަޅާފައި ހުރިއިރު […]
“ރީ…. ޕްލީސް ހެލްޕް މީ….” ވައިއަޑުން އަމީން ބުނަމުން ގެންދިއައެވެ. އެއަށްފަހު ދެން އިވިގެން ދިއައީ ބާރު އަޑުފައްގަނޑެކެވެ. މީހުންތަކެއް ވާހަކަދައްކާ އަޑު ވެސް އިވެމުންދިޔަ ނަމަވެސް އެކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ރިކޯޑިންގ ހުއްޓުމާއެކު ޝިކާ ރީނާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “ދެން ފޯނު ކެނޑުނީ…. ފަހުން ގުޅީމަ އޮތީ ފޯނު ވެސް ނިވާލާފަ…..” ރީނާ ކަންބޮޑުވެފައި ބުނެލިއެވެ. “ދެން ކިހިނެއް ހަދާނީ ؟ އަހަންނަށް ހީވަނީ އަމީން ވީ އެއްކަލަ ގޭގަހެން…” ރީނާ […]
“ޝިކާ…… އައި ލަވް ޔޫ….” ދެލޯ މަރާ ފިއްތާލަމުން ލިވާން ބުނެލިއެވެ. އެވަގުތު ޝިކާ ގެ ދެލޯ ބޮޑު ވެގެން ދިއައެވެ. އަދި ހައިރާންކަމާއެކު ލިވާން އާ ދިމާ ބަލަމުން ގެންދިއައީ އެ އިވުނު އަޑާ މެދު ޔަޤީންނުވާ ފަދަ ގޮތަކަށެވެ. “ކީކޭ؟ ނޭނގުނު ބުނި އެއްޗެއް…” ޝިކާ ލަސްލަހުން ބުނެލިއެވެ. އެއާއެކު ލިވާން އަނެއްކާވެސް އޭނާގެ ބަސްކޮޅު ތަކުރާރު ކޮށްލިއެވެ. “ޝިކާ… އައި ލަވް ޔޫ….” ލިވާން ބުނެލިއެވެ. އޭރު އޭނާގެ ހިތް ދިއައީ ބާރު […]
ހެނދުނުގެ ވަގުތެވެ. އަހުލާ ސްކޫލު ތެރެއަށް ވަދެގެން އައެވެ. އެހެން ކުދިން އޭނާއާ ދިމާއަށް ބަލަބަލާފަ ސިއްރު ސިއްރުން ވާހަކަ ދައްކާތަން ފެނުމުން އޭނާ އިސްޖަހާލިއެވެ. ރަނގަޅަށް ވިއްޔާ އެ ދައްކަނީ އޭނާ ޝިކާއަށް ހެދި ގޮތުގެ ވާހަކައެވެ. އެފަދަ ކަމެއް ކުރެވުނީތީ މިހާރު އޭނާ ލަދުގަނެއްޖެވެ. ނަމަވެސް މިހާރު އެވަނީ ވަގުތު ފާއިތުވެފައެވެ. އެރަށުތެރޭ މިހާރު އެއަޑު ފެތުރިގެން ހިނގައްޖެވެ. ކުދިންތަށް އޭނާ ހިނގަމުން ގެންދިޔަ މަގުން އެއްފަރާތް ވަމުން ގެންދިއައިރު ހީވަނީ އޭނާއަކީ ނަޖިހެއް […]
ކުއްލިއަކަށް ހޯލަށް ވެރިވި އަޑުފައްގަނޑެއްގެ ސަބަބުން އަހުލާއަށް ކުރިމަތި ބަލާލެވުނެވެ. އޭރު ޝިކާ އޮތީ ޑެސްކާ އެކީ ތަޅުންގަނޑުމައްޗަށް ވެއްޓިފައެެވެ. ހުރިހާ ކުދިންގެ ނަޒަރު އެދިމާއަށް ހުއްޓިފައި ވެއެވެ. ހޯލުގައި ތިބި ޓީޗަރުންތަށް ޝިކާ ގާތަށް ދުވެފައި ދާންފެށިއެވެ. އެވަގުތު އަހުލާގެ ތުންފަތް މައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ********* ޝިކާއަށް ދެލޯ ހުޅުވާލެވުނު އިރު އޭނާ އޮތީ ހޮސްޕިޓަލުގައެވެ. ތެދުވަން އުޅެނިކޮށް އޭނާގެ ބޮލަށް ތޫނު ތަދެއް އެރުމާއެކީ އަނެއްކާ ވެސް ދެލޯމަރާ ފިއްތާލުމަށްފަހު އޮށޯވެލިއެވެ. […]