“ދަރިފުޅާ…. ތިތަނަށް ދާއިރު ވިސްނާތި… ގެންގުޅޭ މީހާއަކީ ކިތަންމެ ރަނގަޅު މީހަކަށްވެސް އަދި ކިތަންމެ ގޯސް މީހަކަަށް ވެސް ވެދާނެ… ނަމަވެސް ކޮންމެ ގޮތެއް ވިޔަސް އެމީހުންގެ ބަސް ޤަބޫލުކޮށްގެން އުޅޭތި… ނަމަނަމަ އެމީހުންގެ އެއްޗަކަށް ގެއްލުންދީ ވައްކަންކޮށް ،މިފަދަ ވިޔާ ނުދާ ކަމެއް ނުކުރާތި… މަންމައަށް އެނގޭ ދަރިފުޅު އެފަދަ ކަންކަމެއް ނުކުރާނެކަން…. އެކަމަކުވެސް ބުނެލަދިނީ…. މަންމައަށް އެނގޭ ދަރިފުޅުގެ މަސައްކަތުން މަންމަ ރަނގަޅު ކުރާނެކަން….. ހިތްވަރުކުރާތި….”
#~#~#
ރާހުލް އަށް އޭނާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނު އިރު އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިއައެވެ. އޭނާގެ މަޑު ގިސްލުން އެކޮޓަރީގައ ހަރުލާފައި ހުއްޓެވެ.
“މަންމާ… އަހަރެން މަންމަ ރަނގަޅު ކުރާނަން…” އޭނާ ދެލޯ ފުހެލަމުން މަޑުމަޑުން އޭނާގެ އެހެން ބުނެލީ އޭނާގެ ބަހުންނެވެ.
ރާހުލް އެހެން އޮއްވައި އޭނާގެ ކަންފަތުގައި ގުގުމައިގެން ދިއައީ މަޢްރިބް ނަމާދުގެ ބަންގީގެ އަޑެވެ. އެހެންކަމުން އޭނާ ތެދުވެ އެތަނުން ނިކުމެ ގިފިއްޔާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ގިފިލި ތެރެ ކުޑަކޮށް އަނދިރިވެފައިވެއެވެ. އޭނާ އެތަނުގައި ލާފައި ހުރި އޮރެންޖު ބޮކި ދިއްލާލި ނަމަވެސް އެތަން ފެންނަން ހުރީ ނާމާން ގޮތަކަށެވެ. އެތެރެއަަށް ވަންނަން ކުޑަކޮށް ޖެހިލުންވި ނަމަވެސް އޭނާ ކުރުސީ ކިޔަމުން ގޮސް ވަޅު ދޮށުގައި ހުއްޓި ވުޟޫކޮށްލިއެވެ. އެއަށްފަހު އޭނާ ‘ކޮޓަރި’ އަށް ގޮސް ނަމާދުކޮށްލިއެވެ. ސަލާމް ދީ ރަނގަޅަށް ނުނިމެނީސް އާމިނާ އައިސް ބާރުބާރަށް އެކޮޓަރި ދޮރުފަތް ހުޅުވާލިއެވެ. އަދި ރާހުލް ނަމާދުކޮށްގެން ތެދުވަންދެން ދޮރުމަތީގައި ލެނގިލައިގެން ހުއްޓެވެ.
“އާދެބަލަ…” އާމިނާ ދެބުމަ ގޮށް ޖަހާލަމުން ރާހުލް އަށް އައުމަށް އިޝާރާތްކޮށްލިއެވެ. ރާހުލް އަވަސް އަވަހަށް އާމިނާގެ ފަހަތުން ދިއައީ އަނެއްކާވެސް އޭނާއަށް ކޮންމެވެސް މަސައްކަތެއް ޖައްސަން އުޅެނީކަން އެނގިހުރެއެވެ. ނަމަވެސް އޭނާ ޖެހޭނީ މަޑުމައިތިރިކަމާއެކު އެ މަސައްކަތްތައް ކުރާށެވެ. އޭނާ މިގެއަށް ގެނައުމުގެ ބޭނުމަކީ އެއީއެވެ.
ދުވަސްތަށް ފާއިތުވަމުން ދިއައިރު އާމިނާ ރާހުލް އާ މެދު ކަންތައް ބަހައްޓާ ގޮތް ދިއައީ އިތުރަށް ގޯސްވަމުންނެވެ. ނަމަވެސް ރާހުލް އާމިނާގެ އެ ހުރިހާ ގޯނާތަކަށް ކެތް ކުރަމުންދިއައެވެ. އޭނާއަށް އެނޫން ގޮތެއް ނެތްކަން އެނގެއެވެ. ރާހުލްގެ ހަޔާތުގެ ކޮންމެ ދުވަހަކީ ތަފާތު މަސައްކަތްތަކުން ފުރިގެންވާ ދުވަސްތަކަކަށް ބަދަލުވެގެން ދިއައެވެ. ހެނދުނު ހެނދުނާ ހޭލާ ގޮތަށް އޭނާއަށް ބުރަކަށި ދަމާލާނެ ވަގުތެއް ވަނީ ރޭގަނޑުވާފަހުންނެވެ. މިގޮތުގައި 6 މަސް ދުވަސް ފާއިތުވެގެން ދިއައިރު އޭނާއަށް ވަނީ ކޮންމެވެސް ވަރަކަށް ދިވެހި ބަސް ދަސްވެފައެވެ. ހުރިހާ އެއްޗެއް ނޭނގުނު ނަމަވެސް އޭނާއަށް ވަރަށް ގިނަ ޖުމްލަތައް ބުނެލަން މިހާރު އެނގެއެވެ. ޒުލޭހާ ވެސް ދޭތެރެ ދޭތެރެއިން އައިސް ރާހުލް އާއި އަނގަތަޅާލަން އިނދެއެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. ރާހުލް އުޅުނީ ސައްތާރު ފޮނުވައިގެން ގެއެއް ރޭނުމުގެ މަސައްކަތް ކުރުމަށްޓަކައި ސިމެންތި ބަސްތާތަކެއް އުފުލުމުގެ މަސައްކަތުގައެވެ. ރާހުލް ގޭގެއަށް މިފަދަ މަސައްކަތްތައް ކުރަން ފޮނުވުމުން ސައްތާރަށް ވެސް އެމަސައްކަތް ކުރުވާ ފަރާތުގެ އަތުން ލާރި ލިބެއެވެ. ރާހުލްގެ މަސައްކަތަކީ ގުދަނެއްގައި ބަހައްޓާފައި ހުރި ސިމެންތި ބަސްތާތައް ނެރެ އޭގެ ކުރިމަތީގައި ރާނަން ފަށާފައި ހުރި ގޭގެތެރެއަށް ވެއްދުމެވެ. އޭނާ އާއި އެކު އެރަށުގައި އުޅޭ އެހެން ބަންގްލަދޭޝް މީހެއް ކަމުގައިވާ ގުލާބު ވެސް އެމަސައްކަތުގައި ހަރަކާތްތެރިވަމުން ގެންދިއައެވެ.
“ބަރެއް ނޫންތަ؟” ރާހުލް އެމީހުންގެ ބަހުން ސުވާލުކޮށްލީ އެއްފަހަރާ ދެސިމެންތި ގޯނި ކޮނޑަށް ލައިގެން ހިނގައިގަތް ގުލާބާއެވެ.
“ބަރު… އެކަމަކު މިހާރު މިކަމަށް މިވަނީ ހޭނިފަ…” ގުލާބު ވަރުބަލި ގޮތަކަށް ހީލަމުން ޖަވާބު ދިނެވެ. ރާހުލް ވެސް ގުދަނުން ސިމެންތި ބަސްތާއެއް ކޮނޑަށް ލައިގެން ގުލާބުގެ ފަހަތުން ހިނގައިގަތެވެ.
“ކިހާ ދުވަހެއް ވެއްޖެ ރާއްޖޭގައި އުޅޭތާ؟” ރާހުލް އަނެއްކާވެސް އެހެން ސުވާލެއް ކޮށްލިއެވެ. އޭރު އެމީހުންނަށް ރާނަމުންދާ ގެއާ ހަމައަށް އާދެވިއްޖެއެވެ.
“5 އަހަރު….” ގުލާބު ރާހުލް އަށް ފާޑަކަށް ބަލާލަމުން އެހެން ބުނެލިއެވެ. އަދި އެގޭގެ ތެރޭގައި ހިޔާކޮށްފައިވާ ތަނުގައި އޭނާގެ ކޮނޑުގައި އޮތް ދެސިމެންތި ގޯނި ބޭއްވިއެވެ. ރާހުލް ވެސް އޭނާ ހިފައިގެން އައި ގޯނި އެތާނުގައި ބޭއްވިއެވެ. އަދި ގުލާބާ ދިމާއަށް ފުންކޮށް ބަލާލިއެވެ. އޭނާ ހިތަށް އެރިއެވެ. މިއީ ވެސް ހަމަ އޭނާ ކަހަލަ އޭނާގެ ގައުމުން އައިސް ހުރި މީހެކެވެ. ނަމަވެސް އޭނާ މި އަނިޔާވެރި ތަނުގައި ކިހާ ދުވަހެއް ވަންދެން ކެތްކޮށްފި ހެއްޔެވެ؟
“އަސްލު އަހަރެން އައިސް މި އުޅެނީ ކައިވެނި ކުރަންވާއިރަށް ލާރި ހޯދަން…. މިއަހަރު ނިމޭ އިރަށް ފުދޭ ވަރަށް ލާރި އެއްވާނެހެން ހީވަނީ….” ގުލާބު އޭނާގެ ކަރުގައި އަޅުވާލާފައި އޮތް ފޮތިގަނޑު ނަގައި އެ މޫނުގައި ވިދަމުން ދިޔަ ދާ ތިކިތަށް ފޮހެލަމުން ބުނެލިއެވެ.
“އެހެންތަ؟ އެހެންވީމަ މިއަހަރު ނިމުނީމަ ދާނީތަ އެކޮޅަށް؟” ރާހުލް ޝަޢުޤުވެރިކަމާއެކު އަހާލިއެވެ.
“އާނ…. އެހެން ކަމަށް މި ބަލަނީ… ކައިވެނި ކުރަން ހަމަޖެހިފައިވާ ކުއްޖާ ވެސް އެބަ ކިޔާ އަވަހަށް އަންނާށޭ…. ދައްކާލަންތަ އޭނާގެ ފޮޓޯއެއް؟” ގުލާބު އޭނާ ލައިގެން ހުރި ފަޓުލޫނު ޖީބުން ކުޑަ ވަރެއްގެ ނޮކިޔާ ފޯނެއް ނެގިއެވެ. އަދި އޭގައި ހުރި އަންހެން ކުއްޖެއްގެ ފޮޓޯއެއް ދައްކާލިއެވެ. އެވަގުތު ރާހުލް ހިތަށް އެރިއެވެ. އޭނާ ވެސް ފޯނެއް ގަންނަންވީއެވެ. މަންމަމެންގެ ހާލުވެސް ބަލާލެވޭނީ އޭރުންނެވެ.
“ތި ގޭ ބޭބެ ހެޔޮތަ؟” ގުލާބު އެކޮއްލި ސުވާލުގެ ސަބަބުން ރާހުލް ކުޑަކޮށް ހުއްޓުން އެރިއެވެ.
“ބޭބެ ދެން ރަނގަޅު…. އެކަމަކު އާމިނާ ދައްތަ….” ރާހުލް އަށް އެހިސާބަށް ބުނެލެވުނުތަނާ ގުލާބު ވާހަކަދައްކަން ފެއްޓިއެވެ.
“ވަރަށް އެއްޗެހި ކިޔާ ދޯ؟” ގުލާބު އެހެން ބުނުމުން ރާހުލް މަޑުމަޑުން ބޯ ޖަހާލިއެވެ.
“އެއީ މި ރާއްޖެ މީހުންގެ ވައްތަރު…. އެމީހުން ދެކެނީ އަހަރެމެން މީ ނަޖިސްތަކެއްގެ ގޮތުގަ… އަހަރެން ވެސް މި އުޅުނީތާ މިތާ 5 އަހަރު…. މީ 6 ވަނަ އަހަރު… އަހަންނަށް ވުރެ ބޮޑަށް މި ދިވެހިންގެ ގޮތް އެނގޭނެ މީހަކު ހުންނާނެތަ؟ އަހަރެން ގެންގުޅޭ މީހާވެސް ކަންތައް ކުރަނީ ވަރަށް ނުބައިކޮށް… އެމީހުން ކަންތައް ކުރާ ގޮތުން ހިއެއް ނުވޭ އަހަރެމެން މީ އިންސާނުންހެނެއް ވެސް….” ގުލާބު އެތާ ހުރި ފިލާ ބުރިއެއްގެ މަތީ އިށީންނަމުން ބުނެލިއެވެ. ރާހުލް ތި ބުނީ ތެދެކޭ ބުނާ ފަދައިން ބޯ ޖަހާލިއެވެ.
“ބަލާބަލަ!” ގުލާބު އެ ފަޅުގެ ތެރޭގައި ހެދެން ފަށައިފައިވާ ކޮޓަރިއެއް ފާޑު ތަނެއް ދައްކާލަމުން ބުނެލިއެވެ. “އެއީ އަހަރެން ނިދައި ހަދާ ތަން…” ގުލާބު ބުނެލިއެވެ. އަދި ތެދުވެ އެދިމާއަށް ހިނގައިގަތެވެ. އަދި ރާހުލް އަށް އައުމަށް އިށާރާތް ކުރިއެވެ. ރާހުލް އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ހިނގައިފައި ދިއައެވެ.
ގުލާބު ގޮސް އެ ތަނުގައި ލަންގާލާފައި ހުރި ދޮރު އެއްފަރާތްކޮށްލަމުން އެތެރެ ދައްކާލިއެވެ. ބިންމަތީގައި ތަޅުން އަޅާފައެއް ނެތެވެ. ހަލާކުވެފައިވާ ބާ ގޮދަޑިގަނޑެއް ބާއްވާފައި އޮތެވެ. ދަބަރު ޖަހާފައި ހުރި ފަންކާއެއް ވެސް ހަރުކޮށްފައި ހުއްޓެވެ. ކުޑަދޮރެއް ނެތް އިރު އެތަން ބޮޑަށް ޖަހަނީ ކުޑަ ޖަލެއް ވައްތަރެވެ. ރާހުލް ހިތަށް އެރިއެވެ. ގުލާބު އަދި އެއުޅެނީ އޭނާއަށް ވުރެ ހާލުގައެވެ.
“އަހަރެން ފާހާނާއަކަށް ދާން ވެއްޖެ ނަމަ ބޮސް މެންގޭ ފާހާނާ ބޭނުން ކުރެވޭ…. އެކަމަކު ރޭގަނޑަށް އެގެ ވަރަށް އަވަހަށް ތަޅުލާ… ދެން އަހަރެން ފާހާނާއަކަށް ދާން ވެއްޖެނަމަ ހަދާނެ ގޮތާމެދު އެމީހުންނެއް ނުވިސްނާ…. ރޭގަނޑު ގަޑި ވީމަ ގޮނޑުދޮށަށް ދާކަށް ވެސް ނުކެރޭ…. ދެން އަހަރެން މިތަނަށް ފާހާނާ ކުރީމަ އެމީހުން ގާތަށް އަންނަނީ ރުޅި… ކުރީ ދުވަހު ވެސް ރުޅި އައިސްގެން ވަރަށް އެއްޗެސް ކި… ވިސްނާލަބަލަ…. އަހަރެން އެހެން ގޮތެއް ނެތީމަ ދޯ މިތަނަށް ފާހާނާ ކުރަނީ…..” ގުލާބު ވާހަކަ ދެއްކީ ދެރަވެފައެވެ. ރާހުލް ވެސް އެވާހަކަތަށް އަޑު އިވިފައި ދެރަވިއެވެ. އޭނާއަށް ބޭނުން އިރަކު ގިފިއްޔަށް ވަދެވެން ހުންނަ ކަމީ ނަސީބެކޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.
ރާހުލް މަސައްކަތް ނިންމާފައި ގެއަށް އާދެވުނު އިރު ހަވީރު ވެއްޖެއެވެ. ވެފައިވާ ވަރުބައްޔާއެކު އޭނާ ބޭނުންވީ ފެންވަރާލާ ތާޒާ ވެލާށެވެ. ނަމަވެސް ގެއަށް އައިސް ވަންނަ އިރަށް އާމިނާ އޭނާއަށް ގޮވާލާފިއެވެ.
“ދޭބަލަ ފިހާރައަށް ގޮސް ދެ ކިލޯ ފިޔާ ގަނެގެން އަންނަން….” އާމިނާ ރުންކުރުވެފައި އެހެން ބުނެލީ ރާހުލް އަަށް ރުފިޔާއެއް ދިއްކޮއްލަމުންނެވެ. ރާހުލް އެރުފިޔާ ގައި ހިފިއެވެ. ދެން އޭނާ އަމިއްލަ ގަޔަށް ނަޒަރު ހިންގާލިއެވެ. ދަލުން ފޯވެފައި ހުރި އިރު އޭނާ ލައިގެން ހުރި ހުދު ޓީޝާޓު ގައި ފުދޭވަރަކަށް ކިލާ ހޭކިފައި ހުއްޓެވެ. އެހެން ހުރެގެން ފިހާރައަށް ދާން އޭނާ ލަދުގަތެވެ.
“ދައްތާ… އަހަރެން ފެންވަރަނީމަ ދަނީ… އޯކޭތަ؟” ރާހުލް އާމިނާ އަށް ބަލާލަމުން މަޑުމަޑުން އަހާލިއެވެ.
“ނޫން… ހަމަ މިހާރު ދޭ… ފެންވަރާށޯ… ހީކުރަނީ ދޯ ތީ މާ ރީތި މީހެއް ކަމަށް؟” އާމިނާ އެހެން ބުނެލީ ފުދޭ ވަރަކަށް ބާރަށެވެ. އަދި ތުން އަނބުރާލުމަށްފަހު ދުރަށް ދާން ހިނގައިގަތެވެ.
ނިތްކުރި މަތީގައިވާ ދާތިކިތައް ފުހެލަމުން ރާހުލް ގެއިން ނިކުތްތަނާ އޭނާގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ގޭގެ ޖޯލިފަތީގައި ބޯޅައެއް ހިފައިގެން ކުޅެން އިން ލޯބި ލޯބި އަންހެން ކުއްޖެކެވެ. އެ ކުއްޖާ ރާހުލް އާ ދިމާއަށް ބަލަހައްޓައިގެން ހުރުމުން ރާހުލް ހީލުމަށްފަހު ހިނގައިގަންނަން އުޅެނިކޮށް އެކުއްޖާ އަތުގައި އޮތް ބޯޅަ ދޫވެގެން ބިންމައްޗަށް ވެއްޓި އެނބުރެމުން ތަންކޮޅެއް ދުރަށް ދިޔައެވެ. ދެރަވެފައި ބޯޅަ އާ ދިމާއަށް އެކުއްޖާ ބަލަހައްޓައިގެން އިނުމުން ރާހުލް ގޮސް އެ ބޯޅަ ނަގައި އެކުއްޖާ އަތަށް ދިނެވެ. އެވަގުތު އެ ކުއްޖާގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރިކަމުގެ ސަބަބުން ރާހުލްގެ ހިތަށް ވެސް ބުނެދެން ނޭނގޭ ފަދަ އުފާވެރިކަމެއް ލިބިގެން ދިއައެވެ. އޭނާ އެކުއްޖާ އިން ޖޯލި ކައިރީގައި އުޑުފައިން އިށީނީ އެކުއްޖާއާ ވާހަކަ ދައްކާލާ ހިތުންނެވެ.
“ކޮއްކޯ…” ރާހުލް އެކުއްޖާއަށް ގޮވާލަމުން އެކުއްޖާގެ ދޮން ބޮޑު ކޮލުގައި މަޑުމަޑުން ހިފާލީ ވަރަށް ލޯބިންނެވެ.
“އޭތް! ދުރަށްދޭ!” އަންހެނެއްގެ އަޑަށް ރާހުލްއަށް ސިހިފައި ތެދުވެވުނެވެ. އޭރު އެގޭ ތެރެއިން މެދު އުމުރުގެ އަންހެނަކު ބާރުބާރަށް ހިނގާފައި އެދިމާއަށް އާދެއެވެ. އެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. އެމީހާ އައި ގޮތަށް އައިސް އެކުޑަކުއްޖާ ނަގައި އުރާލިއެވެ. އަދި ދެބުމަ ގޮށް ޖަހައިގެން ހުރެ ރާހުލް އާ ދިމާއަށް ބަލާލިއެވެ. ހީވާ ގޮތުން އެއީ އެކުއްޖާގެ މަންމައެވެ.
“ކަލޭ ކީއްކުރަން ތި އުޅެނީ މަގޭ ދަރިއަށް؟” ރުޅި ވެރި ރާގަކަށް އެ އަންހެން މީހާ ރާހުލް އާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކުރަމުން އަހާލިއެވެ.
“އަހަރެން… ކަމެއް ނުކުރަނީ…” ރާހުލް އެހެން ބުނުމުން އޭނާގެ ކޮލަށް އެއަންހެން މީހާގެ އަތުގެ ހޫނު އެތިފަހަރެއް އަރައިގެން ދިއައެވެ. އެމީހާގެ އުރުގައި އިން ކުއްޖާވެސް އެވަގުތު ބާރު ބާރަށް ރޯން ފެށިއެވެ. ރާހުލް އެމީހާ ޖެހި ތަނުގައި އެއް އަތް އަޅައިގެން ހުއްޓުން އަރާފައި ހުރީ އޭނާ ދައްކާ ވާހަކަ އެއަންހެން މީހާ ޤަބޫލު ނުކުރީމައެވެ.
“އާމިނާ! އާމިނާ!” އެމީހާ ބާރަކަށް އެހެން ގޮވަން ފެށުމުން އާމިނާ އޯތް އެކޭ ގޮވަމުން ގެއިން ނިކުތީ ބޮޑު ކަމެއް ވީއޭ ހިތާއެވެ. ޖެހިގެން ހުރި ގޭ ޒުލޭހާ ވެސް މަގުމަތީގައި އަޑުގަދަވެގެން ވީ ގޮތެއް ބަލަން ނިކުމެ ހުއްޓެވެ.
“ކިހިނެއްވީތަ ޝަރީފާ؟” އާމިނާ ހަރަން ބަނދެލަމުން އެހެން އަހާލީ ޝަރީފާގެ ކުރިމަތީގައި ހުރި ރާހުލްއަށް ބަލާލަމުންނެވެ.
“ކިހިނެއްހޭވީ؟ ކަލޭ ގެންގުޅޭ ބަންގާޅި މީހާ މަގޭ ދަރިޔާ ބެހުނީ!” ޝަރީފާ އޭނާގެ އުރުގައި އިން ޝާއީ ގެ ރުއިން ހުއްޓުވޭތޯ އުޅެމުން ބުނެލިއެވެ. އޭނާ އެހެން ބުނުމުން އާމިނާ ރާހުލް އަށް ބަލާލިއިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ.
“ރާހުލް! ކަލޭ ކައިރީގަ ފިހާރައަށް ދާށޭ ބުނީމަ ތީ ދޯ ގަންނަ ގަނޑަކީ؟ ބަލަ ކަލޭ މިގެއަށް ގެނަސްފަ ތި ހުރީ އަހަރެމެން ބުނާ ގޮތަކަށް އުޅޭށޭ! ފާޑު ފާޑަށް އުޅެންޏާ ފޮނުވާލަފާނަން ކަލޭ އައި ތަނަށް!” އާމިނާ ރުޅިއައިސް ރަތް ވެ ހުރެ ރާހުލް އާ ދިމާއަށް އެއްޗެސް ކިޔައި ގަތެވެ. ރާހުލް ދެރަވިއެވެ. އޭނާގެ އެއްވެސް ކުށެއް ނެތި އާމިނާ އޭނާއާ ދިމާއަށް ހަޅޭއްލަވަނީއެވެ.
“ނޫން ދައްތާ… އަހަރެން އެހެން ނަހަދަނީ..” ރާހުލް މަޑުމަޑުން ބުނެލިއެވެ.
“އަދިވެސް ދޮގު ދޯ ތި ހަދަނީ؟ މަ މި ދެލޮލުން ދެކުނީމޭ ކަލޭ މަގޭ ދަރި ގާތު އުޑުފައިން އިންދަ… މި ބަންގާޅިންގެ ވައްތަރޭ ހަމަ މިީ…” ޝަރީފާ އެހެން ބުނެލަމުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ރާހުލް އިސްޖަހާލިއެވެ. އެމީހުން އޭނާ ދައްކާ ވާހަކަ ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ އަކީ ކުށްވެރިއެއް ނޫންކަން އެ ކުޑަކުޑަ ޝާއީ އަށް ވެސް އިނގޭނެއެވެ.
“އަދިވެސް ހުރީތަ؟ ފިހާރައަށް ދާށޭ!” އާމިނާ ބާރަކަށް އެހެން ބުނެލުމަށްފަހު ގެއަށް ވަނީ ކުދި ކިޔަމުންނެވެ. އެއާއެކު ރާހުލް މިލާ މޯޅިވެފައި ހުރެގެން އެންމެ ކައިރި ފިހާރައަށް ދާން ހިނގައިގަތެެވެ. ރާހުލްގެ ހަރަކާތްތަކަށް ބަލަން ހުރި ޒުލޭހާގެ މޫނުގައި އޭރު ވަނީ ނުލަފާ ހިނިތުންވުމެކެވެ.
“2 ކިލޯ ފިޔާ…” ރާހުލް ފިހާރައަށް ވަދެ މަޑުމަޑުން އެހެން ބުނެލީ އެ ފިހާރައިގެ ސޭޓަކަށް އިން ނަޝްފާ އާ ދިމާއަށް ބަލާވެސް ނުލައެވެ.
“މިޔަދު ހާދަ ފާޑަކަށް ތި ހުރީ؟” ނަޝްފާ ރާހުލް އާ ދިމާއަށް ބަލާލަމުން ސުވާލު ކޮށްލިއެެވެ. ވޭތުވެ ދިޔަ 6 މަސް ދުވަހުގެ ތެރޭގައި ރާހުލް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާމިނާ ބުނެގެން ކޮންމެވެސް އެއްޗެއް ގަންނަން އެ ފިހާރައަށް އާދެއެވެ. އެހެންކަމުން ކޮންމެ ދުވަހު ކަހަލަ ގޮތަކަށް އޭނާ އާ ނަޝްފާ އާ ދިމާވެއެވެ. ނަޝްފާ އަކީ ކޮންމެ މީހަކާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އޭނާ ރާހުލް އާ ވެސް ވާހަކަ ދައްކަނީ ނުލާހިކު ރަހުމަތްތެރިކަމާއެކުގައެވެ. ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެދެމެދުގައި ރަހުމަތްތެރިކަމުގެ ގުޅުން އުފެދިފައިވެއެވެ.
“ކަމެއް ނުވަނީ… އަވަސް ގެންނަނީ ފިޔާ..” ރާހުލް ކައުންޓަރުގައި އަތް އަޅުވާލައިގެން އިސްޖަހައިގެން ހުރެ މަޑުމަޑުން ބުނެލިއިރު އެއަޑުގައިވާ ހިތާމަ ނަޝްފާއަކަށް ސިއްރެއް ނުވިއެވެ.
“ކަމެއް ނުވަންޏާ ރާހުލް ތިހެން ހުންނާނެތަ؟” ނަޝްފާ ތެދުވެ ފިޔާ އަޅާފައި ހުރި ފޮށިގަނޑުން ކޮަތަޅަކަށް ފިޔާ އަޅަމުން އަހާލިއެވެ. ރާހުލް އިސްއުފުލާ ނަޝްފާ އާ ދިމާއަށް ބަލާލިއެވެ. ނަޝްފާ އަކީ ކަޅު ކުއްޖެކެވެ. އޭނާގެ މޫނުގެ ހަންގަނޑު ގިނަ އެހެން އަންހެން ކުދިން ފަދައިން އޮމާނެއް ނޫނެވެ. މޫނުމަތީގައި ގިނަ އަދަދެެއްގެ ބިހި ނަގާފައިވީއިރު ބޮޑަށް ވައްތަރީ އެފްރިކާ ކުއްޖަކާއެވެ. މިޔަދު އޭނާ ލައިގެން ހުރީ ދަނބު ކުލައިގެ އަތް ދިގު ޓޮޕެކެވެ. އެއާ ގުޅޭ ނޫކުލައިގެން ޖީންސެއް ލާފައި ހުރި އިރު އޭނާ އަޅައިގެން ހުރި ކަޅު ބުރުގަލާ މޫނާ ވަކިކުރަން އުނދަގުލެވެ. ނަޝްފާ އެހާ ރީތި ނޫން ނަމަވެސް ރާހުލް ދެކެނީ އެއީ އެރަށުގައި ހުރި އެންމެ މާތް އިންސާނާ ކަމުގައެވެ. އޭނާ އަށް އަޅާލާ، އެހީތެރިވެދީ، އޭނާގެ އިހުސާސްތަައް ދެނެގަންނަ ހަމަ އެކަނި މީހަކީ އެއީ ކަމުގައި އޭނާ ދެކެއެވެ.
“އަން…” ނަޝްފާ ފިޔާ ކޮތަޅު ދިއްކޮއްލުމުން އޭނާ އޭގައި ހިފިއެވެ. އަދި އެއަށް ވާވަރަށް ލާރި ދެއްކުމަށްފަހު ދާން ހިނގައިގަތެވެ.
“މިޔަދު މަޑެއް ނުކުރާނަންތަ ވާހަކަ ދައްކާލާކަށް ވެސް؟” ނަޝްފާ އެހެން ބުނުމުން ރާހުލް ހުއްޓިިއެވެ. އޭނާ އެހެން އަންނަ ބައެއް ދުވަސް ދުވަހު ނަޝްފާ އާ ވާހަކަ ދައްކާ، ސަމާސާ ކޮށްލަން އިނދެއެވެ. ނަމަވެސް މިޔަދު އާމިނާ ހުންނާނީ ރުޅިއައިސްފަކަން އެނގޭތީވެ، އޭނާ ބޭނުންވީ އަވަަހަށް ގެއަށް ދާށެވެ.
“އާ… އާމިނާ ދައްތަ ރުޅި އަންނަނީ.. ފަހުން އަންނަނީ ނަޝްފާ ކައިރީ ވާހަކަ ދައްކަން…” ރާހުލް އެހެން ބުނެލުމަށްފަހު ހަލުވިކަމާއެކީ ހިނގާފައި ދިއައީ ގެއާ ދިމާއަށެވެ. ނަޝްފާގެ މޫނުގައި އެވަގުތު ދުވެލީ މާނަވީ ހިިނިތުންވުމެކެވެ.
“ނަޝްފާ މިހާރު އެ ބަންގާޅި އާ ކީއްވެތަ މާ ގާތް ގުޅުމެއް ތި ބާއްވަނީ؟ ތީ ރަނގަޅު ކަމެއް ނޫން…” ފިހާރައަށް ވަދެގެން އައި ނަޝްފާގެ މަންމަ، ޞާބިރާ ބުނެލީ އެމަގުން ހިނގާފައި ދިޔަ ރާހުލް އަށް ބަލާލަމުންނެވެ.
“ކީއްވެތަ މަންމާ؟ އެއީ ބަންގާޅިއަކަށްވީމަ؟” ނަޝްފާ ނުރުހިފައި އަހާލިއެވެ.
“އާ… އެއީ ވަރަށް މަކަރުވެރި ބައެއް… ކިހިނެއް އެނގެނީ އޭނަ އެއުޅެނީ ނަޝްފާގެ ބޯކައިގެން ނަޝްފާއާ އިނދެގެން އަހަރެމެންގެ މުދާތަށް އަތުލުމުގެ ބޭނުމުގައި ނޫންކަމެއް؟” ޞާބިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“މަންމަމެން ވިސްނާ ގޮތް ދޯ… އެއީ ހަމަ އެކަނި ރައްޓެއްސެއް… ވަރަށް ރަނގަޅު ރައްޓެއްސެއް… އިނގެއްޖެ ތަ މިހާރު މަންމައަށް،..؟” ޞާބިރާ ރާހުލް އާ މެދު އެ ގޮތަށް ވާހަކަ ދެއްކުމުން ނަޝްފާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“އެކަމަކު މީހުން ނަޝްފާއޭ ކިޔައިގެން ފާޑު ފާޑު ވާހަކަ އެބަ ދައްކައޭ…މަންމަގެ އަގެއްނު ވެއްޓޭނީ ތިހެން އުޅެންޏާ…” ޞާބިރާ އެހެން ބުނެލީ ނަޝްފާއަށް ވިސްނައިދޭން އުޅޭ ފަދަ ގޮތަކަށެވެ.
“މީހުން ކިޔާ އެއްޗަކަށް އަޅާ ނުލާ ބަލަ… މަށަށް ވަރިހަމަ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް…” ނަޝްފާ ދެބުމަ ގޮށް ޖަހާފައި ޞާބިރާ އާ ދިމާއަށް ބަލާލަމުން އެހެން ބުނެލިއެވެ. ޞާބިރާ ދެއަތަށް ބޯ ހޫރާލީ ނަޝްފާއަކަށް ދުވަހަކުވެސް ނުވިސްނޭނެއޭ ބުނާ ފަދައިންނެވެ.
***
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރާހުލް ގިފިއްޔަށް ވަދެ ފެންވަރާލައިގެން ނިކުތީ ބޮލުން ފެން ހިއްކަމުންނެވެ. އޭރު އެމޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ މަޑުހިނގުމެއްގައި ގޮސް އޭނާގެ ‘ކޮޓަރި’ އަށް ވަނެވެ. ފަތްޖެހި އެނދުގައި އޮވެ ހަމަޖެހިލުމަށްފަހު އޭނާއަތަށް އާމިނާ ދިން ބާ ސޯނާ ގަޑި ނަގައި ބަލާލިއެވެ. އެއީ ހެނދުނު ހޭލާށޭ ކިޔައިފައި އާމިނާ ދިން ގަޑިއެކެވެ. އޭރު ގަޑިން އެގާރަ ގަޑި ބައިވެ ބޮޑު ވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ފަތިހު 5 ޖަހާއިރު ތެދުވަން ޖެހޭތީވެ، ރާހުލް ތެދުވެ ބޮކި ނިވާލުމަށްފަހު އަނެއްކާ ވެސް އައިސް އޮށޯވެލިއެވެ. އާމިނާމެން އުޅޭ ތަނުގެ ބޭރު ބޮކި ދިއްލާފައި ހުރުމުގެ ސަބަބުން އެކޮޓަރިގަނޑު ގައި ހުންނަ ކުޑަ ދޮރުގެ ތެރެއިން ފަނޑު ގޮތަކަށް އެ އަލި ފޭދިފައި ވެއެވެ.
ދެލޯ މަރާލުމަށްފަހު ރާހުލް ބެލީ ފުން ނިދީގެ ތެރެއަށް ފީނައިގަނެވޭތޯއެވެ. އިސާހިތަކު ވެފައިވާ ވަރުބަލީގެ ސަބަބުން އޭނާގެ އެސްފިޔަތައް ބަރުވެ ފަސޭހަކަމާއެކު ނިދިޖެހުނެވެ. ހަަމައެކަނި މުންޑުގަނޑެއް އަނދެގެން އޮތް ރާހުލްގެ ދޮން، ބައިމަތި ފުޅާ ހަށިގަނޑު އެ ފަނޑު އަލީގައި ފެންނަލެއް ނުހަނު ހިތްގައިމެވެ.
ރާހުލް އަށް ހޭލެވުނީ މީހަކު އޭނާގެ ގައިގައި ބީހޭ ކަމުގެ އިހުސާސްވެގެންނެވެ. ބަރުހެލި ގޮތަކަށް އޭނާ ދެލޯ ހުޅުވާލާ ބަލާލި އިރު ފެނުނު މަންޒަރަކުން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފަނޑު އަލީގެ ތެރެއިން އެއީ ކާކުކަން އޭނާއަށް ހަމަ ރަނގަޅަށް ވެސް އެނގުނެވެ.
#ނުނިމޭ#
2026 Comments
Comments are closed.
srry mi bai las veema 🙁 Internet massala eh jehi gen up nuwiii
Tell me ingey how u think abt this part…
Loves <3
Varah reethi…me first…..
thankyw love love <3 🙂
Mi part vx rythi n interestin hama v rythi n avahah next part up kndhehchey
Thankyw mash 🙂
vvv reethhii.mibbaives
Thankss Thaaniya 🙂
E nulafaa zuleyhaa dhaitha gandu kanneyge ei…varah foohi vey edhaitha ulhey gothun….this is now my favourite story…love ur stories liaaa….keep it up….avahah up kohdhechey…can’t wait….♡♡♡♥♥♥♥♡♡♡
Thankyw so much love love 🙂 thats so sweet of u <3
aneikkaa zuleyhaabaa…eyna v efaadu vahtharu jahaa
?
Zulehaaaatha dhwwwwww
Vedhaane dhwwww 🙂 lets see dhwww
vv reethi..??
Haadha reechey
E zuleyhaa eiii dhw
Dhn konirakun
Mi waahaka keema v dhera vey asluvx emeehunnaa dheythey ehaa goass koh raahjeymeehun kanthah kurany storry v v v reeethi ehaa dhigu inthizaareh nukureweyne ngey liaa hehe..
Owwwn v dhigu inthizaareh kuran jehuny dhw ekam vx foohi kameh nethi konme dhuvahaku ves beley up kohfa indheythw. .finally kiyaalan vx libihje hama rythi rythi baeh …..v wait kurevey mi story ah …v v rythi …..n e zulheyha tha e aee ??? Noony aamina tha???? dhn in part avas kohdhehchey liaa ?????
Wow wow v nice v touchin mi partvx….eykala zuleyhaa dhw e ae ?..liaa ge stry v kamudheyy..all the best for the nxt part ????
Zuley haadha nulafaey dho.v reethi vaahaka
v. nyc.. Liaa ge ‘asaru’ nd mi story vx v real nd v v reethi. hama hageegatheh hen heevani.
keep it up. All the best Liaa ??
Ei aaminaa yageen……..
waaaattt? eiy ehkala zuley haa gnadu… haadha foohivaa meehekey eiy.. cheeeee
stry vvvv reethi<3 loved it…
Wow. . Hama habeys…?????
Mi vashaka feshigen kiyan beynun
Thankyw all 🙂
hey liaa mi vaahaka vx vrh salhi i am a big fan of u now … may allah bless u always