Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (19 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
October 4, 2016 6 Mins Read
15 Comments

ގަޑިން ބާރަ ޖެހި އިރުވެސް އަންޖޫދާއަކަށް ނުނިދުނެވެ. ރާހުލް އޭނާއަށް ނަފުރަތުކުރާކަން އެނގި ހުރެ ވެސް އަންޖޫދާ އިރުއިރުކޮޅާ ރާހުލްގެ ފޯނަށް ގުޅާލައެވެ. އިތުރަށް ކެތް ނުވުމުން އޭނާ ކޮޓަރިން ނިކުތީ ރާހުލްގެ ގާތަށް ދިއުމަށެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނިކުތުމާއެކު އެރުނީ އާމިނާގެ ކުރިމައްޗަށެވެ. އާމިނާގެ ދެބުމަ ގޮށް ޖެހިފައިވާއިރު އޭނާ އާ ދިމާއަށް ބަލަން ހުރި ގޮތުން އެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ.

“ކޮންތާކަށް؟” ޝައްކުން ފުރިފައި ހުރެ އާމިނާ އަހާލިއެވެ. އަންޖޫދާ އެ ދަނީ ރާހުލް އާ ބައްދަލު ކުރާށޭ އޭނާގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ.

“ފެން ބޯން..” ހަމަޖެހެން މަސައްކަތް ކުރަމުން އަންޖޫދާ ބުނެލިއެވެ. އާމިނާ ބަލަން ހުއްޓައި އޭނާ ހިނގާފައި ގޮސް ކާގެއަށް ވަދެ އެނބުރި އައީ ފެންފުޅިއެއް ހިފައިގެންނެވެ. އޭނާ އައިސް ކޮޓަރިއަށް ވަތް އިރުވެސް އާމިނާ ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ.

އަންޖޫދާ ކޮޓަރިއަށް ވަނުމާއެކު އާމިނާ ގެއިން ބޭރަށް ނިކުމެވޭ ދޮރު ކައިރިއަށް ޖެހެލިއެވެ. އަދި އެތެރެއިން ތަޅުލާފައި ހުރި އެ ދޮރަށް ޖަހާފައިވާ ތަޅުދަނޑި ނަގައި ލައިގެން ހުރި ހެދުމުގެ ޖީބަށް ލިއެވެ. އެއަށްފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އާމިނާ ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަތް އަންޖޫދާ އަތުގައި އޮތް ފެންފުޅި ހޫރާލިއެވެ. އާމިނާއާ ހެދި އޭނާއަށް ބޭރަށް ދެވުނީކީވެސް ނޫނެވެ. ރާހުލްގެ ހިތުގައި އޭނާއާ މެދު އުފެދިފައިވާ ޝައްކުތައް ފިލުވަން ކިތަންމެ ބޭނުންވި ނަަމަވެސް އޭނާއަށް އެކަން ވާން އޮތީ އާމިނާ ނިދުމުންނެވެ. 1 ޖަހަންދެން އޭނާ ކޮޓަރީގެ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. 1 ޖެހުމުން އޭނާ ކޮޓަރީގެ ދޮރު ހުޅުވާލީ މަޑުމަޑުންނެވެ. އާމިނާ ފެންނަން ނެތުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސިއްރު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ގޭގެ ދޮރުގެ ތަޅުގައި ހިފާލި ހިނދު އެ ނިތްކުރި މައްޗަށް ރޫތަކެއް ޖަމާވެގެން ދިއައެވެ. ދޮރު ތަޅުލާފައި ހުރި އިރު ތަޅުގައި އަބަދުވެސް ޖަހާފައި ހުންނަ ތަޅުދަނޑި ނެތުމުން އަންޖޫދާ އެނބުރި ކޮޓަރިއަށް ދިއައީ މާޔޫސްވެ ހުރެއެވެ. އޭރު އަނެއްކާވެސް ތާޒާ ކަރުނަ ތިކިތަކެއް އެ ދެލޮލުން ފައިބަން ފަށައިފިއެވެ. އާޔާ އެ ހެދި ގޮތުން ރާހުލް އޭނާއާ މެދު ހީކުރާނީ ހާދަ ގޯސްކޮށެވެ.

ގިސްލަމުން އަންޖޫދާ އެނދުގައި އޮށޯވެ ރާހުލްގެ ނަމްބަރަށް ގުޅާލިއެވެ. އެތައް ފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން އޭނާ އިތުރަށް ދެރަވިއެވެ. އެންމެ ފަހުން އޭނާ މެސެޖެއް ލިޔެލުމަށްފަހު ރާހުލްއަށް ފޮނުވާލިއެވެ.

***

ނުނިދިފައި އޮތް ރާހުލްގެ މޫނުމަތިން ފާޅުވަނީ ރުޅިވެރިކަމާ މާޔޫސްކަން އެކުލެވޭ ފަދަ ކުލަވަރެކެވެ. ކައިރީގައި ބާއްވާފައި އޮތް ފޯނަށް އަންޖޫދާ ގުޅަމުން ދިއައިރު ރާހުލް ކަޅި ޖަހާނުލާ އެމަންޒަރު ބަލަން ހުއްޓެވެ. ކިތަންމެ ފަހަރަކު ގުޅިޔަސް ފޯނު ނަގާކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ. ނަމަވެސް އަންޖޫދާގެ މެސެޖެއް އައުމުން އެ ބަލާ ނުލާ ރާހުލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

“ރާހުލް.. ޕްލީސް… އަހަންނަށް އެންމެ ޗާންސް އެއް ދީ… ހުރިހާ އެއްޗެއް ކިޔައިދޭނަން… އައި ލަވް ޔޫ..” އެ މެސެޖު ކިޔުމަށްފަހު ރާހުލްގެ ރުޅި އިތުރަށް ގަދަވީ އަދިވެސް އެ މަކަރު އަންހެނާ އޭނާ ހައްލާލަން އުޅެނީއޭ ހިތަށް އެރުމުންނެވެ. އައި ރުޅީގައި ފޯނު ނިވާލަން އުޅެނިކޮށް ދެން އައި މެސެޖު ފެނުމުން އޭނާއަށް ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރުވިއެވެ. އަންޖޫދާ ހަމައަސްލުވެސް އޭނާއަށް އޮޅުވާލީތޯ އޭނާގެ ހިތާ ސުވާލުކުރަންޖެހުނެވެ.

“ރާހުލްއަށް އަހަރެންގެ ލޮލުން ފެނުނީ މަކަރުތަ؟ އޮޅުވާލުންތަ؟ ނޫނީ ލޯބިތަ؟ ރާހުލް އަމިއްލަ ހިތާ ސުވާލުކޮށްބަލަ… ރާހުލްއަށް ފެނުނީ ލޯބިކަމުގައި ވެއްޖިއްޔާ އަހަރެންގެ ކޮޓަރި ފާހާނާގެ ފެންލައިޓް ކައިރިއަށް އާދޭ… އަހަރެން އިންތިޒާރު ކުރާނަން..” އަންޖޫދާގެ އެ މެސެޖު ފެނުމުން ރާހުލްގެ ބޮލުގައި ރިއްސާލިއެވެ. އެތައް ފަހަރަކު އޭނާގެ ހިތާ ސުވާލުކުރުމުންވެސް ލިބެނީ އެއްޖަވާބެކެވެ. އޭނާގެ ހިތް ބުނަމުން ދިއައީ އަންޖޫދާ އޭނާ ދެކެ ލޯބިވާ ކަމަށެވެ. އަންޖޫދާގެ އެ ރީތި ދެލޮލުން ފެނިގެން ދިއައީ ނިމުމެއް ނެތް ލޯބި ކަމުގައި އޭނާގެ ހިތް ބުނަމުން ގެންދިއައެވެ.

***

ކޮޓަރިތެރޭގައި ހުންނަ މޭޒު ދަމަމުން ކަހަލަ ގޮތަކަށް އަންޖޫދާ ފާހާނާއަށް ވެއްދިއެެވެ. އަދި ފެންލައިޓު ކައިރިއަށް ޖައްސާލުމަށްފަހު އޭނާ އެއަށް ކޮޅަށް އެރިއެވެ. ކޮރު ޖެހުމުން އޭނާއަށް ފެންލައިޓުން ބޭރު ފެންނަވަރު ވަނީ ކިރިކިރިޔާއެވެ. ރާހުލް އަންނާނެ ކަމުގެ އުންމީދުގައި އޭނާ ކޮރު ޖަހައިގެން އެތަށް އިރެއް ވަންދެން ހުއްޓެވެ. ކަޅިވެސް ޖަހާނުލާ އޭނާ ބޭރުބަލަމުން ގެންދިޔައިރު އެ ހިތް ކެނޑިނޭޅި ބުނަމުން ދިއައީ ރާހުލް އޭނާ ގާތަށް އަންނާނެ ކަމަށެވެ. އެންމެ ފަހުން ފައިގެ އިނގިލި ކުރި ތަކަށް ތަދުވާން ފެށުމުން އޭނާ މާޔޫސްވެ ހުރެ ތިރިއަށް ފައިބަން އުޅުނެވެ. ނަމަވެސް ދުވެފައި އެތަނަށް އައި ރާހުލް އެ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ހިނިތުންވެވުނެވެ. ދެލޮލުން ކަރުނަ ހިލުނީ އުފާވިވަރުންނެވެ.

“ރާހުލް…” އަންޖޫދާ ރޮވިފައި ހުރެ ވައި އަޑުން ރާހުލްއަށް ގޮވާލިއެވެ. އޭރު ރާހުލްގެ ދެލޯ ވެސް ފެންކަޅިވާން ފަށައިފިއެވެ. އަންޖޫދާއާ މެދު އޭނާއަށް ހީކުރެވުނީ ގޯސްކޮށްކަން މިހާރު އޭނާއަށް ޔަޤީން ވެއްޖެއެވެ. އަންޖޫދާ ފެންލައިޓު ބޮޑަށް ހުޅުވާލަމުން ރާހުލް ގާތު އެތެރެއަށް ވަނުމަށް ބުނެލިއެވެ. އޮމާންކޮށްފައިވާ އެ ފާރުގައި ފައި ވިއްދައިގެން ރާހުލް އެ ފެންލައިޓު ހުރި ހިސާބަށް އެރީ އުނދަގުލާއެކުގައެވެ. އަންޖޫދާ މޭޒުން ފޭބުމަށްފަހު ރާހުލް ފައިބަންވާއިރަށް އެ މޭޒު ފާހާނާ ފާރާ ތަންކޮޅެއް ކައިރިކޮށްލިއެވެ.

ފާހާނާ ތަޅުންގަނޑު މަތީގައި ރާާހުލްގެ ފައި ޖެހުމާއެކު އަންޖޫދާ ބާރަކަށް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ރޮމުން ގިސްލަމުން އަންޖޫދާ އޭނާ ގާތު ލޯބިވެޔޭ ބުނަމުން ގެންދިއައެވެ. ރާހުލް އަންޖޫދާގެ ބުރަކަށީގައި ލޯތްބާއެކު ފިރުމާލަމުން އެ ވާހަކަ ޤަބޫލުކުރާ ކަމުގައި ބުނެލިއެވެ. އަންޖޫދާ ރާހުލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ރާހުލްގެ ހަށިގަނޑުގައި ބައްދައިގެން ހުރެއެވެ. ކުރިން ނަޝްފާއަށް ލަނޑުދޭން އުޅުނު ވާހަކައާ އާޔާ އެހެން ކަންތައް ކުރީ އޭނާއާ ރާހުލް ދުރުކުރަން ކަމުގައި އަންޖޫދާ ބުނުމުން ރާހުލް ދެރަވީ އަންޖޫދާއާ މެދު ޝައްކު ކުރެވުނީތީއެވެ. އެތަށް ފަހަރު އޭނާ އަންޖޫދާ ގާތުން މާފަށް އެދުނީ ދެލޯ ފެންކަޅީވެފައިވާ ހާލުއެވެ.

އަންޖޫދާ ހަމައަކަށް އެޅުމުން ދެމީހުން ފާހާނާއިން ނިކުމެ އަންޖޫދާގެ ކޮޓަރި ތެރެއަށް ވަނެވެ. އޭސީގެ ފިނި މުޅި ކޮޓަރީގައި ހިފާލާފައި ވީއިރު ރާހުލްގެ މުޅި ގައިން ހީބިހި ނަގައިގެން ދިއައެވެ. އަންޖޫދާ ގޮސް އެނދުގައި އިށީނުމާއެކު ރާހުލް އޭނާގެ ހަށިގަނޑަށް ނަޒަރު ހިންގާލީ ވަރަށް ފުންކޮށެވެ. މަޑު ފިޔާތޮށި ކުލައިގެ ނައިޓީއެއް ލައިގެން ހުރިިއިރު އޭގެ ތުނިކަމުން އަންޖޫދާގެ ހަށިގަނޑުގެ ވަނާތައް ފުރިހަމައަށް ފާޅުވެފައި ހުއްޓެވެ. މަޑު މުށި ކުލައިގެ ފަން އިސްތަށިގަނޑު ހާމައަށް ދޫކޮށްލެވިފައި ވީއިރު އެއްވެސް އައިބެއް ނުވާ އެ ދޮން މޫނު ފެންނަލެއް ނުހަނު ލޯތްބެވެ. އެ ތޫނު ދެލޮލުން އޭނާއާ ދިމާއަށް ބަލަމުން ގެންދިއައިރު ރާހުލް މަސައްކަތް ކުރީ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރާށެވެ. އަންޖޫދާ އެ ގޮތަށް ހުއްޓާ ބަލަން ބޭނުންނުވެގެން ރާހުލް އަނެއް ފަރާތައް އެނބުރުނީ ދެލޯ މަރާލަމުންނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އިރުކޮޅެއް ނުވެ ހިމަ ހިމަ ދެއަތަކުން އައިސް އޭނާގެ އުނަގަނޑުގައި ވަށާލިއެވެ. ސިހިފައި ރާހުލްއަށް ދެލޯ ހުޅުވާލެވުނީ އެއީ އަންޖޫދާކަން އެނގި ހުރެއެވެ. ދެ ހަށިގަނޑު ޖެހި ފިތިފައި ވީއިރު އަންޖޫދާގެ ހަށިގަނޑުގެ ހޫނުކަން ރާހުލްއަށް އިހުސާސް ކުރެވެމުން ދިއައެވެ. އެ ފޮނި އިހުސާސްގައި މުޅި އެރޭ ހޭދަކޮށްލުމަށް ރާހުލްގެ ހިތް އެދި ގޮވަމުން ދިޔަ ނަމަވެސް އޭނާ އަންޖޫދާގެ އަތް ނައްޓުވާލީ އެ ހިތުގެ އެދުމުގައި ކޮޅުފައިން ޖަހަމުންނެވެ.

“އަންޖޫ… އަހަރެން ދަނީ..” ރާހުލް ފާހާނާއާ ދިމާއަށް ހިނގައިގަންނަމުން އެހެން ބުނެލިއެވެ. ނަމަވެސް އަންޖޫދާ އަނެެއްކާވެސް އައިސް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެ ފިނި ތުންފަތް އޭނާގެ ކޯތާފަތުގައި ބީހިލުމުން ރާހުލްގެ ހަށިގަނޑަށް ކަރަންޓު ޝޮކެއް އަރާދިޔަ ފަދައެވެ.

“ޕްލީސް ރާހުލް… އައި ވޯންޓް ޔޫ ޓުނައިޓް.. އައި ވޯންޓު ޕްރޫވް މައި ލަވް..” ވައި އަޑުން އަންޖޫދާ ރާހުލްގެ ކަންފަތް ދޮށުގައި ބުނެލުމާއެކު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިއައެވެ. އަންޖޫދާ ރާހުލްގެ ކަރުގައި ބޮސް ދޭން ފެށުމުން ރާހުލްއަކަށް ކެތެއް ނުވިއެވެ. މަޑުމަޑުން އަންޖޫދާ އުފުއްލާލައިގެން ގެންގޮސް އެނދުގައި ބާއްވުމަށްފަހު އޭނާ އަންޖޫދާއާ ދިމާއަށް ދިއައީ ލައިގެން ހުރި ޓީޝާޓް ބާލަމުންނެވެ.

***

ރާހުލް ވަރުބަލިކަމާ އެކު ދެލޯ ހުޅުވާލުމާއެކު ކައިރީގައި އެއްވެސް ފޭރާމެއް ނެތި ނިދާފައި އޮތް އަންޖޫދާ ފެނުމުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. މިއޮވެވުނީ އަންޖޫދާގެ ކޮޓަރީގައި ކަން އޭނާއަށް ރޭކާލީ ދެނެވެ. އެރޭގައި ހިނގައި ދިޔަ ކޮންމެ ކަމެއް މަންޒަރުތަކެއްގެ ސިފައިގައި ފެންނަން ފެށުމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ރޭގައި އެ ހެދުނީ ވަރަށް ބޮޑު ގޯހެއް ކަމުގައި އޭނާގެ ސިކުނޑި ގޮވަމުން ދިޔައެވެ. އޭނާ ނިދާފައި އޮތް އަންޖޫދާ ގައިގައި ރަޖާގަނޑު އަޅައި އެ ހަށިގަނޑު ފޮރުވާލީ ހަމައެކަނި އެ މޫނު ފެންނަ ވަރަށެވެ. އަދި ޝަކުވާގެ ނަޒަރަކުން އެ މޫނާ ދިމާއަށް ބަލަން ހުއްޓެވެ.

ކައިރީގައި އޮތް އަންޖޫދާގެ ފޯނު ނަގައި ރާހުލް ގަޑި ބަލާލިއިރު 5 ޖަހަނީއެވެ. މިހާރު އާމިނާ ހޭލާ އުޅޭނެކަން އެނގޭތީވެ އޭނާ ކުޑަކޮށް ޖެހިލުންވެ ހުރެ ފާހާނާ ފެންލައިޓާ ދިމާއަށް މިސްރާބު ޖެހިއެވެ. ދަމުން އޭނާ އެނބުރި އަންޖޫދާއާ ދިމާއަށް ބަލާލިއެވެ. އެ ރީތި މޫނަށް އިސްތަށިކޮޅެއް އެޅިފައިވީއިރު ފެންނަލެއް ނުހަނު ލޯތްބެވެ. ރާހުލްގެ ހިތް އެދި ގޮވަމުން ދިއައީ އެ މޫނުގައި ބޮސްދިނުމަށެވެ. ނަމަވެސް ދެއަތް މުއްކަވާލަމުން އޭނާ ފާހާނާ ފެންލައިޓުން ބޭރަށް ފުންމާލީ ހިތާ ދެކޮޅަށެވެ. އަދި އަވަސް އަވަހަށް ގޮސް ގިފިއްޔަށް ވަނީ އޭނާ ކުރަންޖެހޭ ބައިވަރު މަސައްކަތް ހުންނާނެކަން އެނގޭތީއެވެ.

***

ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން އާމިނާ ސިހުނީ ސައްތާރު އައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ. ބޮލުގައި ތާކިހާ އަޅައިގެން ހުރުމުން ސައްތާރު އެއައީ މިސްކިތުންކަން އާމިނާއަށް އެނގުނެެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށް ދިއުމަކީ ސައްތާރުގެ އާދައެކެވެ.

“ކޮން ފިކުރެއްގަ؟” ޖެހިގެން ހުރި ސޯފާގޮނޑީގައި އިށީންނަމުން ސައްތާރު އަހާލީ ބޮލުގައި އޮތް ތާކިހާ ނަގައި ދެފަށް ޖަހާލަމުންނެވެ.

“ސައްތާރޫ… އަހަންނަށް ހީވަނީ ދެން އަހަރެމެންގެ އަންޖޫދާ ވެސް މީހަކާ ދެވަންވީހެން..” އާމިނާ ސައްތާރާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“އަދި ނުވޭ އޭނަ މީހަކާ އިންނަ ވަރެއް.. އާމިނާ ފުރަތަމަ އޭނައަށް ގޭތެރޭގެ މަސައްކަތާ އެއްޗެހި ދަސްކޮށްދީބަލަ.. ކުރަން އެނގުނީމަ މީހަކާ އިނދެވޭނީ… އަނެއްކޮޅުން އެމަންޖެ ބުރުގާ ވެސް އަޅުވަންވީ… އާމިނާ ފުރަތަމަ ވެސް ބުރުގާ ނޭޅުވީމަ އޭނަ މިހާރުވެސް އަޅަން ބޭނުން ނުވެގެން އެއުޅެނީ…” ސައްތާރު ހިސާބަކަށް ނުރުހިފައި ބުނެލިއެވެ.

“އެކަމަކު ސައްތާރާ..! އެނގޭތަ އިއްޔެ އެ ޒުލޭހާ އައިސް ކީ އެއްޗެއް… އަންޖޫ އާ ރާހުލްއާ ދެމެދުގަ އޮވެޔޯ ކޮންމެވެސް ގުޅުމެއް… އަހަންނަށް ވެސް ހީވަނީ އެއީ ތެދެއްހެން… އަންޖޫ މިހާރު އުޅޭ ގޮތުން މަށަށްވެސް ޝައްކު..” އާމިނާ ދެޚިޔާލެއްގައި އިނދެ ބުނެލިއެވެ.

“އެ ޒުލޭހާ ދައްކާ ވާހަކަ ކީއްކުރަންތަ އާމިނާ ގަބޫލުކުރަނީ؟ މަށެއް ގަބޫލެއް ނުކުރާނަން…” ސައްތާރު ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ. ޒުލޭހާ ރާހުލް އުޅޭ ތަނަށް ވަތް ރޭ މަތިން އޭނާ އަދިވެސް ހަނދާނެއް ނުނެތެއެވެ. އަދިވެސް އޭނާ ގަބޫލުކުރަނީ އެރޭ އެތަނަށް ވަނީ ޒުލޭހާ އަމިއްލައަށް ކަމަށެވެ. އަދި އޭނާ އުޅުނީ ރާހުލް އެކަމުގައި ބައްދަން ކަމަށެވެ.

“މަ ވެސް ނުކުރަމޭ ޤަބޫލެއް…” އާމިނާ ބުނެލިއެވެ. ނަމަވެސް އަންޖޫދާއާ ރާހުލްއާ ދެމެދު ގުޅުމެއް ވާކަމަށް އެ ހިތުގައި އަދިވެސް ޝައްކު އެބައޮތެވެ. އެކަމާ މެދު އަންޖޫދާއާ ވާހަކަ ދެއްކުމަށް އާމިނާ ހިތާހިތުން ނިންމިއެވެ.

***

އަންޖޫދާ ފެންވަރާލައިގެން ނިކުތް އިރު ގަޑިން 10 އެއް ޖަހަނީއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ރޭގެ ޚިޔާލުތައް ހަރުލާފައި ހުއްޓެވެ. ޑްރެސިންގ ޓޭބަލް ކުރިމަތީގައި ހުރެ ބޮލުގައި ފުނާ އަޅަމުން ގެންދިޔައިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ރޭގައި އޭނާ ރާހުލް ދެކެ ލޯބިވާކަން އެންމެ ފުރިހަމަ ގޮތުގައި ހާމަކޮށްދެވުން ކަމުގައި އޭނާ ޤަބޫލުކުރިއެވެ. އަންހެން ކުއްޖެއްގެ އަތުގައި އޮންނަ އެންމެ އަގުބޮޑު ޖަވާހިރު އޭނާ ރާހުލް އަށް ދީ ނިންމާފިއެވެ. ނަމަވެސް އޭނާއަށް ނުވިސްނުނީ ލޯބި ހާމަކޮށްދިނުމަށް ކޮންމެހެން ތިމާގެ ޢިއްފަތް ދޭން ނުޖެހޭނެ ކަމެވެ.

ފޯނު ނަގައި އޭނާ އާޔާގެ ނަންބަރަށް ޑައިލްކޮށްލީ އާޔާއާ ވާހަކަ ދެއްކުމަށް ބޭނުންވާތީއެވެ. ދެފަހަރަކު ރިންގުވާއިރަށް އާޔާ ފޯނު ނަގައި ހަލޯ އޭ ބުނެލި އަޑު އިވުމުން އަންޖޫދާ އެއްމިޔަކުން ހީލިއެވެ.

“ކަލޭ ހީކުރީތަ އަހަންނާ ރާހުލްއާ ދުރުކުރެވޭނޭ؟” ހިނިގަނޑެއް ޖަހާލުމަށްފަހު އަންޖޫދާ ބުނެލިއެވެ. އެވަގުތު އަނެއްކޮޅުން ވާހަކަ ދައްކަން ހުރި އާޔާގެ ހިތުގައި ނުބައި ގޮތަކަށް ވިންދު ޖަހާލިއެވެ. އޭނާގެ ރޭވުން ކާމިޔާބު ނުވީ ހެއްޔެވެ؟ އަންޖޫދާއާ ރާހުލް ދުރުނުވީ ހެއްޔެވެ؟

“އާން… މަ ބޭނުމެއް ނޫނޭ ކަލޭގެ ސަބަބުން މަގޭ އަގު ވެއްޓިގެން ދާކަށް.. ފާޑެއްގެ ބަންގާޅިއަކާ ހިތާވެގެން ވަކިވާން ނޭނގިގެން އުޅެއެއްނު؟” އަންޖޫދާގެ ބަސްތަކުން ރުޅިގަދަވެފައި އާޔާ ބުނެލިއެވެ.

“އެކަމަކު ކަލޭގެ ޕްލޭން ފެއިލްޑް… ސޯ ސޭޑް…” އަންޖޫދާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އޭނާއާ ރާހުލްއާ ދުރުކުރަން އުޅުމުން އޭނާ އާޔާ ދެކެ އައިސްފައިވަނީ އަމަށަކު ރުޅިއެއް ނޫނެވެ.

“ވަޓް؟” އާޔާ އަށް އެހެން ބުނެވުނީ ބާރަކަށެވެ. އެ ހުރިހާ ހެއްކެއް ދެއްކުމުންވެސް ރާހުލް އަންޖޫދާއާ ދުރަށް ނުދިއައީ ހެއްޔެވެ؟

“ދެން ވެސް ހަނދާންކުރާތި! އަހަންނާ ރާހުލް އާ ދެމެދު އޮންނަނީ ހަގީގީ ލޯބި… އަހަރެމެން ދުރުކުުރުމަކީ އެހާ ފަސޭހަކަމެއް ނޫން..” އަންޖޫދާ އެހެން ބުނީ ވަރަށް ރުޅި އައިސްފައި ހުރެ ނަމަވެސް މަޑުންނެވެ. އޭނާ އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއިރު އާޔާ ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

ހަދާނެ ގޮތެއް ވިސްނަން އާޔާ އެނދުމަތީގައި އިނީ ދެފައި ވައް ކޮށްލައިގެންނެވެ. އަންޖޫދާއާ ރާހުލް ދުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނާގެ ސިކުނޑި ގޮވާލުމާއެކު އާޔާ ގެއިން ނިކުމެގެން މިސްރާބު ޖެހީ ޒުލޭހާމެން ގެއާ ދިމާއަށެވެ. އެގެއާ އަރާ ހަމަވުމާއެކު އޭނާ އެގެއަށް ވަނީ މަގުގެ ދެފަރާތުގައި އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށްފައެވެ. ދޮރުމައްޗަށް އަރައި ގޭތެރެއަށް ނަޒަރު ހިންގާލިއިރު ސިޓިންގރޫމް ސޯފާގައި ދެފައި ދަމައިގެން އޮތް ޒުލޭހާ ފެނުމުން އޭނާ އަވަސް އަވަަހަށް އެ ގޭ ތެރެއަށް ދެމިގަތުމަށްފަހު ދޮރުޖަަހިއެވެ. އެއަޑަށް ޒުލޭހާ ބޯހިއްލާލައި ބަލާލިއިރު ދޮރު ކުރިމަތީގައި ހުރި އާޔާ ފެނި އެ ތުންފަތުގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

“އަހަރެން ބޭނުން ރާހުލް އާ އަންޖޫދާގެ ވާހަކަ މުޅި ރަށުގައި ފަތުރާލަން… ހެއްކާއެކު…” ޒުލޭހާގެ ގާތަށް އަންނަމުން އާޔާ އެހެން ބުނެލިއިރު އެ މޫނުމަތީގައިވާ ރުޅިވެރިކަން ޒުލޭހާއަކަށް ސިއްރެއް ނުވިއެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތާ ފުރާނައިގެ ދިރުމޭ (1)

Next

ތި ލޯބި އެދިގެން… 2

Next
October 4, 2016

ތި ލޯބި އެދިގެން… 2

Previews
October 4, 2016

ހިތާ ފުރާނައިގެ ދިރުމޭ (1)

15 Comments!

  1. Liaa says:
    October 4, 2016 at 11:19 am

    Hii all … Here’s the 19th part.. hope u enjoy….
    Next part SUNDAY ga…. 🙂

  2. Ammuty says:
    October 4, 2016 at 11:30 am

    Alhe haadha kurey and haadha lahun up kurany..plx avas kohdheeba..v reethi vaahaka

  3. Dhee says:
    October 4, 2016 at 11:35 am

    Vvvvv reethi…. ?

  4. މައިން says:
    October 4, 2016 at 11:38 am

    ވަރަށް ރީތި މި ޕާޓް ވެސް..އެކަމް ސަންޑ ވގަ ވީމަ ހާދަހާ ދުވަހެކޭ ލިއާ

  5. faroo says:
    October 4, 2016 at 11:41 am

    Vvvv reethi

  6. Mashhhh says:
    October 4, 2016 at 11:43 am

    Nice

  7. flower says:
    October 4, 2016 at 12:23 pm

    ❤❤❤❤❤❤❤

  8. Madhy says:
    October 4, 2016 at 12:26 pm

    V v v nice

  9. Khajja says:
    October 4, 2016 at 1:03 pm

    Masha allah v rythi ekam v kuru dhw n v las up vaaleh anjoo aa raahul gulhuvaathi eyrunthaa adhi zuleyhaa varu araany egulhumah saththaaru gabooluvaane henves v hyvey ehen vejje nama aimina jeheyny gabooluvaan ehen ulhefa emme fahun aayaa ves raahul aakanneynge alhaigannaany stry v habeys v inteligent keep it up

  10. Liaa says:
    October 4, 2016 at 2:10 pm

    Sorry hurihaa kudhin.. Liaa balive rashun beyruga ulheythy nuliyevenii avahah… and sundayga rashah dhan… ehenve sundayga up kuraanamey mibuniii… bt liaa balaanan eyah vure kurin ves up kureveythw ingey…..

  11. Yeah says:
    October 4, 2016 at 3:06 pm

    Hithah araa hama ageyga ehme kuda dhorehvx nynanybaa ey…..faahaaanaage fenlitun arah…heheh…moya kan

    1. Sheny says:
      October 4, 2016 at 8:11 pm

      AC room hunna nama v madhu faharaku kuda dhoru hunnany.. Maybe thatx why.

  12. Sheny says:
    October 4, 2016 at 8:11 pm

    Story v reethi. Keep it up!!

  13. ken? says:
    October 4, 2016 at 8:34 pm

    alhey dn anjoo preg vaaneetha…i hate aayaa n zuleyhaa…?? btw kithah part tha meega innaanee…???

  14. Ushaa says:
    October 4, 2016 at 9:41 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethiii………

Comments are closed.

Next Episodeނުހައްޤު ލޯބި (20 ވަނަ ބައި)←


All Right Reserved!