ނުފިލާނޭ މިހިތަކުން… 28
“މަންމާ.. މަންމާ..” ކުއްލި ހަރަކާތަކާއިއެކު މެހެކްގެ އަނގައިން ޝާއިރާއަށް އިޝާރާތްކޮށް ހަޅޭކެއްގެ އަޑު ނުކުތުމާއިއެކު އެންމެންނަށް އެއްފަހަރާ ސިހިފައި ޝާއިރާއާއި ދިމާއަށް ބަލާލެވުނެވެ. ސިއްސައިގެން ދިޔަ ކަމުގައިވިޔަސް ކައިރީގައި އިން މާކިންއަށް ޚަބަރު ހުސްވަމުން ދިޔަ ޝާއިރާގެ ހަށިގަނޑު ވެއްޓުނަ ނުދީ ހިފަހައްޓާކަށް އުނދަގުލެއް ނުވިއެވެ. އޭރު ތަނުގައި ތިބި އެންމެން ޝާއިރާގެ ވަށާލައިގެން ތިބިއިރު ކައިސްއާއި މެހެކް ޝާއިރާގެ ކައިރީގައި ކަކޫ ޖަހާލައިގެން އިށީނދެއްޖެއެވެ.
“މަންމާ.. މަންމާ.. ކިހިނެތްތަ އެވަނީ ދޮންތީ؟.. ގުޅާބަލަ.. އެންބިއުލެންސަށް ގުޅާބަލަ..” އަވަސް ނޭވާތަކަކާއިއެކު ޝާއިރާއަށް ވަމުން ދިޔަ ގޮތް ފެނުމާއިއެކު ކައިސްއަށާއި މެހެކްއަށް ރޮވުނެވެ.
“ކައި ހަމަ ޖެހިބަ.. އެބަ ގުޅައޭ..” ކައިސްގެ ކަންބޮޑުވުން ފެނުމާއިއެކު ފެންކަޅިވަމުން ދިޔަ ނާޔާ އޭނާގެ ކައިރީގައި އިށީނދެލިއެވެ. އޭރު މެހެކްއަށްވެސް އިނދެވުނީ ކައިރީގައި އިން މާކިންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ.
މާ ގިނަ އިރުތަކެއް ނުވެ އެންބިއުލެންސް އައުމާއިއެކު ޝާއިރާ ރަށު ސިއްޙީ މަރުކަޒަށް ގެންދެވުނެވެ. ރަށު ފެންވަރުން ބެލެން ހުރި ކަންތައްތައް ބެލުމަށްފަހު ޝާއިރާއަށް ވީ ގޮތެއް ބުނުމަކާއިނުލާ ޑޮކްޓަރު އިރުޝާދު ދެއްވީ އެރަށާއި އެންމެ ކައިރީގައިވާ ރީޖަނަލް ހޮސްޕިޓަލަށް ވީހާވެސް އަވަހަކަށް ޝާއިރާ ގެންދިއުމަށެވެ. ހަމަ އެއާއިއެކު އިތުރަށް އެންމެ ސުކުންތެއްވެސް ބޭކާރު ކޮށްލުމަކާއިނުލާ ކައިސްއާއި މާކިން އަދި އިޝާން ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް އަވަސްވެގަތެވެ. އޭރު ހޮސްޕިޓަލުގައި ފުރާނަ ނެތް މަސްގަނޑެއް ފަދައިން އޮތް ޝާއިރާގެ އަތުގައި ހިފަހައްޓާލައިގެން ގިސްލަ ގިސްލާފައި ރޯން އިން މެހެކްގެ ގާތުގައި ޝުބާ ރޮވިފައި ހުއްޓެވެ. ދާން ބޭނުން ނުވެ ހުރެފައިވެސް ނާޔާ ގެއަށް ދިޔައީ، ކައިވެނީގެ ހެދުން ބަދަލުކޮށް ދަތުރަށް ބޭނުންވާނޭ އެއްޗެއްސާއިއެކު ދަތުރަށް ތައްޔާރުވެލުމަށެވެ.
ނަސީބު ދިމާކުރި ގޮތުން ޖެހިގެން އައި 4 ގަޑިއެއްހާއިރު ތެރޭގައި ދަތުރުގެ ތައްޔާރީތައް ވެ، ފަސޭހަ ދަތުރަކަށްފަހު ޝާއިރާ ހޮސްޕިޓަލަށް ގެންދެވުނެވެ. ޝާއިރާ ގޮވައިގެން ދިޔަ ދަތުރުގައި މެހެކްއާއި ކައިސްގެ ދެމަފިރިންގެ އިތުރުން ޝުބާއާއި އިޝާން އަދި މާކިންވެސް ބައިވެރިވިއެވެ.
ހޮސްޕިޓަލަށް ގެނުވުމާއިއެކު ޝާއިރާ އެމަރޖެންސީ ރޫމަށް ގެންދިއުމުން މެހެކްގެ ޙާލަތު ހުރީ ކުރިއަށްވުރެ ގޯސްވެފައެވެ. ކައިސްއާއި، އެހެން އެންމެންވެސް ގޮނޑިތަކުގައި އިށީނދެލައިގެން ތިބިއިރު އަވަސް ނޭވާތަކެއް ލަމުން ދެކޮޅަށް ހިނގުން ފިޔަވައި އިތުރުކަމެއް މެހެކްއަށް ނުކުރެވެއެވެ. އޭނާގެ ލޯ ކުރިމަތީގައި އެ ހަނދާންތައް އެނބުރެން ފެށީއެވެ. އެ ކަޅު އަނދިރި ރޭގަނޑުގެ އަނދިރިކަން އޭނާގެ ސިކުނޑި ފުރަމުން ދަނީއެވެ. ލޯބިވާ ދެފުރާނަ އޭނާއާއި ވަކިވި ގޮތް ހިތައް ސިފަވަނީއެވެ. އޭނާގެ މަންމަވެސް.. އޭނާގެ މަންމަވެސް އޭނާ ދޫކޮށްލަނީ ހެއްޔެވެ؟
“ނޫން..” ދެކޮޅަށް ހިނގަ ހިނގާ ހުރެފައި ކުއްލިއަކަށް މެހެކް ހުއްޓުނެވެ. އެއާއިއެކު ތަނުގައި ތިބި އެންމެންނާއިއެކު އޭނާގެ ހަރަކާތްތަކަށް ފާރަވެރިވެ އިން މާކިންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ހަމަ އެއާއިއެކު މެހެކްގެ ގާތަށް ދާން ކައިސް ތެދުވަން އުޅުމުން މާކިން އަތުގެ ހަރަކާތުން މެހެކްއާއި ހަވާލުވެއްޖައީމޭ ބުނެލައިފިއެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި މެހެކްގެ ގާތަށް ގޮސް އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހޮސްޕިޓަލުގެ ގޯތިތެރެއާއި ދިމާއަށް ހިނގައިގަތެވެ.
“ތިހާ ނެގެޓިވް ނުވެބަލަ މެހެކް.. ﷲ އެއްވެސް މީހަކަށް ނުއުފުލޭ ވަރުގެ ހިތާމައެއް ނުޖައްސަވާނެކަން ގަބޫލުކުރަންވާނެ.. ކެތްތެރިވާން ވާނެ..” ހޮސްޕިޓަލުގެ ގޯތި ތެރޭގައި ގަލުން ރާނާފައި ހުރި ގޮނޑިއެއްގައި މެހެކް ބޭންދުމަށްފަހު މާކިންވެސް ކައިރީގައި އިށީނދެލިއެވެ. އޭރު މެހެކް އިނީ އިސް ޖަހާލައިގެންނެވެ. ލަމުން ދިޔަ ފުން ނޭވާތަކާއިއެކު ލޮލުގައިވާ ކަރުނަތަށް ހީވަނީ އެސްފިޔަތަށް ފޫ އަޅުވާލާފައި ދެންމެ ދެންމެ ފައިބައިގަނެފާނެ ހެންނެވެ. ތުންފަތުގައިވާ ތުރުތުރާއިއެކު ނޭފަތް ދަމާލާ ގޮތުން ނުރޮއި ވޭތޯ މެހެކް ކުރަމުން ދިޔަ ހިތްވަރު މާކިންއަށް ނުހަނު ރަނގަޅަށް ފެނުނެވެ.
“އަހަރެން ކެތް ކުރާނީ ކިހިނެތް.. ލޯބިވާ އެންމެން.. އަހަރެން.. އަހަރެން މިހާ ބަދުނަސީބު މީހަކަށް ވީ ކީއްވެ؟..” މެހެކް އެ އިން ގޮތަށް އިނދެ ފުރަތަމަ ފަހަރަށް އޭނާގެ ނަސީބާއިމެދު ހިތުގައި ވާ ޝަކުވާ ދުލުން ބޭރުކޮށްލިއެވެ. ހިތާމައިން ފުރިގެންވާ ހާލުގައި މެހެކްގެ ތުރުތުރު ލަމުން ދިޔަ އަޑު މާކިންގެ ކަންފަތުގައި ޖެހުމާއިއެކު އޭނާގެ ލޮލުގައިވެސް ކަރުނަ ބޮނޑިވެގަތެވެ. އަވަސް ހަރަކާތަކާއިއެކު އޭނާގެ އަތުގެ ތެރޭގައި މެހެކް ހައްޔަރުކޮށްލަމުން މެއާއި ލާ ބޮނޑިކޮށްލީ މެހެކްގެ ކަރުނަތަށް ބަންޑުން ކޮށްލުމަށް ފުރުސަތު ދެމުންނެވެ. އޭނާއަށް ވެގެން ވާނަމަ ދުނިޔޭގައި ވާހާ އުފަލެއް މެހެކްއަށްޓަކައި ހޯދައި ދިނީހެވެ. އެހެން ނަމަވެސް މިއީ ދިރިއުޅުމެވެ. ދިރިއުޅުމުގައި މިފަދަ އިމްތިޙާންތަކާއި ކުރިމަތިލާން ދަސްކުރަން ޖެހޭނެއެވެ.
ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ޑޮކްޓަރު ޝާއިރާގެ ހަށިގަނޑުން އެއްފަޅި ވާގި ނެތުނުކަން ހާމަ ކުރުމާއިއެކު މެހެކްގެ އިތުރުން ކައިސްއަށްވެސް ހުރިތަނަށް ތިރިވެވުނީ ބާރަށް ރޮއިގަންނަމުންނެވެ. އެހެން ނަމަވެސް ކަސްރަތާއި، ގިނަ ދުވަހުގެ ފަރުވާއާއިއެކު ޝާއިރާގެ ބަލި ރަނގަޅު ކުރެވިދާނެ ކަމުގެ އުންމީދު ލިބުމުން އެންމެންނަށްވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.
ހައެއްކަ ގަޑިއިރު ތެރޭގައި ޝާއިރާ ހޭއަރާނެކަމާއި ހޭ އަރަން ދެން އައި ސީ ޔޫގައި އެޑްމިޓް ކުރާނެ ވާހަކަ ބުނުމުން ރޭގަނޑުގެ ބާކީ ބައިގައި ހޮސްޕިޓަލުގައި މެހެކްއާއި އެކު ޝުބާ އާއި އިޝާން އަދި މާކިން މަޑު ކުރުވުމަށްފަހު ކައިސްމެންގެ ދެމަފިރިން އަރާމުކޮށްލުމަށް ފޮނުވީ މެހެކްގެ އެދުމުގެ މަތިންނެވެ. ކައިސް ދާން ބޭނުން ނުވެފައި ހުރި ނަމަވެސް މެހެކް އެގޮތަށް ނިންމީ ނާޔާއާއި މެދު ވިސްނާލާފައެވެ. ކައިވެންޏަށް ތައްޔާރުވުމާއިއެކު ޕާޓީގެ ވަރުބަލިކަމުގައި ތިއްބާ ކުރިމަތިވީ ހާދިސާގެ ސަބަބުން ނާޔާވެސް ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެ، ދެރަވެފައިކަން މެހެކް ދެނެހުއްޓެވެ.
އަނެއް ދުވަހުގެ ހެނދުނު 8 ޖެހުމާއި ގާތްވި އިރުވެސް ޝާއިރާގެ ހާލަތަށް އިތުރު ބަދަލެއް ނާދެއެވެ. އިޝާންއާއިއެކު ހޮސްޕިޓަލްގެ ކެންޓީނުން ސައިބޮއިގެން މާކިން އައި އިރު މެހެކްއާއި ޝުބާ އައި ސީ ޔޫގެ ކުރިމަތިން ހުރި ގޮނޑިބަރީގައި އިށީނދެލައިގެން ތިއްބެވެ. އޭރު އެތަނުގައި މަންމަ ލޯ ހުޅުވާލަފާނެ ކަމުގެ އިންތިޒާރުގައި ފަރާތަކަށް ޖެހިވެސް ނުލާ މެހެކް އިންނަތާ ހައެއްކަ ގަޑިއިރު ވީއެވެ. ކާއެއްޗެއް ނުކާތާ، ފެން ފޮދެއްވެސް ބޯލަނީ މާކިން އާދޭސް ކޮށްކޮށް ވަރުބަލިވާ ފަހުންނެވެ.
“އަޅެ މެހެކް ދާން އެއްބަސް ނުވިއޭ ކެން.. އެއްޗެއް ކާލައިގެން އައިމައެއްނު ދެން އިނދެވޭނީ.. އަނބުރައިގަނެފާނެ އެހާ ގިނައިރު ވީމަ..” މާކިން އައިސް މެހެކްގެ ކައިރީގައި އިށީނދެލުމާއިއެކު ޝުބާ ކަންބޮޑުވުމާއިއެކު ޝަކުވާ ކުރަން ފެށިއެވެ. ރޭގަނޑު ނުނިދާ ހުރުމުގެ ސަބަބުން އޭނާގެ މޫނުމަތިންވެސް ވަރުބަލި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
“ދޭ ސައިބޮއިގެން އަންނަން.. އަހަރެން މަޑު ކުރާނަން.. ދޭ..” މާކިންގެ އަޑުން މިފަހަރު ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ފާޅުވުމުން ކަންނޭނގެއެވެ. އިތުރަށް ދެބަސްވުމެއް ނެތި މެހެކް ޝުބާއާއި އެކުގައި ކެންޓީނާއި ދިމާއަށް ހިނގައިގަތެވެ.
މެހެކްއާއި ޝުބާ ދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް ޝާއިރާ ހޭ އަރައިފިކަމުގައި ބުނުމުން މެހެކްއަށް ގުޅުމުގެ ބަދަލުގައި މާކިން ގަސްދުކުރީ މެހެކް އަންނަންވާއިރަށް އޭނާ ޝާއިރާ ދެކެލަން ވަނުމަށެވެ. ލަސް ފިޔަވަޅުތަކެއްގައި ޝާއިރާގެ އެނދާއި ހަމައަށް ދެވުނު އިރު މާކިންގެ އަތްފައި ފިނިވެއްޖެއެވެ. އެތައް ދުވަހަކު ބަލިވެ އުޅެފައިވާ މީހަކު ފަދައިން ޝާއިރާ އޮތް އިރު މެރިވެފައިވާ ދެލޮލުގެ ކައިރީގައި ކަރުނައިގެ އަސަރު ހުއްޓެވެ. ލަސްލަހުން، ފުން ފުން ނޭވާތަކެއް ލަމުން ދިޔައިރު ވާގި ނެތުމުގެ ސަބަބުން ޝާއިރާގެ މޫނަށް ވެރިވެފައިވާ އައިބުކަން މާކިންގެ ހިތަށް އުނދަގޫ ކޮށްލިއެވެ. މަޑުމަޑުން ޝާއިރާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެލުމަށްފަހު އޭނާގެ ފިނިވެފައިވާ އަތުގައި މާކިންގެ ދެއަތުން ބާރަށް ހިފަހައްޓާލިއެވެ. ހަމަ އެއާއިއެކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލަސްލަހުން ޝާއިރާގެ ލޯ ހުޅުވާލުމަށްފަހު މާކިންއަށް ނަޒަރު ހުއްޓާލިއެވެ.
“މިހާރު ކިހިނެތްތަ މެހެކް މަންމާ..” މާކިން ނިކަން މަޑުމައިތިރިކަމާއިއެކު މުޚާތަބު ކުރިއެވެ. އެއާއިއެކު އެސްފިޔަތައް ތެމެމުން ދިޔަ ޝާއިރާ ލޯ މަރާލަމުން މާކިންގެ އަތުގައި ހިފާ ބާރުކޮށްލުމަށްފަހު ވަރަށް އުނދަގުލާއިއެކު އަހަރެންގެ މެހެކްއަށް ދެރަގޮތެއް ނުހަދައްޗޭ ބުނެލިއެވެ.
ޝާއިރާގެ ގާތުން ނުކުތްއިރު މާކިން ހުރީ ހިމޭން ވެފައެވެ. އޭނާގެ ހަމަ ހިމޭންކަން އިޝާންއަށް ފާހަގަ ވީ ނަމަވެސް އެވަގުތު އެތަނަށް ކައިސްމެން އައުމުން އެކަމާއި ސުވާލުކޮށްލެވޭ ގޮތެއް ނުވިއެވެ. މެހެކްއާއި ކައިސް އަދި ނާޔާވެސް ކުޑަ ވަގުތުކޮޅަކަށް ޝާއިރާއާއި ބައްދަލުކޮށްލިއެވެ. ޑޮކްޓަރު ހާމަކުރި ގޮތުން އޭނާގެ ހާލަތު އިތުރަށް ގޯސް ނުވާނަމަ އެދުވަހުގެ ވަގުތެއްގައި ވާރޑަށް ބަދަލު ކުރާނެއެވެ. ޝާއިރާ ވާރޑަށް ބަދަލު ކުރުމުގެ ކުރިން އެންމެން ހަމަ ވީ ވަގުތެއްގައި މާކިން އޭނާގެ ހިތައް އުނދަގޫ ކުރަމުން ދިޔަ ވާހަކަތައް އެ އެންމެންނާއި ހިއްސާ ކުރިއެވެ. އޭނާ މިއަދު ކައިވެނީގެ ރަން ކިޔުމަށް މެހެކްގެ ގާތަށް ހެކިން ފޮނުވަން ބޭނުންވާ ވާހަކައެވެ. މެހެކްގެ މަންމަގެ އެދުން ވީހާވެސް އަވަހަކަށް ފުރިހަމަ ކޮށްދޭން ބޭނުންވާ ވާހަކައެވެ. ރަށަށް ދެވެންދެންވެސް މަޑު ކުރަން ބޭނުން ނުވާ ވާޙަކައެވެ. މާކިންގެ ވާޙަކަތައް ހިއްސާ ކުރަމުން ދިޔައިރު މެހެކްއާއި އެކު ދެން ތިބި އެންމެންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަތަކާއި ދެކޮޅު ހަދާނެ މީހަކުވެސް އެތާކު ނެތެވެ. ކޮންމެ މީހަކަށްވެސް މާކިން ފަދައިން ޝާއިރާގެ ހާލަތާއި މެދު ވިސްނާލެވެނީ ރޭގައި ހިނގާދިޔަ ކަންތައްތައް ހަނދާންވާތީއެވެ.
އެރަށުގައި އެމީހުން ތިބުމަށް ކުއްޔަށް ހިފާފައި ހުރި ގޭގައި އެއްވެސް ޙަފްލާއަކާއި ނުލާ މާކިންއާއި ކައިވެނި ކުރުމަށް މެހެކް ރަން ކީ އިރު އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ވާނީވެސް އެހެންނެވެ. އެއީ މެހެކްގެ ދެވަނަ ކައިވެނި ދުވަހެއްގައި ކުރެވުނަސް ކުރާނެ ފަދަ ހާލަތެއްކަމުގައި އެކަކުވެސް ހިއެއް ނުކުރެއެވެ. ކައިވެނީގެ ހެކިވެރިންގެ ގޮތުގައި އައީ އިޝާންއާއި އެރަށުގައި އުޅޭ ކައިސްގެ ރަހްމަތްތެރިއެކެވެ. ހާލަތުގެ ގޮތުން އެއްބަޔަކު ޝާއިރާގެ ގާތުގައި ހޮސްޕިޓަލުގައި ތިބެން ޖެހޭތީ އެވަގުތުވެސް ނާޔާއާއި ޝުބާއަށް މެހެކް ގާތުގައި ނުތިބެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



why uploadind is too late…. pls up the next part soon ……. waiting….
Why ehaa lahun thi upload kury… Haadha inthizaareh kureemey aslugaves.. ???… Ekam mibai ves vrh reethi… Vrh cute.. FINALYY they both get married dhw… ❤️❤️❤️.. Haadha cute eyyy alsu ves… U know what in my class also, there is a maakin and a mehek… There are in a relationship from gr 6…now the same relationship is continuing… There family also know that… BTW… once again vrh loabi… Laya… Can i ask u something… Hangout in fiyavaaa can we talk.. Plxx i wanna talk with u…?? Dont worry.. Im a gurl..plxxxxx… Its ok if ur not fine talking with me…i dont wanna force anyone… So its ok… Anyways… How old r u??… I wanna know ur age… Coxx mi story look like vrh bodu kuhjjeh liyefahen… Hama ehaa ves ibaaraai kurumaai sifakurunthah reethi… Love u laya… ❤️❤️❤️??.. Stay home n stay safe.. ?????
Hei dear, haadha loabi comment ekey.. Am sorry i get late posting new episodes.. but eiy hama vaguthu nuvaathy ingey..actually i am a very busy person.. and you can visit my facebook page ‘Laya’ if you want more information about my stories and updates.
Thank you so much for the support, and i actually am old 😉
Hey everyone, sorry for being too late,, 29th is submitted now 😀
Thnxxxx sooo soooo much laya.. Can u tell me how much?… If ur not ok its fine.. Im just 14 yrs.. I love reading stories…. Especially love stories… E boy kujjaa yaa hothaa vevijje hama rangalhah ves… Laya ves nuvarne eh nun ehaa handsome kudhin laakah..hiyy kathi laifi viyyaaa. ???hehe… Its for fun hingeyy.. Once agin vrh loabi story….alheyyyyyy avahah up vebala