ދިހައެއް ޖަހަންވާއިރަށް ކޯޓަށްދާން ވިޔާމް ތައްޔާރުވާން އުޅުނެެވެ.މިއަދު އޭނާގެ ހިތުގައިވަނީ ފުންމިން ނޭނގޭ ބޮޑު ޒަޚަމެއް އެޅިފައެވެ.ތައްޔާރުވާން އުޅުނުއިރުވެސް އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ. ކޯޓަށްދާން ތައްޔާރުވެ ނިމުމަށްފަހ،ު ހުރިހާ އަންނައުނުތަކެއް ފޮއްޓައް އަޅާ ތައްޔާރުކުރަން ފަރީޝާ އުޅުނެވެ.ފަހަރަކު އަންނައުނެއް ފަތްޖަހަމުންދިޔަ ފަރީޝާގެ ދެލޮލުންވެސް ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހޮރެމުންދިޔައެވެ.އެއްޗެހިތައް ޕެކުކޮށް ނިމުމުން މޭޒުމަތީގައިވާ ލޯންޗު ޓިކެޓް ނެގުމަށްފަހު އެނދުގައި ފަރީޝާ އިށީނެވެ.އަދި އެޓިކެޓާ ދިމާލަށް އޭނާ ބަލައިލިއެވެ.މެންދުރު ބާރައިގައި ފުރަން ހަމަޖެހިފައިވާ ލޯންޗުން ފުރަން ޓިކެޓްވެސް […]
ވިޔާމްމެން ކައިވެނިކުރި ފަހުންވެސް ފަރީޝާ ވަރީގެ ވާހަކަ ވިޔާމަކާ ނުދައްކައެވެ.އެހެންކަމުން ފަރީޝާ ބޭރަށް ނިކުންނަ ކޮންމެފަހަރު ވިޔާމާ ނަތާޝާއާ ދެމީހުން ތިބެނީ ލޯބިން ގައިގޯޅިކޮށެވެ.އެއީ އަބަދު އެމަންޒަރު ފެންނަން ވެއްޖެނަމަ ފަރީޝާގެ ހިތަށް އުދަނގޫވެގެން ވަރިއަށް އެދިދާނެ ކަމަށެވެ.ވީވެސް އެހެންނެވެ.އަބަދު ނަތާޝާއާ ވިޔާމާ ދެމީހުން އެކުގައި ފެންނަން ފެށުމުން ފަރީޝާގެ ހިތަށް އުދަނގޫވާން ފެށިއެވެ.އެހެންކަމުން މާލެއަށް ދިރިއުޅުން ބަދަލުކުރަން ފަރީޝާ ނިންމިއެވެ. މާލެދާން ލާރިކޮޅެއް އެއްކުރަން ވަޒީފާއަކަށް ދިޔަކަންވެސް ފަރީޝާގެ ހަރަކާތްތައް އަބަދުވެސް ގާތުން ބަލަމުންދާ ވިޔާމަށް […]
ނަތާޝާގެ ކޮޓަރީގެ ދޮރުހުޅުވާލި ފަރީޝާއަށް ވިޔާމާ ނަތާޝާ ގައިގޯޅިވެގެން އޮތް މަންޒަރުފެނި އޭނާ ހުއްޓުންއެރިއެވެ.ފަރީޝާ ކޮޓަރި ދޮރުހުޅުވާލުމުން ރުޅިވެރިކަމާއެކު ނިކުތުމަށް ވިޔާމް ބުނެލީ، ހިތުގައި އެތައްހާސް ޒަހަމުތަކެއް ލެވިފައިވާ ހާލުގައެވެ.ފަރީޝާ ޒުވާބުކުރަން ފެށުމުން ވިޔާމް ހީކުރީ އޭނާ ވަރިއަށް އެދޭނެކަމަށެވެ.ނަމަވެސް ޒުވާބުކުރުން ފިޔަވައި ވަރީގެ ވާހަކަ ނުދެއްކުމުން، ވިޔާމްމެން ކޮށްފައިވާ ޕްލޭނުގެ ދެވަނަބަޔަށް ދިޔައެެވެ.އެއީ ނަތާޝާ އޭނާގެ ދަރިއަކަށް ބަލިވެއިންކަން ދެއްކުމެވެ.އެކަން ކުރަން ގޭއެންމެން އެއްވާން ޕްލޭންކޮށްފައިވާތީ، ފަހަރަކު މީހަކު ވިޔާމްގެ ކޮޓަރިއަށް ޖަމާވަމުންދިޔައެވެ. އެމީހުން، ކޮށްފައިވާ […]
އެދުވަހުވެސް ވިޔާމް ގެއަށް އައުމުން އޭނާއާ ސުވާލުތަކެއް ކުރުން ފިޔަވައި، ވަރީގެ ވާހަަކައެއް ފަރީޝާ ނުދެއްކިއެވެ.އެހެންކަމުން ވިޔާމް އަނެއްކާވެސް ކުޅިވަރެއް ކުޅެލިއެވެ.އެއީ މާލެއިން ބޮޑު އަގުދީފައި ކަރުގައި އަޅާ ފަށެއް ގަތުމެވެ.އަދި އެފަށް ފަރީޝާއަށް ދެއްކުމުގެ ނިޔަތުގައި އޭތި ލިބުނުދުވަހު ވިޔާމް އެހިފައިގެން ކޮޓަރިއަށް ވަނެވެ.އަދި ފާހަނައަށްވަދެ ފަރީޝާ ހަދާގޮތް ބަލަން ސިއްރުން ހުއްޓެވެ.ފަރީޝާ އެގަހަނާ ފޮށި ހުޅުވި މަންޒަރާއި، ސްލިޕްކޮޅުކިޔާ، ކަރުަގައި ފަށް އެޅި މަންޒަރުވެސް އެދުވަހު ވިޔާމް ހުރީ ބަލާށެވެ.ފަރީޝާއަށް ބަލަންހުރެ ފާހަނަތެރޭގައި ވިޔާމް […]
ފަރީޝާއަށް ބޭވަފާތެރިވެއްޖެކަން ދެއްކުމަށް ކުޅިވަރެއް ކުޅެދިނުމަށް އަންހެންކުއްޖަކު ބޭނުންވާ ވާހަކަ ވިޔާމް ވަސީމާއަށް ބުންޏެވެ.ވިޔާމްގެ އެވާހަކައާ ދޭތެރޭ ވަސީމާ ވިސްނާލިއެވެ.ދިރިހުރުމުގެ އުންމީދު ގެއްލިފައިވާ އޭނާގެ ކޮއްކޮގެ އެދުން ފުރިހަމަކޮށްދެން ވަސީމާ ބޭނުންވިއެވެ.އެކަން ކޮށްދިނުމަށް ހޯދާނެ އަންހެންކުއްޖަކާ ދޭތެރޭގައި ވަސީމާ ވިސްނަން ފެށިއެވެ.ވަރަށް ވިސްނުމަށްފަހު ވަސީމާގެ ބޮލަށް އައީ ހަމަ އެންމެ ނަމެކެވެ.އެއީ އޭނާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަތާޝާއެވެ.ނަތާޝާއަކީ އަހުލާގު ރަނގަޅު ބަލާލަންވެސް ހުތުރު ކުއްޖަކަށް ނުވާތީ، އެކަމަށް އެންމެ އެކަށޭނީ އޭނާކަން ވަސީމާއަށް އިހުސާސްކުރެވުނެވެ.އެހެންނަމަވެސް […]
ވިޔާމްގެ ފަރާތުން މާމަ ދަރިއަކު، ވިޔާމްގެ މައިންބަފައިން ބޭނުންވާ ވާހަކަ އަބަދު ދައްކާތީއާއެކު ދެމީހުން ޓެސްޓުކުރަން، ފަރީޝާ ވިޔާމަށް އެދުނެވެ.އެހެންކަމުން ކުރިން ޑަކުޓަރާއެކު ރާވާފައި އޮތްގޮތަށް ވިޔާމް ފަރީޝާ ގޮވައިގެންދިޔައީ ވަސީމާގެ ރަހުމަތްތެރި ޑަކުޓަރުގެ ގާތަށެވެ.އެހެންނަމަވެސް އެއީ ވަސީމާގެ ރަހުމަތްތެރިއެއް ކަމެއް ފަރީޝާއަކަށް ނޭނގޭނެއެެވެ.ފަރީޝާގެ މައްސަލައެއް ނޫޅޭނަމަ ވިޔާމް ޓެސްޓުކުރާގޮތަށް، ވިޔާމްގެ އެދުމުގެމަތިން އެދުވަހު ޓެސްޓުކުރީ ފަރީޝާ އެކަންޏެވެ. އެދުވަހުގެ މެންދުރުގެ ވަގުތު، ޑަކުޓަރު އަސްލު ނަތީޖާާ ލިބުނުވާހަކަ ބުނަން ވިޔާމަށް ގުޅިއެވެ.ޑަކުޓަރު ބުނިގޮތުގައި ދަރިން ލިބުމުގައި […]
“އެދެލޮލުން ކަރުނަ ފެންނަ ކޮންމެފަހަރަކު މިހިތަށް ހާދަ އަސަރެއްކުރެޔޭ މަންމާ…މިރޭވެސް އޭނަ ރުއި” ވިޔާމް ރޮމުން ބުނެލިއެވެ.ވިޔާމަށް ވަރަށް ބޮޑަށް ރޮވުނެވެ.އޭނާއަށް ރޮވުނުވަރުން ނޯށުންވެސް ފެން އަންނަން ފެށިއެވެ. “ދަރިފުޅު ތިހާ ދެރަވަންޏާ ދަރިފުޅަށް ކެންސަރުޖެހިފަ ހުރިވާހަކަ ފަރީޝާ ކައިރި ބުނަންވީނު” ވިޔާމްގެ ބޮލުގައި ފިރުމަމުން އޭނާގެ މަންމަ ބުނެލިއެވެ.މަންމަ އެހެންބުނުމުން ވިޔާމަށް ކެންސަރުޖެހިފައިވާކަން އެނގުނު ދުވަހުގެ ހަނދާން އޭނާއަށް އަާވިއެވެ. ********** އެއީ މީގެ ހަތަރުއަހަރު ކުރިއެވެ.ވިޔާމް އަބަދުވެސް އޭނާގެ ބަނޑުގައި ދޭތެރެއަކުން ރިއްސާތީއުޅެއެވެ.ނަމަވެސް އޭރު މާބޮޑަށް […]
ވިޔާމް ކާތައްޓަށް ބަލަންއިނދެ ކެއުން ކުރިއަށް ގެންދިޔައެވެ. “ވިޔާމް ފަރީޝާ މާލެދާން މިއުޅެނީ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމާއެކު ވިޔާމް ކޮށިއެރިއެވެ.އެވަގުތު ފަރީޝާ އަވަހަށް ވިޔާމަށް ފެންތަށި ދިއްކޮށްލިއެވެ. “މާލޭގަ ކޮންތާކު ހުންނަން؟” ފެންފޮދެއް ބޯލުމަށްފަހު، ވިޔާމް އަހާލީ އާދައިގެ ރާގަކަށެވެ. “ވަޒީފާއަކަށް ވަދެ ތަނެއް ކުއްޔަށް ނަގައިގެން އުޅޭނީ” ފަރީޝާ ބުނެލީ ވިޔާމަށް ބަލަންއިނދެއެވެ. އެވަގުތު މަލާމާތުގެ ހިނިގަނޑެއް ވިޔާމް ޖަހާލިއެވެ. “މާލެގޮސް އުޅޭނެހާ ފެންވަރު ފަރީޝާ ގައިގައި އެބަހުރިތަ؟…އެތަނަށް ދާބޮނޑިން ވަޒީފާއެއްވެސް ނުލިބޭނެ…އަތުގަ ލާރި ނެތި […]
“ނަތާޝާއާާ ދިމާލަށް އެއްޗެހިކިޔާ ނުހަދާތި…އޭނައަކީ މާބަނޑުމީހެއް އޭނައަށް ކަމޭހިތަންވާނެ…ވިޔާމާ ނަތާޝާއާ ދެމީހުން މިހަފްތާގަ ކައިވެނިކުރާނެ…..ރޭގަ ކާގެތެރޭގަ ތިބެގެން އެމަޝްވަރާ އަހަރެމެން ކުރީ….ވިޔާމަކަށް ނަތާޝާ ނެރެއެއްލައެއް ނުލެވޭނެ އެއީ އޭނަގެ ބަނޑުގަ އެވަނީ ވިޔާމްގެ ލޭ…އެހެންވީމަ އެންމެ ރަނގަޅުގޮތަކީ އެދެމީހުން ކައިވެނިކުރުން…އަހަންނަށްވެސް އިނގޭ ފިރިމީހާ އެހެންމީހަކާ އިންނަ މަންޒަރު ފެނުމުން ހިތަށް އަސަރުކުރާނެކަން އެހެންވެ މިވާހަކަ ފަރީޝާ ގާތު މިބުނެލީ ކުރީބައިގަ” މައިދައިތަ އެެހެންބުނުމުން ފަރީޝާ މައިދައިތައާ ދިމާލަށް ބަލައިލިއެވެ. ***** ހެނދުނުގެ ސައިގަނޑި ޖެހުމުން ފަރީޝާ ފިޔަވައި އެންމެންވެސް […]