Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (39)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 15, 2022 3 Mins Read
0 Comments

އަށެއްޖެހުމާއެކު ފަރީޝާ ފިހާރައަށްދާން ނައްޓާލިއެެވެ.ކުރިން އޭނާ މާލެ އައިސްފައިވުމުން އޭނާއަށް މާލެތެރޭގައި އުޅުން އުދަނގޫކަމަކަށް ނުވިއެވެ.ހިނގަމުންދިޔަ ފަރީޝާއަށް ފޯނުވިއްކާ ފިހާރައެއް ފެނުމުން އެތަނަށް ވަނެވެ.އަދި އޭނާ އެއްކުރި ރުފިޔާއިން ހެޔޮއަގެއްގައި އާދައިގެ ޓަޗްފޯނަކާ ސިމެއް ގަތެވެ.ފޯނު ގަނެގެން ކޮޓަރިއަށް ވަތް ފަރީޝާ އޭނާގެ އާފޯނަށް، ގަތް ސިމްކޮޅު ލައްވާލުމަށްފަހު، އެފޯނު ޗާޖަށް ޖެހިއެވެ.އަދި ކުރީގެ ފޯނު ފޯމެޓްކޮށްލުމަަށްފަހު ޑަސްބިންތެރެއަށް އެއްލާލަން ލިއެވެ.

*****

ހެނދުނު އިރުއެރުމާއެކު ހެނދުނު ސަޔަށް ކުޑަގޮތެއް ހަދާލައިގެން ފަރީޝާ ނިކުތީ ވަޒީފާއެއް ލިބޭތޯއެެވެ.ރޭގައި އައިބޭވެސް އޭނާ ބެލިއެވެ.ވަޒީފާއެއް ލިބޭތޯއެެވެ.ނަމަވެސް އިއުލާންކޮށްފައި ހުރި ވަޒީފާތަކަށް އޭނާގެ ޝަރުތު ހަމައެއްނުވެއެވެ.އެހެންކަމުން ފިހާރައަކުންވިޔަސް ވަޒީފާއެއް ލިބޭތޯ އޭނާ ނިކުތެވެ.ހިނގަމުންދިޔަ ފަރީޝާއަށް އޮފީހެއްގެ ކައިރިއަށް އާދެވުނެވެ.އެތާގެ ބޭރުގައި ވަޒީފާއަކަށް އިއުލާންކޮށްފައިވެއެވެ.އެހެންކަމުން އޭނާ އެތަނަށް ވަނެވެ.އިއުލާންކޮށްފައިވާ ވަޒީފާއަކީ މަސައްކަތު މީހެއްގެ ވަޒީފާއެވެ.ކުރަންޖެހޭ މަސައްކަތަކީ އޮފީސްވަގުތު އޮފީސް މުވައްޒަފުންނަށް ކޮފީ ގެންގޮސްދިނުމާއި ތަންފޮޅާ ސާފުކުރުމުގެ އިތުރުން އޮފީހުގައި ހުންނަ ފައިލްފަދަ ތަކެތި ތަރުތީބުކުރުމެވެ.

އަށްގަނޑިއިރުގެ ޑިއުޓީ ކުަރަންޖެހޭއިރު މަހަކު ދިހަހާސް ލިބެއެެވެ.އެހެންކަމުން އެވަޒީފާއަށް ކުރިމަތިލާން ފަރީޝާ ނިންމިއެވެ.ވަގުތަކީ ތަނުގެ ބޮޑުމީހާވެސް ހުރިވަގުތަކަށްވާތީ ބޮޑުމީހާ ފަރީޝާގެ އިންޓަވިއުކުރިއެވެ.މަހަކު ދިހަހާސް ރުފިޔާ ލިބުނަސް އޭނާގެ މަސައްކަތަށްބަލާ ރަނގަޅިއްޔާ މުސާރަ ފަހުން ބޮޑުކޮށްދޭނަން ކަމަށް ބޮޑުމީހާ ފަރީޝާގާތު ބުންޏެވެ.ފަރީޝާގެ އިންޓަވިއު ނިންމާލީ ވީހާވެސް އަވަހަކަށް މަސައްކަތު މީހެއް ބޭނުންވާތީއާއެކު މާދަމާ ވަޒީފާއަށް ނިކުތުމަށް ބޮޑުމީހާ އޭނާ ގާތު ބުނުމަށްފަހުއެވެ.

އެތަނުން ނިކުތް ފަރީޝާހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ.އެއީ އުދަނގުލަކާނުލާ މުސާރަ ރަނގަޅު ވަޒީފާއެއް އޭނާއަށް ލިބުމުންނެވެ.ދެން ފަރީޝާ އަވަސްވެގަތީ އޭނާގެ އޮފީހާ ކައިރިން މަހު ކުއްޔަށް ހެޔޮއަގެއްގައި ދޭ އެއްކޮޓަރީގެ އެޕާޓްމެންޓެއް ލިބޭތޯއެވެ.ދުވަހު ކުއްޔަށް އުޅެންވެއްޖެނަމަ އޭނާގެ އަތުގައި ހުރި ފައިސާ ހުސްވެދާނެތީއެވެ.އެހެންކަމުން  ކުއްޔަށްދޭ ތަނެއް ފެނޭތޯ ފަރީޝާ ހިނގަމުންދިޔައެވެ.

ހިނގަމުންދިޔަ ފަރީޝާއަށް އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްދޭ އިއުލާން ގެއެއްގެ ބޭރުގައި ހަރުކޮށްފައި ހުރިތަން ފެނުނެވެ.ގެއަކީ ފުދޭވަރަކަށް ބާވެފަހުރިތަނެކެވެ.އެހެންނަމަވެސް ފަހުން ރަނގަޅުތަނަކަށް ބަދަލުވުމުގެ ނިޔަތުގައި އެތަން ލިބިއްޖެނަމަ ހިފާގޮތަށް، އިއުލާނުގައިވާ ނަންބަރަށް ފަރީޝާ ގުޅާލިއެވެ.ކުޑަހިނދުކޮޅެއްގެ ތެރޭގައި އެކޮޅުން ފޯނު ނެގިއެވެ.ކުއްޔަށްދޭް ކަމަށް އިއުލާނުކޮށްފައި އިންވާހަކަ ފޯނުނެގި މީހާއަށް ފަރީޝާ ބުންޏެވެ.އަދި މިހާރު ގެ ބަލާާލެވިދާނެތޯވެސް އެމީހާގާތު ފަރީޝާ އެދުނެވެ.

ވަގުތަކީ އެމީހާވެސް ހުސްވަގުތެއް ކަމަށްބުނެ އޭނާ ބޭރަށް ނިކުތެވެ.މުސްކުޅި ފުރައިގެ އެމީހާ ފެނުމާއެކު އޭނާއާއެކު ތަންބަލަން ފަރީޝާ ވަނެވެ.ކުޑަކުޑަ އެތަނަކީ އެކަކު އުޅެން ރަނގަޅުތަނަކަސް، އާއިލާއަކަށް އެކަށީގެންވާ ތަނެއް ނޫނެވެ.ގެ ކިތަންމެ ބަލަސް އެމީހުންވަނީ ކުއްޔަށް ދިނުމުގެ ގޮތުން އެތަން މަރާމާތުކޮށް ފަރުނީޗަރުތައްވެސް އާކޮށްފައެވެ.އެެހެންކަމުން މުޅިގެ ބަލަސް އެ އެޕާޓްމެންޓް އެހާ ބާހެނެއް ހިއެއްނުވެއެވެ.

އެގެއަކީ އެދެމަފިރިންނާއި އެމީހުންގެ ތިންކުދިން ދިރިއުޅެމުންދާ ގެއެއްކަަމަށް ފަރީޝާގާތު އެމީހާ ކިޔައިދިނެވެ.ދަރިން ބޮޑެތިވެ އެކި ތަންތަނަށް ދިރިއުޅުން ބަދަލުކުރުމުން، ހަތަރު ބުރީގެ އެއިމާރާތުން އެއްބުރީގައި އެދެމަފިރިން އުޅެފައި ބާކީ ހުންނަ ތިން ބުރި ކުއްޔަށްދެނީ ކަމުގައި އެމީހާ ބުންޏެވެ.ތަނުގެ ޖާގައިގެ ކުޑަކަމުން ކޮންމެމީހަކުވެސް ބަލާފައި ނުހިފާ ދަނީކަމުގައި އެމީހާ ފަރީޝާއަށް ބުންޏެވެ.އެކަމަކު ފަރީޝާ ތަން ހިފާނަމަ އަށްހާހަށްދޭ އެއެޕާޓްމަންޓު ހަހާހަށް ކުޑަކޮށްދޭނަންކަމަށް އެމީހާ ބުންޏެވެ.

އެމީހާ އެހެންބުނުމުން އެތަންހިފަން ފަރީޝާ ނިންމިއެވެ.ހުރިހާ ފަރުނީޗަރަކާއެކު އެއަގު ފަރީޝާއަށް ކަމުދިޔައެވެ.އެޑްވާންސާއެކު އެއްމަހުގެ ކުލި އޭނާ އެއްކުރި ރުފިޔާއިން ދެއްކުމަށްފަހު އެތަނަށް ބަދަލުވާން އޭނާގެ ފޮށި ބަލާ ކުލީ ކޮޓަރިއަށް ދިޔައެވެ.

ފޮށި ހިފައިގެން އައި ފަރީޝާ އަންނައުނުތައް ނަގާ ފޮށި ހުސްކުރުމަށް ތައްޔާރުވިއެވެ.ފޮށި ހުޅުވާލި ފަރީޝާއަށް އޭގެ އެެތެރޭގައިވާ ސިޓީއުރަ ފެނުމުން އެނެގިއެވެ.އަދި އެއާ ދޭތެރޭ އޭނާ ވިސްނާލިއެވެ.ފޮއްޓައް ސިޓީއުރައެއް ލި ހަނދާނެއް ފަރީޝާ ނުވެއެވެ.އެހެންކަމުން އޭގައިވާ އެއްޗެއް ބަލާލުމުގެ ނިޔަތުގައި އޭނާ އޭތި ކަނޑާލިއެވެ.

ސިޓީއުރަ ކަނޑާލި ފަރީޝާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.އޭގައިވަނީ ގިނައަދަދެއްގެ ނަގުދު ފައިސާއެވެ.ހުސް ފަސްސަތޭކައިގެ ނޫޓް ތަކެކެވެ.އެއީ ކިހިނެއް އޭނާގެ ފޮއްޓައް އައިސްފައިވާ ރުފިޔާތަކެއްބާވައޭ ފަރީޝާގެ ހިތަށް އެވަގުތު އެރިއެވެ،ވިސްނަން އިނުމަށްފަހު އެރުފިޔާތައް އޭނާ ގުނާލިއެވެ.އޭގައިވަނީ ތިރީސްހާސް ރުފިޔާއެވެ.އެރުފިޔާތައް ގުނާ ނިމުމުން އޭނާއަށް ވިޔާމްގެ ހަނދާންވިއެވެ

އޭނާ މާލެދާން އުޅޭ ޚަބަރު ވިޔާމަށް ދިންރޭ ވިޔާމް އޭނާ ކައިރި ރުފިޔާ ބޭނުންވަނީތޯ އަހާ މަލާމާތުގެ ރާގަށް ބޭނުންވަނީ ކިހާވަރެއްތޯ އަހާ އެކި އަދަދު ބުނި ހަނދާން ފަރީޝާ ވިއެވެ.އެހެންނަމަވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލަކީ އެހާ ގިނަ އަދަދެއްގެ ފައިސާ އޭނާއަށް ވިޔާމް ދީފަނެބާއެވެ.އެއީ ކޮން ރުފިޔާއެއްތޯ ޔަގީންކުރަން ވިޔާމްގެ ނަންބަރަށް ގުޅާލަން ފަރީޝާގެ ހިތަށްއެރިއެވެ.އެހެންކަމުން ހިތުދަސްވެފައިވާ ވިޔާމްގެ ނަންބަރު ފަރީޝ،ާ އޭނާގެ ފޯނުގައި ޖަހާލިއެެވެ.އަދި ގުޅަން އުޅެފައިވެސް އޭނާ ވިސްނާލިއެވެ.

ވިޔާމަށް ގުޅުން އެއީ ރަނގަޅުކަމެއްބާވައޭ ފަރީޝާގެ ހިތަށް އެރިއެވެ.އެހެން ހިތަށް އެރުމުން ފޯނުގައި ޖަހާފައިވާ ވިޔާމްގެ ަނަންބަރު ފަރީޝާ ފުހެލިއެވެ.އަދި އެރުފިޔާއާ ދޭތެރޭގައި އޭނާއަށް ވިސްނެން ފެށިއެވެ.ފަހަރުގައި އެއީ ވިޔާމްދިން އެއްޗަކަށް ނުވެދާނެއޭ ފަރީޝާގެ ހިތް ބުންޏެވެ.ފަހަރުގައި ލޯންޗު ތެރެއިން އޮޅިގެން މީހަކަށް އޭނާގެ ފޮއްޓައް ލެވުނު ރުފިޔާތަކެއް ކަމުގައި އެރުފިޔާތައް ވެދާނެއޭވެސް ފަރީޝާގެ ހިތަށް އެރިއެެވ.ެ

ވަރަށް ވިސްނުމަށްފަހުވެސް އޭނާއަށް ޖަވާބެއް ސިކުނޑިއަށް ނައުމުން އެންމެފަހުން އެރުފިޔާތައް ސިޓީއުރައާއެކު އަލަމާރިއަށްލާ ފޮރުވިއެވެ.އަދި ކޮންމެވެސް ދުވަހަކުން އެއީ ކިހިނެއް އޭނާގެ ފޮއްޓައް އައި އެއްޗެއްކަން އެނގިދާނެއޭ ފަރީޝާގެ ހިތަށްއެރިއެވެ.

**********

ހެނދުނު އަށެއްޖެހުމުން ވިޔާމާ އޭނާގެ މައިންބަފައިން މާލެދާން ފުރިއެވެ.މާލޭގެ ބަނދަރަށް ލޯންޗު ގާތްކުރުމުން އޭގެން އެމީހުން ފޭބިއެވެ.ލޯންޗުން ފޭބީއްސުރެ އެމީހުން ކުއްޔަށްހިފި ކޮޓަރިއާހަމައަށް ކާރުގައި ދެވެންދެން ވިޔާމްގެ ކަމަކަށްވީ މުޅިތަން ހޯދުމެވެ.އޭނާ އެވަރަކަށް ހޯދީ ފަރީޝާ ފެނޭތޯއެވެ.ނަމަވެސް އޭނާއަށް ފަރީޝާއެއް ނުފެނުނެވެ.

ކޮޓަރިއަށް ވަދެ އެއްޗެހިތައް ބެހެއްޓުމަށްފަހު، ވިޔާމް އެބައަންނަން ކަމަށްބުނެ ބޭރަށް ނިކުތެެވެ.މުޅި މާލޭގައި ކަހަލަގޮތަކަށް އޭނާ އެދުވަހު ހިނގިއެވެ.ފަރީޝާ ފެނޭތޯއެވެ.ފަރީޝާ ފެނިއްޖެނަމަ އޭނާއާ ދިމާލަށް ދުރުން ބަލަން ހުރުމުގެ ނިޔަތުގައެވެ.އެމޫނު ދެކެން ވިޔާމް އިންތިހާއަށް ހުރީ ބޭނުންވެފައެވެ.

އެތައް އިރަކު އޭނާއަށް ހިނގުނުއިރުވެސް ފަރީޝާއެއް ނުފެނުނެވެ.އެހެންކަމުން މާޔޫސްކަންމަތީގައި ވިޔާމް އެނބުރި އެމީހުން ހިފި ކޮޓަރިއަށް ދިޔައެވެ.އަދި އިންޑިއާއަށް ފުރަން ތައްޔާރީތައް ވާން އުޅުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޔާރާ ފެނުނީމާ 8

Next

ތިހަނދާން

Next
March 15, 2022

ތިހަނދާން

Previews
March 13, 2022

ޔާރާ ފެނުނީމާ 8



All Right Reserved!