Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

މަދަދުވެރިޔާ (10)

lamhus Level 910 Stories100 Login500 Login100 Stories100 Comments
September 24, 2022 3 Mins Read
0 Comments

އަޅެ އެމީހުން އެގުޅަނީ ލަސްވެގެނޭ ރުފިޔާ ދޭށޭ” ޚަދީޖާއާ ދިމާލަށް އާނިމް އަޑުގެކޮޅަށް އަމުރުވެރި ރާގަކަށް ހަޅޭއްލަވައިގަތެވެ. އާނިމް އެހާ ލަދުކުޑަކޮށް އޭނާއާ ދިމާލަށް ހަޅޭއްލަވައިގަތުމުން އެރި ރުޅިން އާނިމްގެ ކަންފަތްމަތީގައި ޚަދީޖާ ޖެހިއެވެ. :”މަގޭ ކުރިމަތީގަ އަޑުގެކޮޅަށް ހަޅޭއްލަވާ ހަދާއިރު ކަލޭއަކަށް ނޭނގޭތަ މަމީ ކަލޭގެ މަންމަކަމެއް” ވަރަށް ރުޅިއައިސްފައި ޚަދީޖާ ބުނެލިއެވެ ދުވަހަކުވެސް އާނިމްގެ ގައިގައި ރުޅިއައިސްގެން ޖަހައިފައިނުވާ ޚަދީޖާ، މިއަދު އާނިމްގެ ކަންފަތްމަތީގައި ޖެހެވުމުން ހިތަށް އަސަރުކުރިއެވެ.އެހެންނަމަވެސް އެކަން އޭނާ އާނިމަކަށް ނުދައްކައެވެ.ޚަދީޖާ ކަންފަތްމަތީގައި ޖެހުމުން އާނިމަށްވެސް އޭގެ އަސަރުކުރިއެވެެ.ވަގުތުން އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.ނަމަވެސް ދެރައަށްވުރެ އަރައިފައިވާ ރުޅިގަނޑު އާނިމްގެ މާ ގަދައެވެ.

ޚަދީޖާ އާނިމްގެ ކަންފަތްމަތީގައި ޖެހުމުން، އެރި ރުޅިންނާއި ވިދެރައިން،  ޚަދީޖާގެ ގައިގައި ޖަހަން އާނިމް އަތް އުފުލާލިއެވެ.ނަމަވެސް އެއީ އޭނާގެ މަަންމައަށްވީތީ ޖަހަން ނެގި އަތް މަޑުމަޑުން އާނިމް ތިރިކޮށްލިއެވެ. “ޖަހަންތަ ތިއަތް ނެގީ؟..ޖަހާ ޖަހާބަލަ މަމިހުރީއޭ ޖަހާބަލަ ތަޅާ އަނިޔާކޮށްބަލަ…މަރާލިއަސް މިއަދު ލާހިކެއްނޫން މައަތުން ރުފިޔާ ގެންދާކަށް” އާނިމް ޖަހަންވެގެން އަތް އުފުލާލުމުން ޚަދީޖާ ރުޅިވެރިކަމާއެކު އެހެން ބުނެލިއިރު، ހިތަށްކުރި އަސަރަކުން އޭނާގެ ދެލޯ ކަރުނައިން ތެމުނެވެ.

“އަހަންނަށް ކިހިނެއް ހަދަންތަ ތިއުޅެނީ؟…އަހަރެން މީ ކަލޭގެ ދަރިއަކަށްވިއަސް މަށަކަށް ބޭނުންހާ ގޮތެއް ކަލެއަކަށް ނުހެދޭނެ….އަހަރެން ޖަހަން އަތްނަގާފަވެސް އަތް މިތިރިކުރީ ތިއަންހެނާއަށް ކުރާ އިހުތިރާމަކުން…ތީ މަންމައަށްވާތީ”  ރުޅިއައިސްގެން ތުރުތުރުއަޅާ ހާލު އާނިމް ބުނެލީ އަދަބުކުޑަ ބަސްތަކުން ޚަދީޖާއަށް މުހާތަބުކުރަމުންނެވެ. “އިހުތިރާމޭ؟…ތީތަ އިހުތިރާމަކީ ހަޑިހުތުރުބަހުން އަަހަންނާ މުހާތަބުކޮށް ތީތަ އިހުތިރާމަކީ..ތީތަ އަހަންނާ ކަލޭގެ ބައްޕަ ކަލެއަަށް ދަސްކޮށްދިން ގޮތަކީ؟” ޚަދީޖާއަށް ހަމަރަނގަޅަށްވެސް ރޮވުނެވެ.ނަމަވެސް މިފަހަރުވެސް އާނިމްގެ ހިތަކަށް އެއްވެސް އަސަރެއްނުކުރިއެވެ.އޭގެ ބަދަލުގައި ޚަދީޖާ ރޯންފެށުމުން އާނިމްގެ ރުޅިގަނޑުވީ ހައްތަހާ ގަދައެވެ

އާނިމް އަރައިގެން ރުޅިން އެއްޗެހިތައް ގޮވަމުން ތަނުގައިހުރި ގޮނޑިއާއި އެހެނިހެން ސާމާނުތައް އުކަން ފެށިއެވެ.އެހެންނަމަވެސް މިފަހަރުވެސް ޚަދީޖާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ.އާނިމްގެ ރުޅިގަނޑު ތަނުގައި ހުރި ސާމާނުތަކަށް ބާލަމުންދިޔައިރު ޚަދީޖާ  ހުރީ އެމަންޒަރު ބަލާށެވެ.ތެލިތަކާ ވަޅިތަކާ ސަމުސާތަކަށް ދާންދެން އުކަމުންދިޔަ އާނިމަށް ޚަދީޖާގެ ކޮޓަރީގެ ތަޅުދަނޑި ސޯފާ މަތީގައި އޮތްތަން ފެނުނެވެ.ތަޅުދަނޑި ފެނުމާއެކު،ކުއްލިއަކަށް ސޯފާ މަތިން ތަޅުދަނޑި ނެގުމަށްފަހު، ޚަދީޖާގެ ތަޅުލާފައިވާ ކޮޓަރީގެ ދޮރުހުޅުވަން އެދިމާލަށް އާނިމް ހިނގައިގަތެވެ.

އާނިމް ތަޅުދަނޑި ނަގައިގެން ކޮޓަރިއާ ދިމާލަށް ދާތަން ފެނުމުން ތަޅުދަނޑި ދޭން ބުނެ އޭނާގެ ފަހަތުން ކަހަލަގޮތަކަށް ޚަދީޖާވެސް ދިޔައެވެ،ނަމަވެސް އާނިމަށް އޭނާގެ މަންމަގެ އަޑު ނީވޭފަދައެވެ.ޚަދީޖާ އޭނާއަށް ގޮވަގޮވާ އޮއްވާ ކޮޓަރި ހުޅުވައިގެން އަލަމާރިން ރުފިޔާ ދަބަސް ނަަގަން އާނިމް އުޅުނެވެ.ބަލިކޮށް އުޅުނުނަމަވެސް އާނިމްގެ ފަހަތުން ޚަދީޖާއަށް ލެވުނުބާރެއްލާފައި ކޮޓަރިއަށް ވަނެވެ.އަދި އެވަގުތު އާނިމް އަލަމާރި ހާވައިގެން ރުފިޔާ ދަބަސް ނެގިތަން ޚަދީޖާއަށް ފެނުނެވެ

ތި ދީ އާނިމް…ތިރުފިޔާ ދަބަސްދީ” އާނިމްގެ އަތުގައި އޮތް ރުފިިޔާ ދަބަސް ދިނުމަށްއެދި ، ި އޭނާގެ ގާތަށްދަމުން ޚަދީޖާ ބުނެލިއެވެ.ނަމަވެސް އާނިމް މަސައްކަތްކުރީ އެދަބަސް ހިފައިގެން ކޮޓަރިން ނިކުތުމަށެވެ. އެހެންކަމުން އެދަބަސް އަތުލަން ޚަދީޖާ މަސައްކަތްކުރިއެވެ.އެގޮތުން އާނިމް ހުއްޓުވޭތޯ އޭނާގެ އަތުގައި ޚަދީޖާ ހިފިއެވެ.އެވަގުތު ރުޅިއައިސްަފައި ހުރި އާނިމް ، ޚަދީޖާގެ އަތް ފޮޅުވާލިއެވެ.އެއާއެކު ޚަދީޖާ އަރިއަޅާލިއެވެ.ޚަދީޖާ އަރިއަޅާލުމުންވެސް އެކަމަށް އެއްވެސް ސަމާލުކަމެއް އާނިމް ނުދިނެވެ.ވެއްޓެންދިޔަ ޚަދީޖާއަށް އަތްޖެހެވުނީ އެނދުގެ ކަނެއްގައެވެ.އަތް އެނދުގެ ކަނުގައި ޖެހުނުލެއް ބާރުކަމުން ޚަދީޖާގެ އަތް މެށި ލޭއައެވެ.އެހެންނަމަވެސް ވަރަށް ހިތްވަރުކޮށްލާފައި  ދަބަސް އަތުލެވޭތޯ ޚަދީޖާ ތެދުވިއެވެ.

އާނިމްގެ ފަހަތުން ކޮޓަރިން ނިކުންނަން ޚަދީޖާ މަސައްކަތް ކުރިނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ.ޚަދީޖާއަށް އެކޮޓަރިން ނުނިކުމެވިގެން އުޅެނިކޮށް އާނިމް ކޮޓަރީގެ ދޮރުޖަހާ ބޭރުން ތަޅުލިއެވެ.އެއާއެކު ކޮޓަރިތެރޭގައި ޚަދީޖާ ބަންދުވިއެވެ.އާނިމްގެ ނަމުން ގޮވާ ދޮރުހުލުޅުވުމަށް ބުނެ ޚަދީޖާ ދޮރުގައި ތަޅަންފެށިއެވެ .ޚަދީޖާ އޭނާއަށް ގޮވަމުންދިޔައިރުވެސް އެއަޑު އާނިމަށް ނީވޭފަދައެވެ. ދަބަހުން ހުރިހާ ރުފިޔާތަކެއް ނެގުމަށްފަހު، ދަބަސް ސިޓިންރޫމުތެރެއަށް އެއްލާލިއެވެ.އަދި ރުފިޔާތައް އޭނާގެ ވޮލެޓަށް އަޅާލުމަށްފަހު، ހިނިތުންވުމަކާއި އެކު، ސިޑިން ތިރިއަަށް އޭނާ ފައިބަން ދިޔައެވެ.

**************

ހިނިތުންވެހުރެ ތުނބުން އަޑުލައްވަމަުން އާނިމް ސިޑިން ފައިބަމުންދިޔައިރު އެމޫނުމަތިން، ދެރައިގެ އެއްވެސް ނިޝާނެއް ނެތެވެ.އޭގެ ބަދަލުގައި އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެ، ހިތްހަމަޖެހިފައެވެ.އޭނާގެ އުފަންމަންމަ ކޮޓަރިއަށްލާ ބޭރުންތަޅުލާފައި ދާހެންވެސް ހީނުވާފަދައެވެ.މަންމައަށްވުރެ އާނިމަށް މުހިންމުވީ ފައިސާއެވެ. އާނިމް ސިޑިން ފައިބަމުންދިޔައިރު ޝައިނާ ސިޑިންމައްޗަށް އަރަނީއެވެ.ޝައިނާއަށް އާނިމް ފެނުމާއެކު، އެހެންފަހަރުތަކެކޭވެސް އެއްފަދައިން،  އޭނާ ދިޔައީ ސިހިގެންނެވެ.އާނިމަށް ޝައިނާ ފެނުމާއިއެކު ނުލަފާގޮތަކަށް ހިނިތުންވެލިއެވެ.އެމަންޒަރު ފެނުމާއެކު ޝައިނާ އަވަސްއަވަހަށް ސިޑީގެ އެއްފަރަާތަކަށާް ޖެހުނެެވެ.

ނުލަފާ ހިނިތުންވުމަކާއި އެކު ފައިބަމުންދިޔަ އާނިމް، ޝައިނާއާ ގާތްވަމުންދިޔައެވެ.އެއާއެކު ޝައިނާގެ ހިތް ބިރުންގޮސް ގަދައަށް ތެޅެމުންދިޔައެވެ .”ޕޮެއް…ނިންޖާ ކިހިނެއް؟” ޝައިނާއާ  އަރާހަމަވުމަށްފަހު އާނިމް އޭނާއަށް ފުރައްސާރަކޮށްލުމުގެ ނިިޔަތުގައި ބުންޏެވެ.އާނިމްގެ އެއަމަލުން ޝައިނާ އިތުރަށް ސިހިގެންދިޔަ ނަމަވެސް އާނިމަށް ޖަވާބުދިނުމެއްނެތި، ޝައިނާ އެތަނުން ދާން މަސައްަކަތްކުރިއެވެ.ނަމަވެސް އާނިމް އޭނާ ދިޔަނުދީ ސިޑިމަތި ބަންދުކޮށްލިއެވެ.އާނިމްގެ އެހަރަކާތްތަކުން ޝައިނާ ގަނެފައިވާ ބިރު އިންތިހާއަށް ބޮޑުވިއެވެ.ޝައިނާ ކަނާތް ފަޅިން ސިޑިންއަރަން އުޅުމުން އެތަން ޢާނިމް ބަންދުކޮށްލިއެވެ.ވާތް ފަޅިން  އަރަން މަސައްކަތްކުރުމުން އެތަންވެސް އާނިމް ބަންދުކޮށްލިއެވެ.އެގޮތުގައި ފަސްވަރަކަށްމިނެޓް ފާއިތުވިއިރުވެސް ޝައިނާއަށް ހުރެވުނީ އޭނާ ދިރިއުޅޭ އެޕާޓުމަންޓަށް ނުވަދެވިފައެވެ.އެންމެފަހުން ދަނޑިވަޅު ބަލާފައި ، އާނިމާއި ފާރާއި ދޭތެރޭގެ ހިމަ ޖާގައިން ޝައިނާ ދެމިގަތެވެ. ޝައިނާ ބިރުގަނެއްޖެކަން އޭނާގެ ހަރަކާތްތަކުން އާނިމަށް ެެެެދޭހަވުމުން އެކަމާ އާނިމްގެ ގާތަށް ވަރަށް ހިނިއައެވެ. ޝައިނާ ދިއުމުން އާނިމް ސިޑިން ތިރިއަށް ފޭބީ ހެމުންނެވެ.

************

އަވަސް ހިނގުމުގައި ހިތްނުތަނަވަސްވެފައިވާ ހާލު ޝައިނާ އޭނާ ދިރިއުޅެމުންދާ އެޕާޓުމަންޓަށް އަވަސްވީ ގޮތަކަށް ވަނެވެ.އަދި ވަތްގޮތަށް ފުރިޖުން ފިނިފެންފުޅިއެއް ނެގުމަށްފަހު ފެންފޮދެއް ބޯލާ ހަމައަކަށް އެޅުނެވެ.އޭނާ އާނިމްދެކެ ގަންނަނީ އާދައިގެ ބިރެއް ނޫނެވެ.އާނިމް ހުންނަ ގޮތާއި އޭނާގެ އުޅުމާމެދު ޝައިނާ ވަރަށް ބޮޑަށް ޖެހިލުންވެއެވެެ.އާނިމާއި ހެދި ކިތަންމެ އުދަނގޫވިއަސް އެކަމުގެ ޝަކުވާ ޚަދީޖާ ގާތު ބުނަން ނުކެރޭތީ، މިފަހަރުވެސް ޝައިނާ ކެތްތެރިވިއެވެ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިތުގައި ވޭ ތިޔަ ނަން…6

Next

އިބާ

Next
September 26, 2022

އިބާ

Previews
September 24, 2022

ހިތުގައި ވޭ ތިޔަ ނަން…6



All Right Reserved!